Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަގެއްނެތްލޯބި 14 ވަނަ ބައި

Xiroo Thihthi Level 210 Stories
September 10, 2017 3 Mins Read
14 Comments

“ތިތާގަ އިންނާނެ އަހަރެންގެ ދައްތަ” ނިސާދު މިހެން ބުނުމުން ޒިޔާދު ދެކޮޅުހޯދާ ބަލާލިއެވެ. “ކޮބާ؟އަހަރެންނަކަށް ނޭންގެ” ހައިރާންކަމާއެކު ޒިޔާދު ބުނެލިއެވެ. “އެހެންވިޔާ މަޑުކުރޭ. އަހަރެން މިދަނީ” މިހެންބުނެ ނިސާދު ފޯނު ކަޑާލިއެވެ. ކުޑައިރުކޮޅެއްވީ އިރަށް ނިސާދު ޒިޔާދަށް ގުޅިއެވެ. ނިސާދު ގުޅީ ހޮސްޕިޓަލް ތެރެއަށް ވަދެގެން އަންނަމުންނެވެ. ޒިޔާދުގެ ފޯނު ރިންގްވާން ފެށުމުން އިށީދެއިންތަނުން ތެދުވިއެވެ. “ކޮންތާކަށް ގޮސްފަތިއައީ. އަހަރެން މިތާއިންނަތާ މިހާރު ކޮންއިރެއް” ނިސާދު ފެނުމުން ޒިޔާދު ބުނެލިއެވެ. “އަހަރެން މިއައީ ހަނާއަށާ، ކުޑަމީހާއަށް ބޭނުންވާ ބައެއްސާމާނު ގަނެގެން” ނިސާދު މިހެން ބުނުމުން ޒިޔާދު ނިސާދުގެ އަތުގައި ހުރި ކޮތަޅުތަކަށް ބަލާލިއެވެ. “ހިނގާބަލަ ނިސާދުގެ ދަރިފުޅު ދައްކާލަން. އަހަރެން އެދަރިފުޅު ބަލާލާހިތުން ކެއްމަދުވެއްޖެ” ކެއްތެރިކަން ކުޑަވެފަހުރި ޒިޔާދު ބުންޏެވެ. “އާނ.. ހިނގާ ދާން. ހަނާ އޮތީ މިހާރު ވޯޑަށް ބަދަލުކޮށްފަ” ދެމީހުން އެކުގައި ވޯޑާ ދިމާއަށް ދާން ހިގައިގަތެވެ. “ކޮބާތަ އެނިސާދު. މިހާރުކޮންއިރެއްތަ ފިހާރައަށް ދިޔަތާ. ތަނަކަށްދިޔަސް އަންނާކަށް ނޫޅޭނެ” މިހެން ބުނިތަނާ ނިސާދު އައިސް ވޯޑަށްވަނެވެ. ފަހަތުން ޒިޔާދުވެސް ވަނެވެ. “ޒިޔާ މީއަހަރެންގެ ދައްތަ. އެއޮތީ އަހަރެންގެ ދަރިފުޅު” ޒިޔާދު ރަމްލާގެ މޫނަށް ބަލާލާފަ ހީލިއެވެ. އަދި އެއަށްފަހު ހަނާއޮތް އެދާ ޖެހިގެން ހުރި ކުޑައެދެއްގަ އޮތް ނިސާދުގެ ދަރިފުޅު ގާތަށް ޖެހިލިއެވެ. އެކުޑަކުޑަ ކުއްޖާ އޮތީ ވަރަށް އަރާމުކޮށް ނިދާފައެވެ. ރަނގަޅަށް އެކުއްޖާގެ މޫނަށް ބަލާލުމަށްފަހު ޒިޔާދު ދެންބަލާލީ ނިސާދުއާ ހަނާގެ މޫނަށެވެ.” ކިހިނެއްވެގެންތަ މާވަރަކަށް ތިބަލަނީ” ހަނާ ސުވާލު ކޮށްލިއެވެ. “ތި ދެމީހުންގެ ތެރެންކާކާތޯ މީނަ ވައްތަރީ މިބަލާލީ” ޒިޔާދު ބުނެލިއެވެ. “ދެންކާކާތަ ބޮޑަށްވައްތަރީ” ނިސާދު އަހާލިއެވެ. “އަހަރެންނަށް ވައްތަރީ ބޮޑަށް ނިސާދާ… ކޮންނަމެއްތަ ކިޔަނީ” ޒިޔާދު އަހާލިއެވެ. “ޔާޝް” ހަނާގެ ފަޔާދިމާލުން އެދުގައި އިށީންނަމުން ނިސާދު ބުންޏެވެ. “ވަރަށް ސަޅިނަމެއް. ކާކުގެ ޗޮއިސްއެއްމީ” ނަން ރީތިކަމުން ޒިޔާދު އަހާލިއެވެ. “ވަކި މީހެއްގެ ޗޮއިސްއެއް ނޫންމީ. އަހަރެމެން ދެމީހުންގެ ޗޮއިސްއެއްމީ ދޯ ހަނާ” ނިސާދު ދޯދިނީ ހަނާއަށެވެ. “ޒިޔާދު ދެންއިށީދެ ވެސް ނުލާނަންތަ؟” ހަނާ ބުނެލިއެވެ. “ދެން ނުއިށީނަކަސް ވެދާނެއްނު” ޒިޔާދު ބުނެލިއެވެ. “އެހެންތަ. އެކަމަކު ބުނަން ތިހެންކިތައްމެ އިރެއްވަންދެން ހުއްޓަސް ސިފައިން ގެއިން ވަޒީފާއެއް ނުލިބޭނެ.” ހީލަމުން ހަނާ ބުނެލިއެވެ. ހަނާ އެހެންބުނުމުން ނިސާދު ވެސް ރަމްލާވެސް ހޭންފެށިއެވެ. “ނިސާދު. ދައްތަ ދެން ގެއަށްމިދަނީ. ކޮއްކޮ ސްކޫލަށް ދާގަޑިވެސް ވަރަށް ކައިރިވެއްޖެ” ރަމްލާ މިހެން ބުނުމުން ނިސާދު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “ސިފައިން ގެއިން ވަޒީފާނުލިބޭނެތީ މިއިށީންނަނީ. އެހެންނޫންނަމަ ނުއިށީންނާނަން” ރަމްލާ ދިޔުމުން ހަނާ އޮތް އެނދުކައިރީ ހުރި ގޮޑީގައި އިށީންނަމުން ޒިޔާދު ބުނެލިއެވެ. އެކިވާހަކަ ދެއްކުމުގަ ޒިޔާދު އެމީހުންނާއެކު ވަގުތުހޭދަކުރިއެވެ. “ނިސާދު. ދެން އަހަރެން ގެއަށްގޮސްލާނަން. މިހުރިހާއިރު އަހަރެން މިމަޑުކުރީ ޔާޝް ހޭލާތޯ. އެކަމަކު އެއޮތީ ވަރަށް އަރާމުކޮށް ނިދާލާފަ” ޔާޝްގެ ކޮލުގާ ހިފާލަމުން ޒިޔާދު ބުނެލިއެވެ. ޒިޔާދު ދިޔުމުން ނިސާދު ގޮޑީގައި އިށީދެލިއެވެ.

ދެމީހުންގެ ލޯބީގެ ނިސާންކަމުގަވާ ކުޑަކުޑަ ޔާޝްއަށް ނިސާދު ބަލަމުން ދިޔައެވެ. ޑޮކްޓަރު ހަނާ ވިހާނެ ކަމަށް ބުނި ތާރީހަށް ވުރެންކުރިން ހަނާ ވިހެއީއެވެ. އެހެންކަމުން ނިސާދު އޮފިހުން ޗުއްޓީއެއްނެގިއެވެ. އޮފިހުގެ ގިނަމީހުންވެސް ޔާޝް ދެކިލުމަށް އައެވެ. ހަނާގެ މަންމަގެ ފަރާތުން ޒިދުނާއަށް ހަނާ ވިހޭކަން އެގުމުން ގުޅައިގެން މަރުހަބާ ކިޔުމަށްފަހު، ޒިދުނާ ބަނޑުބޮޑު ވާހަކަ ވެސް ބުންޏެވެ. އެކަމާ ހަނާވެސް ޒިދުނާއަށް މަރުހަބާ ކިޔެވެ. “މިދަރިފުޅަކީ މާތްﷲ އަހަރެމެން ދެމީހުންނާ ހަވާކުރި އަމާނާތެއް. އިރާދުކުރެއްވިޔާ އަމާނާތަށް ހިޔާނާތްނުވެ ރަނގަޅު ބައްޕައެއްގެ މަގާމުގާ އަހަރެން ހުންނަން މަސައްކަތް ކުރާނަން” ހަނާގެ އަތުގާ ހިފައިގެން ހުރެ ނިސާދު ބުންޏެވެ. ތެދެކެވެ. ދަރިންނަކީ މާތްﷲ ހަވާލުކުރާ އަމާނާތެކެވެ. އެއަމާނާތާ ދޭތެރޭ ހިޔާނާތްތެރިވާ މީހުންނަށް ބޮޑުވެގެންވާ އަޒާބު ލިބޭނެ ކަން ނުދަންނާނެ އެއްވެސް މީހަކު އުޅޭނެ ހެނެއްހިޔެއް ނުވެއެވެ. ހަމަ އެގޮތަށް ހަނާ ވެސް ނިސާދު ވެސް އެކަން ދަނެއެވެ. އެދެމީހުން ކޮންމެ ހާލެއްގަ އުޅެންޖެހުނަސް އެދަރިފުޅަށް ރަނގަޅު ތަރުބިއްޔަތަކާ، ތައުލީމެއް ހޯދަދޭން މަސައްކަތް ކުރާނެއެވެ. ކޮންމެ ބައްޕަ އަކާ މަންމައަކުވެސް ކަންކުރާނީ މިހެންކަމާ މެދު ޝައްކެއްނެތެވެ.
ހަނާ ހޮސްޕިޓަލްގަ އޮތްތާ ފަސްދުވަސް ވީއެވެ. ޑޮކްޓަރ އައިސް ހަނާގެ ރިޕޯޓްތައް ބެލުމަށްފަހު ޑިސްޗާޖް ކުރާނެ ވާހަކަ ބުންޏެވެ. އޭގެ ބައިގަޑި އިރެއްހާ އިރުފަހުން ހަނާ ޑިސްޗާޖް ކުރިއެވެ. ހަނާ ޑިސްޗާޖް ކުރުމާހަމައަށް އެވީ ވަގުތުކޮޅުގަވެސް ނިސާދު އޭނާގެ ދަރިފުޅާ ވާހަކަ ދައްކަމުން ސަކަރާތް ޖަހަމުން ދިޔައެވެ. ޔާޝް އެއްފަރާތުން އަތްމަތީ ބާއްވާލިއިގެން، އަނެއް އަތުން ހަނާގެ އުނަގަނޑުގާ ހިފާލައިގެން ވޯޑުން ނިކުންނަން ހިނގައިގަތެވެ. ބާކީ ދެންހުރި ސާމާނުތައް ހިފައިގެން ޒިޔާދު އެމީހުންގެ ފަހަތުން ހިނގައިގަތެވެ. ހަނާ ގެއަށް ވަތްއިރަށް އެންމެން ވެގެން ވަރަށް ހޫނު މަރުހަބާ އެއް ކިޔެވެ. އެންމެންގެ މަރުހަބާއިން އެއްފަރާތް ވެވިގެން ހަނާއަށް ދެވުނީ ތަންކޮޅެއްދުރުގައި ހުރި ޒުހުރާއާ ދިމާލަށެވެ. ޒުހުރާ ފެނުމުން ހަނާގެ ލޮލުން ކަރުނަ ހިލުނެވެ. ހަނާއަށް ޒުހުރާއާ ހަމައަށް ދެވުމާ އެކު ޒުހުރާގެ ގައިގާ ބައްދާލިއެވެ. ލޮލުގެ ތެރޭގައި ޖަމާވެފައި ހުރި އުފާވެރިކަމުގެ ކަރުނަ ދެމައިންގެ ލޮލުން ވެސް ފައިބައިގަތެވެ. ހަފްސާ ވެސް މިމަންޒަރު ބަލަން ފެންކަޅިއެފާ ހުއްޓެވެ. ގޭތެރޭގެ އުފާވެރިކަން އިތުރުވެގެން ދިޔައެވެ. “ސާދު ކީއްވެތަ މަންމަމެން އައި ވާހަކަ ނުބުނީ” ހަނާ ސަކުވާގެ ރާގަކަށް ނިސާދުއާ ސުވާލު ކޮށްލިއެވެ. “އެއީ ސަޕްރައިޒެއް ދޭންވެގެން… ކިހިނެއް އަހަރެންގެ ސަޕްރައިޒް… ސަޅިތަ؟” ނިސާދުއަށް ހަނާ ޖަވާބު ދިނީ ހިނިތުން ވުމަކުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

އަގެއްނެތްލޯބި 13 ވަނަ ބައި

Next

ތި ލޯތްބަށްޓަކައި (6)

Next
September 10, 2017

ތި ލޯތްބަށްޓަކައި (6)

Previews
September 9, 2017

އަގެއްނެތްލޯބި 13 ވަނަ ބައި

14 Comments!

  1. Nyygyeyyyyyo name says:
    September 10, 2017 at 12:58 am

    Yeyyyy im first dhw

  2. Laara says:
    September 10, 2017 at 8:22 am

    Thankolheh dhigu koh liyuneema dw kiyaahiy waani. Mi storyy vv reethi.

    1. Xiroo thihthi says:
      September 11, 2017 at 7:01 pm

      kurukoh hurymaa dhethin episode up kohfa vaany….

  3. Hawwa says:
    September 10, 2017 at 9:04 am

    V nice❤❤

    1. Xiroo thihthi says:
      September 11, 2017 at 7:02 pm

      thanx HAWWA

  4. Reet says:
    September 10, 2017 at 9:12 am

    Please dhigukon liyabala

  5. thuhthi says:
    September 10, 2017 at 9:16 am

    oh god .. hospitalga vihaign 5 days???? y too many days?? sizerien or viheiyyy???

  6. Anonymous says:
    September 10, 2017 at 10:40 am

    yaash boy name eh tha aee

  7. Sallu says:
    September 10, 2017 at 2:20 pm

    Mi vaahakaiga needheytha maigadu haadhisaa eh.. Hama konme episode akuves ehkameh vanee.. No suspense.. Please try to change that

  8. nikss says:
    September 10, 2017 at 3:01 pm

    trinpenzai

  9. miss says:
    September 10, 2017 at 3:37 pm

    Thihurihaa baeh ehkoh genes dhiny ma nimuny nu knme faharaki kuda thankolheh genes nudhy …. Ehaa ryhcheh noon .. Vaahak

  10. saanto says:
    September 10, 2017 at 3:41 pm

    thankolheh dhigu koh genesdheveynetha…maa kuru…btw story is nice..dhiigu kollanikoh okay vaane…when next part??

    1. Xiroo thihthi says:
      September 11, 2017 at 7:44 pm

      kuri ah huri baithah dhiguvaane

  11. shez says:
    September 10, 2017 at 4:44 pm

    mi story ge new parteh tha mi e …. mii v nice story eh aslu v kiyaa hithun kii ,,

Comments are closed.

Next Episodeއަގެއްނެތްލޯބި 15 ވަނަބައި←


All Right Reserved!