Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (2)

Crystal Level 210 Stories100 Comments
July 24, 2017 3 Mins Read
9 Comments

ކުރީގެ އަދަދާއި ގުޅޭ : ” އާހިލް ތިހެން އުޅެންޏާ، އަހަރެން ބުނަން ބޭނުންވާ އެންމެ ބޮޑު ވާހަކަ ދެން ކިހިނެއް އާހިލްއަށް ކިޔައިދޭނީ ..؟ ” ވެފައިވާ ދެރައިން ޒާރާގެ ހިތުގައި އުފެދުނީ ޝަކުވާއެކެވެ.

” އާހިލްއަށް އަދިވެސް ގަބޫލެއް ނުކުރެވޭތަ؟ ” އޭގެ އަނެއްދުވަހު އޮންލައިން ވެފައި ޒާރާ، އާހިލްގާތުގައި އަހާލިއެވެ. ” އާނ .. ނުކުރެވޭ .. ކިހިނެއް އަހަރެން ގަބޫލް ކުރާނީ .. އެވާހަކަ ބުނީ އަހަރެން އެމީހަކަށް އިތުބާރުކުރާ މީހެއްވިއްޔަ .. ޒާރާވެސް ހަމަ އަހަންނަށް ދޮގު ހަދާފާނެ.. ” އަދިވެސް އާހިލް އިނީ ރުޅިއައިސްފައެވެ.

” މީހުން ދައްކާ ވާހަކަ ގަބޫލްކުރާކަށް ނުވާނެ .. އަހަންނަކަށް ނޭނގެ އާހިލް އަހަންނަށް އިތުބާރު ނުކުރަނީ ކީއްވެގެން ކަމެއް.. މީހުންނަށް ވެސް އެކަހަލަ ވާހަކަ ދައްކަން އެނގެނީވެސް އާހިލް މާލެ ދިޔައިމަ .. ހަމަ ދާއިރަށް ދައްކާނެ .. އާާހިިލް މިކޮޅުގަ ހުންނައިރު ނުކެރެއެއްނު އެކަހަލަ އެއްވެސް ވާހަކައެއް ދައްކާކަށް .. އާހިލް މާލޭގައި އުޅޭއިރު އަހަރެން ނުވެސް ފެންނާނެއްނު .. އެހެންވެއޭ އެކަހަލަ ވާހަކަ އެ އެދައްކަނީ ” ޒާރާ އެހެންބުނީ އާހިލްއަށް ވިސްނޭތޯއެވެ.

” ތީގެ މާނައަކީ އަހަންނަށް ނުފެންނަތަނުގައި ޒާރާ އެހެން އުޅުނީމޭދޯ؟” އާހިލް ނެގީ ނުބައިމާނައެކެވެ.  “މިބުނީނު ނޫޅެމޭ.. މިހާރު އެހެންވެސް އެތަށް ފަހަރަކު ބުނެވިއްޖެ.. ” އެންމެފަހުން ޒާރާ ގާތަށްވެސް ރުޅި އަންނަގޮތްވިއެވެ.

” ރުޅިއައީދޯ.. އެހެން އުޅުނީމަ އެއްނު ތިރުޅިއަންނަނީވެސް.. މިހާރު އެގިއްޖެއެއްނު.. ” އާހިލް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ” އާހިލް ގަބޫލްކުރާގޮތަކަށް ދެން ގަބޫލްކުރޭ .. އަހަންނަށް ހެޔޮ .. މިހާރު އަހަރެން ވަރުބަލިވެއްޖެ.. ” އައިސްފައި ހުރި ރުޅިން ޒާރާވެސް ބުނެލިއެވެ.

އެދުވަހު ހަވީރު ރިޔާާއާ ބައްދަލުކުރުމަށްޓަކައި ޒާރާ ދިޔައީ ބީޗަށެވެ. ” އޭ ރަގަޅުތަ؟ ” ޒާރާ ފުރަތަމަ ފެނުމާއެކީގައިި ރިޔާ އަހައިލިއެވެ. ރިޔާޝާއަކީ ޒާރާގެ އެންމެ ގާތް އެކުވެރިޔާއެވެ.

” ކިހިނެއް ރަގަޅުވާނީ؟ އަދިވެސް އާހިލް އެއުޅެނީ ގަބޫލް ނުކުރެވިގެން .. މަ މި ހުންނަނީ މި ދެދުވަހު ވިސްނާ ވިސްނާ ބޯހަލާކުވާވަރު ވެފަ.. ދެން ނިކަން ވިސްނާލަބަލަ އެއްކަލަ ވާހަކަ ބުނެފިއްޔާ ވާާނެގޮތް.. ބުނަން ބިރުވެސްގަނޭ.. އޭރަށް އޭނަ ރުޅިވާނެކަންނޭނގެ.. ” މާޔޫސްވެގެންހުރެ ޒާރާ ބުނެލިއެވެ.

” އޭ.. އަދި އެހާ ދެރަނުވެބަލަ.. އެވާހަކަ ކިޔައިދިނަސް ލޯބިވާ މީހެއް ވެއްޖިއްޔާ ދުރަކަށް ނުދާނެ.. ” ރިޔާ މަސައްކަތްކުރީ ޒާރާ ހިތްހަމަޖައްސައި ދެވޭތޯއެވެ. ޒާރާ ބުނަން ބޭނުންވެގެން އެއުޅޭ ވާހަކަވެސް އެނގެނީ ހަމައެކަނި ރިޔާއަށެވެ.

” ރިޔާ ތިހެންބުންޏަސް އަހަރެން ބިރުގަނޭ.. އެ ވާހަކަ ރައްޓެހިވުމުގެ ކުރިން ކިޔައިދެވުނު ނަމައޭވެސް ހިތަށް އަރާ.. އޭރަށް އަބަދު މިހެން ވިސްނާކަށް ނުވެސް ޖެހޭނެއެއްނު.. އޭނަ ރުޅިވެއްޖިއްޔާވެސް ދެރަވާނީ މަވިއްޔަ.. އޭނަ ލޯބިވާވަރަށްވުރެ ބޮޑަށް، އަހަރެން އޭނަ ދެކެ ލޯބިވޭ.. ހިތަށްއަރާ އަހަންނަށް އެކަން ދިމާ ނުވިނަމަ ކިހާ ރަގަޅުވީސް ހެއްޔޭ.. އެކަން ހިތަށް އަރާ ކޮންމެ ފަހަރަކު ވަރަށް ދެރަވޭ.. މިއަދު އަހަރެން މިއައީ ވަރަށް ރުޅިއައިސްގެން އޭނައާ ވާހަކަ ދައްކާފަވެސް.. އޭނަވެސް ހުރީ ވަރަށް ރުޅިއައިއްސަ.. އެކަމަކު މިހެންވަންޏާ ރުޅިވެސް އަންނާނެއެއްނު ؟ ކުރީދުވަހުވެސް ޖެހުނު މައްސަލައަކީ އަހަރެން ޓިއުޝަނުގަ އިނދެގެން އަޝްވާާންއާ ދިމާއަށް އެއްޗިހި ކީޔޯ. އޭނަ އާހިލްއަށް ގުޅާފަ ބުނީއޯ އެހެން. އެކަމަކު އަހަރެން އޭނައާ އެއްޗިއްސެއް ނުކިޔަން.. އެކަން ކުރީވެސް މަރީމެން.. އަހަރެން ގަބޫލް ކުރަން ބައެއްފަހަރު އަހަންނަށް ހެވުން ކަމަށް.. އެވެސް ގަސްތަކު ނޫން.. އެންމެފަހުން ނަންވީ އަހަރެންވެސް އެމީހުންނާ ބައިިވެރިވެގެން އެއްޗިހިކީކަމަށް.. އެކަމަކު އޭނަ އަހަންނާއި އަޅައިގަނެފަ ހުންނަކަން އާހިލްއަށްވެސް އެނގޭނެ.. އާހިލް އެހެރީ އޭނަ އަތުން ކޮފީވެސް އަތުލައިގެން.. އަހަރެން މީ އަޝްވާންގެ ގާލްފްރެންޑް ކަމަށް ހަދައިގެން.. އޭރު އަޝްވާންއަށް ނުވެސް އިނގޭނެ އަހަރެން މީ އާހިލްގެ ގާލްފްރެންްޑް ކަމެއް.. އަހަރެން އެހެން ނަހަދާށޭ ބުނީމަވެސް އާހިލްއަށް މަޖާ ވެގެން ހަމަ އަޝްވާން ހައްދާލީ.. ކޮފީވެސް އަތުލީ.. އެހެން ހަދާފަ އައިިސް އެ އާހިލް އަދި ވަރަށް ހުނޭ.. މިހާރު، އަޝްވާންވެސް އެ މަސައްކަތް ކުރަނީ އަހަރެމެން ދޭތެރެ ޖައްސަން.. އޭނަ ދެކެވެސް މިހާރު އެހެންވެ ފޫހިވޭ.. ނުވޭ ވާހަކަ ދައްކާހިތެއްވެސް.. މިހާރު ހީވަނީ އެންމެންގެ ވަޒީފާއަކީ ވެސް ދޭތެރެ ޖެއްސުންހެން.. މަ އެެެެެެންމެ ދެރަވަަަނީ އާާާާާާހިލް ގަަަަަަަބޫލްކުުުުުރާތީ.. އެމީހުންނަކަަަަށް ނުކެރޭނެ މަ ކައިރީ ދައްކާކަށްް.. އެެެއީ މަށެއް ގަބޫލެއް ނުކުރާނަން ވިއްޔަ.. އެމީހުންްްްްްްްްނަށްވެސް އެެެެެެެެނގޭނެ އެކަން.. ” ޒާރާ ފިކުރުކުރަނީ ވާނެ ގޮތަކާއި މެދުގައެވެ.

” އާނ.. ތީ ތެދެއް.. އާހިލްވެސް ޒާރާއަށް އިތުބާރުކުރަން ޖެހޭނެ.. މީހުން ދައްކާފާނެ ކޮންމެ ފަދަ ވާހަކައެއްވެސް..”  ރިޔާވެސް އެއްބަސްވިއެވެ.

” އައިމް ސޮރީ ޒާރާ.. ޕްލީޒް.. އަހަންނަށް މާފުކުރާނަންތަ؟ ” އެރޭ އެތައް ވާހަކައެއް ޒާރާ ދެއްކުމުން އެންމެފަހުން އާހިލްއަށް ވިސްނޭގޮތްވިއެވެ. ” އަހަރެން އަބަދުވެސް އާހިލްއަށް މާފުކުރަމޭ.. އެންމެ ދެރަވީ އާހިލް އަހަރެން ދެއްކި ވާހަކަ ގަބޫލުނުކުރީމަ.. އަހަރެމެން ދޭތެރެ ޖައްސަން ނުލާހިކު ވަރަށް މީހުން މަސައްކަތްކުރޭ.. ރިޔާ ނޫން އެހެން އެއްވެސް ކުއްޖަކަށް އަހަރެން އެވަރުގެ އިތުބާރެއް ނުކުރާނަން..” ހިތުުުުުުގައި އޮތްގޮޮޮޮތް ޒާރާ ހާާާާާާާމަކޮށްްްްްލިއެެެެވެ.

” ސޮރީ ލޯބި.. ދެން އެހެންނެއް ނުވާނެ އިނގޭ.. ކުރީގަ އަަަަަަަަަހަންނަށް ދިިިިިިިިމާވެފަ ހުރި ކަންތައްތައް ހިތަަަށް އަރާފަ އަަަަަަަަަަަހަރެންވެސް ރުޅިގަދަަަވީ.. އޭރު ދިމާވި ކުދިން އަހަންނަށް ވަރަށް ދޮގުހެދި.. ” އާހިލް އަނެއްކާވެސް މައާފަށް އެދުނެވެ. ” އިޓްސް އޯކޭ ” ޒާރާ މާފުކުރިއެވެ.

ކޮންމެފަހަރަކުވެސް މައްސަލަ ނިމެގެން ދަނީ އެގޮތަށެވެ. ކިތަންމެ ވަރަކަށް ހަމަނުޖެހުން އުފެދުނަސް ނިމިގެންދަނީ މާފުކުރުމަކުންނެވެ. ލޯބީގެ ބަސްތަކަކުންނެވެ.

ޖެހިގެން އައި ދެތިންމަސް ދުވަހުގެ ތެރޭގައި ޒާރާއާ އާހިލް އުޅުނީ، ބޯމަތިވަމުން އަންނަ އޯލެވެލް އިމްތިހާނަށް ތައްޔާރުވުމުގައެވެ. އާހިލް ކިޔެވުމަށް މޮޅުވުމުން، ޒާރާވެސް ނޭނގޭ އެއްޗެހި އަހަނީ އާހިލް ކައިރީގައެވެ. މިދުވަސްވަރު، ކުޑަ ޗުއްޓީއެއް ލިބުނުކަމުގައިވިއަސް، އާހިލްވެސް މަޑުކުރީ މާލޭގައެވެ.

ދެ ކުދިންވެސް މަސައްކަތް ކުރަމުން ދިޔައީ އޯލެވެލް އިމްތިހާނުން ރަގަޅު ނަތީޖާއެއް ނެރެވޭތޯއެވެ. އެހެންވެ، ޗެޓްކުރުމާއި ފޯނުކުރުންވެސް އެދުވަސްވަރު މަދުކުރިއެވެ. ވާހަކަ ދެއްކިއަސް ގިނައިން ދައްކަނީ ކިޔެވުމުގެ ވާހަކަތަކެވެ. އާހިލްއާ ޒާރާގެ ނަސީބު ރަގަޅުކަމުން އެދުވަސްވަރު، އެއްވެސް މައްސަލައެއްވެސް ނުޖެހެއެވެ. އެހެންކަމުން ދެކުދިންވެސް ކިޔަވަމުން ގެންދިޔައީ ވަރަށް ހިތްހަމަޖެހިގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

އެ ތޫފާނީ ރޭ (13)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (2ވަނަ ބައި)

Next
July 25, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (2ވަނަ ބައި)

Previews
July 24, 2017

އެ ތޫފާނީ ރޭ (13)

9 Comments!

  1. AKI says:
    July 24, 2017 at 9:29 pm

    varah furihama ekamu thankolhe kuree mi part ..

  2. Flower princess says:
    July 24, 2017 at 9:33 pm

    Wow nice. Waiting…

  3. khajja says:
    July 24, 2017 at 9:57 pm

    Masha allah v rythi ekam stry v kuruhen hyvanywhen nxt prt avahah up kollachchey pls

  4. Reader says:
    July 24, 2017 at 10:04 pm

    Thankolheh dhigu koh pls

  5. Ilha says:
    July 25, 2017 at 8:46 am

    V reethi ekan thankolheh kury next part miahvure dhigu kohlachey pls. Waiting….

  6. fathmath suma says:
    July 25, 2017 at 11:30 am

    v nice koniraku next part up kuranee

  7. Song joong ki... KOREAN says:
    July 25, 2017 at 12:53 pm

    Nice

  8. Adha? says:
    July 25, 2017 at 8:22 pm

    Great❤❤❤❤

  9. AISHATH RAI SHA. says:
    July 31, 2017 at 8:13 am

    WOW . SUPERB STORY*#*

Comments are closed.

Next Episodeޒާރާ (3)←


All Right Reserved!