“ސާޝާ!” ލިފްޓުގެ ދޮރު ހުޅުވުމާއިއެކު ކުރިމަތީހުރި ޒުވާނާގެ މެދުހަށީގައި އޮޅުލައިގަންނަމުން ޝިމްލާއަށް ބުނެވުނެވެ.
ކުރެވުނު ކަންތައް ރޭކަލުމުން ޝިމްލާއަށް ގަތްލަދުން ސާޝާގެ ގަޔާދުރުވެލަމުން ފަހަތަށް ޖެހެލެވުނެވެ. އަދި ފުންކޮށް އެފިރިހެންވަންތަ މޫނަށް ނަޒަރުހިންގާލިއެވެ.
ކަޅުކަންގަދަ ފަން އިސްތަށިގަނޑުވަނީ ތިރިއަށް ވައްޓާލެވިފައެވެ. އަޅާފައިވާ ނަންބަރުއައިނުގެ ތެރެއިން އެ ޖާދުވީ ދެލޮލުގައިވާ އަޅިކުލައިގެ ކަޅި މިހާރު ފެންނަނީ ކުރިއަށްވުރެވެސް ފުރިހަމަކޮށެވެ. މޫނުގެ ކުލަ ކުރިއަށްވުރެ އަލިވެފާ ދަތްދޮޅީގެ ވަށައިގެން ލާފައިވާ ތުނބުޅި ކުރިއަށްވުރެ ދިގުވެފައިވުމުން ފިރިހެންވަންތަކަން އިތުރުކޮށްދޭހެން ހީވެއެވެ.
ކަޅިޖަހާނުލާ އަލްވިންއާއި ދިމާއަށް ބަލަހައްޓައިގެންހުރި އަންހެން ކުއްޖާގެ ޢަމަލުތައް ފެނި ކުރިން ހައިރާންވެފައިހުރި އަލްވިންއަށް އެކުއްޖާގެ މޫނު ފެނުމާއިއެކު ދެލޯ ބޮޑުކޮށްލެވުނެވެ.
“މައިޝާ!”
ބޭއިޚްތިޔާރުގައި އަލްވިންގެ ދުލުން ބޭރުވި ނަން ޝިމްލާގެ ކަންފަތުގެ ފޫޅުގަނޑާއި ހަމައަށްވެސް ފޯރިކަން ގައިމެވެ.
“ނޫން! މިއީ އަހަންނަށް ފެންނަ ހުވަފެެއްތަ؟ ކިހިނެތް އެހެންވާނީ؟ މައިޝާގެ ޗިސްޗިސްވެފައިވާ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އަހަރެންގެ ލޯކުރިމަތީ. އެ ފުރާނަނެތް މަސްގަނޑު ފަސްލާ ފޮރުވީ އަހަރެންގެ ކުރިމަތީ. ދެން އެހެންވީއިރު މިއީ ކޮންކުއްޖެއްބާ؟ މައިޝާގެ އެއްބަނޑުގައިވެސް އެއްބަފައިގަވެސް އެއްވެސް އިތުރު ކުއްޖަކު ހުންނަކަން އަހަންނަށް އެނގިފައެއްނެތް. މިއީ ކާކުބާ؟ މިގޭގައި ކީއްބާކުރަނީ؟” އަލްވިންގެ ސިކުނޑިއަށް އުނދަގޫކުރަމުންދިޔައީ ފުނިޖެހިފައިވާ ސުވާލުތަކުންނެވެ. އަލްވިން މައިޝާއާއި އެއްވަރުގެ އިސްކޮޅެއް ލިބިފައިވާ އެެެެެެެެެެކުއްޖާގެ މޫނަށް ފުންކޮށް ނަޒަރު ހިންގާލިއެވެ.
ވަޅުފެހިކުލައިގެ ޝޯލްގެ ތެރެއިން ފެންނަންހުރި ދޮން މޫނަށް އަލްވިންގެ ނަޒަރު ހުއްޓުނެވެ. ހަމުގެ ކުލަ މައިޝާއަށްވުރެ އަލިކަމުގައިވިއަސް އެބޮޑު ދެލޮލާއި ދިގު އެސްފިޔަތައް މައިޝާއާއި ތަފާތެއްނެތެވެ. ދިގު ނޭފަތާއި މަޑު ފިޔާތޮށިކުލައިގެ ތުންފަތް ތަފާތެއްނެތެވެ. ޝިމްލާފެނުމުން އަލްވިންގެ ހިތުގައި ފޮރުވާފައިވާ މައިޝާގެ ހަނދާންތައް އާކޮށްދިނެވެ. އެއާއިއެކު އެދެލޮލަށް ކަރުނަ ޖަމާވާންފެށީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
“އަލްވިން! ދަރިފުޅު ކޮންއިރަކު އައީ؟” ޢުލްޔާ އޭނާގެ ދަރިފުޅާ މުޙާތަބްކޮށް ބުންޏެވެ.
“ހަމަ ދެންމެ.” އަލްވިން ސުވާލުގެ ނަޒަރަކުން އެއްފަހަރު ޢުލްޔާއަށް އަނެއްފަހަރު ޝިމްލާއަށް ބަލާލަމުން ޖަވާބުދިނެވެ. ޝިމްލާގެ ހާލަކީވެސް ހަމައެއެވެ.
“އާނ ދަރިފުޅުމެން އަދި ތަޢާރަފްކޮށްނުދެވޭދޯ. މީ ނޫޙުބޭމެން ރަށު ކުއްޖެއް. މިގެއަށް ކިޔަވަން އައިސްހުރި ކުއްޖެއް. ޝިމްލާކިޔަނީ. ޝިމްލާ މީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އަލްވިން. މަންމަގެ ލޮލުގެ ކޮއި. ދެކުދިން ވާނެ ފްރެންޑްވާން” ޢުލްޔާ އަލްވިންގެ ބޮލާކުޅެލަމުން ބުނެލިއެވެ. ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލާލަމުން ގަދަކަމުން ހީލިއެވެ.
އަލްވިން މަންމައާއި ކުޑަކޮށް ވާހަކަދައްކާލުމަށްފަހު ގޮސް ލިފްޓަށް އެރިއެވެ. ޝިމްލާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. އޭނާގެ ހިތްވަނީ ކުދިކުދިވެފައެވެ. ކުރެވުނު ކުޑަކުޑަ އުންމީދުވެސް ފުނޑުފުނޑުވީތީއެވެ. އަނެއްކޮޅުން އެހިތުގައި އުފެދިފައިވާ ސުވާލުތަކަށް އިތުރު ބޮޅުތަކެއް އިތުރުވީއެވެ.
ސާޝާ ކޮބާހެއްޔެވެ؟ އޭނާގެ ގާތުގައި ނެތީ ކީއްވެހެއްޔެވެ؟ އޭނާ ފުރިއިރުވެސް ބައްދަލުކުރަން ނައީ ކީއްވެހެއްޔެވެ؟ އަލްވިންގެ ސޫރައާއި ސާޝާގެ ސޫރަ އެހާ އެއްގޮތްވާންވީ ކީއްވެހެއްޔެވެ؟ ޝިމްލާއަށް އަލްވިން ފެނުމުން އޭނާގެ އިޙްސާސްތައް ކޮންޓްރޯލް ނުކުރެވުނީ ކީއްވެބާއެވެ؟ އެގޮތައްގޮސް އޮޅުލައިގަތީ އޭނާ ގަސްދުގައެއްނޫނެވެ. މިހާރަކަށް އައިސް ޝިމްލާއަށް ވެފައިމިވަނީ ކީއްހެއްޔެވެ؟ އަނެއްކާ އެމީހާގެ ކިބައިން މާފަށް އެދެން ބޭނުމަސް އެކަން ކުރާނެ ހިތްވަރެއްވެސް ނުލިބުނެވެ. އެމީހާ ހިތަށް އަރާނެ އެއްޗެއްވެސް ނޭނގެއެވެ. ފުރަތަމަ ފެނުނުދުވަހު އައިސް ގައިގަ ބައްދައިގަތުމުން ހައިރާނެއް ނުވާނެހެއްޔެވެ؟ އޭނާއެބުނީ މައިޝާއަކީ ކާކުހެއްޔެވެ؟ ޝިމްލާގެ އޭނާގެ އިޚްތިޔާރުން ބޭރުގައި ކުރެވުނު މޮޔަކަމެއްގެ ސަބަބުން ލަދުގަނެއްޖެއެވެ. ދެން އެމީހެއްގެ ކުރިމައްޗަށް ދާނީވެސް ކޮންމޫނަކާއިގެން ހެއްޔެވެ؟ ނަމަވެސް އެއްގެއެއްގައި އުޅެންޏާ ފިލައިގެނެއްވެސް ނޫޅެވޭނެއެވެ. ޝިމްލާ އަމިއްލަ ނަފްސަށް ކުދިކިޔަމުން ގޮސް ސޯފާގައި އިށީނދެލިއެވެ.
ނިއްވާލާފައި ހުރި ޓީވީއާއި ދިމާއަށް ބަލަހައްޓައިގެން ޝިމްލާ އިންނަތާ ކިތަންމެ އިރެކެވެ. މި މަންޒަރު ބަލަންހުރި ޢުލްޔާގެ މޫނުމަތީގައިވަނީ މައުނަވީ ހިނިތުންވުމެކެވެ. ޝިމްލާ ވިސްނަމުން އެދަނީ އަލްވިންއާއި ދޭތެރޭކަމަށް އޭނާގެ ހިތް ބުނެއެވެ. އެހެންކަމަށް ވާނަމަ އެދެމީހުން ގުޅުވަން އެމީހުން ރާވާފައިވާ ޕްލޭން ކާމިޔާބުވާނެކަމުގެ ކޮޅުމަތި ފެންނަންފެށީއެވެ.
އެނބުރެމުންދާ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮތް ކަމުގައިވިއަސް އަލްވިންގެ ލޯކުރިމަތީ ސިފަވަމުންދަނީ ދެންމެ ފެނުން އަންހެން ކުއްޖާއެވެ. އޭނާގެ ހިތުގައި ބިންވަޅުނެގިފައިވާ ސޫރައިގެ ވެރިޔާއެވެ.
“މިހިތް ވިންދުޖަހަނީ ހަމައެކަނި މައިޝާއަށްޓަކާ. އެހެންވީއިރު އެކުއްޖާ މައިޝާއާ ކިތަންމެ ވައްތަރުގޮތެއް ހުއްޓަސް މައިޝާގެ މަޤާމަކަށް އޭނައަކަށް ނާދެވޭނެ. އަހަރެން އޭނައާއިމެދު ވިސްނަންވީ ކީއްވެ؟ ނޫން. އަހަންނަށް އެއީ ހަމަ އެހެން އަންހެންކުދިންފަދަ ކުއްޖެއް. އައި ޑޯން ވޯން ޓު ތިންކް އެބައުޓް އެނީވަން އަދާދޭން މައި ލަވް. އައިވިލް އޯލްވޭޒް ބީ ޔުއާސް މައިޝާ.” އަލްވިން ލޯމަރާލަމުން އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ.
އާދުވަހަކަށް އިރުއެރީ އެކިމޫނަށް އެކިކުލަ ގެނެސްދެމުންނެވެ. ޝިމްލާއާއި އަލްވިންގެ މޫނުމަތިން ފެންނަނީ އެއް ކުލަވަރެކެވެ. ރޭގައި ނުނިދިގެން ހޭލާ އުޅުމުގެ ސަބަބުން ފަތިސްނަމާދަށްފަހު ނިދި ދެމީހުންނަށްވެސް މިއަދު ހޭލެވުނީ ނުވައެއްވެސް ޖެހިފަހުންނެވެ. ޢުލްޔާ އެކަނިން ސައި ތައްޔާރުކުރަންޖެއްސުމުން ދެރަވެފާހުރެ އަވަސް އަވަހަށް ފެންވަރާލައިގެން ޝިމްލާ ތިރިއަށްދާން ލިފްޓަށް އެރީ ލިފްޓުތަރެއިން އެގަޑީގައި އަލްވިންއާއި ބައްދަލުވެދާނެކަމަށް ހީކޮށްފައިވެސް ނެތީމައެވެ.
ސެކަންޑް ފްލޯއަށް ލިފްޓް މަޑުކޮށްލުމާއިއެކު ހުޅުވާލެވުނު ދޮރުގެތެރެއިން ވަދެގެން އެއައީ ދެވަނަ މީހެއްނޫނެވެ. ޝިމްލާ ބޭނުންވީ އަލްވިންއާއި ހަތަރުކަޅި ހަމަނުކޮށް އިސްޖަހާލާށެވެ. ނަމަވެސް ޝިމްލާގެ ލޯވެސް އޭނައަށް ކިޔަމަން ނުވާފަދައެވެ. އަލްވިން ލިފްޓަށް ވަނީއްސުރެ އޭނާގެ ލޯ އަމާޒުވެފައިވަނީ އެ ޖާދުވީ މޫނަށެވެ.
ގަޑިޖެހިގެން އޮފީހަށް ދިއުމަކީ އާންމުކޮށް އަލްވިން ކުރާކަމެއްނޫނެވެ. ނަމަވެސް މިއަދު ހޭލެވުންލެއް ލަސްވުމުން ވީގޮތެވެ.
ލިފްޓުގައި ޝިމްލާއާއިއެކު އެކަނި ހުންނަން ޖެހުމުން އަލްވިންގެ ހިތް ކޮންޓްރޯލް ކުރަން ދަތިވިއެވެ. ކިތަންމެ ނުބަލަން ހުއްޓަސް އެމޫނު ދެކިލާހިތް ވަނީއެވެ. އެންމެފަހުން ކެތްނުވުމުން އަލްވިން ޝިމްލާއާއި ދިމާއަށް މޫނު އަނބުރާލިއެވެ.
ދެމީހުން ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު ދެމހުންނަށްވެސް ކުރެވުނީ ފުން އިޙްސާސެކެވެ. ދެމީހުންވެސް އެކަކު އަނެކެއްގެ އަތުތެރެއަށް ދާން ބޭނުންވިއެވެ. އެކަކު އަނެކެއްގެ ހިމާޔަތް ހޯދަން ހިތްއެދުނެވެ. ނަމަވެސް އެދެހިތްވަނީ އެކަމަށް ނުކުޅެދިފައެވެ.
ލިފްޓުގެ ދޮރު ހުޅުވިފައި ލެއްޕުނުއިރުވެސް ޝިްލާއާއި އަލްވިންއަށް ތިބެވުނީ އެކަކު އަނެކެއްގެ ލޮުލުގެ ޖާދޫގައި ޖެހިފައެވެ. ލިފްޓު ގްރައުންޑް ފްލޯގައި މަޑުކޮށްފައި އޮންނަތާވެސް މިހާރު ދިހަވަރަކަށް މިނެޓްވީއެވެ. ނަމަވެސް އެދެމީހުންނަށް އެކަން ރޭކާވެސްނުލައެވެ. ދެމީހުންވެސްވަނީ ހުވަފެނީ ދުނިޔެއެއްގައެވެ.
“އަހްމްމް އަހްމްމް”
ޢުލްޔާ ކަރުކެހިލުމާއިއެކު ދެމީހުންގެ ޚިޔާލީ ދުނިޔެ ފުނޑުފުނޑުވިއެވެ. ދެމީހުން އެއްފަހަރާ ޢުލްޔާއާއި ދިމާއަށް ބަލާލަމުން އިސްޖަހާލީ ތިބެވުނުގޮތް ހިތަށް އަރާ ލަދުންނެވެ. އާއެކެވެ. ދެމީހުން އެހާ ގާތުގައި ތިބެވުނުކަމެއް ކުރިއަކުން ނޭނގެއެވެ. ޢުލްޔާގެ މޫނުމަތީގައިވަނީ ފަތަޙައިގެ ހިނިތުންވުމެކެވެ.
“ދަރިފުޅު މިއަދު އޮފީހަށްދާން ނުނިކުންނާތީ މަންމަ ހީކުރީ ބަލީކަމަށް. ކުރިންވެސް އެއްފަހަރު އައިސް ދޮރުގައި ޓަކިދިނީމަވެސް ނުހުޅުވީމަ މަންމަ ދިޔައީ.” ޢުލްޔާ އަވަސްއަވަހަށް ބުނެލިއެވެ.
“ބައްޔެއްނޫން. ރޭގަ ނިދުންލެއް ލަސްވީމަ ނުހޭލެވުނީ.” މަޑުމައިތިރިކަމާއިއެކު އަލްވިން ޖަވާބުދިނެވެ.
“އެހެންތަ؟ ދެން ހިނގާ އަވަހަށް ސައިބޯން. މަންމަވެސް އަދި ސައިނުބޮން ތިކުދިންގެ އިންތިޒާރުގަ މިއިންނަނީ. ޝިމްލާވެސް ރޭގައި ހޭލާދޯ އުޅުނީ. ބަލީތަ؟” ޢުލްޔާގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިގެން ލަދުންހުރެ ޝިމްލާ ބޯޖަހާލިއެވެ. އަދި ބަލިނޫންވާހަކަ ބުންޏެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. ޝިމްލާ ދިޔައީ ޢުލްޔާގެ އެދުމަށް އޭނާއާއިއެކު ބާޒާރު ކޮށްލާށެވެ.
ސެންޓުވިއްކާ ފިހާރައަކަށްވަދެ ޢުލްޔާ އޭނާ ހިތްހަމަޖެހޭފަދަ ސެންޓެއް ހޯދަމުންދިޔައިރު ޝިމްލާ ހުރީ ފޫހިވެފައެވެ. އެހެން ހުއްޓާ ޝިމްލާއަށް ކަމެއް ފާހަގަކުރެވުނެވެ. އެމީހުން އެ ފިހާރައަށް ވަނީއްސުރެ ދެބައިއުމުރުގެ އިސްކޮޅުންދިގު ބިޔަ ފިރިހެނެއްގެ ލޯ އަމާޒުވެފައިވަނީ އޭނާއަށެވެ. ޝިމްލާގެ ކޮންމެ ހަރަކާތަކަށް އޭނާ ފާރާލާހެން ޝިމްލާއަށް ހީވިއެވެ.
“ދަރިފުޅާ އާދެބަލަ މިކޮޅަށް. މިތަނުން ކަމުދާ ސެންޓުފުޅިއެއް ހޯދަބަލަ. މިފުޅިން ވަސްބަލާލަބަލަ ދައްތައަށް ވަރަށް މީރުވަސްދުވާ އެބަ މިސެންޓުގަ.” ޢުލްޔާ ގޮވާލުމުން ޝިމްލާ އެދިމާއަށް ހިނގާލާފައި ދިޔައެވެ. ޢުލްޔާގެ ގާތަށް ހުއްޓިލަމުން ޝިމްލާ އަނެއްކާވެސް އެމީހާ ހުރިތޯ ބަލާލިއެވެ. އޭރުވެސް އެމީހާ ޝިމްލާއަށް ބަލަހައްޓައިގެން ހުއްޓެވެ.
***
އަމްޖަދު ކޮޓަރީގެ ހަތަރުފާރު ތެރެއަށް ވަނީއްސުރެ ދެއަތުން ބޮލުގައި އަތްއަޅައިގެން ސޯފާގޮނޑީގައި އިނީ ފިކުރުކުރާށެވެ.
“އަމްޖަދު!” ޘަނާޔާގެ އަޑު ނުހަނު ގާތުން އިވުމުން އަމްޖަދު ސިއްސައިގެންގޮސް ގޮނޑިން ނުވެއްޓުނީވެސް ކިރިޔާއެވެ. އަމްޖަދުގެ މިޢަމަދުގެ ސަބަބުން ޘަނާޔާ ހިނިއައި ނަމަވެސް ހިނިގަނޑު އެތެރެއަށް ހިންދާލައިގެން ހުރީ އަމްޖަދުގެ ރުޅިއާއި ކުރިމަތިލާން ބޭނުންނުވާތީއެވެ.
“ނާޔާ! ކިހިނެތްވެގެންތަ ތިއުޅެނީ؟” އެހެންނަމަވެސް އަމްޖަދުގެ ރުޅިވެރިކަމުން ފުރިގެންވާ ދެލޯ ޘަނާޔާއަށް އަމާޒުވެގެންދިޔައެވެ. ދެން އިވިގެންދިޔައީ ކޮޓަރީގެ ދޮރު ބަން ކިޔާފައި ޖެހުނުއަޑެވެ.
“ވަރެއްގެ ފިރިއެއް މަށަށް މިހިރީ ލިބިފަ. މައޭނަ ބިރުގަންނަވަރުގެ ކަމެއް ކުރީކީވެސްނޫން ބިރުން ސިހޭކަށް. ދެން ކޮން ރުޅިއެއް އަންނާކަށްތަ؟” ޘަނާޔާ ހިތާހިތުން ކުދިކިޔާލިއެވެ.
***
ގެއަށް އައިސް ޝިމްލާ ޢުލްޔާގެ ގާތުގައި އެމީހާގެ ވާހަކަ ބުންޏެވެ. ނަމަވެސް ޢުލްޔާއަށް އެމީހަކު ފެނިފައި ނުވުމުން އެއީ ކާކުކަމެއް އޭނައަކަށް ނޭނގުނެވެ. ނަމަވެސް އެމީހަކު ޝިމްލާއަށް އެވަރަށް އެބެލި ސަބަބަކީ ޝިމްލާ މައިޝާއާއި ވައްތަރުވީމަކަމަށް ޢުލްޔާއަށް ހީވިއެވެ.
ޝިމްލާ އުންމީދުކުރަމުން އައީ ރޭގަނޑުގެ ކެއުމުގެ ވަގުތަށެވެ. އެގަޑީގައި އަލްވިން ތިރިއެށް ފައިބާނެކަމަށް އޭނަގެ ހިތް ބުނަމުންދިޔައެވެ. ޝިމްލާ ބޭނުންވީ އަލްވިންގެ ކިބައިން މާފަށް އެދޭށެވެ. ކޮންމެ ގޮތެއްވިއަސް އެއީ ޝިމްލާއަށް ކުރެވުނު ކުށެކެވެ. އެގޮތައް އުޅެވުމުން ޝިމްލާ މިހާރު ލަދުވެސްގަނެއެވެ. ނަމަވެސް މާފަށް ނުއެދި އެގޮތަށް ހުރުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.
ކެއުމުގެ ވަގުތުގައިވެސް އަލްވިން ނުފެނުމުން އެންމެފަހުން ޝިމްލާއަށް ނުހުރެވިގެން ޢުލްޔާގެ ކައިރީ އަލްވިންއާއި ޖިހާދުބޭ ކޮބާތޯ ސުވާލުކޮށްލިއެެވެ.
“އެއީ ވަރަށް އޮފީސްދެކެ ލޯބިވާ ބައެއް. އަދި މިއަދު ހެނދުނު ދިޔަފަހުން ބިޒީކަމުން ގެއަށް ވަދެލެވޭވަރެއް ނުވޭ އެދެބަފައިންނަކަށް. އެކަމަކު މިހާރު އަންނަން އުޅޭނެހެން ހީވަނީ” އަތުކުރީގައިވާ ގަޑިއަށް ބަލާލަމުން ޢުލްޔާ ބުނެލިއެވެ. ޝިމްލާ ވަގުތުން ސިޓިންރޫމްގައި ބަހައްޓާފައިހުރި ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ދިހަގަޑި ބައިވާން ދެތިންމިނެޓް ހުއްޓެވެ.
އެގާރަ ޖެހިއިރުވެސް އެދެބަފައިންގެ ޚަބަރެއް ނުވުމުން ޝިމްލާކައިރީ ނިދަންދިއުމަށް ބުނުމަށްފަހު ޢުލްޔާވެސް ދިޔައީ މައްޗަށެވެ. ޝިމްލާވެސް ޓީވީދޮށުގައި އިރުކޮޅަކު އިނުމަށްފަހު މައްޗަށް އެރިއެވެ.
***
އަމްޖަދު އެތަށް ގޮތަކަށް ވިސްނުމަށްފަހު އަހަންމައިދީގެ ނަންބަރަށް ޑައިލްކޮށްލިއެވެ. އެކޮޅުން ފޯނުނެގީ އޭނާގެ އަންހެނުންނެވެ.
“ކޮއް ކޯ! ބޭބެ ނިޔާވި ފަހުން މި ހާރު ސާ ޅީސްވެސް ވެއްޖެ.” ތުރުތުރުލާއަޑަކުން ސިއްތި އަމްޖަދުގެ ސުވާލަށް ޖަވާބުދިނެވެ. އަމްޖަދު ގޮތްހުސްވެފައިވާ ހާލު ފޯނުކަނޑާލިއެވެ. އެމޫނުމަތީ ވަނީ ބިރުވެރިކަމެވެ. އޭނާގެ ލޯކުރިމައްޗަށް ސިފަވަމުންދިޔައީ މައިޝާގެ ޗިސްޗިސްވެފައިވީ ފުރާނަނެތް ހަށިގަނޑެވެ. ނިތްކުރިމަތީ ގިނަވަމުންދިޔަ ދާތިކިތައް އިރުއިރުކޮޅާ އަތުގައިވާ ރުމާލުން ފޮހެލައެވެ. އެންމެފަހުން އޭނާގެ ކާރަށް އަރާ ދުއްވާލައިފިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.




Surprise… This is for u Reader. Psenhi vs beynumehnoon asl readers ehaa dhigu inthixareh kuruvakah. Ekmvs bxy kamun evarah liyane vaguthu nulibeny. I’m really trying my best. Love you ol 🙂
Yeyyy.. Varah salhi mi partves.. Thankolheh dhigukoh genes dhechey dhen
Thnkx Aimsithu. Miahvure dhigukureveynehen hiyeh nuve
hama bala balaa indha up v.. thank u psenhi.. v salhi mi part.. v interesting story eh.. so different.. v kiyaa hithun mi iny.. aneh part avahah up vaane kamah heekuran..
Thnkx. 🙂 Tuesdayga next episode Insha Allah
Kurukn viyass avass avahah up kuranyaa hama ok vaane..? suprise varah kamugosfi ingey.. its superb!..❤thankyou..❤
Waiting..
Thnkyou Adha. V ufavejje kamudhiyaeema :-D. Trying my bst
V reethi. v kiyaa hithun indhaa e nimunee
Thnkx Naadhee
wow interesting stry dhaagoih v habayse ???good work psenhi ????waiting 4 the next part???
Thnkx nux. So happy
Wow v salhi kon iraku next part up vaani? Waiting for next part..
Thnkx Shii. Tuesday
nice story kiyaa hithun indhaa enimuny?????????can’t wait ????when next part avass kohlahchey???
Thank you. Tuesday 🙂
Just came to my home. Dhen vaahaka fenuneema v happy. Habeys hama vaahaka. Kuras ok vaane daily koh up kohdhenyaa
Thankx reader. Daily kon upnukureveny bxy kamun. 1000words hamakohfa upkurany. Eyahvure madhuvejjeya shakuvaa ginakamun 🙂 n 1000words vs mionnany madhuvefa 😉
Varah Reethi.. Kiyaa hithun indha e nimuny.. ??
Thnkx Beauty
Lovelyyy?.. Vv shalhi…. You really have talent!!! ☺? Keep working hard!!! Hope you’ll be a successful author ?
Thnkx Ish. Insha Allah. 🙂
Wow.??
Thnkx ummi
Wow masha allah stry v loabi?? stry thereyga ulhenikon enimeny kykkuraany ??ehaaves interestin alhe aee kaakubaa maishaage bodubeybe dhw aee ekam eyna ehaa haasvany kyvve eynage athuntha maishaa accident v when nxt prt avahah up kolla dhechchey plx ly????❤❤??❤?❤??????
Thnkx khajja. Kuriah oi episode thakuga ey kaakukamaa eyna kury kykanvs engeyne he he 😉
V reethi?
Thnkx munee
Vrh nice. keep it up. Avahah dhen oyy part up kohlaba. waiting….
Vaahaka liye nimaalumahfahu efaharu mistakes hurithoa check kolun varah muhimukamah feney hope u will understand
Thnkx muneehehe thnkx. Asl baehfahar vaagothaky avas avas kohlaafa liyefa kiyavesnula vaguthun upkohlaafa konmes kamakaigen ulheveny. Dhn konmes varaka check kohlaanan
*Thnkx Mina
Adhikiriyaa mi kiyaalevuny….evee goiy varah salhi..???
Thnkx. Was waiting for ur comment 😉
wow❣❣❣lovely part ❣❣❣??
Thnkyou who am I?
I don’t like the name “shaashaa”. Looks like a girly name for me. But story is Hama awesome as always.
Understandable. Thnkx Yalaa
Wow ♡♡♡♡ rythi v v v rythi.waitin waitin higey psenhi.☆☆☆☆
Thnkyou Shyn. 😉