Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(14)

Dhippi Level 4100 Comments10 Stories
September 17, 2017 6 Mins Read
27 Comments

“ހާދަ ލަސްވީ؟ ބުނީމެއްނޫން ހައެއް ޖަހަން ވީއިރަށް އަންނައްޗޭ!” ކާރު ދުއްވާ މީހާ އައުމުން ލަސްވީތީ ހިތްހަމަ ނުޖެހި ހުރެ ސައުދު ބުނެލިއެވެ. “މާފު ކުރައްވާ ޓުރެފިކު ބާުރު ބޮޑުކަމުން ލަސްވީ” ޑުރައިވަރު އަދަބު ވެރި ކަމާއެކު ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ އެއްމެން ވެސް އަވަހަށް ކާރަށް އަރައިފިއެވެ. ވަގުތު ނަގާނުލާ ޓުރެފިކުގަ ޖެހެމުން ބާރު ސުޕީޑުގައި ގޮސް ޑުރައިވަރު މަޑު ކުރީ ސައުދުގެ ގޭ ދޮރު މަތީގައެވެ. ވެފަ ތިިބި ވަރުބަލި ކަމާއެކު އަވަހަށް އެމީހަކު ދިޔައީ އެމީހެއްގެ ކޮޓަރިއާ ދިމާލަށެވެ. ފެން ވަރައިގެން އެއްމެން ވެސް ޖައްސާލީ ވަރު ބަލި ފިލުވާލާށެވެ. އެހެން ނަމަވެސް އަލްޔާއަށް އޮވެވުނީ މިއަދު އަފީފާ ފޯނުން ދެއްކި ވާހަކަޔާ ދޭތެރޭ ވިސްނާލާށެވެ. އިސާހިތަކު ސައުދުގެ ދެމަފިރިން ވެސް އަދި ޖަޔާ ވެސް ވަޒުނާ ވެސް ޖެހުނު ގޮތަށް ބުރާތިވިއެވެ.

ވިނާނަ ވެސް ކުޑަކޮށް ލޮލަކަށް ޖެހިފަ ހޭލެވުނީ ބަނޑުހައި ވެގެންނެވެ. އެހެން ކަމުން ވިނާން ނިކުތީ ބަދިގޭގަ ކާނެ އެއްޗެއް ހުރިތޯ ބަލާލުމުގެ މަގުސަދުގައެވެ. އޭރު އަލްޔާވެސް ތެޅި ފޮޅި ނުނިދިގެން ހުރީ ބަދިގެއަށް ވަނދެ ކޮފީ ޖޯޑެއް ގިރައިގެނަ އެއަށް އިންސާފު ކުރާށެވެ. އަލަޔާ އެހެން ހުއްޓާ ވިނާނަ އައިސް ވަނުމުން އަލްޔާ ދިޔައީ ސިއްސާގެންނެވެ. “އަލް ނުވެސް ނުނިދަނީތަ؟! އަހަރުން މިހާރު ނިދާ ނިދާ ދެލޯ ދުޅަ ވެއްޖެ” އަލްޔާ ފެނުމުން ވިނާން އަހައިލިއެވެ. “ނޫނޭ… އަލްވެސް ނިދާފިން އެކަމަކު ބަނޑުހައި ވެގެން ކޮފީއެއް ބޯލަން ވެގެން ނިކުތީ ” އަލްޔާ ބުނެލިއެވެ. “އެހެންދޯ؟ މަހީކުރީ މަމަތިން ހަނދާން ވެގެން ނުނިދުނީކަމަށް ” ވިނާން ހެމުން ބުނެލިއެވެ. “ހޫމް… ކީއްކުރަން ވިނާން މަތިން މަ ހަނދާންވާންވީކީ؟ އެހެން ނޫނަސް ނުލާހިކު އަވަހަށް މެރީ ކުރަންށެއް ނޫން ތިއުޅެނީ؟ ” އަލްޔާ ދެރަވިއެއް ކަމަކު ދިމާ ކުރުމުގެ ނިޔަތުގައި ބުނެލިއެވެ. “ހޫމް… އެހެންވީމަ އަލް ރެޑީދޯ؟ ހެކިވެރިން ފޮނުވަންވީދޯ ރަން ކިޔުއްވަން، ތިއެއް ނޫނޭ މަށަށް ވެސް ކޮފީއެއް ގިރާދީބަލަ، މަވެސް އެތެރެ ހަށި އަނދަނީއޭ ހައިވެގެން” އަލްޔާއާ ދިމާ ކޮއްލުމަށް ފަހު ވިނާން ބުނެލިއެވެ. “އޯކޭ މިގިރަނީ! މަޑުކުރޭ އިނގޭ، އެކަމަކު ވިނާން ހަމަ މެރީ ކުރަނީއޭދޯ؟” ކޮފީ ގިރަމުން ވިނާންއާ ދިމާ ކުރަމުން އަލްޔާ ބުނެލިއެވެ. ހަގީގަތުގައި ވިނާންގެ ކައިވެނި، އެބަސް ހިތަށް އަޔަސް އަލްޔާގެ ހިތް ކުދި ކުދި ވާހާވެއެވެ. އެކަމަކު ކީތް ކުރާނީ ހެއްޔެވެ.

“އަލް މަ ސުވާލެއް ކުރަންތަ؟” އަލްޔާ ކޮފީތަށި ގެނެސް މޭޒު މަތީގައި ބެހެއްޓުމުން ވިނާން އަހައިލިއެވެ. “ހޫމް… ކޮއްބަލަ” އަލްޔާ ބުނެލިއެވެ. “ކީއްވެގެންތަ ؟ ތިވަރަކަށް މަށާ ތި ދިމާކުރަނީ؟ ކާކުތަ ބުނީ މަ މެރީ ކުރަން އުޅޭ ވާހަކަ؟ ތީ އަދި މަ ދަނެހުރި ކަމެއްވެސް ނޫން” ވިނާން ހައިރާންވެގެން އެތައް ސުވާލެއް އެއްފަހަރާ އަމުނާލިއެވެ. އަލްޔާ ހުރީ މިއަދު އަފީފާ ދެއްކި ވާހަކަ ބުނާނީތޯ؟ ނުބުނާނީތީދޯ؟ ހިތަށް އަރާ ދެފިކުރެއްގައެވެ. “އޭ… ކޮން ވިސްނިމެއްގައި ކޮބާ މަކުރި ސުވާލުގެ ޖަވާބު” އަލްޔާ ފިކުރު ކޮތް ކޮތް ހުއްޓާ ވިނާން އަހައިލިއެވެ. “އު… އު… އުޝާ…!” އަލްޔާއަށް އަނގަ އޮޅިގެން އެބުނު އެއްޗަކުން އޭނާ ހުރީ މޮޔަ ހީވެފައެވެ. “އުޝާ އޭ… ކިހިނެއް އުޝާ އެނގުނީ؟! ” ހައިރާންވެފަ ވިނާން އަހައިލިއެވެ. “ނޭނގެ..؟ އެއީ ވިނާން މެރީ ކުރަން އުޅޭ ކުއްޖާއެއް ނޫންތަ؟” އަލްޔާ ކޮށި އަރަމުން ބުނެލިއެވެ. ވިނާން ހުރީ އަލްޔާ އެހެން ބުނުމުން ހައިރާން ވެފައެވެ. ހައެރާން ވާނެތާއެވެ. އަލްޔާއަށް އުޝާ އެނގުނު ގޮތެއްވެސް އޮންނާނެތާއެވެ. “އަލް! ދޮގު ނަހަދާ ބުނެބަލަ އަލްއަށް ކިހިނެއްތަ އުޝާ އެނގުނީ؟! ” ވިނާން ހައިރާން ވެގެން އަހައިލިއެވެ. “އަލް އެއް ނުދަންނަން އުޝާއެއް” އަލްޔާ ދެރަވެފަ ބުނެލިއެވެ. “ދެން އަލްއަށް ކިހިނެއްތަ އެނގުނީ ވިނާން މެރީ ކުރަން އުޅޭ ކަން އަދި އެއީ އުޝާޔާ ކަމެއް؟!” ވިނާން ސީރިއަސް ކަމާއިއެކު އަހައިލިއެވެ. އޭރު އަލްޔާ ހުރީ ބުނާނެ އެއްޗަކާމެދު ވިސްނަމުން އަދި އެހެން ބުނެވުނީތީ މޮޔަ ހީވެފައެވެ. “އަލް ޕްލީޒު..! ބުނެބަލަ ކާކުތަ ބުނީ؟ މަށަށް ވަރަށް އެބަ ހީވޭ އަލްއަށް ކޮންމެވެސް ކަންތައް ގަނޑެއް އިނގޭހެން، ހަމަ ތެދައް މިބުނީ އަލް ދުވަހަކުވެސް ވިނާންއަށް ހެޔޮ އެދެންޏާ ބުނޭ ތި އުޝާއެއް އަލްއަށް އެނގުނު ގޮތެއް ނޫނީ ވިނާންގެ ކައިވެނި އެނގުނު ގޮތެއް” ވިނާން ވަރަށް ސީރިއަސްކޮށް ތަންކޮޅެއް އަޑު ބާރުކޮށް އަހައިލިއެވެ. ވިނާން ހުރީ އޭރު ތުރުތުރު ލާ ހާލުގައެވެ. “އަލް އަބަދުވެސް ވިނާންޔަށް ހެޔޮއެދެން އެކަމަކު އަލްއަށް އެނގުނު ގޮތެއް ބުނެފިއްޔާ ވިނާން ހިތަށް އަރާނެ މިގޭ މީހުން ދައްކާ ވާހަކަ އަހަރެން ސިއްރުން އަޑުއަހަނީއޭ !” އަލްޔާ ދެރަވެފައި ބުނެލިއެވެ. “ވިނާން ހިތަކަށް ނާރާނެ، ވިނާންއަށް ވަރަށް ރަނގަޅަށް ވެސް އިނގޭ އަލް އަކީ އެކަހަލަ ކުއްޖެއް ނޫންކަން، އެހެން ނޫނަސް އަލްއަށް ތި އަޑު ތިއެހުނީ ވެދާނެ އަލްގެ ނަސީބަށް ކަމަށް ނޫނީ މަގޭ ނަސީބަށް ކަމަށް ވެސް، ދެން ބުނެބަލަ ހަމަ ޔަގީނުން ވެސް އަލް ތިވާހަކަ ދެއްކި ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ، އައެމް ޝުއާރ! ” އަލްޔާއަށް ޔަގީން ކޮށްދެމުން ވިނާން ވާހަކަ ފުންޏެއް ބުނެލިއެވެ. “ވީ ގޮތަކީ މިއަދު ދައްތަ ފޯނުން ވާހަކަ ދެއްކި އަޑު އަލްއަށް އިވުނީ! ދައްތަ ބުނީ މާދަންރޭ ކައިވެނީގެ ތާރީޚެއް ހަމަޖެއްސުމަށް ނުވައެއް ޖަހާއިރު މިގެއަށް އަންނަން، ދެން ދައްތަ ބުނީ ވިނާން ހުރީ މެރީ ކުރަން ތައްޔާރަށޯ އުޝާވެސް ހަމައެގޮތަށް ދޯޔޯ” އަލްޔާއަށް އަޑު އިވުނު ގޮތައް އަލްޔާ ބުނެލިއެވެ. އޭރު އަލްޔާ ހުރީ ފެން ކަޅިވެފައެވެ. ހަގީގަތުގައި އަލްޔާ އެވާހަކަ ދެއްކީ އަލްޔާ ވެސް ވިނާން އެހެން މީހަކާ އިންނަން ނޭދޭތީއެވެ. އަލްޔާ އެވާހަކަ ބުނުމުން ވިނާން ދިޔައީ ހުރި ތަނުން ނަގައިގެންނެވެ. “ވިނާން ޕްލީޒް! ނުކިޔާތި ދައްތަ ކައިރީގަ، އަލް ދެއްކިކަން އެނގިއްޖެއްޔާ ނޭނގެ ދެން ހަދާނީ ކިހިނެއް ކަމެއް ވެސް” އަލްޔާ ދެރަވެފައި ބުނެލިއެވެ.

“އަލް ވިނާންއަށް އިތުބާރު ނުކުރަނީތަ؟؟! ވިނާންގެ ދުލަކުން ދުވަހަކުވެސް ނުބުނާނަން އަލް ތިވާހަކަ ދެއްކި ކަން، އެހެންނޫނަސް އަލްއަށް އިނގޭތަ؟ އަލް ތިކޮށްދިނީ ވަރަށް ހެޔޮކަމެއް ވިނާން ދުވަހަކުން ވެސް އެކަން ހިތަކުން ނުދާނެ އަލްއަށް އިނގޭތަ؟ މިދުނިޔޭގަ ވެސް ނޭނގެ ހުންނާނެ ކަމެއް މަ އެއަށް ވުރެ ފޫހިވާ އަންހެނެއް!” އަލްޔާއަށް ޔަގީން ކޮއްދެމުން ވިނާން ބުނެލިއެވެ. “އެއީ ކީއްވެ؟” އަލްޔާ ހައިރާން ވެގެން އަހައިލިއެވެ. “އެއީ ކީއްވެހޭ ފޮނިކަމާ ބޮޑާ ކަމުން އޭނަ ހިތުން އޭނަ ވަރުގެ ރީތި މޮޅު އަންހެނަކު ނެތް މިދުނިޔެ މަތީގަވެސް! މަ އަދި އެންމެ ފޫހިވަނީ އޭނަގެ ބަފާ ދެކެ!” ވިނާން ވަރަށް ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ. “އެއީ ކީއްވެ ؟ އުޝާ ބައްޕަ ދެކެރުޅި އަންނަނީ؟! ” އަލްޔާ ހައިރާންވެގެން އަހައިލިއެވެ. “ހުރޭއަދި ބުނާނަން މިހާރަކު ނޫން!” ވިނާން އައި ރުޅި އާއި ވީ ދެރައިން އެ ވަގުތު އެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

“އެހެންތަ؟ އޯކޭ އެކަމަކު ވިނާން ޖެހޭންނޫން އެކައިވެނި ކުރަން؟ ދައްތަމެން ދެރަ ވާނެއްނޫން” އަލްޔާ އަސްލު ބޭނުންވާ މައުލޫއަށް ވާހަކަ ބަދަލް ކޮއްލިއެވެ. އަލްޔާ ބޭނުންވަނީ ވިނާން އަކައިވެނި ކުރާނެތޯ ނުކުރާނެތޯ ބަލާށެވެ. އެ ކައިވެންޏަކީ ކުރާ ކައިވެންޏެއް ކަމައް ވެއްޖެޔޭ އަލްޔާގެ ހިތް ކުދި ކުދި ވާނެކަން ގައިމެވެ. “އަލް ވިނާން ދޮގު ނުހަދާ މިބުނީ ވިނާން ވަރަށް ލޯބިވާ ކުއްޖަކު އެބައިން އޭނަ ލިބުނު ދުވަހަކުން ވިނާން މެރީ ކުރާނީ! އޭނަ ނުލިބުނު ނަމަ ދުވަހަކުވެސް މި ވިނާންއެއް ކައިވެންޏެއް ނުކުރާނަން، އަހަރެން ހިތަށް އަރާ މިވަގުތު އޭނަ މަގޭ އަތުތެރެއަށް ވަނދެ އޮތް ނަމައޭ އޭރުން ހަމަ ގައިމު ވެސް އަހަރެން އޭނަޔަށް ކިޔާދޭނަން މަގޭ ހިތުގައި އޭނަޔަށްޓަކައި ވިންދު ޖަހާވަރު އަދި ވިންދުގެ އަޑުވެސް އިއްވަދޭނަން” ވިނާން ރީތި ޅެމެއް ކިޔާލާހެން އޭނާގެ ހިތުގެ ހާލަތު އަލްޔާއަށް ކިޔާދިނެވެ. ވިނާން އެހެން ބުންޏެއް ކަމަކު ވިނާންގެ ލޯބިވާ ޝެހެޒާދާ އަކީ ކާކުކަން އަލްޔާއަށް އިނގޭނީ ކިހިނަކުން ހެއްޔެވެ. “އެހެންތަ؟ ދެން އެކުއްޖާ ހޯދަބަލަ އޭރުން ވެސް ވިނާންގެ މަންމަމެން ފަހަރެއްގައި އޯކޭވެގެން އުޝާޔާ ކައިވެނި ކެންސަލް ކޮއްލާފާނެއްނޫން؟” އޭރު އަލްޔާގެ އަޑުވެސް ތުރުތުރުލައެވެ. އަލްޔާ ހުރީ އަނެއްކާވެސް ވިނާން ކައިރީގައި އެވާހަކަ ދެއްކުނީތީ މޮޔަ ހީވެފައެވެ. ގައިމުވެސް އެވާހަކަ ނުދެއްކި ނަމަ ވިނާންގެ ދުލުން އެހެން މީހެއް ދެކެ ލޯބިވެޔޭ ބުނާ އަޑު އަހާކަށް ނުޖެހުނީ ހެއްޔެވެ. އަލްޔާ ދަނީއޭ ބުނެފަ ހިނގާ ގަތުމުން ވިނާން ގޮސް ހިފީ އަލްޔާގެ އަތުގައެވެ. އަލްޔާ ތެދުވެގެން ހިނގައިގަތީ އޭނާ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ވިނާންއަށް ނުދައްކަން ވެގެންނެވެ. “އަލް ކީއްވެ ތިދަނީ؟! ވިނާންއަށް ގޯސް އެއްޗަކޭ ބުނެވުނީތަ؟!” ވިނާން އަލްޔާގެ އަތުގައި ހިފާ ދަމާގަތް ބާރު ކަމުން އައި ގޮތަށް އައިސް އަލްޔާ ޖެހުނީ ވިނާންގެ މޭމަތީގައެވެ. އަލްޔާ ހުރީ އިސް ޖަހައިގެންނެވެ. “އަލް ކީއްވެ ތިދަނީ؟ ވިނާން މިހާ ދެރަވެފަ ހުއްޓާ ކީއްވެ ތިދަނީ؟ ވިނާން ހީކުރީ ވިނާން މިހާދެރަވެފަ ހުއްޓާ އަލް ނުދާނެ ކަމަށް” ވިނާން ސީދާ އަލްޔާގެ މޫނަށް ބަލަމުން ބުނެލިއެވެ. އޭރު އަލްޔާގެ ލޮލުން ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތައް ހުއްދަޔާކާ ނުލާ ފައިބަމުން ދިޔައެވެ.

“އަލް ކީއްވެ ތިރޮނީ؟” ވިނާން ހައިރާންވެފަ އަހައިލިއެވެ. ވިނާން ހެޔޮ ނުވާނެ އަހަރެންގެ ގައިން ދޫ ކޮއްލާ މީހަކައް ފެނިދާނެ “ތަންތަން ހޯދަމުން އަވަހަށް އެތަނުން ދާން ވެގެން އަލްޔާ ބުނެލިއެވެ. ” އަހަންޏަށް ހެޔޮ އެއްމެންނަށް ފެނުނަސް އަލް ތިރޯ ސަބަބަކާ ތިދާން އުޅޭ ސަބަބު ނުބުނަނީހެއް ދުލެއް ނުކުރާނަން!” ކުރިއަށްވުރެން ބާރަށް އަލްޔާގެ ގައިގަ ބައްދާލަމުން ވިނާން ބުނެލިއެވެ. އަލްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި އިސް ޖަހައިގެންނެވެ. “ދޫ ކޮއްލާ އޭރުން ބުނާނަން” އެންމެ ފަހުން ގޮތް ހުސްވުމުން އަލްޔާ ބުނެލިއެވެ. “އޯކޭ މި ދޫކޮށްލީ އަވަހަށް ބުނޭ!” އަލްޔާގެ ގައިން ދޫ ކުރަމުން ވިނާން ބުނެލިއެވެ. “އަހަރެން އަސްލު ރަށަށް ދާ ހިތްވީމަ ރޮވުނީ ޝަރާ އުޅެނީ ކައިވެނި ކުރަންވެގެން އެހެންވެ ނުދެވިދާނެތީ ރޮވުނީ !” އަލްޔާ ވިސްނާލާފަ ބޮޑު ދޮގެއް ހަދާލިއެވެ. އޭނާ ވަކި ބުނާނީވެސް ކީކޭ ހެއްޔެވެ. އަހަރެން ލޯބިވަނީ ވިނާން ދެކެ ވިނާން އެހެން މީހަކާ ކައިވެނި ކުރާތަން ބަލަން ހުރުމަކީ އަހަރެންނަށް ކެތްވާވަރު ކަމެއް ނޫނޭ ބުނަން އަލްޔާއަށް ކެރޭނެ ހެއްޔެވެ؟. ކޮންމެ ގޮތެއް ވިޔަސް އެވާހަކަ ބުނުމަށް އަލްޔާ ވަނީ ނުކުޅެދިފައެވެ. “ތިހެދީ ހުސް ދޮގު ގަބޫލެއް ނުކުރާނަން ތިވާހަކައެއް!” ވިނާންއަށް ކަނޑައެޅިގެން އަލްޔާ އެ ހެދީ ދޮގެއްކަން އިނގޭތީ ބުނެލިއެވެ. “ކީއްވެ އަހަރެން ދޮގު ހަދަންވީ؟ ހަމަ ތެދައް މިބުނީ” އަލްޔާ ހައިރާންވެފަ ބުނެލިއެވެ. “އެހެން ވިއްޔާ އަލް އެއްވެސް މީހެއްދެކެ ލޯބިވަންތަ؟” ސީދާ އަލްޔާގެ ލޮލަށް ބަލަމުން ވިނާން އަހައިލިއެވެ. ވިނާން އެހެން ބުނުމުން އަލްޔާ ދިޔައީ ދެލޯ ބޮޑު ވެގެންނެވެ. “އާނ… އަލް ވަރަށް ލޯބިވޭ މަންމަ ދެކެވެސް އާއިލާ އެންމެން ދެކެވެސް” އަލްޔާ ހަމަޖެހޭގޮތް ދައްކަމުން ބުނެލިއެވެ. “އެހެންތަ؟ ތިއީދެން އެއްމެން ވެސް ލޯބިވާނެ ބައެއް އަލް އަަހަރެން ދެކެ ލޯބިވޭތަ؟ ތެދަށް ބުނާނީ” ވިނާން އޭނާގެ އަސްލު ވާހަކަ ދައްކަން ބޭނުންވާ މައުލޫއަށް ދަމުން އަހައިލިއެވެ. “ވިނާން ދެކެވެސް ވޭ އެކަމަކު ދެ ދުނިޔޭގަ ވެސް ރައްޓެއްސެއްގެ އުސޫލުން!” އަލްޔާ ކުޅު ދިރުވާލަމުން ބުނެލިއެވެ. “އެހެންތަ؟ ވަރަށް ދެރަ ތިވީ ގޮތް، އެކަމަކު ވިނާން ލޯބިވަނީ ތިބުނާ އުސޫލަކުން ނޫން” ވިނާންއަށް އެހިސާބަށް ބުނެވުނު ތަނާ އަލްޔާ އެބުރި ހިނގައިގަތީ ދޮރާ ދިމާލަށެވެ. “އާނ… އަލްޔާ އަހަރެން ލޯބިވާ މީހަކީ ތި އަލްޔާ ނުލިބިއްޖެނަމަ އަހަރެން އެހެން މީހަކާ ނީންނާނަން އަހަރެން ދެންމެ ވެސް ދެއްކީ އަލްގެ ވާހަކަ އެކަމަކު ތި ސިކުނޑިއަކަށް އެވަރެއް ނަގައި ނުގަނެވުނެއްނޫން އަހަރެން މިވާހަކަ ބުނަން ބޭނުންވާތާ ކިތަންމެ ދުވަހެއް، އެކަމަކު އަހަރެންނަކަށް އެކަހަލަ ރަނގަޅު ފުރުސަތެއްވެސް ނުލިބޭ މިއަދު ދަތުރު ގޮސް ތިބި އިރުވެސް ބުނަން އުޅުނިން އެކަމަކު އަލް ރުޅި އައިސް ދާނެތީ ނުބުނީ ހަގީގަތުގައި މި ރޭގަ އަލްޔާއަށް އުޝާގެ ވާހަކަ ދެކެވެވުނީ އެއީ ދެމީހުންގެ ނަސީބު، އަލްއަށް ގަބޫލު ނުކުރެވެނީތަ؟” އަލްޔާ އެއްޗެއް ނުބުނެ އިސް ޖަހައިގެން ހުރުމުނަ ވިނާން އަހައިލިއެވެ. އަލްޔާ އިސް އުފުލާ ބަލާވެސް ނުލާ ނިކުމެގެން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ވިނާން ދުލުން އެއިވުނު އަޑުތަކަކީ އަލްޔާ އަޑުހަން ކެތްތެރިކަމެއް ނެތި ކުރި އިންތިޒާރެއް ނަމަވެސު މިއަދު އަލްޔާ އެވަނީ އެއަޑުތަކާ ދުރަށް ދާން މަޖުބޫރު ވެފައެވެ. ސަބަބަކީ ވިނާންގެ ކައިވެންޏަކީ މާކުރިންސުރެ ނިމިފަ އޮތް ކަމަކަށް ވީތީއެވެ. އޭނާ ކިތަންމެ ވަރަކަށް ވިނާން އަތް ހިތް އެދި ގޮވިޔަސް އެކަން ނުވާނެކަން އުޑާ ބިންފެންނަ ފަދައިން އިނގެއެވެ.

“އެއްކޮށް ނިމުނީދޯ؟ އެހެންތަ؟! އުޝާވެސް އެހެންވީމަ ތައްޔާރުދޯ؟ އާނ… ވިނާން ކުރާނެ، އެއްބަސް ނުވެ ކިހިނެއް ހަދާނީ؟ އަހަރުން ދައްކާ މީހަކާ ނީންނަންޏާ ޖެހޭނީ މީހުނާ ނުއިދެ ތިބެން، ހެހެ… އާނ… ސައުދު ވެސް އެއްބަސް ވާނެ، ދެން ތިހުރިހާ ވާހަކައެއް ނުދައްކާ މާދަންރޭ ނުވައެއް ޖަހާ އިރަށް އަހަރުން ގެއަށް އަންނާތި އައިސް ތާރިހަކާ އެއްޗެހި ހަމަ ޖައްސާނީ އެދެކުދިންނަށް ރަނގަޅު ދުވަހެއްގަ ކުރިއްޔާ އެންމެ ރަނގަޅު ވާނީ” އަލްޔާގެ ކަންފަތުގައި ޓަސް ލާފަ ގުގުމާގަތީ މިއަދު އަލްޔާ ދަރު ހޮވަން ވެގެން ކާނި ގަސްދޮށަށް ދިޔައިރު އަފީފާ ފޯނުން ދެއްކި ވާހަކާގެ އަޑެވެ. “ދައްތަޔަށް އަހަރެން ފެންނަން ވެސް ފެނުނު ވިނާން އެވާހަކަ ބުނެފިއްޔާ ދައްތަޔަށް ވަގުތުން އިނގޭނެ އަހަރެންކަން އެވާހަކަ ދެއްކީ ދެން ކިހިނެއް ހަދާނީ؟ ” އަލްޔާ ބޮލުގައި އަތް އަޅައިގެން ހުރެ އެކަމާ ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދިޔައެވެ. ވިނާން ހުރީ އަލްޔާ ދިޔަތަން ބަލަހައްޓައިގެން މޮޔައެއްހެން ހުއްޓިފައެވެ. “ކީއްވެތަ އެއުޝާއެއް މިތަނަކަށް އެއައީ؟ އަހަރެން އެންމެ ފުރަތަމަ ވެސް ލޯބިވި ކުއްޖަކީ އަލްޔާ ދެން ކީއްވެ.؟” ވިނާން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެން އެ ކައިވެންޏެއް ނުކުރާނަން އަހަރެންގެ ލޯބި އަހަރެންނަށް ލިބެން ޖެހޭނެ މާދަން ވަޒޫއާ ވެސް ޝެއާރ ކޮއްލާނަން މިވާހަކަ” ވިސްނަމުން ވިސްނަމުން ގޮސް ސިކުނޑިއަށް ހަމަޖެހުމެއް ލިބޭވަރުގެ ހިޔާލެއް ވިނާންއަށް ލިބުނެވެ. އެތައް ހިޔާލެއްގައި ހުރެފަ ވިނާން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ފަތިސް ނަމާދަށް ގޮވި އިރުވެސް ވިނާން އޮތީ އެކަމާ ވިސްނަ ވިސްނައެވެ. އަލްޔާގެ ހާލަކީވެސް އެއީއެވެ.

…..ނުނިމޭ….

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ގޮއްޔެ (ބާބު 2) އެގާރަ ވަނަ ބައި

Next

ލޯބިން ހިނިތުންވެލާށޭ 6

Next
September 17, 2017

ލޯބިން ހިނިތުންވެލާށޭ 6

Previews
September 17, 2017

ގޮއްޔެ (ބާބު 2) އެގާރަ ވަނަ ބައި

27 Comments!

  1. Mariyam Ubaid says:
    September 17, 2017 at 8:54 pm

    Varah reeethi

    1. Adam says:
      September 17, 2017 at 9:54 pm

      Thanks mariyam ubaidhs

  2. Adam says:
    September 17, 2017 at 8:55 pm

    Ummeedhu kuran mi part ves kamu dhaane kamah pls ragalhu kuran jehey kathah bunela dhehchey???

  3. ?shi? says:
    September 17, 2017 at 9:01 pm

    me 1st dhw v v reethi

    1. Adam says:
      September 17, 2017 at 9:52 pm

      Thanks shi

  4. ipher says:
    September 17, 2017 at 9:09 pm

    V v nice mi part vx…maasha Allah….keep it up…

    1. Adam says:
      September 17, 2017 at 9:55 pm

      Thanks ipher?

  5. Hawwa says:
    September 17, 2017 at 9:17 pm

    Thankolheh kuru dhw mi prt ekam v v salhi ingey nxt prt avas kohlahchey.?❤❤

    1. Adam says:
      September 17, 2017 at 9:57 pm

      Thanks hawwa Adam ah ves heeviyey kuru hen next part dhigu kohlaanan

  6. Shin says:
    September 17, 2017 at 9:48 pm

    V salhi.. Ebunaahen thankolhei kudu mi part vx… Keep it up…

    1. Adam says:
      September 17, 2017 at 10:03 pm

      Thanks shin next part dhigu kohlaanan

  7. Adam says:
    September 17, 2017 at 10:06 pm

    Kobaatha khajja?? Habareh nuvaathee miss vee?????

    1. khajja says:
      September 18, 2017 at 12:11 am

      Sorry dear kokko bslivegen genaima v busy kon ulhuny ehenve las v masha allah stry v v v awsome ?? mi prt haadha kuruhen hyveyey whn nxt prt avaskolladheythi ingey n dhigukon genesdhechey plx ushaa aa vinaan ge marry kurevuna nudhechey vinaan ge dad vinaan n alyaa gulhuvaidhybala vinaan ge kokkoge surport ves vinaan n alyaa ah dhybala stry v habeys v waiting once again sorry las v ma thank u 4 the luvly stry n gud nyt ly?????❤❤????

    2. Adam says:
      September 18, 2017 at 12:32 am

      Wow thanks assu Hama miss vee ey gws khajja Kokko ah and alya ah nuvaane dhera gotheh

  8. Ram says:
    September 17, 2017 at 11:01 pm

    Story eba ragalhu vey hehe.. interesting ?

    1. Adam says:
      September 17, 2017 at 11:08 pm

      Hehe ram Adam buneemen noon v v twist that innaaneyy kuriah other salhi kanthakaa salhi vaahaka hehe

  9. Alvyn says:
    September 17, 2017 at 11:19 pm

    I hv No words… Swyt and perfect sroryy Adam… Mi Al ge fvrt story ..

    1. Adam says:
      September 18, 2017 at 12:35 am

      Wow assu Tha v happy vehjje alvyn ge sister dhw story ga ulhey alya akee ?????

  10. Addu manje says:
    September 17, 2017 at 11:57 pm

    Varah reethi mi story kuri ah dhaa goii.. adhi mirey mi vaahaka kiyan feshee ves..???
    Love the way u are going on with this story.. Keep it up!
    🙂

    1. Adam says:
      September 18, 2017 at 12:37 am

      Thanks thanks Addu manje v dhuvas kohfa Habareh thivee happy vejje

  11. Adha? says:
    September 18, 2017 at 12:15 am

    Comment ehves nukohlevey dw mihaaru…. story dhaagoiy varah salhi ingey..??

    1. Adam says:
      September 18, 2017 at 12:40 am

      Thanks adha ya comment nukuraathee sad vefa huhtaa thikuree heekuree nuves kiyaamah

    2. Adha? says:
      September 18, 2017 at 9:09 am

      Nop hurihaa part eh ves kiyan.. comment eh nukurevunass.. hama varah salhi dhaaleh?

  12. Musli says:
    September 18, 2017 at 10:53 am

    Vaahaka dhaaleh reethi ekamaku jumlathah nimmaairu egenna noon rangalhu kohleema salhivaane.. aslu v alhaiganna gotheh hurey mihen hadhan vaanehnoon ehen hadhan vaanehnoon migothah dhamaalaafa genaima

    1. Adam says:
      September 18, 2017 at 11:49 am

      Adam ah heevaanee liyaa iru liyanee vaanehnoon kiyaairu kiyanee vaanenun hehe dhen jeheynee soodhbe kaireega ahan ragalhu gothakee koba thoa

  13. ummu ifa says:
    September 18, 2017 at 10:41 pm

    wow…masha allah…

    1. Adam says:
      September 18, 2017 at 11:48 pm

      Thanks ummu ifa

Comments are closed.


All Right Reserved!