Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (12)

Psenhi Level 410 Stories100 Comments100 Login
July 23, 2017 4 Mins Read
14 Comments

“އަމް ސޮރީ އައި ވޯސް ރޯންގް. ބަޓް އައި ވޮނަ ނޯ އެވްރިތިން އެބައުޓް ހާރ ފްރޮމް ޔޫ.” ޝިމްލާ އަސަރާއިއެކު ބުނެލިއެވެ.

ޝިމްލާގެ އަތުގައިވާ ފޮޓޯގައި އަލްވިން ހިފީ ތުރުތުރުލައި އޮތް އަތަކުންނެވެ. ފޮޓޯގަނޑަށް އެއްފަހަރު ޝިމްލާގެ މޫނަށް އަނެއްފަހަރު ބަލާލުމަށްފަހު ފޮޓޯގަނޑު ގެނެސް މޭގައި ޖައްސާލަމުން ލޯމަރާލިއެވެ.

ލޯމަރާލައިގެން ސޯފާގައި އިން އަލްވިން ފެނި ޝިމްލާގެ ހިތަށް ބުނެދޭން ނޭނގޭ އިޙްސާސްތަކެއް ވެރިވިއެވެ. ލޯމަރާލައިގެން އޮތް ނަމަވެސް އެލޮލުގެ ފުރަގަހުގައިވާ ހިތާމަ ފާޅުވާފަދައެވެ. އެ ހިތުގައިވާ ރިހުން އެނގޭ ފަދައަކުން ޝިމްލާ މަޑުމަޑުން އަލްވިންގެ ނަމުން ގޮވާލިއެވެ.

“އަލްވިން! އަމް ސޮރީ!” އެންމެ ފަހުން ޝިމްލާއަށް ބުނެވުނެވެ. ޝިމްލާގެ ހިތް އެދެމުންދިޔައީ އަލްވިންގެ ގާތަށްގޮސް އެމޭގައި ބޯއަޅާލާށެވެ.

“އިޓްސް އޯކޭ. އައި ޓްރައިޑް ޓު ޓެލް ޔޫ އެވްރިތިން ބަޓް އައި ވޯޒް އަފްރައިޑް އޮފް ލޫޒިން ޔޫ” އަލްވިން ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. އަދި ސޯފާއިން ތެދުވެގެން ގޮސް ކުޑަދޮރުތައް ކައިރީ މަޑުކޮށްލީ ޝިމްލާއަށް ފުރަގަސްދެމުންނެވެ. އަލްވިން ލަސްލަހުން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

***

އެއީ އަހަރެން ރަޝިޔާގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. ކޮލެޖަށް ގޮސް އައިސް އުޅުނީ ބަހުގައި ކަމަށްވާއިރު އަހަރެން ދަތުރުކުރާ ބަހުން ކޮންމެ ދުވަހަކުވެސް ދަތުރުކުރާ ދެ އަންހެން ކުދިންނާއި އަހަންނާއި ދިމާވެއެވެ. އެކުދިން ވާހަކަދައްކަނީ ދިވެހިބަހުންކަމުން އެއީ ދިވެހި ދެކުދިންކަމާއި އެކުދިންނަކީ މާ ދުރުނޫން ހިސާބެއްގައި ހުންނަ ޔުނިވާރސިޓީއަކުން ޑޮކްޓަރުކަން ކިޔަވާ ދެކުދިންކަން އަހަންނަށް އެނގެއެވެ. އެކުދިންގެ މަންޒިލްވަނީ އަހަރެންގެ މަންޒިލަށްވުރެ ދުރުގައިކަމުން އަހަރެން ކޮލެޖާއި އެންމެ ކައިރީ ބަސްހުއްޓިއަށް މަޑުކުރުމުން އެހިސާބުން އެކުދިން ގެއްލެއެވެ. ނަމަވެސް އެތަނުން އެއްކުއްޖެއްގެ ތަސްވީރު އަހަރެންގެ ހިތް ފަތަޙަކުރަމުންދިޔައެވެ.

މައިޝާ އާއި އަހަރެން އިސްވެ ވާހަކަދައްކަންފެށީ އަހަރެންގެ ހިތުގެ ހާލު އިތުރަށް ގޯސްވާންފެށުމުން ދެން ކެތްނުވާވަރުވުމުންނެވެ. އެކުވެރިކަމަކުން ފެށުނު ގުޅުން މަޑުމަޑުން ބަދަހިވަމުން ދިޔައެވެ. އެކަކު އަނެކެއްގެ ޙަޔާތުގެ ޞަފްހާތައް މަޑުމަޑުން ނިއުޅެމުންދިޔައީ ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށްޓަކައި ލޯބި އޯގާތެރިކަން އުފައްދަމުންނެވެ. އެކިއެކި ހިތްގައިމު މަންޒިލްތަކުގައި އަހަރެން އޭނާއާއިއެކު އުފާވެރި ވަގުތުތައް ހޭދަކުރީމެވެ.

މިގުޅުމަށް އެހެން ނަމެއްދޭން އަހަރެން ގަސްތުކޮށް މައިޝާއަށް ލޯބި ހުށައެޅީ އެއްދުވަހެއްގެ އިރު އޮއްސުނު ވަގުތު އިރުއޮއްސޭ މަންޒަރު ބަލަން ގޮސް ތިބި ގަޑިއެއްގައެވެ. އަހަރެން ރަތް ފިިފެންމަލެއް ދިއްކޮށްލަމުން “އައި ލަވް ޔޫ. ވިލްޔޫ މެރީ މީ” އޭ ބުނެލީ އެއީ އަހަރެން އަންހެން ކުއްޖަކަށް އެފަދަ ހުށައެޅުމެއް ހުށައެޅި ފުރަތަމަ ފަހަރުކަމުން ބުނާނެ އެހެން އެއްޗެއް ނުވިސްނުމުންނެވެ. އަހަރެން އުންމީދުކުރިފަދައިން މައިޝާ “ޔެސް” އޭ ކިޔާ ހަޅޭއްލަވައިގަތުމުން އެތާ ޖޯޑު ޖޯޑަށް ތިބި މީހުންގެ ނަޒަރު އަހަރެމެންނަށް ހުއްޓުނެވެ. އެދުވަހަށްފަހު އަހަރެމެންނަކީވެސް ދެ ލަވް ބާރޑްސްގެ ގޮތުގައި ހިމެނުނެވެ.

އަހަރެން ކިޔަވަމުންދިޔަ ބިޒްނަސް ދާއިރާގެ ކޯސް ނިމުމުން އެނބުރި ޤައުމަށް އައީ ދެމީހުން ދުވަހަކުވެސް ވަކިނުވުމަށް އެތަށް ވަޢުދުތަކެއް ވުމަށްފަހު ކަރުނަ އަޅަމުންނެވެ. ދެމީހުން ދުރުގައި ހޭދަކުރަން ޖެހުނީ އެއް އަހަރު ކަމުގައިވިއަސް އަހަރެމެންނަށް އެއީ އެއް ޤަރުނުހެން ހީވިއެވެ. ކޮންމެ ދުވަހަކު ދެމީހުން އެތަކެއް ވާހަކަތަކެއް ދެއްކިއަސް ދުރުގައި ހުރުމުން ހިތުގައި ހުސްކަމެއް ވާކަން އިޙްސާސްވަނީއެވެ. ދުށުމަށް އެދި ހިތް ބޭޤަރާރުވަނީއެވެ. ދެމީހުންގެ ހާލަކީވެސް އެޔެވެ.

މައިޝާ ކިޔަވާ ނިމިގެން މާލެ އައުމަށްފަހު ފުރަތަމަ ޙަފްތާގައި ދެމީހުންވެސް ޢާއިލާއަށް އަހރެމެންގެ ގުޅުން ހާމަކުރީމެވެ. އެއީ ކުރިންވެސް އަހަރެމެން ނިންމައިގެން ތިބި ގޮތެވެ. ދެމީހުންގެ ކިޔެވުން ނިމުމުން ލަސްނުކޮށް ކައިވެނިކުރުމެވެ. ދެ ޢާއިލާއިންވެސް މިގުޅުމަށް އާބަސް ދިނުން ވެގެންދިޔައީ އަހަރެމެންނަށް ބަޔާންކުރަންދަތި އުފަލެއް ލިބުނު ކަމެއްކަމުގައެވެ. ދެ ޢާއިލާގެ ދޭތެރޭ އުފެދުނު ގާތް ގުޅުމުގެ ސަބަބުން އަހަރެމެން ވަރަށް ހިތްހަމަޖެހުނެވެ. ކައިވެނީގެ ހުރިހާކަމެއް ލަސްނުކޮށް ރޭވެން ފެށުނެވެ. ދެ ޢާއިލާއަކީވެސް މާލޭގެ ފެންވަރުން ނުހަނު ފޯރާ ދެ ޢާއިލާއަށް ވުމުން ކައިވެނީގެ ކަންކަންވެސް ރާވަމުންދިޔައީ އެންމެ ފެނުވަރުގެ ޙަފްލާއެއް ބޭއްވުމަށެވެ.

ކައިވެނި ކުރުމަށް ޚާއްޞަކުރެވިފައިވާ ހޮޓެލްއަށް އަހަރެންނަށް ދިވުނުއިރު ރިހިކުލައާއި ހުދުކުލަ ތީމްއެއްގެ ގޮތުގައި ނަގައިގެން ޑެކަރޭޓްކޮށްފައިވާ ހޮޓެލްގެ ބޭރާއި އެތެރެއިންވެސް ފެންނަމުންދިޔައީ އުފާވެރިކަން ހިތަށް ލިއްބައިދޭފަދަ މަންޒަރުތަކެކެވެ. އޭގެ ތެރެއިންވެސް އެންމެ ފުރިހަމައަށް ތައްޔާރުކޮށްފައި އޮތް ޓެރެސްއިން ފެންނަނީ އަގުބޮޑު އެތަށް މަސައްކަތްތަކެކެވެ.

އިންތިޒާރުގެ ވަގުތު މާ ދިގުލައިގެން ދާކަށް ނުޖެހުނެވެ. އަހަރެންގެ ހިތުގެ މިލްކުވެރިޔާވެސް އައިސް އަހަންނާއި ޖެހިގިންހުރި ގޮނޑީގައި އިށީނދެލިއެވެ. އާކައިވެނީގެ ލަދުވެތިކަމާއި އުފާވެރިކަން އެ ހަނދެއްފަދަ މޫނަށް އަރާ ފައިބަމުންދިޔަ ކުލަވަރުތަކުން ސާފުކޮށް ފާޅުވާންހުއްޓެވެ. ރީތީގެ ރާނީއެއްފަދަ މޫނަށް ކަޅިޖަހާނުލާ އަހަންނަށް ބެލެމުންދިޔަކަން ރޭކާލީވެސް ކައިރީގައި ހެކިވެރިއެއްގެ ގޮތުގައި ގޮސްއިން އަހަރެންގެ އެކުވެރިއަކު އަހަރެންގެ ކޮނޑުގައި ޖަހާލަމުން ދިމާކޮށްލުމުންނެވެ.

އެތައް ދުވަހެއްގެ އިންތިޒާރުގެ ނިމުން އައީއެވެ. އެންމެންގެ ހާޒިރުގައި “އަނބި ޤަބޫލުކޮށްފީމޭ” އަހަރެން ބުނެލަމުން މައިޝާގެ އަތުގައި ހިފުމާއިއެކު މައިޝާ ލަދުންގޮސް ތުންފަތް ހަފަމުންދިޔަ މަންޒަރު ބަލަން އަހަރެން އިނީ މަޖާވެފައެވެ.

ޙަފްލާ ފެށިއްޖެއެވެ. އަހަރެމެން ތިބެން ހަމަޖެހިފައިވާ ތަނުގައި ތިބީ އަތާއި އަތް ޖޯޑުކޮށްލައިގެންނެވެ. އަހަރެމެންގެ އުފަލުގައި ދެފަރާތުގެ ޢާއިލާއިންވެސް ބައިވެރިވީ ނުހަނު އުފަލާއި އެކުއެވެ. ގާތް ރަޙުމަތްތެރިންގެ އިތުރުން ވިޔަފާރިއާއި ގުޅުންހުރި މަޝްހޫރު އެތަށް ބަޔަކަށް މި ޙަފްލާއަށް ދަޢުވަތުދެވިފައިވުމުން ދެމީހުން އެކަނިވެލަން ލިބެނީ މަދު ވަގުތުކޮޅެކެވެ.  އެހެން ތިބިއިރުވެސް ސިއްރުސިއްރުން އެކަކު އަނެކަކަށް ބަލަމުން ލޮލުން އެތަށް ވާހަކައެއް ދެއްކީމެވެ. ދެމީހުންގެ މޫނުމަތިންވެސް ނުފިލާ ހިނިތުންވުމެއް ފެންނާނެކަން ގައިމެވެ.

ގަޑިން މެންދަމު ބާރަ ޖެހީއެވެ. އޭރު ދެފަރާތުގެ ޢާއިލާގެ މީހުން ފިޔަވާ އެންމެންވެސް ރޭގަނޑުގެ ނިންޖަށް ތައްޔާރުވުމަށްޓަކައި ގެއަށް ގޮސް ނިމިއްޖެއެވެ. އެންމެންވެސް ތައްޔާރުވަމުން ދިޔައީ އަހަރެމެންގެ ކައިވެނީގެ ހަނދާނެއްގެ ގޮތުން އެންމެން ޝާމިލުވާފަދަ ފޮޓޯއެއް ނެގުމަށެވެ. ނަމަވެސްް އުުުުޑުުުމަތިި ކަަަޅު ވިލާގަަަނޑަކުުުން ބަަަައްދާލުމަށްފަހު އިިިންޒާރަކާއި ނުުުލާ ވާާާާާރޭ އޮއްސާލިއެވެ.

ބޮޑު ތިކި ވާރެއިން ސަލާމަތްވުމަށް އެއްބަޔަކު ލިފްޓާއި ދިމާއަށް ދުވިއިރު އަނެއްބަޔަކު ހިޔާވެވޭނެ ގޮތެއް އޮތްތޯބެލިއެވެ. އަހަރެންވެސް މައިޝާގެ އަތުގައި ހިފައިގެން ގޮސް ހުއްޓުނީ ހިޔާކޮށްފައި އޮތް ތަންކޮޅުގައެވެ.

މީހުންތައް ލިފްޓަށް އަރައިގެން ތިރިއަށްގޮސް އެންމެ ފަހުން އަހަރެމެންނާއިއެކު ބާކީތިބީ ހަމީހުންނެވެ. އެމީހުން ލިފްޓާއި ދިމާއަށް ހިނގައިގަތް އިރުވެސް މިފަހަރުވެސް މައިޝާ އަހަރެންގެ އަތުގައި ހިފަހައްޓާލުމަށްފަހު އަދި މަޑުކޮށްލުމަށް ބުންޏެވެ. ދެމީހުން އެކަނިވެލަން މައިޝާ ބޭނުންވެފައިވާވަރު ފެނިފައި އަހަރެން ބޯޖަހާލުމަށްފަހު ދެންތިބި މީހުންނަށް ތިމީހުން ދާށޭ ބުނެލީމެވެ.

މައިޝާ އަހަރެންގެ އަތުން ދޫކޮށްލާފައި ގޮސް ހުއްޓުނީ ޓެރެސްގެ މެދަށްވާގޮތަށެވެ. ވެހެމުންދިޔަ ވާރޭގެ ތެރޭގައި ދެއަތް ދަމާލައިގެން ހިނިތުންވެފައި ހުރިއިރު އެރީތި ވެޑިން ޑްރެސްގައި އަހަންނަށް މައިޝާ ސިފަވީ ޕަރީއެއް ފަދައިންނެވެ. މައިޝާއާއި އެކު ވާރެއާއި ތެމެން އަހަރެން ބޭނުންވި ނަމަވެސް ދެމީހުންގެ ފޯނު އަތީ އަހަރެން ލައިގެންހުރި ފަޓުލޫނުގެ ޖީބުގައިކަން ހަނދާންވުމުން ކުރިއަށް ނެގި ފިޔަވަޅުވެސް ފަހަތަށް ޖައްސާލީމެވެ.

މިގޮތުގައި ދިހަވަރަކަށް މިނެޓް ފާއިތުވީފަހުން އަހަރެން ގެއަށް ދާން އެދުމުން މައިޝާ އެކަމާއި ދެކޮޅުހެދިއެވެ. އެންމެފަހުން އަހަރެން ލިފްޓާއި ދިމާއަށް ހަލުވިކޮށް ހިނގާލާފައި ދަމުން މަންމަމެންގެ ގާތުގައި އިންތިޒާރު ނުކޮށް ގެއަށް ދިއުމަށް ބުނެލާފައި އަންނާނަމޭބުނީމެވެ.

ތިރިއަށް ގޮސް މަންމަމެންނާއި ބައްދަލުކުރުމަށްފަހު އަހަރެން އެނބުރި ޓެރެސްއަށް އައީ އަހަރެންވެސް މައިޝާއާއިއެކު އެ ބޮޑުތިކި ވާރެއާއި  ތެމިލުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ނަމަވެސް ލިފްޓުގެ ދޮރު ހުޅުވުމާއިއެކު އަހަރެންގެ ދެބުމަ ގޮށްޖެހުނީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރުންނެވެ.

ޒުވާން ފިރިހެންކުއްޖެއްގެ އަތުގައި އެއްއަތުން ހިފަހައްޓާލައިގެން ވާރޭގެ ތެރޭގައި އެނބުރެމުންދިޔަ މައިޝާގެ ހުނުމުގެ އަޑު ވެހެމުންދިޔަ ވާރޭގެ އަޑަށްވުރެވެސް ބާރަށް އިވިއިވި ހުއްޓެވެ. އެ ހުނުމުގައިވީ އުފާވެރިކަމުން މައިޝާއަށް ލިބެމުންދިޔަ އުފާ ހާމަވެއެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރެއިން އެމީހަކު ސާފުކޮށް ނުފެނުނު ކަމުގައިވިއަސް އެއީ އިސްކޮޅާއި ރޫފަ އަހަންނާއި މާބޮޑު ތަފާތެއްނެތް މީހެކެވެ. ލައިގެންހުރީ ކަޅު ހެދުމެއްކަން ޔަޤީނެވެ. ދެން ފެނުނީ އެމީހެއްގެ އަތްދަނޑި މައްޗަށް މައިޝާ ނަގައިގަނެގެން ކުރިއަށް ހިނގައިގަތް މަންޒަރެވެ. އަހަރެންގެ ހިތަށް ހީވީ މީހަކު ތޫނު އެއްޗަކުން ހަމަލާ ދިންހެންނެވެ. އެތަށް ދުވަހެއްގެ އުންމީދުގައި ކުލަޖެހުނީކަމަށް ހީކޮށްގިން ހުއްޓާ އެހެންމީހެއްގެ މޭގާ ބޯ އަޅާލައިގެން އޮތް މައިޝާ ފެނުމުން އަހަރެންގެ ހިތުގައިޖެހުނެވެ.

“މައިޝާ!” އަހަރެންގެ އަޑު މައިޝާގެ ކަންފަތާއި ހަމައަށް ފޯރިހެނެއް ހިއެއް ނުވެއެވެ. މައިޝާ އެއޮތްގޮތަށް އޮތީއެވެ. ނަމަވެސް އެޒުވާނާ އަހަންނާއި ދިމާއަށް ބަލާލިއެވެ. އެއާއިއެކު އަހަރެންގެ ދެފައިކޮޅުން ބާރުދޫވާކަމުގެ އިޙްސާސްކުރެވުނެވެ. ދެން އަހަންނަށް އިނދެވުނީ ދެކަކޫ މައްޗަށް ތިރިވެއެވެ. އޭރު ވާރޭވެސް ތުނިކޮށްލައިފިއެވެ.

އާއެކެވެ! އެއީ ހަމަ އަހަރެންގެ ސޫރައެވެ. ކުރިމަތިން ފެންނަމުން މިދަނީ އާދައިގެ ކަމެއް ނޫންކަން އަހަރެންގެ ސިކުނޑި ބުނެދެމުންދިޔައެވެ. އެއާއިއެކު އަހަރެންގެ ހިތުގެ އެއްބައި އެވަނީ ރޫޙާނީ ކޮންމެވެސް އެއްޗެއްގެ ބާރުގެ ދަށުގައިކަން އެނގުމުން އަމިއްލަ ނަފްސައްވުރެވެސް ބޮޑަށް ލޯބިވާ އަނބިމީހާގެ ހައްޤުގައި ތެދުވަން މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެންގެ ފައި ހަރަކާތެއް ނުކުރިއެވެ. ބާރަށް ހަޅޭއްލަވައިގަންނަން ކުރި މަސައްކަތް ބޭކާރުވީ އަހަރެންގެ އަޑު ބޭރުވާގޮތް ނުވުމުންނެވެ.

އަހަރެންގެ ސިފަޖެހިގެންހުރި އެނުބައި މީހާ އަހަރެންގެ ލޯބިވެރިޔާ ގެންގޮސް ރެއިލިންގެ މަތީ ބޭންދުމަށްފަހު އަތްދޫކޮށްލީ އަހަރެންގެ ކުރިމަތީއެވެ. މައިޝާ ކައްސާލައިގެން ތިރިއަށް ވެއްޓުނުއިރު ނުކުޅެދޭ މީހެއް ފަދައިން އެދިމާއަށް އަތްދިއްކޮށްގެން އެއިންގޮތަށް އަހަރެން އިނީމެވެ. ދެން ފެނިގެން ދިޔައީ އަހަރެން ދުވަހަކުވެސް ނުދެކޭފަދަ ބިރުވެރި ސިފައެއްގައިވާ އެއްޗެކެވެ. އަހަރެންގެ ސިފައިގާ ހުރި އެތި އޭގެ އަސްލު ސިފައަށް ބަދަލުވުމަށްފަހު ވައިގެތެރެއަށް ގެއްލިގެންދިޔައީ ވަޔާދާ ސައިބޯނި ބޮކިތަކެއް ފަދައިންނެވެ. އެއާއިއެކު ވިއްސާރަ އަލިވެއްޖެއެވެ.

އަހަންނަށް ކޮޅަށް ތެދުވެވިއްޖެއެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި ގޮސް ރެއިލިންގެ ކައިރިއަށް ހުއްޓެމުން ތެޅިތެޅިއޮތް ހިތަކާއިއެކު ތިރިއަށް ބަލާލީމެވެ. ދިހަބުރީގެ އެ ޢިމާރާތާއި ދިމާއިން ތިރީގައިތިބި މީހުންތައް އެއްދިމާއަކަށް އެއްވާމަންޒަރު ފެންނަމުންދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ނިކަން ވިސްނަވާށެވެ!

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ފުރަތަމަ ބައި)

Next
July 23, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ފުރަތަމަ ބައި)

Previews
July 23, 2017

ނިކަން ވިސްނަވާށެވެ!

14 Comments!

  1. Psenhi says:
    July 23, 2017 at 12:41 pm

    Engey v kurukan. Ekmvs hope ull like it

  2. Coco says:
    July 23, 2017 at 12:58 pm

    V nice whn next part

  3. Ainth says:
    July 23, 2017 at 12:59 pm

    Salhi waitin 4 next part

  4. Hudher says:
    July 23, 2017 at 1:00 pm

    Me first dhw…wow mi part ves varah furihama…dhn kon dhuvahakun up kuraanree..kiyaa hithun keh madhuvefa..

    1. Faalih says:
      July 23, 2017 at 2:13 pm

      aan you first.. kekeke

  5. ???? says:
    July 23, 2017 at 1:05 pm

    Vaahaka reethi…. yes thankolheh kuru dhw…. ekamu thnks up kohdhineema?????

  6. Reader says:
    July 23, 2017 at 1:09 pm

    Next part?

  7. Psenhi says:
    July 23, 2017 at 1:39 pm

    Thnkx ol. Next part soon insha Allah

  8. Nahy says:
    July 23, 2017 at 2:47 pm

    V reethi. 🙂 adhikithah dhuvasd fahun up kuraanee inthixaar

  9. khajja says:
    July 23, 2017 at 3:15 pm

    Masha allah v rythi ??ekam kuru dhw ? thankolhen avahah nxt prt up kolla dhechchey plx ingey ❤❤❤?????????

  10. Anonymous says:
    July 23, 2017 at 4:14 pm

    vvvvvvvvvvv salhi.. waiting for another part

  11. Adha? says:
    July 23, 2017 at 5:23 pm

    Vvvvv reethi mi part ves.. ?maisha maraalikamuge thuhumathu elhuvee alvin ge bolugabaa? waitingss❤❤❤❤

  12. Beauty says:
    July 24, 2017 at 1:14 am

    Waiting for next part..

  13. Psenhi says:
    July 24, 2017 at 6:43 am

    Thnkx ol

Comments are closed.

Next Episodeއެ ތޫފާނީ ރޭ (13)←


All Right Reserved!