Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަގެއްނެތްލޯބި 12 ވަނަ ބައި

Xiroo Thihthi
September 9, 2017
2 Mins Read
4 Comments

“ހަނާއަށް އެނގޭތަ ކުރިންރޭ އިރުއޮށްސިގެން އައިރު އަހަރެން ހުރީ ގޭދޮރު މަތިގައި. އެހެންހުއްޓާ އެތަނަށް އައިސް މަޑުކޮށްލި ސައިކަލެއްގައި އިންމީހަކު އަހަރެން ދެކެ ވަރަށް ލޯބިވެއޭ ކިޔާ ވާހަކަ ދައްކަންފެށި” ޒިދުނާ ކިޔާދިނެވެ. “ވަރަށް ރީތި މީހެއްތަ؟ ދެން ކީކޭ ޒިދޫ ބުނީ” ހަނާ ސުވާލު ކޮށްލިއެވެ. “ރީތި މިހެއްހޭ!!! މީހާ ރީތިކަމުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގިފަ. އޭނާގެ އެއޮށް އިސްތަށިގަނޑެއްވެސް ހީވަނީ ކުޅަދުރު ހަތާގަނޑެއްހެން. މީހާއަށް ވުރެއްބޮޑު ޓީސާޓެއް ލައިގެން، ގައިން ތާހިރުނުވެ އިންނަ މީހަކު ކިހާރީތި ވާނެތަ؟ އެއީ މިއުޅޭ ޕާޓޭ ގުރޫޕް މީހެއް. ވާހަކަ ދައްކަން ފެށީމަވެސް ކިރިޔާ އަހަރެންނަށް ހޮޑުނުލެވުނީ. ދުވައިގަތް ވަހަކުން…. ޒާތެއްގެ ކުނިވަހެއް ދުވަންފެށީ” ޒިދުނާ މިހެން ބުނުމުން ހަނާ ހީގަތެވެ. މިހެންއެކި ވާހަކަ ދައްކަން ތިންމީހުން ވަރަށް ގިނައިރު ތިއްބެވެ.
އިރުއޮށްސި އަށެއްޖަހާކަށް ހާއިރެވެ. ޒިދުނާ ނަޒީލްގެ އިންތިޒާރުގާ ގަޑިއަށް ބަލަބަލާ ގޭދޮރުމަތީ ހުއްޓެވެ. އަށެއްޖެހިއިރު ވެސް ނަޒީލްއެއް ނާދެއެވެ. “ކާކުގެ އިންތިޒާރުގައި ތަ ތިހުންނަނީ. އަހަރެންގެތަ؟” އިސްދަށަށް ޖަހާލައިގެން ހުރި ޒިދުނާ ސިހުނީ މީހަކު ވާހަކަދެއްކި އަޑުއިވިގެންނެވެ. ޒިދުނާ ފަސްއެބުރި ބަލާލިއެވެ. އެއަށްފަހު ރުޅިވެރި ކަމާއެކު މޫނު އަނެއްފަރާތަށް އަބުރާލިއެވެ. “ކިހިނެއްވީ. ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވުނީތަ؟ ނޫނީ ކަމެއް ކުރެވުނީތަ؟” ސުހޭލް ޒިދުނާގެ ކުރިމައްޗަށް އައިސް ސުވާލުކޮށްލިއެވެ. “ކަލޭއަކަށް ނުޖެހޭނެ އަހަރެން ހިތްހަމަ ޖެހުނުތޯ، ނުޖެހުނުތޯ ބަލާކަށް. ކަލޭއަށް ކީއްތަ އަހަރެން ކޮންމެ މީހަކަށް އިންތިޒާރު ކުރިއްޔާ. ނުބެހޭ ކަންތަކާ ނުބެހި ހުރެބަލަ. އެހެންނޫނަސް ތިކަހަލަ ޕާޓޭއަކަށް އިންތިޒާރު ކުރާކަށް ބޭނުމެއްނޫން” ޒިދުނާ ރުޅިއައިސްގެން ބުންޏެވެ. “އައްދޭ…..ހާދަ ރުޅިއެއްތި އައީ. އަހަރެން ޒިދުނާ ދެކެ ވަރަށް ލޯބިވެއޭ” ސުހޭލް ބުނެލިއެވެ. “ތީތިކަހަލަ މީހުންގެ ފާޑު. ތަނަކުން މީހަކު ފެންނައިރަށް ލޯބިވާނެ. އެކަމަކު އުޅޭކަށް ނޭންގޭނެ. ކަލޭ ކިތައްމެ ލޯބި ވިޔަސް އަހަރެންނުވޭ. ކުޑަކޮށް ވެސް ސައުގުވެރިކަމެއް ނުހުރޭ” ސުހޭލް ދައްކަމުން ދިޔަ ވާހަކައިން ޒިދުނާގެ ރުޅިދިޔައީ ގަދަވަމުންނެވެ. “ރުޅިއައީމަ ޒިދުނާ ވަރަށް ރީތި……” މިހެންބުނެ ސުހޭލް އަތް ޒިދުނާގެ މޫނާދިމާއަށް ދިއްކޮށްލި ވަގުތު ޒިދުނާ އޭނަގެ އަތްދުރަށް ކޮށްޕާލިއެވެ. “ކަލޭ ތިއުޅެނީ މޮޔަވެގެންތަ؟ ކުރާނެ ކަމެއްނެތިގެން ބަލާބޮޑުކުރަމުން ތިދުވަނީ ކަލެއަށް އަހަރެން ލިބޭނެ ކަމަށްތަ. ނުވާނެ ތިކަމެއް…. އަހަރެންގެ ހަށިގަނޑުގައި ފުރާނަހުރިހާ ހިދަކު ކަލޭއާ ކައިރި ނުވާނަން. އެގިއްޖެތަ” ޒިދުނާ މިހެންބުނެ ގޭތެރެއަށް ވަންނަން ދިޔުމަށް ހިގައިގަތެވެ. އެވަގުތު ސުހޭލް ޒިދުނާގެ އަތުގާ ހިފެހެއްޓިއެވެ. ޒިދުނާ އަތްފޮޅުވާލާ، ދުރަށް އޭނާ ކޮށްޕާލިއެވެ. ޒިދުނާގެ ރުޅިގަނޑުއިންތިހާއަށް ގަދަވިއެވެ. “ކަލޭއާހެދި ކިހާބޮޑު އުދަގުލެއްތަ؟؟ ހަފަތުން ނެއްޓެއްނޭގިގެން ތިއުޅެނީ ކިހިނެއްވެގެންތަ؟ ބެނީފީމެއްނުދޯ އަހަރެން ކަލޭއަކަށް ކުޑަވެސް ސައުގުވެރިކަމެއްނެތޭ.. އޭގެ މާނައަކީ އަހަރެންގެ ލޯބި ކަލޭއަށް ނުލިބޭނޭ” ޒިދުނާ އެއްމެ ފަހުގެ ނިއްމު ހާމަކުރުމަށް ފަހު ގެއަށްވަދެގެން ދިޔައެވެ.

އޭގެ ދިހަވަރަކަށް މިނެއްޓް ފަހުން ނަޒީލް އައިސް ޒިދުނާމެންގޭ ދޮރުމައްޗަށް ހުއްޓި ސަލާމްގޮވާލިއެވެ. ގޭތެރެއިން ސަލާމް ބަލައިގަތީ ޒިދުނާގެ މަންމަ އާސިމާއެވެ. “ކޮބާ ޒިދުނާ” ނަޒީލް އާސިމާކުރެން އަހާލިއެވެ. “އެބައޮތް އެފަރާތު ޖޯލީގައި” އާސިމާ ބުނެލިއެވެ. ” ކިހިނެއްވެފާތަ ތިއޮތީ…” ނަޒީލް އައިސް ޒިދުނާއާ ޖެހިގެން ހުރި ޖޯލީގައި އިށީދެ ސުވާލުކޮށްލިއެވެ. ޒިދުނާ އެއްޗެއް ނުބުނުމުން ނަޒީލްގެ އަތުން ޒިދުނާގެ ދަތްދޮޅީގައި ހިފާ އޭނާއާ ދިމާއަށް ޒިދުނާގެ މޫނުއަބުރާލިއެވެ. ޒިދުނާގެމޫނުގެ ކުލަވަރު ބަދަލުވެފައިވުމުން ނަޒީލްގެ ހިތް ސުވާލުން ފުރުނެވެ. “ކިހިނެއްވީތަ ޒިދޫ!!! ބުނެބަލަ…އޭރުންދޯ އަހަރެންނަށް ވެސް އެނގޭނީ. ބުނެބަލަ…”ނަޒީލް އާދޭސް ކުރަންފެށިއެވެ. ނަޒީލްގެ އާދޭހާއެކު ޒިދުނާ ކަންވީގޮތް ކިޔާދިނެވެ. “އެކަމާތަ ތިއޮތީ ރުޅިގަދަވެފަ. ލޯބިއަށް އެގޭނު އެހެންއުޅޭމީހުންގެ ވައްތަރު. އަދި ލޯބި އޭނަކުރި ސުވާލަށް ޖަވާބުވެސް ދިނެއްނު. ދެން އެކަމާ އަޅާނުލާ” ނަޒީލް ޒިދުނާއަށް ވިސްނަދިނެވެ. ނަޒީލްއަކީ މީހުންނާ ޒުވާބުކޮށް ދެބަސްވާން ބޭނުންވާ މީހެއް ނޫނެވެ. އެކަހަލަ ކަންތައްތައް ވާތީ ފުހިވެސްވެއެވެ. “ހިނގާ އަހަރެންގެ މަންމަ ކައިރިއަށް ގޮސް ލަން. މަންމަ ވަރަށް ބަލިވެއުޅެނީ. އަށެއްޖެހިއިރުވެސް ނާދެވި ލަސްވީއެހެންވެގެން” ނަޒީލް ބުންޏެވެ. “އެހެންތަ؟ ކީއްވެކުރިން ނުބުނީ…” ޒިދުނާ ބުނެލިއެވެ. “އަހަރެން އައިރު ޒިދޫ ތިއޮތީ އެހެންކަމަކާ ހިތްހަމަ ނުޖެހިފަ. އެހެންއޮށްވާ ކިހިނެއް އަހަރެންގެ ވާހަކައެއް ދައްކާނީ…” ނަޒީލް ބުންޏެވެ. “އެބަ އަންނަށް މަންމަ ގާތުގައި ބުނެލާފަ” ޒިދުނާ މިހެން ބުނުމުން ނަޒީލް ބޮލުގެ އިސާރާތުން އާއެކޭ ބުނެލިއެވެ.
ހަތްދުވަސް ފަހުން ނަޒީލްއާ ޒިދުނާގެ ކައިވެނި ކުރެވުނެވެ. އާއިލާގެ ވެސް ރުހުމާއެކުއެވެ. ދެފަރާތުގެ އާއިލާއިން ހަރަދު ކޮށްގެން ކުޑަޕާޓީއެއްވެސް ބޭންވުނެވެ. ޒިދުނާގެ މިއުފަލުގަ ހަނާވެސް ނިސާދު ވެސް އަދި ޒިޔާދުވެސް އެއްމެ ފުރިހަމައަށް ބައިވެރިވިއެވެ. ނަޒީލްގެ ކައިވެނި ކުރެވުމުން ހައްވައަށް ރީސާފަދަ އަންހެން ދަރިއެއް ލިބުނުހެން ހީކުރެވެންފެށުނެވެ. ކައިވެނި ނުކުރާއިރު ވެސް ޒިދުނާ އައިސް ހައްވައަށް ކަންތައްތައް ކޮށްދެއެވެ. ބަލި ވެއްޖެނަމަ އަދި އެއަށްވުރެ ރަނގަޅެވެ. ހީވަނީ އުފަންދަރިއެއް ހެންނެވެ. ޒިދުނާއާ ކައިވެނި ކޮށްގެން ނަޒީލް ޒިދުނާ ގެންދިޔައީ އެނާގެ ގެއަށެވެ. އޭނާގެ މަންމަގެ ގާތަށެވެ. ދެމީހުންވެސް އުފާވެރި ދިރިއުޅުމަކަށް އުންމީދުކޮށްގެންނެވެ.

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Xiroo Thihthi

Other Articles

Previous

02:30 ބާވީސްވަނަ ބައި

Next

އަގެއްނެތްލޯބި 13 ވަނަ ބައި

Next
September 9, 2017

އަގެއްނެތްލޯބި 13 ވަނަ ބައި

Previews
September 9, 2017

02:30 ބާވީސްވަނަ ބައި

4 Comments

  1. ????? says:
    September 9, 2017 at 11:27 pm

    Alhey haadha kurey?? …. but storyou is nice……….???

    1. Xiroo Thihthi says:
      September 9, 2017 at 11:46 pm

      13 vanabai vaane up kurevifa now

  2. Hafoo says:
    September 10, 2017 at 4:42 pm

    Reethi. Thankolheh dhigu kohlaathi higey.

    1. Xiroo thihthi says:
      September 10, 2017 at 11:12 pm

      kuruvaanethy ithuru baithakeh up kohfa vaany

Comments are closed.

All Right Reserved!