މަޖީދީމަގުން ދުއްވަމުން ދިޔަ ޓެކްސީ ކާރުގައި ހުރި ސަނާ ލޮލަށް ޖަމާ ވެފައި ހުރި ކަރުނަތައް ހިފައްޓަން މަސަކަތް ކުރިއިރު އެ އިހްސާސްތިއް ކޮންޓްރޯލް ކުރަން އޭނާއަށް އުދަނގޫވިއެވެ. ކާރުގައި އޭރު ޖަހާފަ ހުރި ލަވަ ހީވީ ހިތުގެ ޝަކުވާތައް އަޑު އިއްވަމުން ދިޔަހެންނެވެ. “ފޮހެލީ ތިބާ މިނަން ތިޔަ ހިތުން……” “މަށަށް މިހާރު ވަކިވީހޭ ……” “ބުނާށެ ލޯބި ނުވަނީހޭ…..” އެލަވައިން ހިތަށް އުދަގޫ ކުރަމުންދިޔައިރު ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައީ އިޙްތިޔާރަކާ […]
ޝިމްލާއަށް ހުރެވުނީ ބޯ ޖަންގައްޔެއްގެތެރޭގައެވެ. ވަށައިގެން ފެންނަނީ ބިޔަ ގަސްތަކެވެ. ވިނަގަސްތަކާއި ވެޔޮތަކެވެ. ހިނގާ ހިނގާވެސް މީހަކު ނުފެންނަތާނގައި މަގެއްހާހިސާބުވެސް ފެންނަ ހިސާބަކަށް ދެވުން ކަމަކަށް ނުވިއެވެ. އިރު އޮއްސި އަނދިރިވާން އުޅޭކަމުގެ އިޙްސާސް ކުރެވުމުން ޝިމްލާގެ އެތެރެހަށި ރޫރޫ އަޅައިގެން ދިޔައެވެ. “ގްވަފްފް ގްވަފްފް ގްވަފްފް” ކަނު އަނދިރީގެ ތެރެއިން ފިޔަވަޅުތަކެއްގެ އަޑު އިވެންފެށިއެވެ. ގަހެއްގެދަށުގައި އިށީނދެއިން ޝިމްލާގެ އަތުން ފައިގެ ވަށައނގެން ހިފަހައްޓާލަމުން ދެކަކޫ ގެނެސް މެއާލާ ފިއްތާލިއެވެ. އިތުރަށް ލޯހުޅުވައިގެން އިންނަން ނުކެރިގެން […]
އެމީހުން އެންމެން އެއްކޮށް ފުރަތަމް ރެންސްޓޯރެންތަކަށް ދިޔައީ ސައި ބޯލާށެވެ. އެޔަށް ފަހު ހަތަރު ކުދިން ވާހަކަ ދައްކަން ތިބުމަށްފަހު އެންމެ ފަހުން ރުއާ ދާންޖެހިގެން ދިޔައީއެވެ. އެވާނީ ޖޮނަތަންގެ ކަމެއްކަމަށް އަލާނިޔާމެން ނިންމިއެވެ. އެއީ މާކުރިން ވެސް އެމީހުން ރާޥާފައި ވާގޮތަށް ވާތީއެވެ. ލައިތް މަޑުން އިނދޭ ޔުސްރާއަށް މެސެޖެއް ކޮށްލިއެވެ. އެޔާ އެކު ޔުސްރާ ހަޅޭއްލަވައި ގަނެފައި ނުވާނެއޭ ކިޔާ ހަޅޭއްލަވައިގަތެވެ. އަލާނިޔާ ސިއްސައިގެން ގޮސް ގޮނޑީންވެސް ނުވެއްޓުނީ ކިރިޔާއެވެ. “ތި ކޮން ހަޅޭކެއްތަ […]
ޕްރިޔާނީ ހުށިޔާރު ކަމާއިއެކު އެނދުން ތެދުވެގެން އައިސް ޔޫލްގެ ފަހަތުން ބުރަކަށީގައި ބައްދައިގަތެވެ.އަދި އެ ފަލަކުއަށްވުރެ އަހަރެން އެތައް ގޮތަކުން ރީތިވެފައި ފުރިހަމަ ނޫންހޭ ބުނެލިއެވެ.އެ ވަގުތު ޔޫލް ރުޅިއައިސްގެން ގޮސް ރަތް ވިއެވެ. ************* ރުޅިއައިސްފައިވާ ފަލަކު ޔޫލް އައިސް ރޫމްގެ ދޮރު ހުޅުވާލި އަޑަށް ދެލޯ މަރައި ނިދާފައިކަމަށް ހަދާލަމުން ކައިރީގައި އޮތް ބާލީހުގައި ބައްދާލިއެވެ.ޔޫލް މަޑުމަޑުން ދޮރުތަޅު ލުމަށްފަހު ޓީޝާޓް ބާލާފައި ސޯފާގައި ބާއްވާލިއެވެ.އަދި ގޮސް ފާޚާނައަށްވަދެ ފެން ވަރާލައިގެން ނިކުމެ ސޯޓެއް […]
“ލައްބަ” ދެލޯ މަރާލަމުން ޒިޔަމް ބައްޕަގެ ބަސް ގަބޫލުކުރީ ކިރިއާ އަޑު އިވޭ ވަރަށެވެ. އެހިތުގެ ވިންދު މިހާރު ވަނީ އަވަސްވެފައެވެ. ސިޓިން ރޫމް ހަމަހިމޭންވެފައި ވަނީ ޝާހިދުގެ ވާހަކައަށެވެ. ޒީންއާއި ޒިޔަމްއަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި އިންއިރު އެތައް ވާހަކަތަކެއް އެބަލުމުން ކިޔާދެމުން ދިޔައެވެ. ޒީން އާއި ސާއިމްވެސް އިނީ އެއީ ކޮން ކުއްޖެއްކަން އެގެން ނުލާހިކު ބޭނުންވެފައެވެ. ޝަމްހާ ހަމަޖެހޭކަން މޫނުމަތިން ދެއްކިއަސް ހިތްވަނީ އަވަސްވެފައެވެ. އެހަމަޖެހުމުން އެ ކުއްޖާއަކީ ޝަމްހާ ކަން […]
އެއާއެކު އެމީހާގެ ކަރުތެރެއިން ނިކުތީ ވޭނީ އަޑެކެވެ. އެއަށްފަހު އަރުޝީ ގައިން ދޫކޮށްލުމަށްފަހު ބޯމަތީ އަތް އަޅައިގެން ހުރެ ދުވެފައި އެތަނުން ނިކުތެވެ. ބިރުގަނެފައިވާ އަރުޝީ އެމީހާ ފަހަތުން ދުއަވައިގަތީ އެމީހާ މާނައަށް ކަމެއް ކޮށްފާނެތީއެވެ. ކޮޓަރިން ނިކުތްއިރު އެމީހާ ބޮޑުދޮރު ހުޅުވާލާފައި ނިކުމެގެން ދަނީއެވެ. އަރުޝީ ބިރުގަނެފައި ހުރެ ދުވެފައި ގޮސް ދޮރުގައި ތަޅުލިއެވެ. އެއީ ކާކުބާއެވެ. އަދި އެމީހާ ގެއަށްވަނީ ކިހިނެއް ހެއްޔެވެ. ހަމަގައިމުންވެސް ގެއަކީ ކުޑަދޮރެއްވެސް ހުންނަ ގެއެއް ނޫނެވެ. ކުޑަދޮރެއް ހުއްޓަސް […]
އަހަރެމެން އެންމެ ފުރަތަމަ ބައްދަލުވި ރޭ އަހަރެމެންގެ، ހިތްތައް އުފާވެ ތެޅެން ފެށިކަން ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟ އަހަރެމެން އެންމެ ފުރަތަމަ ދިން ބާއްޖަވެރި ރޭގަނޑުގެ ދޮންތަކާއި، އެރޭގައި އެކަކު އަނެކަކާ ބައްދާލައި ހެދިކަން ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟ އަހަރެމެންގެ ހުވަފެން ތަކުގައި ހަޤީޤީ ކުލަ ޖެއްސުމަށް، އެކުގައި ގޮނޑު ދަށުގައި ހިނގާ ހެދި ދުވަސްތައް ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟ އަހަރެން ކަލާއާއި އެކުވި ދުވަހު، ކަލާ އަހަރެންނާއި އެކުވި ދުވަހު، އަހަރެމެން […]
ތިބާ އަނެކާގެ ހަނދާނުގައި ހޭދަކުރާ ވަގުތަކީ އަނެކާވެސް ތިބާގެ ހަނދާނުގައި ހޭދަކުރާ ވަގުތެއްކަން ޒިޔަމް އާއި ޒީން މިހާރު އެދަނީ ސާބިތުކޮށްދެމުންނެވެ، ޒީންގެ ހިޔާލީ އޮއިވަރުގައި ޖެހި ޒިޔަމް އެދަނީ ސާހިލްއާއި ހިސާބަށް ދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތިއެވެ. ނަސީބުގައި ނެތް ލޮތްބަކަށް ހިތް އެދި އާދޭސް ކުރަމުން ކުރަމުން ދަނީއެވެ. އެހިތުގައި ދެވަން އެހެން ނަމެއް ލިޔެވޭނެ ޖާގައެއް ނެތެވެ. ލޮލަށް ނިދިނައިސްގެން ދެފަރާތަށް ފުރޮޅި ފުރޮޅި ޒިޔަމް އޮތެވެ. ލޯމެރޭ ހިދު ސިފަވެގެން […]
“ހޫމްމްމް……ޓެލްމީ ނައު….މީ ކޮންކަމެކޭ”.ފަލަކު ދޮރު ތަޅުލުމަށްފަހު އައިސް ޔޫލްގެ މޭގައި މޫނު ފޮރުވާލަމުން ވާހަކަ ދެއްކިއެވެ. ************** ޔޫލް ފަލަކުގެ ފުރަގަހުން ދެއަތް ވަށާލުމަށްފަހު ވީ އާ ގޮއިން ޓު ސްޕެންޑް އަވަރ ހަނީމޫންސް ްފައިނަލް ޓައިމް ވިތުް ދިސް ރޮމޭންޓިކް ބިއުޓިފުލް ޕްލޭސް އޭ ބުނެލިއެވެ.އަދި ފަލަކުގެ އިސްތަށިގަނޑު ހައްޔަރު ކޮށްފައި އިން ދަތި ދަމައިގަތެވެ.އެވަގުތު ފަލަކު ޔޫލްެގެ މޭގައި އަޅައި ކޮއްޕާލުުމަށްފަހު ދުވެފައި ގޮސް ރޫމްގެ ބެލްކަންޏަށް ނިކުތެވެ.ޔޫލްވެސް ތުނިކޮށް ކޮށާލާފައިވާ އިސްތަށިކޮޅު ތެރެއަށް […]