Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ (ބާބު 2) އެގާރަ ވަނަ ބައި

saana Level 110 Stories
September 17, 2017 One Min Read
7 Comments

ގޮއްޔެ (ބާބު 2) އެގާރަ ވަނަ ބައި

ނަސީރުގެ ނަޒަރުހުއްޓިފައި ހުރީ ސަލްމާއަށް ކަންއެނގުމުން އެހެން ދިމާއަކަށް މޫނު އަނބުރާލިއެވެ. ނަސީރުގެ އެބެލުމުގައި އަދިވެސް ސަލްމާގެ ހިތް އަވަސް ކޮށްލާފަދަ ބާރެއްވެއެވެ. ހަށިގަނޑުގެ އެންމެ ހިމަނާރަށް ވެސް ގުޑުން އަރައިގެން އަންނަކަހަލައެވެ. ގައިން ހީބިހި ހިލިގެން ގޮސްފިއެވެ. އެހެން ނަމަވެސް ސަލްމާ އަކީ އަމިއްލަ އިހްސާސްތައް ފޮރުވަން މޮޅު އަންހެނެކެވެ. ތިމާގެ ހިތުގެ ހާލު މޫނުން ސާފުކޮށް ފެންނަން ހުއްޓަސްވެސް ސަލްމާއުޅުނީ ނަސީރަށް އޮޅުވާލެވޭތޯއެވެ.

“ގޮއްޔެ އަދިވެސް ހާދަ ނަލައޭ” ސީދާ ސަލްމާގެ މޫނަށް ބަލަން އިނދެގެން ނަސީރު ތައުރީފު ކޮށްލިއެވެ. ސަލްމާ އަވަހަށް މައުޟޫއޮޅުވާލާނެ ގޮތެއް ވިސްނާލިއެވެ.

” ކޮބާ ނަސީރުގެ އަންހެނުން. ކީއްވެ މިރަށަށް ނުގެނައީ”

” ކާކުބުނީ އަހަރެން ގެ އަތްބެއް ހުންނަވާހަކަ” ނަސީރުގެ ޖަވާބުން ސަލްމާ ސިހިފައި ނަސީރަށްބަލާލިއެވެ. ނަސީރު މީހަކާ ނީދޭ ހެއްޔެވެ. ގައިމު ސުލައިމާނުބުނި ގޮތުން ވިއްޔާ ނަސީރު ރަށުމީހަކާ އިނެވެ. އަނެއްކާ ނަސީރުގެ އަންހެނުންވެސް މަރުވީ ހެއްޔެވެ. ވަރަށް ދެރައެވެ. ދެމީހުނަށް މިދިމާވީ އެއްގޮތެއްތާއެވެ. ސަލްމާ ވަރަށް ދެރަވިއެވެ.

“އެހެންތަ، ހާދަދެރައޭ.  ކޮންއިރަކު އަނަހެނުން ނިޔާވީ؟” ސަލްމާ މޮޅިގޮތަކަށް ނަސީރާއި އެސުވާލުކޮށްލީ އަމިއްލައަށްވެސް އެހިތާމަ ކުރަމުންދާ މީހަކަށްވީމައެވެ. ކުޑަކޮށް އިސްޖެހި ނަސީރުގެ ހާލަތައް ހަމްދަރުދީވިއެވެ.

“ކާކު މިހާރު ތިހެން ބުނީ.. އަހަރެން މިބުނީ އަތްބެއްނުހުންނާނޭ. މަރުވި ވާހަކައެއްނޫނެއްނުން. ” ކުޑަކޮށް ހީލާފަ ނަސީރު އެހެން ބުނުމުން ސަލްމާގާތައްވެސް ހިނިއައެވެ. އެހެންވީރު ނަސީރު އެމީހާ ވަރިކުރީތާއެވެ. ނަސީރުގެ ދުލުން އެވާހަކަތައް ހޯދަން އެހާ ފަސޭހައެއްނުވާނެއޭ ސަލްމާ ހިތާހިތާ ކިޔާލިއެވެ.

” ކީއްވެތަ ގޮއްޔެ އެހެންމީހަކާ ނީދެތިހުންނަނީ؟ ” ނަސީރުވެސް ހިތުގައި އުފެދިފައި އޮތް ބޮޑު ސުވާލެއް ސަލްމާއާ ކޮށްލިއެވެ.

” އަހަރެން ދެން މިއުމުރަށް ދިޔައީމާ ކީއްކުރަން މީހަކާ އިންނަންވީ. ދަރިންއެތިބީ ބޮޑެތިވެ މީހުންނާ އިނދެ އެދަރިން ނަށް ދަރިން ލިބިފަ. ދެން އަހަރެން މަޑުމަޑުން ހުންނަންވީ ނުން، އެހެންނޫނަސް މިހާރު ދެން އަހަންނާ އިންނާށޭ ކިޔާފަ ކާކުތަ ދުވާނީ………………” “މަށާ އިންނަންވީނުން”

ސަލްމާދުލުކުރީގަ އެއްބައި  އޮއްވާ ނަސީރު ސަލްމާގެ ދެއަތުގައި ހިފާ ގަޔާ ކައިރިކޮށްލަމުން އެބުނެލި ޖުމްލައިން ސަލްމާމުޅި މީހާ ގަނޑުވެގެން ދިޔައެވެ. އެއިވުނީ ސަލްމާ  އަށް ހީވި ގޮތެކެވެ.

“ގޮއްޔޭ! އަހަރެން މީހަކާވެސް އިނދެއްޖައިން، އެކަމަކު އެމީހާޔާއެކީވެސް ނޫޅެވުނު، ރެއާދުވާލު ހަދާންވަނީ ގޮއްޔެމަތިން، ގޮއްޔެ ގެ ހަދާން ނުވާ ދުވަހެއް ނާދޭ….މިއޮއްވީހާ ދުވަހަކު އަހަރެން ގޮއްޔެ މަތިން ހަދާންވޭ، ނޭވާ ހުރިހާ ދުވަހަކު ހަދާން ހުންނާނެ. މިއޮއްހާދުވަހު ގޮއްޔެ ހުރީ ހުސްކޮށް ކަން އެނގޭ ނަމަ މިހެން ދުރުގަ ނުވެސް ހުންނާނަން. އަހަރެންމެންނަށް މިދަތުރު މިރަށުން މިބައްދަލުވެވުނީވެސް އަހަރުމެން ދެމީހުންނަށް މިފުރުސަތު ލިބުމަށް ކަން ޔަގީން. ކުރިން ބުނިހަދާން ވޭތަ އަހަރުމެންނަށް ތަގުދީރުގަ ބައްދަލުވާން ހުރިއްޔާ އަދިވެސް ބައްދަލުވާނެޔޭ… އަޅެ މިއޮތީ އެދުވަސް ދައްކަވާފަ. ނިކަން ވިސްނާލަބަލަ. މިއީކިހާބޮޑު އަޖައިބެއް، މިތިބީ ކިހާ ދުވަހަކަށް ފަހު އެއްތާކަށް އާދެވިފަ، އަހަންނަށް ހަމަ ޔަގީންވޭ ގޮއްޔެ ގެ ހިތުގައި އަދިވެސް އަހަންނަށް ޓަކައި ލޯބިވާކަން. އަޅެ ދޮގުނުލާ ތެދަށް ބުނެބަލަ…މީ ދޮގެއްތަ”

ނަސީރު ސަލްމާގެ ދަތްދޮޅިދޮށުގައި  އިގިލިޖައްސާލުމަށް ފަހު އުފުލާލިއެވެ. ނަސީރުގެ ލޮލުން ފާޅުވާންހުރި އަސަރު ތަކަކީ ސަލްމާއަށް ބަލަންވެސް ކެއްވާވަރުގެ އަސަރު ތަކެއްނޫނެވެ. އެލޮލުގައި އެވަނީ އާދޭހެވެ، ކެތް މަދުވެފައިވާ ހިތަކުން ކުރަމުން ދިޔަ  ދިގު އިންތިޒާރުކޮޅުންލާފައިވާކަހަލައެވެ.

“އަޅެދެން ކޮންމެވެސް އެއްޗެކޭ ބުނެބަލަ.” އަނެއްކާވެސް ނަސީރު އާދޭހާއެކު ގޮއްޔެގާތު ބުނެލިއެވެ.

“އަހަރެންނަކަށް ނޭގެ ބުނާނެ އެއްވެސް އެއްޗެއް، ނަސީރަކަށް ނޭގޭނެ …” ސަލްމާގެ އަޑުގައި ތުރުތުރު ލުމެއް ހުއްޓެވެ. ” މިހާރު އަހަރެން ކިހިނެތް މީހަކާ އިންނާނީ..އުމުރުން ފަންސާސް އަހަރުވަނީ، މާމަ ކީ….”

ސަލްމާގެ ވާހަކަ މެދުކަންޑާލުމަށްފަހު ނަސީރުފެށިއެވެ. “ދެންމެ އެއްނުން ބުނީ ތިމާމީހާއާ އިންނާނީ ކާކުހޭ، އަހަރެން މިހިރީ މާދަންވެސް ގޮއްޔެ އާއިންނަން ތައްޔާރަށް، ބުނޭ، މަށާ ގަބޫލުތަ، އަހަރެން ގޮއްޔެއަށް ނުކޮށްދޭނީ ކޮންކަމެއް، އަހަރެން ގޮއްޔެއަށް ޓަކައި ކޮންމެފަދަ  ކަމެއްވެސް ކޮށްދޭން މިހިރީ ތައްޔާރަށް”

ނަސީރުގެ އާދޭސްތަކުން ސަލްމާގެ ހިތް ހަލާކު ކޮށްލިކަހަލައެވެ.. ބަޑިފަޅައިގެން ގޮސްސިއެވެ. މިއޮއްހާ ދުވަހު ސަލްމާ ގެހިތުގައި ފޮރުވައިގެން އުޅުނު ލޯބި އައިސް އުނގުތެރެއަށް ލެވުނީމައިވެސް އެޔަށް ފުރަގަސްދޭންވީ ހެއްޔެވެ. އެ ލޮތްބަކަށް ޓަކައި މިއޮއްހާދުވަހު ހޭލާހުރެގެންނާ ހުވަފެނުންވެސް އެދެމުން އައި ލޯތްބަކީ މީއީނޫން ހެއްޔެވެ، ނޫނެކެވެ. ދުނިޔެއަށްވެސް ލަދުވެތިވާން ޖެހެއެވެ. މީހުން ބުނާނީ ކީކޭބާއެވެ. ދަރިން ލަދުންބޯދިއްކޮށްލަން ނުކެރޭނެއެވެ. ރީނާ އާއި ސަމާ އެތިބީ މިހާރުބޮޑެތިވެފައެވެ. އެކުދިންގެ އެކުވެރިންވެސް އެކުދިންނަށް މަލާމާތް ކުރާނެއެވެ. އެކުދިން ކިހާ ލަދެއްގަންނާނެހެއްޔެވެ.

“މަގޭ ދަރިން ގަބޫލުވަނެ ކަމެއްނޭގެ” މަޑުމަޑުން އިނުމަށް ފަހު ސަލްމާބުނެލިއެވެ. ގޮއްޔެ، ނަސީރު ގާތު ކޮންމެވެސް އުޒުރެއްދައްކަނީ ކަމަށް ނަސީރަށް ގަބޫލުކުރެވުނެވެ.

“އިހަށް ބުނެބަލަ، ގޮއްޔެ ގަބޫލުތަ. ގޮއްޔެ އަހަރެން މަތިން މިއޮއްހާދުވަހު ހަދާންވެސް ނުވޭތަ” ކުޑަކޮށް ދުރަށް ޖެހިލާފައި ނަސީރު ސަލްމާއާއި ސުވާލުކޮށްލިއެވެ. ސަލްމާގެ ފަރާތުން ޖަވާބެއް ނުލިބި ދެން އެވީ ތިން ހަތަރު  މިނިޓުވެގެން ދިޔައީ ނަސީރުގެ ހަޔާތުގައި ދިގުދެމިގެންދިޔަ ތިން ހަތަރު މިނިޓަށެވެ. ކެތްތެރިކަން ކޮޅުންލައިފިއެވެ. ޖަވާބެއް ބޭނުމެވެ. ގޮއްޔެ ނޫނެކޭ ބުނެފިއްޔާ ނަސީރު ވަރަށް ދެރަވާނެއެވެ. އާނ އެކޭ ބުނެފިއްޔާ  މާދަން އިރުއަރާއިރަށް ފޯމްލާން ނިންމިއެވެ. އެތައް ޕްލޭނެއް ނަސީރުގެ ސިކުނޑީގައި ރާވަމުން ސަލްމާއަށް ބަލަމުންދިޔައީ އުއްމީދުން ފުރިގެންވީ ބެލުމަކުންނެވެ.

ސަލްމާގޮއްދޫކުރަން ވެއްޖެއެވެ. މިހާރު އެއްފަހަރު ނަސީރުއާއި އަލްވަދާއު ކިޔައިފީމުނޫން ހެއްޔެވެ. އެވަގުތުވީ ދެރަ ދެންވެސް ވާނެއެވެ. އޭރު ވީ ލޯބި އަދިވެސް ވެޔެއްނޫން ހެއްޔެވެ. ދެން އެހެންވިޔަނުދޭށެވެ. މިކަހަލަ ފުރުސަތެއް ދުނިޔޭގެ ކިތައްމީހުންނަށް ލިބިފައިވާނެ ހެއްޔެވެ. ސަލްމާގެ އަމިއްލަ ނަފްސު ސަލްމާއަށް އަޑުލައިގަތް ކަހަލަ އެވެ.

” ނަސީރޫ…. އަހަރެން ނަސީރާ ގަބޫލުނޫނީކީ ނޫން. އެކުދިންގެ ކުރިމަތީ އެކުދިންގެ މަންމަ އަލުން ބަލުން މީހަކާ އިނދެގެން ގެނައީމަ އެކުދިން ވަރަށް ލަދުގަންނާނެ. އެހެންނޫނަސް ގޭދޮށުމީހުންވެސް ކީކޭތަ ބުނާނީ…..”

“ތިޔެއްނޫނޭ، އަހަރެން މިއަހަނީ. ގޮއްޔެ މަށާ އިންނާނަންހޭ” ތަންކޮޅެއް ހަރުކަށިކޮށް ނަސީރު މިފަހަރު އިންނަންއެހީ ސަލްމާ ބޭކާރު އަނގަތަޅާހެން ހީވުމުންނެވެ. ނަސީރުގެ ވިސްނުން ތޫނު ސިކުނޑިން ސަލްމާގެ އެ މިޒާޖު ނަގައި ގަނެވުނެވެ. ސަލްމާއަށް އާނ ބަސްބުނަން ނުކެރިގެން އެއުޅެނީ މީހުން ދެކޭނެ ގޮތެއް ނޭގޭތީއެވެ. ގާތްމީހުނާ  ރައްޓެހިންގެ ރުހުމަކީ ކައިވެންޏަކަށް ވަރަށް މުހިއްމު އެއްޗެކެވެ. އަދި ޚާއްސަކޮށް މިއުމުރުގައި މީހަކާ އިންނަ އިރު ދަރިންގެ ރުހުންވެސް އޮންނަންވާނެއެވެ. ނަސީރު ސަލްމާކުޑަކޮށް ގާތް ކޮށްލާ ކޮނޑުގައި އަތްބާއްވާލިއެވެ. ސަލްމާއަށް އިތުރަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ.

“ގޮއްޔެ މަށާ އިންނާނަންތަ” ވަރަށް ލޯބިން ވަރަށް ގާތްކޮށް ނަސީރު ކައިވެންޏަށް އަހައިލިއެވެ. މާހަލުލަށް ވެރިވެގެން ދިޔައީ ހަމަ ހިމޭން ކަމެކެވެ. ނަސީރުއިނީ އެއްއަތުން ސަލްމާގެ އަތުގައި ހިފާލައިގެނެވެ. އަނެއް އަތުން ސަލްމާގަޔާ ކައިރިކޮށްލައިގެނެވެ. ސަލްމާ މަޑުމަޑުން “ހޫނ ” އަޑު ލައްވާލަމުން ބޯޖަހާލިއެވެ. ނަސީރަށް  ތެޅިގަނެފައި ސަލްމާގެ ކުރިމައްޗައް ޖެހިގަތެވެ. “ހަމަ ތެދެއްތަ ތިބުނީ، އަޅެ ނިކަން ރީއްޗައް ބުނެދީބަލަ ތިބުނި އެއްޗެއް” ނަސީރަށް ލިބިފައިވާ ޖޯޝަކީ މީގެކުރިން އެހަށިގަނޑުގައި ހުރިޖޯޝެއް ބާއެވެ. އަޑުގައިވެސް ތަފާތު ކަމެއް އެބަހުއްޓެވެ. އެ ހިނިތުން ވުންވެސް އެއީ ކުރިން މީހަކަށް ފެނިފައި ނުވާނެ ހިނިތުން ވުމެކެވެ. ސަލްމާ ގާތައްވެސް އައީ ލާނެއް ހިންޏޭކެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީއެވެ. އިރުކޮޅަކުން ދެމީހުން އެކުގައި ޖަހާލި ހިނިގަނޑު ހީވަނީ ސާދަ ފަނަރަ އަހަރުގެ ޅަކުދިންކޮޅެއް ކޮންމެސް ސަކަރާތެއް ޖަހާފައި ޖަހާލި ހިނިގަނޑެއް ހެނެވެ. އިރުގަނޑަކު ދެމީހުން ހުނުމަށް ފަހު ހުނުން މައިތިރި ކުރަމުން ސަލްމާ ބުނެލިއެވެ. ” އާއެކޭ އަހަރެން ގަބޫލޭ……ލޮލުން ބޮލުން ތިނަސީރާ އިންނަން ގަބޫލު.. އަދިވެސް ބުނަންވީތަ، އަހަރެން ނަސީރުދެކެ ވަރަށް ލޯބިވޭ…..އިންތިހާއަށް ލޯބިވޭ. އަބަދުވެސް ދެކެމުން އައި ހުވަފެނެއްމީ ނަސީރާ ކޮންމެވެސް ދުވަހަކުން އިނދެގެން އުޅުން. ”

“އެހެންވީރު ކީއްވެ ތިހާ ލަސްތިކުރީ. … އަހަރެން ވަރަށް ތަޅުވައިފީމެއްނުން. ދެން އޮންނާނީ އޭގެ އަދަބުދިނުން. މާދަން ރަންކިޔަން މީހުން ފޮނުވާނަން، ދެކޮޅު ނަހަދާތި، އެކުދިންނާ ވާހަކަ ދައްކާނީ ސީދާ އަހަރެން، އެއީ ދެން ގޮއްޔެ ބެހޭ ކަމެއްނޫން، މިހާރު އެކުދިންނަކީ އަހަރެންގެވެސް ކުދިން” ނަސީރަށް އިފަލުން ކިޔޭ ނުކިޔޭވެސް އިނގޭ ހެނެއް ހިޔެއްނުވެއެވެ. ދެމީހުނަށްވެސް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތް ހަމަ ޖެހުމެކެވެ. އެރޭގެ ފަތިސްދަމާގާތްވުމާ ހަމައަށް އެދެލޯބިވެރިން މުސްތަގްބަލްރޭވުމުގައި އެހެންތިއްބެވެ.

************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

އަގެއްނެތްލޯބި 20 ވަނަބައި

Next

ޢެދެމޭ އުފާ….(14)

Next
September 17, 2017

ޢެދެމޭ އުފާ….(14)

Previews
September 17, 2017

އަގެއްނެތްލޯބި 20 ވަނަބައި

7 Comments!

  1. Aashaa says:
    September 17, 2017 at 7:12 pm

    Ehaa lahun genna iruves haadha kurey

  2. Navya says:
    September 17, 2017 at 7:13 pm

    Hahahah ? nice

  3. maroon says:
    September 17, 2017 at 7:17 pm

    Dhe loabiverin ❤
    V reethi. Ekamaku mihaaru thankolheh kuruvefa up vaaleh lahy. Dhrn anna pary avas kohlahchey saana

  4. Manje says:
    September 17, 2017 at 7:18 pm

    Omg! Kaattey propose kury dhw.. Oh and me 1st ?

  5. Song joong ki... KOREAN says:
    September 17, 2017 at 7:31 pm

    Woww. Varah salhi.. Emme fahun kaahtey ah nuhurevuny dhw.. Saana thankolheh fast kohlaba

  6. click a shot ? says:
    September 17, 2017 at 8:25 pm

    Mi part ves Hama superb.☺️kaahtey enme fahun propose kury dhw..maroon hama rangalha shey thibuny…avahah dhen kaashitheyo fulhiakah rankiyanvy…hehe..lol??

  7. Adha? says:
    September 17, 2017 at 9:22 pm

    Varah salhi..
    kaahtey ❤goyye..
    Saana ekm mihaaru part thah maa kury….
    Kurukoh up kuriyass avahah kuraanama.. lahun kuranyaa thankolheh dhigukoh genesdheeba plsss
    Waitingss ❤?

Comments are closed.

Next Episodeގޮއްޔެ (ބާބު 2) ބާރަވަނަ ބައި←


All Right Reserved!