” ލީން. ކިޔާން ލީން އަތަށްދޭށޭ ކިޔާފަ އަހަރެން އަތަށްދިން އެއްޗެއް.” މަޑުމަޑުން ކިޔާރާ ބުނެލިއެވެ. އައިލީން ކިޔާރާއަށް ބަލާލީ އެ އެއްޗެއް ބަލާލުމުގެ ޝައުޤުވެރިކަން އެހިތުގައި އުތުރިއަރައިގަތް ވަރުންނެވެ. ކުއްލިއަކަށް ކިޔާރާ ކަނައަތުގެ މުށް ހުޅުވާލައިފައި ދައްކާލި އެއްޗަކުން އައިލީންގެ ދެލޯބޮޑުވެގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އެބޮޑު ދެލޯ ކަރުނުން ފުރިގެންދިޔައީ އައިލީންގެ އިޚްތިޔާރުން ބޭރުގައެވެ. ތުރުތުރުއަޅައަޅާ އޮތް އަތުން އައިލީން ކިޔާރާގެ މުށުތެރޭގައި އޮތް ރިހި އަނގޮއްޓި ނެގިއެވެ. އޭގައި ވަރަށް ރީތި ފޮންޓަކުން […]
އަހަރެންނަކީ ފިލްމަކުން ވެސް ޖިންނިއެއް ފެނިއްޖިއްޔާ އެރެއަކު ބިރުން ނުނިދާ އުޅޭ މީހެކެވެ. އެކަނި ފާޚާނާ އަށް ވަންނަން ވެސް ހުންނަނީ ނުކެރިފައެވެ. ނަމަވެސް މިއަދު ހަޤީޤީ ޖިންނިއެއް އަހަރެންގެ ކައިރީގައި ލޯތްބަށް އެދިގެން ކައިރީގައި އިން އިރު ހިނދުކޮޅަކަށް ބިރުގަތް ނަމަވެސް ބީހާލްގެ އެންމެ ބީހިލުމަކުން ހުރިހާ ބިރެއް ނެތިގެން ހިނގައްޖެއެވެ. ބީހާލް ބުނި ފަދައިން އޭގެ ފަހުން އަހަރެންނާއި އެކީގައި ހުރިހާ ވަގުތުތަކުގައި ބީހާލް އެގޭ ތެރޭގައި އުޅޭއެވެ. އަހަރެން ނިދަން […]
ތިންވަނަބައި އަހަންނަށް ފެނުނީ ގޭދޮށަށް މީހުން އެއްވެފަ ވަނިކޮށެވެ. އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރި ކަމެއް އުފެދުނެވެ. ހިތް ބުނަމުން ދިޔައީ ކޮންމެވެސް ކަމެއްވެއްޖެ ކަމުގައެވެ. އަހަރެން އެދައްތަ އާއިއެކު މީހުން ދުރު ކުރަމުން ގޭތެރެއަށް ވަނީމެވެ. އެހިނދު ހިތް ހުއްޓުނު ކަހަލަ އެވެ. ސިޓިންގް ރޫމްގައި އެއްވެސް ހަރަކާތެއް ނެތި އެއޮތީ އަހަރެންގެ ލޮބުވެތި ބައްޕަ އެވެ. އަހަންނަށް ހަޅޭއްލަވާ ގަތުމަށްފަހު ބައްޕަ ގާތަށް ދުވެފަ ދެވުނެވެ. އޭރު މަންމަ ފާރުގައި ލެނގިލައިގެން ރޯން އިނެވެ. […]
” ކަލޭ؟ ކަލޭ މިތާ ކީކުރަނީ؟” ކަޅިއަޅާާލަމުން ރުޅިވެރި ރާގަކަށް ލީޝާ އެއްސެވެ. ” އަހަރެން މިއައީ ލީޝާއާ ވަރަށް ބޮޑު ވާހަކައެއް ދައްްކަން” ހަމަ އެރާރުގައި ކިޔާރާވެސް ބުނެލިއެވެ. ” ހުއް. ކަލޭ މަށާދައްކަން އޮންނާނީ ކޮންވާހަކައެއް؟” ފަރުވާކުޑަ ގޮތަކަށް ލީޝާ ބުނެލިއެވެ. ” އަހަރެން ނެތިން މާދުރު ދުރުން ވާހަކަ ފަށާކަށް. ސީދާ މައުޟޫއަށް ދާން ބޭނުމީ. ލީޝާ ކީކޭ ހިތަށް އަރާގެން ކިޔާން ގާތު ލީންއޭ ކިޔައިގެން އެހާ ބޮޑު ދޮގެއް ހެދީ؟” […]
މަޑު މަޑުން ދުވަސްތައް ފާއިތު ވަމުން ގޮސް މިއަދަކީ ވަޒުނާ މެން ދަތުރު ދާން އޮތް ދުވަހެވެ. އެހެން ކަމުން ދަތުރަށް ބޭނުން ވާނެ ސާމާނު ވަނީ ރޭގައި ހަމަ ކޮށްފައެވެ. މުޅި ރޭގަ ވަޒުނާ ހީވާނީ މޮޔަ ވެގެން އުޅޭހެންނެވެ. ދަތުރު ދާން ފުރަން އޮތީ ހައެއް ޖަހާއިރު ކަމުން ރޭގަ ވަރަށް އިރާކުޅު އެއްމެން ވެސް ނިދާފިއެވެ. “ޓަން ޓަން…. ދަރިފުޅާ ވަޒޫ ދޮރު ހުޅުވަބަލަ، ފަހެއް ޖަހައިފިޔޭ އަވަހަށް ތެދުވެބަލަ، ހައެއް ޖަަހއިއިރު […]
ނިސާދު ފުންނޭވާއެއްލަމުން ހަސްމާގެ މޭޒާ ދިމާއަށް ބަލާލިއެވެ. ހަސްމާއެއް ނެތެވެ. އޭނާގެ ގޮޑިހުރީ ހުސްކޮށެވެ. އޮފީހުގެ އެއްވެސް ހިސާބަކުން ހަސްމާ ފެންނާކަށް ނެތެވެ. އެވަގުތުން ފެށިގެން ނިސާދު މިސްރާބުޖެހީ ހަސްމާއާ ދިމާވިފަހުން ދެމިހުން އެކުގައި ސަޔަށްދާ ރެސްޓޯރެންޓާ ދިމާލަށެވެ. ހަސްމާ ހުރެދާނެކަމުގެ އުންމީދުގައެވެ. ނިސާދު ރެސްޓޯރެންޓްގެ އެތެރެއަށް ވަތްއިރު ހަސްމާ މޭޒެއްގެ ކައިރީ އެކަނި އިށީދެގެން އިންތަންފެނުނެވެ. ނިސާދު އައިސް އެމޭޒުކައިރީ ހުރި ގޮޑީގައި އިށީދެލިއެވެ. ދެކޮޅުބަލާލުމަށްފަހު ނިސާދު ހަސްމާއާ ވާހަކަ ދައްކަންފެށިއެވެ. “ސޮރީ ހަސް!!!!” […]
ފަތިސް ނަމާދުކޮށްލައިގެން ޝައިމް ހޮސްޕިޓަލަށް ދާން ތައްޔާރުވިއެވެ. އީޝް އަދި އެއްދުވަހަށް އެޑްމިޓް ކުރަން ނިއްމުމުން ހޮސްޕިޓަލުގައި މަޑުކުރުމަށެވެ. އަޝްވާ ޝައިމްއާއި އެއްކޮށް ދާން އުޅުނު ނަމަވެސް ގޭގައި މަޑުކޮށްލީ ބައްޕަ ވިޔަފާރި ދަތުރު ނިއްމާލުމަށްފަހު ހެނދުނު އަންނާނެ ވާހަކަ ބުނުމުންނެވެ. ޝައިމް ހޮސްޕިޓަލަށް ދިޔުމުން އަޝްވިން އާއި ލިއުޝާ ގެޔަށް ދިޔައީ ތާޒާވެލުމަށެވެ. އީޝް ޝައިމްއާއި ހަވާލުކުރަމުންނެވެ. ” ދޮންބެގެ ދޫންޏާ ކިހިނެތް މިހާރު” އެއް އަހަރަށްދާ އީޝް އޮތީ އައިވީ ގުޅާފައެވެ. ޝައިމް އީޝް […]
“އަހަރެން މިއުޅެނީ ރަށަށްދާންވެގެން” ޒިޔާދު ބުންޏެވެ. “ހާދަ އަވަހަކަށް ދާންތިއުޅެނީ ކިހިނެއްވީ އަނެއްކާ” ހަނާ އަހާލިއެވެ. “ދެން އަވަސް ވިޔަސް ކުރާނެކަމެއް ނެތެއްނު. އަހަރެން މިއައީ ޔާޝްގެ އުފަންދުވަހަށް. އެކަންވެސް މީހާރުމިވަނީ. އަނެއްކޮޅުން ޖޮބް ވެސް ހަމަޖެހިއްޖެ. މިހެން އަބަދު ކަމެއްނުކޮށް ނުހުރެވޭނެއްނު” ޔާޝްގެ އަތުގާ ހިފައިގެން ހުރެ ޒިޔާދު ވާހަކަ ދައްކަމުން ދިޔައެވެ. “ސްކޫލު ޖޮބްއިން ކެޑިގެންތަ ތިހުރީ” ހައިރާންކަމާއެކު ހަނާ އަހާލިއެވެ. “އާނ… ޒިޔާ ބަލިވެގެން ނުނިކުމެ ގިނަދުވަސް ތަކެއްވުމުން އަމިއްލައަށް ކެޑުނީ” […]
ދުވަސްތައް ހަފުތާތަކަށް، ހަފުތާތައް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވެއްޖެއެވެ. ނިސާދުގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއްވެސް އަތުވެއްޖެއެވެ. ނަމަވެސް އެކަންވަނީ ސިއްރުވެފައެވެ. ނިސާދުގެ ދިރިއުޅުމުގެ މިބަދަލަށް އަހަރުވިއިރުގަ ޔާޝްއަށް ވެސް އެއްއަހަރު ވެއްޖެވެ. ޔާޝްގެ އުފަންދުވަހުގައި ކުޑަޕާޓީއެއް ބޭންވުމަށް އެއްމެންވެސް ވަނީ މާކުރިންވެސް ނިއްމާފައެވެ. ޒިޔާދުވެސް ރަށަށް ގޮސްފަ އެދުވަހަށް މާލެ އަތުވެއްޖެއެވެ. ޒުހުރާ އާ ހަފުސާ އޭރު މާލޭގައި ތިބިގޮތަށް ތިބީއެވެ. ޕާޓީ ބާއްވަން ހަމަޖައްސާފަ އޮތްދުވަހުގެ ހެނދުނުގެ ވަގުތެވެ. ޒިޔާދު އިނީ ނިސާދުމެންގޭ […]