ހިތް ބޭނުމޭ (2)
“އައި އެމް ސޮރީ މިސްޓަރ ރިވާއު. ހީ އިޒް އިން ކޯމާ. ވޭ ކާންޓް ސޭ އެނީތިންގ ޓިލް ހޭ ވޭކްސް އަޕް.” ރިވާއުގެ ކޮނޑު މަތީގައި އަތް ބާއްވާލަމުން ޑޮކްޓަރު ބުނެލި ވާހަކައިން ރިވާއު ހުރީ ގަނޑުވެފައެވެ. މިވީ ކިހިނެތް ހެއްޔެވެ. މަންމަ އަށް ދެން ވާނީ ކިހިނެތްބާވައެވެ. އެ ފަކީރު ރޮއެ ރޮއެ ހަލާކުވެދާނެއެވެ. މިފަދަ ޚިޔާލުތަކުން ރިވާއުގެ ސިކުނޑި ހާސްކުރަމުން ދިޔައެވެ. ދުރުގައި ހުރި ރަޔާންވެސް ހުރީ އެފަދަ ހާލެއްގައެވެ. މަޑު ހިގުމެއްގައި ގޮސް ރަޔާން ރިވާއު ކައިރީ މަޑުކޮށްލިއެވެ. “ދޮންބޭ. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް. ހިތްވަރުކުރީމަ ހުރިހާ ކަމެއްވެސް އޯކޭ ވާނެ.” ރަޔާން ވާހަކަ ދައްކަމުން ދިޔައެވެ. ” ބައްޕަގެ ކަންތައްތައް މިކޮޅުގަ ހަމަޖައްސަން ވީނު މާލެއަށް ވުރެ ރަނގަޅު ވާނެ. މަންމައަށް ވެސް މިކޮޅުގަ މަޑުކުރެވޭނެ އެންނު. ދެން އަޅުގަނޑު ވެސް ހުންނާނަން ބައްޕަ ގާތުގަ. ދޮންބެ ދާންޖެހޭނެ އެންނު އޮފީސްކަންތައް ބަލަން.” ރަޔާން އަށް ފެންނަ ގޮތް ހާމަކުރަމުން ދިޔައެވެ. ” ޔެސް ޔޫ އަރ ރައިޓް. އެހެންނޫނަސް މަންމަ ނުދާނެ ބައްޕަ އެއްކޮށް ރަނގަޅު ނުވަނީސް. ސޯ ދޮންބެ މިކޮޅުގަ މަޑުކުރާނީ ރަޔާން މާލެ ދާނީ.” ދޮންބެގެ ވާހަކައަށް އެއްބަސްވަމުން ރަޔާން ބޯ ޖަހާލިއެވެ. ” ސޯ ދޮންބެ މިދަނީ ހުރިހާ ފޯމަލިޓީސް ތައް ފުރިހަމަ ކޮށްލަން. ޔާން ދޭ މަންމަ ކައިރިއަށް. ދަމުން މަންމަ އަށް އެއްޗެއް ގަނެލައިގެން ދޭ އިނގޭ. ސައިވެސް ނުބޮއެ އެ ހުރީ.” ރިވާއު ދިިޔުމުން ރަޔާން ދިޔައީ ކެންޓީނަށެވެ.
މަރީނާ އަށް ހޭލެވުނީ އެދުވަހު މެންދުރު ވަގުތެއްގައެވެ. ކައިރީގައި އޭނަގެ ދެކުދިންވެސް ތިއްބެވެ. ” މަންމާ ހޭލެވުނީދޯ. ހިނގާ އެއްޗެއް ކާލަން” މަރީނާ ލޯ ހުޅުވި މަންޒަރު ފެނުމުން ރިވާއު މަރީނާ ކައިރިއަށް ގޮސް ވާހަކަ ދެއްކިއެވެ. ” ދަރިފުޅާ ކޮބާ ބައްޕަ؟ “މަރީނާ އެއްމެ ފުރަތަމަ ވެސް އަހާލީ އޭނާގެ ފިރިމީހާ ރަޝީދުގެ ވާހަކައެވެ. ރިވާއު ހުރީ އެވާހަކަ ދައްކާނެ ގޮތެއް ނޭގިގެންނެވެ. މަރީނާގެ ހިތް ހަލާކުވެދާނެއެވެ. މަންމައާއި ބައްޕަ އެކަކު އަނެކަކު ދެކެ ވާ ލޯބި ެދެމީހުންނަށް ރަނގަޅާށް އިގެއެވެ. ބައްޕަ އެހާލުގައިވާ ތަން ދެކެން މަންމަ އަށް ކެތްވާނެ ހެއްޔެވެ. ނަމަވެސް ހިތްވަރު ކޮށްފައި ރިވާއު ވާހަކަ ދެއްކިއެވެ. ” މަންމާ ޖެހޭނެ ހިތްވަރު ކުރަން. ވަރަށް އަވަހަށް ބައްޕަ ރަނގަޅު ވާނެ. މިވަގުތު ބައްޕަ ވީ ކޯމާއެއްގަ .” ރިވާއު ބުނެލި އެއްޗަކުން މަރީނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ނަމަވެސް ރުއިމުގެ ބަދަލުގައި މަރީނާ އިޚްތިޔާރު ކުރީ ކެތްތެރި ކަމެވެ. ﷲ އާއި ވަކީލުކޮށްގެން ކޮންމެވެސް ކާލީ ރަޝީދު އަވަހަށް ރަނގަޅު ވުމަށް ހިތާ ހިތުން ދުޢާ ކުރަމުންނެވެ.
އޮފީހުގެ ދޮރުން އެތެރެއަށް ވަދެގެން އައި އާޝާން އަށް އެންމެންގެ ނަޒަރު ވަނީ ހުއްޓިފައެވެ. ކަޅުކުލައިގެ ޖިލްބާބް ހެދުމެއްގައި ހަމަ ކަޅުކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިރު އެ ދޮން މޫނު އިތުރަށް ދޮން ހެން ހީވެއެވެ. އެއްވެސް މޭކަޕް އެއް ކޮށްފައި ނުވާއިރުވެސް އެ މޫނުގެ ތާޒާ ކަން އެތައް ގުނައަކަށް އިތުރެވެ. އާޝާން ވަދެގެން ގޮސް މަޑުކުރީ ޝިނާންގެ ކައިރީގައެވެ. “ހެލޯ އެންމެން. މިއީ އާޝާން މި އޮފީހުގެ ނިއު އެކައުންޓޭންޓް.” ޝިނާން އާޝާން އެންމެނަށް ތަޢާރަފު ކޮށްދިނެވެ. ” ހައި. އައި އެމް ޒާރާ. ދެން މިއީ ހާނީ އެންޑް މިއީ ޒޭވާ.” ތިންކުދިން ތަޢާރަފުވެލިއެވެ. ” ހެލޯ އައި އެމް އާޝާން ކޯލް މީ އާޝާ.” އާޝާންވެސް ހިނިތުންވެ ހުރެ ވާހަކަދެއްކިއެވެ. އެންމެނާ ކުޑަކޮށް ވާހަކަދައްކާލާ ހެދުމަށް ފަހު އާޝާން ދިޔައީ އޭނާގެ ކެބިނަށެވެ. ކެބިނަށް ވަދެ އާޝަން ހިތަހަމަޖެހޭނެ ހެން އެތަން ތައްޔާރު ކޮށްލުމަށްފަހު އާޝާން ދުވަހުގެ މަސައްކަތް ފަށައިގަތެވެ. ” ހޭ ހާދަ ބިޒީ ކޮށްލައިގެން. ހިނގާ ލަންޗައް ދާން. އަހަރުމެން މިއުޅެނީ ދާން ވެގެން.” ޒާރާ އައިސް ބުނެލިއެވެ. މަސައްކަތައް ގެއްލިފައިން އިން އާޝާން އަށް ގަޑިން ވީ އިރެއްވެސް ބަލާލެވުނީ ޒާރާ އައިސް ބުނުމުންނެވެ. ” ޔާ ހިނގާ ދާން.” އާޝާންވެސް މަސައްކަތް މެދުކަޑާލުމަށްފަހު އެންމެންނާ އެއްކޮށް ދިޔައީ ކެންޓީނަށެވެ. ކެންޓީނަށް ވަދެވުމާއެކު އެންމެންގެ ލޯ އާޝާންއަށް އަމާޒުވެގެް ދިޔައެވެ. އާޝާން ލަދުން އަވަހަށް ކާ އެއްޗެހި އަޅައިގެން އައިސް އެންމެ ކައިރީގައި ހުރި މޭޒުގައި އިށީނެވެ. ” ރީތި ކުދިންނަށް ބެލުމަކީ އިންސާނުންގެ ތަބީޢަތުގައި ލައްވާފައިވާ ކަމެއް.” ޒޭވާ އާޗާން އާ ދިމާކޮށްލިއެވެ. ” ހެހެ ނޮޓް އިނޓްރަސްޓެޑް”. އާޝާންވެސް މަޖާވެލާފައި ބުންޏެވެ. ހަތަރު މީހުން ހީވަނީ ގިން ދުވަސްތަކެއް ވަންދެން ދިމާނުވެ ފެނުނު ބައެއް ހެންނެވެ. އެހާވެސް ރައްޓެހިއެވެ. “ނޮޓް އިންޓްރެސްޓެޑް އޭ ނުބުނާނެ މި އޮފީހުގެ ވެރިން ފެނިފަ. ދޭ އަރ ސޯ އޯސަމް. އެކަމް ބިގް ބޮސްގެ ހުރޭ ބިޓެއް. ލިލް ބޮސް ހަމަ ހުސްކޮށް އުޅެނީ. ލިލް ބޮސް މާ ހޮޓު ވާނެ”. ހީނީ ވެސް ވާހަކައިގައި ބައިވެރިވަމުން ބުނެލިއެވެ. ‘މަށަށް ހީވަނީ ހާނީ ހެން ބޭނުން ވެގެން ތިއުޅެނީ އެހާވަރަށް ބަލާފަ ވިއްޔާ ތިބުނީ.” އާޝާން ހާނީ އާއި ދިމާކޮށްލިއެވެ. ” ރަޔާން ސަރ ވަރަށް ރީތި ވާނެ ދުނިޔެމަތީ ކަމެއް ހެން ހިޔެއް ނުވޭ. ވަރަށް ފަހުން ޖޮއިން ކުރީވެސް އޮފީހާ ސޮ އެހާ ބޮޑަކަށް އިންފޯ އެއް ނެތް.” އާޝާން އަށް ރައްދު ދެމުން ހާނީ ބުނެލިއެވެ. ރަޔާން ސަރ އޭ ބުނެލުމުން އާޝާން އަތުގައި އޮތް ސަމްސާވެސް ދޫނުވީ ކިރިޔާއެވެ. ހަމަ އެ ރަޔާން ބާވައެވެ.! “ކިހިނެތް ވީ؟؟” އާޝާން އަށް ވީ ގޮތް ފެނި ޒަރާ އަހާލިއެވެ. ” ކަކަމެއްނުވޭ. ނޮޓް އިންޓަރެސްޓެޑް އެޓް އޯލް.” އަޅައަޅައިގަންނަމުން ކަހަލަ ގޮތަކަށް އާޝަން ބުނެލިއެވެ. ” ލެޓްސް ގޯ. ބްރޭކް ގަނޑި ވެސް ނިމެނީ އެއޮތް. ވަރަށް ބައިވަރު މަސައްކަތް އެބަ ހުރި.” ރަޔާންގެ ނަން އަޑުއިވުމުން އާޝާންގެ މޫޑު ގޯސްވިއެވެ. އަވަހަށް އެތަނުން ދާން ބޭނުންވީ އެހެންވެއެވެ. އޮފީސް ނިންމާލުމަށްފަހު ގެއަށް ގޮސް އާޝާން އެދުމަތީގައި އޮށޯތެވެ. އާޝާން ވިސްނަމުން ދިޔައީ ހާނީ މިއަދު ދެއްކި ވާހަކތަކާ މެދުގައެވެ. ” އާޝާ ކިހިނެތް ވެފަ؟ ކުޑައްތަ ބުނި އާޝާ ގޮވައިގެން އަންނާށޯ ކާން.” އާޝަންގެ ބޮޑުދައިތަގެ ދަރި އީޝަލް އައިސް އާޝާން އަށް ގޮވިއެވެ. ” މިދަނީ” އެއޮތް ގޮތަށް އޮވެ އާޝާން ޖަވާބު ދިނެވެ. ” ވަޓްސް ރޯންގ ބުނެބަ ދެން ތިހާ ކިއުރިއަސް ނުކޮށް.” އީޝަލް ނުހުއްޓާނެ ކަން އެގުމުން ހުރިހާ ވާހަކައެއް އާޝާން އީޝަލް އަށް ކިޔައިދިނެވެ. ” ވެދާނެ އެންނު އެހެން ރަޔާން އެއް ކަމަށް. އޭނައާ އެއްވަރަށް އޭނަގެ ނަންވެސް އެހާ ގޮތެއްނެތް. އާޝާ އަޅަނުލީމަ ވީނު. ނެކްސް ޓައިމް އަހަރުންވެސް މަޑަކުން ނުތިބޭނަން.” އީޝަލް ހިތްހަމަނުޖެހިފައި ހުރި ވަރު އޭނާގެ ވާހަކައިން ހާމަވެއެވެ. އެހެންވެ އެވާހަކަ މެދުކަޑަލާލަމުން އާޝާން ދިޔައީ ކާންށެވެ. ހަތަރު ދުވަސް ވޭތުވެގެން ދިޔައިރު އާޝާން އޮފީހުގެ ހުރިހާ ކަމެއް ދަސްކޮށްލައިފިއެވެ.
” ރެޑީ ވެއްޖެ ތަ ފުރަން. މިހާރު ގަޑި ޖެހެނީ އެއޮތް.” ލެޕްޓޮޕް ނަގައިން އޮތް ރަޔާން އާއި ރިވާއު ވާހަކަ ދެއްކިއެވެ. ” މިދަނީ މިހާރު. އެއްޗެއް ނިންމާލީ.” ލެޕްޓޮޕް ނިއްވާލަމުން ރަޔަން ބުނެލިއެވެ. ރޭގަނޑު 9ޖެހި އިރު ރަޔާން ހުރީ އެއާޕޯޓުގައެވެ. ރަޔާން އަށް މާލެ ދެވުނު އިރު ގަޑިން އެގާރަ ވެސް ޖަހައިފިއެވެ. ގެއަށް ގޮސް ކާލައިގެން ރަޔާން އުޅުނީ އަވަހަށް ނިދޭތޯއެވެ. ވެފައި ހުރި ވަރުބަލި ކަމުގެ ސަބަބުން ވަރަށް އަވަހަށް ރަޔާން އަށް ނިދުނެވެ.
ހެނދުނު ހެނދުނާ ހޭލައިގެން މަންމަމެންގެ ޚަބަރު ބަލާލުމަށްފަހު ރަޔާން ތައްޔާރުވަމުން ދިޔައީ އޮފީހަށް ދިޔުމަށެވެ. މެރޫން ކުލައިގެ ގަމީހެއްގައި ރަޔާން ފެންނަލެއް ނުލާހިކު ސްމާޓެވެ. ލޯގަނޑު ކުރިމަތީގައި ހުރެ އަތުން އެކި ގޮތް ގޮތަށް އިސްތަށިގަނޑު ރީތިކުރަމުން ދިޔައިރު ފާރުގައި ހުރި ގަޑިއަށް އިރުއިރުކޮޅާ ބަލާލައެވެ. އެންމެ ފަހުން ހިތްހަމަޖެހޭވަރުވުމުން ގަޔަށް ސެންޓު ޖަހާލުމަށްފަހު ލޯގަނޑުން އަމިއްލަސޫރަ ބަލާލަމުން ހިނިތުންވެލިއެވެ. އަމިއްލަ ރީތި ކަމަށް ރަޔާން ފަޚުރުވެރިވެއެވެ. ގަޑިޖެހެން ކައިރިވަމުންދާތީ ރަޔާން ދިޔައީ ސައިކަލުގައެވެ. ” މޯނިންގް ސަރ އަންގާވެސް ނުލަމެންނު މިކޮޅަށް ދުރުވި ވާހަކަ.” އޮފީހަށް ވަދެގެން އައި ރަޔާން ފެނި ޝިނާން ބުނެލިއެވެ. “ކަންތައްތައް ހަމައަކަށް އެޅުނީމަ މިއައީ. ކޮންޓިނިއު ޔުއްރ ވޯކްސް.” ޝިނާން އަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ރަޔަން ބުނެލިއެވެ. އެއަށްފަހު އޭނަގެ ކެބިން އަށް ދިޔައެވެ.
” ޒާ މިއުޅެނީ މި މަހުގެ ސޭލް އާއި ރިކޯޑްތަކާއި ދިމާނުވެގެން. ހުރިހާ ބިލްސް ތަކެއް ހުންނާނީ ކޮންތާކު؟” ޒާރާ އަށް ގޮވާލަމުުން އާޝާ ވާހަކަދެއްކިއެވެ. ” ރަޔާން ސަރ ކެބިންގަ ވާނީ. ގޮއްސަ ނަގާ އޯކޭ ވާނެ. ސަރ ވެސް ނެތެންނު” އާޝާންގެ ސުވާލަށް ޖަވާބު ދެމުން ޒާރާ ބުނެލިއެވެ. އާޝާްން ރަޔާންގެ ކެބިންއާއި ދިމާލަށް މިސްރާބު ޖެހީ ވާން އުޅޭ ކަންތައް ނޭގިހުރެއެވެ. މަސައްކަތުގައި ބިޒީވެގެން އިން ރަޔާން އިސްއުފުލާ ބަލާލީ ޓަކި ޖަހާލުމެއްނެތި މީހަކު ކެބިންއަށް ވަނުމުންނެވެ. އެތެރެއަށޤ ވަދެގެން އައި އަންހެންކުއްޖާ ފެނި ލާން އުޅުނު ނޭވާ ވެސް އެތެރެހަށީގައި ތާށިވިހެން ރަޔާން އަށް ހީވިއެވެ. އެއީ ހަމަ އެ އާޝާންއެވެ. އެތައް ހާސް ޚިޔާލްތަކެއް ރަޔާންގެ ސިކުނޑީގައި އެވަގުތު ހިނގަމުންދިޔައެވެ. އާޝާންގެ ހާލު މިއަށްވުރެ ނުބައެވެ. ހުއްޓުން އަރާފައި ހުރެވުނީ ރަޔާންގެ ސޫރަ މިފަދަ ގޮތަކަށް ފެންނަނެ ކަމަށް ހީކޮށްފައި ނެތީމައެވެ. އާޝާންގެ ލޯ ފެންކަޅި ވަމުން ދިޔަ މަންޒަރު ރަޔާން އަށް ފެނި އެ ހިތުގައި ރިއްސާލިއެވެ. “އޭޝް..” ރަޔަން އަށް ބުނެވުނީ އެހާވަރަށެވެ. އޭނަގެ ދޫ އިތުރަށް ހަރަކާތް ނުކުރިއެވެ. އާޝާން ހޯދަން އޭނަ ހާދަ މަސައްކަތެއް ކުރިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެމުން އާޝާން ދުއްވައިގަތީ ވޮޝްރޫމް އާއި ދިމާލަށެވެ. އާޝާން އާއި ދިމާލަށް އަތް ދިއްކޮށްލީ ނުދާށޭ ބުނާ ފަދައިންނެވެ. އެ ވަރު ޙައްޤެއްވެސް ރަޔާން އަށް ލިބިގެންނުވާ ކަމަށް އޭނާގެ ޟަމީރު ބުނަމުން ދިޔައެވެ. އެ ޙައްޤު މިގުޅައިގަތީވެސް ރަޔާންގެ އަމިއްލަ ދެއަތުންނެވެ.
ވޮޝްރޫމްގެ ތެރޭގައި ހުރެ އާޝަން ރޮމުން ދިޔައީ އެ ހިތަށް ކުޑަ ނަމަވެސް ލުޔެއް ލިބެތޯއެވެ.ރަޔާންގެ ހަނދާން ތަކާއި ދުރަށް ދާން އެހާ މަސައްކަތް ކުރާ އިރު އެ ސޫރަ އަނެއްކާވެސް އެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. މިހުރިހާ ދުވަހެއްގެ މަސައްކަތް ފެނަށް ދިޔައީއެވެ. ރަޔަންގެ ކެބިން އިން ރޮމުން ނުކުމެގެން ދިޔަ އާޝާން ޒާރާ އަށް ވަރަސް ރީއަޗަށް ފެނުނެވެ. “އާޝަ ކިނިނެތްވީތަ؟ މި ދޮރު ހުޅުވަބަ” ވާނުވާ ނޭގި ހުރި ޒާރާ ކަންބޮޑުވަމުން ދިޔައެވެ. ރަޔާން ސަރ އާއި އާޝާންގެ ކޮންމެވެސް ކަމެއް ވާކަން އެ ހިތް ޤަބޫލުކުރިއެވެ. އެހެންވެ އާޝާން ނުކުންނަން ދެން ޒާރަ ވޮޝްރޫމް ބޭރުގައި މަޑުކުރިއެވެ. ފަނަރަ ވަރަކަށް މިނެޓު ފަހުން އާޝާން ނުކުތް އިރު ޒާރަ ހުއްޓެވެ. ” އާޝާ ކިހިނެތް ވީ؟” ކަންބޮޑުވެފައި ހުރެ ޒާރާ ސުވާލުކޮށްލިއެވެ. ” ޒާ މިވަގުތު ނޫން. ވަރަށް ބޮލުގަ އެބަ ރިއްސާ. ގެއަށް ދާން ބޭނުމީ. އަންގާލައްޗޭ އިގޭ ޕްލީޒް.” ރޮވިފައިވާ އަޑަކުން އާޝާން ބުނެލިއެވެ. ޒާރާވެސް އިތުރު ސުވާލެއް ނުކޮށް އެއްބަސްވެލީ މިގަޑީ އާޝާން އާއި ވާހަކަ ދައްކުން އެހާ ރަނގަޅު ނުވާނެތީއެވެ. ކެބިނަށް ވަދެ ދަބަސް ނަގައިގެން އާޝާން ދިިޔައީ ގެއަށެވެ.
ބޮލުގައި އަތުން ހިފަހައްޓައިގެން އިން ރަޔާން ހިތަށް އަރަމުން ދިޔައީ އާޝާން އާއި މެދު ކަންތައް ކުރެވުނު އިހާނާތި ގޮތްތަކެވެ. ކުއްލިއަކަށް ޖީބުގައި އޮތް ފޯނު ނަގައި ނަމްބަރަކަށް ޑައިލް ކޮށްލިއެވެ. ” އޭ ބްރޯ. ވަރަށް ބޮޑު ކަމެއް ވެގެން މިއުޅެނީ. ދޭބަ ސީހައުސް އަށް. މަ މިދަނީ އަވަސް އިގޭ.” ވަރަށް އަވަސް ކޮށް ހުރިހާ ވާހަކައެއް ދައްކާލަމުން މޭޒުމަތީގައި އޮތް ތަޅުދަނޑި ނަގައިގެން ރަޔާން ނުކުތީ ބޭރަށެވެ.
18 Comments!
Comments are closed.

Woooowww..nice
Thanks Xxxx
Me hama varah salhi vaahaka eh..
V salhi konirakun next part
V reethi vaahaka
Plx avahah up kohlla dhy .. cant wait .. vrh laobi vrh salhi …
Varah reethi n waiting 4 nxt part….
haadha reethi vaahaka ekey
Wow maasha Allah story was amazing.. Plx up soon.
Its superb dear?… waiting for the next ep ❤❤❤❤
Eh ves reehcheh noon..heevany ingireysin vaahaka dhahkan neengey myhaku liyefa oy vaahaka eh hen
Vrh reethi story eh. Awaha upkoh dehchey
wow wow
waiting for the next part
Myy vaahakaeh gey copy ehtha….
Myy vaahakaeh gey copy ehtha……
Myy vaahakaeh gey copy ehtha…… Mi gotheh liyehfa in vaahakaeh kiyee
aashan aa rayaan mee maakurin dhimaa vi dhe meehuntha?kuriyah ohna baa v balaa laa hihve….dhen konthuvahaku baa ahanaanee 3 part…
Kyvetha mivahaka up nukurany.mihen vanya v foohivey. V kiya hithun mihury.avas up kohlaba