Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަގެއްނެތްލޯބި 16 ވަނަބައި

Xiroo Thihthi Level 210 Stories
September 11, 2017 4 Mins Read
11 Comments

          “އަހަރެން މިއުޅެނީ ރަށަށްދާންވެގެން” ޒިޔާދު ބުންޏެވެ. “ހާދަ އަވަހަކަށް ދާންތިއުޅެނީ ކިހިނެއްވީ އަނެއްކާ” ހަނާ އަހާލިއެވެ. “ދެން އަވަސް ވިޔަސް ކުރާނެކަމެއް ނެތެއްނު. އަހަރެން މިއައީ ޔާޝްގެ އުފަންދުވަހަށް. އެކަންވެސް މީހާރުމިވަނީ. އަނެއްކޮޅުން ޖޮބް ވެސް ހަމަޖެހިއްޖެ. މިހެން އަބަދު ކަމެއްނުކޮށް ނުހުރެވޭނެއްނު” ޔާޝްގެ އަތުގާ ހިފައިގެން ހުރެ ޒިޔާދު ވާހަކަ ދައްކަމުން ދިޔައެވެ. “ސްކޫލު ޖޮބްއިން ކެޑިގެންތަ ތިހުރީ” ހައިރާންކަމާއެކު ހަނާ އަހާލިއެވެ. “އާނ… ޒިޔާ ބަލިވެގެން ނުނިކުމެ ގިނަދުވަސް ތަކެއްވުމުން އަމިއްލައަށް ކެޑުނީ” ހަނާއަށް ޖަވާބު ދިނީ ނިސާދުއެވެ. “މިފަހަރު ކޮންތާކުން ޖޮބް ލިބުނީ” ހަނާ ސުވާލު ކޮށްލިއެވެ. “ކުރިން ނިސާދު ހުރި ޖޮބް. އަހަރެން ކުރިން ހުރި ޖޮބް ލިބުނީ ނަޒީލް އަށް” ޒިޔާދު ހީލަމުން ބުނެލިއެވެ. “ދެން ކޮންއިރަކުން ފުރަނީ” ނިސާދު އަހާލިއެވެ. “ދެން ޓިކެޓް ލިބުންހާ އަވަހަކަށް. އެކަމަކު އެހާ ދާހިތެއްވެސް ނުވޭ. އެކަމަކު ދާންވެސް ޖެހޭނެ. މަންމަ އެކަނި އެއުޅެނީ” މޮޅިވެރި ރާގަކަށް ޒިޔާދު ބުނެލިއެވެ. ޒިޔާދު އެގެއިން ނިކުތީ ވަދާޢީ ސަލާމްވެސް ކޮށްފައެވެ.

           މެންދަމުގެ ހަމަހިމޭން ވަގުތެވެ. ހަނާއަށް ހޭލެވުނީ ނިސާދު ފޯނުއިން ކޮންމެވެސް މީހަކާ ވާހަކަ ދައްކަން އޮށްވައެވެ. ހަނާ އޮތީ ނިސާދުއަށް ފުރަގަސްދީގެންކަމުން މަޑުމަޑުން ފަހަތްބަލާލިއެވެ. ދައްކަމުން ދިޔަވާހަކަ ވަރަށް ރަނގަޅަށް ހަނާއަށް އަޑު އިވުނެވެ. އެހެން ވާހަކަދައްކަން އޮތްއިރު ނިސާދު ހަނާއަށް ވާވަރު ބަލާލައެވެ. ހަނާ ނިސާދުއާ ދިމާލަށް ބަލަން އޮށްވާ ނިސާދު ހަނާއާ ވީފަރާތަށް އެބުރިލިއެވެ. ހަނާ ހުށިޔާރުކަމާއެކު އަނެއްފަރާތަށް އެބުރުނެވެ. އަދި ދެލޯމަރާ ތަގުޅި ކޮށްލިއެވެ. “އަހަރެންނަށް ހީވަނީ އަހަރެންގެ އަންހެނުން އޮތީ ހޭލާހެން. އެހެންވީމާ ދެންބާންވަނީ. ފަހުން ގުޅާނަން” މިހެންބުނެ ދެތިންފަހަރު “ހޫން” އަޅުވާލާފަ ނިސާދު ފޯނުބޭންވިއެވެ. ނިސާދު ބޯދަށުގައޮތް  ބާލީސް ދަށަށް ފޯނު ލުމަށްފަހު އުޑުތިލަމަތިން ޖެހި ހަމަޖެހިލިއެވެ. އަދި ފުންނޭވާއެއްލިއެވެ. އޭރުވެސް ހަނާ އެއޮތް ގޮތަށް ގުޑުމެއްވެސް އަރުވާނުލާ ސުވާލުތަކުން ފުރިފައިވާ ހިތަކާއެކު އޮތެވެ.

                ކުޑައިރުކޮޅެއްގެ ތެރޭގައި ނިސާދުގެ ގުގުރި ދެމުމުގެ އަޑު ހަނާގެ ކަންފަތުގާ ޖެހުނެވެ. ހަނާ މަޑުމަޑުން އެދުން ތެދުވެގެން ކުޑަދޮރުކައިރީ މަޑުކޮށްލިއެވެ. “ނިސާދު އެފާޑަށް ވާހަކަ އެދެއްކީ އަނެއްކާ ކާކާބާ؟؟؟ އަނެއްކާ ނިސާދު އަންހެނެއްގެ………!!! އެކަމަކު ނިސާދު އެހެން އަންހެނެއްގެ ގާތަށް ދާންވީ ކީއްވެ!!! ނިސާދު ބޭނުންވާ ކަމެއް އަހަރެންނަށް ނުކޮށްދެވެނީތަ؟ އޭނަ ބޭނުންވާވަރަށް އަހަރެންނަށް ލޯބި ނުދެވެނީތަ؟” ސުވާލު ތަކެއް ހަނާގެ ހިތުގައި އުފެދުން އިރު ހަނާއަށް ޔަގީން ވަނީ ނިސާދުއަށް މިއިން އެއްވެސް ކަމެއްގަ ދަތިނުވާނެ ކަމެވެ. އެރޭގެ ބާކީ ވަގުތައް ހަނާއަށް ހޭދަވީ އެކަމާ ވިސްނުމުގައެވެ. ފަތިސް ނަމާދު ބަންގި ގޮވިރުވެސް ހަނާ ހުރީ ހޭލައެވެ. ބަންގި ގޮވާނިމުމުން ހަނާ ފާހާނާއަށް ވަދެ ތާހިރު ވެލައިގެން އައިސް ނަމާދުކޮންލިއެވެ. އޭރުވެސް ނިސާދު ގަދަނިދިގައި އޮތެވެ. ނަމާދު ކޮށްލައިގެން އައިސް ހަނާއަނެއްކާ ވެސް އެދުގައި އޮށޯވެލިއެވެ. ހަނާއަށް ލޯމެރުނު ތަނާހެން ޔާޝް ރޯންފެށުމުން ހަނާ ޔާޝް އުރާލައިގެން އައިސް ކައިރީ ބާއްވައިގެން އެދުގައި އޮށޯވެލިއެވެ. ހަނާގެ ކައިރީ އޮތުމުން ޔާޝް ވެސް ނިދާކަށް ގިނައިރުތަކެއްނުވިއެވެ. ހަނާއަށް އެހެން އޮވެވުނީ އިރުކޮޅެއް ވަންދެނެވެ. ނިދީގެ އަރާމު ފިރުމުންތަކުން ހަނާއަށް ވެސް އަރާމު ވެގެން ދިޔައެވެ.

           ކުއްލިއަކަށް ހަނާއަށް ހޭލެވުނެވެ. ގަޑިއަށް ބަލާލިއިރު ހަތްގަޑި ބައިވެ ބޮޑުވެއްޖެއެވެ. ގަޑި ފެނުމާއެކު ހަނާއަށް ތެޅިގަނެވުނެވެ. އެއަށްފަހު ނިސާދުއަށް ގޮވަންފެށިއެވެ. ދެތިންފަހަރު ގޮވާލިފަހުން ނިސާދު ތެދުވެގެން ގޮސް ފާހާނާއަށް ވަނުމުން، ހަނާ ބަނދިގެއަށް ދިޔައެވެ. އޭރު ރަމްލާ ސައިހެދުމުގެ މަސައްކަތުގައި އުޅެއެވެ. “މިއަދު ހާދަލަހުން ހޭލި ދުވަހެކޭ” ހަނާ ފެނުމުން ރަމްލާ ސުވާލު ކޮށްލިއެވެ. “އާނ. ފަތިސްނަމާދު ކޮށްލައިގެން އޮށޯވެލީ. ނިދޭގޮތްވެފަ ވަނިކޮށް ޔާޝް ހޭލައިގެން ރޯންފެށީމަ، އޭނަ ގޮވައިގެން އައިސް ކައިރީ ބާވައިގެން އަނެއްކާ ވެސް އޮށްވާ ނިދުނީ” ނިސާދުއަށް ސައި ތައްޔާރު ކުރަމުން ކަންވިގޮތް ހަނާ ރަމްލާއަށް ކިޔާދިނެވެ. “ހަތެއްޖެހިފަހުން ވެސް ދައްތަ ގޮސް ގޮވާލިން. އެކަމަކު އަޑެއްނީވުނީމަ އަޅާނުލީ” ރަމްލާ ބުންޏެވެ. “ނުހޭލެވޭނެއްނު. ފާޑެއްގެ ބިރުވެރި ހުވަފެނެއް ވެސް ފެނުނު. ފަހުން ބިރުންގޮސް ނުވެސް ނިދުނު” ހަނާ ދޮގެއްހަދާލިއެވެ. ފިރިމީހާގެ ވާހަކަ ދައްކަން ބޭނުން ނުވެގެންނެވެ. “ކޮބާ ނިސާދު. ތެދުވެއްޖެތަ؟” ރަމްލާ ސުވާލު ކޮށްލިއެވެ. “އާނ. ފާހާނާއަށް ވަނީމަ ސައި ހަދަންވެގެން މިއައީ. އެބަ އަންނަން ބަލާލާފަ” ސައިތަށި މޭޒުމަތީ ބަހައްޓަމުން ހަނާ ބުނެލިއެވެ. ހަނާ ކޮޓަރިއާ ހަމައަށް ދިޔައިރު ނިސާދު ކޮޓަރިން ނިކުންނަނީއެވެ. “ހިނގާ ސައިބޯން. އަހަރެން މިއައީ ސައި ހަދާފަ” ހަނާ ބުނެލިއެވެ. “ނުބޯނަން. ވަރަށް ލަސްވެގެން މިއުޅެނީ” ރުޅިވެރި ރާގަކަށް ހަނާއަށް ޖަވާބު ދިނުމަށްފަހު ނިސާދު ގެއިން ނިކުމެގެން ދިޔައެވެ. ހަނާ އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށް ވަދެ އެދުގައި އިށީދެލިއެވެ. “އަނެއްކާ މިއަދު ކިހިނެއްވެފާބާ އެހުރީ. ހީވަނީ އަހަރެން ހޭލާ އޮތްކަންއެނގި، އެކަމާ ބެހޭގޮތުން ސުވާލުކޮށްފާނެތީ މޫނު ހަދައިގެންހެން އެހުރީ…….” ހަނާ އެކަނި އިދެ ވާހަކަ ދައްކަމުން ދިޔައެވެ. އިރުކޮޅަކު ހަނާ ކޮޓަރީގައި އިނުމަށްފަހު ބަނދިގެއަށް ދިޔައެވެ. ރަމްލާ ރޮށި ފިހުމުގާ އަވަދިނެތި އުޅުނެވެ. މޭޒުމަތީ އަތުރާފަ ހުރި ތަށިތައް ނެގުމަށްފަހު ރަމްލާ ކައިރީ ހަނާ މަޑުކޮށްލިއެވެ. “އަދިވެސް ނުނިމޭދޯ. ގެނޭ އަހަރެންގެ އަތަށް ރޮށިފިހަން” ހަނާ ބުނެލިއެވެ. “ނިމޭނެތަ؟ މިއޮތީ ފިހަންއޮށްނަހާ ރޮށި. ފަސްގަޑި ބައިގަ ފެށިޔަސް ނުނިމޭނެ” ހަނާ އަތަށް ދޯފަތް ދެމުން ފުއްގުޅަތަކަށް އިސާރާތް ކުރަމުން ރަމްލާ ބުންޏެވެ. “ނިސާދު ސައިވެސް ނުބޮއި ދިޔައީތަ؟” ރަމްލާ އަހާލިއެވެ. “އާނ. ވަރަށް ލަސްވެޔޭ ބުނެފާ ގޮސްފި” ހަނާ ބުނެލިއެވެ.

         އޮފީސް ތެރެއަށް ނިސާދު ވަދެގެން ދިޔައީ ވަރަށް ބާރަށެވެ. އޭރު އެއްމެންކަހަލަ ގޮތަކަށް އޮފީހަށް ހާޞިރުވެތިއްބެވެ. ނިސާދު އެހާބާރަށް ވަދެގެން ދިޔުމުން އެއްމެންތިބީ ބަލަހައްޓައިގެންނެވެ. ހައިރާންވެފައެވެ. އެހެން ދުވަސް ދުވަހު ނިސާދުގެ މޫނުމަތިން ނުފެންނަ ކުލަވަރު ތަކެއް ފެންނަމުން ދިޔައެވެ. ނިސާދު އޮފިހުން ހިތާވެގެން އުޅޭ ހަސްމާ ވެސް ބުނާނެ އެއްޗެއްނޭގިފާ ބަލަންއިނެވެ. ނިސާދު ގޮސް ގޮޑީގައި އިށީދެ ހަމަޖެހިލިއެވެ. އަދި ފުންނޭވާ އެއްލިއެވެ.

                   “ކިހިނެއްވީތަ ނިސާދު!!! އަނެއްކާ ކަމެއްގޯސްވީތަ؟ އަހަރެން ކައިރީ ބުނެބަލަ” ހަސްމާ ވާހަކަ ދައްކަމުން ދިޔައިރު ނިސާދު އިނީ ގޮޑީގައި ރަގަޅަށް ހަމަޖެހިލައިގެންނެވެ. ޖަވާބެއްގެ އިންތިޒާރުގައި ހަސްމާ ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. ނަމަވެސް ނިސާދު ވާހަކައެއް ނުދެއްކި އެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު މޭޒުމަތީ އަތްބާވައި، އަތްމަތީ ބޯއަޅާލިއެވެ. މަންޒަރު ބަލަން ހަސްމާ ހައިރާންވެ ބަސްހުއްޓިފާއިނެވެ. “ނިސާދު….. އަޅެބުނެބަލަ. ކިހިނެއްވީތަ؟ އަހަރެން ކައިރީ ނުބުނެވޭ ވަރުގެ ކަމެއްވީތަ؟ ނިސާދު އަޅެ އަހަރެން ކައިރީ ބުނެބަލަ” ހަސްމާގެ ތުއި ގޮތްގަޑާއެކު، އޯގާތެރިކަމާ، ލޯތްބާއެކު ނިސާދުގެ އެހިމޭންކަމުގެ ސިއްރު ހޯދަން މަސައްކަތްކުރަމުން ދިޔައެވެ. ހަސްމާގެ ހުރިހާ ސުވާލަކަށް ނިސާދު ދިނީ އެއްވެސް މާނައެއް ދޭހަނުވާ ކުރު ޖަވާބެކެވެ. އެޖަވާބުން އިތުރަށް ހަސްމާގެ ހިތުގާ ސުވާލުތަކެއް އުފެދިގެން ދިޔައެވެ. “ވީ ކަމެއްނުބުނާ ހިދަކު އަހަރެން ނުދާނަން. އަހަރެން ބޭނުން ވެގެން ތިއުޅެނީ ކޮންކަމެއްތޯ ބަލަން. ބުނެބަލަ…….. ކިހިނެއްވީތަ؟” ނިސާދުގެ މޭޒުކައިރީ އިން ގޮޑިން ތެދުވަމުން ހަސްމާ ބުންޏެވެ. “ބުނެފީމެއްނު އަހަރެންނަށް ކަމެއްނުވެއޭ. ކީއްވެތަ އަޑުނީވެނީ” ނިސާދު ބާރަށް މިހެން ބުނުމުން ހަސްމާ ސިހިގެން ދިޔައެވެ. ނިސާދު އެހެން ބުނުމަށްފަހު އަނެއްކާ ވެސް މޭޒު މަތީ ބޯޖެހިއެވެ. ހަސްމާ އިރުކޮޅެއް ވަންދެން ބަލަން ހުރުމަށްފަހު އެތަނުންދިއުމަށް ހިނގައިގަތެވެ. އޭރު އެނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ހަސްމާ ގޮސް އޭނާގެ މޭޒުކައިރީ ހުރިގޮޑީގައި އިށީދެލިއެވެ. އަދި ރޯން ފެށިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ލޮލުންފައިބަމުން ދިޔަކަރުނަތައް ފޮހެލަމުން ގޮޑިންތެދުވެގެން ފާހާނާއާ ދިމާއަށް ހިނގައިގަތެވެ.

                   އަދިވެސް ނިސާދުއޮތީ މޭޒުގައި ބޯޖަހައިގެންނެވެ. އެއްވެސް މަސައްކަތެއް ކުރާކަށް ނޫޅެއެވެ. “ނިސާދު ނިދަނީތަ؟ ނިސާދު ބޯޖަހައިގެން އޮތްތަން ފެނުމުން ފާރިސް އަހާލިއެވެ. “ނޫނޭ. ނުނިދަން” ބޯހިންލާލަމުން ނިސާދު ބުނެލިއެވެ. “ދެންކިހިނެއްވެފާ ތިއޮތީ” އަތުގާއޮތް ފައިލުގައިވާ ގަނޑުތައްކަށް ބަލަމުން ފާރިސް އަހާލިއެވެ. ފާރިސް އަކީ ނިސާދުއަށްވުރެ ސީނިއާރ މިހެކެވެ. އޮފީސް އެންމެންގެ މަގުބޫލް ކަން ހޯދައިފައިވާ މުރާލި މީހެކެވެ. ކޮންމެ މީހަކާވެސް ވާހަކަ ދެއްކުމުގަ އެގެންގުޅޭ ރީތިގޮތް އެންމެންވެސް ފާހަގަ ކުރެއެވެ. “ކަމެއްނުވޭ. ހަމަ އޮތީ” ގަޔާނުވާ ގޮތަކަށް ނިސާދު ބުނެލިއެވެ. “އެކަމަކު ހާދަ ހީވެޔޭ ކޮންމެވެސް ކަމެއްވެގެން އުޅޭހެން. އަނެއްކާ އަންހެނުންނާ ދެބަސްވީތަ” ސަމާސާ ރާގަކަށް ނިސާދުއާ ދިމާލަށް ފާރިސް ބުނެލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ނިސާދު ބޯހޫރާލުމުން ފާރިސް އެތަނުން ދިޔައެވެ.

                 ހެނދުނުގެ ސައިގެ ކަންތައް ނިއްމާލުމަށްފަހު ޔާޝްއަށް ކާންދޭންވެގެން ހަނާ އުޅެއެވެ. އަވަދިނެތި އެކުޑަކުޑަ ހަލަނި ޔާޝްއަށް ކާންދީދީ ހުއްޓާ ހަނާގެ ފޯނު ރިންގުވާންފެށިއެވެ. “ހަލޯ. ޒިޔާ ކިހިނެއްތަ؟ ” ހަނާ ސުވާލު ކޮށްލިއެވެ. “އަހަރެން ރަނގަޅު. ހަނާގެ ދެމަފިރިންނާ، ޔާޝް ކިހިނެއްތަ؟ “ޒިޔާދު ވެސް ހަނާގެ އާއިލާގެ ހާލު އަހާލިއެވެ. “އިރާދުކުރެއްވިޔާ ވަރަށް ރަނގަޅު” ހަނާ ބުނެލިއެވެ. “ހަނާ އަހަރެން ވާހަކައެއް އަހާލަންތަ؟ ” ސުވާލުން ފުރިގެންވާ ރާގަކަށް ޒިޔާދު ހުއްދައަކަށް އެދުނެވެ. “އާނ. އަހާބަލަ. އަނެއްކާ ކޮންވާހަކައެއް އަހަން ތިއުޅެނީ” ހިނިގަނޑެއް ޖަހާލާފަ ހަނާ އަހާލިއެވެ. “އަހަރެންނަށް ހީވަނީ ނިސާދު ކޮންމެވެސް ކަމެއްކުރޭހެން. މިބުނީ ހަނާއަށް ވެސް ސިއްރުން އޭނާ ކަމެއް ކުރެއޭ” ހަނާގެ ހުއްދަ ލިބުމުން ޒިޔާދު އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ. “ކިހިނެއްވެގެންތިހެން ތިއެހީ ” ހަނާ ސުވާލު ކޮށްލިއެވެ. “އަހަރެންނަށް ކަމެއް ސައްކުވާތީ ހަމަ އަހާލީ” ޒިޔާދު ބުންޏެވެ.” ކޮންކަމެއްތަ ސައްކުވެގެން ތިއުޅެނީ” ހަނާ ކޮށްލީ ސުވާލެކެވެ. “ހަނާ. އަހަރެން ފަހުން ގުޅާނަން ތިވާހަކަ ދައްކަން. މަންމަ ބުނެގެން ތަނަކަށް ދާންޖެހިއްޖެ” ޒިޔާދު ބުންޏެވެ. “ނޫނޭ. ޒިޔާދު ގުޅާނެ ކަމެއްނެތް. ޔާޝް އަށް ކާންދީ ނިންދަވާފަ އަހަރެން ގުޅާނަން” ހަނާ ބުންޏެވެ.

                    ހަސްމާ މޭޒުމަތީ އުޅަބޮށި ޖައްސާލައިގެން ދަތްދޮޅީ އަތްވިއްދާލައިގެން އިނެވެ. ފުންހިޔާލެއްގައެވެ. ނިސާދު ހަޅޭލަވައި ގަތުމުން ހަސްމާ ވަރަށް ދެރަވިއެވެ. އޮފީހުގެ މަސައްކަތްތައް ވެސް ކުރާހިތެއްނެތެވެ. ބޭނުންވަނީ އަވަހަށް ގެއަށްދާށެވެ. ވަގުތުތައް ފާއިތުވަމުން ގޮސް ސަޔަށްދާ ގަޑި ޖެހިއްޖެއެވެ. ހަސްމާ އާއި ނިސާދު އާ ނޫން އެހެން އެންމެން ސަޔަށް ދިޔައެވެ. ނިސާދު އެނާގެ މޭޒުމަތީ އޮތް ފޮތެއްގަ ގަލަމުން ކުރަހާލަ ކުރަހާލާ އިނެވެ. ހަސްމާ އިނީ އޭނާގެ މޭޒުމަތީ އިން ބަރު އަނބު ރާލަ ރާލައެވެ. ހީވަނީ ދެމީހުން ސަޔަށް ނުދާން ތިބިހެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

އަގެއްނެތްލޯބި 15 ވަނަބައި

Next

ލޯބިން ހިނިތުންވެލާށޭ 3

Next
September 11, 2017

ލޯބިން ހިނިތުންވެލާށޭ 3

Previews
September 11, 2017

އަގެއްނެތްލޯބި 15 ވަނަބައި

11 Comments!

  1. zainab says:
    September 11, 2017 at 9:27 pm

    mi vahaka liyaa kujja ah ahsari bahun sabas ekam bunelaanee mivahaka kaaku nudeye kiyaahi nuvanee hama nukiya mi comant kuranee ekam kuree baitha keen kamaku nude thihaa avskoh thi genes denee kamu nudaa kahala stroy eh veema den mibunevunu echakun dera vanama v bodah sorry

    1. Xiroo Thihthi says:
      September 12, 2017 at 12:10 am

      baithah avas koh genes midheny meege kurin ves esfiya ah mivaahaka up kuramun dhanikoh 20 vana bayaa hisaabun loging vumuga mahsala eh dhimaa vegen up nukurevifa vaathy, 20 vana bayaa hamayah genes dhinuma mashaa, fahuge baithah thankolhhe kurukoh genesdhevifa hurymaa.

  2. azeen says:
    September 11, 2017 at 10:18 pm

    edhogu v reethi

    1. Xiroo Thihthi says:
      September 12, 2017 at 12:11 am

      thanx

  3. Shin says:
    September 11, 2017 at 10:46 pm

    Mi vaahaka v salhi…. Avahan up kndhethii v ufaaavey…..n baehkudhin ulheyneliyun therein rulhi aruvan vx n dhera kuranvx dhw….. Vaahaka avahan up kndhinans mi vaahaka v salhi ey bunalan othyyyy….. ?????❤❤❤❤❤❤❤???????

    1. Xiroo Thihthi says:
      September 12, 2017 at 12:13 am

      thanx… ehen adhi commenteh kohgen rulhi annaakah nuvaane dhw… hiyaalaky thafaathu ehchehnu…. ehen v maa ehen bunaa vaahaka ves balaiganegen miulheny…. SHIN

  4. Hafeez says:
    September 11, 2017 at 11:04 pm

    Mi Vaahaka Mee hama one of the best. Avahah up Kohdheyne kamah heekuran

    1. Xiroo Thihthi says:
      September 12, 2017 at 12:14 am

      thanx …. iraadhu kurehviyaa lasthakeh kohgen kiyuntherin ge inthizaaruge vaguthu dhigukuraakah nuvisnan HAFEEZ

  5. Musli says:
    September 11, 2017 at 11:29 pm

    Aneh hen vaahakaiga vaagoii hadieh noon… ekamaku varah jumlathakaa ihchihi hama nujehey liyefa hunnaleh…

  6. Nadheema says:
    September 13, 2017 at 1:06 pm

    loving story <3

  7. thihthr says:
    October 11, 2017 at 11:44 am

    liyumuge v gina massala thibeny.. thankolheh balaalaafa liya vahtharu hunnani. check nukoh up kuranydhw. kiyaa myhun foohi vaaney bro.

Comments are closed.

Next Episodeއަގެއްނެތްލޯބި 17 ވަނަބައި←


All Right Reserved!