ގޮއްޔެ(ބާބު 2) ނުވަވަނަ ބައި
“އަހަރެންގެފިރިމީހާ ، ފަހުދު ނިޔާވިތާ ސާދައަހަރުވީ…ފަހުދޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ނުދައްކައްޗޭ؟!” ނުރުހުމާ އެކު ސަލްމާއެބުނެލި ޖުމްލައިން ނަސީރަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ސަލްމާ ފަސްއެނބުރި ބަލާވެސްނުލާ އެދިޔަގޮތަށް ގޮސް ގިފިލިން ނިކުތެވެ. ނަސީރު ހުރީ ހަމަ އެހުރި ފިޔަވަޅުމަތީއެވެ. “ގޮއްޔެ މިއޮއްހާދުވަހު އެހުރީ އެކަނި ހެއްޔެވެ. ފިރިމަރުވެފައި އިން އަންހެނެއް ހެއްޔެެ. އަޅެ މީހަކު ބުނާތީވެސް ނާހަމެވެ. ” އަމިއްލަ ނަފްސާމުހާތަބުކޮށް ނަސީރަށް ވާހަކަ ދެއްކެން ފެށުނެވެ. ގޮއްޔެ ގެ އެކަނިވެރިކަމާ އެއުމުރުގައި އަޅާލާނެ މީހަކު ނެތި ބައްޕައެއްގެ ރޯލުވެސް އަދާކުރަމުން އެއުޅުނީ ކިހިނެތް ކޮންފަދަ ނިކަމެތި ގޮތަކަށް ބާވަޔޭ ޚިޔާލުކޮށްލެވުނެވެ. ނަސީރު އެތައްފަހަރަކު މާލެގޮސްފައިވެސް ގޮއްޔެ ކޮބާތޯ ހިތައްއެރުން ފިޔަވައި ކުރެވުނު އެއްވެސް ކަމެއްނެތެވެ. އަޅެ އެއްފަހަރުވެސް އެއުޅޭ ގެޔެއް ހޯދާލައިގެން ހާލުބަލާލަން ދިޔަނަމަތާއެވެ. ނުކެރިފައި ހުރުމަށްް ހުރެ އެގޮތް ރަގަޅުވީސްނޫން ހެއްޔެވެ. އަމިއްލަ ނަފްސައް ލައުނަތްދެމުން އެތައްފަހަރަކު ކުއްވެރި ކުރަމުން ނަސީރު އެހުރި ތަނުން ނިކުމެގެން ހިގައި ގަތީ އެގޭމީހަކަށް ނުފެންނާނެ ހެން ވަލުފަރާތުން ނެވެ.
************
ޢީދުފޯރި ރަށުތެރޭގައި ގަދައަށް އޮތެވެ. ފެންކުޅިކުޅޭމީހުނާ އެމީހުންގެ ތެރޭގައި މޫދަށްލާ މީހުނާ ވަޅަށް ލާ މީހުންވެސް ތިއްބެވެ. ކޯޑިކެނޑި ފިރިހެންކުއްޖާއަށް ކޮށްލިވަރުފެނިގެން ސަމާއާއި ރީނާތިބީ ހީނހީ އަވަދިވެފައެވެ. އެކުދިން ދުވަހަކުވެސް ދުއްމަންޒަރެއްނޫނިއްޔާއެވެ. އެސޮރުގެންގޮސް ފެންވަރުވާ ފުއްޖަހާ ހެދުުމުގައި ރަނާމެންވެސް ބައިވެރި ވިއެވެ.
ޒުވާންފުރައިގެ ދެ ފިރިހެން ކުއްޖަކު އައިސް ސަމާގަޔަށް ފެންއެއްޗެއް އޮއްސާލުމުން ކުރިންދުވަހު ރުޅިއާދެވުނަސް މިހާރު ސަމާވެސް އެކަމުގައި ބައިވެރިވަނީ ވަރަށް ފޯރީގައެވެ. ރަށަށް ޒިޔާރަތް ކުރާ މެހެމާނުންނަށް ޚާއްސަކަމެއް ރަށު ކުދިންބޮޑު އެންމެންވެސް ދެއެވެ. ރަނާއާއި ސަމާއަކީ މާލޭ ކުދިންނަށް ވެފައި އެކުދިން ބީރައްޓެހި ކޮށްނުލާ އެންމެން އެކުގައި ސަމާސާކޮށް ހަދާކަމީ އެކުދިންވެސް ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ކަންކަމެވެ.
ޢީދުގެ ދެވަނަ ދުވަހުގެ އިރު އޮއްސިގެން އައި ވަގުތެވެ. ނަސީރުބޭނުންވީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ސުލައިމާނާ ބައްދަލުކުރާށެވެ. ސަލްމާއާއި ގުޅޭ ގޮތުން ބައެއްވާހަކަ އޮޅުން ފިލުވަން ބޭނުމެވެ.
އެންމެ ފަސޭހައިން އެކަން ކުރެވޭނެ ގޮތަކީ މިސްކިތްދޮށުން ދިމާކުރުމެވެ. މީހުންގަނޑު ފައިބައިގެން ދިޔަގަޑީގައި ނަސީރުވެސް އަވަސްކޮށްލައިގެން ފައިވާންތަކާ ދިމާއަށް ދިޔައެވެ.
“އައްސަލާމް އަލައިކުމް ” ފަހަތުން މީހަކު ސަލާންގޮވާލީމާ ނަސީރުބަލާލި އިރު ސުލައިމާނު ފެނުމުން އަވަހަށް ސަލާމް ބަލއިގަތެވެ.
“ވައަލައިކުމް ސަލާމް. މާރަގަޅަކަށް ނުން މިދިމާވީ، މިރޭ ހިތުލައިގެން މިހުންނަނީ ސުލައިމާނާ ބައްދަލުކޮށްލަންދާން، ކޮބާ ކިހިނެތް ކިހިނެތްތަ؟”
“އެހެންތަ، ވަރަށް ރަގަޅު އިރާދަކުރެއްވިއްޔާ. … ހިނގާ މިދިމާއަށް އަނގަތަޅާލަން” ސުލައިމާނު މިސްކިތާދިމާލުން އަތިރިފަރާތް ދައްކާލަމުން ކުރިއަށް ހިގައި ގަތެވެ. އެހެންޏާ ރަށުތެރޭގައި މިގަޑީގައި ފަޅުކަމާ އަނދިރިކަން އޮތަަސް ޢީދަށް ރަށަށް އަރާފައި އޮތްމީހުނާހެދި މުޅިރަށަށް އޮންނީ ދިރުން ލިބިފައެވެ. މިހާރުވެސް އެދިމާގައިބަޔަކު މީހުން ކޮންމެވެސް މަސައްކަތެއް ކުރުމުގައި އަވަދި ނެތި އުޅެެއެވެ. ސުލައިމާނުމެން ގޮސްޖޯލިފަތީގައި ހަމަ ޖެހިލެވުމުން ނަސީރު ސީދާ މަޢުޟޫއަށް ވާހަކަ ފެށިއެވެ.
“ސުލައިމާނުގެ ދައްތަ ގެ ފިރިމީހާ މަރުވެފައޯވީދޯ……އަހަރެން ހަމަ ހައިރާންވެފަ މިހުންނީ. މީގެ ކުރިން މީހަކު ބުނާތީވެސް އަޑު ނާހާ ވާހަކައެއް އެއީ.”
“އާނ….ކޮންޒަމާނެއް، ފަހުދުބެ ނިޔާވީ އެކްސިޑެންޓެއްގަ، އެއީ ވަރަށް ކުރި، މިހާރު ވެދާނެ ސާދަވަރަކަށް …………….. ނޫނިއްޔާ ފަނަރަ ވަރަކަށް އަހަރު” މަގޭ ހަނގުމަންޖެ ވިހައިގެން އޭރު އުޅެނީ. އަރުމެނަށް އެހެންވެ އޭރު މާލެއަކަށް ނުދެވުނު. އޭގެ ފަހުން ދައްތަ އެކަނިމާއެކަނި އެކުދިންބަލާ އެވިޔަފާރި ކުރިއެރުވީ. ”
ސުލައިމާނު ދައްތަގެ ހިތްވަރަށް އަބަދުވެސް ތައުރީފު ކުރެއެވެ. އެދުވަސް ތަކުގައި ސުލައިމާނު މާލެ އައިސް ދައްތައަށް ކަންކަން ލުއިކޮށްދީ ހެދިއެވެ. ސަލްމާ އެތައްފަހަރަކު ސުލައިމާނުގެ އާއިލާ މާލެ ބަދަލުވާންވެސް ވާހަކަ ދެއްކިއެވެ. އެހެން ނަމަވެސް ސުލައިމާނުގެ ދެމަފިރިން އެއްގޮތަކަށްވެސް އެކަމާއެއްބަސް ނުވުމުން ސަލްމާއަށް ޖެހުނީ އެބަހުސް ހުއްޓާލާށެވެ. ސުލައިމާނު ސަލްމާގެ އެކަނިވެރި ހަޔާތްކުރުގޮތަކަށް ނަސީރަށް ކިޔައިދިނެވެ. ނަސީރު ބަސްހުއްޓިފައި އިނީ ހިތްދަތިވި ވަރުން ކަމެއް ނޫނިއްޔާ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނު ކަމެއް ނޭގެއެވެ. އޭނާ މީހަކާ ނީދެ ހަމަ އެކަނި ގޮއްޔެގެ ހަނދާނުގައިވެސް ހޭދަކުރީ ކިހާ ދުވަހެއް ހެއްޔެވެ. ގޮއްޔެ އެކަނިވެފައި އެހުރިހާ ދުވަހު ހުރި އިރު ނަސީރަށް ލިބިފައި އޮތީ ކިހާ ރަގަޅު ފުރުސަތެއްކަން ނޭގުނީތީ ދެރަވެއްޖެއެވެ. އެކަމަކު ގޮއްޔެ މީހަކާ ނީދެ އެހުންނަނީ ކީއްވެބާއެވެ. ހަމަ ގައިމުވެސް މީހުންވާނެއެވެ. ގޮއްޔެ ފަހުދުދެކެވީ ލޯބިން ތޯއްޗެކެވެ. މިހާދުވަސްވާއިރު ހަމަގައިމުވެސް ނަސީރުދެކެވީ ލޯބި ހަދާން ނެތޭނެއެވެ. ފަހުދަކީ ގޮއްޔެގެ އަލަތު ފިރިމީހާއެވެ. މީހުން ބުނާތީ އަހަމެވެ. އަހަލު ފިރިމީހާ މަތިން އަންހެނަކު ހަދާން ނުނެތޭނެއެވެ. އެހެންވީރު ގޮއްޔެ އެހެންމީހަކާ ނީނދެ އެހުންނަނީ އެހެންވީމަތާއެެވެ. އަމިއްލަ ޚިޔާލަށް ގެއްލިފައި އިންދާ ސުލައިމާނު ނަސީރުގައި ގައި ކޮއްޓާލިއެވެ.
” ނަސީރު ވެސް މީހަކާ ނީންނަންދޯ”
“ނޫން……މީހަކާ އިނިން، އެކަމަކު އެހާދުވަހަކު އެކުގަ ނޫޅެވުނު، ދެމީހުންވެސް ދެދިމާލަށް ދިޔައީ . ”
އަމިއްލަ ހަޔާތުގެ ސަފްހާތައް ސުލައިމާނުގެ ކުރިމަތީގައި ނިއުޅާލަން ވަރަށް އުނދަގޫވިއެވެ. އެހެން ނަމަވެސް ކުއްލިއަކަށް ޚިޔާލެއް އައެވެ. ސުލައިމާނު މެދުވެރިކޮށް ގޮއްޔެއާއި ބައްދަލުކޮށްލަން ހިތް ބުނަން ފެށިއެވެ.
އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އަނެއްކާވެސް ސުލައިމާނު ވާހަކަ ދައްކަން ފެށިއެވެ.
“އެމީހަކަށް ކުއްޖަކު ނުލިބޭތަ؟”
“އާނ. މަގޭ ކުއްޖަކު ނުހުންނާނެ، މިހާރު ވަރަށް ދެރަވޭ ، އެކަނިވެރިވެސްވޭ، އަހަރުމެން ފުރާމީހުންނަށް ކާފަކީ ވިއްޔާދޯ” ކުޑަކޮށް ހީލާފަ ނަސީރު އިސްބޯދަށުގައި އަތްކާއްތާލިއެވެ.
ސުލައިމާނުވެސް ކުޑަކޮށް ހީލާފައި ގޭދޮށަށް ދަމާހޭބުނެލިއެވެ. ނަސީރު ބުނަން ބޭނުންވި އެތި ހިތުގައި ބާއްވާފައި ދެމީހުން އެކުގައި އެއްގަމާދިމާއަށް މިސްރާބުޖެހިއެވެ. އޭރު މިސްކިތްމަގު އޮތީ މުޅިންހެން އަމާންވެފައެވެ. ދިރޭފަންޏެއްވެސް ނުފެނެއެވެ. ހިގަމުން ދިޔައިރުވެސް ނަސީރުހިތްބުނަމުން ދިޔައީ ލަދު ކަނޑާލާފައި ވިޔަސް ސުލައިމާނު ގާތު ގޮއްޔެއާއި ބައްދަލު ކޮށްދިނުމަށް އެދުމަށެވެ. އަމިއްލަ ހިތާ ނަސީރު ވާހަކަދެއްކީ ޅަކުދިން އުޅޭހެން ނޫޅުމަށެވެ. އެކަމަކުވެސްއެހިތުގައި އޮތްލޯތްބަކީ އަދިވެސް އެންމެ ޅަދުވަހުގެ ލޮތްބެވެ. އެލޯބިއޮތީ އަދި ވެސް ހަމަ އެގޮތަށެވެ. ކުޑަކޮށް ކަރު ކެހިލާފައި ނަސީރު ހިތްވަރެއްލިއެވެ. އެކަމަކު ބުނާނީ ކީކޭ ބާއެވެ. ގޮއްޔެގާތު ބުނެދޭށޭ ބުނާކީ ކިހިނެތް ހެއްޔެވެ. ނަސީރަށް ހަަމަ ސާބަހެވެ. މިއުޅެނީ އަދި ސުލައިމާނުގާތު ވާހަކައެއް ނުބުނެވިގެނެވެ. ދެން އަދި ގޮއްޔެއާއި ކުރިމަތި ލާނީ ވަކި ކިހިނެތް ހެއްޔެވެ. މިވަރަކުން މިކަމެއް ނުވާނެއެވެ. އޭރު ސުލައިމާނު ގެޔާއަރާ ހަމަވަނީއެވެ. ސުލައިމާމު އެނބުރިލާފައި ނަސީރަށް ބުނެލިއެެވެ. “ދައްތަމެން މާދަންރޭ ފުރާ. އެތެރެއަށް ވަދެ ވާހަކަ ދައްކާލާފަ ދާންވީނުން، ދައްތަ ވަރަށް އުފާވާނެ ރަށުމީހަކާ ބައްދަލުވީމަ” ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާކަށްވެސް ނަސީރަކަށް ނޭގުނެވެ. ބަލަހައްޓައިގެން ހުރީއެވެ. މިޔަށްވުރެ ވަކި ރަގަޅު ފުރުސަތެއް ލިބޭނެ ހެއްޔެވެ. އަނެއްކޮޅުން މާދަންރޭ ގޮއްޔެ ފުރައިފިއްޔާ ދެން އަނެއްކާ ދުވަކުވެސް ގޮއްޔެއާއި ބައްދަލުވާނެ ކަމެއް ނޭގެއެވެ.
” އާނ…ހިގާ ، އެކުދިންނާ ސަލާންކޮށްލާފަ ދެން ދާނީ” ނަސީރު ކުރިޔަށް ހިގައި ގަންނަމުން ބުނެލިއެވެ. އެ ދެމީހުން ގެޔަށް ވަތް އިރު ތިންހަމަ ކުޅެން ރީނާއާއި ސަމާތިއްބެވެ. ރީނާއަށް އެތެރެއަށް ވަދެގެން އައި ނަސީރު ފެނުމާއެކު އެދިމާއަށް ބަލާލެވުނެވެ. ހަމަ އެޔާއެކު ސަލްމާ މެދުގެތެރެއަށް ނިކުތްތަންވެސް ރަނާއަށް ފެނުނެވެ. ކުއްލިއަކަށް މާމަ އަށް އެއައި ބަދަލާ ފަހަތައް ނެގި ދެތިން ފިޔަވަޅުވެސް ރީނާގެ ސުކުނޑީގައި ރައްކާކޮށްލިއެވެ. މީކާކުބާއެވެ. މާމަ އެހާ ބިރުން އެހެރީ ކީއްވެބާއެވެ. ރީނާވިސްނާލިއެވެ. ދެން ކުޅޭހިތެއް ނެތޭކިޔާފައި ރީނާ އިންތަކުން ތެދުވީ ސަމާއެކަނި ކޮށްލާފައެވެ. މާމަކައިރިއަށްގޮސް އެއްއަތުގައި ހިފާލައިގެން ނަސީރާދިމާއަށް ބަލަހައްޓައިގެން ރީނާހުރި އިރު ހީވަނީ މާމަ ރައްކާތެރި ކުރުމަށް ބާރުގަދަ މީހަކު އައިސް ހުރި ހެނެވެ. ސުލައިމާނު އޭރުވެސް ނަސީރާ ކޮންމެވެސް ވާހަކަ އެއްދައްކަނީއެވެ. ދޭތެރެއަކުން ނަސީރު ސަލްމާއަށް ވައްކަޅިން ބަލާލައެވެ. އެމީހުން ވާހަކަ ދައްކަމުން އައިސް ސަލްމާ ހުރިހިސާބާ އަރާ ހަމަ ވެފައި ސަލްމާއަށް ސުލައިމާނު ބުނެލިއެވެ.
“ދައްތައަކަށް ނުވެސް އެގޭނެ މިހާރު ރަށުމީހަކު ފެނުނަސްދޯ، މީ ނަސީރު، މިހާރު އެރަށު ކަތީބުމީ. ދައްތަ ހަދާނެއްނެތްތަ؟”
ނޫން ، އަދި މާލޭގަ އުޅުނަސް ރަށުމީހުން މަތިން ހަދާންނެތޭހާ މުސްކުޅިއެއްނުވެއެއްނުންދޯ؟” ސަލްމާދޯދިނީ ރަނާއަށެވެ. ނަށީރާއި ދިމާއަށް ބަލާވެސް ނުލިއެވެ. ރަނާގެ މާމައަކަސް ރަނާއަބަދުވެސް ބުނާއެއްވާހަކައެއް އޮވެއެވެ، މާމައަކީ އަދިވެސް ޅަޒުވާނެކެވެ. ޒުވާން ޚިޔާލުގެ މާމައެކެވެ.
“އާނ…މާމަމީ ހަމަ ބެސްޓް . މާމަނުވާނެ ދުވަހަކުވެސް މުސްކުޅިއެއް އިރާދަކުރެއްވިއްޔާ” އެންމެން ރަނާ ބުނިއެއްޗަކަށް ހޭންފެށިއެވެ. ނަސީރު އެ އާއިލާގެ އެންމެނާއި ސަލާންކޮށްފައި އެންމެ ފަހުން ސަލްމާކައިރިއަށް އައެވެ. ސަލްމާހުރީ ނަސީރާދިމާއަށް ނުބަލަން ނިންމައިގެނެވެ. ބަލައި ލައިފި ނަމަވެސް ސާފުބިއްލޫރި ކޮޅެއްފަދައިން އެހިތް ފެނިދާނެތީ ބިރުގަތީކަންނޭގެއެވެ. ނަސީރު އެންމެން ގެ ކުރިމަަތީގައި ސަލްމާގެ އަތުގައި ހިފާލާފައި އިގިލިތަކުން ނިކަންމަޑުން ސަލްމާގެ އަތަށް ފިތާލިއެވެ. އެވަގުތު ނަސީރާއި ދިމާއަށް ނުބަލަން ހުރި ސަލްމާއަށްވެސް ޖެހުނީ ބަލާލާށެވެ.
ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު ލިބުނީ ކޮންކަހަލަ ހިތްވަރެއް ކަމެއްވެސް ނޭގެއެވެ.
“އިރުކޮޅަކުން އަންނާނަން ، ބޭރަށް ނިކުންނައްޗޭ، ވާހަކައެއް ބުނެލަންބޭނުން”
ކިރިއަ ކިރިޔާ ސަލްމާއަށްވެސް އަޑު އިވޭވަރަށް ނަސީރު ބުނެލިވާހަކައާއެކު ސަލްމާއަށް ދެކޮޅަށް ބަލާލެވުނެވެ. އެތާތިބި އެކަކުވެސް އެމީހުންނަށް މާކަ ސަމާލުކަމެއް ދޭހެނެއް ހިޔެއްނުވެއެވެ. ނަސީބެކެވެ.
އޭރުވެސް ނަސީރު ގެ އަތްއޮތީ ސަލްމާގެ އަތުންދޫކޮށްނުލައެވެ. އަތްދޫކޮށްލާނީ ޖަވާބެއްދިނީމަ ކަމަށް އިޝާރާތުން ނަސީރު ބުނެލިއެވެ. ހައިރާންވާންޖެހޭ ކަމަކީ އަދިވެސް ނަސީރު އެހެން، ބަސްބުނުމަކާ ނުލައި ހަމަ އެކަނި އެނަޒަރުންވެސް އެތައްވާހަކައެއް ބުނެދޭކަމެވެ. އެދެމެދުގައި ބަސްބުނުމަކާ ނުލައިވެސް އަދިވެސް ވާހަކަ ދެއްކޭ ކަމެވެ. ސަލްމާ ނިއްއަރުވާލީ އެއްބަސްވުމުގެ ގޮތުން ނެވެ. ނަސީރު އަތްދޫކޮށްލަމުން ބޯޖަހާލިއެވެ. ދަރިންގެ ކުރިމަތީ މަންމަ ފިރިހެނަކަށް ގަޑިކީއެވެ. ސަލްމާވަރަށް ކުޅަދާނައެވެ. އެތާތިބި މީހަކަށް ދޮންކަޅުވެސް ނޭގެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.


Hehe. V v reethi ❤❤
Kaahtey edhany goyye ah kaashi theyo kolheh dheynkanneynge dhw maroon. Vedhaanennu hama.. Hehehe
Varah salhi mi part ves…when next part…??
Naseeru kon vaahakaeh bunan baa eulheny…next part ga engeyne dhw…salma hama best??…zuvaan meehunge thereyga hovaa leveyne old age ga ves…hehe??
Kaattey innan ahan eulheny goyye kairin. Kihaa rom vaane ?
Vedhaane…if so emyhunge wedding varah salhi vaane dhw maroon…varah romantic koh baahvahchey emyhunge wedding. ingey saana…??
???? looks so cute together..hehe
Innan ves ahaafaane… ehenvehjiyaa varah romantic vaane dhw maroon…ya emyhunge wedding varah salhi vaane…maroon aharumen vaanedhw plan kohdheyn wedding…?
Salma Weds Naseer.?.theme aky maroon colour..hehe?..wedding ves beyveyni saana accept kohgenenun…?
maa kuryga dhw miulheveny adhi…kaahtey neynge propose kuraanekamehves..?
Hehe hey click. Maroon aa emmen dhaan vaane thi wedding ah dhw? 😀 dhaairu kaashi theyo laigen dhaan jeheynee. Kaahteyge wedding eh vehjiyya kommehen vx dhaanvaanu.. Hehehe. Ready vey avahah. Kandu adin dhaan dhathuruvx hama jehifa othy. Lol 🙂 😀
Hehe…kaashitheyo ganefa bahatachey wedding ah dha enmen…dhw song joong….??
Yeah. Hehe. 😀 hama kayskeyhun gannany mifaharu. Lol 😀
Maroon theme vejeyyaa kommeves dhaan jeheyne ?
Goyye ran kiyaany kaashitheyo fulhi akah
Hehe..click ves dhaanan kaashitheyo laigen..song joong fulhi huskolaigen tha anehkaa dhani…eyrah dhw salma menah meeru vas dhuvaanives…??
Maroon dhachey konmehenves ?
Hahaha. Rangalhah thibuny maroon. Varah agubodu kaashi theufulhiakah.. 😀
Yaaaa. Hama kaashi theyo fulhieh ehkoh huskohlaanan.. Eyrun nennu rock vaany. Hehehe
LOL. I ll never forget this story.. alhugaduves kaashitheyo laigen dhaany ?
Asluvx thibuny thedheh maroon. Mihaa reethi n traditional vaahaka eh adhi nukiyan.. Keep it up saana.. Hey maroon.. Kobaatha Adha mihaaru??? Habarehvx nuvey dhw.
Varahhhh reethi. Keep it up 🙂 :D:)
Ooh gadha
Kaahte aa bahdhal kuran gadi kee dhw kihineh vaane baa? Waiting 4 the next part
Salmaa gadha..gadives kiyaalaifi dharinkolhu thibi gothah baithibaafa…salhi..mi part ves varah reethi..??