Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޓެކްސީ 7

The R Level 110 Stories
July 10, 2017 3 Mins Read
33 Comments

އޭގެ އަނެއް ދުވަހު އިރު އެރި އިރު އަހަރެން ހުރީ ވަރަށް ނުތަނަވަސް ވެފައެވެ. ޤާޒީ އަކަށް ގުޅާ ކައިވެނި ކޮށް ދިނުމަށް ގެ ކައިރީގައި ހުރި މަސްޖިދުއް ސަލާމް މިސްކިތަށް އައުމަށް އަހަރެން ބުނީމެވެ. އެއަށްފަހު ނުތަނަވަސް ކަމާއި އެކު، ތެޅި ތެޅި އޮތް ހިތަކާއި އެކު އަހަރެން ޖަލީނަށް ގުޅީމެވެ. ކަންދިމާ ކުރިގޮތުން ދެތިން ރިންގަށް ފަހު ޖަލީން ފޯނު ނެގިއެވެ. އަހަރެން ޖަލީން ގާތު ޤާޒީ ހަމަޖެއްސި ގަޑި ބުނުމަށް ފަހު ފޯނު ބޭއްވީމެވެ. ރޭގަނޑު 8.30 ވީ ވަގުތު އަހަރެންނާއި ޖަލީންގެ ކައިވެނި ވަރަށް ކުޑަ ގޮތަކަށް ނިމިގެން ދިޔައެވެ.

ކައިވެނީގެ ކަންތަށް ނިމުމަށް ފަހު މަންމަ އަހަރެމެންނަށް ވަރަށް ގިނަ ނަސޭހަތް ލައިދިނެވެ. ކައިވެނީގެ ހަދިޔާގެ ގޮތުގައި މަންމަ އަހަރެމެންނަށް ދިނީ ކައިވެނީގެ ފުރަތަމަ ރޭ ހޭދަކުރާނެ ތަނެކެވެ. ހޮޓެލް ރޫމެކެވެ. އެ ހަދިޔާ ޔަށް ނޫނެކޭ ބުނަން އަހަރެމެންނަކަށް ނުކެރުނެވެ. އެ ހޮޓެލް ރޫމަކީ ނުހަނު ތަނަވަސް، ރީތި ކޮޓަރި އެކެވެ. ކޮޓަރިއަށް ވަދެވުމާއި އެކު އަހަރެން ފާހާާނައަށް ވަދެ ތާޒާ ވެލައިގެން އައިސް އެނދުގައި ޖައްސާލީމެވެ. އަހަރެން ނުކުތުމާއި އެކު ޖަލީން ވެސް ފާހާނަޔަށް ވަދެ ތާޒާ ވެލައިގެން ނުކުތެވެ. އޭރުވެސް އަހަރެންގެ ހިތް ތެޅެމުން ދިޔައީ ނުތަނަވަސް ކަމާއި އެކުގަ އެވެ.

ޖަލީން އެނދުގައި އޮތް ބާލީހެއް ނެގުމަށްފަހު ބިންމަތީގައި ބާއްވާލި އެވެ. ޖަލީން އެ އުޅެނީ ބިންމަތީގައި އޮށޯންނަން ކަން އަހަރެންނަށް ނަގައި ގަނެވުނެވެ. ނަމަވެސް އަހަރެންގެ ހިތް އެގޮތަކާއި އެއްބަހެއް ނުވިއެވެ. އެހެންކަމުން އަހަރެން ޖެހިލުންވެ ހުރެ ޖަލީން ގާތު އެނދުގައި އޮތުމަށް ބުނީމެވެ. އެހެން ބުނުމުން ފާޑަކަށް އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރުމަށް ފަހު ބާލީސް ބިން މަތިން ނަގާ އެނދުގެ އަނެއް ކޮޅުގައި ޖައްސާލިއެވެ. އަހަރެންވެސް ނިދޭތޯ ދެލޯ މަރާލީމެވެ.

އަހަރެންނަށް ހޭލެވުނީީ ފޯން އެލާމް ވާ އަޑަށެވެ. އަހަރެން ދަމުނަމާދަށް ހޭލުމަށްޓަކައި ފޯން އޮންނާނީ އެލާމް ކޮށްފައެވެ. އެލާމް ނިއްވާލުމަށް ފަހު އަހަރެން ޖަލީން އަށް ބަލައިލީމެވެ. އޭރު ޖަލީން ވަނީ ގަދަ ނިދީގައެވެ.

އަހަރެން ފާހާނާޔަށް ވަދެ ފެންވަރައިގެން ނުކުމެ ޖަލީން އަށް ގޮވީމެވެ. ނަމަވެސް އޭނަ ތެދުވާ ޚިޔާލެއް ނުކުރިއެވެ. ނިދިގަދަ މީހެއްތާއޭ އަހަރެންގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިޔަސް ދޫކޮށްލާކަށް އަހަރެންގެ ހިތް އެއްބަހެއް ނުވިއެވެ. ކުރެވުނު ކޮންމެ ކަމެއް ކޮށްގެން ވެސް އަހަރެންގެ ލަނޑުދަޑި ހާސިލް ކުރާނަމެވެ.

އަހަރެން ޖަލީންގެ މޫނުގައި ފެން ހާކަން އުޅެފަވެސް ކުޑަކޮށް ޖެހިލުން ވިއެވެ. ނަމަވެސް އަހަރެންގެ ހިތަށް އަހަރެން ވިސްނައިދިނީމެވެ. އާނ އެކެވެ. ޖަލީން އަކީ އަހަރެންގެ ޙަލާލް ފިރިމީހާއެވެ. އަހަރެންނަށް ޖަލީން ގެ ހަށިގަނޑުގައި އަތްލުމުގެ ޙައްޤު ލިބިގެން ނުވާނަމަ އެ ޙައްޤު ލިބޭނީ ވަކި ކާކަށް ހެއްޔެވެ؟ އަހަރެން ފާހާނާޔަށް ވަދެ ފެން ގޮށްޓެއް ހިފައިގެން އައިސް މަޑުމަޑުން ޖަލީން ގެ މޫނުގައި ހާކާލީމެވެ. މޫނުގައި ފެން ޖެހުމާއި އެކު ޖަލީން ތެދުވެ ދެކޮޅު ހޯދާލިއެވެ. އަހަރެން ފެނުމުން ކިހިނެއްވީ ހެއްޔޭ އަހާލިއެވެ. “ހިނގާބަ ދަމު ނަމާދު ކުރަން”. އަހަރެން މަޑުމައިތިރި ކަމާއި އެކީ ބުނެލީމެވެ. ޖަލީން ހައިރާން ކަމާއި އެކީ “ކީކޭ” ހެއްޔޭ އަހައިލިއެވެ. ހީވީ އަހަރެން ބުނި އެއްޗެއް ޤަބޫލް ނުކުރެވިފައި އިން ހެންނެވެ.

އަހަރެން އަޅައިގެން ހުރި ބުރުޤާ ރަނގަޅު ކޮށްލަމުން ބުނެލީމެވެ.” ޖަލީން އަށް އިނގޭތަ؟ ދެމަފިރިން ޖަމާޢަތުގައި ދަމު ނަމާދު ކުރުމަކީ ވަރަށް މާތް ކަމެއް. ދަމު ނަމާދުގެ ވަގުތުގައި ﷲ ކޮންމެ ރެއަކު ވަޙީ ކުރައްވާނެ ކާކުހޭ ތިމަން ކަލާނގެ އަރިހުން ކަމަކަށް އެދި ދަންނަވަނީ؟ ކާކު ހެއްޔޭ ތިމަންކަލާނގެ ކިބައިން ފާފަ ފުއްސެވުމަށް އެދި ދަންނަވަނީ؟އުފާވެރި ޙަޔާތެއް ބޭނުންވާ މީހަކަށް ވެސް ދަމުނަމާދު ފަދަ ފަރުވާއެއް ނޯންނާނެ. އެހެންވީމަ އަހަރެމެންވެސް އަވަހަށް ނަމާދު ކުރަން ހިނގާ ދޯ؟” އަހަރެން ކުޑަ ކުއްޖަކަށް ވިސްނަދޭ ފަދައިން ޖަލީން އަށް ވިސްނަ ދިނީމެވެ. ޖަލީން ކުޑަ ކުއްޖަކު ފަދައިން ބަސްއަހައިގެން ފާހާނަޔަށް ވަނެވެ.

އަހަރެންވެސް ލަސް ނުކޮށް ޖަލީން ނުކުންނަން ވާއިރަށް ނަމާދު ކުރަން ތައްޔާރު ވީމެވެ. މާ ގިނަ އިރު ތަކެއް ނުވެ ޖަލީންވެސް ނުކުމެ އިމާމުވެ ނަމާދު ކުރަން ފެށިއެވެ. ނަމާދު ކުރަމުން ގޮސް ޖަލީން ޤުރްއާން ކިޔަވަން ފެށުމުން އަހަރެން ހައިރާން ވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ޖަލީން ޤުރައާނުގެ މޫރިތި އާޔަތްތައް ކިޔަވާއިރު ހީވަނީ ލަފްޒުން ލަފްޒަށް ވިރުވާފަ ހިތަށް އަޅާ ހެންނެވެ. އެ ކިޔެވުމުގެ ރާގާއި އަސަރު އެހާވެސް ގަދައެވެ.

ނަމާދު ކޮށް ނިމުނު ތަނާހެން ޖަލީން ފުންމާފަ އެނދަށް އަރަން އުޅުނު ގޮތުން އަހަރެންގެ ގާތަށް ހިނިވެސް އައެވެ. އެވަގުތު އަހަރެންނަށް ސިފަ ކުރެވުނީ ފެންބޮވައިގަނެފައި ވާ މީހަކަށް ފެންފޮދެއް ފެނިގެން އުޅޭތަނެވެ. ޖަލީން އެނދަށް އަރަން އުޅުނު ނަމަވެސް އަހަރެން އެކަން ވިޔަކަ ނުދިނީމެވެ.

އަހަރެން ޖަލީން ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔަވާ އަޑުއަހަން ބޭނުން ވާހަކަ ބުނުމާއި އެކީ ޖަލީން މުސްހަފް ނަގައިގެން އައިސް އިށީނދެ ޤުރްއާން ކިޔަވަން ފެށިއެވެ. ޤުރްއާނުގެ އާޔަތްތައް ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް އެހާ ފުރިހަމަޔަށް އަސަރާއި އެކު ކިޔަވާ އަޑު ޤާރީ އެއްގެ ފަރާތުން ނޫން އެހެން މީހެއްގެ ފަރާތުން އަހަންނަށް އަޑު އިވުނު މިއީ ފުރަތަމަ ފަހަރެވެ. ޖަލީން ޤުރްއާން ކިޔަވާ އަޑަކީ އަހާ އަަހާ ފޫހި ނުވާނެ އަޑެއްކަން ގައިމެވެ. އެ އަޑު އަހަން އިން އިރު އެ ކިޔަވާ މީހާއަކީ އަހަންނަށް ކިހާ ބޮޑު އަނިޔާއެއް ދީފަ ހުރި މީހެއްކަމެއްވެސް އަހަރެން ހަނދާނެއް ނެތެވެ. އަހަރެން އެހެން ހުއްޓާ ދެން އިވެން ފެށީ ފަތިސް ނަމާދުގެ ބަންގީގެ އަޑެވެ. އަހަރެން ޖަލީން އާއި އެކު ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމަށް ފަހު އިރު އަރަން ދެން ޒިކުރު ކުރުމުގައި ޖަލީން ބެހެއްޓީމެވެ. ޒިކުރު ކުރަމުން ދިޔަ ވަގުތު ވެސް ބައެއްފަހަރު މޫނު ހަދާފަ އަހަންނާ ދިމާލަށް ބަލާލައެވެ. އަނެއް ބައިފަހަރު ގަޑިއަށް ބަލާލައެވެ. މި ހުރިހާ ކަމެއް އެނގި ހުރެވެސް އަހަރެން ނުދަންނަ ކަމަށް ހެދީމެވެ. އިރު އެރިހެން ހީނުވެ ފެނުނީ ޖަލީން ގޮސް އެނދުގައި އޮތް ތަނެވެ.

އަހަރެން ބޯ ހޫރާލުމަށް ފަހު އާދައިގެ މަތިން ދިޔައީ ހިނގާލާށެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިއަދު އަހަރެންގެ އަތުގައި ޓެނިސް ނެތުމުން އަހަރެން ކަސްރަތު ކުރުމުގެ ޚިޔާލު ދޫކޮށްލީމެވެ. ގަޑިން 7 ޖެހުމާއި ހަމަޔަށް ހިނގާލުމުގަ ވަގުތު ހޭދަ ކޮށްލުމަށް ފަހު އަހަރެން ދިޔައީ އެޕާރޓްމެންޓަށް ވަންނާށެވެ. އެޕާރޓްމެންޓްގެ ދޮރު މައްޗަށް އެރި އިރު ޖަލީން ފޯނުން މީހަކާ ވާހަކަ ދައްކާ އަޑު އިވި އިވި ހުއްޓެވެ.

Share Article

Follow Me Written By

The R

Level 110 Stories

Other Articles

Previous

ހިތުގެ އެދުމޭތީ (10ވަނަ ބައި)

Next

މިލްކު ކޮށްލީ ހިތޭ……16

Next
July 10, 2017

މިލްކު ކޮށްލީ ހިތޭ……16

Previews
July 10, 2017

ހިތުގެ އެދުމޭތީ (10ވަނަ ބައި)

33 Comments!

  1. Rish says:
    July 10, 2017 at 10:51 am

    Vara kuru.when next part

    1. The R says:
      July 11, 2017 at 9:21 pm

      dhen faharakun dhigu kolaanan insha allah… asap next part up kuraanan… ?

  2. Anonymous says:
    July 10, 2017 at 11:11 am

    varah kuru vaahakeh.. reethi vaahakaeh hn heevey.. waiting for another part..

    1. The R says:
      July 11, 2017 at 9:24 pm

      varaha part update kuraanan.. ??? hope you will like the next part dooooo

  3. §ama? says:
    July 10, 2017 at 11:11 am

    Haadha kurey

    1. The R says:
      July 11, 2017 at 9:25 pm

      dhen part e dhiguko genes dhevey tho balaanan… ??

  4. Neuer says:
    July 10, 2017 at 12:57 pm

    Mi story ge 6 vana part nerefa in date eh bunefaanantha? E part adhi nukiyan. Neynge up vi kameh ves

    1. The R says:
      July 10, 2017 at 1:56 pm

      THANKS FOR READING AND KEEPING AN INTEREST. IT WAS UPLOADED IN JULY 13 2016
      http://WWW.ESFIYA.COM/18835/

  5. Neuer says:
    July 10, 2017 at 1:21 pm

    5 vana part key handhaan vey midhiya aharu june mahuga kanneynge

    1. The R says:
      July 11, 2017 at 9:20 pm

      heheheh yeah vedhaaney it being while since i updated that part…

  6. Xxxx says:
    July 10, 2017 at 1:45 pm

    Mi vaahaka v.reethi..interesting…plz nimendhen up kohlladhehchey….

    1. The R says:
      July 11, 2017 at 12:36 am

      VVV happy that you liked it … yeah of course I will upload it till the end in sha Allah

  7. Khadheeja says:
    July 10, 2017 at 2:22 pm

    Vvv salhi mi story ah inthizaaru kuraathaan kimme dhuvaheh haadha kurey story

    1. The R says:
      July 11, 2017 at 9:27 pm

      varah furaa veje vaahak kamu dhaathi.. thanks for waiting dhen varah avha up kuraanan.. insha allah..

  8. khajja says:
    July 10, 2017 at 2:50 pm

    Wow masha allah v rythi stry but too short ?? when nxt prt avas kollah chey n dhigukolladheythi plx ❤❤❤❤❤❤

    1. The R says:
      July 11, 2017 at 12:45 am

      Shukuriyyaa, maa kuree dhw, kon episode eh ga tha heyovaruvarakah up kurevifa othee pls let me know. For me your opinions matter. xoxo

  9. Adha? says:
    July 10, 2017 at 3:03 pm

    Its nice..?
    Waiting 4 next part?❤

    1. The R says:
      July 11, 2017 at 12:44 am

      Thanx xoxo

  10. F2 says:
    July 10, 2017 at 6:56 pm

    Next part next year July ga dhw. This is not how u have to up the story. Thihen hedheema varah Gina kiuntherin foohivaane. Dhen v gotheh ves bunelumakee neth kameh noon kanneygey dhw The R. ?

    1. The R says:
      July 11, 2017 at 12:39 am

      Very sadenned kiyuntherin dheraveema,,,, ekamaku I had to make a sacrifice.
      ekam dhen mi aee ingey. for me your opinions matter xoxo <3

  11. Eeny says:
    July 10, 2017 at 9:43 pm

    Varah reethi❤

    1. The R says:
      July 11, 2017 at 12:43 am

      Eeny kahala kiyuntherin ge hiyheyo komentuthkaa hedhi kuriah dhaan vv hiyvaru libey, thanks.

  12. Amin says:
    July 10, 2017 at 9:57 pm

    Ahareh fahun dho tho upload kuree.. But mi fahar ninmmachey vaahaka medhu nukandaa nimachey ingey

    Best of luck

    1. The R says:
      July 11, 2017 at 12:37 am

      Yes In sha Allah varah salhikohgendhankamah mifaharu.

  13. Croscent says:
    July 11, 2017 at 11:05 am

    Maa kuru. Mi vaahakaige 3 part ekkkolleema aanmukoh hunna vaahakaige 1 part vaaany kiriyaa

    1. The R says:
      July 11, 2017 at 9:17 pm

      dhen faharakun dhiguko vaahaka livey vey tho balaana insha Allah… 🙂 thanks for the information ?

  14. ilka says:
    July 11, 2017 at 3:30 pm

    coolll/////////////////////baraaabaru

    1. The R says:
      July 11, 2017 at 9:28 pm

      hahhaha thanks ilkaa… ?

  15. Princess Yaa says:
    July 11, 2017 at 5:54 pm

    Nice story. Keep it up. ?? Mi story upvaane dhuvasthakakee kobaa? Story varah dhiguvaanetha?

    1. The R says:
      July 11, 2017 at 9:38 pm

      im so happy that you like this story.. and thank you so much for the support.. varaha avahah up kuraanan… anehhen dhuvaheh bunaakah neygey life ge kanthah hunna gothun but in sha Allah week aku dhefaharu atleast up kuraanan. dhen vaahakaige dhigumin ehen bunaakah neyngey. but foohivaavarah dhigeh nukuraanan adhi hiyhama nujehey varah kureh ves nukuraanan in sha Allah.

  16. Anonymous says:
    July 13, 2017 at 10:39 pm

    Mi vaahaka aharenge hih athulaafi♥♡

  17. K says:
    July 15, 2017 at 9:16 pm

    Varah varah reethi… vaahaka ehkoh nihmahchey..

  18. Rashfa says:
    July 26, 2017 at 1:50 am

    8 hama part veehaaves avahakah nerebala..meehaku a part ge inthizaaruga eba huri ingeynun rai an kaaku kan dhw heheh

Comments are closed.


All Right Reserved!