Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިތުގެ މިލްކުވެރިޔާ (ފަސްވަނަ ބައި)

azzadhil Level 210 Stories100 Comments
July 9, 2017 4 Mins Read
29 Comments

” ސަރ ސަރ.. އާރަވް ސަރ.. ކޮޓަރިން ބޮޑު ބާރު އަޑުއިވެނީ” މާނޭވާ އަޅަމުން ރާޖާ މިހެން ބުނުމުން ރައިހާނާއާއި ޒިވާން ދުވަމުން ކަހަލަ ގޮތަކަށް ގެއަށް ވަންނާން ދިޔައެވެ.

ރާޖާ ބުނިހެން އާރާވްގެ ކޮޓާރިން އިވެމުން ދިޔައީ އެއްޗެހިތައް ފުނޑި ފުނޑިކުރާ އަޑެވެ. ރައިހާނާ އާއި ޒިވާން އާރާވްގެ ކޮޓަރީ ދޮރުގައި ޓަކިޖަހަމުން އާރާވްއަށް ގޮވަމުންދިޔައެވެ. ނަމަވެސް އާރާވް ދޮރެއް ނުހުޅުވައެވެ. ފަހަރަކަށް ވުރެ ފަހަރެއް ދިޔައީ އަޑުގަދަވަމުންނެވެ. އެެންމެ ފަހުން އާރާވް ދޮރު ނުހުޅުވުމުން ޒިވާން ކޮޓަރީގެ ޑަބަަލް ތަޅުދަނޑި ހިފައިގެން އައިސް ދޮރުހުޅުވާލިއެވެ. އެތެރެއަށް ވަނުމާއެކު ފެނުނު މަންޒަރުން ރައިހާނާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އާރާވްގެ ކޮޓާރީގައި ފައިޖައްސާލާނެ ތަންކޮޅެއްވެސް ނެތެެވެ. ކޮޓަރީގައި ހުރި ސާމާނުތައްވަނީ ކޮޓަރިތެރެއަށް އުލާލެވިގައެވެ. އަލަމާރީގެ ލޯގަނޑު ތަޅާލެވިފައި ވާއިރު ޓީވީއާއި ޑްރެސިންގެ ޓޭބަލްވެސް ވަނީ ވައްޓާލެވިފައެވެ. އަދި އެނދުމަތީގައި ދެފަރާތުގައި ހުރި ސައިޑްކަބަޑް މަތީގައި ބެހެއްޓިފައިވާ ދެމާގޮށި ވެސް ތަޅާލާފައެވެ. ޓީވީގެ ސްކްރީން ތަޅައިގެން ގޮސް އޭގެ ބިއްލޫރިކޮޅުތައް އެކި ތަންތަނަށް ބުރައިގެން ގޮސްފައިވާއިރު އޭގެ ބައި އެތިކޮޅުތައް އާރާވް ފަޔަށް ހެރިފައި ހުއްޓެވެ. އެތަންތަނުން ލޭއައެއް ކަމަކު އެކަމާ މާބޮޑު ފަރުވާލެއް ހުރި ހެނެއް ހިއެއް ނުވެއެވެ. މަގޭ ދަރިއޭ ކިޔައި ރައިހާނާއަށް ރޮއެ ގަނެވުނެވެ. ޒިވާން އެތެރެއަށް ވަދެ އާރާވް ހުއްޓުވޭތޯ އުޅުނެވެ. އާރާވް ހަމަބިމަށް ތިރިވީ ޒިވާންގެ އަތުން އާރާވްގެ މޫނަށް ހޫނު އެތިފަހަރެއް އެރުމުންނެވެ. ވަރުބަލިވެފައި ހުރި ވަރުން މައިނޭވާ އަޅަމުން ދިޔައިރު ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ބޮލުގައި އިސްތަށިތައް ހޭވިފައި ހުރިއިރު މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ. ރާޖާ ކައިރީ ތަން ސާފުކޮށްލުމަށް ބުނަމުން އާރާވް އެނދުގައި ބޭންދިއެވެ. އަދި މައިރާއަށް ގުޅުމަށްފަހު ވަރަށް އަވަހަށް އައިސް ދިނުމަށް އެދުނެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި މައިރާ ހުރީ އެގޭގައެވެ. އާރާވް ފެނުމާއެކު ހާލަތު ވިސްނި ފައިން އަންނަ ލޭހުއްޓުވަން އަވަސްވެ ގަތެވެ. އެއްކޮޅުގައި ރައިހާނާ އިނދެ އާރާވް ގައިގާ ފިރުމަމުން ދިޔައިރު ރޮވެނީއެވެ. އަނެއްކޮޅުގައި އާރާވް އިނދެ ވީކިހިނެއްތޯ ސުވާލުކުރަމުން ދިޔައެވެ.

” ނޭނގެ.. ވެގެން އުޅޭގޮތެއް އަހަންނަކަށްވެސް ނޭނގެ.. އޮޕަރޭޝަނަށް ފަހު ހޭއެރިފަހުން އަހަރެންމީ މުޅިން އެހެން މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެ.. އަހަރެން ކުރިން ކޮށް އުޅުނު އެއްވެސް ކަމެއް މިހާރު ކުރާހިތެއް ނުވޭ.. ލަވަޔާ މިއުޒިކް އެއީ އަހަރެންގެ އެއްބައި ކަމަށް ދެކިގެން އުޅުނީ.. ދޮންބެއަށް ފެނޭތަ މިހާރު އަހަރެންގެ ގިޓާ އޮތްތަން.. ” ފިހިގަނޑުން ރާޖާ އެއްކުރަމުން ގެންދިޔަ ކުނިތަކަށް އިނގިލި ދިއްކޮލަމުން އާރާވް ބުންޏެވެ.

” ދަރިފުޅާ އެއީ ރަނގަޅު ފާލެއްނު… ދަރިފުޅު އެކަމާ ދުރުވީތީ މަންމަ ﷲއަށް ހަމްދުކުރަން.. މަންމަގެ ދުއާ އިޖާބަކުރައްވައިފި.. އުފާކުރޭ.. މީ ތައުބާ ވުމަށްލިބުނު ފުރުސަތެއްކަމާ ބަލާ ރަނގަޅުމަގަށް ރުޖޫއަވޭ.. މާތްﷲ ނަހީކުރެއްވި ކަންތައްތަކުން އެއްކިބާވެ ހެޔޮ ކަންތައްތައް ކުރުމުގައި އަވަސްެވެގަނޭ.. އިންޝާﷲ އޭރުން ދަރިފުޅަށް ލިބިފައި ތިވާ ނިތަނަވަސްކަން ފިލައި ހިނގައިދާނެ..” ރައިހާނާ އަބަދުވެސް އާރާވްއަށް ނަސޭހަތްތެރިވެއެވެ. އާރާވް ކުރިން އުޅެމުން އައީ ރައިހާނާ އެއްވަރަކަށްވެސް ހިތްހަމަޖެހޭ އުޅުމެއް ނޫނެވެ. ރާއްޖެއިންބޭރަށް ކިޔަވާން ދިއުމަށްފަހު އެނބުރި އައިއިރު އާރާވްގެ އުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޔޫރަޕް މީހުންނާ އެއްގޮތަށް އުޅުން ބަހައްޓަން ފެށުމުން ރައިހާނާ އެކަމާ ދެރަވެ އެތަކެއް ފަހަރު ނަސޭހަތްތެރިވިއެވެ. ނަމަވެސް ރައިހާނާގެ ނަސޭހަތްތަކަށް އާރާވް ދެމުން އައީ ބީރުކަންފަތެކެވެ. ޕާޓީ ކުރުމާއި ލަވަޔާއި މިއުޒިކަކީ އާރާވްގެ ދިރިއުޅުމުގެ އެއްބަޔަށް ވެގެން ދިޔައެވެ. ގެޔަށް އަންނަނީވެސް އެހާ ދަންވާ ފަހުންނެވެ. ރޯދަހިފިނަމަވެސް ނަމާދުކުރުމަކީ އާރާވްއަށް މަނާ ކަމެއް ފަަދައެވެ. އާރާވްއާއި މެދު ހަރުކަށި ފިޔަވަޅެއް ނޭޅެނީވެސް އޭނާގެ ހުންނަ ހިތުގެ ބައްޔެއްގެ ސަބަބުންނެވެ. ނަމަވެސް މިއަދު ރައިހާނާ އެދިން ނަސޭހަތަށް ފަހު އާރާވްގެ ހިތް މަޑުމޮޅިވެއްޖެވެ. ހިތަށް ކުރީ އަސަރެއްގެ ބޮޑުކަމުން ރައިހާނާ ގައިގާ ބައްދާފައި ރޯންފެށުނެވެެ. އަދި ނަމާދުކޮށް ރަނގަޅަށް އުޅެން ބޭނުންވާ ކަމުގައިވެސް ބުންޏެވެ. މިކަމާ އެންމެ އުފާކުރީ ރައިހާނާގެ އިތުރުން ޒިވާންއެވެ. އާރާވް ރަނގަޅު މަގަށް ރުޖޫއަ ވުމަކީ އެދެމީހުންނަށް ލިބިގެން ދިޔައ އެންމެ ބޮޑު އުފަލެވެ.

……………………………………………………………

އާދައިގެ މަތިން މިރޭވެސް މަރިޔަމް އަށް ކާންދީ ބޭސްދީ ހެދުމަށްފަހު އަރުޝީ ކޮޓަރިއަށް ނިދާން ދިޔައީ ބަދިގެއާއި ބޮޑުދޮރުގައި ތަޅުލުމަށްފަހުގައެވެ. އެނދުމަތީގައި އުއްޑުން އޮށޯވެގެން އޮތްއިރު ވިސްނެމުން ދިޔައީ ކައިސަންއާއި މެދުގައެވެ. ވީޑިއޯއިން ފެނިގެން އެދިޔަ މަންޒަރު އިރުއިރުކޮޅާ އަރުޝީ ލޯމަތީގައި ސިފަވަމުން ދެއެވެ. ހަމަ އެއީ ކައިސަން ބާއެވެ. ނޫނީ އައިދަން ހަދާފައި އިން ވީޑިއޯއެއް ބާވައެވެ. ނަމަވެސް އެއަޑާއި އެސޫރައަކީ އަރުޝީއަށް ދުވަހަކުވެސް އޮޅޭނެ އެއްޗެއް ނޫނެވެ.ލޮލުގެ އެއްކަނަކުން އައިސްފައިވާ ކަރުނަތައް ފޮހެލުމަށްފަހު ލޯމަރާލީ ހަމަޖެހިގެން ނިދާލެވޭތޯއެވެ. ރޭގަވެސް ނިދި ނުލިބުމުގެ ސަބަބުން ބޮލަށްވަނީ ބަރުވެފައެވެ. ނިދިނިދި އޮތް އަރުޝީއަށް ހޭލެވުނީ ގޭތެރެއިން އެއްޗެއް ވެއްޓުނު އަޑަށެވެ. ހިތަށް ބިރުވެރިކަން ވެރިވީ އައިދަން ކަމަށް ވެދާނެބާއޭ ހިތަށް އެރުމުންނެވެ. އެތަނުން ނިކުންނަމުން އައިދަން ބަލާލި ގޮތް އަދިވެސް އަރުޝީ ހަނދާން އެބަހުއްޓެވެ. އޮތް ތަނުން ތެދުވެގެން ގޮސް ކޮޓަރި ލައިޓް ޖެއްސުމަށްފަހު ދޮރުގައި ރަނގަޅަށް ތަޅުލިއެވެ. ނަމަވެސް މާމާ އެކަނި ބާއްވާނީ ކިހިނެއް ހެއްެޔެވެ. ބިރުވެރިކަން ހިތާއި ސިކުނޑީގައި ވަށާލުމުން އަރުޝީއަށް ކުރާނެ ކަމެއް ނޭނގުނެވެ. ގޭތެރެއިން ފިޔަވަޅުތަކެއްގެ އަޑުއިވެންފެށީ ހަމައެވަގުތުއެވެ. ބިރުންގޮސް މުޅި ގައިން ހީބިހި ނަގައިގަތެވެ. ޑްރެސިންގް ޓޭބަލް މަތީގައި އޮތް ޒިވާންގެ ކާޑު ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އަވަހަށް ގޮސް ޒިވާންގެ ކާޑުނަގާ އޭގައި އިން ނަމްބަރު ފޯނުގެ ޑަޔަލް ޕެޑްގައި ޖަހާލިއެވެ. ނަމަވެސް ގުޅާތަނަށް ފިއްތުމުގެ ކުރިން ވިސްނާލިއެވެ. މިއޮއް ދަންވަރު ހިލޭ ފިރިހެނަކަށް ގުޅުމަކީ ރަނގަޅު ކަމެއް ހެއްޔެވެ. ޒިވާން ހީކުރާނީ ކީކޭ ހެއްޔެވެ. ނަަމަވެސް މިވަގުތު އެހެން ކަމަކާ ވިސްނާނެ ވަގުތެއް ނެތެވެ. އައިދަން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ.

ޒިވާންގެ ނަމްބަރަށް ގުޅާލުމާއެކު މާގިނައިރެއް ނުވޭ ފޯނުނެގިއެވެ.

” ޒިވާން މީ އަރުޝީ.. އަޅުގަނޑަށް ހީވަނީ އައިދަން މިރޭވެސް ގެއަށް ވަދެގެން އުޅޭހެން.. ޕްލީޒް އަޅުގަނޑު ސަލާމަތްކޮށްދީ” ފޯނު ނެގުމާއެކު އަރުޝީ ރޮމުން ވާހަކަ ދެއްކިއެވެ.

” ކަންބޮޑުނުވޭ.. މިހާރު މިދަނީ ތިގެ ކައިރިއަށް.. އަހަރެންގެ އަޑު ނީވެނީސް ކޮޓަރީ ދޮރު ނުހުޅުވާތި.. ބިރުނުގަންނާތި” މިހެން ބުނެ ޒިވާން ވެސް ފޯނު ކަނޑާލިއެވެ. އަރުޝީވެސް ކޮޓަރީގައި ދެކޮޅަށް ހިނގަންފެށީ ދެންވާނެ ގޮތެއް ނޭނގޭތީއެވެ. ކޮޓަރީ ދޮރުގައި މީހަކު ޓަކި ޖެހީ ހަމައެވަގުތުއެވެ. ޒިވާން ކަމަށް ހުޅުވަން ދިޔަ ވަގުތު އިވުނު އަޑުން އަރުޝީއަށް ހުއްޓެވުނެވެ. އެއިވުނީ އައިދަންގެ އަޑެވެ.

” އާރޫ ޕްލީޒް.. އަހަންނަށް އެންމެ ޗާންސެއްދީބާ.. މިރޭ އެކަނި.. އަރޫއާއި މެދު ވިސްނާ ވިސްނާ ބޯހަލާކު މިވަނީ.. ޕްލީޒް ތިހެން ނުހަދާ އަހަންނަށް” އައިދަން ދައްކަންފެށި ވާހަކަ އިތުރަށް އަޑުއަހާނެހާ ހިތްވަރެއް އަރުޝީގެ ކިބައަކު ނެތެވެ. ކަންފަތްމަތީގައި އަތް އަޅާ ބާރުކޮށްލީ އައިދަން ދައްކާ އެއްވެސް ވާހަކައެއް އަޑު ނޭހުމަށްޓަކައެވެ.

އިރުކޮޅަކުން އަރުޝީ އަތުގައި އޮތް ފޯނު ވައިބްރޭޓްވާ އަޑަށް ބަލާލިއިރު ގުޅަނީ ޒިވާންއެވެ. އަވަސް އަވަހަށް ފޯނު ނެގުމަށްފަހު އައިދަން ދޮރުކައިރީ ހުރި ވާހަކަ ބުންޏެވެ.

” އަރުޝީ ބިރުނުގަނޭ.. މިހާރު މިދަނީ ޕޮލިހުން ގޮވައިގެން.. އައިދަން އަށް ދެން ސަލާމަތެއް ނުވެވޭނެ” ޒިވާން ގެ ޖުމްލައާއި އެކު އަރުޝީގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭރުވެސް ހުއްޓުމެއްނެތި އައިދަންގެ އާދޭހުގެ އަޑު އިވެމުންދެއެވެ. ޕޮލިސް ސައިރެން އަޑު އިވެން ފެށީ އިރުކޮޅެއް ފަހުންނެވެ. އެއާއެކު އައިދަން ދުއްވައިގަތް އަޑުވެސް އިވުނެވެ. ވީގޮތް ބަލާލުމަށްޓަކާ ކުޑަދޮރުން ބޭރު ބަލާލިއިރު ފުލުހުން އައިދަން ހިފަހައްޓައިގެން ވޭނަށް އަރުވަނީއެވެ. ޕޮލިސް ވޭން ގެ ކުރީގައި އޮތް ކާރުގައި ލެގިލައިގެން ޒިވާން ހުއްޓެވެ. ހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު މާތްﷲއަށް ހަމްދުކޮށްލިއެވެ.

އަރުޝީގެ ފޯނަށް ޒިވާންގެ ފޯނެއް އައީ ޝުކުރު އަދާ ކުރަންވެގެން ޒިވާންއަށް ގުޅަން އުޅެނިކޮށެވެ.

” ގޭގެ ދޮރުގެ ތަންޑު ހުރީ ހަލާކުކޮށްލާފަ.. އިރުކޮޅެއް ވަންދެން އަހަރެން މިތާ މަޑުކޮށްލާނަން.. އެހެން ނޫނީ ވަގެއްވެސް ވަދެފާނެ.. އަރުޝީ ނިދާލާ.. އަހަރެން ހުއްޓަ އެއްވެސް މީހަކަށް ގެއަށް ނުވަދެވޭނެ” ޒިވާން ބުނެލިއެވެ.

” އެކަމަކު މިވަގުތު…………” އަރުޝީ ބުނަން އުޅުނު ޖުމްލަ ޒިވާން މެދުކަނޑާލިއެވެ.

” ކަންބޮޑުނުވޭ.. އަހަންނަށް އިތުބާރުކުރޭ.. އިންޝާﷲ އަހަރެންގެ ފަރާތުން އަރުޝީއަށް ގެއްލުމެއް ނުވާނެ” މިހެންބުނެ ޒިވާން ފޯނު ކަނޑާލިއެވެ. އަރުޝީ ދެރަވެ ލަދުގަތީ ޒިވާން ހީކުރީ އަރުޝީ ހީކުރިގޮތާ މުޅިން ހިލާފަަށް ވީމައެވެ.

” އެނދުގައި ޖައްސާލުމާއެކު ދާދި ފަސޭހައިން އަރުޝީއަށް ނިދިއްޖެއެވެ. ދެން ހޭލެވުނީ ފޯނުން ފަތިސް ނަމާދުގެ ބަންގި ގޮވި އަޑަށެވެ. ފޯނުން ގަޑި ބަލާލިއިރު ހަަތަރު ގަޑި ސާޅީސް ވަނީއެވެ. މޯޅިއަކަށް ދެމިލަމުން ތެދުވިއިރުވެސް ލޮލުގައިވާ ނިދި ފިލާގޮތެއް ނުވިއެވެ. ތެދުވެގެން ފާހާނަ އާއި ދިމާއަށް ދަމުން ކުޑަދޮރުން ބޭރު ބަލާލަން ހިތަށް އެރިއެވެ. ކުޑަކޮށް  ދޮރު ހުޅުވާފައި ބަލާލިއިރު ފެނުނު މަންޒަރުން އަރުޝީގެ ހިތުގެ އެންމެ ފުނަށް އަސަރުކުރިއެވެ. ކައިސަން ބުނާހެން ޒިވާންއަކީ ދީނަށް ލޯބިކުރާ މިހާރު އުޅޭ ޒުވާނުންނާ ތަފާތު މީހެއްކަން ގަބޫލުކުރެވިއްޖެއެވެ. ކާރުކައިރީގައި ކުޑަފޮތިކޮޅެއް އަޅައިގެން ޒިވާން ހުރީ ނަމާދުކުރާށެވެ. އަރުޝީ ވެސް މަޑުނުކޮށް ނަމާދުކޮށްލާ ގުރުއާނުން ވަކި މިންވަރެއް ކިޔާލުމަށްފަހު ޒިވާންއަށް ކޮފީތައްޓެއް ތައްޔާރުކޮށްލިއެވެ. އަދި އެހިފައިގެން ޒިވާން ކައިރިއަށް ދިޔައެވެ.

-ނުނިމޭ-

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

އެ ތޫފާނީ ރޭ (6)

Next

މިލްކު ކޮށްލީ ހިތޭ……15

Next
July 9, 2017

މިލްކު ކޮށްލީ ހިތޭ……15

Previews
July 9, 2017

އެ ތޫފާނީ ރޭ (6)

29 Comments!

  1. Reader says:
    July 9, 2017 at 9:24 pm

    Me first

    1. azzadhil says:
      July 9, 2017 at 10:45 pm

      Yes 🙂

  2. Anna says:
    July 9, 2017 at 9:26 pm

    Mifaharuvx hama same mistakes kury faharaaeggothah…. Dhorugai thalhulaifa. Ethan rangalhu kohbala.

    1. Truth says:
      July 9, 2017 at 9:33 pm

      Eki myhun vaahaka dhakkaany Eki gothah.. Dhorugai thalhulaafaves hama rangalhu.. Deal with it

  3. sheen says:
    July 9, 2017 at 9:35 pm

    v nice

    1. azzadhil says:
      July 9, 2017 at 10:47 pm

      Jazakallah khair sheen

  4. z?a?u?n?a says:
    July 9, 2017 at 9:38 pm

    salhi ngey ,.when next !?????

    1. azzadhil says:
      July 9, 2017 at 10:48 pm

      Alhamdulillah,!! Jazakallah khair 🙂 next part in sha Allah in two days 🙂

  5. xee says:
    July 9, 2017 at 10:08 pm

    vvv Reethi

    1. azzadhil says:
      July 9, 2017 at 10:51 pm

      Jazakallah khair xee 🙂

  6. Xxxx says:
    July 9, 2017 at 10:23 pm

    Wooow..mi vaahaka v.kamudhey…want to read more????????????? waiting ingey

    1. azzadhil says:
      July 9, 2017 at 10:53 pm

      Alhamdulillah!! Jazakallah khair Xxxx 🙂 keep waiting. Next part soon in sha Allah

  7. rosa says:
    July 9, 2017 at 10:23 pm

    mi vaahaka haadha hadiyey
    hadi kamun nukere balaalanves
    adhi mi readers mi vaahaka kiyan time waste eba kureyey……kytha vaani ehen vaahaka eh kiyya…… mashah miadhu mi vaahaka fenuny ves…rythi vaaney hykohgen ky mihisaaabah……ekamuves hama vvvvvvvvvv hadi

    1. azzadhil says:
      July 9, 2017 at 10:57 pm

      It’s OK Rosa.. Emmenakah reecheh nuvaane.. Thibeyne thafaathu hiyaaluge myhun.. rosa ge comment heyo hithun balaigenfin.. Jazakallah khair 🙂

    2. Liyuntheriya ge ekuverieh says:
      July 10, 2017 at 12:31 pm

      Magey hithah araa hadi v ma keekuran hey konme faharaku vahaka up vaairah kiyan vegen link hulhuvany. Maai raskalaange thibaa hehdhevi faraathun mi liyuntheriya ves hehdhevy. Hama egothah thi liyuntheriya ah libifava hunare ves ae ekalaange minvarufulhu. Mi liyuntheriya ah maai allah dhrvbafa hunarah judge koh hagygathuga faadu kiyuny ekalaange ah. V ma dhulun ehcheh beyrumuge kurin visnaalaa. Eyna vahaka hadi v ma improve kuran v thanthan bunedhevva. Thigothah comment kuryma eygen engeny thibaa ah konmes kameh hajam nuvegen ulheykan. Mre varah vahaka

    3. maroon says:
      July 11, 2017 at 1:48 pm

      This story is unique and amazing….. Everyone has a different talent. Every writer express the feelings in different ways… we have to be supportive. Rythi vyma thauryf. Adhi goaskoh kameh kureveynama ekan ragalhukoh dheyn ehyvaanvy. I love this story…everything abt it. U can do it ❤❤❤
      Waiting for next part . Tc..

    4. azzadhil says:
      July 11, 2017 at 2:11 pm

      Jazakallah Khair maroon.. I really appreciate it.. thanks for standing for me.. may Allah bless you. ?

  8. ???? says:
    July 9, 2017 at 10:25 pm

    Alheyyy this is too short….. n story is beautiful???????? azzadhil … really is this ur name???

    1. ???? says:
      July 9, 2017 at 10:28 pm

      Aslu mi vaahaka varah salhi n hope that nxt prt avahah up kohdheyne

    2. azzadhil says:
      July 9, 2017 at 10:59 pm

      Dhigukohleveytho Balaaanan.. Aslu v time nulibey liyan.. Axxa is my name Adhil ei hubby name.. Dhe nan ehkohlaafa ei 🙂 jazakallah khair 🙂

  9. Shaa says:
    July 9, 2017 at 10:33 pm

    V reethi

    1. azzadhil says:
      July 9, 2017 at 11:00 pm

      Jazakallah khair shaa 🙂

  10. khajja says:
    July 10, 2017 at 1:22 am

    Masha allah v rythi aidhan ehery moyavefa eyna mental doc akah dhakkabala ? zivaan haadharangalhey zivaan n arushy dhen gulhuvaa zivaan arushymen gey dhoruves dhen rangalhukoh dheyne dhw arushymen ge ah noakarevves laidhyfaane anyway stry v habeys thanks 4 the luvly stry aaraav ge dhiriulhunves badhalukollaabala zivaan mom kairy bunegen aaraav ah adu iveygothah quruaan jahaa dhyny dharusthah jahaabala insha allah eyrun aaraav ah hamajehun libi dhyny kanthakaa ulhen fashaifaane n when nxt prt plx avas kollachchey plx gud nyt ???❤❤❤❤❤❤

    1. azzadhil says:
      July 10, 2017 at 1:27 am

      Awwwn khajja..vaagotheh balamaa dhw.. Hehe.. In sha Allah v avas kureveytho Balaaanan.. Gud nite.. Fee amanillah ??

  11. Shahoo says:
    July 10, 2017 at 9:15 am

    Wowo v reethi mi part vs??? bt maa kury? plx thankolhrh dhigu koh grnesdhyba v kiyaa hithun indhaa nimeny vs?

  12. Adha? says:
    July 10, 2017 at 1:37 pm

    Zivaan haadha rangalhey dw.. ?aidhan kahala kudhin asluga ves ulheythy varah dheravey.. nd varah biruves ganey..?varah reethi ingey mi part ves.. pls up soon?
    Waiting ?

  13. Mazuw says:
    July 11, 2017 at 2:31 pm

    Alhe aru aa zivaan aa dhemyhun sett kurahchey ingey…plizz…kommes eh gothakah…btw. this part is awesume …ekam haadha kurey dw…! hope dat you will improve in the nxt prt…!luv uh azza..

    1. azzadhil says:
      July 11, 2017 at 4:17 pm

      dhigu koh genesdheveytho v masahkai eba kuran in sha allah next part dhiguvaane.. jazakallah khair 🙂 luv you fillah :*

  14. Shahoo says:
    July 12, 2017 at 6:35 am

    Wen nxt part up vaany?

Comments are closed.


All Right Reserved!