Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (13)

Psenhi Level 410 Stories100 Comments100 Login
July 24, 2017 4 Mins Read
18 Comments

އަހަރެންގެ ސިފަޖެހިގެންހުރި އެނުބައި މީހާ އަހަރެންގެ ލޯބިވެރިޔާ ގެންގޮސް ރެއިލިންގެ މަތީ ބޭންދުމަށްފަހު އަތްދޫކޮށްލީ އަހަރެންގެ ކުރިމަތީއެވެ. މައިޝާ ކައްސާލައިގެން ތިރިއަށް ވެއްޓުނުއިރު ނުކުޅެދޭ މީހެއް ފަދައިން އެދިމާއަށް އަތްދިއްކޮށްގެން އެއިންގޮތަށް އަހަރެން އިނީމެވެ. ދެން ފެނިގެން ދިޔައީ އަހަރެން ދުވަހަކުވެސް ނުދެކޭފަދަ ބިރުވެރި ސިފައެއްގައިވާ އެއްޗެކެވެ. އަހަރެންގެ ސިފައިގާ ހުރި އެތި އޭގެ އަސްލު ސިފައަށް ބަދަލުވުމަށްފަހު ވައިގެތެރެއަށް ގެއްލިގެންދިޔައީ ވަޔާދާ ސައިބޯނި ބޮކިތަކެއް ފަދައިންނެވެ. އެއާއިއެކު އަހަންނަށް ކޮޅަށް ތެދުވެވިއްޖެއެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި ގޮސް ރެއިލިންގެ ކައިރިއަށް ހުއްޓެމުން ތެޅިތެޅިއޮތް ހިތަކާއިއެކު ތިރިއަށް ބަލާލީމެވެ. ދިހަބުރީގެ އެ ޢިމާރާތާއި ދިމާއިން ތިރީގައިތިބި މީހުންތައް އެއްދިމާއަކަށް އެއްވާމަންޒަރު ފެންނަމުންދިޔައެވެ.

އަވަސް ފިޔަވަޅުތަކެއް ނަގަމުން ދުވެފައި ގޮސް އެއްވެފައިވާ މީހުންގެ ކައިރިއަށް އަހަރެން ހުއްޓިލީމެވެ. އެތެނުގައި ގިނައިން ތިބީ އަހަރެމެންގެ ޢާއިލާގެ އެންމެ ގާތް މީހުންނަށް ވީއިރު އެއެންމެންގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްކަމެވެ.

މީހުންތައް ދުރުކުރަމުން އަހަރެން އެތެރެއަށް ދެމިގަތީމެވެ. ފެނުނު މަންޒަރުން އަހަރެންގެ ހެއަށް ގޮތްވިއެވެ.

ލޯ ހުޅުވާލުމާއިއެކު ދިއްލާފައިވާ ބޮކިތަކުގެ އަލި ލޮލަށް އެޅުމުން އުނދަގޫވެގެން ދެލޯ އުނގުޅަމުން އަހަރެން އެނދުން ތެދުވެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލީމެވެ. އެއީ އަހަރެންގެ ކޮޓަރިއެވެ. އެނދުކައިރީގައިހުރި ސައިޑް ކަބަޑް މަތީ ބަހައްޓާފައިހުރި ރަތް ފިނިފެންމާތައް ޖަހާފައިވާ މާޓުކުރި ފިޔަވާ އެހެން ތަފާތުކަމެއް ކޮޓަރިއަކުން ނުފެނެއެވެ. އަހަރެންގެ ދާދި ކައިރީގައި މަންމަ ހުއްޓެވެ. މިލާފައިވާ މޫނާއިއެކު ގަދަކަމުން ހިނިތުންވެލަމުން ޖޫސްތައްޓެއް ދިއްކޮށްލުމުން އަހަރެން އެއްނޭވައިން އެ ބޯލީމެވެ.

ނޭނގޭ ފަޅުކަމެއް އަހަންނަށް އިޙްސާސްވަމުން ދިޔައެވެ. މަންމަ އަރާމުކޮށްލާށޭ ބުނެފައި ބޭރަށް ނިކުތުމުން ބެލްކަންޏާއި ދިމާއަށް އަހަރެން މިސްރާބުޖެހީމެވެ. އަހަންނަށް ކުއްލިއަކަށް ހުއްޓެވުނީ އެއްޗަކަށް ފައިން އެރުމުންނެވެ. ބަލާލިއިރު ރަތް ފިނިފެންމާ ފިޔައެކެވެ. އަހަރެން އެފިޔަ ނަގާ އެއަށް އެއްފަހަރު ކޮޓަރިތެރެއަށް އެއްފަހަރު ބަލާލީމެވެ.

ފޯނުބަލާ އެނބުރި ކޮޓަރިއަށް އައިސް ވަން މަންމައަށް މިމަންޒަރު ފެނި ފެންކަޅިވެފައިވާ ހާލު އަހަންނަށް ބަލާލަމުން ތަންކޮޅެއް އަޑުހަރުކޮށް ޔޫސުފްއަށް ގޮވާލިއެވެ. “އަހަރެން ނުބުނަންތަ ކޮޓަރި ރީތިކޮށް ސާފުކުރާށޭ. އެހެރަ މާޓުކުރިވެސް ނަގައްޗޭ ބުނިންދޯ” ޔޫސުފް އައުމުން މަންމަ ވާހަކަދެއްކީ ނުރުހުންވެފައެވެ. އަހަރެން ވިސްނާލީމެވެ. ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ މައިޝާގެ ލެއިން ތަތްތެޅިފައިވާ މޫނެވެ. ހުއްޓިފައިވާ ކަޅިއެވެ.ފަޅިފަޅިވެފައިވާ ބޮލުގެ ނާށިގަނޑުގެ ތެރެއިން ބުރައިގެން ގޮސްފައިވާ ލޭތަކާއި ސިކުނޑީގެ ބައިތަކެވެ. ޗަސްވެފައިވާ އެ ތުނި ހަށިގަނޑުގައިވާ އެކިވަރުގެ ޒަޚަމްތަކެވެ.

“މަންމާ! މައިޝާ ކޮބާ؟ އަހަރެން އޭނަ ކައިރިއަށް ނުގެންދިޔައީ ކީއްވެ؟” އަހަރެން ކާރުގެ ތަޅުދަނޑި އަތުގެ ތެެއަށްލާ އަތް މުއްކަވާލަމުން ބުނީމެވެ.

“މައިޝާ މިހާރު މިދުނިޔެއަކުނެތް!” މަންމަގެ ބަސްތައް ހީވީ އަހަރެންގެ ކަންފަތުގެ ތޫރި ފަޅާލަފާނެ ހެންނެވެ. އަހަރެން ނޫނެކޭ ބުނެ ހަޅޭއްލަވައިގަތީމެވެ. އެވަގުތު މަންމަގެ ފޯނު ރިންގުވާންފެށުމުން މަންމަ ފޯނު ނަގައި ވާހަކަދައްކަން ފެށިއެވެ. އަދި އަހަރެންގެ އަތަށް ފޯނު ދިއްކޮށްލިއެވެ. “ޑޭޑް!” އަހަރެންގެ އަޑު ބެދިއްޖެއެވެ.

އެންމެ ފަހު ފަހަރަށް އަހަރެން މައިޝާގެ މޫނު ދެކެލުމަށް ދިޔައީމެވެ. އެ މޫނުމަތީވަނީ ހިނިތުންވުމެކެވެ. އެއީ އަހަރެންގެ ހިތް ފަތަޙަކުރި ހިނިތުންވުމެވެ. އަހަންނަށް ހުރެވުނީ މައިޝާ އަހަރެން ދޫކޮށްލާފައި ދިޔައީކަމަށް ޤަބޫލްކުރަން ދަތިވެފައެވެ. ނަމަވެސް ޙަޤީގަތް ބަދަލެއް ނުކުރެވޭނެއެވެ. މައިޝާ ވަޅުލާފައި ގެއަށް އަންނަންދެންވެސް އަހަރެންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވައްޓައެއްނުލަމެވެ. މީހުންގެ ކުރިމަތީގައި އަހަރެންގެ ބަލިކަށިކަން ދައްކަން ބޭނުންނުވީއެވެ.

***

އަލްވިންގެ އަޑުބެދުނީހެން ހީވެއެވެ. ދައްކަމުންދިޔަ ވާހަކަ މެދުކެނޑުނީއެވެ. ކަނާތުގެ ބޮޑުވާއިނގިލިން ލޮލުން ވެއްޓުނު ކަރުނަތިކި އެއްފަރާތްކޮށްލަމުން އައިސް އަލަމާރިއާއި ދިމާއަށް ހިނގައިގަތެވެ.

ބަސްހުއްޓިފައި އަލްވިންއާއި ދިމާއަށް ބަލަހައްޓައިގެން އިން ޝިްލާގެ ކޯތާފަތްވަނީ ތެމިފައެވެ. ނަމަވެސް އެއިންގޮތައް ޝިމްލާއިނީ އެކަރުނަތައް ބޭނުން މަންޒިލަކަށް ދާން ދޫކޮށްލައިގެންނެވެ.

އަލްވިން ބިއްލޫރި ތައްޓެއް ގެނެސް ކޮފީ ޓޭބަލްމަތީ ބަހައްޓާލުމަށްފަހު އެއަށް ފެންއެޅިއެވެ. އަދި ޓިޝޫބޮނޑިން ޓިޝޫއެއް މައިޝާއަށް ދިއްކޮށްލިއެވެ. މައިޝާ ނޭފަތް ދަމާލުމަށްފަހު އޭގައި ހިފިއެވެ. އަލްވިން އަނެއްކާވެސް ކުޑަދޮރާއި ދިމާއަށް ހިނގައިގަތީ އަތުގައި އޮތް ފެންފުޅިން ފެންކޯވަރެއް ބޯލުމަށްފަހުއެވެ.

***

ނަމަވެސް ގެއަށް ގޮސް ކޮޓަރިއަށް ވަނުމާއިއެކު އަހަރެން ބަލިކަށި މީހަކަށްވިއެވެ. އަޑުން އަޑު ނަގާ ރޮއިގަނެވުނެވެ. ގޮށް މުއްކަވާފައި ފާރުގައި ޖެހުނު ވަރެއްގެ އަދަދެއް ނޭނގެއެވެ. އަހަންނަށް މައިޝާ އޭތީގެ އަތްދޮށުން ސަލާމަތް ނުކުރެވުނީތީ އަމިއްލަ ނަފްސަށް އަޑުލީމެވެ.

ޖެހިގެން އައި ދުވަހު މުޅި ސޯޝަލް މީޑިއާގައި މައިޝާގެ މަރުގެ ވާހަކަ ތަފާތު ގޮތްގޮތަށް ދެކެވުނު. އަލްވިން އެންމެ ދެރަވީ އޭނަ އަމިއްލައަށް މަރުވީއޭ ކިޔައިގެން ގިނަމީހުން ވާހަކަދެއްކީމަ. އަސްލު ކަންތައް ވެފައޮތްގޮތުން ގިނަ މީހުންނަށް އެހެން ހީވިއަސް ދެފަރާތުގެ ޢާއިލާއަށް އެކަން ޤަބޫލުކުރަން ދަތިވި. ދެން ހުރިހާ އެންމެންގެ ސުވާލުތަކުގެ އަމާޒުފަތްގަނޑަކަށްވީ އަހަރެން. ހަޤީޤަތް އެނގެނީ އަހަންނަށް އެކަނި. ނަމަވެސް އެމީހުންގެ ކުރިމަތީ ހަޤީޤަތް ހާމަކުރާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނު. “އަހަރެން މަންމަމެންގެ ގާތަށް އައުމަށްފަހު އެނބުރި ދިޔައިރު މައިޝާ ފެންނަން ނެތްކަމާއި އެވަގުތު ތިރިން ހަޅޭއްލަވާއަޑު އިވިގެން ބަލާލިއިރު މީހުންތައް އެއްވާތީ ފެނުމުން އަވަހަށް ތިރިއަށް އައީ.” އަހަރެން ބަޔާނުގައި ބުނިން. އަހަރެން މަންމަމެންގެ ގާތަށް ފޭބިއިރު އެތާ އިތުރު މީހުންވެސް އޭރު ތިބުމުން ޕޮލިހުންވެސް ނިންމީ އަހަރެންގެ ވާހަކަ ތެދުކަމަށް. މައިޝާ ރެއިލިންމަތީ އިށީނުމުން ވާރޭ ވެހުމުގެ ސަބަބުން ކައްސާލީހެންނޭ ހީވަނީ ބުނީ. އެކަމަކު ހުރިހާކަމެއް ހިނގީ އަހަރެންގެ އިޙުމާލުންކަމަށް މައިޝާގެ ބައްޕަމެން ޤަބޫލްކުރީ. އެހެންވެ އޭގެ ފަހުން އަހަންނާއި އަދި މިޢާއިލާއާއިވެސް އެއްވެސް ގުޅުމެއް އެމީހުން ނުބާއްވާ.

އެދުވަހަށްފަހު މައިޝާގެ މަރާއިއެކު އަހަރެންގެ ހިތްވެސް މަރުވިފަދަ. ދުނިޔޭގެ އުފާތައް އަހަންނަށް މާ މުހިއްމު އެއްޗަކަށް ނުވި. އެހަނދާންތައް އަބަދުވެސް އާވެ އާވެ ހުންނަނީ. ވިއްސާރަ ރެއެއްގައިވިއްޔާ ހިތުން އެބިރުވެރިކަން ފިލާނުދޭ. އަހަރެން އަމިއްލަ ނަފްސު ކުށްވެރިކުރިން އަހަންނަށް މައިޝާ އެދުވަހު ސަލާމަތް ނުކުރެވުނީމަ. އެގޮތަށް ވާރެއާއި ތެމެން ދޫކޮށް ނުލެވުނު ނަމައޭ އަބަދުވެސް ހިތަށް އަރާ. އެކަމަކު ދެން ކިތަންމެ ހިތާމައެއް ކުރިއަސް މައިޝާ އެނބުރި ނާންނާނެކަންވެސް އެނގޭ. އެހެންވިޔަސް އަހަރެންގެ ހިތް އެހެން ފަރާތަކަށް ނުލެނބުނު. ކިތަންމެ އަންހެން ކުދިންނެއް އަހަރެންގެ އިޝާރާތަކަށް ބަލަބަލާ ތިބެނީ. ނަމަވެސް އަހަރެން އެއިން އެއްވެސް ކަމަކަށް ޝައުޤެއް ނެތް. އަހަރެން ލޯބިކުރީ އެކަނިވެރިކަމަށް.

***

އަލްވިން ޝިމްލާއާއި ދިމާއަށް އެނބުރިލިއެވެ. އަދި އެ މައުސޫމް މޫނަށް ފުންކޮށް ނަޒަރު ހިންގާލިއެވެ.

“އަހަރެންގެ މަރުވެފައިވާ ހިތަށް ދިރުން ގެނެސްދިން ހަމައެކަނި މީހަކީ ތިއީ. އަހަރެންގެ ނިވިފައިވާ ބައްތީގެ ހުޅުކޮޅު އަލުން ދިއްލެން އުޅޭކަމުގެ އިޙްސާސް ފުރަތަމަ ފަހަރަށް ކުރެވުނީ ޝިމް ފެނުމުން. ދެވަނަ ފަހަރަށް އަހަރެންގެ ހުއްޓިފައިވާ ހިތުގައި ވިންދު ޖަހާލީ ޝިމްއަށްޓަކައި. މައިޝާއެއް ދެން އެނބުރި ނާންނާނެ. މައިޝާގެ ހަނދާނުގައި އެއްވެސް އަލިކަމެއްނެތް ދުނިޔެއެއްގައި ހަތްމަސްދުވަސް އަހަރެން ވޭތުކޮށްފިން. އަހަރެން ދެން ބޭނުމީ ޝިމްއާއިއެކު އަލުން އާފެށުމަކުން ފަށަން. އަހަންނަށް މިހާރު ބޭނުމީ ޝިމްލާގެ އޯގާތެރިކަމާއި އަޅާލުން. ތިޔަ ލޯތްބާއި ނުލާ ދެން ކެތެއްނުވާނެ. އަލްވިން ވަރަށް ވަރަށް ލޯބިވޭ ޝިމްދެކެ. ވިލް ޔޫ ބީ މައިން ފޯރ އެވާރ” ޝިމްލާގެ ދެއަތުގައި ހިފައިގެން ޝިމްލާގެ ކައިރީގައި ސޯފާގައި އިށީނދެއިން އަލްވިންގެ ދުލުން ފުރަތަމަ ފަހަރަށް ޝިމްލާއަށްޓަކައި ހިތުގައިވާ ލޯބި ފާޅުކުރިއެވެ. ޝިމްލާ ދެލޯ ބޮޑުކޮށްލައިގެން ހައިރާންވެފައި އިންއިރު އެކޯތާފަތް މައްޗަށް ފިޔާތޮށިކުލަ އަރަމުންދިޔައެވެ. ޝިމްލާ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން މަޑުމަޑުން ބޯޖަހާލިއެވެ. އަދި އަލްވިންގެ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ.

“އަލްވިން!” ޚިޔާލީ ދުނިޔެއަށް ގެއްލިފައިހުރި އަލްވިންއަށް ހޭވެރިކަންވީ ޝިމްލާ ގޮވާލުމުންނެވެ. އަލްވިންގެ ލޯ އަމާޒުވެފައިވަނީ ސޯފާއިން ތެދުވެގެން އަލްވިންއާއި ދިމާއަށް ހިނގާލާފައި އަންނަ ޝިމްލާއަށެވެ. އޭރު ދެހިތުގެ ތެޅުންވެސްވަނީ އަވަސްވެފައެވެ.

ޝިމްލާއަށް އެޅުނީ ދެތިން ފިޔަވަޅެވެ. އަލްވިންއަށް ޝިމްލާހުރި ހިސާބަށް ނުދެވެނިސް ޝިމްލާ ބަނޑުވަތަށް ވެއްޓިއްޖި ޚަބަރު ހުސްވެއްޖެއެވެ. އަލްވިން ދުވެފައި ގޮސް  ޝިމްލާ އަތްދަނޑި މައްޗަށް އުފުލާލުމަށްފަހު ސޯފާގައި ބޭއްވިއެވެ. އަދި ކައިރީގައި ހުރި ފެންފުޅިން ފެންފޮދެއް ޝިމްލާގެ މޫނުގައި ކާއްތާލިއެވެ. ނަމަވެސް އަދިވެސް ޝިމްލާ ހޭއަރާގޮތެއް ނުވިއެވެ. ހަމަ އެވަގުތު މުޅި އެޕާރޓްމެންޓުން ކަރަންޓް ދިޔައެވެ. އަލްވިން ޝިމްލާގެ މަގަތުގައި އިށީނދެ ޝިމްލާގެ އަތުގައި ހިފާލިއެވެ. އޭނާގެ ހިތް ބިރުގަންނަންފެށީ އިންތިހާއަށެވެ.

އަނެއްއަތުން ޖީބުގައި އޮތް ފޯނު ނެގުމާއި އެކު ކަރަންޓް އައެވެ. ދެން އަނެއްކާވެސް ބޮކިތައް ނިވިދިއްލެން ފަށައިފިއެވެ. އަލްވިންއަށް ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލެވުނީ ބިރުވެރިކަން ވަށާލައިފިކަމުގެ އިޙްސާސް ކުރެވުމުންނެވެ. އަލްވިންއަށް ބޭއިޚްތިޔާރުގައި ޝިމްލާގެ ދެއަތް ގެނެސް މެއާލާ ބޮނޑިކޮށްލެވުނެވެ. އެ މައުސޫމް ކުއްޖާއަށް އެއްވެސް ގެއްލުމެއް ވެދާނެތީ އަލްވިންގެ ހިތް ނުތަނަވަސްވަނީއެވެ. އަލްވިން އެއްއަތުން މަޑުމަޑުން ޝިމްލާގެ މޫނުގައި ފިރުމާލިއެވެ. އެދެލޮލުން ފެންނަމުންދަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.

ބާރު ގަދަ އަތަކުން އަލްވިން ދުރަށް ހޫރާލިއެވެ. ހޫރާލިލެއް ބާރުކަމުން ކައިރީގައިހުރި ކޮފީ މޭޒާއިއެކު އަލްވިންގެ ހަށިގަނޑު ގޮސްޖެހުނީ ކުޑަދޮރުތަކާއި ދިމާލުން ފާރުގައެވެ. ފާރުގައި ޖެހިފައި މުށިތައް މައްޗަށް ވެއްޓުމާއިއެކު މޭޒުގެކަން އަލް ވިންގެ ނިތްކުރީގައި ވަރަށް ބާރަށް ޖެހި އެތަނުން ލޭއަންނަންފެށިއެވެ. އަލްވިން ގަދަކަމުން ލޯ ހުުުޅުވާ ޝިމްލާ ކޮބައިތޯ ބަލާލިއެވެ. ކުރިމަތިިިން ފެނުނު މަންޒަރުގެ ސަބަބުން އަލްވިން އެހާލުގައިވެސް ކޮޅަށް ތެދުވަން މަސައްކަތްކުރިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ޒާރާ (1)

Next

ޒާރާ (2)

Next
July 24, 2017

ޒާރާ (2)

Previews
July 23, 2017

ޒާރާ (1)

18 Comments!

  1. Psenhi says:
    July 24, 2017 at 12:31 pm

    Surprise! Hope u like it 🙂

  2. merr says:
    July 24, 2017 at 12:41 pm

    wowww
    varah reethi
    waiting for the next part <3

  3. sam♥ says:
    July 24, 2017 at 12:55 pm

    waiting next part … v reethii mi part vessa♡♡♡

  4. Juvey says:
    July 24, 2017 at 12:57 pm

    Kon irakun next part ????

  5. ???? says:
    July 24, 2017 at 1:10 pm

    Yes I like it….. varah reethi n waiting ingey????????

  6. Psenhi says:
    July 24, 2017 at 1:11 pm

    Thnkx ol. Soon

  7. Alvin says:
    July 24, 2017 at 1:41 pm

    It is superb! I love the story but, could you pls write a bit, no, much longer?

  8. thuhthi says:
    July 24, 2017 at 2:05 pm

    so ereyyy maisha kairy hury saashaa dhw??? eii dhw amjadhu aa bakuru hoadhi jinni… ?????? ahahaahhhaaaa … wat to say?? really faunny…. hope shimla maraanula alvin aaa gulhuvaane kamah.. but furathama e handiaa maraaaaaaa… aaahahahahahaaaaaaa 😀 …………

  9. who am i? says:
    July 24, 2017 at 2:42 pm

    woww.. vvvv nyce

  10. Psenhi says:
    July 24, 2017 at 3:24 pm

    Thnkx ol for ur support. Let’s c dhw ey konsifaehge kon ehchehkan

  11. khajja says:
    July 24, 2017 at 3:30 pm

    Masha allah v rythi stry ?? shim ah dheragothennuhadhachchey pls mifaharu alvin ah hageegaiy kommes varakan angabala n alvinge mom ah aadheveyne nama noony quraan kommess gothakun adu iveyne nama dhw mifaharu alvin ah dheravaagothennuhadha chchey e ulhey ethyge kibain shaashaa viyas badhalu hifaane namadhw stry v speechless when nxt prt plx avahah up kollachchey plx

  12. Star says:
    July 24, 2017 at 5:20 pm

    haadha kurey up kuraa thankolhu. story varah reethi ekam.

  13. Psenhi says:
    July 24, 2017 at 6:38 pm

    Psenhi hithah araa baeh readers ah mind read kuran engeny bayey. 😉 thnkx for da comments. Trying

  14. Adha? says:
    July 24, 2017 at 6:47 pm

    Ey alhe e dhekudhinnah dhera gotheh nahadhahchey.. waitingss ❤❤❤❤

  15. Reader says:
    July 24, 2017 at 8:35 pm

    Vedhaane saashaa kamah ves or maishaa kairiah ai ethi kamah ves

  16. Fary says:
    July 24, 2017 at 9:04 pm

    Ayey next part avaha up koladhee?

  17. Shaa says:
    July 25, 2017 at 10:56 pm

    Very interesting story. Waiting for the next part

  18. Beauty says:
    July 26, 2017 at 1:21 am

    Mi vaahaka maa bodah ves Reethi… Dhen biruveri kuran ulhey

Comments are closed.

Next Episodeއެ ތޫފާނީ ރޭ (14)←


All Right Reserved!