Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ފުރަތަމަ ބައި)

ކަޅުފޮއި އަނދިރި ރޭގަނޑެވެ. މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭތެރޭ، ކަނާތްފަރާތުން އޮތް ގޯޅިން ލަނބާލި އަޔާނީ، ދެފައިގައި ހުރި ބާރެއްލާފައި ދުވަމުން ދިޔައިރު، މައިނޭވާލެވެއެވެ. ވައިގަދަކަމުން މަގުގެ ދެފަރާތުގައިވާ ބޮޑެތި ގަސްތައް ހީވަނީ، ދެންމެ ދެންމެ މުލުން ލުހިގެން ހިނގައިދާނެހެންނެވެ. ގަސްގަހުގައިވާ ފަތްތައް އޮފިގަނޑުން ވަކިވެގެން އުދުހެމުންދާއިރު ހީވަނީ، ކުޑަވަރެއްގެ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. ނަމަވެސް، މިއިން އެއްވެސްކަމަކަށް ފަރުވާލެއްނެތި ދުވަމުން ދިޔަ އަޔާނީގެ ދެލޮލުގައިވަނީ ބިރުވެރިކަމެވެ.

މަގުގެ ނިމޭހިސާބަށް ދެވުމުން އަޔާނީ ހުއްޓުނެވެ. ދެން ހަދަންވީ ގޮތެއް ނޭނގުމުންނެވެ. ކުރިމަތީގައި އޮތީ މާސިންގާ ކަނޑެވެ. މަގުގެ ދެފަރާތުގައިވަނީ ބޯގަސްތަކުން ފުރާލެވިފައިވާ ބޮޑު ޖަންގައްޔެވެ. މޫނުމަތީ ތަތްލާފައިހުރި އިސްތަށިތައް އެއްފަރާތްކޮށްލަމުން، އަޔާނީ ފަހަތަށް އެނބުރުނެވެ. ބިރުވެރިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން، އަޔާނީ ދެލޯމަރާލިއެވެ. ބޯކޮށްވެހެމުންދިޔަ ވާރޭގައި، އޭނާ ލައިގެންހުރި ގަމީސްއޮތީ، ގައިގައި ތަތްލަވާފައެވެ. ފަޒާގެ ފިނިކަން އަޔާނީއަށް އަދި ކިރިޔާ އިޙްސާސްވީ ކަހަލައެވެ. ފިނިވެގެންގޮސް ރޫރޫ އަޅަމުންދިޔަ ހަށިގަނޑަށް ޙިމާޔަތެއް ދިނުމަށްޓަކައި، މޭމަތީ ދެއަތް ހުރަސްކޮށްލިއެވެ.

ކުއްލިއަކަށް އިވިގެންދިޔަ ބާރު އަޑާއިއެކު، ސިހިފައި އަޔާނީއަށް ދެލޯ ހުޅުވާލެވުނެވެ. އަސްތާ ކަމަކުދާކަށްނެތެވެ. ކުރިމަތީގައި އެ ހުރީ ބިރުވެރި އަދި އެހާމެ ފަކުރު ސިފައެއްގައިހުރި މަޚުލޫޤެކެވެ. އޭގެ މުޅި ގައިގައިވަނީ ކަޅުކުލައިގެ ކެހެރިފަޅާފައެވެ. ކެހެރިތަކުގައި ފެހިކުލައިގެ ލޮނދިތަކެއް ހުއްޓެވެ. އަނގައިގެ ދެމިޔަކަނުން ދަވަ ބޭރުވަމުން ދިޔައިރު، ދަތްތައްހުރީ ރީނދޫކުލައިގައެވެ. ރަތްކަމުންގޮސް ދެލޯ ހީވަނީ އަނގުރު އަލިފާނުން ދިއްލާލާފައިވާހެންނެވެ. ބިމުގައި ހަމަޔަށް ފައިނުޖެހޭއިރު، އޭތީގެ އަނގައިން ބަރު އަދި އެހާމެ ބިރުވެރި އަޑެއް އިރުއިރުކޮޅާ އިވެމުން ދިޔައެވެ.

ފިނިވެގެން ރޫރޫ އަޅަމުންދިޔަ އަޔާނީގެ ހަށިގަނޑު އެއަށްވުރެ ބޮޑަށް ރޫރޫ އަޅައިގަތީ، ގަތްބިރެއްގެ ބޮޑުކަމުންނެވެ. ކުއްލިއަކަށް އެބިރުވެރި މަޚުލޫގު ކުރިޔަށްއެޅި ފިޔަވަޅާއިއެކު، ބިންގަނޑުވެސް ހީވީ ގުޑަގުޑައިގެން ދިޔަހެންނެވެ. އަޔާނީ ބިރުން ހުރެ ފަހަތަށް ޖެހެން ފެށިއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ސަލާމަތަށް އެދި ގޮވުމަށެވެ. ނަމަވެސް، ކަރުގައި އަޑު ތާށިވެފައިވާކަހަލައެވެ. އަޑު ބޭރުވާގޮތެއް ނުވިއެވެ. އޭތި އަނެއްކާވެސް ފިޔަވަޅެއް އަޅާލިއެވެ. އޭރު ފަހަތަށް ޖެހެމުންގޮސް، އަޔާނީ ހުރީ ކަރުތާފެނަށް އެރިއެވެ. ހަދާނެ ގޮތެއް ނޭނގިފައިހުރި އަޔާނީ ދެންވެސް މަސައްކަތްކުރީ އަޑުބޭރުވޭތޯއެވެ. އެކަން ފިޔަވައި ދެން އޭނާއަށް މިވަގުތު ކުރެވޭނެ އިތުރު ކަމެއް ނެތީމައެވެ. އެ ކަޅުފޮއި އަނދިރީތެރޭ، އެހުރިވަރަށްވުރެ ބޭރަށްދާކަށް އޭނާއަށް ހަމަހިލާ ނުކެރޭނެއެވެ.

ބިރުވެރި ސިފައިގައިހުރި އެ މަޚުލޫގު ދެން ފުޅާކޮށްލީ އޭތީގެ ދެއަތެވެ. އަޔާނީ ޝިކާރަކޮށްލުމަށެވެ. އަޔާނީއަށް، ދެން އޭނާ ދިރިހުންނާނެކަމާއިމެދު، އެއްވެސް އުއްމީދެއްނެތި، ކަރުގެ ހުރިހާ ނާރުތަކަށް ލެވުންހާ ބާރެއްލާފައި، ސަލާމަތަށް އެދި ގޮވާލިއެވެ. ނަސީބަކުން މިފަހަރު އަޑު ބޭރުވިއެވެ.

“މަންމާ… މަންމާ… ސަލާމަތްކޮށްދީ…. އަހަރެން ސަލާމަތްކޮށްދީ…. އަހަރެން ކާލަނީ….” އަޑަށް ބާރުލާފައި އަޔާނީ ގޮވަމުން ދިޔައެވެ.

“އަޔާނީ…” އަޔާނީއަށް، އޭނާގެ މަންމަގެ އަޑު އިވުނެވެ. އެހެންކަމުން، އިތުރު ހިތްވަރާއިއެކު އަނެއްކާވެސް، މަންމާއޭ ކިޔާފައި ގޮވާލެވުނެވެ.

“އަޔާނީ… ބަލަ އަޔާނީ ދެލޯ ހުޅުވާބަލަ…” އަޔާނީއަށް ހޭވެރިކަންވީ ދެނެވެ. ދެލޯ ހުޅުވާލެވުމާއިއެކު، އެކި ފަރާތް ބަލާލެވުނެވެ. ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނީ ގާތުގައި އިން އޭނާގެ މަންމަ ފެނުމުންނެވެ. އަޔާނީ އޮތީ އޭނާގެ ކޮޓަރީގައެވެ. އޭނާއަށް ދިމާވި ބިރުވެރި ހާދިސާ އެއީ ފެނުނު ހުވަފެނެއްކަން ޔަޤީންވުމުން، ހިތަށް ބުނެދޭން ނޭނގޭ ތަސައްލީއެއް ލިބިގެން ދިޔައެވެ.

“ދަރިފުޅާ ކިހިނެއްވީ…؟؟؟ ބިރުވެރި ހުވަފެނެއް ފެނުނީތަ..؟؟” އަޔާނީގެ ޙަރަކާތްތަކަށް ބަލަން އިނދެފައި، އަޔާނީގެ މަންމަ އަމްހާ ސުވާލުކޮށްލިއެވެ. ބޯޖަހާލަމުން ތެދުވެ، އަޔާނީ އޭނާގެ ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލުމަށްފަހު ހުޅިއެއް ޖަހާލިއެވެ. އެއަށްފަހު، ނިއްކުރީގައި ހުރި ދާތިކިތައް، އަތުގެ ނުފުށުން ފުހެލިއެވެ.

“ބިރުވެރި ހުވަފެނެއް ނުފެނުނިއްޔާ ދެރައޭ… ދަރިފުޅު ގާތުގައި މަންމަ ކިހާވަރަކަށް ބުނަންތަ ނަމާދު ނުކުރެވެއޭ ކިޔާފައި ދެނަމާދު ދޭތެރޭ ނުނިދާށޭ…. އެއީ އަންހެން ކުދިން ނިދަން އެހާ ރަނގަޅު ވަގުތެއް ނޫނޭ… ދެން އަނެއްކާ އަބަދުވެސް ތިބަލަނީ ބިރުވެރި ފިލްމުތައް….” އަމްހާ ބެލީ އަޔާނީއަށް ވިސްނައިދެވޭތޯއެވެ.

“ދެން ދެނަމާދު ދޭތެރޭ ނުނިދާނަމޭ މަންމާ…” އަޔާނީ، އަމްހާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އެއަށްފަހު، އެނދުމަތީގައި އޮތް ނަންބަރު އައިނު ނަގާ ލޮލުގައި އަޅާލަމުން، އަމްހާއަށް ބަލާލިއެވެ. އެހިނދުމެ، ކުށްވެރިއެއްފަދައިން، މަޑުމަޑުން ކަނާތުގެ ޝަހާދަ އިނގިލީގައި ދަތް އަޅާލިއެވެ. މިމަންޒަރު ފެނުމުން، އަމްހާ ދެފަރާތަށް ބޯހޫރާލިއެވެ.

“މިރޭވެސް އައިނު އަޅައިގެން ދޯ ނިދީ….؟؟” ކޮޅަށް ތެދުވުމަށްފަހު، އުނަގަނޑުގައި އެއް އަތް ވިއްދާލައިގެންހުރެ، އަމްހާ އަހާލީ ހިތްހަމަ ނުޖެހިފައެވެ.

“މާފްކުރޭ މަންމާ…. އަހަރެން ނިދީކީ ނޫނޭ… ފިލްމު ބަލަން އޮއްވާ އަހަރެންނަށް ނިދުނީއޭ…” އަޔާނީވެސް ކޮޅަށް ތެދުވަމުން ބުނެލިއެވެ. އެވަގުތު، ބަންގި ގޮވާ އަޑު އިވުމުން، އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. އެއާއިއެކު، ގަޑި ޖެހެނީއޭ ކިޔާ ދުވެފައިގޮސް، އަލަމާރިން ހެދުމެއް ނަގައިގެން ފާޚާނާއަށް ވަނެވެ.

އަޔާނީ ފާޚާނާއަށް ވަނުމުން އަމްހާ ދެފަރާތަށް ބޯހޫރާލިއެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމުން އޭނާގެ ބޮލުގައި ރިއްސާލިއެވެ. ކޮޓަރީގެ، ތަރުތީބުވަނީ ގެއްލިފައެވެ. ފިޔާތޮށިކުލައާއި، މަޑުދަނބުކުލައިން ކުލަލާ، ފަރުމާކޮށްފައިވާ އެ ބޮޑުކޮޓަރީގެ ހުރިހާ ފަރުނީޗަރެއްގައިވެސް ވަނީ އެ ދެކުލައެވެ. އަޔާނީ ހިތް އެދޭގޮތަށް، ހިތް އެދޭ ކުލަތަކުން، ފަރުމާ ކުރެވިފައެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަމުންދަނީ މުއްސަނދިކަމެވެ. ކޮޓަރިން ނުކުމެވޭ ގޮތަށް ބެލްކަންޏެއް ހުރިނަމަވެސް، އޭސީ ޖައްސާފައިހުރުމުން، ބެލްކަނީގެ ދޮރުހުރީ ލައްޕާލާފައެވެ. ކޮޓަރި ކިތަންމެ ރީތިވެފައި ބޮޑުނަމަވެސް ކޮޓަރިއަށް ބަލާލުމުން، ހީވަނީ ގޮނޑެއްހެންނެވެ. މިއިންދުވަހަކު، ސާފުކުރި ވައްތަރެއްނުޖަހައެވެ.

“އަހަރެން ހިތަށްއަރާ މިކުއްޖާގެ އުޅުން ރަނގަޅުވާނީ ކޮންދުވަހަކުންބާއޭ… ކިތަންމެވަރަކަށް ކިޔައިދިނަސް އަދިވެސް އެއުޅެނީ ކުޑަކުއްޖެއްހެން…. ކިޔައިދީދީ ބޯހަލާކުވާވަރުވޭ….” ކޮޓަރީގެ މެދުގައި ހުރި އެނދުގައި އަޅާފައި އޮތް މަޑުދަނބުކުލައިގެ ކަފަރަޖާ ރަނގަޅުކޮށްލުމަށްފަހު، ބިންމަތީގައި އޮތް ބާލީސް ނަގާ އެނދުމައްޗަށް ލަމުން، އަމްހާ ކުދި ކިޔާލިއެވެ. އަދި އެނދުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕް ލައްޕާލުމަށްފަހު، ގެންގޮސް ފޮތްހަރާ ގުޅިފައި ހުރި ކިޔަވާ މޭޒުމަތީ ބޭއްވިއެވެ. އެއަށްފަހު، ކޮޓަރީގައި ބޮނޑިކޮށް އުކާފައިވާ ކަރުދާސްތައް ހޮވާލިއެވެ. ރީތިކޮށް ކޮޓަރި ކުނިކަހާލަމުން ހިންދެމިލިވަގުތު، ފާޚާނާގެ ދޮރު ކަހާލުމަށްފަހު ޢަޔާނީ ނުކުތެވެ.

“ދަރިފުޅާ މިއަދުވެސް ކޮޓަރި ސާފުކުރަން މިޖެހުނީ މަންމައަށް…. މީ ދަރިފުޅު އަމިއްލައަށް ކުރަންޖެހޭ ކަންތައްތަކޭ… މީހަކު ނުބުންޏަސް އަބަދުވެސް ކޮޓަރި ބާއްވަން ޖެހޭނީ ރީތިކޮށް، ސާފުކޮށް…” ރަތްކުލައިގެ ގަމީހެއް ލައިގެން ތުވާލި އަނދެލައިގެން ނުކުތް އަޔާނީ ފެނުމުން، އެނދުގައި އިށީންނަމުން އަމްހާ ބުނެލިއެވެ. ސްކިނީ ލަމުން އަމްހާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ އަޔާނީ “އާނހޫމް” ކިޔާލިއެވެ. އޭނާގެ ޙަރަކާތްތައް އަވަސްވެފައިވަނީ ޓިއުޝަނަށް ދާން ވަގުތު ކުޑަތަންވަމުން ދާތީއެވެ. އެވަގުތު، ދޮރުގައި ޓަކިޖަހާލުމުން އަމްހާ ތެދުވެގެންގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ޝިއުރީ ފެނުމުން، އަމްހާ ހިނިތުންވެލިއެވެ. ބަދަލުގައި، ޝިއުރީވެސް ހިނިތުންވެލިއެވެ. ޝިއުރީ ވަނުމަށް ތަންދެމުން، އަމްހާ ކޮޓަރިން ނުކުމެގެން ދިޔައެވެ.

ހަލުވިކޮށް ހިނގާލާފައި އައި ޝިއުރީ އިށީނީ ބެލްކަނިދޮރުގެ އެއްފަރާތުގައި ހުރި ސޯފާގައެވެ. އަދި ދެލޯމަރާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ލޮލުގައި މަސްކަރާ އަޅާލަމުން ރީތިވާ މޭޒުގެ ލޯގަނޑުން އަޔާނީ ޝިއުރީއަށް ބަލާލިއެވެ.

“ކޮންކަމަކާ މޫޑު ގޯސްވެފަ…؟؟؟” ތުންފަތުގައި ލިޕްގްލޯސް ހާކާލުމަށްފަހު އަޔާނީ ޝިއުރީއާއިވީ ދިމާއަށް އެނބުރުނެވެ.

“އަނެއްކާ މިރޭވެސް އަހަރެންދެކެ ރުޅިއައިސްގެން މަންމަ އަހަރެންނާ ދިމާއަށް އެއްޗެހިކީ….. އަހަރެންގެ ކުށެއް ނެތަސް، އަބަދުވެސް މަންމައަށް ގޯސްވާނީ އަހަރެން…. ކަމުގެ ދެކޮޅު ބަލާނުލާ، އަހަރެންނާ ދިމާއަށް އެއްޗެހި ގޮވައިގަންނާނީ…. ކިތަންމެ ރުޅިއަޔަސް މަންމަވީމަ ޖެހޭނީ އަނގައިން ނުބުނެ މަޑުން ހުންނަން….” އިސްޖަހާލައިގެން އިނދެ،  ލައިގެންއިން ކަޅުކުލައިގެ ޖެކެޓްގައިހުރި، ހުދުކުލައިގެ ގޮށްތަކާ ކުޅެލަމުން ޝިއުރީ ބުނެލިއެވެ. އޭނާގެ އަޑުންނާއި، ރާގުންވެސް މަންމަދެކެ ހިތްހަމަ ނުޖެހިފައިހުރިވަރު ދޭހަވެއެވެ.

“އައްދޭ މިމަންޖެ މީނީ ވަރަށް ރުޅިއައިއްސަ….. ތިހާ ރުޅިގަދަނުވެބަލަ…. ނޫނީ މުސްކުޅިން އެބުނަނީ ތެދެއްތަ…؟؟؟ ބޯބުޅިކުދިން ހަމައަސްލުވެސް އެހާ ރުޅިގަދައީތަ..؟؟؟” ގަޔަށް ސެންޓު ބުރުވާލަމުން އައިސް، ޝިއުރީގެ ދިގު އިސްތަށިގަނޑާ ކުޅެލަމުން، އަޔާނީ، ޝިއުރީއާއި ސަމާސާކޮށްލިއެވެ.

“ކޮންމެހެން އަހަރެންނާ ދިމާކުރާނެކަމެއް ނެތް… ނިމިއްޖެއްޔާ ދެންވެސް ހިނގާބަލަ ނުކުމެވޭތޯ ބަލަން… މިހާރު ގަޑިޖެހެނީއޭ….” ސޯފާއިން ތެދުވަމުން ޝިއުރީ، ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ރަނގަޅުކޮށްލަމުން ހިނގައިގަތެވެ. އަޔާނީވެސް ކިޔަވާމޭޒާއި ގުޅިފައިހުރި ފޮތްހަރުގެ ބިއްލޫރި ދޮރެއް ހުޅުވާލުމަށްފަހު، އޭނާގެ ފޮތްތައް ހިފައިގެން ޝިއުރީގެ ފަހަތުން ދިޔައެވެ.

********************

 

އަޔާނީމެން، ގެއިން ނުކުތްތަނާ، ސައިކަލެއް އައިސް އެގޭ ދޮރުމަތީ މަޑުކޮށްލިއެވެ. ސައިކަލުގެ ފަހަތުގައި އިން މިޝްޔާ، އަޔާނީމެންނަށް ބަލާލަމުން ހިނިތުންވެލިއެވެ. އަދި ސައިކަލް ދުއްވަން އިން އޭނާގެ ބޭބެ މިޝަލްގެ ކޮނޑުގައި ހިފަހައްޓާލަމުން ސައިކަލުން ފޭބިއެވެ.

“ނުވަގަޑި ބައިގަ އަންނާނަން ބަލާ…؟؟؟” މިޝްޔާ، އަޔާނީމެންނާ ދިމާއަށް އެނބުރުނުވަގުތު، އޭނާގެ ކަރުގައި އޮޅާފައި އޮތް އަޅިކުލައިގެ ދޯޕައްޓާއަށް ދަމާލަމުން މިޝަލް ބުނެލިއެވެ.

“ދެން ދޮންބޭ….” މިޝަލްގެ އަތުތެރޭއޮތް އޮތް ދޯޕައްޓާއަށް ދަމާލަމުން، މިޝްޔާ މިޝަލަށް ލޯއަޅާލިއެވެ. މިޝްޔާ އިތުރަށް ރުޅިއަރުވާލުމަށްޓަކައި، މިޝަލް، މިޝްޔާގެ އިސްތަށިގަނޑަށް ދަމާލިއެވެ. އައި ރުޅިން މިޝްޔާ، މިޝަލްގެ އަތުގައި ބޮނޑިއެއް އަޅާލުމުން، އޭނާ ފެށީ ހޭށެވެ. އޭރު މަޖާވެފައި މިމަންޒަރު ބަލަން އަޔާނީ ހުރިއިރު، ޝިއުރީގެ މޫނުމަތީގައިވަނީ ތަފާތު އަސަރުތަކެކެވެ. އޭނާގެވެސް އެޢުމުރުގެ ބޭބެއެއް ހުރެއެވެ. ނަމަވެސް، މިޝްޔާއާއި، މިޝަލްގެ އެ އޮންނަކަހަލަ އެއްބަނޑު އެއްބަފާކަމުގެ ގާތްގުޅުމެއް، އޭނާއާއި، އޭނާގެ ބޭބެގެ ދެމެދަކު ނުވެއެވެ.

ޝިއުރީއަށް ސިއްރުން ބަލާލުމަށްފަހު، މިޝްޔާގާތު “ދަނީ”އޭ ބުނެފައި، މިޝަލް ސައިކަލް ދުއްވާލިއެވެ.

********************

 

މިޝަލް ދިޔުމުން، އެކިއެކި މަޖާ ވާހަކަ ދައްކަމުން ތިންކުދިން ދިޔައީ ހަނިމަގަކުންނެވެ. އެކުދިން، މިސްރާބު ޖަހާފައިވަނީ ޓިއުޝަންދޭ ގެއާއި ދިމާއަށެވެ. އެވަގުތު، މަގުމަތިން އެތިންކުދިން ފިޔަވާ އިތުރު މީހަކު ފެންނާކަށް ނެތެވެ. ފަޅުގެއަކާއި އަރާ ހަމަވިވަގުތު، އެގޭތެރެއިން ނުކުމެގެން އައި ބުޅަލެއް، އައިގޮތަށް އައިސް ޖެހުނީ އެގެއާއި އެންމެ ކައިރިއަށް ހުރި އަޔާނީގެ ފައިގައެވެ. އަޔާނީ ހަޅޭލަވައިގަތުމުން، ގާތުގައި ތިބި ދެކުދިންވެސް ބާރަށް ހަޅޭލަވައިގަތެވެ. ރުޅިއައިސްގެންކަމެއް ނޫނީ ބިރުންކަމެއް ނޭނގެއެވެ. ބުޅާވެސް، އޭގެ ބަހުރުވައިން ހަޅޭލަވަންފެށުމުން، އަޔާނީ ގަތީ އަމަށަކު ބިރެއްނޫނެވެ. އޭނާ ބަލާކަށް ނުހުރެ، ފުންމައިގެންފައި، އައިކޮޅަށް ދުއްވައިގަތީ، ބިރުގަތްވަރުންނެވެ. އޭރު، މިޝްޔާވެސް ހުރީ ބިރުން، ޝިއުރީގެ ފުރަގަހަށް ވަދެއެވެ. އަޔާނީ ދުވެފައި ދިޔަ ގޮތް ފެނި މަޖާވެގެން ޝިއުރީ ހޭންފެށިއެވެ. އޭރު އެބުޅާވެސް، ދުވެފައިގޮސް ޖެހިގެން އޮތްމަގަށް ލަނބާލައިފިއެވެ.

ދުވަމުން ދިޔަ އަޔާނީގޮސް ލައިގަތީ، މަގުގެ ވާތްފަރާތުގައިހުރި ފިހާރައިން ނުކުތް އަންހެންކުއްޖާގެ ގައިގައެވެ. ދެކުދިން ބިންމައްޗަށް ވެއްޓުންއިރު، އެކުއްޖާ އޮތީ، މިއަދު ވެހުނު ވާރޭގައި ހެދިފައިއޮތް ޗަކަފެންގަނޑުގައެވެ. އަތުގައި އޮތް ކޮތަޅުވެސް ވިއްސައިގެންގޮސް އޮތީ މާ ދުރުގައެވެ. އޭރު، މިޝްޔާމެންވެސް އެ ހިސާބަށް އަރާ ހަމަވަނީއެވެ. ޝިއުރީ، އަޔާނީއަށް ތެދުވަން އެހީވެދިންއިރު، މިޝްޔާ، އެ އަންހެންކުއްޖާއަށް ތެދުވުމުގައި އެހީވެދިނެވެ. ތެދުވިއިރު، އެކުއްޖާ ލައިގެންހުރި އަޅިކުލައިގެ ޓީޝާޓުގެ އެއްބައި އޮތީ ތެމިފައެވެ. ގަތާފައިވާ ދިގު އިސްތަށިގަނޑުގެ ކޮޅުވެސް އޮތީ ތެމިފައެވެ. މޫނުމައްޗަށް ވެއްޓިފައިއޮތް ކުރު އިސްތަށިކޮޅު އެއްފަރާތްކޮށްލުމަށްފަހު، އެ ކުއްޖާ ޓީޝާޓު ތެމިފައި އޮތް ދިމާލުން ގަޔާ ދުރުކޮށްލިއެވެ. އެކުއްޖާ ހުރި ހާލުފެނުމުން އަޔާނީ ދެރަވެލާފައި މަޢާފަށް އެދުނެވެ.

“ޔަނާލް….” އެވަގުތު ފިހާރައިގެ ކުރިމައްޗަށްހުރި ގެއާއި އިންވެގެން ހުރިގެއިން ނުކުތް އަންހެނަކު ގޮވާލިއެވެ.

“މިދަނީ” ޔަނާލް އެމިހާއަށް ބަލާލަމުން ބުނެލިއެވެ.

“އެއީ އެވަރުކަމެއް ނޫން” އަޔާނީއަށް ހިނިތުންވެލަމުން ޔަނާލް ބުނެލިއެވެ. ވިއްސައިގެން ގޮސްފައިއޮތް ޔަނާލްގެ ކޮތަޅު، ޝިއުރީ ގެނެސްދިނުމުން، އެ ހިފައިގެންގޮސް އެ އަންހެންމީހާއާއިއެކު އޭނާ ގެއަށް ވަނެވެ.

“އެއީ ކޮންކުއްޖެއް….؟؟؟” ޔަނާލްގޮސް ގެއަށްވަނުމުން މިޝްޔާ އަހާލިއެވެ.

“މީގެ ކުރިން އަހަރެން ނުދެކެން އެކުއްޖާއެއް…. މިރަށު ކުއްޖެއް ނޫންކަންނޭގެ…..” ލައިގެންހުރި ގަމީހުގެ ކަނުން، އައިނުގެ ލޯކޮޅު ސާފުކޮށްލަމުން މިޝްޔާގެ ސުވާލަށް އަޔާނީ ޖަވާބުދިނެވެ.

“އެކުއްޖާއަކީ ކާކުތޯ ބަލާނީ ފަހުން… ގަޑިޖެހެން ފަސްމިނެޓަށްވެއްޖެ…. ދެންވެސް ހިނގާބަލަ ދާން….” ދަބަހުގައި އޮތް ފޯނުން، ގަޑި ބަލާލުމަށްފަހު، މިޝްޔާއާއި، އަޔާނީގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ޝިއުރީ ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (95)

  1. Eemyaa

    hurihaa kiyuntherinna ves vaahakaige feshun kamudhaane kamah ummeedhu kuran
    Vaahak kiyumahfahu rangalhu kohlan jehey kameh iniyyaa faahaga kohladhinumaky eem ge v bodu edhumeh
    Hurihaa kudhinge khiyaalves ufalaai eku balaigannaanan
    Enjoy reading 🙂

    1. 1997women
      Eemyaa

      Nice start .. Keep the good work up… ? Kon dhuvas thakehga up vaaany

    2. Eemyaa
      Eemyaa

      Thanks 1997women ☺
      Eh dhuvas dhookohfa next part up kuraany ?

    3. Naz
      Eemyaa

      Feshun reethi.ekamaku up baraabaran kuran vaane.eyrundhoo kiyaa hithun kiyaaleveynee.????

    4. Eemyaa
      Eemyaa

      Thanks Naz ☺
      Baraabarah up kohladheynan In Sha Allah ?

  2. Zau ?

    Yayyyyy zau first dhw ?
    Vaahakaige feshun varah varah reethi..unmeedhu kuran dhn oih bai vx mihaa reethi vaane kamah ❤️❤️❤️

    1. Faalih
      Zau ?

      LOL

    2. Eemyaa
      Zau ?

      Thanks zau ☺

  3. shafu

    story nice… 🙂

    1. Eemyaa
      shafu

      Thanks shafu ☺

  4. Axu

    Feshun V reethi keep it up??❤????

    1. Eemyaa
      Axu

      Thanks Axu ☺

  5. Ram

    Wow..v v v nice.. dhn up vaany 25 ga dww… waiting ??

    1. Eemyaa
      Ram

      Thanks Ram ☺
      Yes
      Next part 25 ga ☺☺

  6. Zaa ❤

    Woww feshun varah reethi ☺☺.. Waiting for the next part ❤❤

    1. Eemyaa
      Zaa ❤

      Thanks Zaa ☺

  7. Xxxx

    Nice begining..?????

    1. Eemyaa
      Xxxx

      Thanks Xxxx ☺

  8. Rish

    Kon kon dhuvahaku up vanee mi story.vara reethi.

    1. Eemyaa
      Rish

      Ehdhuvas dhookohfa up kurany
      Thanks Rish ☺☺

  9. 1997women

    Nice start .. Keep the good work up… ?

    1. Eemyaa
      1997women

      Thanks ☺☺

  10. Sidhu

    V nice storyge feshun….sidhu hope kuran storyge hurihaa bayeh vex mihaa salhi vaanekama. …thankx eam mihaa nice story eh sidhu menna hamayah genesdheythi

    1. Eemyaa
      Sidhu

      Thanks Sidhu ☺
      Sidhu mennah kamudhaane hen hurihaa part eh ves genesdheveytho balaanan ??

  11. Izee

    Avas avahah up kolla dhehchey igey. Story ge feshun varah nice. Waiting fr next part

    1. Eemyaa
      Izee

      Thanks Izee ☺☺

  12. kanbs

    feshun reethi

    1. Eemyaa
      kanbs

      Thanks kanbs ☺

  13. Shahoo

    Nyc??

    1. Eemyaa
      Shahoo

      Thanks Shahoo ☺

  14. ?Princess S ?

    Vvvv nice.. hama obiness to the maxx???whn nxt part?

    1. Eemyaa
      ?Princess S ?

      Thanks Princess S ☺
      Next part 25 ga ??

  15. Yaa

    Nice start..eagerly waiting for the next part..❤❤

    1. Eemyaa
      Yaa

      Thanks Yaa ☺

  16. Juvey

    Feshun v nice ..???

    1. Eemyaa
      Juvey

      Thanks Juvey ☺

  17. Maahy❤

    Nice ❤
    Heekuran Reethi Vaane Kamah Nd Story Ehkoh Complete Kuraane Kamah…
    Gud Luck??

    1. Eemyaa
      Maahy❤

      Thank you Maahy ☺
      Nimendhen vaahaka genesdheynan
      In Sha Allah ??
      Thanks again

  18. Zoya

    wow v reethi feshun ummeedhu kurany hurihaa baithakeh vx foohi kameh nethi kiyaalan libeyne kamah ???????

    1. Eemyaa
      Zoya

      Thanks Zoya ☺☺

  19. Loona

    Its really nice and hard work but try to make it long????and mistakes huri kamakah faahagaeh nukurevun daily kon up kuraane kamah hope kuran? ….love u??

    1. Eemyaa
      Loona

      Thanks Loona ☺
      I’ll try ?
      Love you too ??

  20. Nern

    ooohh laalaa. . what a storyyy. . . hama mar mar furathama part ves. . . GUD LUCK dear. .

    1. Eemyaa
      Nern

      Thanks Nern ??

  21. Aashaa

    V reethi… Mee biruveri vaahaka eh tha

    1. Eemyaa
      Aashaa

      Nun Aashaa, biruveri eh nun bt little bit different
      Thank you Aashaa ☺☺

  22. Coco

    Hey I m already a fan of urs I love this type of stories thanks n hope u will not stop writing in the middle or after 3 to 4 parts

    1. Eemyaa
      Coco

      Happy to knw it, Coco ☺
      I’ll try my best to upload this till the end In Sha Allah ??

  23. Aif

    Varah reethi feshun.. Hurihaa baithah mihaa rythi adhi dhiguvaane kamah ummeedhu kuran… Waiting for the next part ???

    1. Eemyaa
      Aif

      Thanks Aif ☺
      Vaahaka shauguveri kamaa eku nimendhen kiyaane kamah ummeedhu kuran ?

  24. Saa

    Varah rythi vaane hen heevey. Good luck and waiting for the next parts. ?

    1. Eemyaa
      Saa

      Thanks Saa ☺

  25. sam♥

    i love this stry … waiting next part … love u ♡♡♡♡♡

    1. Eemyaa
      sam♥

      Thanks sam ☺
      Lov you too ?

  26. Anonymous

    Kuda thankolheh dhigu kohllachey next part

    1. Eemyaa
      Anonymous

      I’ll try ☺☺☺

  27. ???

    Vvvvvv rythi???

    1. Eemyaa
      ???

      Thanks ??? ?

  28. Ilha

    V reethi furathama part waiting for next part.❤❤❤❤❤❤

    1. Eemyaa
      Ilha

      Thanks Ilha ?

  29. Rahuma Abdulraheem

    Dhavana bai kiyaalan lebaaney kon erakun tho

    1. Eemyaa
      Rahuma Abdulraheem

      Maadhamaa ☺

  30. Adha?

    Varah reethi feshun? good luck dear? waitingss❤❤❤❤

    1. Eemyaa
      Adha?

      Thanks Adha ???

  31. Naaaanu

    Naaanu bxy Kamun adhi mi kiyaalevunyy… Vvv reethi feshun…

    1. Eemyaa
      Naaaanu

      Thanks Naaaanu ??

  32. Yaashaa

    Starting varah salhi… Ummedhu kuran mi vaahaka nimendhen kiyan libeyne kamah… Best of luck Eamyaa

    1. Eemyaa
      Yaashaa

      Vaahaka nimendhen genesdheynan In Sha Allah ☺
      Thanks Yaashaa ??

  33. Kim Tae Hyung

    V reethi feshun. Ekamu gavaudhun up kohdhenvaane. Nice. Keep it up

    1. Eemyaa
      Kim Tae Hyung

      I’ll try my best ☺
      Thanks Kim Tae Hyung ??

  34. Dhona

    startng varah salhi..salhi vaahaka akah vaane kamah uhmeedhu kuran…keep it up

    1. Eemyaa
      Dhona

      Thanks Dhona ??

  35. naff

    Beginning is nice..hope the upcoming parts will be more interesting..but darling dhoabahtaa nukiyaane..that dhoapahtaa..OK..

    1. Eemyaa
      naff

      Thanks naff ?
      Ethanko rangalhu kohlaafa innaany mihaaru thanks rangalhu goi buneladhinyma ☺☺

  36. Song joong ki... KOREAN

    Vvv habeys ingey feshun. V kiyaa hithun mihuryyy nxt part. Waiting. Good luck 🙂

    1. Eemyaa
      Song joong ki... KOREAN

      Thanks Song joong ki… KOREAN ??

  37. Xna

    Reethi feshumeh? dhigukoh genes dhineema v furihamavaane. ?

    1. Eemyaa
      Xna

      Thanks Xna ?

  38. Jin

    Love this story..?? keep it up!!

    1. Eemyaa
      Jin

      Thanks Jin ☺?

  39. Rauuu

    Kobaa tha story… kiyaa hithun bimuga fai jehenyky noon… 2 min in eba vadheveyy site ah mivaahaka nikumefathww balaalan… alheyy avas kohdheeba… waiting ?

    1. Ram
      Rauuu

      Hehe.. thedheh v inthizaaru kurevey eba… up it soon ??

    2. Eemyaa
      Rauuu

      Nw up kohlaafa innaany Rauuu ☺

  40. Anonymous

    Pic ga thibi kudhin ge name bunedhevidhaanetha real name

    1. Eemyaa
      Anonymous

      I dnt knw dear
      Sorry ?

  41. Anonymous

    Misaalakah net in search kuranaamunves jahaane ehcheh bunedhevidhaanetha misaalakah kujaage name

    1. Eemyaa
      Anonymous

      Dear a e last year kurykolhuga hoadhi pics thakeh i dnt remember well
      I think cute girls jahafa kanne search kury

  42. Cher

    Start v habeys..story nice vaane kamah hope kuran..keep up the good work ??

    1. Eemyaa
      Cher

      Thanks Cher ☺

  43. Ainth

    V rythi thafaathu feshumeh

    1. Eemyaa
      Ainth

      Thanks Ainth ☺

  44. Saniya_12

    Reethi vaahakaeh. Unmeedhu kuran kuriah huri baithah ves v reethi vaane kamah. 🙂

    1. Eemyaa
      Saniya_12

      Thanks dear ❤

  45. shaff

    v salhi?

    1. Eemyaa
      shaff

      Thanks dear ❤

Comments are closed.