Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަބަދަށް ( ތިންވަނަ ބައި)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 9, 2017 4 Mins Read
11 Comments

” ކީކޭ؟” ބޭއިޚްތިޔާރުގައި ކިޔާރާއަށް ބުނެވުނެވެ. ” ލީނަށްއެބައެނގޭތަ ތިކިޔޭ އެއްޗެއް؟ ” އައިލީންގެ ދެކޮނޑުގައި ހިފާތަޅުވައިގަންނަމުން ކިޔާރާ ބުނެލިއެވެ. އައިލީންގެ ގިސްލުންވީ އިތުރެވެ. ” އާން.. އަހަ.. އަހަރެންނަށް އެނގޭ މިކިޔޭއެއްޗެއް.. ކިޔާ.. އަހަ.. އަހަރެންނަށް.. އަހަރެންނަށް ހަޤީޤަތުގަވެސް ވަނީ އެއިޑްސް ޖެހިފަ.. ” އަޅައަޅައި ގަންނަމުން އައިލީން ބުނެލިއެވެ. ” އަހަރެންނަކަށް ނޭނގެ ޔާން ގާތު މިވާހަކަ ބުނާނެ ގޮތެއްވެސް. ހަދާނެގޮތް ހުސްވުމުން މިއައީ ކިޔާ ގާތަށް. ހެޔޮނުވާނެ ކިޔާ އަހަރެންނަށް އެހީވެދީ. ” ރޮއެގަންނަމުން އައިލީން ކިޔާރާ ގާތުގައި އާދޭސްކުރަން ފެށިއެވެ.

މިވާހަކަތައް އަޑުއަހަންހުރި ކިޔާން ހުރީ ޤަބޫލްނުކުރެވިފައެވެ. އިވުނު ވާހަކަތަކާއެކު އެންމެ ފުރަތަމަވެސް ކިޔާނަށް ވިސްނުނީ އޭގެ އެންމެ ނުބައި ގޮތަށެވެ. ޝައިތާނާ ކިޔާންގެ ބޮލަށް ސަވާރުވީ ހީވެސް ނުކުރާހައި އަވަހަށެވެ. ކިޔާނަށް ހީވިގޮތުގައި އައިލީން ކިޔާނާއި ދުރުވީ އެހެން މީހަކާއި ގުޅުމެއް އޮތީމައެވެ. އަދި އައިލީނަށް އެފަދަ ނުބައި ބައްޔެއް ޖެހުނީވެސް އަހަރެމެންގެ މާތްވެގެންވާާ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާފަދަ ނުބައި ގުޅުމެއް ހިންގުމުގެ ސަބަބުންނެވެ. ކިޔާނަށް ދެލޯމަރައިލެވުނެވެ. ދަތްކުނޑި ވިކައިގަތުމަށްފަހު އަތްމުށްކަވާލެވުނީ އައި ގަދަަ ރުޅީގެ ސަބަބުންނެވެ.

އައިލީންމެން ތިބީ ކިޔާނާއި ފުރަގަސްވާގޮތަށް ކަމުން ކިޔާން ފަހަތުގައި ހުރިކަމެއް އައިލީނާއި ކިޔާރާއަކަށް ނޭނގެއެވެ. އޭރުވެސް އައިލީން ގިސްލަ ގިސްލާފައި ރޮނީއެވެ. ކިޔާރާވެސް އިނީ ފެންކަޅިވެފައެވެ. އެޙާލުގައިވެސް އެކުވެރިޔާއަށް ހިތްވަރުދެވޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ.

“ލީން!!” ސިއްސައިގެންގޮސް އައިލީނާއި ކިޔާރާ އެއްފަހަރާ ފަހަތަށް އެނބުރުނީ ކިޔާންގެ ބާރު ހަޅޭކުގެ އަޑަށެވެ. އޭރު ކިޔާން ހީވަނީ ރުޅިއައިސް ރަތްވެފައިވާ ސިންގާއެއް ހެންނެވެ. އައިލީނަށް ބަލަމުންދިޔަ ނަފްރަތުގެ ނަޒަރުން ކިޔާނަށް އައިލީންގެ ވާހަކަތައް އަޑުއިވުނީކަން އައިލީނަށް އެނގުނެވެ. އެހެނަސް އެނިކަމެތި އަންހެންކުއްޖާއަށް ނޭނގުނީ ކިޔާނަށް އަޑުއިވުނީ އޭނާގެ ވާހަކައިގެ އެއްބައިކަމެވެ.

ދެލޯބޮޑުކޮށްގެން ހުރެ އައިލީން ކިޔާނަށް ބަލަމުން ދިޔައެވެ. ވާންމިއުޅެނީ ކިހިނެއްކަން ނޭނގޭ ޙާލުގައެވެ. އައިލީނަށް އިސްދަށަށް ޖަހައިލެވުނީ ކިޔާންގެ ރުޅިވެރި މޫނު ފެނުމުން ގަތް ލަދެއްގެ ބޮޑުކަމުންނެވެ. އޭނާއަކީ އެފަދަނުބައި ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ އިންސާނެއްކަން އެނގުމުން ކިޔާން އަމަލުކުރާނެ ގޮތެއް ނޭނގޭތީއެވެ. ހަމަޔަޤީނުންވެސް ކިޔާން އޭނާ ދޫކޮށްލާނެކަން ކަށަވަރެވެ. އެކަން ކިޔާންގެ މޫނުން އެކަނިވެސް އެބަ އެނގެއެވެ. ކިޔާރާވެސް އިނީ ކިޔާން ހަދާނެގޮތެއް ނޭނގޭތީ އެއްޗެއް ބުނަންނުކެރިފައެވެ. އެއްފަހަރު ކިޔާންގެ މޫނަށް އަނެއްފަހަރު އައިލީންގެ މޫނަށް ބަލައިލަ ބަލައިލާ ކިޔާރާއަށް އިނދެވުނީ ނޭވާ ހިފަހަށްޓާލަގެންނެވެ.

އެގޮތުގައި ކުޑަވަގުތުކޮޅެއް ހޭދަވުމަށްފަހު އައިލީން ވާހަކަދެއްކޭތޯ އަނގަ ހުޅުވައި ލިއެވެ. އެހެނަސް އޭނާއަށް ހުއްޓުންއެރީ ކިޔާން އަތްމައްޗަށް ހިއްލައިލާ އެކަން މަނާކުރުމުންނެވެ.

” ލީން.. އަހަރެންނަށް ޤަބޫލްވެސް ނުކުރެވޭ ލީން އަހަރެންނަށް ތިހާބޮޑު އޮޅުވާލުމެއް އޮޅުވާލާނެކަމަކަށް. ލީން އަހަރެންނަށް ބޭވަފާތެރިވާނެކަމަށް އަހަރެން ދުވަހެއްގެ ކޮޅުންވެސް ހީނުކުރަން. ކީއްވެ ލީން؟ ކީއްވެ؟ އަހަރެންގެ ލޯބިންކޮންކަމެއް ލީނަށް އުނިވީ؟ ލީން ހިތްފުރޭވަރަށް އަހަރެންނަށް ލޯބި ނުދެވުނީތަ ، މިއަދު ލީން އެހެން ފިރިހެނެއްގެ އެހީތެރިކަމަށް ބޭނުންވީ؟ ” ރޮވިފައި ހުރެ ކިޔާން ދެއްކި ވާހަކައެއް އައިލީނަކަށް ނުވިސްނުނެވެ. ކިޔާން އެހެން ބުނަންވީ ކީއްވެ ހެއްޔެވެ؟ އޭނާ ކިޔާނަކަށް ބޭވަފާތެރިއެއް ނުވެއެވެ. އޮޅުވައެއްނުލައެވެ. ދެންކީއްވެ ހެއްޔެވެ؟ އޭނާ އެހެން ފިރިހެނެއްގެ އެހީތެރިކަން ހޯދީހޭ ކިޔާން އެބުނަނީ ކީއްވެގެން ހެއްޔެވެ؟ އައިލީނަކަށް ވާނުވާއެއް ނޭނގުނެވެ.

” ޔާން.. ކީއްވެ ތި.. ތިހެން ތިބުނީ؟ އަހަރެން.. އަހަރެން ދުވަހަކުވެސް ޔާނަކަށް ބޭވަފާތެރިއެއް ނުވަން.. ޔާންގެ ލީން ދުވަހަކުވެސް ޔާނަކަށް ބޭވަފާތެރިއެއް ނުވެޔޭ..” އައިލީން ހިތްވަރުކޮށްފައި ވާހަކަދެއްކޭތޯ ބެލިއެވެ.

” ހުއްޓާލާ.. އަހަރެންނަށް ބޭވަފާތެރި ނުވާތީތަ ލީނަށް ތިހާ ނުބައި ބައްޔެއް ޖެހިފަ ތިހުރީ.؟ ” ކިޔާންގެ ބާރު ހަޅޭކުގެ އަޑުން މުޅި މާޙައުލު ގުގުމައިގެން ދިޔައެވެ.

” ނޫން ޔާން.. އަހަރެންމިއީ ޔާން ތިހީކުރާކަހަލަ މީހެއްނޫނޭ”
އައިލީން ދިފާއުގައި ބުނެލިއެވެ. ” އާާން.. ތިބުނީ ހަމަ ރަނގަޅަށް. ތީކީ އަހަރެން މިއޮތް ހުރިހާ ދުވަހު ހީކޮށްގެން އުޅުނުފަދަ ރަނގަޅު މާތް ކުއްޖެއްނޫންކަން މިއަދު ލީން އަހަރެންނަށް ސާބިތުކޮށްދީފި. ތީ އަހަރެން ހީކުރިވަރަށް ވުރެވެސް ނުބައި އަންްހެނެއް. އެކަން ޖެހިފަ ތިހުރި ބަލިންވެސް އެބަ އެނގެއެއްނު. ” މަލާމާތުގެ ރާގަކަށް ކިޔާން ބުނެލިއެވެ. ޝައިތާނާ ކިޔާންގެ ބޮލަށް ސަވާރުވެފައިވަނީ ނިކަން ބޮޑަށެވެ.

” އެކި މީހުންގެ ތަންމަތި ފަޅުފިލުވައި ދެމުން ދިޔައިރު ހިތަށްވެސް ނާރާދޯ ތިކަލަ ބައްޔެއް ތިމާމީހާއަށް ޖެހިދާނޭ. ލަދެއްވެސް ނުގަނެއެއްނު. އަދިކިރިޔާ މިއެނގުނީ ލީން އަހަރެންނާ ދުރުވާން މަސައްކަތްކުރި ސަބަބު. އަހަރެންނާ އެއްކޮށް އުޅެމުން ލީން ބޭނުންވާ ކަންތައްތައް ކުރުމުގެ ފުރިހަމަ މިނިވަންކަން ނެތީމަދޯ. އަހަރެން ލީންއާ ރަށްޓެހިވި ދުވަސްކޮޅު އެއުޅޭ ލީޝާ ވެސް އަހަރެންގާތު ބުންޏޭ ލީން އަކީ ފެންނަހާ ފިރިހެނެއްގެ ފަހަތުން ދުވަމުން އުޅޭ ކުއްޖެކޭ. އެކަމަކު އޭރު އަހަރެން އެކަން ޤަބޫލު ނުކުރީ ލީން ދެކެވާ ލޯތްބެއްގެ ބޮޑުކަމުން. މިއަދު އަހަރެން އެކަމާ ދެރަވޭ. އެދުވަހު އެހެވާހަކަތައް ޤަބޫލުކުރިނަމަ މިއަދު އަހަރެންނަށް މިހިތާމައާވެސް ކުރިމަތިލާކަށް ނުޖެހުނީސް.” އައިސްފައި ހުރިގަދަރުޅީގައި މިއިން ދުވަހަކުވެސް އައިލީނަށް އެނގިފައިނުވާ ވާހަކައެެއް ކިޔާންގެ ދުލުން ބޭރުވެގެން ދިޔައެވެ. ލީޝާ އަކީ ސްކޫލް ދައުރުއްސުރެ އައިލީނާއި ޖައްސާލާފައި ހުންނަ ކުއްޖެކެވެ. އެހެނަސް އޭނާ ކިޔާން ގާތުގައި އެހާ ބޮޑު ދޮގެއް ހަދާފާނެކަމަކަށް އައިލީން ދުވަހަކުވެސް ހިއެއްނުކުރެއެވެ. ކިޔާރާވެސް އިނީ އިވެމުންދިޔަ ވާހަކަތަކުގެ ސަބަބުން ބަސްހުއްޓި އާނގަމަވެފައެވެ.

” މިއޮތް ހުރިހާދުވަހު އަހަރެނަށް ތިކަން ސިއްރުކޮށްގެން ތިއިންނަނީ ހިތުން އަހަރެންވެސް ތިބަލީގެ ޝިކާރައަކަށް ހަދާނަމޭ ހިތައި ދޯ. އެކަމު އަހަރެންގެ ނަސީބުގައި އެހެންވާން ނެތީމަ މިއަދު އަހަރެންނަށް ލީންގެ އަސްލުސިފަ ފެންނަން މެދުވެރިވީ. ﷲ އަށް ޙަމްދުކުރަން ތިކަހަލަ ނުބައި އަންހެނެއްގެ ކިބައިން އަހަރެން ސަލާމަތް ކުރެއްވީތީ.” އައިސްފައިހުރި ގަދަ ރުޅީގައި ކިޔާނަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭކަހަލައެވެ. ކިޔާންގެ ކޮންމެ ވާހަކައަކާ އެކު އައިލީން ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. ތިއީ ދޮގެކޭ ބުނާފަދަ ގޮތަކަށެވެ. ރުޅި އައިސް ރަތްވެފައިވާ ކިޔާނަށް މިއިން އެއްވެސް މަންޒަރެއް ނުފެންނަ ކަހަލައެވެ. ނުވަތަ ފެންނަކަމަށް ނުހަދަނީއެވެ. ތިމާ ލޯބިވާ މީހާއާމެދުގައި އަމަލުކުރާގޮތަކީ މިއީ ހެއްޔެވެ؟

” ޔާން..!” ޤަބޫލުނުކުރެވިފައިވާ އަޑަކުން އައިލީނަށް ގޮވައިލެވުނެވެ. މީހަމަ އޭނާދެކެ އިންތިހާއަށް ލޯބިވި ކިޔާންހެއްޔެވެ؟ ކިޔާން މިހާރަޙުމްކުޑަވީ ކޮންއިރަކު ހެއްޔެވެ؟

” ޗީ. ތިމުޑުދާރު އަނގައިން މަގޭ ނަންވެސް ކިޔާގެންނުވާނެ. އަހަރެންނަށް ކަލޭދެކެ ލޯބިވެވުނީތީވެސް މިހާރު ލަދުގަނޭ. ތީ ބޮޑުބޭވަފާތެރިއެއް. އަހަރެން ކަލެއަށް ނަފްރަތުކުރަން. ކަލޭގެ ހިޔަނި ފެންނަ ހިސާބަކަށްވެސް އަންނާކަށް އަހަރެން ބޭނުމެއްނޫން. މިހިސާބުން މިގުޅުން އެއްކޮށް ނިމުނީ. ” ހިތަށް އެރިހާ އެއްޗެއް އައިލީނާ ދިމާއަށް ކިޔައިލުމަށްފަހު ކިޔާން އެގޭން ނުކުންނަން މިސްރާބު ޖެހިއެވެ. ކިޔާންގެ ބަސްތަކުން ހުއްޓުން އަރާފައި އިން އައިލީނަށް ހޭވެރިކަންވީ ދެނެވެ. ދުވެފައިގޮސް ކިޔާންގެ ފައިގައި ހިފެހެއްޓިއެވެ. އޭނާދޫކޮށްލާފައި ނުދިޔުމަށް އެދި ރޮމުން އާދޭސް ކުރަމުން ދިޔައެވެ. އެހެނަސް ކިޔާންހުރީ އެއާދޭސްތައް އަހާވަރަށްވުރެ ރުޅިއައިސްފައެވެ.

” ހެޔޮނުވާނެ ޔާާން.. އެއްފަހަރު ނަމަވެސް އަހަރެން މިދައްކާ ވާހަކަ އަޑުއަހާލަބަލަ. ހެޔޮނުވާނެ. އަހަރެން އާދޭސް މިކުރަނީ. ﷲ އަށްޓަކައި އަހަރެންނަށް ތިހެން ނުހަދާ. އަހަރުމެން ދެމީހުންގެ ލޯތްބައްޓަކައި އަހަރެންގެ މި އާދޭސްތައް އަޑުއަހާ. ޕްލީޒް ޔާން.. ޕްލީޒް..” އާވާރާވެފައިވާ މޮޔައަކު ފަދައިން އައިލީން ކިޔާންގެ ފައިބުޑަށް ވެއްޓިއޮވެ އާދޭސް ކުރަމުން ދިޔައެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ކިޔާންގެ ހިތަށް ޙަމްދަރުދީ ވަނެވެ. އައިލީން ނެގުމަށްފަހު އެ ތަނަވަސް ނިތްކުރީގައި ބޮސްދިނުމަށް ކިޔާންގެ ހިތް އެދިގަތެވެ. އަދި އެނިކަމެތި އަންހެންކުއްޖާ މެޔާލައި ބާާރުކޮށްލަން ބޭނުންވިއެވެ. އެހެނަސް އެއިން އެއްވެސްކަމެއް ކިޔާާންނުކުރެއެވެ. އޭނާގެ އިޙުސާސްތައް ކޮންޓްރޯލް ކޮށްލުމަށްފަހު ރުޅިވެރި ނަޒަރަކުން އައިލީނަށް ބަލައިލިއެވެ.

” ކަލޭގެ ލަދެއް ޙަޔާތެއްވެސް ނެތީތަ؟ ލޯތްބޭ؟ ކޮން ލޯތްބެއް؟ އެހެން ބުނަންވެސް ކަލޭއަށް ކެރުނުކަން. އަހަރެންނާ ދުރަށްދޭ. ކަލޭގެ ތިމުޑުދާރު ދުލުން އަހަރެންގެ ނަންކިޔަން މަނާކުރިއިރު، ކަލޭގެ މުޑުދާރު އަތުން އަހަރެންގެ ގައިގައި އަތްލަން ދޭނެތަ؟ ހަމަމިހާރު އަހަރެންގެ ގައިން ދޫކުރޭ. ހުރި ގޮތެއްނެތްކަން ބަލާބަލަ. ދޫކުރާށޭ.!” ރުޅިވެރިކަމާާއެކު ކިޔާން ހަޅޭލަވައިގަތެވެ. އަދި ބަލާާލުމެއްނެތި ގަދަކަމުން އައިލީންގެ އަތް އޭނާގެ ފަޔުން ނައްޓާލުމަށްފަހު އައިލީން ހޫރާލީ ވަލުޖަނަވާރެއް ހޫރައިލާ އުސޫލުންނެވެ. އެއްވެސް ރަޙުމެއް ނެތިއެވެ. އައިލީނަށް ބަލައިވެސް ނުލައި ކިޔާާން އެގެއިން ނުކުމެގެންދިޔައީއެވެ.

ތަށިމުށިތައް މަތީގައި ދެމިފައި އޮތް އައިލީން ގާތައް ކިޔާރާއަށް އާދެވުނު ގޮތްވެސް ނޭނގުނެވެ. މިއޮތް ހުރިހާާއިރު ކިޔާންގެ އަމަލުތަކުން ހުއްޓުން އަރާފައި އިން ކިޔާރާއަށް ހޭވެރިކަމެއް ލިބުނީ އައިލީން އައިސް ތަށިމުށިތައް މައްޗަށް ވެއްޓުމުންނެވެ. ކިޔާން އެގޮތަށް ކަންތައްކޮށްފާނެކަމަށް އަދިވެސް ޤަބޫލުނުކުރެވިފައި އިން ކިޔާރާއަށް އައިލީންގެ ހާލާމެދުގައި ހަމްދަރުދީ ވެވުނެވެ. އޭނާއަށް ރޮވުނީ ބޭއިޚްތިޔާރުގައެވެ. އޭރު އައިލީން މޮޔައަކު ފަދައިން ބާރަށް ރޮމުން ހޭރެމުން ދިޔައެވެ. ދުވަހަކުވެސް ކިޔާރާގެ ހިތަށް އަސަރު ނުކުރާވަރަށް މިއަދު އަސަރު ކޮށްފިއެވެ. އޭނާގެ މައިންބަފައިން އެވަގުތު ގޭގައި ނެތްކަން ހަމަ ނަސީބޭ ކިޔާރާގެ ހިތަށް އެރިއެވެ.

ކިޔާރާާގެ އަތުތެރޭގައި ރޯންއޮތް އައިލީން ކުއްލިއަކަށް ކިޔާރާގެ އަތް ދުރަށްލުމަށްފަހު ގޭގެ ދޮރާއްޓާއި ދިމާލަށް ދުއްވައިގެނެފިއެވެ. ކިޔާރާވެސް އައިލީން ފަހަތުން ދިޔައީ މިވަގުތު އައިލީން އެކަނި ދޫކޮށްލުމަކީ ބުއްދިވެރިގޮތެއް ނޫންކަން ވިސްނުމުންނެވެ.

ގޭގެ ދޮރާށި ހުޅުވައިލާފައި އައިލީން ބޭރަށް ނުކުތެވެ. ގިސްލާ ރޮމުންނެވެ. އޭރު މީހުން ވަކިނުވާހާ ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. މުޅި މަގުގައި ފެންކޯރުތައް ހެދިފައި ހުއްޓެވެ. ކިޔާންދާނެ ދިމާލެއް ލަފާކޮަށްލުމަށްފަހު އައިލީން އެބޯވާރޭގަނޑު ގެރޭގައި ދުއްވައިގަތެވެ. ހީކަރުވައި ގަނެގެން ރޫރޫ އަޅަމުންދިޔައިރުވެސް އައިލީން އެކަމަށް ފަރުވާލެއް ނުބަހަށްޓައި ދުވަމުން ދިޔައެވެ. އައިލީންގެ ފަހަތުން ނުކުތް ކިޔާރާވެސް ބަލާކަށްނުހުރެ އައިލީންގެ ފަހަތުން ދުއްވައިގަތެވެ. ” ލީން. މަޑުކޮށްބަލަ.” ކިޔާރާ ގޮވަމުންދިޔައެވެ. އެހެނަސް އައިލީނަށް އެއަޑުނީވޭ ފަދައެވެ. ހުއްޓުމެއްނެތި ބާރަށް ދުވަމުން ދިޔައެވެ. ވަކިހިސާބަކަށް ދިޔަތަނާ ގާކޮޅެއްގައި އަޅަގެންފައި އައިލީން މަގުމަތީގައި ހެދިފައިހުރި ފެންކޯރުގެ ތެރެއަށް ބާރަށް ވެއްޓުނެވެ. ދުވާނެ ހިތްވަރުވެސް ނެތީކަންނޭނގެއެވެ. ތެދުވެ ފެންކޯރުތެރޭގައި އިނށީދެއިނދެ އަޑުގެ ކޮޅަށް ކިޔާނަށް ގޮވަމުން އައިލީން ރޮމުންގެންދިޔައެވެ. އެހެނަސް އެވޭންދެނިވި އަޑު ކިޔާނަށް އިވޭނެ ހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ގޮއްޔެ(ބާބު 2) ނުވަވަނަ ބައި

Next

02:30 ބާވީސްވަނަ ބައި

Next
September 9, 2017

02:30 ބާވީސްވަނަ ބައި

Previews
September 9, 2017

ގޮއްޔެ(ބާބު 2) ނުވަވަނަ ބައި

11 Comments!

  1. click a shot ? says:
    September 9, 2017 at 7:02 pm

    I’m first dhw..?varah salhi mi part ves…superb??..alhey aileen ah ehen nahadhaa kiyaan?…kiyaara vaahaka dehki namaehnun leen ge defence ga…pure leen.?..kihinehbaa leen ah aids jehuny..?

    1. Naufa says:
      September 10, 2017 at 12:06 pm

      Thanks click a shot.. ☺Ya dhw.. Kiyaaraa adhi leen ge defence ga tok kuraane.. Egady she was also in a shock dhw.. Leen ah aids jehunu goi adhi fahu part thakun ingeyne..

  2. Saa says:
    September 9, 2017 at 7:48 pm

    Wow..
    V v reethi..
    Aneh part whn

    1. Naufa says:
      September 9, 2017 at 7:56 pm

      In sha allah maadhan aneh part genesdheynan..

  3. mamee says:
    September 9, 2017 at 7:49 pm

    V salhi heevaney aharenge loo kurimathee hingamundaa kanthahthakehhen.

    1. Naufa says:
      September 9, 2017 at 7:58 pm

      Thanks mamee❤

  4. mamee says:
    September 9, 2017 at 7:53 pm

    Thiyagothuga kuriyahdey alhaah eraadakurehviyya molhu vaahakaliuntheriyakahvaane.alhamdulillaahi.

  5. HHHH says:
    September 9, 2017 at 9:12 pm

    Awesome
    Waiting for the nxt prt
    ?

    1. Naufa says:
      September 9, 2017 at 9:31 pm

      Thankx. In sha allah tomorrow.. ☺

  6. Anonymous says:
    September 10, 2017 at 10:26 am

    ????????

  7. Aa says:
    September 10, 2017 at 10:27 am

    ????????

Comments are closed.

Next Episodeއަބަދުގެ އަބަދަށް ( ހަތަރުވަނަ ބައި)←


All Right Reserved!