Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިލްކު ކޮށްލީ ހިތޭ……15

Noor💙 Level 710 Stories100 Comments100 Login500 Comments
July 9, 2017 5 Mins Read
87 Comments

ޝައިބާ ފަލަކުގެ ދިރިއުޅުމާއި ކުޅެލިއިރު އޭނާގެ ޙަޔާތަށް މިވަރުގެ ބޮޑު ތޫފާނެއް އައިސްދާނެ ކަމަކަށް ކުޑަކޮށްވެސް އަންދާޒާވެސް ކޮށްލެވިފައެއް ނުވެއެވެ.

**************

އެމީހުންނާއި ދިމާއަށް އައި ދެމީހުންކުރެ ކުރިއަަށްހުރި މީހާގެ ފޯނު ރިންގުވާން ފެށުމުން ފިޔަވަޅުތައް މަޑު ޖައްސާލުމަށްފަހު އެމީހާގެ ފޯނަށް ޖަވާބުދެމުން އެނބުރި ދަމުން ކައިރީގައި ހުރި މީހާއަށް އަތުން އަންނާށޭ ބުނާފަދަ ގޮތަކަށް އިޝާރާތް ކޮށްލާފައި ގޮސް ޖިޕަށް އެރިއެވެ.އެވަގުތު ޔޫލްއާއި ފަލަކުއަށް ދުރަށް ޖެހިލާފައި ހިންހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.އަދި އިށީނދެ ބިރުން ފިއްކެނޑިފައި އިން ކުއްޖާއަށް ބަލައިލެވުނެވެ.ފަލަކު އަނެއްކާވެސް އެކުއްޖާގެ ގައިގައި ވަރަށް ލޯބިން ބައްދާލުމަށްފަހު ނަން އޮޅުން ފިލުވައިލިއެވެ.

“މޯލީ”

އެކުއްޖާގެ ނަން ބުނެލުމަށްފަހު ފަލަކުގެ ގައިގައި ދެއަތުން ވަށާލާ ބައްދާލީ ހިމާޔަތްތެރިކަން އިހްސާސް ވާތީ ކަން ގައިމެވެ.ނަސީބު ރަނގަޅުކަމުން މޯލީއަށް މަންމަގެ ފޯނު ނަމްބަރު ހަނދާން ހުއްޓެވެ.

ޔޫލް އެ ނަމްބަރަށް ޑައިލް ކޮށްލުމުން އެކޮޅުން ފޯނުނެގީ ފިރިހެނެކެވެ.ޔޫލް އެމީހަކާއި މޯލީއާއި ހުރ ީކޮން ގުޅުމެއްތޯ ސުވާލު ކުރުމުން އެއީ މޯލީގެ ބައްޕަކަން އެނގުނެވެ.ޔޫލް އެމީހުންނާއި މޯލީއާއި ދިމާވި ގޮތުގެ ވާހަކަ ކިޔައިދިނެވެ.އަދި އެމީހުން އެތިބިތަން ބުނެދިނެވެ.

************

“އަހަރެން ކައިވެންޏަށް ޤަބޫލު”.

ޝައިބާއަށް އެންމެ ފަހުން ގޮތް ހުސްވެގެން ޖެހުނީ ޒީލްއާއި ކައިވެނިކުރަން ރުހި އެއްބަސްވާށެވެ.ހިތާއި ދެކޮޅަށެވެ.ޑޮކްޓަރސް ލޯންޖުން ނިކުތް ގޮތަށް ޝައިބާ ދިޔައީ އޭނާގެ ރޫމަށެވެ.އޭރު ދައްކަން އައިސްތިބި މީހުން ތިބީ އޭނާގެ އިންތިޒާރުގައެވެ.

*****************

“އަހަރެން ހިޔެއް ނުކުރަން އަރޫއަށް އަހަރެންގެ މަންމައޭ ކިޔައިގެން ތިކަހަލަ ވާހަކައެއް ދައްކަން ކެރިދާނެ ކަމަކަށް”

އަރޫޝާގެ ފިރިމީހާ ހީވަނީ ރުޅިއައިސްެގެން ގޮސް މީހާ ރަތްވެފައި ހުރި ހެންނެވެ.”އަހަރެން ކިހިނެތް އެޑަމްއަށް ވިސްނަދޭނީ….އެޑަމް ހަމަ އޮފީހަށް ދާއިރަށް މަންމަ އޭމީހަކު ގެއަށް ގެނެސްގެން އަހަރެން ލައްވާ ސައިހަދުވާ.. ނުވިތާކަށް މިއަދު އަހަރެން ފާޚާނައިން ނިކުތްއިރު އިނީ މި ރޫމަށްވެސް ވައްދާފަ…އަހަރެން އަޑުއެހީމޭ މަންމަ ރޫމުން ނިކުމެގެން ދަމުން އޭނަގާތު މިކައްތައް ދެން އަވަހަށް ކޮޅެއްގައި ޖައްސަ ބަލާށޭ ބުނިއަޑު”

އަރޫޝާވެސް މައިދައިތަގެ ވާހަކަ ފިރިމީހާއާއި ހިއްސާ ކުރަމުން ދިޔައީ އިންތިހާއަށް ދެރަވެ ރުޅިވެސް އައިސް ހުރެގެންނެވެ.މައިދައިތަ ބޭނުންވީ އެޑަމް އޮފީހުން އަންނަ ގަޑިއަށް އެމީހާ އަރޫޝާއާއިއެކު ރޫމުގައި އުޅުނުކަން ސާބިތުކޮށް އަބަދަށްޓަކައި އަރޫޝާގެ ކިބައިން މިންޖު ވާށެވެ.ނަމަވެސް އަރޫޝާ އަމިއްލަ އަތުގައި ކަޓަރު އަަޅަން ދިމާކުރުމުން އެމީހާ ބިރުންއެޑަމްއައުމުގެކުރިން ނިކުމެގެން ދިޔައީއެވެ. އެހެންވެ އަރޫޝާ ބޭނުންވީ މައިދައިތަ ދެވަނަ ކުޅިގަނޑެއް ކުޅުމުގެ ކުރިން އެވާހަކަ ފިރިމީހާއާއި ހިއްސާ ކުރާށެވެ.ނަމަވެސް އެޑަމްް އަރޫޝާގެ ވާހަކަ ޤަބޫލު ނުކުރުމުން އޭނާގެ ހިތްވަރު އެލޭގޮތް ވިއެވެ.

ރޫމްގެ ދޮރުގައި ކަންފަތް ޖަހައިގެން އޮތް ހައްވައަށް އެކަމުން އައު ހިތްވަރެއް ލިބިގެން ދިޔައެވެ.

***********

މޯލީ ދުވެފައިގޮސް މަންމަގެ އަތުތެރެއަށް ވަނެވެ.އަދި މާންމާއޭ ކިޔައި ރޯން ފެށިއެވެ.މޯލީގެ ބައްޕަ ހަޝްމިތު ޔޫލްމެން ދެމަފިރިންނަށް ޝުކުރު އަދާ ކުރިއެވެ.އޭރުވެސް މޯލީ މަންމަ ގައިގައި ބައްދައިގެން އޮވެ ރޮމުން ގެންދިޔައެވެ.މޯލީވަނީ ދިމާވި ނުރައްކާތެރި ހާދިސާގެ ސަބަބުން އިންތިހާއަށް ބިރުގަނެފައެވެ.

މޯލީ މަންމަމެންނާއި އެއްކޮށް ދިޔުމުން ޔޫލްއާއި ފަލަކުވެސް އަވަސްވެގަތީ އަވަހަށް ހޮޓަލަށްގޮސް އެއްޗިހި ޕެކްކޮށް ދަތުރަށް ތައްޔާރު ވުމަށެވެ.

************

އާ ދުވަހެއްގެ ފެށުމެވެ.”ލައްބަ ބައްޕާ…..ދިހަވަރަކަށް މިނެޓް ތެރޭގަ ގެއަށް ދެވޭނެ”ޔޫލް ފޯނުންވާހަކަ ދައްކަމުން ދިޔައީ ބައްޕައާއެވެ.

ކާރުން ފޭބިއިރު ސީމާހުރީ އެމީހުންގެ އިންތިޒާރުގައި ދޮރުމަތީގައެވެ.ދެކުދިން ހެޔޮޙާލުގައި އެނބުރި އައުމުން ސީމާހުރީ ވަރަށް އުފާވެފައެވެ.ފަލަކުގެ އަތުގައި ހިފައިގެން ގޮސް އެތެރެއަށް ވަނެވެ.ޔޫލްވެސް ފޮށްޓާއި ދަބަސް ހިފައިގެން ގޮސް ރޫމަށް ލުމަށްފަހު މަންމަމެން ގާތަށް ސިޓީންރޫމަށް ނިކުތެވެ.

***************

“އަހަރެން ކޮން މޫނަކާއިގެން މަގޭ ދަރިފުޅު ކައިރިއަށް ދާނީ..ޒުހޭރު ހެޔޮނުވާނެ މަގޭ ދަރިފުޅު މިގެއަށް ގެނެސްދީބަލަ”އަފީފާއަށް ފަލަކުމެން ރާއްޖެ އައި ޚަބަރު ލިބުމުން ދަރިފުޅު ދެކިލާހިތުން ތެޅިފޮޅެން ފެށިއެވެ.

“އަފީފާ ހަމަޖެހިބަލަ….އެ މަންޖެ ބުންޏޭ މިރޭ މިގެއަށް އަންނާނަމޭ….އެހާ ދިގުދަތުރެއް ކޮށްފަ އައީމަ ހުންނާނީ ވަރުބަލިވެސް ވެފައެއްނު…”ޒުހޭރު އަފީފާ ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރިއެވެ.
ީ

**********

ސައިކަލް ޕާކު ކޮށްލާފައި ގޮސް ފަލަކުގެ ފަހަތުން ޔޫލްވެސް އެތެރެއަށް ވަނެވެ.ސިޓިންގ ރޫމް ސޯފާގައި އޮށޯވެލައިގެން އޮތް ޝައިބާ ފުންމައިގެން ތެދުވި އިރު ހީވީ ބިރެއް ފެނިގެން އުޅުން ހެންނެވެ.ފަލަކުގޮސް ޝައިބާގެ ގާތުގައި އިށީނުމަށްފަހު މަންމަމެން ކޮބާތޯ ސުވާލުކޮށްލިއެވެ.

ޝައިބާގެ ފަރާތުން މަންމަ ބަލިކޮށްއުޅޭ ކަން އެނގުމުން ފަލަކުއާއި ޔޫލް ގޮސް އަފީފާމެން ކޮޓަރި ދޮރުގައި ޓަކިޖަހާލިއެވެ.ޒުހޭރު އައިސް ދޮރުހުޅުވާލިއިރު ބަލިގޮތަކަށް ދޮރާއި ދިމާއަށް ބަލަހައްޓައިގެން އިން އަފިފާ ފެނިފައި ފަލަކު ގޮސް އަފީފާ އާއި ތަންކޮޅެއް ދުރުގައި މަޑުކޮށްލުމަށްފަހު މަންމަ ޑޮކްޓަރަށް ދައްކައިފިންތޯ ސުވާލު ކޮށްލިއެވެ.އޭނާއަށް އަފީފާއާއި އެހާ ކައިރިވާން ނުކެރުނީ މަންމަ އެނާއަށް ނަފްރަތު ކުރާވަރު ހިތަށް އަރާފައެވެ.

“ދަރިފުޅާ އާދެބަލަ މަންމަ ކައިރިއަށް “އަފީފާއަށް އެހެން ބުނެވުމާއިއެކު ރޮވިއްޖެއެވެ.މަންމަގެ ދުލުން ދަރިފުޅާއޭ ބުނެލިއަޑު ފަލަކު މިނޫނީ އަޑުއަހާފައެއް ނުވެއެވެ.ފަލަކުއަށް ގޮސް އަފީފާގެ އަތުގައި ހިފައި ނިތްކުރީގައި އަތް ޖައްސާލެވުނެވެ.އޭރުވެސް ކޮންމެވެސް ވަރަކަށް ހުން ހުއްޓެވެ.އެވަގުތު އަފީފާ މަންމައަށް މަޢާފްކުރާށޭ ކިޔައި ފަލަކުގެ އަތުގައި ހިފާ ރޯން ފެށިއެވެ.ވާނުވާ ނޭނގިފައި ހުރެ ފަލަކު އަފީފާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.އަފީފާގެ ދުލުން ރޮމުން ރޮމުން ތަކުރާރު ކުރަމުން ދިޔަ ހަމައެކަނި ޖުމްލައަކީ މަންމައަށް މަޢާފު ކުރާށޭއެވެ.

“މަންމާ ނުރޮއި ހުއްޓާލަބަލަ ….މަންމަ ނުޖެހޭނެ އަހަރެން ކިބައިން މަޢާފަށް އެދޭކަށް “.ފަލަކު އަފީފާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދެމުން ވާހަކަ ދެއްކިއެވެ.

ޒުހޭރު ގާތުގައި ހުރި ޔޫލްވެސް ހުރީ ވެގެން އުޅޭ ގޮތެއް ނޭނގޭތީ ހާސްވެފައެވެ.”އަހަރެން އަންނާނަން ތަނަކަށް ގޮސްލާފަ ލޯބި މަންމަގާތު މަޑުކޮށްލާ އިނގޭ…”ޔޫލް ފަލަކުއާއި ކައިރި ވެލުމަށްފަހު މަޑުމަޑުން އެހެން ބުނެލާފައި ކޮޓަރިން ނިކުމެގެން ދަމުން ސިޓިން ރޫމުގައި ނެގިމަޑުވެފައި އިން ޝައިބާއަށް ނިއް އެއްލާފައި ނިކުމެގެން ހިނގައްޖެއެވެ.ޒުހޭރުވެސް ޔޫލްގެ ފަހަތުން ކަހަލަ ގޮތަކަށް ކޮޓަރިން ނިކުމެފައި ދޮރުލެއްޕީ ދެމައިންނަށް މިވަގުތު ވަރަށް ވަގުތު ބޭނުން ވާނެތީއެވެ.

ޒުހޭރު ހަމަ ނިކުތުމާއިއެކު އަފީފާ ފަލަކުގެ ގައިގައި ބައްދައިގަނެފައި މަގޭ ދަރިފުޅާއޭ ކިޔައި ރޯންފެށިއެވެ.އަދި މި މަންމައަކީ ދަރިފުޅުގެ ކުއްވެރިއެކޭ ކިޔައި ފަލަކުގެ މޫނުމަތީގައި ލޯބިން ފިރުމަމުން ދިޔައެވެ.އަފީފާގެ ވާހަކައިން ފަލަކު ހީކުރީ މާޒީގައި ހިނގާފައިވާ ކަންތައް ހަނދާން ނައްތާލާ ފަލަކުގެ ކިބައިން މަންމަ މަޢާފަށް އެދެނީ ކަމަށެވެ.އެހެންވެ ފަލަކުގެ ހިތަށްވެސް ލުޔެއް ލިބިގެން ދިޔައެވެ.

“ވަރަށް އުފާވެއްޖެ މަންމަ އަޅުގަނޑު ދަރިއެއްގެ ގޮތުގަ ބަލައިގަތީމަ …..ތި މަންމަގެ ބަނޑުން އުފަން ނުވި ކަމުގައި ވިޔަސް އަޅުގަނޑަށް މީހުން ވަކިކުރަން އެނގެން ފެށީއްސުރެ މިހިތުން އަބަދުމެ އެދެމުން ދިޔައީ ތިމަންމަގެ އަޅާލުމާއި އޯގާތެރި ކަމަށް”ފަލަކުގެ ވާހަކަ އަޑުއަހާފައި އަފީފާގެ ހިތަށް ކުރަމުން ދިޔަ އަސަރު އެތައް ގުނައަކަށް އިތުރު ވެގެން ދިޔައެވެ.އަދި ރޮއިގަނެފައި ތީ މި ރަޙުމުކުޑަ މަންމަގެ ބަނޑުން ވިހެއި ދަރިފުޅޭ ބުނެލިއެވެ.ފަލަކުއަށް ދެލޯ ބޮޑު ކޮށްލާފައި މަންމައަށް ބަލައި ލެވުނުއިރު އޭނާގެ ހިތްވެސް ތެޅިގަތެވެ.އަފީފާ ރޮއިރޮއި ގިސްލެވެމުން ދިޔަ ޙާލު ރުޝްދާގެ ފަރާތުން ދެދުވަސް ކުރިން އެނގިގެން ދިޔަ ޙަޤީގަތް ފަލަކުއަށް ކިޔައިދިނެވެ.އެވަގުތު ފަލަކުއަށް ބޭއިޚްތިޔާރުގައި އަފީފާގެ އަތުން ދޫކޮށްލާފައި ކޮޅަށް ތެދުވެވުނެވެ.އިސާހިތަކު ފަލަކުގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ.ނަމަވެސް ކަރުނަތައް އޭގެ މަޤާމު ދޫޫކޮށްދިޔުމުގެ ކުރިން ފަލަކުގެ އަތުން ދެލޮލުގައިވި ކަރުނަތައް ފޮހެލާފައި ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.ފަލަކުގެ އެދުރުކަމުން އަފީފާގެ ހިތް ކުދިކުދި ވެއްޖެއެވެ.ނަމަވެސް ކުރެވޭނެ ޝަކުވާއެއްވެސް ނެތެވެ.އެދަރިފުޅު މަންމަގެ ލޯތްބަށް އެންމެ ބޭނުންވި ދުވަހު އެލޯބި ދިނުމަށް އޭނާވަނީ ނޭނގުމެއްގެ ތެރެއިން ވިޔަސް ފަސްޖެހިފައެވެ.

************

އެޕާޓްމެންޓްގެ ދޮރުގައި ބެލްޖެހި އަޑަށް ޒީލްގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރި ޔޫލް ފެނުފައި ޒީލްއަށް ދެފިޔަވަޅެއް ފަހަތަށް އަޅައިލެވުނީ ޖެހިލުންވި ވަރުންނެވެ.ޔޫލް އެތެރެއަށް ވަދެގެން އައިސް ސިޓިންގރޫމުގައި ހުރި ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލިއެވެ.ޒީލްވެސް ޔޫލްގެ ކުރިމަތީގައި އިން ގޮނޑީގައި އިށީނދެ ހަމަޖެހޭގޮތް ދައްކާލުމަށްފަހު މާ ނުގަޑިއެއްގައި ތިއައީ އަނެއްކާ ކަމަކުތޯ ސުވާލު ކޮށްލިއެވެ.

“މިހާރު ވާވަރަށް ވާ ވެއްދިއްޖެ އެންނުދޯ…..ނައު އިނަފް…..ޒީލްއަށް ހަމަ ރަނގަޅަށް އިނގޭނެ ޒީލްއާއި ފަލަކުއާއި ދޭތެރޭގައި އެއްވެސް ގާތް ގުޅުމެއް ނެތްކަން އަދި އެފޮޓޯތަކަކީ ޒީލް ރާވައިގެން އަހަރެމެން ދެމީހުން ދުރުކުރަން ހިންގި ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަން…….އަދި ކައިވެންޏަށްފަހު މިހާރު އަހަންނަށްވެސް އެކަން ޔަޤީންވެފައި ވާނެކަންވެސް……ނައު އައި ނީޑް އެކްސްޕްލެނޭޝަން”

ޔޫލްގެ ވާހަކަ އަޑުއަހާފައި ޒީލްގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައިރު މޫނުމަތިން ވެސް ދާތިކިތައް ފައުޅުވާން ފެށިއެވެ.ޔޫލް ޒީލްއާއި އެ ސުވާލުތައް ކުރިމަތި ކުރާނެ ކަން އޭނާއަށް މާކުރިންވެސް އެނގެއެވެ.އެހެންވެ އޭނާހުރީ އެކަމަށް ދުރާލާ ތައްޔާރުވެސް ވެގެންނެވެ.ނަމަވެސް ވަގުތު އައިސް ޖެހުމުން ޒީލްއަށް ހީވީ އޭނާގެ ދުލުގައި ތަޅެއް ލެވިފައި ވީހެންނެވެ.

*************

ގެއިން ނިކުމެގެން ވަކި މިސްރާބެއް ނެތި ހިނގަމުންދިޔަ ޝައިބާއަށް އިޙްސާސް ކުރެވެމުން ދިޔައީ އޭނާއަކީ މިހާރު ދުނިޔެއަށް ގިނަވެފައިވާ މީހެއް ހެންނެވެ.އަފީފާ ރޮއިރޮއިފައި ފަލަކުދެކެ ލޯބިން އުޅުނު މަންޒަރު ބަލަން ކެތްނުވުމުން ކޮޓަރިއަށް ވަންނަން ކުޑަކޮށް ދޮރުހުޅުވާފައި ވެސް ދޮރުލައްޕާފައި ގެއިން ވެސް ނިކުމެގެން އެއައީ އިއްޔެއާއި ޖެހެންދެން އެހާ ލޯބިން އުޅުނު މަންމަގެ ލޯބިވެސް އޭނާގެ ނަސީބުގައިނެތީތީ އަމިއްލަ ބަދު ނަސީބުވެރި ކަމަށް ހިތާއި ހިތުން ޝަކުވާ ކުރާުހާލުގައެވެ.

**************

ޓެކްސީއިން ނިކުތް ގޮތަށް ރޮމުން ރޮމުން ދުވެފައި ގޮސް ކޮޓަރިއަށް ވަތް ފަލަކުގެ ފަހަތުން ސީމާވެސް ގޮސް ކޮޓަރިއަށް ވަނީ ވަރަށް ހާސްވެފައެވެ.އެނދުމައްޗަށް ވެއްޓި ގަނެގެންއޮވެ ފަލަކު ރޮމުން ދިޔަގޮތުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ސީމާއަށް ޔަޤީންވިއެވެ.ކައިރީގައި އެނދުގައި އިށީނދެ އިނދެ ފަލަކުގެ ބޮލުގައި ފިރުމަމުން ޔޫލްގެ ނަމްބަރ ހޯދާ ގުޅޭތޯ މަސައްކަތް ކުރަން ފެށިއެވެ.ނަމަވެސް ދެފަހަރު ޑައިލް ކޮށްލީމަވެސް ބުނަނީ ފޯނު ނިއްވާލާފައި އޮތް ކަމަށެވެ.އެހެންވެ އަނެއްކާ ފަލަކުއާއި ޔޫލްއާއި މައްސަލައެއް ޖެހުނީ ކަމަށް ހީކޮށް ސީމާ އިތުރަށް ފިކުރު ބޮޑުވާގޮތް ވިއެވެ.އެ ހާސްކަމުގެ ތެރޭގައި ސީމާ ހަނީފްއަށް ގުޅަން ފެށިއެވެ.

**********

ޝައިބާއަށް ދެލޯ ހުޅުވާލެވުނީ އޭނާގެ ގައިމަތިން ބަރުކަމެއް އިޙްސާސް ކުރެވުމުންނެވެ.އެވަގުތު ޝައިބާއަށް ރޮއި ހޭރި ގަނެވުނީ އޭނާގެ ހަށިގަނޑުގައި އެއްވެސް ނިވައިކަމެއް ނެތްކަން އިޙްސާސް ކުރެވުމުންނެވެ.އޭރުވެސް އެނުލަފާ ޝައިޠާނު އޭނާގެ ހަށިގަނޑުން އަރާމު ލިބިގަންނަމުން ދިޔައީ އެއްވެސް ރަޙުމެއް ނެތިއެވެ.ޝައިބާ ރޮއިރޮއި ވަރުބަލި ވީއިރުވެސް އެމީހާގެ ކިބައިން ސަލާމަތް ވެވޭގޮތެއް ނުވިއެވެ.ބަލާބެލުމަށް ބިދޭސީއަކާއި ވައްތަރު އެ މީހާ ޝައިބާގެ ޢިއްފަތް ފޭރިގަނެފައި ހިތްފުރޭވަރު ވުމުން އެތަނަށް އޭނާ އެއްލާާލާފައި ނިކުމެގެން ދިޔައީއެވެ.

ޝައިބާއަށް އަޑުން އަޑުނަގައި ރޮއި ގަނެވުނެވެ.ކައިރީގައި ވީދާލާފައި އޮތް އޭނާގެ ހެދުން ނަގައި ކޮންމެވެސް ވަރަކަށް ހަށިގަނޑު ނިވައި ކޮށްލުމަށްފަހު ފާރުގައި ލައްގަނެލައި ދެކަކޫ ގެނެސް މެޔާލާ ބޮނޑި ކޮށްލިއެވެ.އަދި އޭނާގެ ދިރިއުޅުން ބަރުބާދު ވެގެން ދިޔަގޮތް ހިތަށް އަރައި ހިތުގައި ޖެހިޖެހިފައި އަނެއްކާވެސް ރޯންފެށިއެވެ.އޭނާއަށް އެ އިނދެވުނީ ހަދަން ފަށާފައިވާ އިމާރާތެއްގެ ތެރޭގައެވެ.ޝައިބާ ރޮއިރޮއި ގިސްލެވެމުން ދިޔަ ޙާލު އޭނާގެ ސިކުނޑިއަށް ބާރުލަމުން ދިޔައީ މިރޭގެ ޙާދިސާ ހިނގަން މެދުވެރިވީ ގޮތް ހިތަށް ގެނެވޭތޯއެވެ.އޭނާއަށް ގެއިން ނިކުމެގެން ހިނގަމުން ހިނގަމުން ހެންވޭރު ކޮޅަށް އާދެވުނުކަން އެނގެއެވެ.ނަމަވެސް އެއަށްފަހު ކޮންމެވެސް މީހަކު އޭނާގެ އަނގަމަތީގައި ރުމާލެއް އެޅިކަންވެސް އެނގުނެވެ.އެކަމަކު ދެން ވީނުވީއެއް ނޭނގުނެވެ.ޝައިބާއަށް ހޭވެރިކަން ވީއިރު އޭނާގެ އަތުގައި އޮތް އެންމެ އަގުބޮޑު ރައުސުލްމާލު އޭނާގެ ޢިއްފަތް ވަނީ ފޭރިގަނެފައެވެ.ޝައިބާގެ އަތާއި ދެފައި ބާރުބާރަށް ތުރުތުރު އަޅަމުން ދިޔައެވެ.އެހާލުގައި އިނދެގެން ގެއަށް ދެވޭކަށްވެސް ނެތެވެ.ކައިރީގައި އޮތް ހޭންޑްބޭގް ހާވަނިކޮށް އޭގެ ތެރޭގައި އޮތް ފޯނު ފެނިގެން ނަގައި ކޯލް ލޮގް ސާޗްކޮށްލީ އެހީއަށް އެދި ގުޅާނެ މީހަކު ހޯދުމަށެވެ.ޝައިބާއަށް ތުރުތުރު އަޅަމުންދިޔަ އިނގިލިން ޓަޗް ކޮށްލުމަށްފަހު ޒީލްގެ ނަމްބަރަށް ޑައިލް ކޮށްލެވުނީ ކީއްވެގެންކަން ޚުދު އޭނާއަށްވެސް ބުނެދޭކަށް ނޭނގެއެވެ.އޭނާއަށް އެނގޭހާވެސް ކަމަކީ މުސީބާތުގެ މިވަގުތުގައި ޒީލްނޫން އެހެން މީހެއް އެހިތަށް ނާންނަ ކަމެވެ.

***********

“އަހަރެން މިރޭ މިގެއިން ދާނީ އަހަރެންގެ ސުވާލު ތަކުގެ ޖަވާބު ލިބުނު އިރަކުން….ޒީލް ހީނުކުރާތި އަހަރެންގެ ޙައްޤަކަށް އަރައިގަނެފަ ތިގޮތަށް ހަނު ހުރެވޭނެ ކަމަށް….”ޒީލް ޖަވާބެއް ނުދީ ހުރުމުން ޔޫލްގެ ރުޅިގަނޑު ދިޔައީ ކޮންޓްރޯލުން ނައްޓަމުންނެވެ.އެވަގުތު ޒީލްގެ ފޯނުވެސް ރިންގުވާން ފެށިއެވެ.ޒީލް ޖީބުން ފޯނު ނަގައި ބަލައިލުމަށްފަހު ޝައިބާގެ ކޯލް ބިޒީ ކޮށްލިއެވެ.އަނެއްކާވެސް ޝައިބާ ގުޅަން ފެށުމުން ފޯނު ސައިލެންޓަށް ލާފައި ޖީބަށް ލިއެވެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (ފަސްވަނަ ބައި)

Next

ހިތުގެ އެދުމޭތީ (10ވަނަ ބައި)

Next
July 10, 2017

ހިތުގެ އެދުމޭތީ (10ވަނަ ބައި)

Previews
July 9, 2017

ހިތުގެ މިލްކުވެރިޔާ (ފަސްވަނަ ބައި)

87 Comments!

  1. Noor says:
    July 9, 2017 at 11:46 pm

    Dear lovely Readers..first of all im really very sorry to make u wait so long..but bcs im sick i cudnt type the story..hope u will undstand..& i promise i will not vanish until i finish my story..thanQ All 4 the love & support..??

    1. AKI says:
      July 10, 2017 at 7:26 am

      v reethi mi part ves ?? thanks noor dhooni.. next part avahah up kohla dheythi

    2. Noor says:
      July 10, 2017 at 8:29 am

      In sha Allah will up soon..thanx AKI

  2. Axu says:
    July 9, 2017 at 11:47 pm

    Thanks noor balabala indhaa up kohlly adhi nukiyan kiyaafa comment kohlaanann.

    1. Noor says:
      July 9, 2017 at 11:58 pm

      Mihaa dhigu inthixaareh kuran jehunyma sorry dear..n ThanQ

  3. nux says:
    July 9, 2017 at 11:50 pm

    foohivefa indhaa thi up kohly thanks noor loabi???

    1. Noor says:
      July 9, 2017 at 11:59 pm

      Wc dear..& thanQ thihaa dhigu inthixaareh kurythy

  4. Naana says:
    July 9, 2017 at 11:54 pm

    Masha allah❤
    vrh loabi mi part vx….n thnkx….
    noor ah avas shifaa akah edhen…
    eagerly waiting 4 nxt part…..

    1. Noor says:
      July 10, 2017 at 12:01 am

      ThanQ Naana…im very happy to c ur positive comment dear

  5. Naz says:
    July 9, 2017 at 11:55 pm

    Alhey haadha kurey.mionnanee 24h ongaa.up veydhoo.vvvvv salhi igey

    1. Noor says:
      July 10, 2017 at 12:02 am

      Happy to know that dear…kuru dhw..typing problem plus sick veema hama veevaru mee dear

  6. Noor says:
    July 9, 2017 at 11:57 pm

    Dear Readers..hama baliveema type nukurevigen lasvee…& 14th part ge reply nukurevi huri comments ah varah bodah sorryy..??

  7. Axu says:
    July 9, 2017 at 11:59 pm

    Gws dear Noor V salhi keepit up☺?❤❤❤

    1. Noor says:
      July 10, 2017 at 12:03 am

      ThanQ dear..

  8. Azuna says:
    July 10, 2017 at 12:02 am

    V salhi nxt part kon irakun up kohdheynee

    1. Noor says:
      July 10, 2017 at 12:04 am

      Tomorrow night in sha Allah will up 16th part..thanQ dear

  9. Navya says:
    July 10, 2017 at 12:06 am

    Mibaives vvv reethi. .. mi v inthizaaru kurevey vaahaka eh? thnx noor?

    1. Noor says:
      July 10, 2017 at 12:16 am

      ThanQ Navya..so happy to know that dear..

  10. hehe says:
    July 10, 2017 at 12:09 am

    ummm… I alwxx read this story…. but never have commented…. ummmm…. keep it up… dear…… vvvvvv lwwwbss srory eh….. gws

    1. .Noor says:
      July 11, 2017 at 4:11 am

      Awwwh..hapy to c ur comment dear

  11. nux says:
    July 10, 2017 at 12:12 am

    poor shaibaa ????shai ah ehaavaru kuraakah nuvaanehnu noor
    aynaya kudakon namavess simpaty vayba noor???? v hup story well done dear n have a grt nite ???waiting waiting ehaa dhiulhi dhigu nukurahchay??????

    1. Noor says:
      July 10, 2017 at 12:15 am

      Haha…will try to bring the next part soon…thanx 4 the lovely comment dear..

  12. Psenhi says:
    July 10, 2017 at 12:18 am

    Nice. Shifakallah

    1. Noor says:
      July 10, 2017 at 12:21 am

      ThanQ dear

    2. nizam says:
      July 10, 2017 at 2:52 pm

      Shafakallah

    3. Noor says:
      July 10, 2017 at 3:59 pm

      ThanQ nizam

  13. Ainth says:
    July 10, 2017 at 12:27 am

    v salhi cant wait 4 the next part

    1. Noor says:
      July 10, 2017 at 12:47 am

      ThanQ dear..will try to up soon

  14. Naadhee says:
    July 10, 2017 at 12:52 am

    Noor ah avas shifa akah edhen.story v v v reethi up kuaane irehge inthixaaruga hure venee

    1. Noor says:
      July 10, 2017 at 12:55 am

      ThanQ Naadhee…in sha Allah will up next part sooooooon

  15. Rau says:
    July 10, 2017 at 1:38 am

    alhe reethi kan dhw…

    1. Noor says:
      July 10, 2017 at 5:44 am

      ThanQ Rau..

  16. khajja says:
    July 10, 2017 at 1:40 am

    Shafakallah nooru masha allah stry v rythi v touching shaibaa ah v gothun v dheravejje muskulhin buney emyhaku feyhunu iloshigandu hereyny emyhegge lolashey shaibaa ah evy ehen shaibaa dhenves hey araabala kurevunu kanthakah falak kairin maafah edhi vaguthu ovvaa thaubaave bala myhakah dhera eh dhyfa anemmyhaa ah vaki ufaluga noolheveyne ekan mihaaru shaibaa ah v rangalhah engeyne nooru thanks 4 the luvly stry dailykon genes dheythy v hiyyhama jehey v happy☺☺ thank u so much n gud nyt ly???❤?❤?❤?❤???????

    1. Noor says:
      July 10, 2017 at 5:45 am

      ThanQ 4 the lovely comment dear..ly

  17. Flower says:
    July 10, 2017 at 5:26 am

    Mi vaahaka kuriah dhaa goiy v foohi, heevanu nuninman vegn haasaru dhigu kuraahen,?

    1. Noor says:
      July 10, 2017 at 5:50 am

      Ohhh..dear its how i have planned….vaahaka nunimman dhigu dhemmuge beynumeh nei.but vedhaane adhi vaahaka liyumuge alhuganduge ehaa tallent nethyma vaa goiy kamah ves….ThanQ Flower

    2. Lol says:
      July 10, 2017 at 5:53 am

      Dhn nukiyan veee nun dhw…. Konmes ehn kamanaa ulhebala… Mi story nulaahiku reethi… J viyas thee Bodu varu ingey… Lol…

  18. Meesh says:
    July 10, 2017 at 6:08 am

    Vvvv loabi story eh… I think this is my first comment for this story.. But I read this regularly… Next part kon irakun?? And get well soon… ☺❤?

    1. Noor says:
      July 10, 2017 at 6:20 am

      ThanQ 4 v.lovely comment dear..

  19. Xxxx says:
    July 10, 2017 at 6:57 am

    Story v.nice n shafaakihllah dear???

    1. Noor says:
      July 10, 2017 at 8:30 am

      ThanQ Xxxx..

  20. m says:
    July 10, 2017 at 7:31 am

    yayy… noor aiyyoo.
    noor nugehleyo.. laalaa laalaa… happy vejje dhegotheh nuve huryma…. noor is the best… yayy
    hip hip hureyy..

    1. Noor says:
      July 10, 2017 at 8:31 am

      ThanQ m..happy to c ur comment dear

  21. Neel says:
    July 10, 2017 at 7:40 am

    Vvvvv rythi mi part ves ☺☺☺

    1. Noor says:
      July 10, 2017 at 8:32 am

      Ohhh..thanQ Neel

  22. Chum handi says:
    July 10, 2017 at 7:51 am

    vrh reethi….. waiting for the nxt part…

    1. Noor says:
      July 10, 2017 at 8:33 am

      Ohhh..thanQ chum…in sha Allah will up soon

  23. kamana says:
    July 10, 2017 at 9:18 am

    vvv salhi waiting for the next part ………. poor shaiba dhen evaru kohlakh nuvane dho vv salhi

    1. Noor says:
      July 10, 2017 at 9:45 am

      ThanQ dear

  24. Fary says:
    July 10, 2017 at 9:36 am

    Vara nala wait next part.now how are u?get well soon ???

    1. Noor says:
      July 10, 2017 at 9:47 am

      ThanQ Fary…im feeling ok now…ThanQ

  25. Only says:
    July 10, 2017 at 10:34 am

    Adhivx hama kiyaa hiy vanii. Varah riithi Noor. Bali koh ulhun waahaka buniima dheravejje. Gws ??

    1. Noor says:
      July 10, 2017 at 11:32 am

      Awwwwh..thanx dear..now im fine..thanQ

  26. xee says:
    July 10, 2017 at 12:30 pm

    v reethi stry ehh inge..??

    1. Noor says:
      July 10, 2017 at 12:59 pm

      ThanQ xee

  27. Xna says:
    July 10, 2017 at 12:34 pm

    Hhhah..??stry Hama dhigu kuri vareh othee.?.coz stry hbeys..mihaa rythi stry eh ninman kaaku Beynun vaanee…??..salute 4 ur hard wrk????

    1. song joong ki..KOREAN says:
      July 10, 2017 at 12:51 pm

      SALUTE!!!

    2. Noor says:
      July 10, 2017 at 1:00 pm

      Oh ThanQ Xna & song joong ki..KOREAN

  28. xeeeeeee says:
    July 10, 2017 at 12:38 pm

    wow amazing nooooor dhoooony luv the story get well soon dear mi part thankolhey kuruhen hyvany can’t wait to see nest episode????

    1. Noor says:
      July 10, 2017 at 1:02 pm

      Oh ThanQ xeeeeeee.will try to up soon

  29. Saandy says:
    July 10, 2017 at 12:44 pm

    WOW!! V reethi mibaives.. Shaibaa kithanme goas viyas eynayah veegothun v dheravejje.. Shaibaa dhen ekan Zeelge boluga naalhuvaifiyyaa kithanmehaaves ran’galhu.. Waiting for the next part.. Keep it up Noor 🙂

    1. Noor says:
      July 10, 2017 at 1:02 pm

      Just love ur comment dear

  30. song joong ki..KOREAN says:
    July 10, 2017 at 12:45 pm

    shafakallah noor! insha allah noor nugelleyey dho!! hehe. well, this part is fabulous. hama vv v salhi, keep it up. plx up the nxt part soooon. 🙂 🙂 may god bless u

    1. Noor says:
      July 10, 2017 at 1:04 pm

      Comment varah loabi..thanQ dear..hama type kollevey irah in sha Allah up kohdheynan

    2. song joong ki..KOREAN says:
      July 10, 2017 at 2:00 pm

      thankyou dear!!!

    3. Noor says:
      July 10, 2017 at 4:02 pm

      Wc ?

    4. song joong ki..KOREAN says:
      July 10, 2017 at 4:52 pm

      🙂 😀

  31. Adha? says:
    July 10, 2017 at 1:25 pm

    Hey noor how are you!..? adhi mi kiyaalevuny.. shaibaa kithanme goas kujjakass varah sad e vee gothun.. varah reethi ingey mi part ves.. nd balikn ulhenyaa lahun up viyass ok vaane i dnt mind.. nd I’m sure other readers also won’t mind.❤
    Waiting.. nd gws dear?

    1. Noor says:
      July 10, 2017 at 4:04 pm

      Ohhhh…really happy to c ur comment..i just love ur comment dear..ya..im still not fine…having chest pain…but will try to up soon

  32. iru says:
    July 10, 2017 at 1:57 pm

    Story v v v v nice

    1. Noor says:
      July 10, 2017 at 4:05 pm

      ThanQ dear

  33. Aisha says:
    July 10, 2017 at 2:45 pm

    Mi aky hama 1 vanage stoty an.,,,,,,vvvvvvvvvv reethi….wait 4 next ep….

    1. Noor says:
      July 10, 2017 at 4:06 pm

      Awwwh…varah ufaavejje Aisha ah mi story thihaa reethi veema

  34. leen says:
    July 10, 2017 at 3:30 pm

    story v v reethi

    1. .Noor says:
      July 11, 2017 at 4:12 am

      Awwwh..hapy to c ur comment dear

  35. zeen says:
    July 10, 2017 at 5:00 pm

    vv reethi story eh mee ..avahah up kohdhyba next ep <3

    1. Sam'noor' says:
      July 10, 2017 at 5:14 pm

      ThanQ dear..will try zeen..

  36. Nas says:
    July 10, 2017 at 5:29 pm

    Mashaa Allah vrh reethi waiting for next part love u noor

    1. Sam'noor' says:
      July 10, 2017 at 5:42 pm

      ThanQ Nas..v.happy to know that dear..

  37. Adha? says:
    July 10, 2017 at 6:30 pm

    Hey noor name change veetha???

    1. song joong ki..KOREAN says:
      July 10, 2017 at 6:49 pm

      aee thedheh??? name change khlee dhw?? anyway, its a brilliant name for u!! 🙂 🙂

    2. Sam'noor' says:
      July 10, 2017 at 7:26 pm

      Actually im sam..thanQ dear

    3. song joong ki..KOREAN says:
      July 10, 2017 at 7:36 pm

      oh. i’m pretty confused about this matter

    4. Sam'noor' says:
      July 10, 2017 at 8:07 pm

      Im using Noor as my username…my real nick name is Sam…hope u got it

    5. Anonymous says:
      July 10, 2017 at 10:14 pm

      oh!! i got it 🙂

  38. Ff says:
    July 10, 2017 at 9:27 pm

    Kon iraktha next episode up vany

    1. Sam'noor' says:
      July 10, 2017 at 9:46 pm

      Dear just now i hav up the 16th part..

Comments are closed.


All Right Reserved!