Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަބަދަށް ( ހަވަނަ ބައި )

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 12, 2017 3 Mins Read
23 Comments

” ލީން. ކިޔާން ލީން އަތަށްދޭށޭ ކިޔާފަ އަހަރެން އަތަށްދިން އެއްޗެއް.” މަޑުމަޑުން ކިޔާރާ ބުނެލިއެވެ. އައިލީން ކިޔާރާއަށް ބަލާލީ އެ އެއްޗެއް ބަލާލުމުގެ ޝައުޤުވެރިކަން އެހިތުގައި އުތުރިއަރައިގަތް ވަރުންނެވެ. ކުއްލިއަކަށް ކިޔާރާ ކަނައަތުގެ މުށް ހުޅުވާލައިފައި ދައްކާލި އެއްޗަކުން އައިލީންގެ ދެލޯބޮޑުވެގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އެބޮޑު ދެލޯ ކަރުނުން ފުރިގެންދިޔައީ އައިލީންގެ އިޚްތިޔާރުން ބޭރުގައެވެ.

ތުރުތުރުއަޅައަޅާ އޮތް އަތުން އައިލީން ކިޔާރާގެ މުށުތެރޭގައި އޮތް ރިހި އަނގޮއްޓި ނެގިއެވެ. އޭގައި ވަރަށް ރީތި ފޮންޓަކުން ” ލީން ” މިހެން ޖަހައިލައިފައި ވެއެވެ. އެއީ އައިލީން ކިޔާންގެ 20 ވަނަ އުފަންދުވަހުގައި ނުހަނު ލޯބިން ކިޔާނަށް ދިން ހަދިޔާއެކެވެ. އައިލީންގެ ހަނދާނެއްގެ ގޮތުގައެވެ. ދުވަހަކުވެސް އެ އަނގޮއްޓި ކިޔާނާއި ވަކިނުކުރާނެކަމަށް ކިޔާން އެދުވަހު ބުންޏެވެ. އެކަމަކު މިއަދު މިވީ ކިހިނެއްހެއްޔެވެ؟ ދުވަހަކު އެހަށިގަނޑާއި ވަކިނުކުރާނެކަމަށް ބުނި އަނގޮއްޓި މިއަދު މިވަނީ ކިޔާނާއި ވަކިވެ އައިލީންގެ އަތުގައެވެ.

އައިލީންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުން އައިލީނަށް ކޮށްފައިހުރި އަސަރު ކިޔާރާާއަށް އިހުސާސްވިއެވެ. ފެންކަޅިވެފައި އިނދެ އަނގޮއްޓީގައި ލޯބިން ފިރުމަމުން ދިޔަ އައިލީނަށް ކިޔާރާ ބަލަމުން ދިޔައެވެ. ކޮންފަދަ ބަދުނަސީބު ކުއްޖެއްހެއްޔެވެ؟ ލޯބިވެރިޔާގެ އެހީ އެންމެ ބޭނުންވި ވަގުތު އެއްވެސް ކުށެއްނެތި ލޯބިވެރިޔާވެސް އޭނާ ދޫކޮށްދިޔައީއެވެ. އެއްވެސް ރަހުމެއްނެތި އެހިތް ކަތިލައި ފިސްފިސްކޮށްލީއެވެ. ކުރި އަހުދާއި ވަޢުދުތައް އުވާލީއެވެ. އެކަނިވެރިކޮށް ބާކީކޮށްލީއެވެ. އައިލީނަށް އެފަދަބޮޑު ހިތާމައެއް ހައްޤުވަން އައިލީން ކުރީ ކޮންކުށެއްހެއްޔެެވެ؟ ކިޔާރާއަށް ވިސްނައިލެވުނެވެ.

“ލީން.” ފެންކަޅިވެފައިވާ ހާލު ކިޔާރާާ ގޮވާލިއެވެ. އެއާއެއްކޮށް އައިލީންގެ ބަޑިފަޅާގެންދިޔައެވެ. ރޮމުން ރޮމުން ކިޔާރާާއާާ ދިމާއަށް ބަލާލީ ކިޔާނާއި މެދުގައި ޝަކުވާކުރާ ހާލުގައެވެ.

“ކިޔާ.. މީ.. މީ އަހަރެން ކިހާލޯބިން ޔާންގެ އުފަންދުވަހަށް ހެއްދި އަނގޮއްޓިއެއް. އެދުވަހު ޔާން އަށް މި އަނގޮއްޓިފެނިގެން ކިހާ އުފަލުން އުޅުނީ. ބުނި ދުވަހަކުވެސް އެހަށިގަނޑާ ވަކި ނުކުރާނަމޭ. ލީންގެ ހަނދާނެއްގެ ގޮތުގަ އަބަދުގެ އަބަދަށް މި އަނގޮއްޓި ރައްކާކުރާާނަމޭ.” އައިލީނަށް ގިސްލެވެން ފެށުމުން ވާހަކަ ދެއްކުން ހުއްޓައިލިއެވެ. ” ކިޔާ.. ކީއްވެ؟ ކީއްވެ ޔާން އަހަރެންނާމެދު އެހާ ރަހުމުކުޑަކޮށް އެ ކަންތައްކުރަނީ؟ އަހަރެންމީ ހަމަ އެހާ ގޯސް މީހެއްތަ، ޔާންގެ ނަފްރަތު ހައްގުވާން؟ އަހަރެން ޔާންއަކަށް ބޭވަފާތެރިއެއް ނުވަން. ދުވަހަކު މީހަކު ދެކެ ލޯބިނުވާވަރަށް ޔާން ދެކެ ލޯބިވިން. އަބަދުވެސް ޔާންގެ ހައްގެއްގެ ގޮތުގަ ހުންނަން ހިތް އެދުނީ. އަހަރެން ހީކުރީ އަހަރެންނަށްޖެހޭ ކޮންމެ ހިތާމައެއްގަ އަހަރެންނާ އެންމެ ގާތު ވާނީ ޔާންކަމަށް. އެކަމު މިއަދު… އަހަރެން ޔާންގެ އޯގާތެރިކަމާ ލޯބި އެންމެ ބޭނުންވި ވަގުތު ޔާން އަހަރެން ދޫކޮށްދިޔައީ.. ކީއްވެތަ ކިޔާ؟ ބުނެބަލަ. ” ހުއްޓުން އަރާފައި އިން ކިޔާރާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ރޮވިފައި އައިލީން ބުނެލިއެވެ. އައިލީންގެ ސުވާލުތަކަށް އޭނާ ދޭނީ ކޮންޖަވާބެއްހެއްޔެވެ؟

ދެފަރާތައް ބޯހޫރާލުމަށްފަހު ކިޔާރާ ވާހަކަދައްކަން ފެށިއެވެ. ” ލީން. އަޅާނުލާ. ހިތްވަރު ކުރަންވާނެ. ތީނުލާހިކު ހިތްވަރުގަދަ ކުއްޖެއްނު. ހަޤީގަތުގަ ލީނަށް އެއްވެސް މީހެއްގެ ނަފްރަތު ހައްގެއްނޫން. ތީ އެއަށްވުރެ މާރަނގަޅު ކުއްޖެއް. އެންމެ ކުޑައިރުއްސުރެ ލީންގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އަހަރެންނަކަށްނު. ކިޔާނަށް ނުވިސްނެނީ. ހަޤީގަތް ހޯދާލަން އެންމެ ފަހަރަކުވެސް ކިޔާން މަސައްކަތްކޮށްނުލާ. ހަޤީގަތުގަ ލީނަކަށްނޫން މީހެއްގެ ނަފްރަތު ހައްގީ. ކިޔާނަށް. އެއީ ބޭވަފާތެރިވި މީހަކީ. ” ކިޔާންގެ ވާހަކަ ދައްކަން ފެށުމުން ކިޔާރާ ގާތަށް ރުޅިއައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ކިޔާން ކަންތައްކުރި ގޮތުން ކިޔާރާގެ މަގާމުގައި އެހެންމީހަކު ހުރިނަމަވެސް ރުޅިއާދެވުނީހެވެ. އެހެނަސް އައިލީންގެ ހިތުގައި ކިޔާނާމެދު އެއްވެސް ހިތްބުރަކަމެއް ނެތެވެ. އެކަމުންވެސް އައިލީން ކިޔާންދެކެވާ މަތިވެރި ލޯބި އަންގައިދެއެވެ.

ޖެހިގެންއައި ދުވަސްތައްވީ އައިލީންގެ ހަޔާތުގައި އައި އެންމެ ދަތި ދުވަސްތަކަށެވެ. ކިހިނެއްކަން ނޭނގި މުޅި ރަށަށް އައިލީންގެ ބަލީގެ ޚަބަރު ފެތުރުނެވެ. މަގެއްމައްޗަށް ނުކުންނަން އައިލީން މިހާރު ލަދުގަނެއެވެ. ފެންނަ ކޮންމެ މީހަކުދަނީ ފާޑަކަށް ބަލަމުންނެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ހަގީގަތް ނޭނގުނު ނަމަވެސް ހީވާ ގޮތަށް ވާހަކަދައްކަމުން ދިޔައެވެ. އެއިން މީހަކަށް އެމީހުންގެ ސަބަބުން ބަދުނާމްވެގެންދަނީ އެއްވެސް ކުށެއްނެތް މައުސޫމް އަންހެންކުއްޖެއްގެ ހަޔާތްކަން އެނގޭނެނަމައެވެ.

މިކަމާ އާާސިމާމެން ވަރަށް ކަންބޮޑުވިއެވެ. އައިލީން އުޅެމުން ގެންދާ ނިކަމެތިހާލު ފެންނަ ކޮންމެފަހަރަކު އާސިމާއަށް އަމިއްލަނަފުސް ކުއްވެރި ކުރެވެއެވެ. މީހުންގެ ދޫތައް ބަންދުކުރަން ހަދާނެ ގޮތެއް އާސިމާއަކަށް ނުވިސްނުނެވެ. ދަރިފުޅަށްޓަކައި އޭނާ ނުރޯހަމަ އެންމެ ދުވަހެއްވެސް ނުދެއެވެ. އެދަރިފުޅަށް ހެޔޮގޮތްލެއްވުމަށް އެދި ދުޢާ ކުރެވުނު އަދަދެއްވެސް އާސިމާއަކަށް ނޭނގެއެވެ.

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. އައިލީން ތައްޔާރުވަމުން ދިޔައީ ކިޔާރާގެ އެދުމުގެ މަތިން ކިޔާރާއާއި އެއްކޮށް ބާޒާރުކޮށްލަން ނުުކުތުމަށެވެ. ކިތަންމެ ދާހިތް ނުވިޔަސް ކިޔާރާގެ ހިތުގައި ޖައްސަން އައިލީނަށް ނުކެރުނީއެވެ. އެހެންކަމުން ހިތާދެކޮޅަށްވެސް އޭނާ ތައްޔާރުވަމުން ދިޔައެވެ.

ކިޔާރާާ ހިތްހަމަނުޖެހޭތީ މިހާރު އައިލީން ކިޔާންގެ ވާހަކައެއް ނުދައްކައެވެ. އެހެނަސް އެހިތުގައިވާ ކިޔާންގެ ހަނދާާންތައް ދުވަހަކު ފުހެވުމެއް ނުވެއެވެ. އަދިވެސް އެކަނިވާާ ވަގުތުތަކު އައިލީނަށް ދެރަވެ ރޮވެއެވެ. ކިޔާާން މަތިން ހަނދާންކުރެވެއެވެ. އެކުގައި އުޅެފައިވާ ދުވަސްތަކާއި ވަގުތުތައް ޚިޔާލަށް ގެނެވެއެވެ. ކިޔާާންގެ ނަންބަރަށް އައިލީން ގުޅިޔަސް ޖަވާބެއް ނުދެއެވެ. އެންމެފަހުން ކިޔާން ނަންބަރު ބަދަލުކުރުމުން އައިލީނަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. އައިލީނާ ހެދި ކިޔާނަށް އުނދަގޫވަނީކަމުގައި ޤަބޫލުކުރެވުނެވެ. އެދުވަހަށްފަހު ދެން ދުވަހަކުވެސް ކިޔާނަށް އުނދަގޫ ނުކުރުމަށް އައިލީން ނިންމިއެވެ. ކިތަންމެ ހިތަށްތަދުވިޔަސް އެވެ. ކިޔާނަށް އައިލީނާ ނުލައި އުޅެވެންޏާ، އައިލީނަށްވެސް ކިޔާނާ ނުލާ އުޅެވޭނެއެވެ.

ޚިޔާލުތަކުގެ ތެރޭގައި ފީނަމުންދިޔަ އައިލީނަށް ހޭވެރިކަމެއްވީ ކިޔާރާާ އައިސް ދޮރުގައި ޓަކި ޖަހާލުމުންނެވެ. އަވަސް އަވަސް ކޮށްލާގެން އައިލީން ނުކުތްއިރު ކިޔާރާާ އައިލީންގެ އިންތިޒާރުގައި ސިޓިންރޫމްގައި އިނެވެ. އައިލީން ފެނުމުން ހިނިތުންވެލާފައި އަވަހަށް ދާން ކިޔާރާ އެދުނީ މިހާރުވެސް މާލަސްވެފައި ވުމުންނެވެ.

” މިފޮތިކޮޅު ރީތިތަ؟” މާާޖެހި ރަތްކުލާގެ ފޮތިކޮޅެއް އައިލީނަށް ދައްކާލަމުން ކިޔާރާާ އެއްސެވެ. ” ހޫމް. ތިފޮތިކޮޅު ވަރަަށް ލޯބި. ކިޔާއާ ވަރަށް ގުޅޭނެ. ” ހިނިތުންވެލަމުން އައިލީން ބުނެލިއެވެ. ” ހަމައަސްލުވެސްތަ ލީން؟ ލީނަށް ރީތިވެއްޖެއްޔާތި ނިމުނީ. އެހެންމަ މިފޮތިކޮޅު ނަގަންވީދޯ” އެކުވެރިޔާގެ ކޮނޑަށް އަތްވައްޓާލަމުން ކިޔާރާވެސް ހިނިތުންވެލިއެވެ.

ފޮތިކޮޅަށް ފައިސާ ދައްކަން ކައުންޓަރު ކައިރީގައި ކިޔާރާއާއި އައިލީން މަޑުކޮށްލިއެވެ. ” އޭތް. އެއިނީ އެއްކަލަ އެއިޑްސް ޖެހިފަ ހުރި ކުއްޖާދޯ.” އައިލީން މެންގެ ތަންކޮޅެއް ފަހަތުގައި ތިބި ދެމީހަކު ތެރެއިން އެކަކު ބުނެލިއަޑު އައިލީނަށް އިވުނެވެ. “ހޫމް. އެއީ އޭނަ. ލަދެއްވެސް ނުގަނެއެއްނު އެކަހަލަ ނުބައި ބައްޔެއް ޖެހިފަހުއްޓަ މުޅިރަށުތެރޭ އެނބުރޭކަށް.” ޖެހިގެން ހުރި މީހާ ބުނެލިއެވެ. ” އަސްލުވެސް. ލަދުގަނޭ މިރަށުމީހެކޭ ބުނަންވެސް. އޭނަގެ ސަބަބުން މުޅިމިރަށަށް އެބަލި ފެތުރިދާނެތީ އަހަރެން ބިރުގަންނަނީ.” ކުރިން ވާހަކަދެއްކި މީހާ ބުނެލިއެވެ. މިއަޑު އިވުމުން އައިލީން ވަރަށް ލަދުގަތެވެ. އަދި ހަމައެހާމެ ހިތުގައި ޖެހުނެވެ. އައިލީންގެ ބޮޑު ދެލޯ ވަގުތުން ފެންކަޅިވެގެން ދިޔައެވެ. އެތަނުގައި އިތުރަށް އިންނަން ނުކެރުމުން އައިލީން ފިހާރައިން ނުކުތުމަށް ހިނގައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

02:30 ފަންސަވީސްވަނަ ބައި

Next

ގޮއްޔެ (ބާބު 2) ދިހަ ވަނަ ބައި

Next
September 12, 2017

ގޮއްޔެ (ބާބު 2) ދިހަ ވަނަ ބައި

Previews
September 12, 2017

02:30 ފަންސަވީސްވަނަ ބައި

23 Comments!

  1. Him says:
    September 12, 2017 at 3:01 pm

    Nice. But too short

    1. Naufa says:
      September 13, 2017 at 9:15 am

      Thankx

  2. G says:
    September 12, 2017 at 3:24 pm

    Vvv teething ekam haadha kurey adhi dhikohladheeba Nauvoo pls

    1. Naufa says:
      September 12, 2017 at 3:28 pm

      Thanks alot G. Ok in sha allah dhn inna part dhigukohlaanan.. ☺

  3. yaina says:
    September 12, 2017 at 3:25 pm

    Vvv reethi ماشا الله ?

    1. Naufa says:
      September 12, 2017 at 3:31 pm

      Thanks soooo much yaina☺

  4. Xeelinsh? says:
    September 12, 2017 at 4:48 pm

    I love it❤

    1. Naufa says:
      September 12, 2017 at 4:56 pm

      Thank u sooooo much xeelinsh☺

  5. Reet says:
    September 12, 2017 at 6:00 pm

    Thankolheh dhigukon fonuvaabala v reethi

    1. Naufa says:
      September 12, 2017 at 6:06 pm

      Thanks reet.. In sha allah next part kiyuntherin edhilahvaa gothah dhigukohlaanan

  6. Nash says:
    September 12, 2017 at 9:51 pm

    Mi vahaka v salhi ekam maa kury

    1. Naufa says:
      September 12, 2017 at 10:24 pm

      Thanks nash.. In sha allah dhn part akun thibai rangalhu kohlaanan☺

  7. Shy says:
    September 12, 2017 at 11:50 pm

    vrah reethi dhn konirakun.

    1. Naufa says:
      September 13, 2017 at 5:18 am

      Thanks.. In sha allah soon..

  8. Faxu says:
    September 13, 2017 at 3:27 am

    V reethi vaahaka thankolbeh dhigu koahla dhiniyaa v rangalhu v kiyaa hithun mikiyany

    1. Naufa says:
      September 13, 2017 at 5:19 am

      Thanks.. Yes.. In sha allah i will..

  9. Faxu says:
    September 13, 2017 at 4:19 pm

    Miadhu up nukurany tho

    1. Naufa says:
      September 13, 2017 at 4:37 pm

      Yes.. In sha allah maadhan upkoh dheynan

  10. Naufa says:
    September 13, 2017 at 5:42 pm

    In sha allah mireyge vaguthehga mi vaahakaage anehbai up kohdheynan.. Actually hurihaa kiyuntheringe edhumuge mathin vaahaka thankolheh dhigukoh gennaathy kudakoh lasvany.. Sry al for that..
    N yes faxu.. Aslu hykury midhaa rate in maadhan kamah up kureveyny.. Bt in sha allah mirey up kureveyvaru vaane.. Kurin faxu ge comment ah maadhamaey bunevifa othyma bunely.☺

  11. Naufa says:
    September 14, 2017 at 1:34 am

    Sry guys.. I thnk there is a prblm.. Two faharah story up kuran jahsaafin.. Neeneg kyvekameh still up nuvany. Sorry.?

  12. Faxu says:
    September 14, 2017 at 2:00 am

    Thanks naufa

  13. Faxu says:
    September 14, 2017 at 2:03 am

    Haadha kiyaa hithun ney miuhuree v dhera dhw thi vee goi

  14. Naufa says:
    September 14, 2017 at 4:45 am

    Yes.. Actually 6 smthn ga first up kuran jehsy.. 11 vyiruves nuvyma dhn egady alun jehsy.. Still nuvey dhw.. Alhey.. Adhi ehfaharu try kohlaanan ingey

Comments are closed.

Next Episodeއަބަދުގެ އަބަދަށް (ހަތްވަނަ ބައި )←


All Right Reserved!