އަގެއްނެތްލޯބި 15 ވަނަބައި
ދުވަސްތައް ހަފުތާތަކަށް، ހަފުތާތައް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވެއްޖެއެވެ. ނިސާދުގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއްވެސް އަތުވެއްޖެއެވެ. ނަމަވެސް އެކަންވަނީ ސިއްރުވެފައެވެ. ނިސާދުގެ ދިރިއުޅުމުގެ މިބަދަލަށް އަހަރުވިއިރުގަ ޔާޝްއަށް ވެސް އެއްއަހަރު ވެއްޖެވެ. ޔާޝްގެ އުފަންދުވަހުގައި ކުޑަޕާޓީއެއް ބޭންވުމަށް އެއްމެންވެސް ވަނީ މާކުރިންވެސް ނިއްމާފައެވެ. ޒިޔާދުވެސް ރަށަށް ގޮސްފަ އެދުވަހަށް މާލެ އަތުވެއްޖެއެވެ. ޒުހުރާ އާ ހަފުސާ އޭރު މާލޭގައި ތިބިގޮތަށް ތިބީއެވެ.
ޕާޓީ ބާއްވަން ހަމަޖައްސާފަ އޮތްދުވަހުގެ ހެނދުނުގެ ވަގުތެވެ. ޒިޔާދު އިނީ ނިސާދުމެންގޭ ގައެވެ. ނިސާދު އޭނާގެ ކުޑަކުޑަ ޔާޝް އާއެކު ކުޅޭތަން ޒިޔާދު އިނީބާލާށެވެ. “މިއަދުމީ ދަރިފުޅަށް އެއްއަހަރުވީ ދުވަސް. މަގޭ ޔާޝް ބޮޑު ކުއްޖަކަށްވިދޯ” ޔާޝްގެ އަތުގާ ހިފާ އުފުލާލަމުން ނިސާދު ބުނެލިއެވެ. ކުޑަކުޑަ ޔާޝް ނިސާދުގެ މޫނަށް ބަލާފަ ހެމުން ދެއެވެ. މިހުރިހާ މަންޒަރެއް ޒިޔާދު ބަލަމުން ގެންދިޔައީ ފުންހިތާމަޔާއެކުއެވެ. “މިއަދު ރީސާ މިދުނިޔެއާ ވަކިނުވި ނަމަ….” ހިތާހިތުން ޒިޔާދުއަށް ބުނެވުނީ މިވަރަށެވެ. ދެލޯފެން ކަޅިވިއެވެ. ޒިޔާދުގެ ލޯލުން ފައިބަންތައްޔާރުވެފާ ހުރި ކަރުނަތައް ނިސާދުއަށް ފެނިދާނެތީ ޒިޔާދު ބެލްކަންޏަށް ނިކުތެވެ. އެއަށްފަހު ދެލޯބާރަށް މަރާލިއެވެ. ހިފެހެއްޓި ކަރުނަތައް އެސްފިޔަތަކުގެ ތެރެއިން ފޫދިގެން ފައިބައިގަތެވެ. ސިއްރު ސިއްރުން ލޯފުހެލުމަށް ފަހު ބެލްކަނީގައި އިރުކޮޅެއްވަންދެން ހުރުމަށްފަހު އެތެރެއަށް ވަނެވެ. “ނިސާދު. ދެން އަހަރެން ގެއަށް ދަނީ” ޒިޔާދު ބުނެލިއެވެ. “އޯކޭ. އެކަމަކު މެންދުރެއްހާއިރު އަންނާތި” ނިސާދު ޔާޝް އުރާލަމުން ބުނެލިއެވެ. “އާނ….. އަންނާނަން” ޒިޔާދު ޔާޝްގެ ކޮލުގާ ހިފާލަމުން ބުންޏެވެ. ޒިޔާދު ގެއަށް އައިސް ކޮޓަރިއަށްވަދެ އެނދުގައި އިށީދެ ފުންނޭވާއެއްލިއެވެ. އެއަށްފަހު އުޑުތިލަމަތިން އެނދުގައި އޮށޯވެލިއެވެ. އެހާހިސާބުން އަނެއްކާވެސް ރީސާގެ ހަނދާންތައް އާވާންފެށިއެވެ. ހިތުތެރޭގާ އެހަދާންތައް ކޮޅުކޮޅު މައްޗަށް ދުވަންފެށިއެވެ. ޒިޔާދުގެ ދެލޯކަރުނައިން ފުރިއްޖެއެވެ. ރީސާ ވަކިވިޔަސް ރީސާގެ ހަނދާންތަކެއް އަދިވެސް ޒިޔާދުއާ ވަތްކެއްނުވެއެވެ. ރީސާގެ ހަނދާން ތަކުގެ ސަބަބުން ޒިޔާދުއަށް ވަނީ ރަނގަޅަށް ވެސް ރޮވިފައެވެ. މިހެން އިރުތަކެއް ވަންދެން ޒިޔާދު ރޯންއޮތެވެ. ދިރިއުޅުމާ މެދުވިސްނިފައެވެ. އެހެންއޮށްވަ ޒިޔާދުއަށް ނިދުނެވެ.
ހަވީރުގެ ޕާޓީއަށް ޓެރަސް ތައްޔާރުކުރަމުން ގެންދިޔައެވެ. ނިސާދުގެ އޮފީސް ބައެއްކުދިން ވެސް އައިސް އުޅުނެވެ. ޕާޓީއަށް ދަޢުވަތު ދިނީ އެއްއަހަރުގެ ކުދިންނަށެވެ. ” ކޮޓަރީގައޮތް އަހަރެންގެ ފޯނު ގެނެސްދީބަލަ” މަސައްކަތެއްގަ އިން ނިސާދު ހަނާއަށް ގޮވާލާފަ ބުންޏެވެ. ހަނާ ކޮޓަރި އަށް ގޮސް ފޯނު ގެނެސްދިނެވެ. “ކޮބާތަ ޒިޔާދު” ހަނާ ފޯނު ދިއްކޮށްލަމުން އަހާލިއެވެ. “ހެނދުނު މިތާއިން ފަހަކުން ހަބަރެއް ނުވޭ. ފޯނު ގެންނަށް މިބުނީ އޭނައަށް ގުޅަންވެގެން” ފޯނުގަ ހިފަމުން ނިސާދު ބުނެލި އެވެ. ނިސާދު ޒިޔާދުއަށް ގުޅާލިއެވެ.””ވަކިވެދިއަޔާސް އަދުމިދުނިޔޭން ސޫރަތިޔަ މިހިތުން ނުދާނޭ”” ޒިޔާދުއަށް ގުޅާލުމުން ފޯނުގެ ރިންގް ޓޯންއަށް ލާފައިން ލަވައިން ނިސާދު ހައިރާންވިއެވެ. ފުރަތަމަ ގުޅާލުމުން ޖަވާބެއްނުދެއެވެ. ދެވަނަފަހަރަށް ގުޅާލުމުން ޒިޔާދު ފޯނުނެގިއެވެ. “ހަލޯ!!!” ޒިޔާދު ބުންޏެވެ. “ޒިޔާ. ކޮންތާކުތަ؟ ކޮންއިރަކުން އަންނަނީ” ނިސާދު އަހާލިއެވެ. “އަހަރެންގޭގަ. މިދަނީ އިރުކޮޅަކުން” ޒިޔާދު ތެދުވެ އެނދުގައި އިށީދެލަމުން ބުނެލިއެވެ. “އާނ…އޯކޭ….އަވަހަށް އަންނާތި” ނިސާދު މިހެންބުނެ ފޯނުކަޑާލިއެވެ.
ހަތަރެއްޖަހަން ވީއިރަށް ހުރިހާ މަސައްކަތެއް ނިއްމާ، އެއްމެން ފެންވަރާ ނަލަވެލިއެވެ. ޕާޓީ ފެށިއްޖެއެވެ. ކުޑަކުޑަ ޔާޝް އުފަލުންވަރެއްނެތެވެ. ފުރަތަމަ އުފަންދުވަހުގަ ލިބުނު އެއްއަހަރުގެ ރައްޓެހިންނާއެކު ޔާޝް ސަކަރާތް ޖަހަމުންދިޔައެވެ. ސަމީއުގެ ރަންއަޑުން ވިރުވާއަޅާފައިވާ ލަވައަކުން މުޅިޓެރަސް ގުގުމަމުންދެއެވެ. އެއްއަހަރުގެ ކުދިންތަކުން މުޅި ޓެރަސް ވަނީފުރިފައެވެ. ލަވައިގެ އަޑު މަޑުކޮށްލުމަށްފަހު ނިސާދު އަތްޖަހާލާފަ ޔާޝް ކޭކް ފަޅަން ތައްޔާރުވެފަ ހުރުމުން ހުރިހާ ކުދިންނަށް ގޮވާލިއެވެ. ހަނާ ޔާސްގެ އަތުގައި ހިފައިގެން އައިސް ކުޑަމޭޒެއްގެ މަތީ ބަހައްޓާފަހުރި ކޭކް ކައިރިއަށް ތިރިވެލިއެވެ. ވަޅިނަގާ ޔާޝްގެ އަތަށްލާ، ކޭކްގެ މަތިގައި އިންދެއުއްބައްތި ނިއްވާލީ ހަނާއާ ނިސާދުއެވެ. ޔާސްގެ އަތުން ކޭކްފެޅުމަށްފަހު ހަނާ ކޭކްކޮޅެއްނަގާ ޔާޝްގެ އަގައަށް ލައްވާލިއެވެ. ނިސާދުވެސް މިފަދައިން ކަންތައްކުރުމުން އެއްމެންގެ އަތްތިލަބަޑީގެ އަޑާއެކު މުޅިޓެރަހަށް އުފާވެރިކަން ގެނެސްދިނެވެ. ކުއްލިއަކަށް ނިސާދުގެ ފޯން ރިންގްވާން ފެށިއެވެ. ޖީބުގައޮތް ފޯންނަގާ ބަލާލަމުން އެތަނުން ދުރަށް ޖެހިލިއެވެ. ހަނާ ކޭކް ފަޅައި ކުދިންނަށް ކޭކް ބަހަމުން ދިޔައެވެ. ޒިޔާދު ޔާސް އުރާލައިގެން އެއް ފަރާތެއްގަ އެލުވާފަހުރި ފުއްޕާހަންތަކެއް ކައިރީ ހުއްޓެވެ. ނިސާދު އަދިވެސް ހުރީ ފޯނުގައެވެ. ހީހީފަ އެމިހަކާ ވާހަކަ ދައްކަމުންދިޔައެވެ. އެތަނުގާ ބަޔަކު އުޅޭހެން ވެސް ނިސާދުއަށް ހީނުވާ ކަހަލައެވެ. އެހެން ހުއްޓާ ހަނާއަށް ނިސާދު ފެނުނެވެ. ހަނާ ގޮސް ނިސާދުގެ ކޮޑުގާ އަތުންޖަހާލިއެވެ. ނިސާދު ސިހިގެން ދިޔައެވެ. އަދި އަވަސް އަވަހަށް ފަހުން ގުޅާނެކަމަށްބުނެ ފޯނުކަޑާލިއެވެ. “ކާކު ގުޅައިގެން ތިއުޅެނީ” ހަނާ އަހާލިއެވެ. “އެއީ…..އެއީ…..ރައްޓިއްސެއް” އާގަންނަމުން ނިސާދު ބުންޏެވެ. އޭރު ޒިޔާދުއަށް ހުރެވުނީ އެދެމީހުންނާ ވަރާށް ކައިރީގައެވެ. ޒިޔާދު އަތުގައިން ޔާޝް ފެނުމާއެކު ޔާޝް އުރާލައިގެން ހަނާ ކޮށްފާނެ ސުވާލަކަށް ސަލާމަތްވާން އެތަނުން ދުރަށް ޖެހިލިއެވެ. ހަނާ އެކަމާ އަޅާވެސްނުލާ ދިޔައީއެވެ. މަންޒަރު ބަލަންހުރި ޒިޔާދުއަށް ސައްކެއްވިއެވެ. ނިސާދުގެ ހަރަކާތް ހުރިގޮތް ފެނުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


މިއީ އަޅެ ކިހިނެއް ކުރިޔއަށް ގެންދާ ވާހަކައެއް….ވާހަކަ ގެނެސްދ ގޮތް ވ ފޫހި….ޕެރެގްރާފްތައް ހުންނަ ގޮތުން ޑައިލޮގް ކަން އެގެނީވެސް މާ ފަހުން….ދެން ޒިޔާ އަށްވެސް ގޮތެއް ނުވޭ….ވަރަށް ދިގު ދެމިގެންދިޔަ ހާސަެއް މީ….ތަންކޮޅެއް ރަގަޅު ގޮތެއް މިވާހަކައަށް ހަދާބަލަ
ޑައިލޮގް ވަކިވާގޮތަށް ލިޔެފަ އެހުރީ…. ރަޒީލްއަށް އެކަން ފަހަގަ ނުވެގެން ތިއުޅެނީ…. ވާހަކައިގެ ވާނުވާ ނޭންގިގެން ތިއުޅެނީ އަޕް ކުރުން ލަސްވަތީ…. އެކަމަކު އިރަދުކުރެއްވިޔާ ދެން އޮތީ މިވާހަކައިގެ ބައިތައް ކުރިޔަށް ގެންދިޔުން….. އޭރުން ވާނުވާ ވެސް އެގިދާނެ…..
ވާހަކަ ލިޔުންތެރިންނަށް މިވަނީ ކިހިނެތްބާ؟ އެއްބައިން އަނެއްބަޔަށް ވަރަށް ދިގު އިންތިޒާރެއްކުރަންޖެހޭ! ނޫނީ ވަކި ހިސާބަކުން އެވާހަކަވެސް ހުއްޓާލަނީ! މިނޫން ގޮތެއް ނުވާނެތަ؟ އުއްމީދު ރަނގަޅުވާނެކަމަށް
Very Nice. Keep it up.
thanx HAFEEZ
haadhakurey ekam vvvvv salhi ;*)