ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިނިވަންދުވަހު، ރަށުގެ ކުދިބޮޑު އެންމެން، ކުޅިވަރު ކުޅޭ ސަރަހައްދަށް އެއްވަމުންދާ ހަވީރުގެ ވަގުތުގައި، ދެލޯބިވެރިން ބައްދަލުކުރުމަށް ހަމަޖެހިފައި އޮތީ މީހުން އެންމެ މަދު، ގަސްތައް ގިނަ ހިސާބުންނެވެ.
ގަސްތަކުގެ ތެރޭގައި ހުރި އާހިލް ހުރީ އޭނާގެ ލޯބިވެރިޔާ ޒާރާގެ އިންތިޒާރުގައެވެ. ޒާރާއާ ބައްދަލުކޮށްނުލެވޭތާ ހަފްތާ އެއްވެފައިވުމުން، އާހިލްގެ ކެތްތެރިކަންވެސް ހުރީ ކޮޅުންލުމާއި ގާތްވެފައެވެ. އާހިލްގެ މި އިންތިޒާރަށް ނިމުމެއް އައީ ތަންކޮޅެއް ދުރުން ޒާރާ ހިނގާފައި އަންނަތަން ފެންނަން ފެށުމުންނެވެ.
ޒާރާއަކީ ހަމުގެ ކުލަ ދޮން، ހިމަތޮޅިކޮށް ހުންނަ ކުއްޖެކެވެ. ހަށިގަނޑާއި އެއްވަރެއްގެ ފުދޭވަރެއްގެ ދިގު އިސްކޮޅެއްވެސް ޒާރާއަށް ލިބިފައިވެއެވެ. ގުދުރަތުން ޒާރާއަށް ދެއްވާފައިވަނީ މަޑު ފިޔާތޮށި ކުލައިގެ ދެތުންފަތެވެ. ބްރައުން ކުލައިގެ ދެލޮލެވެ. ބަލާބެލުމަށް ޒާރާ ވައްތަރީ އިންޑިޔާގެ ރީތި، އަންހެންކުއްޖަކާއެވެ.
ޒާރާއަށް ލިބިފައިވާ ރީތިކަމުގެ ސަބަބުން ޒާރާއަށް ހިތްކިޔާ ފިރިހެން ކުދިންވެސް ވަރަށް ގިނައެވެ. އެހެންނަމަވެސް އެއިން ކުއްޖަކާ އެއްގޮތަކަށްވެސް ޒާރާ ގަޔާވާާގޮތެއް ނުވެއެވެ. ޒާރާގެ ހިތް ހޯދުމުގައި ހަމައެކަނި ކާމިޔާބު ހޯދީ އާހިލްއެވެ. އާހިލްއާ ގުޅުމަށްފަހު، އާހިލް ފިޔަވައި އެހެން ފިރިހެންކުއްޖަކާ ދިމާއަށް ބަލާލާކަށްވެސް ޒާރާ ބޭނުމެއްނޫނެވެ. އެހެން އަންހެންކުދިންނާ ޒާރާ ތަފާތުވުމަކީވެސް ބައެއް ފިރިހެންކުދިން ޒާރާއާ ގުޅެން ބޭނުންވެގެން އުޅޭ ސަބަބެކެވެ.
އާހިލްއަކީ ވެސް ރީތި ފިރިހެނެކެވެ. ޒާރާއެކޭ އެއްފަދައިން، އާހިލްއަކީވެސް ހަމުގެ ކުލަ އަލި، އިސްކޮޅުން ދިގު ޒުވާނެކެވެ. ޒާރާއަށް އާހިލްގެ ސިފަތަކަށް ވުރެވެސް ބޮޑަށް ކަމުދަނީ އާހިލްގެ މަޖާ މިޒާޖެވެ. ދެރަވެފައި ނޫނީ އެއްޗެއް ބުނަން ނޭނގިފައި އިންނަ ވަގުތުތަކުގައި، އާހިލް، ޒާރާ ހެއްވާލާ ގޮތެވެ.
ޒާރާ، އާހިލް ކައިރިއަށް އައިސް ހުއްޓުމުންވެސް ޒާރާއަށް ކަޅިޖަހާނުލައި ބަލަން ހުރި އާހިލްއަކަށް އެކަން ހުއްޓޭ ގޮތެއް ނުވިއެވެ.
މިއަދު ޒާރާ ކުރިއަށްވުރެ މާ ރީތިހެންވެސް އާހިލްއަށް ހީވިއެވެ. އާހިލްއަށް ހިނިތުންވެގެން ޒާރާ ހުރިއިރު، ލައިގެންހުރި ކަކުލާއި ހިސާބަށް އަންނަ މަޑުފިޔާތޮށި ކުލައިގެ އަތްދިގު ހެދުން ހުރީ ގަޔަށް ފިޓްވާގޮތަށް ފަހާފައެވެ. އެހެދުން ޒާރާގެ ހަމުގެ ކުލައާއިވެސް ވަރަށް ގުޅޭކަން އާހިލްއަށް ފާހަގަކުރެވުނެވެ. ޒާރާ ލައިގެން ހުރި ގަދަ ފިޔާތޮށި ކުލައިގެ ސްކިނީ ހުރީ ހިމަ، ދިގު ދެފައިގައި ބާރުކޮށް ހިފާލާފައެވެ.
މާގިނައިރުވަންދެން އާހިލް ބަލަން ފެށުމުން ޒާރާ ހީކުރީ އަނެއްކާ މޫނުމަތީގައި އެއްޗެއް ކޭއްތިފައި ހުރީ ކަމަށެވެ. އާހިލް ގާތުގައި އެހެން އަހަން ނުކެރިގެން ޒާރާ އަތުން ދެފަހަރަކު މޫނުގައި އަތްލާފައި އަތުގައި ޖެހިފައި ހުރިތޯ ވެސް ބަލާލިއެވެ. މިމަންޒަރު ބަލަންހުރި އާހިލްއަށް ޒާރާ ހިތަށް އެރި އެއްޗެއް އެނގުމުން ކުޑަކޮށް ހެވޭ ގޮތްްވިއެވެ. ހެވޭ މަންޒަރު ޒާރާއަށް ނުދައްކަންވެެގެން، އާހިލް، ޒާރާގެ ގައިގައި ބައްދާލިއެވެ. ޒާރާ އަބަދުވެސް އުޅެނީ ހަމަ މިހެންނޭ އާހިލްގެ ހިތަށް އެރިއެވެ. އުޅޭނީ ލަދުންނެވެ. މައުސޫމު ކުއްޖެކެވެ.
” ޒާރާ މިއަދު ހާދަ ލޯތްބޭ ދޯ .. ހީވަނީ ހަމަ ޕަރީއެއްހެން …” އާހިލް އެހެން ބުނެލީ ޒާރާގެ ކަންފަތާއި ކައިރިވެލާފައެވެ. އޭރު އާހިލް ހުރީ ފުރަގަހުންވާގޮތަށް ޒާރާގެ ހަށިގަނޑުގައި ބައްދާލާގެންނެވެ.
އާހިލްގެ އަނގައިން ނުކުތް އެޖުމްލައާއެކު ލަދުން، ޒާރާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. އެވަގުތު އާހިލްގެ މޫނު ގޮސް ޖެހުނީ ޒާރާގެ އޮމާން ކަނދުރާގައެވެ. ބޭއިިޚްތިޔާރުުުގައި، އާާާާާހިލްއަަަށްވެސް ޒާރާގެ ކަނދުުުރާއަަަަށް ބޮޮސްދެވުުުނެވެ.
ޒާރާގެ ފަރާތުން އެއްވެސް ނުރުހުމުގެ ކުލަވަރެއް ނުފެނުމުން، އާހިލް އަދި އިތުރަށް ޒާރާއާއި ލޯބިކޮށްލާ ހިތްވެގެން، ޒާރާގެ ކަނދުރާއަށާއި މޫނަށްވެސް ބޮސްދޭން ފެއްޓިއެވެ. ޒާރާވެސް ހުރީ އާހިލްއަށް ފުރުސަތުދީގެންނެވެ. އާހިލް ބޮސްދެމުންދާ ކޮންމެފަހަރަކު ޒާރާއަށް ހީވަނީ ހަށިގަނޑު ކަރަންޓްގައި ޖެހޭހެންނެވެ.
” މަޑުމަޑު ކޮލެއް .. ” ޒާރާގެ ކޮލުގައި މަޑުމަޑުން ހިފާލާފައި އާހިލް އެހެންބުނެލީ އޭނާގެ މޫނު ޒާރާގެ ކޮލުގައި ޖައްސާލަމުންނެވެ. އެވަގުތުވީ ޒާރާއަށްވެސް އާހިލްއަށް ބަލާލެވުނު ވަގުތަށެވެ. ފުރުސަތުގެ ބޭނުންކޮށް އާހިލް އަނެއްކާވެސް ޒާރާގެ ތުންފަތަށްވެސް ބޮސްދިނެވެ.
އެދުވަހުގެ އިރުއޮއްސެންދެންވެސް އާހިލް ހުރީ އެގޮތުގައި ޒާރާގެ ގައިގައި ބައްދާލައިގެންނެވެ. ވާނީވެސް އެހެންތާއެވެ. ބައްދަލުވުމަކަށްފަހު، ދެމީހުންނަށް ދެން އަނެއްކާ ބައްދަލުކޮށްލެވެނީ އެތަށް ދުވަހެއް ފަހުންނެވެ.
ލިބޭ ޗުއްޓީގައި ރަށަށް އައި ނަމަވެސް އާހިލް ކިޔަވަން ހުންނަނީ މާލޭގައެވެ. ޒާރާ ހުންނަނީ ރަށުގައެވެ. އެހެންކަމުން އާހިލްއަށް ޒާރާ ފެންނަނީވެސް މަަދަރްސާއިން ޗުއްޓީ ލިބި ފުނަދޫއަށް އާދެވޭ ފަހަރުތަކުގައެވެ.
އާހިލްއާއި ޒާރާ ލޯބީގެ ގޮތުން ގުޅުނުކަން އެނގުމުން، ޒާރާގެ ލޯތްބަށް އެދިއެދި ތިބި ފިރިހެންކުދިންގެ ހިތްތަކުގައްޔާއި އާހިލްގެ ލޯތްބަށް އެދިއެދި ތިބި އަންހެންކުދިންގެ ހިތްތަކުގައި ރޯވެ އަނދައިގަތީ ރުޅިއާއި ހަސަދައިގެ ބޮޑު އަލިފާންގަނޑެކެވެ.
އެހެންވެ އެކުދިންވެސް އެކުދިންގެ މަސައްކަތް ފަށައިގަތެވެ. އެއީ ދޭތެރެ ޖެއްސުމާއި ފާޑުފާޑުގެ ވާހަކަތައް ފެތުރުމުގެ މަސައްކަތެވެ. މާގިނަދުވަސްތަކެއްނުވެ އާހިލްއާއި ޒާރާގެ ދެމެދުގައި މައްސަލަތައް ޖެހެން ފެށިއެވެ. މައްސަލައަކަށް ވަނީ މީހުން ދައްކާ ފާޑުފާޑުގެ ވާހަކަތައް އާހިލް ގަބޫލްކުރުމެވެ.
އެފަދަ ދުވަހެކެވެ. ޒާރާދެކެ ރުޅިއައިސްގެން އާހިލް އޮންލައިންގައި އިނީ އެއްޗެއްވެސް ނުބުނެއެވެ. ވީގޮތެއްވެސް ޒާރާކައިރީ އާހިލްއަށް ބުނެވުނީ ވަރަށް ގިނަފަހަރު އަހައިގެންނެވެ. އާހިލް ބުނީ ރަށުގައި ފިރިހެން ކުއްޖަކާއެކު ހުރެގެންނުވާނެ ފަދަ ގޮތަކަށް ޒާރާ ހުރީ ކަމުގައެވެ. ޒާރާ އެކަމަށް އިންކާރުކުރުމުން ދެން ބުނީ އެވާހަކަ ކިޔައިދިނީ ރަށުގައި އުޅޭ އާހިލްގެ ވަރަށް ގާތް ރައްޓެއްސެއް ކަމުގައެވެ. ޒާރާ ބޭނުންގޮތަކަށް އުޅެފައި ދެން މިހާރު ތި ވާހަކަ ދައްކަނީ ކީއްވެގެންހޭ ވެސް އާހިލް ބުނެލިއެވެ.
އާހިލް ރަށުގައި ނޫޅޭއިރު ޒާރާ ބޭރަށް ނުކުމެ އުޅެނީވެސް ވަރަށް މަދުންނެވެ. ދަނީ ކޮންމެހެން ދާންޖެހިގެންދާ ތަންތަނަށެވެ. އެވެސް ޒާރާގެ މަންމައާއި އެކީގައެވެ. ރައްޓެއްސަކާ އެކީވެސް ދަނީ މަދު ފަހަރެއްގައެވެ. އެކަން އާހިލްއަށްވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ. އެހެންނަމަވެސް އާހިލްއަށް އެކަން ވިސްނައިދޭން އުޅެގެން ކޮންމެފަހަރަކުވެސް ބަލިވަނީ ޒާރާއެވެ.
އާާާާާހިލް އެބުނާ ރައްޓެހި ކުއްޖާއަކީވެސް ކިހާ ވަރެއްގެ މީހަކަށް ވާނެކަން ޒާރާއަށް އިނގެއެވެ. އާހިލްގެ ރައްޓެހިންނަކީ ރަށުތެރޭގައި އޮންނަ ފާޑެއްގެ ގުރޫޕެއްގައި އުޅޭ ކުދިންތަކެކެވެ. ޒާރާ އާހިލްގެ ކައިރީ ހުންނައިރުވެސް އެކުދިން ޒާރާއާ ދިމަ ބަލާނީ ވަރަށް ވަގު ގޮތަކަށެވެ. އެކަން ޒާރާއަށް ފާހަގަކުރެވެއެވެ. އާހިލްއަކީ އެގުރޫޕްގެ މީހަކަށް ނުވިއަސް އެކުދިންނާއި ރައްޓެހިކަމުގެ ގުޅުން އޮވެއެވެ. އެހެނަސް، އެކުދިންގެ ގޮތް އާހިލްއަކަށްވެސް އޮޅިފައެއްނެތެވެ. އެކަމަކު އެއިން ކުއްޖަކު ބުންޏަސް އާހިލް އެވާހަކައެއް ހަމަ ގަބޫލްކޮށްލަނީތާއެވެ.
އެދުވަހު ޒާރާއަށް ނުވެސް ކެވެއެވެ. އިދެވެނީވެސް ނެގިމަޑުވެފައެވެ. މައްސަލަ ޖެހިއްޖެނަމަ އެއީ ޒާރާ އުޅޭ ހާލެވެ. ރޭގަނޑު ނިދަން އޮވެގެންވެސް ޒާރާއަށް ވިސްނެމުން ދިޔައީ އެކަމާއެވެ. އާހިލް، ޒާރާއަށް އިތުބާރު ނުކުރާވަރު ހިތަށް އަރާފައި އަނެއްކާ ލޯބި ނުވަނީބާއޭވެސް ހިތަށް އެރިއެވެ.
” އާހިލް ތިހެންއުޅެންޏާ، އަހަރެން ބުނަން ބޭނުންވާ އެންމެ ބޮޑު ވާހަކަ ދެން ކިހިނެއް އާހިލްއަށް ކިޔައިދޭނީ ..؟” ވެފައިވާާ ދެރައިން ޒާާރާގެ ހިތުގައި އުފެދުނީ ޝަކުވާއެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Mi story mee bodah knkahala story eh?.. i mean biruveri…love.. btw feshun keema heevey reethivaanehen..? best of luck dear… waitingss❤❤❤❤
Masha allah v rythi stry?? v furihama feshun luv it gud luck keep it up when nxt prt❤❤❤???????
If u dnt mind, Crystal thee Funadhoo kujjehtha? Anyways story reethivaanehen heevany..mee biruveri vaahakaeh tha
Varah reethi story eh feshun vvvv sali
mee konkahala vaahaka eh tha?
Bodah innanee loabeege bai. Then.. biruveri baives innane. 🙂
feshun varah reethi
vaahaka vx reethi vaane kamah ummeedhu kuran
dhn ehaa biruveri nukuraathi eyrun dhn foohivaane….loabi ge vaahaka eh vee ma…
@ Noor.. Mee funadhoo kujjeh noon.. biruveri bai annanee adhi thankolheh fahun 🙂
Varah salhi feshun