Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ 3

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
July 22, 2017 7 Mins Read
41 Comments

ހޮސްޕިޓަލުން ނިމިގެން ލަސްނުކޮށް އަހަރެން ދިޔައީ ނާއިމްގެ ގެއަށެވެ.

ބާރު ހިގުމެއްގައި ގޮސް ގޭގެ ދޮރުގައި ޓަކި ޖަހާލީމެވެ. އޭރު އަހަރެންގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ.

“ނާއިމް އެބައުޅުއްވާތޯ” ދޮރު ހުޅުވީ ނާއިމްގެ މަންމައެވެ.

” ނޫން، ނާއިމްގެ ރައްޓެއްސެއް ދޯ” އަހަރެން ދިޔަ ވަގުތަކީ ނާއިމް ބޭރުގައި އުޅުނު ވަގުތެކެވެ. ނާއިމް ނެތުމަކީ އަހަރެން އުއްމީދުކޮށްގެން ހުރި ކަމަކަށް ނުވި ނަމަވެސް ނާއިމް ނެތުމުން އަހަރެންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ޒަރާއާއި ސީދާ ވާހަކަ ދައްކައިލެވޭނެތީއެވެ.

“ލައްބަ. ނާއިމް ނެތިއްޔާ ޒަރާއަށް ގޮވައިލެވިދާނެތޯ” އަހަރެން އެތެރެއަށް ވަންނަން ދައުވަތު ދެމުން ނާއިމްގެ މަންމަ ދިޔައީ ޒަރާ ހޯދާށެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޒަރާ އައެވެ.

“ނާއިމްއެއް ނެތް” އަހަރެން ފެނުމާއި އެކު ޒަރާ ބުނެލިއެވެ.

“އެނގޭ. އެކަމަކު ޒަރާއާއި ވާހަކަ ދައްކައިލެވިދާނެތަ” އަހަރެން ހިތްވަރުކޮށްލައިފައި އެހީމެވެ.

ޒަރާ ބޯ ޖަހާލަމުން އަހަރެންނާއި އެކީ ގޭގެ ސިޓިންރޫމުގައި ހުރި ސޯފާގައި އިށީނެވެ. އަހަރެން ހުރީ ވާހަކަ ފަށައިގަންނާނެ ގޮތް ނޭނގިފައެވެ.

“އަހަރެން…….. އަހަރެން މިއައީ ޒަރާއަށް އެހީ..ވާން” ޒަރާއަށް ބަލާލުމަށްފަހު އަހަރެން ބުނެލީ އަހަރެންގެ އެ ޖުމްލައިން ނުކުމެދާނެ ނަތީޖާއަށް ވިސްނުމެއް ނެތިއެވެ.

“ކީކޭ” ޒަރާ ދިޔައީ ހައިރާންވެގެންނެވެ.

“އާން ޒަރާ!! އަހަންނަށް އެނގޭ ޒަރާ ތިއުޅޭ ހާލު. ނާއިމް އަހަންނަށް ހުރިހާ ހަގީގަތެއް ކިޔައިދީފި.”އަހަރެން ކައިރީގައި އިން ޒަރާގެ އަތުގައި ހިފާލަމުން ބުނީމެވެ. ޒަރާ އަހަރެންގެ އަތް ފޮޅުވާލިއެވެ. ހީވީ ބިރެއް ފެނިގެން އުޅުނުހެންނެވެ. ޒަރާ އަހަންނާއި ދުރަށް ޖެހިލިއެވެ.

“އަހަރެން ވަރަށް ދެރަވޭ ޒަރާ އަހަންނަށް ހުރިހާ ކަމެއް ސިއްރު ކުރީތީ. އެކަމަކު އެކަމާ ޝަކުވާ ކުރާނެ ވަގުތެއް ނެތް. އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް ޒަރާގެ ތި ބައްޔަށް ޝިފާއެއް ހޯދޭނެ މަގުތަނަވަސްކޮށްދޭން” އަހަރެން ޒަރާއާއި ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ޒަރާއަށް އަހަރެންގެ ބޭނުން ވިސްނައިދިނުމަށެވެ.

“ކީއްވެ” ޒަރާގެ މޫނުމަތިން އަދިވެސް ހައިރާންކަން ފިލައިދާ ވަރެއް ނޫނެވެ. އަހަރެން ކުޑަކޮށް ހީލީމެވެ. ޒަރާއަށް ވެފައި އިންވަރު ފެނިފައެއް ނޫނެވެ. ޒަރާއަށް ސަބަބު ނޭނގޭ ކަމަށް ހަދާތީއެވެ.

“ޒަރާ އަހަރެން ދެކެ ލޯބި ނުވިޔަސް އަހަރެން ޒަރާ ދެކެ މިވަނީ ހަގީގީ ލޯބި. އެވަރު ފުދޭތަ ސަބަބަކަށް” އެތައް ދުވަހަށްފަހު އަހަރެން ޒަރާ ދެކެވާ ލޯބި ހާމަކޮށްލީމެވެ.

“މާ ހެޔޮ އެދިގެން ތި ވާހަކަ ދައްކަނީ ޒަރާ އެއްބަސްވާނެކަމަށްތަ. މާ މުއްސަނދި ވީމަ ހީކުރަނީތަ އަހަރެންގެ ގަނެލެވިދާނެ ކަމަށް. ލަދެއް ނުގަނޭތަ ޒަރާ ކައިރިއަށް އައިސް ތިހެން  ވާހަކަ ދައްކަން. ޒަރާ މީ މީހެއްގެ އަންބެކޭ” ޒަރާ ދާން ތެދުވިއެވެ. އަހަރެން ޒަރާގެ އަތުގައި ހިފައި މަޑުކުރުވީމެވެ. ޒަރާ އަހަރެންގެ އަތް ފޮޅާލުމަށްފަހު އަހަރެންގެ ކޯމަތީގައި ޖަހައިލިއެވެ.

“އަހަންނަށް އެނގެޔޭ ތީ މީހެއްގެ އަންބެއްކަން. އެވަރު ނޭނގިގެން ނޫޅެމޭ” އަހަރެންނަށް ތަންކޮޅެއް އަޑުހަރުކޮށް ބުނެވުނެވެ.

“ދެން ކީއްވެ ތިހެން ތިއުޅެނީ” ޒަރާ އަހަރެން މީ ނުދަންނަ މީހަކަށް ހަދައިލުމުން އަހަރެންގެ ގާތަށް އިތުރަށް ރުޅިއައެވެ. ހުރިހާ ހިތާމައެއްވެސް ރުޅިއަށް ބަދަލުވާން ފެށިއެވެ.

“ބުނެފީމެއްނު ލޯބިވާތީއޭ.. ޒަރާ އަހަރެންގެ ހައްގަކަށް ނުވި. އެއްމެ ކުޑަމިނުން ޒަރާއަށް އޯގާވުމުގެ ހައްގު އަހަންނަށް ލިބެންޖެހޭނެ. ޒަރާއަށް އެކަމަށް ދެކޮޅެއް ނުހެދޭނެ. އަހަރެން ޒަރާއަށް އެފުރުސަތު ނުދޭނަން” ނުރުހުންވެފައި އަހަރެން ބުނެލީމެވެ.

“ނޫން ދުވަހަކުވެސް ނުލިބޭނެ. ނާއިމްއަށް އަހަރެން ހުރިހާ ވާހަކައެއް ކިޔާދޭނަން” ޒަރާ އަހަންނަށް ބިރު ދެއްކޭތޯ އުޅުނެވެ.

“އޯކޭ ޒަރާ ބޭނުން ގޮތެއް. އަހަރެން މިގުޅަނީ ނާއިމްއަށް. މިއަދު ނާއިމްއަށް ޒަރާގެ ތި ދުލުން ހުރިހާ ވާހަކައެއް ކިޔައިދީ” އަހަރެން ޖީބުގައި އޮތް ފޯނު ނަގައި ނާއިމްއަށް ގުޅާލީމެވެ. އަދި ވީހާވެސް އަވަހަކަށް ގެޔަށް އައުމަށް އެދުނީމެވެ.

“އެބަ އާދޭ..” އަހަރެން ސޯފާގައި އިށީނީމެވެ. ޒަރާވެސް ފާޑަކަށް އަހަންނަށް ބަލާލަމުން ސޯފާގައި އިށީނެވެ. ދެމީހުންވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ ނާއިމް އަންނާނެ އިރަކަށެވެ.

އަހަރެން ހަގީގަތެއް ކިޔައިދީފިއްޔާ އަހަންނާއި އެއްވެރަށް ޒަރާވެސް ބޭޒާރުވާނެއެވެ. ނަމަވެސް ޒަރާގެ މޫނުމަތިން އަހަންނަށް ކުޑަ ނަމަވެސް ޖެހިލުންތެރިކަމެއް ނުފެނެއެވެ. އަހަރެން ބުނި ގޮތަށް އަމަލުނުކޮށްފާނެހެން ހީވާ ކަހަލައެވެ.

“ޒަރާއަށް އަހަރެން މީ ކާކުކަން ނޭނގެނީތަ ތިހާ ވަރަށް އަހަރެން ތި ތަޅުވަނީ. އަހަރެންގެ މި ސިފަ ޒަރާއަށް ވަކިކުރަން ނޭނގުނިއްޔާ ޒާން އަކީ ކާކުކަން އެނގޭތަ” ދެމީހުންގެ މެދުގައިވާ ހަމަހިމޭންކަން ނަގައިލީ އަހަރެންނެވެ.

“ނޭނގެ” ކުރު ގޮތަކަށް ޒަރާ ޖަވާބު ދިނެވެ. އަހަރެންނަށް ހިންދުރުވައިލެވުނެވެ. ޒަރާގެ ކެހިވެރިކަމުގެ މަޅީގައި އަހަރެން ހަމަ ރަގަޅަށްވެސް ޖެހިއްޖެ ކަމުގެ އިހްސާސް ކުރެވުނެވެ.

“މި ސިފައެއް ނޭނގެ. ނަމައް ނޭނގޭ.. އާޓިފިޝަލް ބީޗް މަތިން ޒަރާ ހަނދާންވޭތަ. ބެންޗުގައި ތިބެގެން ދެމީހުން ދެއްކި ވާހަކަ ޒަރާ ހަނދާން ނުވޭތަ” ގޮތް ހުސްވެފައިވާ މީހެއް ފަދައިން ޒަރާއަށް އަހަރެންމީ ކާކުކަން އަންގައިދެވޭތޯ އަހަރެން އުޅުނީމެވެ. ޒަރާއަށް އަހަރެން މީ ކާކުކަން އެނގޭނެއެވެ. ނޭނގޭ ކަމަށް ހަދަނީއެވެ.

“ތި ކާކު ދިން އަގޮޓެއް” ޒަރާގެ އަތުގައި އޮތް ރިހި ކުލައިގެ އަގޮއްޓަށް އިޝާރާތް ކުރަމުން އަހަރެން އަހައިލީމެވެ.

“މީ ޒަރާގެ” ޒަރާ ޖަވާބު ދިނީ އަހަރެން ކުރި ސުވާލަށް ނޫނެވެ.

“އެނގޭ ތީ ޒަރާގެ އެއްޗެއްކަން. އެހެންވެ އެއްނު ޒަރާ އަތުގައި އޮންނާނީ. މުނާޒު މި އަހަނީ ތީ ކާކު ދިން އެއްޗެއްހޭ” އަހަރެން ސުވާލު ތަކުރާރުކޮށްލީމެވެ.

“ޒެޑް” އަގޮޓީގައި ލިޔެފައިވާ އަކުރު ޒަރާ ކިޔާލިއެވެ.

” ޒަރާއަށް އެވަރުވެސް ނޭނގެއޭތަ ތިބުނަނީ… މީ ދެމީހުންގެ ގުޅުމަށް ދެ އަހަރު ފުރުނު ރޭ އަހަރެން ޒަރާގެ އިގިލީގައި އަޅުވައިދިން އަގޮއްޓެއް.” ޒަރާ ލޯ ކުޑަކޮށްލަމުން އަހަންނާއި ދިމާލަށް ބަލައިލިއެވެ.

“ކޮން ގުޅުމެއް”

“އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެވާ ލޯބި ހާމަކުރިތާ އެއް އަހަރު ފުރުނު ރޭ އަހަރެން ޒަރާއަށް ދިން ހަދިޔާއެއްމީ” އަހަރެން ތަފްސީލްކޮށް ކިޔައިދިނީމެވެ.

“އެރޭވެސް އެއީ ހާއްސަ ރެއެއްކަން ޒަރާ ހަނދާނަކު ނެތް. އަހަރެން މި ހަދިޔާ ހިފައިގެން ދިޔައިމަ ޒަރާ ދެރަވެގެން އުޅުނު ހަނދާން އަދިވެސް އަހަރެން އެބަހުރި. ފަސް މިނެޓުން ފަސް މިނެޓުން މާފަށް އެދުނު. ”

“ދެއަހަރާއި ފަސް މަސް ވަންދެން ދެމީހުން ދެމީހުން އުޅުނީ އެހާ ލޯބިން. އަހަރެން ބޭރަށް ކިޔަވަން ދިޔަ ފަހުންވެސް ޒަރާ ގުޅާނެ ކޮންމެ ރެއަކު ބަރާބަރު އަށެއް ޖަހާ އިރަށް. ކައިފިންހޭ އަހާނެ.. ކޯއްޗެއް ހޭ ކިޔެވީ އަހާނެ. އެދުވަހު އަހަރެން ކުރި ހުރިހާ ކަމެއްގެ ތަފްސީލް ޒަރާއަށް ކިޔައި ނުދެންޏާ ޒަރާގެ ހިތެއް ނުފުރޭނެ. އެއްމެ ރެއަކުވެސް ފޯނު ނުނަގައިފިއްޔާ ޒަރާ ވަރަށް ރުޅި އަންނާނެ. މުޅި ރޭ ހޭދަކުރާނީ ޝަކުވާ ކުރުމުގައި.. … ޒަރާ… އަހަރެންގެ އެއްމެ ފޮނި ހަނދާން ޒަރާއަށް ކިޔައިދެންތަ. ޒަރާ ދޭތެރެ ދޭތެރެއިން އަހަރެން ކައިރީ ބުނާނެ މިވެނި ދުވަހެކޭ ބާކީ ދެން އޮތީ ދެން އަހަރެން ޒަރާ ކައިރިއަށް އަންނަން. ހީވަނީ ޒަރާ ކަލަންޑަރެއްގައި ފާހަގަ ޖަހައިގެން އަހަރެމެން ދެމީހުން އަލުން ބައްދަލުވާނެ ދުވަސް ޒަރާ ގުނަމުން ދާހެން. އޭގެން އަހަންނަށް އިހްސާސް ކުރެވުނު ޒަރާ އަހަރެން ދެކެ ވާ ލޯބި… ތި ފަދަ ނަސީބެއް އަހަންނަށް ދެއްވެވީތީ ޝުކުރު ދެއްނެވިން” އަހަރެން އިތުރަށް ކިޔައިދިނީމެވެ. ޒަރާ އަހަރެން މީ ކާކުކަން ހަނދާން ނައްތާލައިފައިވާތީ މާޒީގެ ސަފްހާތައް އަހަރެން ޒަރާއަށް ކިޔައިދެމުން ދިޔައީމެވެ.

“ކޮންމެ ރެއަކު އަހަރެން ނިދަން ދަނީ ޒަރާ އަހަރެންގެ އިންތިޒާރުގައި ހުންނާނެ ކަމުގެ ޔަގީންކަމާއި އެކީގައި. އެކަމަކު ޒަރާ 24 މާރޗް 2016 ވަނަ ދުވަހު އަހަރެންގެ މުޅި ދިރިއުޅުން…..” ހިތްވަރުކޮށްގެން ވާހަކަ ދެއްކިއަސް އަހަރެންގެ ލޮލުން ކަރުނަ ހިލާލިއެވެ. އަހަރެންގެ ކަރުނަތައް ފޮރުވުމަށް މޫނު އަބުރާލީމެވެ. ހިތު ތެރޭގައިވާ ގިސްލުން ބޭރުންވެސް ހާމަވާން ފެށީއެވެ.

“އެރެއަށް ފަހު ޒަރާ އަހަރެން ބޭކާރުކޮށްލީ.. އަހަރެން ނެތް މީހަކަށް ހަދައިލީ. ޒަރާ ބުނެބަލަ. ކީއްވެތަ ؟ އަހަރެން މަތިން ފޫހިވީތަ.. ނާއިމް ފެނުމުން އަހަރެން މީ ނެތް މީހަކަށް ހަދައިލީ އަހަރެންގެ ކޮން ކުށެއް އޮވެގެން. އަހަރެން ޒަރާއަށް ނުދިނީ ކޯއްޗެއް.. “އަހަރެން ހުއްޓާލީމެވެ. ހިތަށް ކުޅަދާނަ ނުވީއެވެ. އަޑުވެސް ބެދުނީއެވެ.

“ތީ ހުސް ދޮގު. ނާއިމް ތިއިން އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނެ. ހަދަހަދައިގެން ވާހަކަ ދައްކައިގެން ތިއުޅެނީ އަހަރެމެން އުފަލުގައި އުޅޭތީ ހަސަދަވެރިވެގެން.  މުނާޒު ބުނި ގޮތަށް ނާއިމް އަކީ ވަރަށް ރަގަޅު ފިރިއެއް، ނާއިމް ޒަރާއަށް ހުރިހާ ގޮތަކުންވެސް ވަރަށް ރަގަޅު. ނާއިމް މުނާޒަށް ވުރެ ބޮޑަށް ޒަރާއަށް އިތުބާރު ކުރާނީ ޒަރާއަށް. ބަލަން ހުންނާތި. މުނާޒުގެ ތިވާހަކަ އަޑު އެހުމަށްފަހު ނާއިމް ބޭނުމެއް ނުވާނެ ރައްޓެއްސެއްގެ ގޮތުގައިވެސް މުނާޒު ހުންނާކަށް. ކިހާ ދަށު ދަރަޖައަކަށް ދިޔައިމަ މީހުންގެ އަބިންގެ ފަހަތުން ދުވާނީ. އެވެސް ދޮގާއި އެއްކޮށް އެކުވެރިއެއްގެ އަންބެއްގެ ފަހަތުން” ޒަރާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަހަރެންގެ ވާހަކައިން ޒަރާގެ ހިތުގައި ހަމްދަރުދީގެ ޒައްރެއްގެ މިންވަރުވެސް ނުއުފެދުނެވެ.

އެކުވެރިޔާއެވެ. މީ ޒަރާ އަހަންނަށް ފުރަތަމަ ފަހަރަށް މުނާޒުގެ ނަމުން މުހާތަބު ކުރި ފަހަރެވެ. އޭގެން ހިތަށް ތަދުވިއެވެ. ނަމަވެސް އެޔަށް ވުރެ ބޮޑަށް އެހެން ކެކުޅުމަކުން ހިތުގެ ރިހުން ވަނީ އިތުރުވެފައެވެ. ލޯބީގައި އަހަރެން ކިހާ ބަދު ނަސީބުވެރި ހެއްޔެވެ؟  އަހަރެންގެ ހިތުގެ ހާލަތު ދަންނާނެ އެކަކުވެސް ނެތީ ހެއްޔެވެ؟

ނާއިމް އައުމުން ޒަރާ ދިޔައީ ބަދިގެޔަށް ކާން ހަދާށެވެ.

“ކުރިން ދުވަހު ބުނީމެއްނު ޒަރާއަށް ބޯން މެރޯ ޑޯނާރއެއް ބޭނުންވެޔޭ.. ދެމީހުން މެޗް ވަންޏާ އަހަރެން މިހިރީ އަހަރެން މިހިރީ އެކަން ކުރަން ތައްޔާރަށް” މާ ހާސަރު ދިގުނުކޮށް އަހަރެން ސީދާ ވާހަކައަށް ދިޔައިމެވެ.

“މުނާޒު ތީ އަހަރެންގެ އެކުވެރިއެއް ކަމަށް ބަލަން. އެކަމަކު ތިހާ ބޮޑު ކަމެއް އަހަރެން ކިހިނެތް ގަބޫލުކުރާނީ” ނާއިމް ދެކޮޅު ހެދިއެވެ.

“އެކުވެރިން ތިބެނީ އެކަކު އަނެކަކަށް އެހީވާކަށްނު. އަހަރެން ބޭނުން ޒަރާއާއި ނާއިމް އުފަލުގައި އުޅޭތަން ދެކެން” އެއީ އަހަރެން ހެޔޮ އެދިގެން ބުނި ބަސްތަކަކާއި މެދު މިހާރު ހިތުގައި ޝައްކު އުފެދިއްޖެއެވެ.

“ވަރަށް އުފާވެއްޖެ ތިކަހަލަ އެކުވެރިއެއް ލިބުނީތީ . އެކަމަކު ތި ޓެސްޓް ހަދަން…”

“ލާރީގެ ކަންތަކާއި ވިސްނާނެ ކަމެއް ނެތް، އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަން. އަހަރެން ބޭނުމީ ޒަރާގެ އިގްރާރު އެކަނި” ނާއިމް ބަހަނާއެއް ދެއްކުމުގެ ކުރިން އަހަރެން އެމަދު ބަންދުކުރީމެވެ.

“ލާރި އެބަހުރި. ޒަރާގެ ބައްޕަ އެހެރީ ޑޯނާރ އެއް ލިބުނުހާ އަވަހަކަށް އޮޕެރޭޝަން ކުރަން ތައްޔާރަށް. އަހަރެން ބުނަން އުޅުނީ މުނާޒު ކިހިނެތްހޭ ޑޯނާރ އަކަށްވާނީ.. ވަރަށް ގިނަ ކަންތައް ދިމާވެގެން ޑޯނާރ އަކަށް ވެވޭނީ.. އަހަރެންވެސް ޓެސްޓް ހެދިން . އެކަމަކު ދިމާވާ ގޮތެއް ނުވި.. އެމީހުން ބުނަނީ އާއިލާ މެމްބަރުން ހާއްސަކޮށް އެއްބަޑު އެއްބަފާ މީހެއް ކަމަށް އެއްމެ ރަގަޅުވާނީ” ނާއިމްގެ ވާހަކައި އަހަރެން ކުޑަކޮށް މާޔޫސްވާ ގޮތް ވިއެވެ. ނަމަވެސް ދެން ހަދާނަށް އައީ ޒަރާ ދެއްކި ވާހަކައެކެވެ.

“ޒަރާގެ ބޭބެ ކޮބާ.. އޭނަ ޓެސްޓް ނުކުރޭތަ” ފޯރި އާއިއެކު އަހަންނަށް ބުނެވުނެވެ.

“ކޮން ބޭބެ އެއްގެ ވާހަކަ ތި ދައްކަނީ.. ޒަރާގެ ހުންނަނީ ހަމައެކަނި ބައްޕައެއް” ނާއިމް ބުނެލިއެވެ.

“ޒަރާގެ ބޭބެއެއް ނުހުރޭތަ” އަހަރެން ގަބޫލުކުރަން ދަތިވެފައި އަހައިލީމެވެ. އެވަގުތަކީ ޒަރާ ކާން އައުމަށް އެދެން އެތަނަށް އައި ވަގުތެވެ.

“ޒަރާ މުނާޒު މި ދައްކަނީ ކޮން ވާހަކައެއް.. އެއީ ތެދެއްތަ”

“ނޫން އެއީ ހުސް ދޮގު” ނާއިމް މަޖާވެލައިފައި އެހި ނަމަވެސް ޒަރާ ޖަވާބު ދިނީ އަވަސް އަވަހަށް ހާސްވެފައި ހުރި ރާގެއްގައެވެ. ޒަރާއަށް ދެމީހުން ދެއްކި ވާހަކަ ނޭނގޭތީއެވެ.

“ކޮބާ މަ ބުނީމެއްނު ޒަރާގެ ބޭބެއެއް ނުހުންނާނޭ..” ނާއިމް އަތުގައި އޮތް ޓައީ ޒަރާ އަތަށް ދެމުން ބުނެލިއެވެ.

“ހިނގާ ކާން ދާން”  ނާއިމް ކާން ދައުވަތު ދިނެވެ. އަހަރެން ފަސްޖެހުމެއްނެތި އެކަން ގަބޫލުކުރީ ބަނޑުހައިވެފައި ހުރުމުން ނޫނެވެ. އަދިވެސް ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއް ހުރުމުންނެވެ.ކޮންމެ ވާހަކަ އަކާއި އެކު އަހަރެންގެ ހިތުގައިވާ އޮޅުން ބޮޅުން ވަނީ އިތުރެވެ. ނޭނގޭ އެތައް ކަމެއް އެބަހުއްޓެވެ.

“ކޮބާ ޒަރާގެ މަންމަ” ކާން ފެށުމާއި އެކު އަހަރެން އެހީމެވެ. ނާއިމް އާއި ދިމާވި ފަހުން އަހަރެން މިދައްކަނީ ހުސް ޒަރާގެ ވާހަކައެވެ. ނާއިމްއަށް އެކަން އެގުނަސް ފަރުވާލެއް ނެތް ފަދައިންނެވެ.

“ޒަރާގެ މަންމަ މަރުވެއްޖެ” ނާއިމް ވާޙަކަ ދެއްކީ ޒަރާއަށް ބަލާލުމަށްފަހުގައެވެ.

“މުނާޒު ކައިރީ ކާކު ބުނީ ޒަރާގެ ބޭބެއެއް ހުރެއޭ” ނާއިމް އެހިއެވެ.

“އެއީ ވެދާނެ އަހަންނަށް ހީވި ހީވުމަކަށް” ޒަރާއަށް ނުބަލަން ހުއްޓަސް އަހަންނަށް ޒަރާއަށް ބަލާލެވެއެވެ. ކޮންމެ ކަމެއްގައި ޒަރާ އަހަންނަށް ދޮގު ހެދިއެވެ. އޮޅުވާލީއެވެ.

“އެހެން ވީމަ ޓެސްޓް ހަދަން އެއްބަސްތަ”  ކެއުމުގެ މެދު ތެރެއިން އަހަރެން އަހައިލީމެވެ.

“ނޫން .. ނާއިމް ޒަރާ ބޭނުމެއްނޫން. ޒަރާގެ ހާލު އެހާ ސީރިއަސް އެއްނޫނެއްނު.. އެހެން ނޫނަސް ލިސްޓުގައި ނަން ޖަހައިފައި އޮތް އިތުރަށް ބޭކާރު ހަރަދުތައް ކުރާނެ ކަމެއް ނެތެއްނު..” ޒަރާ ވާހަކަ ދެއްކީ ނާއިމްއާއި ނަމަވެސް އެ މުހާތަބު ކުރީ އަހަންނަށެވެ.

“ތެދެއް މުނާޒު. ދެން އެކަމާ މާ ބޮޑަށް އަޅައިނުލާ” އަހަރެން އެކަމާ މިފަހަރު ދެކޮޅެއް ނުހަދަމެވެ. ޒަރާ ބޭނުން ނުވާ ކަމެއް ގަދަކަމުން ކުރާކަށް ނެތީމެވެ.

ކައި ނިމިގެން ނާއިމް ދިޔައީ ކޮޓަރިއަށެވެ. ޒަރާ އާއި ދެމީހުން އަނެއްކާވެސް އެކަނިވެރިވީއެވެ.

“ޒަރާ ތިދޭ އަނިޔާއަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން. ޒަރާ ބުނަމެއްނު އެކަކަށް ގެއްލުމެއް ދީފައި އަނެކާއަށް އުފަލުގައެއް ނޫޅެވޭނޭ.. އެކަމުގެ ތެދުކަން އަހަރެން ޒަރާއަށް އަންގާނަން” ތަށިތައް ދޮންނަން ސިންކު ކައިރީގައި ހުރި ޒަރާއަށް ރުޅިވެރިކަމުގެ ބަސްތައް އިއްވާލުމަށްފަހު އަހަރެން އެތަނުން ދިޔައީމެވެ.


 

ސައިކަލުގައި ގޮސް އަހަރެން މަޑުކޮށްލީ ބީޗަށެވެ. މީ އަހަރެން ދެން މިތަނަށް އަންނަ ފަހު ފަހަރަށް ހެދުމަށެވެ.

ގަސްބުޑުގައި އޮތް މާ ނަގައިގެން ގޮސް އަހަރެން އަތުގައި ހުރި ބާރެއް ލާފައި މާ ކަނޑަށް ހޫރާލީމެވެ. މާ ދުރަށް ނުދިޔަސް އޮޔާއި އެކު އަހަރެންގެ ލޯ ކުރިމަތިން އެމާ ބެހެމުން ދިޔައެވެ. ޒަރާ ހެންނެވެ. ނަމަވެސް ޒަރާ އަހަންނާއި ދުރަށް ދިޔައީ އަމިއްލަ އިހްތިޔާރުގައެވެ.

ޒަރާވެސް ވީ އަހަރެން ކުރި ބުނިހެން މާބަގީޗާގައި އުޅުނު މަލަކަށެވެ. އެހެން މާތަކާއި ތަފާތެއް ނެތެވެ. ފަންމިނި ފަރިކަމުގައި އަހަރެން ޖައްސައިގެން އުޅުނީ ފަރުދާއެއްގެ އެހީގައެވެ. ބޭހެއް ނުވާ ޒަހަރެއް އެމަލުގައި ވެއެވެ. މީރުވަސް ދުވާ ހުވަދުގައި އަހަރެން ޖެއްސީ ސިހުރެއްގެ ގޮތުގައެވެ.

އަހަރެން އަޒުމް ކަނޑައަޅަމެވެ. ޒަރާއަށް އަހަރެންމީ ކާކުކަން އަންގައިދިނުމަށެވެ. ޒަރާގެ ޒާން އަބުރާ ޒަރާގެ ހަޔާތަށް ގެންނާނަމެވެ. ކެހިވެރިޔާގެ ދަލުގައި އަހަރެން ޖެއްސި ގޮތަށް އަހަރެންގެ މަޅީގައ ޒަރާވެސް ޖައްސާނަމެވެ. ކެހި ދޭން ޒަރާއަށް ވުރެ އަހަރެން ދެރައެއް ނުވާނެއެވެ. ދޮގުވެރިއަކަށް އަހަރެން ކުރާނެ މާފެއް ނެތެވެ. ވާނެ ހަމްދަރުދީ އެއްވެސް ނެތެވެ.

އެކުވެރިޔާއެވެ. އަހަރެންމީ ވަރަށް ގޯސް މީހެކޭ އެކުވެރިޔާގެ ހިތަށް އަރާފާނެއެވެ. އެހެން ނަމަވެސް އަހަރެންގެ ހިތުގައި ފޯވެފައިވާ ޝަކުވާތަކަށް ހަދާނީ ކިހިނެތް ހެއްޔެވެ؟ ފަސް އަޅައި ފޮރުވާލަންވީ ހެއްޔެވެ؟ ޒަރާއާއި ނާއިމްއާއި ދެމީހުން އުފަލުގައި އުޅޭތަން ބަލަން ދެއަތް އުރައިލައިގެން ދުރުގައި ހުންނަން ވީ ހެއްޔެވެ؟


 

ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. ނާއިމް އާއި ދެމީހުން އެއްކޮށް މަސައްކަތް ކުރަން ޖެހިފައި ވުމުން އަހަންނަށް ޒަރާ ފެންނަލެއް އިތުރުވިއެވެ. އެކުގައި މަސައްކަތް ކުރާ މީހެއްގެ އިތުރުން އަހަރެން ނާއިމްއާއި ދެމީހުންގެ ރައްޓެހިކަން އިހުނަށް ވުރެ ބޮޑަށް ވަރުގަދަ ކުރެވޭތޯ އުޅެމެވެ. ހުސްވަގުތެއް ލިބިއްޖެއްޔާ ނާއިމްއާއި އެކީ ހޭދަކުރަމެވެ. ނާއިމްގެ ގެޔަށް އަހަރެން ގެންދާލެއް އިތުރުވެއްޖެއެވެ. އޮފީސް ދުވަހެއް ނޫނިއްޔާ ދެމީހުން ގިނަ ވަގުތު ހޭދަކުރަނީ އެގޭގަޔެވެ.

އަހަންނަށް ޒަރާ ފެންނަލެއް އިތުރު ވި ނަމަވެސް ދެމީހުންގެ މެދުގައިވާ ބީރައްޓެހިކަން ކެނޑިގެން ނުދެއެވެ. ޒަރާ ވީ ވަރަކުން އަހަރެންގެ ކުރި މައްޗަށް ނޭރޭތޯ އުޅެއެވެ. ޒަރާ ހީކުރަނީ އަހަރެން އެގެޔަށް އަންނަނީ ޒަރާއާއި ނާއިމް ދުރު ކުރުމަށް ކަމުގައެވެ. އެހެންކަމުން ޒަރާއަށް އަހަރެންވަނީ ބިރަކަށެވެ. އަހަރެން ފެންނަ ހިސާބެއްގައި އުޅެންޏާ ނާއިމްއަށް ހާއްސަ ސަމާލުކަމެއް ޒަރާ ދެއެވެ. އަހަރެން ދަހި ކުރަން އުޅޭ ފަދައަކުންނެވެ.

ޒަރާ އެހެން އުޅުނަސް އަހަރެން ޒަރާއަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. ނުދަންނަ މީހަކަށް ހަދާލަމެވެ. ޒަރާއާއި ނުލައި އަހަންނަށް އުޅެވޭނެކަން ޒަރާއަށް ސާބިތުކޮށްދޭން އަހަރެން އުޅެމެވެ. މީ ފަރުދާގެ ފަހަތުން އަހަރެން އުޅެމުންދާ ގޮތެވެ. ފަރުދާގެ ފަހަތުގައި ހުރެގެން އަހަރެން ދިޔައީ ޒަރާގެ ހަޔާތަށް އިތުރު މީހެއް ގެންނަމުންނެވެ. އިތުރު މީހެއްނޫނެވެ. މީހަކު އަބުރާ ގެންނާށެވެ. ޒަރާގެ ޒާން އަބުރާ ގެންނާށެވެ.

ޒަރާގެ ނަންބަރަށް އަހަރެން ދިޔައީ ހުއްޓުމެއްނެތި ޒާންގެ ނަމުގައި މެސެޖުކުރަމުންނެވެ. ލޯބީގެ ވާހަކައެއް އަހަރެން ނުދައްކަމެވެ. ޒަރާގެ މައުލޫމާތު ޒާންއަށް އެނގޭ ވާހަކަ އަހަރެން ކިޔައދެމުން ދިޔައީމެވެ. ޒަރާގެ އިތުބާރު ހޯދަން އަހަންނަށް އެނގެއެވެ. ޒަރާގެ ބަސްމަގާއި ވާހަކަ ދެއްކުންތެރިކަން އަހަރެންނޫން ދެވަނަ މީހަކަށް އެހާ ރަގަޅަށް ނޭނގޭނެއެވެ. އެހެން ކަމުން އަހަރެން ޒަރާއަށް މެސެޖުކުރަމުން ދިޔައީމެވެ. ޒަރާއަށް ޒާންއެއީ އަހަރެންކަން އެނގޭނެއެވެ. އެހެންނަމަވެސް އެއްވެސް ޖަވާބެއް އަދި ޒަރާގެ ފަރާތުން ނުލިބެއެވެ.  ދެމީހުން ބައްދަލުވާއިރު ކުޑަ ނަމަވެސް އިޝާރާތެއްވެސް ނުލިބެއެވެ. ހިތްވަރު އެލުވައި ނުލައި އަހަރެން ކުރިއަށް ގެންދިޔައީ އަހަރެން މިސްރާބާއި ހަމައަށް ވާސިލްވާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އެކީގައެވެ.

ފޯނަށް ކުރާ މެސެޖަކުން އެކަނި އެމިސްރާބާއި ހަމައަށް ނުދާނެތީ އަހަރެން ޒަރާއަށް ތަފާތު ހަދިޔާތައް މަދުމަދުން ފޮނުވަމުން ދިޔައީމެވެ. ނާއިމް ނޫޅޭ ވަގުތެއް ބަލާފައެވެ. ހަދިޔާ ފޮނުވުމަށްފަހު އަހަރެން އެގެޔަށް އަންނައިރު އެކޮބައިތޯ ވަރަށް ހޯދަމެވެ. ހިލަމެއް ނުވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (ދިހަވަނަ ބައި)

Next

ނިކަން ވިސްނަވާށެވެ!

Next
July 23, 2017

ނިކަން ވިސްނަވާށެވެ!

Previews
July 22, 2017

ހިތުގެ މިލްކުވެރިޔާ (ދިހަވަނަ ބައި)

41 Comments!

  1. ???? says:
    July 22, 2017 at 9:52 pm

    Yey mee first dhww ❤??????

    1. ???? says:
      July 22, 2017 at 10:05 pm

      Vaahaka varah reethi. … waiting for the next part ??????❤ n maroon akee girl eh tha? O boy eh tha?? Bunedheefaanan dhw plx plx

    2. maroon says:
      July 22, 2017 at 10:59 pm

      Thanku dear so much… mee girl eh.. kihinei v anekkaa ???

  2. Aira says:
    July 22, 2017 at 9:59 pm

    V reethi

  3. Star Boy says:
    July 22, 2017 at 9:59 pm

    Part number jahabala nikan,, thiha kanfaseyha nukohbala

    1. Star Boy says:
      July 22, 2017 at 10:02 pm

      Adhi nunimenya nunimey vahakaves jahabala,, vahaka kithanme reehchas v foohivey eha kanfaseyha kollathy

    2. maroon says:
      July 22, 2017 at 10:04 pm

      Sorry for that. Dhn ehen nuhadhaanan in sha allah

    3. maroon says:
      July 22, 2017 at 10:06 pm

      Star boy. Mihaaru innany ragalhu koffa ?

  4. maroon says:
    July 22, 2017 at 10:00 pm

    Hello readers .. sorry mi part thankolheh kuruvyma. Busy dhuvahakah vumaai ekyga miadhu up kohdheyn bunefa vaathy mi kohdhinyy.. hope you will like it ???

  5. maroon says:
    July 22, 2017 at 10:03 pm

    Mivaahak mi genesdheny maroon ge ehen vaahaka thakaai thafaathukoh..ehen gothakah hushahalhai midheny.. so mi goiy kamudhanya bunela dhinun edhen

  6. Smile says:
    July 22, 2017 at 10:27 pm

    Wow vv salhi mi baives, ekam haadha kurey hehe, vedhane kiyaa hiyvaaleh bodee kamah ves 🙂
    Anyway thanks Maroon )

  7. sam♥ says:
    July 22, 2017 at 10:38 pm

    wow roon ge stry ge mi part ves v lobii alhey xaraa nunaax ah libenethaa adhiii??? … love u roon ..
    waiting next part♡♡♡

    1. sam♥ says:
      July 22, 2017 at 10:42 pm

      oooooops soryy munaaz

  8. Xxxx says:
    July 22, 2017 at 10:50 pm

    Hey dear v.nice ingey..keep it up..??

  9. ninni says:
    July 22, 2017 at 11:17 pm

    Superb. ★★★….
    Thanks maroon

  10. ROMAN REGINS says:
    July 22, 2017 at 11:22 pm

    Wow vv salhi when next part

  11. Adha? says:
    July 22, 2017 at 11:41 pm

    Alhe xaraa keevetha xaan ah ehen thi hadhany.? varah sad.. i can feel how it hurts? when someone who made u feel so special yesterday makes u so unwanted today ? btw this part ves hama fabb! Varah furihama dear.. waiting ❤❤❤❤

  12. khajja says:
    July 23, 2017 at 12:11 am

    Masha allah v rythi stry ??? zaraa kyvve thihen thihadhany keevve zaan ah dhogu hadhaa olhuvaathilany? Ehennahadhaa zaan ah munaaz ves ehery olhun gandegga dhw dhen hgeegaiy kiyaadhy zaraa plx ?? maroon stry obiness tothe max ingey n gud nyt ly???❤❤❤❤???????????????????

  13. Arisal says:
    July 23, 2017 at 2:01 am

    wow hama kiyaa hithun aneh bayah inthizaaruga.. kon iraku dhen upload vaanyy?

  14. nuherr says:
    July 23, 2017 at 3:33 am

    zaraa ehury handhaan nethifa dhw.. anyway v salhi mi story… <3

  15. Song jooth ki... KOREAN says:
    July 23, 2017 at 6:02 am

    Mi part vx vvv salhi. Mihaaru v foari gadhakoh dhany. Next part v kiyaa hithun mihuryyy. Avahah up khdhehchey. Plxx. Good luck n tc

    1. Song joong ki... KOREAN says:
      July 23, 2017 at 6:38 pm

      *song joong ki… KOREAN

  16. ??? says:
    July 23, 2017 at 8:25 am

    Vvvvvvv rythi mivaahaka nanvess varah rythi

  17. Xna says:
    July 23, 2017 at 11:29 am

    Hii marooon..hheh.adhi miulhenee stry thereah nuvadhivegen?? foari hifuvaalaa, ,

  18. Reader says:
    July 23, 2017 at 12:57 pm

    I think zaraa ge memories lost hen accident aa gulhigen

  19. Some one says:
    July 23, 2017 at 1:54 pm

    Wow!!! V v riithi story!!! Bt maroon akii grl ehdww! Bt i thought boy eh kamah! Cxxx maroon vahthariii boy egge name aaa! Mibunii alhugaa ah vahtharii! Bt v unique nameh! ☺☺

  20. Sidoo says:
    July 23, 2017 at 8:54 pm

    Maroon mee varah fake writer eh,reply ehves nukohlaa,thivarun vaahaka nuliye

    1. Adha? says:
      July 23, 2017 at 11:23 pm

      Ehen bunaakah nuvaane.. she is very good.. buxi veema kanneynge reply nukureveny ehaa.. ehenna abadhuves kuraane..

    2. Song joong ki... KOREAN says:
      July 24, 2017 at 12:46 pm

      Heyy plx don’t tell like that.. Adha bunihen busy v ma reply nukurevidhaane dhw.. So always think positivelyy

  21. smile says:
    July 24, 2017 at 9:43 am

    Yageen maroon ah konmes kameh dhimaavee, ehen noonu v baraabarah rply kurey 🙁 Ummeedhu kuran avahah maroon ge habareh vaane kamah, adhi vaahakaige kuriyah oiy part ves genesdheyne kamah : miss u maroon

    1. Xna says:
      July 24, 2017 at 12:01 pm

      Yes, we miss you??com back soon dear .hope u r fine.?

  22. Amy says:
    July 24, 2017 at 2:31 pm

    Hi maroon
    Varah reethi mi part ves super????
    ❤❤❤

  23. maroon says:
    July 24, 2017 at 4:52 pm

    Thanku for the lovely comments.. v happy vejje story thi kudhinna kamudhiyaima.
    Smile❤ xna ❤adha ❤ lots of love from maroon.
    Sorry i cndt reply to all… m v sick and will not be in the country for a few days so cnt update the story as promised. But in sha allah ragalhuvihaa avahakah story upkoh dheynan. Hope u wud understand. Bye all.. tc ???

    1. Xna says:
      July 24, 2017 at 7:04 pm

      Wishing u speedy recovery ♥♥♥

  24. smile says:
    July 24, 2017 at 5:17 pm

    oh Maroon ah avas shifa akah edhen 🙁
    ekam haadha dhera ey dho :'(

  25. Adha? says:
    July 24, 2017 at 7:07 pm

    I pray for health and healing for you.. may Allah heal any sickness you have.. and give good health and energy….❤ will miss u dear❤loves..tvgc

  26. Song joong ki... KOREAN says:
    July 24, 2017 at 7:17 pm

    Shifakallah. Will miss u maroon..

  27. Azzadhil says:
    July 25, 2017 at 3:24 pm

    Shafakillah

  28. maroon says:
    July 25, 2017 at 6:18 pm

    Thanku for understanding.. m trying my best to bring a new episode tonight ?

  29. Song joong ki... KOREAN says:
    July 25, 2017 at 6:36 pm

    Ohh dear. U’re soon good. Mirey up khdheefiyya vvv best. 🙂

  30. Song joong ki... KOREAN says:
    July 25, 2017 at 6:37 pm

    Ohh dear. U’re so good. Mirey up khdheefiyya vvv best. 🙂

Comments are closed.

Next Episodeތިޔަ ނޫން އެހެން ހިތެއް ނޭދެމޭ 4←


All Right Reserved!