” ޒިވާން އާއި މެރީ ނުކުރޭ.. އަހަރެން ވަރަށް ލޯބިވޭ އަރުޝީ ދެކެ” އާރާވް ޖުމްލައިން އަރުޝީގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އާރާވްގެ މޭގައި ބޯއަޅާލެވުނީ އަރުޝީވެސް ލޯބިވެޔޭ ބުނަމުންނެވެ. އެވަގުތު ދެމީހުން ސިއްސައިގެން ގޮސް ދުރަށް ޖެހުނީ ޒިވާންގެ ބަރުއަޑުންނެވެ. …………………………………….. ނިދިފައި އޮތް އަރުޝީއަށް ފުންމައިގެން ތެދުވެވުނެވެ. ފެނުނު ހުވަފެނާ މެދު ވިސްނާލުމާއެކު ހިތަށް ބިރުވެރިކަން ވަނެވެ. މުޅި މީހާ ދާހިއްލާ ފޯވެފައި އިންއިރު މޭގައި އަތް އަޅާލައިގެން އިނީ […]
ކުރީގެ އަދަދާއި ގުޅޭ: ޒާރާ އޮށޯވެގެން އޮތްއިރުވެސް ޓީވީއިން ލަވަތައް އަންނަމުން ދިޔައެވެ. ލަވައާމެދު ނުވިސްނަން އުޅުނަސް ހަމަ ވިސްނެނީ އެއާއި މެދުގައެވެ. މިކަމާހެދި، އުނދަގޫވެގެން އެންމެފަހުން ޒާރާގެ ބޮލުގަވެސް ރިއްސަން ފެށިއެވެ. ބޮލުގަ ރިއްސަން ފެށުމުން ޒާރާ އަނެއްކާވެސް އުޅުނީ ނިދޭތޯއެވެ. އެހެނަމަވެސް އުޅެއުޅެވެސް، ޒާރާއަށް ނިދޭގޮތެއް ނުވިއެވެ. އެހެންވެ ފޯނުނަގާފައި ޒާރާ މެސެޖްކޮށްލީ ރިޔާއަށެވެ. ” ހަމަ ތެދެއްތަ ޒާރާ؟ މަ ހިޔެއް ނުކުރަން އާހިލްއަކީ އެކަހަލަ މީހެއް ކަމަކަށް. ފިރިހެނަކަށްވެހުރެ އެހާ ފިނޑި […]
“މަންމާ ހާދަ ބުރަކޮށްލައިގެން ތިއުޅެނީ ހާދަ ވަސް ރަނގަޅޭ” ބަނދިގެއަށް ވަންނަމުން އީތަން އަހާލިއެވެ. “އާ…ދަރިފުޅާ މިއުޅެނީ ކަޅު އަކިރި ގަޑަށް ދާކަށް ނޫންތަ އެހެންވީމަ ވަސް ރަނގަޅު ވާނޭއްނޫން އަމީނައްތަމެން ދާންބޭނުންވަނީ އެތަނައް ވިއްޔާ” ރާބިއާ އީތަން ބަނދިގެއަށް ވަނުމުން ބުނެލިއެވެ. “އެހެންތަ މަންމާ އެތަނަށް ދާކަށް ބިރުނުގަނޭތަ؟!” އީތަން ފާޑަކަށް ހުރެ އަހާލިއެވެ. “ނޫނޭ ދަރިފުޅާ….މަންމަވެސް ބިރުގަނޭ ބިރުގަތަކަސް ކީތް ކުރާނީ އަމީނައްތަމެން ދާންބޭނުން ވީމަ ދާން ވާނެއްނޫން، ދަރިފުޅު އެއްޗެހިތައް ބޭރަށް ނެރެން […]
“އޭ ބްރޯ ވަރަށް ބޮޑު ކަމެއް ވެއްޖެ ދޭބަ ސީހައުސްއަށް މަ މިދަނީ މިހާރު.” ފޯނުން ވާހަކަދައްކަމުން މޭޒުމަތީގައި އޮތް ތަޅުދަނޑި ނގައިގެން ރަޔާން ދިޔައީ ބޭރަށެވެ. ސައިކަލު ދުއްވަމުން ދިޔަ އިރުވެސް ރަޔާން ގެ ސިކުނޑިވަނީ އާޝާންގެ ޚިޔާލްތަކުން ފުރިފައެވެ. އާޝާންގެ ފެންކަޅިވެފައިވާ ދެ ލޯ ރަޔާންގެ ހިތް އިތުރަށް ޒަޚަމް ކުރަމުން ދިޔައެވެ. ދިހަ ވަރަކަށް މިނެޓުތެރޭ ރަޔާން ގޮސް މަޑުކޮށްލީ ސީހައުސް އަށެވެ. އަވަސް ފިޔަވަޅުތަކެއްގައި ރަޔާން ގޮސް މަޑުކޮށްލީ އޭނާގެ އެންމެ ގާތް ރަޙުމަތތެރިޔާގެ ކައިރީގައެވެ. ” ކިހިނެތް ވެފަ މާ ހާސްވެފަ ތިހިރީ. އަނެއްކާ ރީތި ބިޓެއް ފެނުނީތަ؟” ރަޔާން އަށް ވެފް އިން ގޮތް ފެނުމުން ޒާއިޤު އަހާލިއެވެ. ރަޔާން އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ބޮޑު ކަމެއް ވެއްޖެ ކަން ޒާއިޤަށް ވިސްނުނެވެ. ” އައި ސޯ ހާރ.” އެއިން ގޮތަށް އިދެ ރަޔާން ބުނެލިއެވެ. ” ވަޓް!!! ކޮންތާކުން؟؟” ޒާއިޤުވެސް ހައިރާންވެފަ އަހާލިއެވެ. ” އޮފީހުގެ ނިއު އެކައުންޓެންޓް. އެދުވަު އިންޓަވިއު ލިސްޓު ބެލިއިރު އޭނަގެ ނަން އޮތް. މަށެއް ހިއެއް ނުކުރަން އޭނައަށް ވެދާނެ ކަމަށް. އަނެއްކާ އެދުވަހު ބައްޕަ ބަލިވެގެން މެލޭ އަށް ދިޔަ ދުވަސް. މަށަކަށް ނޭގެ ދެން ހަދާނެގޮތެއްވެސް. ދުވަހަކުވެސް މާފެއް ނުކުރާނެ.” ރަޔާން ހުރީ ވަރަށް ދެރަވެފަ ކަން އޭނާގެ ވާހަކަތަކުން ޒާއިޤުއަށް އެގުނެވެ. ” ޔާންއަށް އޭރުވެސް ނަސޭހަތް ދިނިން. އެގޮތަށް ނޫޅޭށޭ. ޔާން އަށް އޭރު މުހިއްމު ނުވި އަހަރެންގެ ވާހަކަތައް. އެ ގެންގުޅުނު ރައްޓެހިން ޔާން ރަނގަޅަށް ހަލާކުކޮށްލާފަ ތިހިރީ. ފަހަރަކު އަންހެންކުއްޖެއްވިއްޔާ ގެންގުޅުނީ.” ޒާއިޤު ވަރަށް ހިތްހަމަނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ. ” މަށަށް އިގެޔޭ ތިކަން. އޭނަ ދެކެ ލޯބިވާނެއޭ މަށެއް ހިއެއްނުކުރަމޭ. އެހެންނޫންނަމަ އެހެން ކަންތައް ނުކުރީސް. މަށަކަށް ނޭނގެ ދެން އޭނައާއި ފޭސް ކުރާނެ ގޮތެއްވެސް. ” ރަޔާންވެސް އޭނަގެ ހިތުގެ އުދާސްތައް ބޭރުކުރަމުން ދިޔައެވެ. ” އާޝާން އެއްޗެކޭ ބުނިތަ؟” ޒާއިޤު ސުވާލުކޮށްލިއެވެ. ޒާއިޤުގެ ސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން ރަޔާން ބޯ ހޫރާލިއެވެ. ” މަށަކަށް ނޭގެ ބުނާނެ އެއްޗެއް. ތިކަމުގަ 100% ގޯސް ހެދީ ރަޔާން. ކޮންމެގޮތެއްވިޔަސް ރަޔާން އާޝާން ބޭނުމިއްޔާ އޭން ކޮންވިންސް ކުރޭ. ތެދު ތެދަށް ހުރިހާ ވާހަކައެއް ކިޔާދީ.” ޒާއިޤުގެ ވާހަކަތައް ރަޔާން އަޑުއަހަމުން ދިޔައީ ކުއްވެރިއެއް ފަދައިންނެވެ. އަޞުރު ނަމާދަށް ބަންޤި ގޮވީ އެދެމީހުން އެހެން އާޝާންގެ ވާހަކައިގައި ތިއްބައެވެ. އޮފީހުން ނުކުމެގެން ގެއަށް ދިޔައިރު އާޝާން ހުރީ ރޮއެ ރޮއެ ހަލާކުވެފައެވެ. ނަސީބު ރަނގަޅުކަމުން ގޭގަ އެކަކުވެސް ނޫޅެއެވެ. ދިޔަ ގޮތަށް ގޮސް އާޝާން ވެއްޓިގަތީ އެނދު މައްޗަށެވެ. އޭރުވެސް އެ ދެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެ ހިތަދަތި ދުވަސްތައް އާޝާން އަށް ހަނދާންވަމުން ދިޔައެވެ. ********************************************************************************* އާޝާން އާއި ރަޔާން އެންމެ ފުރަތަމަ ދިމާވީ އެދެމީހުން ގްރޭޑް ދިހައެއްގަ އުޅެނިކޮށެވެ. އާޝާންގެ މަންމަ އާއި ބައްޕަ ވަރިވުމުން އަޝާން ނުވައެއް ނިންމި އަހަރު އެދެމައިން މާލެ ބަދަލުވީ އާޝަންގެ މަންމައާއި އެއްބަނޑު އެއްބަފާ ދައްތަ ކައިރިއަށެވެ. އާޝާން އަކީ ކިޔެވުމަށް މޮޅު ކުއްޖެއް ކަމުން ވަރަށް ފަސޭހައިން އަހްމަދިއްޔާ ސްކޫލް އިން ޖާގަ ލިބުނެވެ. އަހްމަދިއްޔާގައި ކިޔަވައިދެނީ އަންހެން ފިރިހެން ވަކިން ކަމަށް ވުމާއެކު ދެޖިންސުގެ ކުދިން އެހާ ގިނައިން ދިމާނުވެއެވެ. ރަޔާން އަށް އެންމެ ފުރަތަމަ އާޝާން ފެނުނީ ސްކޫލް ފަށައިގެން ވަރަށް ދުވަސް ވެފައި ވަނިކޮށެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް އާޝާންގެ އެ ރީތި ސޫރަ ރަޔާންގެ ހިތުގައި ބިންވަޅުނެގިއްޖެއެވެ. އާޝާން ހާސިލްކުރުމަށް އެ ވަގުތު ހިތުގައި އަޒުމް ކަނޑައެޅިއެވެ. ނަމަވެސް ޙަޤީޤަތަކީ އެޔަށްވުރެ މާ ކުރިން އާޝާންއަށް ރަޔާން ފެނިފައިވާ ކަމެވެ. ރަޔާން ދެކޭ ހިތްވާ ކަމެވެ. ރަޔާންއާއި ވާހަކަދައްކަން ބޭނުންވާ ކަމެވެ. ނަމަވެސް ހިތުގައި އެ ހުރިހާ ކަމެއް ފޮރުވައިގެން އުޅުނީ އޯލެވެލްގެ ފަހު އަހަރު ކަމަށް ވުމާއެކު ކިޔެވުމަށް އިސްކަންދޭންވެގެންނެވެ. ނަމަވެސް ރަޔާން ދިޔައީ އާޝާން ހާސިލްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. އެންމެފަހުން އާޝާން އެ ގުޅުމަށް އާއެކޭ ބުނީ ރަޔާން ބޭނުންވާލެއް ބޮޑުކަމުންނެވެ. ދެމީހުންގެ ގުޅުން ކުރިއަށް ދިޔައީ އެއްވެސް މީހަކަށް ނޭގޭ ގޮތަށެވެ. ރަޔާން އާއި ރައްޓެހި ވިއެއް ކަމަކު އާޝާން ސްކޫލް ނިންމާލީ މުޅި ސްކޫލުން އެއްވަނަ ހޯދަމުންނެވެ. ސްކޫލް ނިމުމުން އާޝާން އަށް ކުޑަ ނަމަވެސް މިނިވަން ކަމެއް ލިބުނެވެ. އޯލެވެލްގެ ގަދަ ތިން ވަނައިގައި ހިމެނުމުން އާޝާންގެ ބައްޕަ ހަދިޔާއަކަށް ފޯނެއް ދިނުން ވެގެން ދިޔައީ އެ ގުޅުން ކުރިއަށް ގެންދަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. އާވާރާވެފައިވާ މީހެއް ފަދައިން އާޝާން ހޭދަކުރަމުން ދިޔައީ ރަޔާންގެ ޚިޔާލްތަކުގައެވެ. ދަރިފުޅުގެ އުޅުމަށް މިއައި ބަދަލު އާޝާންގެ މަންމަ ޝާހީން ދިޔައީ ވަރަށް ކައިރިން ބަލަމުންނެވެ. ނަމަވެސް އެކަމާ އެހާ ބޮޑަށް އަޅާނުލީ އެ އުމުރުގައި ކުދިންގެ ޚިޔާލު ޝާހީންއަށްވެސް އިގޭތީއެވެ. ދަރިފުޅަށް އެހާ މަޖުބޫރުކޮށްގެން އުޅެން ބޭނުންނުވާތީއެވެ. ދުވަހަކީ ހުކުރު ދުވަހެއް ކަމުން އާޗާން އާއި އޭންގެ މަންމަ ދިޔައީ ޝޮޕިންގ އެއް ކޮށްލާށެވެ. މަންމައާއި އެކު ފިހާރަތަކަށް ވަންނަމުން ދިޔަ އާޝާންގެ ނަޒަރު ހުއްޓުނީ ސައިކަލު ދުއްވަމުން ދިޔަ ރަޔާންއަށެވެ. އާޝާންގެ ހިނިތުންވެ ހުރި މޫނު ބަދަުލުވާކަށް ގިނައިރެއް ނުނަގައެވެ. ފަހަތުގައި ކޮންމެވެސް އަންހެންކުއްޖަކު ރަޔާންގެ ގައިގައި ބައްދާލައިގެން އިނެވެ. އެދެމެދުގައި ވައިރޯޅިއެއް ދާނެހާ ޖާގައެއްވެސް ނެތެވެ. ވަގުުތުން އާޝާންގެ ލޯ ފެންކަޅިވެގެން ދިޔައެވެ. އެތައް ހާސް ޝަކުވާއެއް ރަޔާންއާއި ކުރަން ބޭނުންވިއެވެ. ނަމަވެސް މަންމަ ކައިރީގައި ހުރުމުން އާޝާން އެނާގެ އުހުސާސްތައް އެތެރޭގައި ހިފަހައްޓާލިއެވެ. ގެއަށް ދެވުމުން އާޝަން އެންމެފުރަތަމަ ވެސް ގުޅީ ރަޔާން އަށެވެ. ރަޔާން ފޯނު ނެގުމުން އާޝާން ފެށީ ރޯށެވެ. ހާސްވެފައި ހުރި ރަޔާން ވީ ކީއްތޯ އެހުމުން އާޝާން ހުރިހާ ވާހަކައެއް ކިޔާދިނެވެ. ރަޔާން ވާހަކަ ހަމަޖައްސާލީ އެއީ ކަޒިން ކުއްޖެކޭ ބުނަމުންނެވެ. ތަނަކަށް ގެންގޮސްދޭން ދިޔައީ ކަމުގައި ރަޔާން ބުންޏެވެ. އާޝާން ދެކޮޅު ހެދުމެއްނެތި ރަޔާން ގެ ވާހަކަ ޤަބޫލްކުރީ އޭނަ ދެކެ ވާ ލޯތްބެއްގެ ބޯޑުކަމުންނެވެ. ” ހެހެ.. ކަލޭމެން ބުނީމެންނު މަށަކަށް އާޝާން ނުލިބޭނެއޭ. މިހާރުވެސް މަ ކިޔާ ކޮންމެ އެއްޗެއް ޤަބޫލުކޮށްގެން އެ ހުންނަނީ.” ފޯނު ބާއްވަމުން ރަޔާން އޭނަގެ އެކުވެރިން ކައިރީގައި ފޮނި ކަނޑާލިއެވެ. ” ކަލެއަށް ކަމެއް ވީ ކަމަށް ވާނީ މިކަމުގަ އޭނަ ބައިވެރި ކުރީމަ. އެންމެ ކުޑަ މިނުން އަހަރުމެންނަށް އިންޓްރޮޑިއުސްވެސް ނުކޮށްދެވޭ. މާ ފޮނިވެފަ ވާހަކަ ތި ދައްކަނީ.” އާހިލް އަތުގައި އޮތް ސިގިރެޓް އެތެރެއަށް ދަމާލަމުން ވާހަކަދެއްކިއެވެ. ” ވަގުތު އައިސް ޖެހުނީމަ ހުރިހާ ކަމެއް ވެސް ކުރާނަން.” އާހިލްގެ އަތުގައި އޮތް ސިގިރެޓް ނަގަމުން ރަޔާން ބުނެލީ ވަރަށް އަޒުމުގައެވެ. ރަޔާންމެން ތިބީ އާހިލްމެން ގޭގައެވެ. ސިގިރެޓަކަށް ފަހު ސިގިރެޓެއް ހުސްކުރަމުން ދިޔަ ދެ މީހުން މައްޗަށް ބަލާލި ކޮޓަރީގެ ދޮރު ހުޅުވަމުންނެވެ. އާރިމް އާއި ކޮންމެވެސް އަންހެންކުއްޖެކެވެ. ފަހަތުގައި ހުރި އާރިމް ލާނެތްގޮތަކަށް ހެވިފައި ރަޔާން މެންނާ ދިމާލަށް ބަލަމުން ގެއިން ނުކުމެގެން ދިޔައީ އެ އަންހެން ކުއްޖާ އެއްކޮށެވެ. ދިހަ ވަރަކަށް މިނެޓު ފަހުން އާރިމް އައިސް އާހިލް މެން ކައިރީ ޖައްސާލިއެވެ. ” މަށަށް ވެސް ދީބަލަ.” ރަޔާން އަތުގައި އޮތް ސިގިރެޓް ފޮށި އަތުލަމުން އާރިމް ބުނެލިއެވެ. ” ކަލެއަށް އަދިވެސް ނުފުދޭތަ ތީތި ތި ނެގީ.” އާރިމް އާއި ދިމާކޮށްލަމުުން ރަޔާން ބުނެލިއެވެ. ” ކައެ މެން ވީޑިއޯ ކޮޅު ފޮނުވާލައްޗޭ މަ މިދަނީ ނިދަން.”އެހެން ބުނެ އާރިމް ދިޔައީ މައްޗަށެވެ. އެމީހުންގެ މަަސައްކަތަކީ އެއީއެވެ. އަންހެންކުދިންނާ އެކު ނަހަމަ ގުޅުން ހިންަގުމަށްފަހު އެ ވީޑިއޯ ތައް ބޭރުގެ ސައިޓަކަށް ވިއްކަނީއެވެ. އާރިމްއާއި އާހިލް ލާރި ހޯދަން ކުރާ މަސައްކަތަކީ އެއީއެވެ. އެދެމީހުންނާއި ޖެހި ރަޔާން ހުރީ މަގު އޮޅިފައެވެ. ލާރި ނުލިބެތީއެއް ނޫނެވެ. އެއީ މާ “ކޫލް” ކަމެއްގެ ގޮތުގައި ރަޔަން އަށް ފެންނަތީއެވެ. އެނަގެ އެންމެ ގާތް އެކުވެރިޔާ ޒާއިޤުގެ ނަސޭހަތްތަކަށް ބީރު ކަންފަތެއް ދީ ގިނަވަގުތު ހޭދަކުރަމުންދިޔައީ އެދެމީހުންނާއެކުގައެވެ. އާޝާން އަށް މިއިން އެއްވެސް ކަމެއް ނޭންގެއެވެ. އެރޭ ނިދުމުގެ ކުރިން ރަޔާން އާޝާން އަށް ގުޅިއެވެ. ރަޔާން ވިސްނަމުން ދިޔައީ އާހިލް ދެއްކި ވާހަކަތަކަ މެދުގައެވެ. އާޝާ އަށް ގުޅާފައި ބައްދަލު ކުރަން އެދޭ ވާހަކަ ބުންޏެވެ. ފުރަތަމަ އިންކާރުކުރިޔަސް އާޝާން އެއްބަސްވީ މަންމަ ދޭނެ ޖަވާބަސް އިންތިޒާރު ކުރާ ހާލުގައެވެ. ފޯނު ބާއްވާފައި އަވަހަށް ނިދީ މާދަމާ އަކީ ބޮޑު ދުވަހަކަށް ވާނެ ކަމަށް އުއްމީދު ކުރަމުންނެވެ. ރަޔާން އާއި އެއްކޮށް ޑޭޓަކަށް ދާ ފުރަތަމަ ދުވަސް ކަމުން އާޝާންގެ ހިތްވަނީ އަވަސްވެފައެވެ. އެ ދުވަހު ފުރަތަމަ ފަހަރަށް މީހަކު ކައިރީގައި ރަޔާންގެ ވާހަކަ ދެއްކިއެވެ. އާޝާންގެ ކަޒިން އެއް ކަމަށްވާ އީޝަލްއެވެ. ޢީޝަލް ހުރީ ހައިރާންވެފައެވެ. މިހުރިހާ ދުވަހު އޭނައަށް ސިއްރުން އާޝާން އުޅުނު ގޮތް ހިތަށް އަރާފައެވެ. ” ބަޓް އައި ޑޯންޓޤ ތިންކް ހީ އިޒް އަ ގުޑް ގާއި. އެފް ބީ ގަވެސް ވަރަށް އަންހެން ކުދިންނާއެކު ފޮޓޯ ހުރޭ އެންޑް ކޮމެންޓްތައްވެސް. އީޝްމެން ސްކޫލްގަ އުޅުނު އިރުވެސް ލަވަރ ބޯއީ ގެ ނަމުން މަޝްހޫރުވެސް ވެފަ އިންނާނީ.” އީޝަލް އޭނައަށް އިގޭ ވާހަކަތައް އާޝާން އާއި ހިއްސާކުރިއެވެ. ” އީޝް އެީ ކުރީގެ ވާހަކަތަކޭ. ރަޔާން މިހާރު އެހެން ނޫނޭ. އޭނަ އާޝާ ދެކެ ވަރަށް ލޯބިވޭ.” ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ އާޝާން ބުނެލިއެވެ. ” އޯކޭ އާޝާ ބޭނުން ގޮތެއް. އެކަމް ހީވޭތަ ކުޑައްތަ އޯކޭ ވާނެ ހެން ބޭރަށް ދާން.” އީޝަކް އޭނަގެ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ. ” އެެހެންވެ އެންނު އީޝް ކައިރީ މިބުނަނީ ހެލްޕް ވާން. އީޝް އައި އެކު ދަންޏަ މަންމަ އޯކޭ ވާނެ. އެހެންނޫނަސް ދައްތަ ވަރަށް ކޫލް އެއް ނު.” އާޝާން އޭނަ ޕްލޭން ކުރި ގޮތް ކިޔާދެމުންދިޔައެވެ. އެދުވަހު ހަވީރު ދެކުދިން ތައްޔާރު ވަމުން ދިޔައީ ބޭރަށް ދިޔުމަށެވެ. އެހާ ފަސޭހައިން މަންމަގެ އާބަސް ލިބުމުން އާޝާން ހުރީ ވަރަށް އުފަލުންނެވެ. ރަޔާން އާއި ބައްދަލު ކުރަން ނިންމީ ރަސްފަންނު ސަރަހައްދުންނެވެ. ސައިކަލު މަތީގައި އާޝާން އަށް އިންތިޒާރު ކުރަމުން ދިޔަ ރަޔާން ބެލުނީ އަންހެން ކުއްޖެއްގެ އަތުގައި ހިފަހައްޓައިގެން ހުރެ ހިނގަމުން އަންނަ އާޝާންއަށެވެ. ނޫކުލައިގެ ޖީންސަކާއެކު ކަޅު ކުލައިގެ ޓޮޕެއް ލައިގެން ހުރި މޮޑެލަކަށް ވަކި ދޫނުކުރެއެވެ. އާޝާންގެ އެ ދިގު ފަން އިސްތަށިގަނޑު ވަޔާ ވިހުރެން ދޫކޮށްލާފައި އޮތެވެ. ރަޔާން އާއި އަރާ ހަމަކުރި އިރު އޭނާގެ ކަޅި ހުއްޓިފައިވީ އާޝާންއަށެވެ. “ރަޔާން.” އާޝާން ދެތިން ފަހަރު ގޮވާލުމުން ރަޔާން އަށް ހުރެވުނު ގޮތް ހަނދާން ވިއެވެ. ” ރީތި ކަމުން ބެލުނީ” ރަޔާން އަވަހަށް ބުނެލިއެވެ. ” ދެން ރަޔާން. އޯކޭ މިއީ އީޝަލް. އޭޝްގެ ކަޒިންއެއް.” އާޝާެ އީޝަލް ތަޢާރަފު ކުރުމުން ރަޔާން ހާއި އޭ ބުނެލިއެވެ. ބަދަލުގައި އީޝަލް ހިނިތުންވެލިއެވެ. ” އެންމެ ލަސްވެގެން ހައެއް ޖަހަން ވާއިރަށް އަންނާތި.” އެހެން ބުނެލަމުން އިޝަލް މިސްރާބު ޖެހީ ދުރުގައި ތިބި އޭނަގެ އެކުވެރިންތަކަށެވެ. ލަދުން ހުރެ އާޝާ ރަޔާންގެ ސައިކަލު ފަހަތަށް އެރިއެވެ. ” ސީރިއަސްލީ ޔޫ ލުކް ސޯ ހޮޓް މައި ގާލް.” ރަޔާން އަށް ނުހުރެވިގެން ބުނެލިއެވެ. ” ދެން ރަޔާން ހާ ރީތި ވާން ޖެހޭނެ އެންނު އޭޝްވެސް.” ހެމުން ހެމުން އާޝާން ބުނެލިއެވެ. އާޝާން ފަހަތުގައި އިން ނަމަވެސް ރަޔާން ފެންނަމުން ދިޔައީ އާޝަންއެވެ. ފަސްވަރަކަށް މިނެޓު ތެރޭ ރަޔާން ސައިކަލު މަޑުކޮށްލީ އާހިލް މެންގޭގެ ކުރިމއްޗަށެވެ. ” ކޮނަތަނަކަށް މި އައީ.” އާޝާން އަހާލިއެވެ. ” މިއީ ފްރެންޑެއްގެ ގެއެއް. އޭޝް އާއި ވަކިން ދިމާކޮށްލަން ވެގެން މިތަން ހޯދީ. ނޫޅޭނެ ބަޔަކު.” ވަރަށް ލޯބިން ރަޔާން ވާހަކަ ދައްކަމުން ދިޔައެވެ. ޖެހިލުންވެފައި ހުރި ނަމަވެސް އާޝާން ރަޔާންގެ ފަހަތުން ދިޔައެވެ. އެތެރެއަށް ވަދެ ތަޅު ލުމަށްފަހު ރަޔާން ގޮސް އިށީނީ ބޮޑު ސޯފާގައެވެ. ފަހަތުން އާޝާން ވެސް އިށީނެވެ. ” ކަމޯން އޭޝް. ބިރުނުގަނެބަ. އައި ލަވް ޔޫ ސޯ މަޗް.” އާޝާން ގައިގައި ބައްދާލަމުން ރަޔާން ވާހަކަ ދެއްކިއެވެ. ޖެހިލުންވެފައި ހުއްޓަސް ރަޔާންގެ އެ ފިރުމުނަތަކުން އާޝާން ގެ ބިރު ކެޑި ރަޔާން އާއި ގާތްވެލިއެވެ. ދެން ވެގެން ދިޔައީ އާޝާން އެއްއިރެއްގައިވެސް ވާނެ ކަމަށް ހީކޮށްގެން ހުރި ކަންތައްތަކެއް ނޫނެވެ. ދެކޮޅުހެދި ނަމަވެސް އެންމެ ފަހުން އާޝާންވެސް ރަޔާން އަށް އެއްބާރުލުން ދެވުނީއެވެ. ” ޔާން މިއީ އަދީ ރަނގަޅު ކަމެއް ނޫނެއް ނު. އޭޝް ބިރުގަނޭ.” ހެދުން ލަމުން ދިޔަ އާޝާން ބުނެލިއެވެ. ” އެވަރު ކަމެއް ނޫނޭ އެއީ. އާޝާން އަށް އާ ވިޔަސް މި މި ބުނީ އަހަރުމެންނަށް އާ ކަމަކަށް ވިޔަސް އާއްމު ކަމެކޭ އެއީ. ދެން ބިރުނުގަނެ ރެޑީ ވެބަ.” ރަޔާން ވާހަކަ ހަދާލިއެވެ. އާޝާން ހުރީ ރަޔާންގެ ޖަވާބުން ހައިރާންވެފައެވެ. އެހާ ބޮޑު ކަމެއް ވެގެން ދިޔަ އިރުވެސް މީހާ ހަމަޖެހިފައި ހުރުމުންނެވެ. އިތުރަށޤ އެ ވާހަކަ ނުދައްކާ އާޝާން އަވަސްކޮށް ރެޑީ ވެލީ ގެއަށް ދާން ލަސްވާތީއެވެ. **********************************************************************************އާޝާން ސިއްސައިގެން ދިޔައި ދޮރުގައި ޓަކި ދޭ އަޑަށެވެ. އީޝަލް އައީކަަން އެގުމުން މޫނު ރީތި ކޮށްލަމުން ދޮރު ހުޅުވާލިއެވެ. އާޝާްންގެ ހުރިހާ ކަމެއް ދަންނަ އީޝަލް އެ ދެލޯ ސިއްރެއް ނުވިއެވެ. އާޝާ ގެންގޮސް އެދުމަތީގައި ބޭންދިއެވެ. އެއަށްފަހު ކުރުނުކޮށް ވީ ކީއްތޯ ސުވާލު ކުރަމުން ދިޔައެވެ. އެންމެފަހުން އާޝާން ރޮއެ ރޮއެ ފައި ހުރިހާ ވާހަކައެއް ކިޔާދިނެވެ. ” ޝްްޝްޝް.. ދެން ނުރޮއެ ހުއްޓާލާ. އޭނަ ބޭނުންގޮތެއް ހަދާފަ ނޫޅެވޭނެ . މިއީ އަހަރުމެންގެ ފަހަރު ޓު ޓޭކް ރިވެންޖް. އީޝަް ބުނާ ގޮތް ހަދާނަން ދޯ؟” ވިހަ ހިނިތުންވުމަކާއެކު އާޝާން އަށް ދޯ ދިނީ ރަޔާން ބަރުބާދު ކޮށްލާނެ މޮޅު ޕްލޭނެއް ހިތުގައި ރާވާލަމުންނެވެ.
ކުރީގެ އަދަދާއި ގުޅޭ: ދެކުދިންވެސް މަސައްކަތްކުރަމުން ދިޔައީ އޯލެވެލް އިމްތިހާނުން ރަގަޅު ނަތީޖާއެއް ނެރެވޭތޯއެވެ. އެހެންވެ ޗެޓްކުރުމާއި ފޯނުކުރުންވެސް އެދުވަސްވަރު މަދުކުރިއެވެ. ވާހަކަދެއްކިއަސް ގިނައިން ދައްކަނީ ކިޔެވުމުގެ ވާހަކަތަކެވެ. އާހިލްއާ ޒާރާގެ ނަސީބު ރަގަޅުކަމުން އެދުވަސްވަރު، އެއްވެސް މައްސަލައެއްވެސް ނުޖެހެއެވެ. އެހެންކަމުން ދެކުދިންވެސް ކިޔަވަމުން ގެންދިޔައީ ވަރަށް ހިތްހަމަޖެހިގެންނެވެ. ” ރިޔާ.. މަގޭ ހިތް ބުނަނީ ދެން އަވަހަށް ރަށަކަށް ނާދެވޭނެއޭ.. ނޭނގެ ކީއްވެކަމެއް.. މާލެ ގޮއްސަ މަ، އެވާހަކަ އާހިލްއަށް ކިޔާދޭނަން.. މިހާރު ދެއަހަރު […]
ބާރު ގަދަ އަތަކުން އަލްވިން ދުރަށް ހޫރާލިއެވެ. ހޫރާލިލެއް ބާރުކަމުން ކައިރީގައިހުރި ކޮފީ މޭޒާއިއެކު އަލްވިންގެ ހަށިގަނޑު ގޮސްޖެހުނީ ކުޑަދޮރުތަކާއި ދިމާލުން ފާރުގައެވެ. ފާރުގައި ޖެހިފައި މުށިތައް މައްޗަށް ވެއްޓުމާއިއެކު މޭޒުގެކަން އަލް ވިންގެ ނިތްކުރީގައި ވަރަށް ބާރަށް ޖެހި އެތަނުން ލޭއަންނަންފެށިއެވެ. އަލްވިން ގަދަކަމުން ލޯ ހުުުޅުވާ ޝިމްލާ ކޮބައިތޯ ބަލާލިއެވެ. ކުރިމަތިިިން ފެނުނު މަންޒަރުގެ ސަބަބުން އަލްވިން އެހާލުގައިވެސް ކޮޅަށް ތެދުވަން މަސައްކަތްކުރިއެވެ. ބޮލަށް އެނބުރުން އަރާގޮތްވުމުން ފާރުގައި ހިފަހައްޓައިގެން އަލްވިންއަށް ކޮޅަށް ތެދުވެވުނުއިރު ބޯ ފަޅައިގެން […]
މިއަދު ނާއިމް އަހަރެން އެގެޔަށް ގެންދިޔައީ ރޯދަމަހަށް އެގޭގެ ބަދިގޭގެ ކުޑަ މަރާމާތެއް ކޮށްލުމަށެވެ. އަހަރެމެންނަށް ގެއަށް ދެވުނު އިރު ޒަރާ އާއި ނާއިމްގެ މަންމަ ބަދިގޭގެ ކަބަޑުތައް ހުސްކޮށް ތައްޔާރީތައް ވަމުން ދިޔައެވެ. އަހަރެން ނާއިމްގެ މަންމައަށް ގޮވާލުމަށްފަހު މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނީމެވެ. “މުނާޒުގެ އަންހެނުން ކޮބާ” ނާއިމްގެ މަންމަ އަހާލިއެވެ. އަހަރެންނަށް ބަލާލެވުނީ ޒަރާއަށެވެ. ޒަރާ ހުރީ އަހަންނަށް ފުރަގަސްދީގެން ކަމުން ޒަރާއަށް އެކަމެއް ނޭނގޭނެއެވެ. “އަޅުގަނޑު އަދި މީހަކާއި ނީންނަން” […]
“ނޫރާ.. ނޫރާއަށް އަހަރެން ނޭންގިދާނެ އެކަަަކު އަހަންނަށް ނީރާ އާއި ބެހޭ ހުރިހާ މައުލޫމާތެއް އިނގޭ.. ތީ މައްޝޫރު ވިޔަފާރިވެރިޔާ ޔާސީން އާއި ރާމިޒާގެ ހަމައެކަނި ދަރިއެއްނު.. މިހުރިހާދުވަހު ތިއުޅުނީ ރާއްޖެއިން ބޭރުގަ އާއިލާޔާއެކުގަ ހަމަ ބައްޕަހެން ބިޒްނަސްގެ ދާއިރާއިން ކުރިއަށްދާން ކިޔެވުމުގަ އެހެންނު.. ” އެނުދަންނަ މީހާގެ ވާހަކަތަކަށް އަނގަހުޅުވިފައި ނޫރާ އިނީ ބުނާނެ އެެއްޗެއް ނޭންގިފައެވެ. ” އަރޫން އަދިވެސް ހޭނާރާދޯ.. ވަރަށްދެރަވި އެހަބަރުލިބިފަ.. އަސްލު މެރީކުރަން އުޅޭއިރު ނޫރާވާނެ ދެރަވެސް އިނގޭ.. ހިނގާބަލަ […]
“އެއީ ކޮންކުއްޖެއް….؟؟؟” ޔަލްވީގޮސް ގެއަށްވަނުމުން މިޝްޔާ އަހާލިއެވެ. “މީގެ ކުރިން އަހަރެން ނުދެކެން އެކުއްޖާއެއް…. މިރަށު ކުއްޖެއް ނޫންކަންނޭގެ…..” ލައިގެންހުރި ގަމީހުގެ ކަނުން، އައިނުގެ ލޯކޮޅު ސާފުކޮށްލަމުން އަޔާނީ، މިޝްޔާގެ ސުވާލަށް ޖަވާބުދިނެވެ. “އެކުއްޖާއަކީ ކާކުތޯ ބަލާނީ ފަހުން… ގަޑިޖެހެން ފަސްމިނެޓަށްވެއްޖެ…. ދެންވެސް ހިނގާބަލަ ދާން….” ދަބަހުގައި އޮތް ފޯނުން، ގަޑި ބަލާލުމަށްފަހު، މިޝްޔާއާއި، އަޔާނީގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ޝިއުރީ ބުނެލިއެވެ. —————————- ޖެހިގެން އައި ދުވަހެވެ. ޔުނީފޯމް ލައިގެން، މަދަރުސާއަށް ދާން ތައްޔާރުވެގެންހުރި އަޔާނީ، […]