Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަގެއްނެތްލޯބި 17 ވަނަބައި

Xiroo Thihthi Level 210 Stories
September 11, 2017 5 Mins Read
21 Comments

          ނިސާދު ފުންނޭވާއެއްލަމުން ހަސްމާގެ މޭޒާ ދިމާއަށް ބަލާލިއެވެ. ހަސްމާއެއް ނެތެވެ. އޭނާގެ ގޮޑިހުރީ ހުސްކޮށެވެ. އޮފީހުގެ އެއްވެސް ހިސާބަކުން ހަސްމާ ފެންނާކަށް ނެތެވެ. އެވަގުތުން ފެށިގެން ނިސާދު މިސްރާބުޖެހީ ހަސްމާއާ ދިމާވިފަހުން ދެމިހުން އެކުގައި ސަޔަށްދާ ރެސްޓޯރެންޓާ ދިމާލަށެވެ. ހަސްމާ ހުރެދާނެކަމުގެ އުންމީދުގައެވެ. ނިސާދު ރެސްޓޯރެންޓްގެ އެތެރެއަށް ވަތްއިރު ހަސްމާ މޭޒެއްގެ ކައިރީ އެކަނި އިށީދެގެން އިންތަންފެނުނެވެ. ނިސާދު އައިސް އެމޭޒުކައިރީ ހުރި ގޮޑީގައި އިށީދެލިއެވެ. ދެކޮޅުބަލާލުމަށްފަހު ނިސާދު ހަސްމާއާ ވާހަކަ ދައްކަންފެށިއެވެ. “ސޮރީ ހަސް!!!!” އަސަރުން ފުރިގެންވާ ރާގަކަށް ނިސާދު ބުނެލިއެވެ. އެވަގުތު ހަސްމާ އިސްއުފުލާލިއެވެ. ނިސާދުއަށް ހަސްމާގެ ދެލޯފެނުނެވެ. ދެލޮލަށް ޖަމާވަމުންދިޔަ ކަރުނައިގެ ސަބަބުން ނިސާދުއަށް އިހުސާސް ކުރެވެމުން ދިޔައީ ހަސްމާ އޭނާދެކެ ލޯބިވާ މިންވަރެވެ. ގިނައިރު ރުއިމުގެ ސަބަބުން ހަސްމާގެ ދެލޯވަނީ ރަތްވެފައެވެ. މޫނު މަތީގެ ކުލަވަރުވަނީ ބަދަލުވެފައެވެ.

          ހަނާ ޔާޝް އަށް ކާންދީފަ ނިއްދަވާލިއެވެ. އެއަށްފަހު އަވަސްވެގަތީ ޒިޔާދު އަށް ގުޅާށެވެ. އަދި ޒިޔާދު ބުނަން އެއުޅެނީ ކީކޭތޯ ބަލާށެވެ. “އަހަރެން ބުނީމެއްނު ގުޅާނަމޭ. ދެންބުނެބަލަ ކޮންކަމެއް ސައްކުވެގެން ތިއުޅެނީ” ހަނާ ޒިޔާދުއަށް ގުޅާފަ އަހާލިއެވެ. “އަހަރެންނަށް ސައްކުވިކަމެއް ބުނެފާނަން. އެކަމަކު ނުވާނެދޯ މީހުންނަށް ސައްކުކުރާކަށްވެސް. އަހަރެންނަށް މިވީ ސައްކަކީ ހަގީގަތަކަށް ނުވެއްޖެނަމަ އެއްވެސް މީހެއްގެ ގާތުގައި ނުބުނާތި. އަދި ހަނާ އަހަރެންދެކެ ރުޅިވެސް ނާންނާތި.” ޒިޔާދު އާދޭހުގެ ރާގަކަށް ބުނެލިއެވެ. “އާނ ރުޅިއެއް ނާންނާނަށް. ދެންބުނެބަލަ” ކެއްމަދުވެފާއިން ހަނާ އަވަސް އަވަހަށް ބުނެލިއެވެ. “ޔާޝްގެ އުފަންދުވަހުގެ ޕާޓީގެ ތެރެން އަހަރެންނަށް ފާހަގަ ކުރެވުނު ކަމެއްމީ” ޒިޔާދު ބުނެލިއެވެ.”ކޮންކަމެއްތަ ފާހަގަވެގެން ތިއުޅެނީ. ދެންމާ ވާހަކަ ދިގުނުކޮށް ޒިޔާ ބުނެބަލަ” ހަނާ އަނެއްކާ ވެސް ބުނެލިއެވެ. “ބުނަން މިއުޅެނީ ނިސާދުގެ ވާހަކަ. އެދުވަހު ނިސާދު ފޯނެއްގަ ބެލްކަނީގަ ހުއްޓާ ހަނާ ގޮސް ނިސާދުގެ ކޮޑުގާ އަތްއަޅާލިއެއްނު….. އެވަގުތު ނިސާދު ސިހުނުގޮތުން އަހަރެންނަށް ކޮންމެވެސް ކަމެއް ނިސާދު ފޯނުއިން ކުރާކަމަށް ފާހަގަކުރެވުނު. އަދި ފަހުން ގުޅާނަމޭބުނެ ފޯން ޖީބަށްލާފަ އުޅެގަތްގޮތުން އަހަރެންގެ ހިތްބުނީ ކޮންމެވެސް ކަމެއްގޯސް ވެއްޖެއޭ. ހަގީގަތް ނޭންގޭ ސިއްރު ތަކެއް އެބައޮތޭ. އެކަމާ ސުވާލު ކުރަން އަހަރެންގެ ހިތަށްއެރި. އެކަމަކު ހަނާއަށް ވެސް އެމަންޒަރުތައް ފެނިފަ ހުރުމުގެ ސަބަބުން ނިސާދުއާ ސުވާލުކުރަން އަހަރެން ބޭނުންނުވީ. ހަނާއަށް އެކަންތައް ފާހަގައެއް ނުކުރެވޭތަ؟ ” ޒިޔާދު ހަނާއާ ސުވާލު ކޮށްލިއެވެ. ހަނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތެވެ. އަދި އެކަން ޒިޔާދުއަށް ސިއްރުކުރިއެވެ.” ހަނާ……..” ހަނާ އެއްޗެއް ނުބުނެ ހުރުމުން ޒިޔާދު ގޮވާލިއެވެ. “ޒިޔާ ތިބުނީ އަހަރެންނަށް ވެސް ފާހަގަ ކުރެވިފައިވާ ކަމެއްގެ ވާހަކަ” ލޮލުން ފައިބަމުން ދިޔަކަރުނަތައް ފުހެލަމުން ހަނާ ބުނެލިއެވެ. “ހަނާއަށް ތިކަން އެގޭއިރު ކިއްވެތަ އަހަރެން ކައިރީ ނުބުނީ” ޒިޔާދު ސުވާލުކޮށްލިއެވެ. “ފިރިމީހާގެ ވާހަކަ އަހަރެން ދައްކަން ބޭނުންނެތީ. އެހެންވެ ނުބުނީ” ހަނާ ބުންޏެވެ. “އަހަރެންނަކަށް ނޭންގެ ނިސާދު ކޮށްގެން އެއުޅެނީ ކޮންކަމެއް ކަމެއްވެސް. އެނގޭ ހާވެސް ކަމަކީ ނިސާދު ވަރަށް ބަދަލުވެއްޖެކަން. އެކަމާ އަހަރެން ވަރަށް ދެރަވޭ. ކުރިން ނިސާދު ގުޅާ ގޮތަކަށް ނުވެސް ގުޅާ. ހަނާ… ބުނެބަލަ ވެގެންއުޅޭ ގޮތެއް އެގެންޔާ. އަހަރެން ބޭނުން އަހަރެންނަށް އެހީ އެއް ވެވެން އޮތްގޮތަކަށް އެހީވެދޭން” އާދޭސް ކުރާކަހަލާ ރާގަކަށް ޒިޔާދު ބުނެލިއެވެ. “އެހެންމީހަކާ އެކު ނިސާދު އުޅެނީ” ހަނާ ބުނެލިއެވެ. “ތިބުނީ ކިކޭ” ހައިރާން ކަމާއެކު ޒިޔާދުއަށް އަހާލެވުނެވެ. “އާނ ޒިޔާ… ނިސާދު އެހެންމިހަކާ ގުޅުން އޮވޭ” ހިތްވަރު ކޮށްލާފަ ހަނާ ބުނެލިއެވެ. “ހަނާ ތިބުނަނީ ނިސާދު އެހެން އަންހެނަކާ ގުޅުންއޮށްނަ ވާހަކަތަ؟؟؟ ހަނާ ބުނި އެއްޗެއް ގަބޫލް ނުކުރެވިގެން ޒިޔާދުއަށް އަހާލެވުނެވެ. “އޭނަޔާ އެހެން އަންހެނަކާ ގުޅުން އޮވޭ. ރޭގަ އެމީހަކާ ވާހަކަ ދެއްކި އަޑުވެސް އަހަރެން އެހިން. އަހަރެންނަށް ހީވަނީ ނިސާދުއަށް އެގޭހެން އަހަރެން ރޭގަ ހޭލާ އޮތްކަން. މިއަދު އޮފީހަށް ދިޔައީ ސައިވެސް ނުބޮއި. ފާޑަކަށް ރުޅި އައިސްފަހުރީ. އެކަމަކު އަހަރެންނަށް ކަމެއް އުގުނު ކަމަކަށް ނުހަދަން. ކީއްކުރާނީ!!!!!! ބައެއް ފަހަރު އެނގޭ ކަންތައް ނޭންގޭކަންތަކަށް ހަދަންޖެހޭ” ހަނާ ބުނެލިއެވެ. “ކީއްވެތަ އެނގޭ ކަންތައް ނޭންގޭ ކަންތަކަށް ހަދަންވީ. ނިސާދު އަކީ ހަނާގެ ހަލާލު ފިރިމީހާއޭ. އޭނާ ގޯސްކަމެއް ކުރާކަން ހަނާއަށް އެގުމުން އެކަމާ ސުވާލު ނުކޮށް ހުރުމުން ހަނާއަށް ލިބެނީ ކޮންއެއްޗެއްތަ؟ ހަނާއަށް ހުރިހާ ކަމެއް އެނގޭ އިރު ކީއްވެތަ ސުވާލުނުކޮށް ތިހުރީ. އަހާ އޮޅުންފިލުވާބަލަ…… ހަނާ ވަފާތެރިވާއިރު، ނިސާދު ބޭވަފާތެރި ވާންޖެހުނު ސަބަބު އޮޅުން ފިލުވާބަލަ…… ދަރިޔަކުލިބި އެދަރިފުޅަށް އަޅާލަން ނުޖެހޭ ކަމަށް ދެކިގެން، އަތްބަކުހުރެ އަނބިމިހާއަށް ބޭވަފާތެރި ވާންޖެހުނީ ކީއްވެތޯ ސުވާލު ކޮށްބަލަ….” ރުޅިއައިސްގެން ޒިޔާދު ބުންޏެވެ. “ނޫން ޒިޔާ. އަހަރެން އެއްވެސް ސުވާލެއްކުރާކަށް ބޭނުމެއްނޫން. އަހަރެން ކެއްކުރާނަން….. ﷲ ވޮޑިގެންވަނީ ކެއްތެރިންނާއެކު. އިރާދުކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއް ނުވާނެ” ހަނާގެ އަޑުން ހިތާމައިގެ އަސަރު ކިތަންމެ ރަނގަޅަކަށް ވެސް ހާމަވަމުން ދިޔައެވެ. އެވާހަކަތައް ޒިޔާދުއަށް ކިޔާދެމުން ދިޔައިރު ހަނާގެ ހިތްވާނީ ފުޑުފުޑު ވެފައެވެ. އިހުސާސްވަމުން ދިޔައީ އެކަނިވެރި ކަމެވެ. އެނދުގައި ނިދާފައޮތް ޔާޝްއަށް ހަނާ ބަލާލީ ފުންއަސަރާއެކުއެވެ. ޒިޔާދުއާ ވާހަކަ ދައްކަމުން ދިޔައިރު ލޮލުގެތެރޭ ހިފެހެއްޓި ކަރުނާތައް އަނެއްކާ ވެސް ޔާޝްއަށް ބަލާލުމާއެކު ހަނާގެ ކޯތާފަތް މައްޗަށް ފައިބައިގަތެވެ. ހަނާ ޔާޝް ކައިރިއަށް އެނދަށް އަރާ ޔާޝްގެ ގައިގާ ބައްދާލިއެވެ.

          ދުވަހުގެ ދެބައިކޮށް އެއްބައި ނިމިގެން ދިޔައިރުވެސް ހަސްމާގެ މޫނުގެ ކުލަ ވަރަކަށް ބަދަލެއްނާދެއެވެ. އެމޫނު މަތީގެ ތާޒާކަން ވަނީ ގެއްލިފައެވެ. ނިސާދުގެ ހާލަކީވެސް މިއިއެވެ. ބުރޭކް ގަޑީގައި ގެއަށްވެސް ނުދެއެވެ. ހަނާ ގުޅާފާނެތީ ފޯނުވެސް އޮފްކޮށްގެން އިނިއެވެ.

          ހަސްމާ އޮފިހުން ނިމިގެން ގެއަށް ދިޔުމަށް އޮފީހުން ނިކުންނަން ދަމުން ނިސާދުގެ މޭޒާ ދިމާއަށް ބަލާލިއެވެ. ނިސާދު އެއްނެތެވެ. މަޑު ހިގުމެއްގައި ހަސްމާ އޮފީހުން ނިކުމެ މަގުމަތީ މަޑުކޮށްލީ ޓެކްސީ އެއްގަ ގެއަށް ދިޔުމުގެ ބޭނުމުގައެވެ. އެހެން ދުވަސް ދުވަހު ހަސްމާ ގެއަށް ދަނީ އޮފީހު ކޮންމެވެސް ކުއްޖަކާއެކުއެވެ. ނޫނީ ނިސާދުއާ އެކުއެވެ. ނަމަވެސް މިއަދު ހަސްމާ ގެއަށްދާން އެއުޅެނީ އެކަނިއެވެ. ދިމާވި ކަމެއްގެ ސަބަބުންނެވެ. ހަލަބޮލި ބޮޑުތަކުރުފާނު މަގުގެ ދެކޮޅު ބަލަބަލާ ހުއްޓާ ނިސާދު ސައިކަލްގަ އައިސް މަޑުކޮށްލިއެވެ. “އަރާ…..” މަޑުމަޑުން ހަސްމާ ކައިރީ ނިސާދު ބުނެލިއެވެ.

          ހަސްމާ އެއްވެސް އެއްޗެއް ނުބުނެ ސައިކަލް ފަހަތަށް އަރާއިށީނެވެ. ނިސާދު ސައިކަލު ދުއްވަމުން ދިޔައީ ބޮޑުތަކުރުފާނު މަގުން، ދަރުބާރުގޭ ފުރަގަހަށެވެ. ހަސްމާ އަނގައިން ވެސް ނުބުނެ ނިސާދުގެ ފައިމަތީ އަތްބާއްވާލައިގެން އިނެވެ. ނިސާދު ސައިކަލު މަޑުކޮށްލީ ދަރުބާރުގޭ ފުރަގަހުން ތަންކޮޅެއް މީހުންމަދު ހިސާބަކަށެވެ. “އަދިވެސް ނިސާދު ގެއަށް ނާންނަނިތަ” ހަނާ ސިޓިންރޫމް ގައި އިށީދެލައިގެން އިންތަންފެނުމުން ރަމްލާ އަހާލިއެވެ. “އާނ… ނާދޭ އަދިވެސް. އެކަމަކު ހީވަނީ މިހާރު އަންނަން އުޅޭނެހެން” ހަނާ ބުނެލިއެވެ. “ކޮބާ ޔާޝް” ރަމްލާ އަހާލިއެވެ. “ނިދައިފި” ހަނާ ބުންޏެވެ. “މިހާ ހަވީރު ވީމަ ނިންދެވީތަ؟” ސައި ގިރަންހުރި ރަމްލާ އަހާލިއެވެ. “ނިންދެވީއެއް ނޫން. ފެންވަރުވާލިމަ ނިދީ” ކާގެއަށް ވަންނަން ދަމުން ހަނާ ބުނެލިއެވެ.

          ސައިކަލްގެ ފާކް ކޮށްލުމަށްފަހު ނިސާދު ހަސްމާ ގޮވައިގެން ގޮސް ތޮށިގަނޑު މަތީއަށީނެވެ. ހަސްމާ ދުރުބަލަހައްޓައިގެން އިނެވެ. “މިއަދު ހަސް ދެރަވާނެ ކަން އެނގޭ. ލަދު  ގަންނާނެ ކަންއެނގޭ. އެހުރިހާ ކަމެއްވެގެން ދިޔައީ އަހަރެންގެ އެއްވެސް އިހުތިޔާރެއް އޮވެގެނެއް ނޫން” ނިސާދު ބުންޏެވެ. “އެހެންވިޔާ ކާކުގެ އިހުތިޔާރެއް އޮވެގެންތަ؟ “ހަސްމާ ނިސާދުއާ ކުރީ ސުވާލެކެވެ. “އަސްލު ވީގޮތަކީ ރޭ ދަންވަރު ހަސްއާ ފޯނުއިން ދެއްކި ވާހަކަތައް ހަނާއަށް އަޑުއިވުނީ. އަހަރެން ވަރަށް ސިއްރުން މިއުޅެނީ. އެކަމާ ހިތްހަމަ ނުޖެހިފަ ހުއްޓަ ހަނާ އަހަރެންނަށް ލަހުން އޮފީހަށްދާން ގޮވިމަ އެކަމާ ވެސް ރުޅި އާދެވިފަ ހުރީ. އަހަރެންނަށް އާދެވުނު ރުޅި އަހަރެންނަށް ކޮންޓުރޯލް ނުކުރެ ވުނީ. ހިތްހަމަ ނުޖެހިފަ ހުއްޓަ ހަސް އައިސް އެގޮތަށް ވާހަކަ ދެއްކުމުން އަހަރެންނަށް ހަސް ދެކެވެސް ރުޅިއާދެވުނީ” ނިސާދު ކަންވިގޮތް ކިޔާދިނެވެ. “ހަނާއަށް އެގޭތަ ނިސާދު ވާހަކަ ދެއްކީ އަހަރެންނާކަން” ހަސްމާ އަހާލިއެވެ. “ނޫން… ނޭންގޭނެ. އެކަމަކު އެނގޭނެ އަހަރެން ވާހަކަ ދެއްކި އަންހެނަކާކަން. އަހަރެން މިހުންނަނީ ހަނާ އެކަމާ ބެހޭގޮތުން ސުވާލުކޮށްފާނެތީ ވަރަށް ބިރުން” ނިސާދު ބުނެލިއެވެ. “ހަސް… އަހަރެންނަށް މާފުކުރޭ!!!” ނިސާދު ބުނެލިއެވެ. “ކޮންކަމަކަށްތަ؟ ކީއްވެ ނިސާދު މާފަށް އެދެންވީ. މާފަށް އެދެންޖެހޭނީ އަހަރެން. ކުއްވެރިޔަކީ އަހަރެން” ހަސްމާ ބުންޏެވެ. “ކީއްވެ ހަސް ކުއްވެރިވާންވީ” ނިސާދު އަހާލިއެވެ. “އަހަރެންނަށް ކުރެވުނު ކުށަކީ މީހެއްގެ ފިރިއެއްދެކެ ލޯބިވެވުން” ހަސްމާ މޫނު އަނެއްފަރާތަށް އަބުރާލަމުން ބުނެލިއެވެ. “އަހަރެންމީހަކާ އިދެގެން ހުއްޓަސް ހަސްއަށް ލޯބިވެވުން އެއީ ކުށެއްނޫނޭ…. އަހަރެންނަށް ދެއަނބިންވެސް ހުއްދައޭ” ނިސާދު ހަސްމާގެ އަތުގަހިފާފަ ބުނެލިއެވެ. “އަހަރެން މާފަށްއެދުނީ އަހަރެންނަށް މިއަދު ހަސް ދެކެ ރުޅިއާދެވުނީމަ” ނިސާދު ބުންޏެވެ. “އެއްމެ ރަނގަޅު. އަހަރެން ނިސާދުއަށް މާފުކޮށްފިން” ހިނިތުންވެލަމުން ހަސްމާ ބުނެލިއެވެ. “މިރޭ 8 ޖަހާއިރު އަހަރެން ހަސް ބަލާ ދާނަން. ތައްޔާރުވެގެން ހުންނާތި” ނިސާދު ބުނެލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ހަސްމާ ބޯޖަހާލިއެވެ.

          ނިސާދު ގެއަށް އައީ 6 ޖަހާ ބޮޑުވިފަހުންނެވެ. ހަނާ ހުރީ ބެލްކަނީގައެވެ. ހަނާ ބެލްކަނީހައި ހުރިތަންފެނިގެން ނިސާދު މަޑުމަޑުން އައިސް ހަނާގެ ކަންފަތްކައިރީ ހަޅޭލަވައިގަތެވެ. ހަނާ ސިހިފައި ބަލާލިއެވެ. “ކިހިނެއްވެފާ މިތާތިހުރީ” ނިސާދު އަހާލިއެވެ. “ކަމެއްނުވޭ. ހަމަހުރީ” ހަނާ ބުނެލިއެވެ. “އެހެންތަ. އިރުއޮށްސޭ މަޒަރު ބަލަނީދޯ” ނިސާދު ދުރުބަލާލަމުން އެހެން ބުނެލީ ބެލްކަނީގައި ހުންނައިރު ވަރަށް ރީތިކޮށް އިރުއޮށްސޭ މަންޒަރު ފެންނާނެތިއެވެ. “އާނ. ކިހިނެއްވީ” ޖަވާބު ދިނުމަށްފަހު ހަނާ އަހާލިއެވެ. “ކަމެއްނުވޭ. އަދިވެސް ތިކަންހުއްޓާކަށް ނުވޭތަ؟” ނިސާދުގެ އެ ޖުމްލައާއެކު ހަނާ ނިސާދުގެ މޫނަށް ބަލާލިއެވެ. “އަދިވެސް ކަންތައްތައް ހުއްޓަންވީ އަހަރެންދޯ. ތިމާމީހާ އުޅޭވައްތަރު މާ ރީތި ވިއްޔާ” ހަނާ ހިތާހިތުން ބުނެލިއެވެ. “ކިހިނެއްވެގެން މާވަރަކަށް ތިބަލަނީ. އަނެއްކާ އަހަރެންގެ މޫނުގައި އެއްޗެއް ހުރީތަ؟” ހަނާ ނިސާދުގެ މުނަށް ބަލަންހުރުމުން ނިސާދު އަހާލިއެވެ. “އެއްޗެއް ހުރީ އެއްނޫން” މިހެންބުނެ ހަނާ އެތެރެއަށް ވަންނަށް ހިނގައިގަތެވެ. ހަނާ ގޮސް ރަމްލާގެ ކޮޓަރީގައި ކުޅެންހުރި ޔާޝް އުރާލައިގެން އައިސް ކޮޓަރިއަށް ވަނެވެ. އޭރުވެސް ނިސާދު ބެލްކަނީގައި ހުއްޓެވެ. “އަނެއްކާ ހަނާ އެހުރީ އަހަރެންދެކެ ރުޅިއައިސްފަ ނޫންބާ!!! ނިސާދުއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. ނިސާދު ކޮޓަރިއަށް ވަތްއިރު ހަނާ ޔާޝް ފެންވަރުވައިގެން އައިސް ރީތިކުރަން އިނެވެ. ނިސާދު އައިގޮތަށް އައިސް އެނދުގައި އޮށޯވެލިއެވެ. ޔާޝް ރީތިކޮށްފަ ދޫކޮށްލިއިރަށް ނިސާދުގެ ގައިގާ ބައްދައިގަތެވެ. “ކާކުގެ ކުއްޖެއްމީ” ނިސާދު ޔާޝް ކުރެން އަހާލިއެވެ. “ބައްޕަ ކުއްޖެއް” ކުޑަކުޑަ ޔާޝް ޅަގޮތަކަށް ބުނެލިއެވެ. “އެހެންތަ؟ މަންމަ ކުއްޖެއްނޫންތަ؟ ހަމަ އެކަނި ބައްޕަ ކުއްޖެއްތަ؟” އަނެއްކާ ވެސް ނިސާދު އަހާލިއެވެ. “ބައްޕަ ކުއްޖެއް މަންމަ ކުއްޖެއް….” ޔާޝް އެހެން ބުނުމުން ނިސާދު ޔާޝްގެ ނިއްކުރީގައި ލޯބިން ބޮސްދިނެވެ. އަދި ގަޔާ ކައިރިއަށް ގެނެސް ބައްދާލިއެވެ. މިމަންޒަރު ބަލަން ހަނާ އަލަމާރި ކައިރީ ހުއްޓެވެ. “ކިހިނެއްވެފާ ތިހުރީ” ހަނާ ބަލަށް ހުރުމުން ނިސާދު އަހާލިއެވެ. “ކަމެއްނުވޭ. ހަމަ ހުރީ” ހަނާ މިހެންބުނެ ނިސާދުގެ ގާތުގައި އެނދުގައި އޮށޯވެލިއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 3

Next

ޢެދެމޭ އުފާ…..(11)

Next
September 11, 2017

ޢެދެމޭ އުފާ…..(11)

Previews
September 11, 2017

ލޯބިން ހިނިތުންވެލާށޭ 3

21 Comments!

  1. Ahmed Khalid Bin Khalid says:
    January 28, 2014 at 9:43 pm

    Mee dhen kaaku meehaku kiyaa ves ehcheh nooneh nu :p

    1. Ajja says:
      September 12, 2017 at 8:49 am

      If you don’t read it, why do you comment? Reethikoh anga madun laigen huryma evynu..? So rude. No matters at all ?

  2. ތިއްތި says:
    January 29, 2014 at 11:20 am

    heheh mivaahaka ah ves wait kuraa meehunulhey…. ehen v ma iraadhu kureh viya aharen mi vaahaka kiyun therin naa hama ah genes dheynan….thygen egeny khalid nukiyakan….

  3. lovely girl says:
    January 31, 2014 at 12:20 pm

    ekaku nukiyas ma mivaahaka kiyaanan.vv reethi

    1. ތިއްތި says:
      February 1, 2014 at 11:29 am

      aharenge vaahaka ah LOVELY GIRL thidhey tharuheebah shukuriya…. Iraadhu kureh viya mivaahaka furi hama koh LOVELY kahala vaahaka kiyaa kudhin nah genes dheynan

  4. Iz says:
    September 12, 2017 at 12:46 am

    Alhugandu ves kiyan

    1. Xiroo thihthi says:
      September 14, 2017 at 12:14 am

      thanx vaahaka kiyaa kamahtakaa IZ

  5. warah vaahaka says:
    September 12, 2017 at 8:47 am

    oh my god !!!! grade 5 ge kujjeh ge wahaka tha mi?

    btw *its shakku
    not Sahkku **

  6. Reet says:
    September 12, 2017 at 10:50 am

    V reethi mi part ga Reet ge dhiri ulhuma thafaatheh neth hama Heevany Reet bunegen Liyafaa Oth part eh hen Reet kiyaa nan

    1. Xiroo thihthi says:
      September 14, 2017 at 12:17 am

      thanx REET…. vaahakai ga kiyuntheri eh ge life aa gulhumeh vaahen heevanyaa buneveyny a ee ithifaagekey…. kuri ah huri baithah adhi maa gulheyne hen heevany REET…. i hope reethi vaanekamah…. 🙂

  7. Pooja says:
    September 12, 2017 at 11:00 am

    Mi vaahakaaga maa avas nishaadh aeyhen meehaku hodhiley aeykamaku v nice story

    1. Xiroo thihthi says:
      September 14, 2017 at 12:25 am

      vaahakai avahaheh nuvaane POOJA. a ee POOJA visnaigen nukiyaathy…. mihaaru miulhey meehun nama eh aharu therey ekahala kithah gulhun ehen meehun naa onnaane….

  8. Abdulla says:
    September 12, 2017 at 1:17 pm

    Negetive coment kurany vaahaka liyanves kiyanves neygey meehun… vaahaka nice… vaahaka kuriah dhaa goethves ragalhu… dhari aku libunyma bappa ehn anhen kujjaka gulhun beyhvumaky aanmu kameh… ☺

    1. Xiroo thihthi says:
      September 14, 2017 at 12:27 am

      thanx ABDULLA…. ABDULLA ah visney 🙂

  9. Nikko says:
    September 12, 2017 at 1:33 pm

    Ehen ekaku wait nukuriyax i am waiting .. varah reethi mibaivx avahah up kohdhehchey

    1. Xiroo thihthi says:
      September 14, 2017 at 12:28 am

      thikuraa inthizaarah Shukuriya NIKKO

  10. Hafeez says:
    September 12, 2017 at 4:03 pm

    Khalid Ehen Kiyas Mi Vaahaka Nukiyaa Meehun-nah vure kiyaa Meehun Gina Vaane. Mi Bai Vess Varah Reethi Waiting For Next.

    1. Xiroo thihthi says:
      September 14, 2017 at 12:30 am

      Thanx HAFEEZ

  11. Saakko says:
    September 12, 2017 at 4:40 pm

    Ziyaadhu n nisaadhu ge name v olhey vaahaka kiyaairu.. story not bad.. keep going..

    1. Xiroo thihthi says:
      September 14, 2017 at 12:31 am

      Visnaigen kiyaifiyaa nan nolheyne SAAKKO 🙂

  12. ?? says:
    October 18, 2017 at 7:08 pm

    ?‍♂️

Comments are closed.


All Right Reserved!