Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ…..(11)

Dhippi Level 4100 Comments10 Stories
September 11, 2017 6 Mins Read
31 Comments

މަޑު މަޑުން ދުވަސްތައް ފާއިތު ވަމުން ގޮސް މިއަދަކީ ވަޒުނާ މެން ދަތުރު ދާން އޮތް ދުވަހެވެ. އެހެން ކަމުން ދަތުރަށް ބޭނުން ވާނެ ސާމާނު ވަނީ ރޭގައި ހަމަ ކޮށްފައެވެ. މުޅި ރޭގަ ވަޒުނާ ހީވާނީ މޮޔަ ވެގެން އުޅޭހެންނެވެ. ދަތުރު ދާން ފުރަން އޮތީ ހައެއް ޖަހާއިރު ކަމުން ރޭގަ ވަރަށް އިރާކުޅު އެއްމެން ވެސް ނިދާފިއެވެ. “ޓަން ޓަން…. ދަރިފުޅާ ވަޒޫ ދޮރު ހުޅުވަބަލަ، ފަހެއް ޖަހައިފިޔޭ އަވަހަށް ތެދުވެބަލަ، ހައެއް ޖަަހއިއިރު ފުރަން ޖެހޭނެ އަފީފާ ދޮރުގައި ތަޅަމުން ގޮވައި ގަތީމަ ދެލޯ ކަހަމުން ވަޒުނާ ދޮރު ހުޅުވައިލިއެވެ. “އަވަސް ކުރޭ ދަރިފުޅާ، ނަމާދު ކުރާތި” ވަޒުނާ ލައްބަ އޭ ކިޔާފަ ދޮރު ލެއްޕުމުން ވިނާންގެ ކޮޓަރީގައި ވެސް ތަޅާ ހޭލައްވާފައި އަފީފާ ތިރިއަށް ދިޔައީ އަލްޔާ އާ ޖަޔާ އާ ދެމީހުންނަށް ގޮވައިށެވެ. އަފީފާ ގޮސް އަލްޔާއަށް ގޮވުމުން ވަގުތުން ދޮރު ހުޅުވައިލިއެވެ. “ހޭލާދޯ ތިއުޅެނީ؟!” އަފީފާ ބުންޏެވެ. “ލައްބަ!ފަތިސް ނަމާދަށް ހޭލި ގޮތަށް ނުނިދާ މިހުރީ” އަލްޔާ ބުނެލިއެވެ. އަވަހަށް ތައްޔާރު ވާން ބުނެފަ އަފީފާ ދިޔައީ ޖަޔާގެ ކޮޓަރިއާ ދިމާލަށެވެ. އިސާހިތަކު އަފީފާ ގޮވުމުން އެއްމެން ހޭލައިފިއެވެ. އެއްމެން އަވަހަށް ތެޅި ގަތީ މޫދަށް އެރޭ އެއްޗެހި ދަބަހަށް ލައި ބަންދު ކުރާށެވެ. “ޖަޔާ! ޖަޔާ! އެންމެންނަށް ކޮފީ ގިރާބަލަ” އަފީފާ ތިރިއަށް ފައިބަމުން ޖަޔާ ބޮޑު ކޮޓަރީގައި ހުއްޓާ ބުނެލިއެވެ. އަފީފާ އެހެން ބުނުމުން ޖަޔާ ދިޔައީ އަވަހަށް ކޮފީގިރާށެވެ. އަތްމަތި ނިކަން އަވަސް ކޮއްލައިގެން ޖަޔާ ކޮފީ ތަބަކެއް ހިފައިގެން އައިސް ބޮޑު ކޮޓަރިއަށް ވަންއިރު އެއްމެން ތިބީ ސޯފާގައި އިށީނދެގެންނެވެ. “ކޮބާ… ހުރިހާ އެއްޗެއް ހަމަތަ؟ ޕެކުކޮށް ނިމުނީތަ؟” ސައުދު ކޮފީ ތަށި ބޮމުން އަހައިލިއެވެ. “ލައްބަ ބޮސް ހުރިހާ އެއްޗެއް ހަމަ، ޖަޔާ ބަރާބަރު ހުރިހާ އެއްޗެއް ފޮށިގަނޑަށް އަޅަނީ ޕެކުކުރަނީ ނިމުނީ” ނިކަން ފޯރީގައި ޖަޔާ ބުނެލިއެވެ. ހުރިހާ އެއްޗެއް ޕެކުކޮށް ނިމިފައި ހުރުމާއިއެކު އެންމެން ވެސް އަވަހަށް އުޅެގަތީ ޑްރައިވަރު ކާރު ހިފައިގެން އަންނަން ވާއިރަށް ބޭރަށް ނިކުންނާށެވެ. އެމީހުންނަކީ މުއްސަނދި ބަޔަކަށް ވުމުން އެގޭ މީހުން ދުވަހަކުވެސް އެއްވެސް ތާކަށް ޕިކަޕަކުން ނުދެއެވެ. ހައްތަހާވެސް ދަނީ އެގޭ ކާރުންނެވެ. ނަސީބު ދިމާ ކުރިގޮތުން ބޭރަށް ނިކުތް އިރު ކާރު އޮތީ އެގޭ ދޮރު މަތީގައެވެ. މަޑުކުރުމެއް ނެތި އަވަހަށް އެއަށް އަރައިގެން އެއްމެން ނައްޓާލީ އާ ހާބަރާ ދިމާލަށެވެ. އޭރު އެމީހުންގެ އިންތިޒާރުގައި ތޮށިގަނޑު މަތީ ދެކޮޅަށް ހިނގާލަ ހިނގާލާ ވަޒުނާގެ ރައްޓެހި ދެތިން އަންހެން ކުއްޖަކު ތިއްބެވެ. ހަލުވި ބާރުމިނުގައި ކާރު ގޮސް އެދިމާލަށް މަޑުކުރުމުން ވަޒުނާ އަވަހަށް ނިކުތުމުން އޭނާގެ ރައްޓެހި ކުދިން ކޮޅު އައިސް ކާރު އޮތް ދިމާލަށް ހުއްޓުނެވެ.

“ބައްޕާ ކޮބައިތޯ ދޯނި؟” ދެފަޔަށް ހިނި އަރައިގެން އުޅޭހެން ހުރެ ވަޒުނާ އަހައިލިއެވެ. ވަޒުނާ ހުރީ އެތަނަކަށް ދާހިތުން މޮޔަވާ ވަރު ވެފައެވެ. ވާނީ ވެސް އެހެންތާއެވެ. ރާއްޖޭގައި އޮންނަ ކަހަލަ ރީތި މޫދަކަށް ނުދާތާ ލައްކަ ދުވަސް ވެއްޖެ ވިއްޔާއެވެ. “އެއޮތީ! ހިނގާ އެދިމާލަށް ދަމާ” ތަންކޮޅެއް ދުރުން ފެންނަން އޮތް ދޯންޏެއް ދައްކާލަމުން ސައުދު ބުނެލިއެވެ. ސައުދު ހިނގައިގަތުމުން އޭނާގެ ފަހަތުން އެއްމެން ގޮސް ދޯންޏަށް އެރިއެވެ. ދޯނީގައި ދަތުރު ކުރުމަކީ އެއްގޮތަކަށްވެސް ސައުދު ބޭނުން ވާކަމެއް ނޫނެވެ. ނަމަވެސް ވަޒުނާ ބޭނުންވީ މަޖާ ކުރަންށޭ ކިޔާފަ ދޯންޏެއްގައި ދާންށެވެ. އެހެން ކަމުން ސައުދު ވެސް އެގޮތައް އެއްބަސްވީއެވެ. އެއްމެން ދޯންޏަށް އަރާ ހަމަވުމުން މަޑު ނުކޮށް ދޯނީގެ ކައްޕި މިސްރާބު ޖެހީ ތިލަ ފުއްޓާދިމާލަށެވެ. ދޯންޏަށް އަރައިގެން ނައްޓާލުމާ އެއްކޮށް ލަވަ ބާޒީ ކުރުމާ ނެށުމާ އެތައް ކުޅިވަރެއް ކުޅެން އެ ކަނޑުމަތީވެސް ފެއްޓިއެވެ. ސައުދުގެ ދެމަފިރިން ވެސް ތިބީ އެ ކުޅިވަރު ބަލައިގެން ހީހީ ބަނޑަށް ބިދިފައެވެ. ވަކި ހިސާބަކަށް ދުއްވުނުތަނާ ކުއްލިއަކަށް ވައިގަދަވެ ކަނޑު ދަތުރު ނުކުރެވޭ ހާލަތަށް މޫސުން ގޯސް ވެއްޖެއެވެ. އެއްމެ ފަހުން ކުރާނެ ކަމެއް ނެތުމުން ކަނޑު މެދުގައި އިންޖީނު ނިއްވިއެވެ. އޭރު އަންހެން ވެރިން ހޮނޑު ލައި ލައި ތިބީ ދެމިފައެވެ. ނިިދުނު މީހުން ތިބީ ނިދިފައެވެ. ހިޔާ ނުކޮށް އޮތް ދޯންޏެއް ކަމުން އަންހެން ވެރިން ތިބީ ދިރުބައި ކޮޅުގައެވެ. ސައުދުގެ ދެބަފައިންނާ ކައްޕި ތިބީ ހުންގާނު ކައިރީގައި ދެން ހަދާނެ ގޮތަކާއި މެދު ބަހުސް ކުރާށެވެ. ސައުދު މެން ވާހަކާގައި ތިއްބާ އިވުނީ ވަރަށް ބާރަށް މޫދުގައި އެއްޗެއް ޖެހުނު އަޑެވެ. އެއަޑަށް ސައުދުމެން އަވަހަށް ބެލީ އަޑު އައި ދިމާލަށް ކޯއްޗެއްތޯ ބަލާށެވެ. ވިނާން ދުއްވާގަތީ ދިރުބާކޮޅާ ދިމާލަށް އެތާ ތިބި އަންހެން ވެރިންގެ ހާލެއް ބަލާލާށެވެ. ދުވެފައޭ ބުންޏަސް އެ ގަދަ ކަނޑުމަތީ ދެވޭނެ އެންމެ ހަލުއްވެއް ކޮށެވެ. ވިނާން ހުއްޓި ރަނގަޅަށް ބަލައިލިއިރު އެއްމެން ތިބީ ގަދަ ނިދީގައެވެ. އެހެން ނަމަވެސް އެކަކު އޮތްތަން ހުސް ހެން ހިީވުމުން ވިނާން އަވަހަށް އެދިމާލަށް ގޮސް ބެލީ މޫދާ ދިމާލަށެވެ. އޭރު ގަދަ ކަޅު ކަނޑު ތެރޭ އޮވެގެން އަލްޔާ ބަކަ ތަޅަނީއެވެ.

އެތަން ފެނި ވިނާންއަށް ހީވީ އޭނަގެ ބޮލަށް އުޑު ވެއްޓުނު ހެންނެވެ. މަންޒަރު ބަލާކަށް ނުހުރެ ވިނާން މޫދަށް ފުއްމާލިއެވެ. ވިނާން ފުއްމާލިތަން ފެނިގެން ސައުދުމެންވެސް ދުވެ އެދިމާލަށް އައިސް ހުއްޓިއްޖެއެވެ. “ސުބުހާނައްލާހި!” އެ ރުޅިގަދަ ސިންގާ ކަނޑާ ހަގުރާމަ ކުރަމުން ދިޔަ އަލްޔާ ފެނިގެން ސައުދުއަށް ބުނެލެވުނެވެ. އިސާހިތަކު މުޅި ދޯނިތެރޭގައި އަޑު ގަދަވުމުން ނިދާފައި ތިބި މީހުން ވެސް ހަމަ ހޭވެރިކަން ވެއްޖެއެވެ. އެއްމެން ހޭލެވިގެން ހައިރާން ނަޒަރަކުން ބަލަން ފެށީ ސައުދުއާ ކައްޕި ކަނޑާ ދިމާލަށް ގުދު ވެގެން ތިބިތަން ފެނިގެންނެވެ. ވިނާން އަލްޔާ ނަގައިގެން ލޮނު ބޮމުން ދޯންޏާ ކައިރިވިއެވެ. އެހެން ބަލަން ތިބެފަ ވިނާން ގާތް ވުމުން ސައުދުއާ ކައްޕިއާ ދެމީހުން ވެގެން އަލްޔާ މައްޗަށް އަރުވައިފިއެވެ. އެމަންޒަރު ފެނުމުން އެއްމެން ދިޔައީ ދެލޯ ބޮޑުވެގެންނެވެ. ވިނާން ވެސް ސައުދުގެ އެހީތެރިކަމާއެކު ދޯންޏަށް އަރައިފިއެވެ. އޭރު އަލްޔާ މައްޗަށް އެރުވި އިރު އޮތީ ލޮނު ބޮވި ބޮވި ދެމިފައެވެ. އަންހެން ވެރިންތައް ތިބީ ވާނުވާ ނޭނގި ހައިރާންވެފައެވެ. ތިބި ތަނުން ހިރި ލެވޭ ވަރަށް ތުރެ ކަނޑު ގަދައީއެވެ. އަންހެނަކަށް ޕަންޕު ކުރެވޭނެހާ ހިތްވަރެއް ނެތުމުން ވިނާން އަލްޔާއަށް ޕަންޕު ކުރަން ފެށިއެވެ. “ސައުދު ކިހިނެއްތަވީ އަލްޔާއަށް! ވެގެން އުޅޭއެއްޗެއް ބުނެބަލަ!” އަލްޔާއަށްވެފަ އޮތް ގޮތް ލޯމައްށް ފެންނަން ހުއްޓާވެސް އަފީފާ އަހައިލިއެވެ. “މިއުޅެނީ އަލްޔާ މޫދަށް ވެއްޓިގެން ވިނާން ނުފޭބިނަމަ އެފަކީރުގެ ދުވަސް ދިޔައީސް” ސައުދު ވަރަށް ހާސްވެފަ ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ވިނާން ވަރަށް ބުރަ މަސައްކަތުން އަލްޔާގެ މޭ މައްޗަށް ޕަންޕު ކުރަމުން ދަނިކޮށް އަލްޔާއަށް ހޭވެރިކަމެއް ލިބުނެވެ. “އަލްޔާ ކިހިނެއްތަވީ؟! ކީއްވެ ވެއްޓުނީ؟! ” އަލްޔާ ލޯހުޅުވުމާއިއެކު ވިނާން އަހައިލިއެވެ. “ނެ.. ނޭނގެ! ” ބިރުންހުރެ ތުރުތުރު ލަމުން އަލްޔާ ބުނެލިއެވެ. “އަލްޔާ އަކަށް ނޭނގޭތަ ވެއްޓުނީ ކީއްވެ ކަމެއް ވެސް؟!” އަނެއްކާވެސް ހައިރާން ވެގެން ވިނާން އަހައިލިއެވެ. “އަހަރެން އެއްފަޅިން އަނެއްފަޅިއަށް ޖެހުނީމަ ވެއްޓުނީ!” އެ ފާކީރަށް ރަނގަޅަށް ވާހަކަވެސް ދުދެއްކެއެވެ. އަލްޔާ އެހެން ބުނުމުން އެއްމެން ވެސް އެއީ ތެދު ކަމަށް ގަބޫލް ކުރިއެވެ. ގަބޫލަ ވެސް ވެދާނެތާއެވެ. އެހާ ކަނޑު ގަދަ ވިއްޔާއެވެ. ވެހޭ ވާރޭވެސް އެހާ ގަދައެވެ.

. “ކައްޕި އަދިވެސް ދުއްވޭވަރެއް ނުވޭތަ؟” ކުޑަކޮށް ވާރޭ ތުނި ކޮއްލުމުން ވިނާން އަހައިލިއެވެ. “މިހާރު ކުރެވިދާނެ، ކަނޑުވެސް އެބަ މަޑު ވެއެއްނޫން” ކަނޑާ ދިމާލަށް ބަލަމުން ކައްޕި ބުނެލިއެވެ. “އެހެން ވިއްޔާ ނައްޓާލާ” ވިނާން ވެސް މޫދާ ދިމާލަށް ބަލަމުން ބުނެލިއެވެ. ވިނާން އެހެން ބުނުމުނު އިންޖީނު ރޯކޮއްލައިގެން ނައްޓައިލިއެވެ. އޭރު ދަތުރު ކުރެވޭ ވަރަށް މޫސުން އޮތީ ރީތި ވެފައެވެ. ނިޔާމަ ދަތުރަކަށް ފަހު އަށެއް ޖެހިއިރަށް ތިލަ ފުށްޓަށް ދެވިއްޖެއެވެ. އެރަށު ބަނދަރާ ކައިރި ކުރުމުން އެއްމެން ތެޅެމުން ފޮޅެމުން ފާބައިފިއެވެ. އޭރު ވެސް އަލްޔާ ހުރީ ނެގި މަޑުވެ ވީ ކަންތަކާ ވިސްނަ ވިސްނާއެވެ. “ހިނގާބަލަ ރީތި ދިމާލެއް ފެނޭތޯ ބަލަން ދަމާ” ފޭބުމާ އެއްކޮށް ވަޒުނާ ބުނެލިއެވެ. ވަޒުނާ އެހެން ބުނުމުން އެއްމެން ވެސް އެކަމާ އެއްބަސްވެ ސާމާނުތައް ހިފައިގެން ހިނގައިގަތެވެ. މުޅި ރަށް ކުޑަ ވާން ކައިރިވެފަ ހުއްޓާ ރީތި ތަނެއްފެނުމުން އެތަނުގައި ޖަގަހަ ހަދަން އެންމެން ފެށިއެވެ. “ދެން ހިނގާބަލަ އެއްޗެއް ކާން އުޅެމާ ވަރަށް ބަނޑުހައި ވެއްޖެ!” ޖަގަހަ ހަދާ ނިމުމުން ބަނޑުހައިވެފަ ހުރި ވަރުން ސައުދު ބުނެލިއެވެ. ސައުދު އެހެން ބުނުމުން އަންހެން ވެރިންތައް އުޅެގަތީ ގެނާ ރޮށްޓާ މަސްހުނި އެތި ނަގައިގެން ސައި ތައްޔާރު ކުރާށެވެ. އޭރުވެސް އަލްޔާ ހުރީ އެތާ ވާކަންތައް ނޭޭގޭ ހާލު ތަންކޮޅެއް ދުރުގައި ވިސްނުމަކައް ގެއްލި ހުސް ވެފައެވެ.

އަލްޔާގެ އެ ހަރަކާތްތައް ވިނާން ދިޔައީ ވަރަށް ރަނގަޅަށް ބަލަމުންނެވެ. އަލްޔާ ގެއްލިފައި ހުރި ވަރުން ސައި ބޮއެ ނިމުނު އިރުވެސް އޭނަޔަކަށް ރޭކާވެސް ނުލައެވެ. ހަގީގަތުގައި ސައިބޯންވެގެން އަލްޔާއަށް ގޮވަން ވެސް ގޮވިއެވެ. އެކަމަކު އޭނާ ކުރަން ހުރި ފިކުުރު ބޮޑު ކަމުން އޭނަޔަށް އަޑު ނުއިވުނީ އެވެ. އަލްޔާ ސައި ނުބޯތީ ވިނާން ހުރީ ސައިވެސް ބޯހިތް ކެނޑިފައެވެ. “އޭ ސައިވެސް ނުބުނީތަ؟!” ވިނާން ކާން ގެންގުޅުނު ތަށި ހިފައިގެން ގޮސް އަލްޔާ ކައިރިއަށް ހުއްޓިލައިފައި އަހައިލިއެވެ. ވިނާން ދެފަހަރަކަށް ގޮވުމުން ވެސް އަލްޔާއަށް އަޑު ނުއިވުނީމަ ކައިރީގައި އިށީނދެލައިފަ އަލްޔާގެ ކޮނޑުގައި އަތް ޖަހައިލަމުން ވިނާން ގޮވައިލިއެވެ. ނަސީބަކުން މިފަހަރު އަލްޔާއަށް އަޑު އިވިއްޖެއެވެ. ވިނާން އެހެން ހެދުމުން އަލްޔާ ސިއްސައިގެން ދިޔައެވެ. “ބަލަ ކޮން ފިކުރެއްގަ؟ ސައިނުބުނީތަ؟” ވިނާން އަހައިލިއެވެ. ވިނާން އެހެން އެހިއިރު ވެސް އަލްޔާ އެވިސްނަނީ ކޮންކަމަކާ ކަން އޭނަޔަށް އިނގެއެވެ. އެހެން ނަމަވެސް އަލްޔާގެ ސިކުނޑިން އެކަންތައް ނެރެންވެގެން އެހެން ބުނީއެވެ. “ވިނާންމެން ސައިބޯލާ އަލް ސައި ނުބޯނަން” އަލްޔާގެ ލޮލުން ފައިބަ ފައިބާ ހުރި ކަރުނަ ފޮހެލަމުން ހިނިތުން ވުމަކާއިއެކު އަލްޔާ ބުނެލިއެވެ. އަލްޔާ ހިތުން އޭނާ ކަރުނަ ފޮހުނު ތަނެއް ވިނާން އަކަށް ނުފެނެއެވެ. އެކަމަކު ވިނާން ހުރީ އެ މަންޒަރު ބަލައިގެންނެވެ. “ކީއްވެ އަލް ތިރޮނީ؟! އަދިވެސް އެކަމާތަ ތިރޮނީ؟” ވިނާން ހައިރާންވެ ހުރެ އަހައިލިއެވެ. “ނޫން… އެކަމާއެއް ނޫން، މިތަނަށް އާދެވުނީމަ ރަށް މަތިން މާބޮޑަށް ހަނދާންވީ، އެހެންވެ މާ ދެރަވީ” މޫދާ ދިމާލަށް ބަލަމުން އަލްޔާ ބުނެލިއެމެ. އަލްޔާ އެބުނި ވާހަކާގައި ދެމާނައެއް ވެއެވެ. އެއްގޮތަކީ ހަގީގަތުގައިވެސް ރަށް މަތިން ހަނދާން ވުމެވެ. އަނެއް ގޮތަކީ އޭނާ ދޯނިން ވެއްޓުމެވެ. އެދެކަމަކީވެސް މިވަގުތާ ހާލަތާ ގުޅުން ހުރި ދެކަމެވެ. “އެހެންދޯ؟ ދެންހިނގާބަލަ ސައިބޯން” އަނެއްކާވެސް ވިނާން ބުނެލިއެވެ. “އަލް ބަނޑުހައެއް ނުވެޔޭ ވިނާން ސައިބޮއެބަ” ލައަނެއްކާވެސް ސައިނުބޯނެ ކަމަށް އަލްޔާ ބުނެލިއެވެ. “ޕިސް… ދެން ހިނގާބަލަ ސައިބޯން އަލް ސައިނުބޯތީ ވިނާން ސައި ބޯހިތެއް ނެތް އެހެންވެ މިވަރަށް މިކިޔަނީވެސް” އަލްޔާ ސައިނުބޯތީ ސައިނުބޯނެވާހަކަ ވިނާން ބުނެލިއެވެ. އެންމެ ފަހުން ވިނާން އެތައް އާދޭހެއް ކޮއްގެން އަލްޔާ ތެދުވެގެން ސައިބޯން ހިނގައްޖެއެވެ.

ސައި ބޯން ހުރި އިރު ވެސް އަލްޔާ ހުރީ ފުން ހިޔާލަކަށް ގެއްލިފައެވެ. ވިނާންއާ އަލްޔާ އާ ދެމީހުން ސައިބޯން ތިއްބާ އަފީފާ ފާޑަކަށް އެދިމާލަށް ބެލުމުން އަލްޔާ ހުރީ ބިރުން ތުރު ތުރުލާފައެވެ. ވާނީ އެހެން ނޫން ހެއްޔެވެ. ވިނާން އާ ސަކަރާތް ޖަހާ ހަދާތީ އެކަމާ އަފީފާ ހިތް ހަމަ ނުޖެހޭނެކަން އަލްޔާއަށް ރަނގަޅައްވެސް އިނގޭ ވިއްޔާއެވެ. އެހެން ވީމާ ބިރު ގަންނާނެތާއެވެ. އަލްޔާއާ ވިނާން ސައިބޮމުން އޮލަ ވާހަކާގައި ތިބި އިރު އެހެން މީހުން ތިބީ އެކިދިމަ ދިމާލަށް ވެއްޓި ވެއްޔާ ކުޅޭށެވެ. ވިނާން ސައިބޮއެ ނިމުމާއިއެކު ސައުދުއާ ދެބަފައިން ދިޔައީ މަސް ހިފާށެވެ. ކައްކާ ގަޑި ޖެހެން ގިނަ ވަގުތު އޮތީތީ އަންހެން ވެރިން ތިބީ އެކި ވާހަކާގައެވެ. އެތާވެސް އަލްޔާއެއް ނެތެވެ. އޭނާ ހުރީ ކުޑަކޮށް އެއްގަމަށް އަރާ ވެއްޓިފަ އޮތް ރުކެއްމައްޗައް އަރާ އޭނާގެ ބަދުނަސީބު ދިރިއުޅުމާމެދު ވިސްނާށެވެ. ދުވަސް ކޮޅަކަށް އެގޭ ތެރެއިން އުފާވެރިކަން ލިބުނަސް އަނެއްކާވެސް އެކަން ބަދަލްވެއްޖެ ކަން އަލްޔާގެ ހިތް ބުނަމުން ދިޔައެވެ. އޭގެ ސާފު ހެކި އެވަނީ ކިތަންމެހާ ރަނގަޅަށް ވެސް އަލްޔާ އަށް މިއަދު ފެނިފައެވެ. އެހެން ހުރެ އެތައް އެތައް ޝަކުވާއެއް އޭނަގެ ނަފުސާ ކުރަމުން ދިޔައެވެ. “ކީއްވެ އަހަރެންނަށް އަބަދު އެއްގޮތަކަށް ކަންތައް ދިމާވަނީ؟ ރަށުގައި ވެސް މި ހިތްދަތި ކަން މިތާވެސް މިހިތްދަތިކަން! ކޮންދުވަހަކުންބާ އަހަރެންނަށް މިނޫން ދުވަހެއް ދައްކަވާނީ؟ ކޮންމެ މީހަކުވެސް އުޅެނީ ހެޔޮ އެދޭ ކަމަށް ހެދިގެން އެކަމަމަކު ހިތުގައި ރަހުމުގެ ފުކެއްހާވަރު ވެސް ނެތް މިޔަށް ވުރެ މަރުވުން ވެސް މާ ރަނގަޅު! ކީއްކުރަން މަންމަމެން އަހަރެން މިދުނިއެއަށް ގިނަ ކުރަން ހޯދީ؟ ހޯދި އިރު ވެސް އިނގޭންނޫން ދަރިން ރަނގަޅު ގޮތުގައި ބަލާ ބޮޑު ކުރުމަކީ އެދެމީހުންގެ މައްޗަށް ވާޖިބެއްކަން، ކީއްވެ އެމީހުންނަށް އެވަރު ނޭނގެނީ؟” އަލްޔާ ހިތާ ހިތާ ޝަކުވާ ކުރަމުން ދިޔައެވެ. “އޭ… ހާދަ ދުރެއްގައި؟ ކޮން ދުނިޔޭއްގައި؟” އަލްޔާ އެތައް ޝަކުވާއެއް ކޮއްކޮށް ހުއްޓާ ލީޒާ އައިސް އަހާލިއެވެ. ކުއްލިއަކަށް ލީޒާ އެތަނައްށް އައިސް ގޮވުމުން އަލްޔާ ދިޔައީ ސިއްސާގެންނެވެ. “ސޮރީ! ބިރު ގަތްތަ؟ މީ ލީޒާ އަލްޔާދޯ ކިޔަނީ؟ މިހާރު މި ރައްޓެހިވީދޯ؟” ލީޒާ އަމިއްލަޔަށް ތައާރަފު ވަމުން ބުނެލިއެވެ. “ހޫމް އަލްޔާ ކިޔަނީ” ހިނިތުންވުމެއް ދީފަ އަލްޔާ ބުނެލިއެވެ. އަސްލު މިތާ ކީއްތަ ތިކުރަނީ؟” އަލްޔާގެ ލޮލުން ފޭބި ކަރުނަތައް ފޮހުނު ތަން ފެނެނު ނަމަވެސް އެކަމާ ސުވާލް ނުކޮށް ލީޒާ އަހައިލިއެވެ. ހަގީގަތުގައި ލީޒާ ނެއެހީ މިއަދު ވީކަންތައް އެނގޭތީ އެކަމާ އަލްޔާ ދެރަވެފައި ރޮނީއޭ ކަމަށް ހިތާއެވެ.

…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

އަގެއްނެތްލޯބި 17 ވަނަބައި

Next

އަބަދުގެ އަބަދަށް ( ފަސްވަނަ ބައި)

Next
September 12, 2017

އަބަދުގެ އަބަދަށް ( ފަސްވަނަ ބައި)

Previews
September 11, 2017

އަގެއްނެތްލޯބި 17 ވަނަބައި

31 Comments!

  1. reen says:
    September 12, 2017 at 12:00 am

    Yey me first dhw
    Woooow waiting for the next part

    1. Adam says:
      September 12, 2017 at 12:51 pm

      Ya first hehe thanks reen wait kuraathee??

  2. soooo says:
    September 12, 2017 at 12:18 am

    Kon irakun dhen aneh part up koh dheyny.. Mibaai vex v rythi..

    1. Adam says:
      September 12, 2017 at 6:20 am

      Insha Allah miadhu noonee mirey

  3. Axi says:
    September 12, 2017 at 1:10 am

    Wow.. waiting waiting next part

    1. Adam says:
      September 12, 2017 at 7:34 am

      Thanks axi

  4. Adam says:
    September 12, 2017 at 6:19 am

    Ummeedhu mi part ves kamu dhaane kamah

  5. nux says:
    September 12, 2017 at 8:09 am

    wow v reethi mi partvess well done dr next part avaas kohlaathi???

    1. Adam says:
      September 12, 2017 at 8:12 am

      Hehe thanks nux

  6. Alvyn says:
    September 12, 2017 at 8:10 am

    V v v nice…Al hama aneh part Kiyaahiyvanyy.

    1. Adam says:
      September 12, 2017 at 8:13 am

      Thanks alvyn hehe inthixaareh foni ehchekey

  7. Hawwa says:
    September 12, 2017 at 9:00 am

    Story hama best v kiyaahiyvey next partah inthizaaru kuran ???

    1. Adam says:
      September 12, 2017 at 9:09 am

      Thanks hawwa

  8. Reet says:
    September 12, 2017 at 9:06 am

    Vvv reethi

    1. Adam says:
      September 12, 2017 at 9:10 am

      Thanks reet

  9. Nikko says:
    September 12, 2017 at 10:18 am

    Varah reethi haadha kurey.. waiting ga

    1. Adam says:
      September 12, 2017 at 12:12 pm

      Hehe Nikko MAA kiyaa hithun hureema heevanee kuruhen thanks dear

  10. saadhu says:
    September 12, 2017 at 11:37 am

    oh adam??.v salhi mi part ves.avaha up kodheeba.plz kiyaa hivanee

    1. Adam says:
      September 12, 2017 at 12:14 pm

      Yeah saadhu thanks up kuraanan v avahah

  11. Ram says:
    September 12, 2017 at 5:36 pm

    Wow wow.. hama habbu.. avahah next part up kohdhybala.. hehe.. vinaan ❤❤

    1. Adam says:
      September 12, 2017 at 6:32 pm

      Hehe dhw ram

  12. ?ain? says:
    September 12, 2017 at 7:55 pm

    Wow wow just wow❤???????????????

    1. Adam says:
      September 12, 2017 at 8:05 pm

      Hehe thanks ain abadhu green hart lahchey hehe

  13. ®@@ñ! says:
    September 12, 2017 at 11:24 pm

    V v kamudhey ???nxt part avas kollahchey

    1. Adam says:
      September 12, 2017 at 11:29 pm

      Thanks @@n sorry kuda Koh balive ulheythee miadhu nice Insha Allah maadhan kuraanan

  14. Mady says:
    September 13, 2017 at 8:25 am

    Haadha lahay part nukunnaleh

    1. Adam says:
      September 13, 2017 at 11:37 am

      Sorry…lastha, komme dhuvahaku up kuran beifahru edhuvas dhookoffa leveny cox midhuvaskolhu kudakoi buxy v ma….miadhu 12 post kuraanan….

  15. Nadheema says:
    September 13, 2017 at 12:45 pm

    wow!

    1. Adam says:
      September 14, 2017 at 12:22 am

      Tanks….

  16. soooo says:
    September 14, 2017 at 12:37 am

    Alhey kon irakuntha aneh baai up koh dheyny.. Mihaaru kiyaahithun hurevenyky vex noon.. Alhe avas kohlah dhybaa plx plx..Adam..

  17. Huba says:
    September 14, 2017 at 6:12 pm

    Wow Haadha Salhi vaahakaekey mee kiyaa hithun mihiree Moya Vefa wow ow

Comments are closed.

Next Episodeޢެދެމޭ އުފާ….(12)←


All Right Reserved!