Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ އެދުމޭތީ (10ވަނަ ބައި)

Maahee Level 110 Stories100 Comments
July 10, 2017 3 Mins Read
14 Comments

 

އަޔާން އާހިލް ތައާރަފް ކޮއްލަދިނެވެ. ޔާނިޝްއަށް އިނީ ދައްކާނެ ބަހަނާއެއްވެސް ނޭނގިފައެވެ. މީޝާއަށް އިދެވުނީ ޔާނިޝްގެ ހިމާޔަތަށް އެދިއެދިއެވެ.

“މީޝާއަށް ކަމުދޭތަ އާހިލް………………..”

މީޝާ ސިހުނީ އަޔާންގެ އަޑަށެވެ. މީޝާ އާހިލްއަށް ބަލާލިއެވެ. އާހިލްހުރީ ހިނިތުންވެލައިގެންނެވެ. މީޝާ އަނެއްކާވެސް ބަލާލީ ޔާނިޝްއަށެވެ.

“ދެކުދިން އެކުގަ ދުވަސްކޮޅަކު އުޅެލީމަ އެނގޭނީދޯ…………..”

މީޝާގެ ޖަވާބެއް ނުލިބުމުން އަކްރަމް ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުންބޯޖަހާ ލުމައްފަހު މީޝާ އިސްޖަހާލިއެވެ.

“އާހިލްއަށް މީޝާ ކަމުދޭތަ………………….”

ދަތްދޮޅީގަ އަތްވިއްދާލައިގެން އިނދެ ޔާނިޝް ސުވާލުކުރިއެވެ.

“ކަމުދޭ ހޭ………………………. މަށަށް ވަރަށް ކަމުދޭ……………. މީޝާ އޯކޭ އީޔާ މިހާރުވެސް މެރީކުރަން ހަމަ ތައްޔާރަށް މިހުރީ……………”

އާހިލް ކެއްމަދުވެފައިހުރިވަރު ފެނުމުން އެންމެން އެއްފަހަރާހެން ހޭންފެށިއެވެ. ހިތްހަމަ ނުޖެހިއިނދެވެސް ޔާނިޝް ހިނިތުންވެލީ އެކަންހާމަކުރަން ބޭނުންނުވާތީއެވެ.

މީޝާ ކުޑަކޮށް ލަދުރަކިވީ އާހިލް އޭނާއަށް ބަލަންހުރިތަން ފެނުމުންނެވެ. އާހިލްގެ ހަރަކާތްތައްފެނި ޔާނިޝްގެ އަތުގައޮތްފޯނު އަތަށްބާރުކޮއްލިއެވެ. ޔާނިޝް އިސްޖަހާލީ ހިސާބަކަށް ރުޅިއަންނަގޮތް ވުމުންނެވެ.

“އޯ………….. ހައު ރޮމޭންޓިކް…………………”

އާހިލްގެ ހަރަކާތްތަކަށް ބަލަށްއިން އާޔާ ޔާނިޝްގެ އަތުގަ ހިފާލަމުން ބުނެލިއެވެ. އާޔާއަށް ހިނިތުންވުމެއް ރައްދުކޮއްލުމަށްފަހު ޔާނިޝް އަނެއްކާވެސް އިސްޖަހާލިއެވެ.

މީޝާ އާއި އަމަރް ތިބީ މީޝާގެ ކޮޓަރީގައެވެ. މިރޭ ކަންތައް ހިނގާދިޔަ ގޮތުގެ ވާހަކަ ދައްކާށެވެ.

“އޭނަ އެހާ ރަނގަޅު ހެނެއްހިޔެއްނުވޭ……… ފާޑަކަށް ހިނިއައިސްފައޭ ބަލަންހުރީ……”

ކޮޓަރީ ދެކޮޅަށް ހިނގަމުންދިޔަ މީޝާ ވާހަކަ ދެއްކިއެވެ.

“މީޝާ ފެނުނީމަ ކޮންމެ މީހަކަށްވެސް ބެލޭނެދޯ………………..”

ދިމާކޮއްލުމުގެ ގޮތުން އަމަރް ހިނިތުންވެ އިނދެ ބުނެލިއެވެ.

“އަމަރް……………. މަޖަލެއްނޫން އިނގޭ………………”

އަމަރްހޭން ފެށުމުން މީޝާ ރުޅިގަދަވިއެވެ.

“ސޮރީ ސޮރީ……………..”

ހިނިގަނޑު މައިތިރި ކުރަމުން އަމަރް ބުނެލިއެވެ.

“ދެން އަހަރެން ކީކޭތަ ބުނާނީ…………….. އޭނަ އެހުރީ ލަސްވެފައޭ މެރީކުރަން………..”

“މީޝާވެސް ބުނާނީ އާހިލްއާ މެރީކުރަށް ވަރަށް ބޭނުމީ…………”

ޔާނިޝްގެ އަޑަށް މީޝާ އަދި އަމަރް އެއްފަހަރާހެން ދޮރާދިމާލަށް ބަލާލިއެވެ.

ލުއި ފިޔަވަޅުތަކެއްގަ ޔާނިޝް ހިނގަމުންއައިސް މީޝާގެ ކައިރިއަށްހުއްޓުނެވެ.

“އެގޮތް ސަޅިއެއްނޫންތަ……… އަހަންނަށް ހީވަނީ މީޝާވެސް ބޭނުންވަނީ އެގޮތްހެން”

ހަށަން ބަނދެލަމުން ޔާނިޝް ވާހަކަ ދެއްކިއެވެ.

“ޔާނިޝްއަށް އެނގޭނެ ވަރަށް ރަނގަޅަށް އަހަރެން ބޭނުންވާގޮތް…..”

“އާން……….. މަށަށް އެނގޭތީއޭ މިބުނީ……………”

މީޝާގެ ވާހަކަ ފުރިހަމަ ކުރުމަށް ފުރުސަތުނުދީ އަނެއްކާވެސް ޔާނިޝް ވާހަކަ ދެއްކިއެވެ.

“އަހަރެން އެގޮތް ބޭނުންނަމަ ޔާނިޝްއާ މެރީއެއް ނުކުރާނެދޯ……………..”

މީޝާވެސް ހިސާބަކަށް ރުޅިގަދަވިއެވެ.

“ހޫން ހޫން…….. ދެންދެމީހުން ހިފައިގަނޭ………… ތަޅާފޮޅައިގެން މިކަމަށް ހައްލެއް ނުލިބޭނެދޯ….. މަށަށް ހީވަނީ މާއަވަހަށްހެން މެރީ ތިކުރެވުނީ”

އެނދުން ތެދުވެ އަމަރް ވާހަކަ ދެއްކިއެވެ. އިތުރަށް އެއްޗެއް ނުބުނެ ޔާނިޝް ކޮޓަރިން ނިކުމެގެން ދިޔައެވެ. އަމަރްއަށް ބަލާލަމުން މީޝާވެސް ޔާނިޝްގެ ފަހަތުން ހިނގައިގަތެވެ.

ޔާނިޝްގޮސް ހުއްޓުނީ ޓެރަސްމަތީ ޖަހާފައިވާ ހޮޅިދަނޑިތަކުން ހޮޅިއެއް ކައިރީގައެވެ. މީޝާ މަޑުމަޑުން ޔާނިޝްގެ ގައިގަ ބައްދާލިއެވެ. ސިހިފަ ޔާނިޝް އެބުރި މީޝާއަށް ބަލާލިއެވެ. މީޝާ ފަހަތުން އައިކަމެއް ޔާނިޝްއަކަށް ނޭނގެއެވެ. ޔާނިޝް އެއްޗެއް ބުނަން އުޅުމުން މީޝާ އަނެއްކާވެސް ޔާނިޝްގެ ގައިގަ ބައްދާލިއެވެ.

“އަހަރެން ޔާނިޝްދެކެ ވަރަށް ލޯބިވޭ……. ދުވަހަކުވެސް ޔާނިޝްއާ ދުރަށްދާކަށް ބޭނުމެއް ނޫން….. އަހަންނަސް އެނގޭ ޔާނިޝްވެސް އަހަރެންދެކެ ވަރަށް ލޯބިވާކަން………….”

މީޝާގެ އަޑުގަ ކުޑަ ތުރުތުރެއް ހުއްޓެވެ.

ޔާނިޝް މަޑުމަޑުން މީޝާ އޭނާގެ ގަޔާ ދުރުކޮއްލިއެވެ.

“އައި އެމް ސޮރީ މީޝާ……… އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…… ވަރަށް އަވަހަށް އަހަރެން ހުރިހާ ކަމެއްވެސް ރަނގަޅު ކުރާނަން………..”

ޔާނީޝް މީޝާގެ ނިއްކުރިއަށް ބޮސް ދިނުމަށްފަހު ބުނެލިއެވެ.

އާދުވަހަކަށް އިރުއަރާ ދުނިޔެ މައްޗަށް ހޫނުކުރަމުން ދިޔައެވެ. ހެނދުނުގެ ނާސްތާއަށްފަހު މީޝާއާއި ރައުފާ އުޅުނީ ތަށިތައް ނެގުމުގައެވެ. އަޔާން ދިޔައީ އާޔާ ގޮވައިގެން ކައިވެއްޔަށް ބޭނުންވާ ބައެއްތަކެތި ގަންނާށެވެ.

“މީޝާ….. އަހަރެން އެބައަންނަން ކޮޓަރި ފޮޅާލާފަ އިނގޭ………….”

ދޮވެގެންއައި ތަށިތައް ހަރުގަނޑުގަ އަތުރާލަމުން ރައުފާ ބުނެލިއެވެ. ރައުފާ ދިއުމުން މީޝާ އުޅުނީ މެންދުރުގެ ކެއުން ތައްޔާރު ކުރާށެވެ. އެވަގުތު މީޝާގެ ފޯނަށް މެސެޖެއްއައެވެ. ކަބަޑުމަތީ އޮތްކުޑަ ތުވާލިން އަތް ހިއްކާލުމަށްފަހު މީޝާ ފޯންނެގިއެވެ. މެސެޖް ކުރީ ޔާނިޝްއެވެ.

“ހޭ ވައިފީ…….. އަހަރެން މިއޮތީ ކޮޓަރީ ވަރަށް ކަރުހިއްކާފަ…. ފިނިފެން ފުޅިއެއް ގެނެސްދީފާނަންތަ…..”

ހީލަމުން މީޝާ ޔާނިޝްގެ މެސެޖްއަށް ރިޕްލައި ކޮއްލިއެވެ.

“ސޮރީ ބޭބީ…… ވަރަށް ބިޒީ….. އަމިއްލައަށް އައިސް ފެންފޮދެއް ބޯލާ އިނގޭ…….”

ފޯން މޭޒުމަތީ ބޭއްވުމައްފަހު ޒިއްކާ ކައިރިވެލާ ހަޑޫ ދޮއުމައިގެން މީޝާ ކުރިޔަށް ދިޔައެވެ.

މީޝާ ސިހުނީ ފަހަތުން މީހަކު ބައްދާލުމުންނެވެ. އަވަސް އަވަހަށް އެބުރިލީ ޔާނިޝް ކަމަށް ހީކޮށެވެ. ނަމަވެސް މީޝާގެ ކުރިމަތީ ހުރީ ޔާނިޝްއެއް ނޫނެވެ. ކުރިމަތީ ހުރި އާހިލް ފެނުމުން މީޝާގެ ދެލޯ ބޮޑުވިއެވެ.

“ކިހިނެއްވީ………… އަހަރެންމީ މީޝާގެ ވާންއުޅޭ ފިރިމީހާއޭ……..”

މީޝާ ހުރިގޮތް ފެނުމުން އާހިލް ބުނެލިއެވެ.

މީޝާ އާހިލްގެ މޭގަ އަތްއަޅާ ދުރަށް ކޮއްޕާލީ އިތުރަށް އާހިލް މީޝާއާ ގާތްވާން އުޅުމުންނެވެ.

“ވާންއުޅޭ ފިރިމީހާ………… ނުއެއްވެއެއްނު އަދި………..”

މީޝާ ހިސާބަކަށް ހިތްހަމަ ނުޖެހޭގޮތްވިއެވެ. މީޝާ ދާން އުޅުމުން އާހިލް އޭނާގެ އަތުގަ ހިފިއެވެ. އާހިލްގެ ހަރަކާތްތަކުން މީޝާ އިތުރަށް ރުޅިގަދަވިއެވެ.

“އާހިލް….. ކިހިނެއްތަ ވެގެން ތިއުޅެނީ……. އަތުން ދޫކުރޭ………”

މީޝާ އަތް ފޮޅުވާލަށް ކުރި މަސައްކަތްވީ ބޭކާރެވެ. އާހިލްގެ އެއްމެ ހަރަކާތަކުން މީޝާގޮސް ޖެހުނީ އޭނާގެ ގައިގައެވެ. އާހިލްގެ ދެއަތުން މީޝާގެ ހަށިގަނޑުގައި ބާރަށް ހިފާއްޓާލިއެވެ.

“އާހިލް…. އަހަރެންގެ ގައިންދޫކުރޭ….. މޮޔަވީތަ…… ދޫކޮއްލާށޭ…………”

މިފަހަރު މީޝާގެ އަޑު ކުރިއަށްވުރެ ބާރެވެ. ޔާނިޝް ފެންބޯން އައިސް ކާކޮޓަރި ތެރެއަށްވަނީ އެވަގުތެވެ.

ޔާނީޝް ފެނުމުން އާހިލް އަވަސް އަވަހަށް ދުރަށްޖެހުނެވެ. ޔާނިޝްގެ ރުޅިގަނޑު ކޮންޓުރޯލް ނުވާ ހިސާބަށް ދިޔައެވެ. ޔާނިޝް ގޮސްހިފީ އާހިލްގެ ގިރުވާނުގައެވެ.

“ކަލެއަށް ކިހާވަރެއް ދީގެން ތިއުޅެނީ…. އޭނ……… އަކްރަމް ކަލެއަށް ކިހާ ރުފިޔާއެއް ދީގެންހޭ މިކަމެއް ތިކުރަނީ………….”

ޔާނިޝް ހަޅޭލަވަމުން ވާހަކަ ދެއްކިއެވެ.

“މީޝާއަކީ ހަމަ އެކަނި އަހަރެންގެ މީހެއް…….. ކަލެއަށް ދުވަހަކުވެސް އަހަރެމެން ދެމީހުން ދުރެއްނުކުރެވޭނެ…… އެގިއްޖެތަ…….”

ޔާނިޝް ކޮއްޕާލުމުން އާހިލް ގޮސްޖެހުނީ ފާރުގައެވެ. މީޝާގެ އަތުގަ ހިފާ ހިނގައިގެން ޔާނިޝް ހުއްޓުނީ ދޮރުމަތީ ހުރި ރައުފާ ފެނުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maahee

Level 110 Stories100 Comments

Please Give Me Your Comments and Advice......???

Other Articles

Previous

މިލްކު ކޮށްލީ ހިތޭ……15

Next

ޓެކްސީ 7

Next
July 10, 2017

ޓެކްސީ 7

Previews
July 9, 2017

މިލްކު ކޮށްލީ ހިތޭ……15

14 Comments!

  1. reen says:
    July 10, 2017 at 8:37 am

    Nice❤

    1. Maahee says:
      July 11, 2017 at 8:03 am

      Thanks ❤

  2. khajja says:
    July 10, 2017 at 9:18 am

    Haadha kurey but stry v rythi masha allah when nxt prt avahah up kolladheh chey mi avvure dhigukon plx plx❤❤❤???????????????

    1. Maahee says:
      July 10, 2017 at 9:37 am

      Thanks….❤
      Inshaa Allah Wednesday ga next part…..?

  3. thuhthi says:
    July 10, 2017 at 9:50 am

    kurey kurey haadha kurey

    1. Maahee says:
      July 10, 2017 at 1:44 pm

      Inshaa Allah next part dhigukon genes dheveytho try kuraanan….

  4. Noor says:
    July 10, 2017 at 10:19 am

    Varah reethi story eh..adhi mi kiyaalevuny..

    1. Maahee says:
      July 10, 2017 at 1:45 pm

      Thanks…?

  5. Neuer says:
    July 10, 2017 at 12:56 pm

    Salhi v. Noor es avahah up kohdheebea

    1. Maahee says:
      July 10, 2017 at 1:46 pm

      Thanks…

  6. zainab says:
    July 10, 2017 at 7:49 pm

    mivahaka mihar handaanves neh hada lahun thi genes dhinee mivahaka up vefa indeves in iru kiyalan ves nula miha iruvee iruves konvahaka eh kan handaan nuvegen asluves ekamu kiyaaleema kudakoh handaan vaan fashaifi

    1. Maahee says:
      July 11, 2017 at 8:02 am

      ?

  7. Adha? says:
    July 12, 2017 at 10:55 am

    Varah reethi.. adhi mi kiyaaly mi story ??

    1. Maahee says:
      July 12, 2017 at 12:39 pm

      thank u… hope kuri ah huri part thah vx kiyaafa comment eh kohlaane kamah…..

Comments are closed.

Next Episodeހިތުގެ އެދުމޭތީ (11ވަނަ ބައި)←


All Right Reserved!