
އަގެއްނެތްލޯބި 20 ވަނަބައި
“މިރޭމީ އަހަރެންނަށް ވަރަށް އުފާވެރި ރެއެއް. ހަސް އަހަރެންގެ ގާތުގަ… އަހަރެންގެ އެނދުގަ…. އަހަރެންނާއެކު…..!!!” ނިސާދު އަށް ދެއްކޭ ނުދެއްކޭ ވާހަކަވެސް ނޭންގޭ ކަހަލައެވެ. “ހަނާ ކޮންތާކުތަ؟ އަހަރެން ދޮރުގައި ޓަކިޖަހާ ޖަހާ ވެސް ދޮރެއް ނުހުޅުވާ” ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށް ހަނާއަށް ޒިޔާދުގެ ފޯނު ކޯލެއް އައެވެ. “އޯޝިޓް…..!!! ހާސްވެ ހަނާގެ ދެލޯބޮޑު ވެގެންދިޔައެވެ. “ޒިޔާ އަވަހަށް ތިތަނުން ދުރަށްދޭ. އަވަސްކުރޭ” ހަނާ އަވަސް އަވަހަށް ބުނެލިއެވެ. “ކިހިނެއްވީތަ ހަނާ. ކޮންތާކުތަ ތިހުރީ” ވާނުވާ ނޭންގިފާ ހުރި ޒިޔާދުއަށް އަހާލެވުނެވެ. “އަހަރެން މިހުރީ ހަދީޖައްތަ މެންގޭ. ޒިޔާ ވަރަށް އަވަހަށް މިގެއަށް އާދެބަލަ. ވަރަށް އަވަސް ކުރާތި” ޒިޔާދު އާއެކޭ ބުނުމަށްފަހު ފޯނު ކަޑާލިއެވެ. ޒިޔާދު ފޯނު ކަޑާލުމުން ހަނާ ގޭތެރޭ ދެކޮޅަށް ހިނގަން ފެށިއެވެ. “އަނެއްކާ ސާދުއަށް ޒިޔާ ނުފެންނާނެބާ؟ ފެނިއްޖެނަމަ ހުރިހާ ކަމެއް ބޭކާރުވެގެން ދާނެ. ދެންކިހިނެއް ހަދާނީ” ހަނާ ހާސްވެގެން ދެކޮޅަން ހިނގާތަން ރަމްލާއަށް ފެނުނެވެ. “ހަނާ ކިހިނެއްވީ. ހާދަ ހާސްވެފަ. އަނެއްކާ ކަމެއްގޯސްވީތަ؟” ރަމްލާ އަހާލިއެވެ. “ދައްތާ. ޒިޔާ މާލެ އައިސް އަހަރެން ހޯދަން ވެގެން އެގެއަށް ދިޔައީ” ހަނާ ބުނެލިއެވެ. “ސުބުހާނައްﷲ . ހަމަ ތެދެއްތަ. ދެން ކިހިނެއްވީ” ރަމްލާއަށް ނޭފަތުކުރީ އިގިލި ޖައްސާލެވުނެވެ. “ދޮރުގައި ޓަކިޖަހާޖަހާ ވެސް ނުހުޅުވީމަ އަހަރެންނަށް ގުޅީ” ދެމީހުން ވާހަކަ ދައްކަން ތިއްބާ ސާނިޔާ އާއި ހަދީޖާ ވެސް އެތަނަށް އައެވެ. “އެހެންވިޔާ މިހާރު ޒިޔާދު ކޮބާ؟” ސާނިޔާ އަހާލިއެވެ. “އަހަރެން ބުނެފިން އަވަހަށް ތިތަނުން ދުރަށް ގޮސް މިގެއަށް އަންނާށޭ” އެއްމެންގެ ވެސް މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ.
“ކީއްވެތަ ހަނާ މާހާސްވެފަ އެހުރީ. އަނެއްކާ ކަމެއްގޯސްވީ ނޫންބާ؟ ކަމެއް ގޯސްނުވާނަމަ އެހާ ހާސްވެގެން ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. ކޮންމެ ގޮތަކަށްވިޔަސް ވާނުވާ އެގޭނީ ހަނާއާ ބައްދަލުވުމުން. އަވަހަށް ދާންވީ އެގޭދޮށަށް” ޒިޔާދު އެގެއިން ނިކުމެގެން ރަންކޮކާ ގެއަށް މިސްރާބު ބަދަލު ކޮށްލިއެވެ.
ދޮރުގައި ޓަކިދިން އަޑަށް އެންމެން ދިޔައީ ސިހިގެންނެވެ. ހަދީޖާ އަވަސް އަވަހަށް ދޮރުހުޅުވާލިއެވެ. ޒިޔާދު އެތެރެއަށް ވަނުމުން އެއްމެން ކޮޅަށް ތެދުވުމުން ޒިޔާދު ވަރަށް ހައިރާންވިއެވެ. ޒިޔާދު ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. “އެއްމެންނަށް ކިހިނެއްވެފަ ތިތިބީ” ޒިޔާދު އަހާލިއެވެ. “ނިސާދުއާއި ބައްދަލުވިތަ؟ އޭނައަށް ގުޅިންތަ؟” ހަނާ ޒިޔާދުއާއި ސުވާލު ކޮށްލިއެވެ. ހަނާގެ އެސުވާލު ތަކުން ޒިޔާދު އިތުރަށް ހައިރާންވިއެވެ. “ނުވޭ ދިމައެއް. އަހަރެން ނުވެސް ގުޅަން. ކިހިނެއްވީ!!” ޒިޔާދުގެ މިޖަވާބާއެކު އެއްމެންނަށް އެއްކޮށް ކަހަލަ ގޮތަކަށް ފުންނޭވާއެއް ލެވުނެވެ. “ކިރިޔާއެއްނު މިސަލާމަތް ވެވުނީ” ހަނާއަށް ބުނެލެވުނެވެ. “ކޮންކަމަކުން ސަލާމަތް ނުވެވިގެން ތިއުޅެނީ. އަހަރެންނަށް ހާދަ ހީވެޔޭ ކޮންމެވެސް ބޮޑުކަމެއް ކުރަން އުޅޭހެން” ޒިޔާދު އައިސް ސޯފާގައި އިށީންނަމުން ހީވާ އެއްޗެއް ބުނެލިއެވެ. “ޒިޔާއަށް ހީވެގެން ތިއުޅެނީ ހަމަ ރަނގަޅަށް. ވެގެން އުޅޭގޮތަކީ……..!!!” ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް ހަނާ ޒިޔާދުއަށް ކިޔާދިނެވެ. އަދި އެރޭ ކަންތައް ކުރަންވީ ގޮތްވެސް ކިޔާދިނެވެ. ހަނާ ބުނި ގޮތަށް ކަންތައް ކޮށްދިނުމަށް ޒިޔާދު އެއްބަސް ވެސް ވިއެވެ.
މިނެއްޓަކަށްފަހު މިނެއްޓެއް، ސިކުންތަކަށްފަހު ސިކުންތެއް، ގަޑިއަކަށްފަހު ގަޑިއެއް ފާއިތުވަމުން ގޮސް އިރުއޮށްސިއްޖެއެވެ. ހަސްމާ ވަރުގެކޮޅަށް ނަލަ ހެދެމުންދިޔައެވެ. ފަރާތް ފަރާތުން މޭކަޕްކޮށް ފަރިވަމުން ދިޔައެވެ. ފުއްޖަހާ މާގަޑުވެސް މޫނުގެ އެކިތަންތަނުގައި ތަޅަމުން ދިޔައެވެ. ތުންފަތުގައިވެސް މާގަދަނޫން ރަތްކުލައެއް ހާކާލިއެވެ. ލައިގެން ހުރި ހެދުމާ އެއްކުލަ ކޮށްލުމުގެ ގޮތުންނެވެ. ކަންފަތުގައި ލާފައިން މުދިވެސް ހީވަނީ ހަމަ މިރެއަށް ތައްޔާރުކޮށްފައިން އެއްޗެއް ހެންނެވެ. އަރަން އިން ފައިވާނުގެ ކަށި ވެސް މިރޭވަކިން ދިގެވެ. މިހުރިހާ ވަރެއް އަރުވަމުން މިދަނީ އެއްމެ ބޭނުމެއް ގައެވެ. ނިސާދުގެ ހިތް ކުރިއަށް ވުރެއްބޮޑަށް ހަސްމާގެ މައްޗަށް ލެއްބުމުގެ ބޭނުމުގައެވެ. ހަސްމާ މިވަރަށް ފަރިވަމުންދާއިރު ނިސާދުވެސް ވަކި ދެރައެއް ނޫނެވެ. އާގޮތަކަށް ތުބުޅި ހެދުމާ، ތަންކޮޅެއް ތުނިކޮށް އިސްތަށިގަނޑު ވެސްކޮށާ، ޒަމާނީ ގޮތަކަށް އޮސްތަށިތައް ކޮޅަށް ޖަހަމުން ދިޔައެވެ. ދާރިޖް ސެންޓުން ނިސާދު ފެންވަރާލިއެވެ. ނިސާދު ލައިގެން ހުރި ގަމީސް ހުރީ ދަށަށް ޖަހާފައެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީސްލައިގެން ހުންނައިރު ނިސާދު ވަރަށް ތަފާތެވެ. ވަރަށް ރީއްޗެވެ. ނިސާދު ހަސްމާ ބަލައި ދާން ގެއިން ނިކުންނަމުން އެއްމެ ފަަހުފަހަރަށް ލޯގަނޑުން ފަރި ބަލާލިއެވެ. އެއަށްފަހު ގެއިން ނުކުމެގެން އައިސް ނިސާދު ސައިކަލަށް އަރާ ދުއްވާލިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައިނިސާދު އިނީ ހަސްމާ މެންގޭ ދޮރުމަތިގައެވެ. ދެފަހަރަކު ބަރުގޮނު އަޅާލިއިރަށް ހަސްމާ ނުކުތެވެ. “ސުބުހާނައްﷲ . އަހަރެން ކުރިމަތީ މިހުރީ ސާދަވިލޭރޭގެ ހަނދުތަ؟” ބޭއިހުތިޔާރުގާ ނިސާދުއަށް ބުނެވުނެވެ. “އަހަރެންނަކީ ނިސާދުގެ ހިތުގެ ހަނދު. ސާދަވިލޭރޭގެ ހަނދެއް ނޫން” ސައިކަލަށް އަރަމުން ހަސްމާ ބުނެލިއެވެ. ހަސްމާ ގޮވައިގެން ނިސާދު ގޮސްވަނީ ފުޑް ބޭންކް ރެސްޓޯރެންޓަށެވެ. ހިތްހަމަ ޖެހިލައިގެން ކާލުމަށެވެ.
“ޒިޔާ އަތަށް އަހަރެން ދޭނަން ދޮރުގެ ތަޅުދަޑި. ވަރަށް މަޑުމަޑުން ދޮރު ހުޅުވައިގެން އެތެރެއަށް ވަދެ ފިލާ ހުންނާނީ. ދެން ޒިޔާއަށް ފެންނަމުންދާ މަންޒަރުތައް މި ކެމެރާއަށް ވީޑިއޯ ކުރަމުން ދާނީ. މިހެން މިހަދަނީ ނިސާދު އެއްބަސް ނުވަން އުޅެފިނަމަ ދައްކައްވެގެން” ރަމްލާ ރަނގަޅަށް ކިޔާދިނެވެ. “ނިސާދު އެތެރެއަށް ވަދެ ގޭތެރެ ދިއްލައިފިނަމަ ކިހިނެއް ހަދާނީ” ނިސާދު ކޮށްފާނެ ހެން ހީވާކަމެއް ޒިޔާދު ބުނެލިއެވެ. “އެހެނެއް ނުހަދާނެ. މިރޭމީ އެމީހުންނަށް ބޮޑު ވަރުގަދަ ރެއެއް….. މިހާރު އެގިއްޖެދޯ މިބުނީ ކީކޭކަން” ރަމްލާ ބުނެލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ޒިޔާދު ބޯޖަހާލިއެވެ. “އެހެންވިމާ ކޮންއިރަކުން ދާންވީ” ޒިޔާދު އަހާލިއެވެ. “ހަމަ މިހާރުވެސް ދާންވީ” އަތުކުރީ އޮތް ގަޑިއަށް ބަލާލުމަށްފަހު ރަމްލާ ބުނެލިއެވެ. ކަންކުރަންވީގޮތް ރަމްލާ ޒިޔާދުއަށް ކިޔާދިނުމަށްފަހު ޒިޔާދު ފޮނުވާލިއެވެ. ހަނާ އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހައިގެން އިނެވެ. ޒިޔާދު ވަރަށް ބާރަށް ހިނގާފަގޮސް ސިޑިން އަރާ ވަރަށް މަޑުމަޑުން ދޮރުހުޅުވާލިއެވެ. ގޭތެރެ ވަރަށް އަދިރިއެވެ. ކުޑަނަމަވެސް އަލިކަމެއްވަނީ ބޭރު ކާމޭޒުމަތީގައި ދިއްލާފައިން އުއްބައްތި އިންނެވެ.
“މީހަކަށް ނުފެންނަހެން ފިލާނެ ތަނެއްވެސް ނެތް” ފިލާނެ ތަނެއް ހޯދަމުން ޒިޔާދު ގޭތެރޭ އެނބުރެން ފެށިއެވެ. އެ އެޕާޓްމެންޓަކީ އެހާ ބޮޑުތަނަކަށް ނުވުމުން ފިލާނެ ތަނެއް ހޯދަން ޒިޔާދުއަށް އުނދަގޫވިއެވެ.” ހޫމް…. އެހެންވީމާ އެއްމެ ރަނގަޅު ވާނީ މިތާ ހުރިއްޔާ. އޭރުން ވީޑިއޯ ކުރަން ވެސް ފަސޭހަވާނެ” ޒިޔާދު ގޮސް ހުއްޓުނީ ބެލްކަނީ ދޮރު ފޮތިގަނޑު ގެ ނިވަލު ގައެވެ. ޒިޔާދުއަށް ދޮރު ފޮތިގަނޑު ކައިރީ ހަމަ ޖެހި ނުލެވިގެން އުޅެނިކޮށް ދޮރު ހުޅުވި އަޑުއިވިގެން ދިޔައެވެ. ޒިޔާދު ދިޔައީ ސިއްސައިގެންނެވެ. ތެޅިގެންފަަައި މީހާ ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.
ދޮރު ހުޅުވާލުމަށް ފަހު އެތެރެއަށް ނިސާދުއާއި ހަސްމާ ވަނެވެ. އަދި ދޮރު ތަޅު ލިއެވެ. ހަސްމާ ކުރިއަށް ހިނގައިގަތުމުން ނިސާދު ހަސްމާގެ އަތުގައި ހިފާ އޭނާއާއި ގާތަށް ދަމާލިއެވެ. ހަސްމާ އައިސް ޖެހުނީ ނިސާދުގެ މޭގައެވެ. ހަމަހިމޭންކަމުގެ ވަގުތުކޮޅެއް ދިޔުމުން ފޮތިގަނޑުގެ ނިވަލުގައި ހުރި ޒިޔާދު މަޑުމަޑުން އެއްފަރާތަށް ފޮތިގަނޑު ކަހާލުމަށްފަހު ބަލާލިއެވެ. ކަމަކު ދާކަށް ނެތެވެ. ގޯހުން ގޯހެވެ. އަވަސް އަވަހަށް އަތުގައި އޮތް ކެމެރާ ނަގައި ވީޑިއޯ ކުރަން ފެށިއެވެ. ޒިޔާދު ވީޑިއޯ ކުރަމުން ދިޔައީ ނައިޓް މޯޑަށް ލައިގެންނެވެ. ވީޑިއޯ އިން ކާކުކަން އެނގޭވަރަށް ސާފުވަމުން ދިޔައެވެ. ޒިޔާދު ބަލާލި އިރު ދެވަނަ ފަހަރަށް ނިސާދުގެ މޫނު ހަސްމާގެ މޫނާ ކައިރިވަމުން ދިޔައެވެ. ކުއްލިއަކަށް ހަސްމާ ނިސާދުއާއި ދުރަށް ޖެހިލިއެވެ. “ކިހިނެއްވީ” ނިސާދު އަހާލިއެވެ. “މީހަކަށް ފެނިދާނެ” ހަސްނާ ބުނެލިއެވެ. “ސާބަހޭ ހަސް… ކާކަށް ފެނިދާނެތީ ބިރުން ތިއުޅެނީ. އަހަރުމެން ދެމީހުން އެކަނި މިތިބީ. އެކަކަށް ވެސް ނުފެންނާނެ. ދެން އާދެބަލަ” ހަސްމާގެ އަތުގައިހިފައި ނިސާދާ ގާތަށް ދަމާލަމުން ބުނެލިއެވެ.
ދެމީހުންގެ ރޮމް ކޮންމެ މަންޒަރެއް ޒިޔާދު ދިޔައީ ވީޑިއޯ ކުރަމުންނެވެ.” ހިނގާ ކޮޓަރިއަށް. އޭރުން….!! ” ނިސާދުގެ އަތުގައި ހިފައި ހިނގައި ގަންނަމުން ހަސްމާ ބުނެލިއެވެ. ނިސާދުއަށް ކޮޓަރީގެ ދޮރުން އެތެރެއަށް ނުވަދެވެނީސް ފޯނެއްގެ ރިންގްގެ އަޑު އިވުނެވެ. ދާދި ގާތުންނެވެ. ނިސާދުއަށް ފަސްއެނބުރި ބަލާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފޯނެއްގެ އަލިކަމެއް ވެސް ފެންނާކަށް ނެތެވެ.” ކިހިނެއްވީ” އެތެރެއަށް ގޮސް ގޮސް ހުރި ހަސްމާ ނިސާދުއާއި ގާތަށް ޖެހި އަހާލިއެވެ. “އަހަރެންނަށް ދެންމެ ފޯނެއް ރިންގްވި އަޑު އިވުނު. ހަސް އަކަށް އަޑެއް ނީވޭތަ؟ ” ނިސާދު ހަސްމާއާއި ސުވާލު ކޮށްލިއެވެ. “އާނ… އަހަރެންނަކަށް އަޑެއް ނީވޭ. ތިވާނީ ނިސާދުއަށް ހީވި ގޮތެއްކަމަށް. އާދޭ ދެން” ހަސްމާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ނިސާދު ވެސް އެއިވުނު އަޑު މާބޮޑުކަމަކަށް ނުހަދާ ކޮޓަރި ތެރެއަށް ވަނެވެ. ޒިޔާދު އިނީ ފާޑަކަށް އިށީދެގެންނެވެ. ގުޑިވެސް ނުލައެވެ. ޒިޔާދު ވީޑިއޯ ކުރައް ހުއްޓާ ހަނާ ޒިޔާދުގެ ފޯނަށް ގުޅީއެވެ. “ކިރިޔާއެއްނު މިސަލާމަތްވީ. ދެންމެ ނިސާދުއަށް ފެނުންނަމަ ނޭންގެ އަހަރެންނަށް ހަދާނެ ގޮތެއްވެސް…” މޫނުމަތިން ހިއްލާފަހުރި ދާތައް ފޮހެލަމުން ޒިޔާދު ވައި އަޑުން ބުނެލިއެވެ. ޒިޔާދު އަވަސް އަވަހަށް މެސެޖެއް ހަނާއަށް ފޮނުވާލި އެވެ. ހަސްމާއާއި ނިސާދު ކޮޓަރިއަށް ވަނުމުން ދެންވާގޮތް ބަލަން ޒިޔާދު ތެދުވީ ސަލާމަތް ވުމުގެ ގޮތުން ފޯނުގެ ރިންގް އޮފް ކޮށްގެންނެވެ.
25 Comments!
Comments are closed.
vara reethi dhen oh bayah inthizaaru kureve keehvetha mi vaahaka maa lahun genes dheny
vaahakaige kuriyah kuri baithah genes dhinun las vegen ulheny vaahakaige fahubai liyamun dhaathy…. ekamaku iraadhu kureh viya dhen laheh nuvaane… aharen ge vaahaka ah thiyakura inthizarah hithuge emme fuhminun shukuru adhaakuran….
v kiyaa hihvaa vaahaka eh meee
……mihaareethi vaahaka lahun up vaathy v dhera
new bai thah genes dhinun dhen ehaa laheh nuvaane.hiyaalu dhevveethy shukuriya
koba anehbai thah???
Konirakun aneh bai up vaanii???
V salhi kobaa anehbai thah?
Hey agehneith loabi mi vaahakaige 19 vana bayaa hisaabah iny kobaatha aneh baithah up nukuranytha….. kn irakuntha up kurany . Vvvvvvvvvvvvvvv reethi mivaahaka… alhe plxxx avahah up kohbala…
19 vana bayaa hamayah up kohfa ey bunaa iru SHAA comment kohfa thivany 20 vana bayah…. balaanulaakan faahaga vey
Mivaahaka akyves huhtifa vaa vaahakaeh..
VV REETHI
Alhe thn thankolheh dhigukoh genesdhybala.. thee dhn liye nimifa oiy vaahakaehnu… kithah site ga mi vaahaka up kohfin mihaaru.. konmeves eh sitehga in nimunyey jahaafa.. thn neange foohi vaahakagandeh mee
V nice nisadhu men kotary tihba hanaa men gurup geyah vahtalyma v habays vaane
saabas haadha kurey varahfoohi
When is next?
Amaa bandu haadha kurey fdb
Amaa bandu haadha kurey fdb
V salhi kobaaa anei baithah kn irakun ebaaa than up vaaaniiii… Avax kohdhehcheyyy… Can’t wait.. Plx avah up kohdhy bala
Zam ge comment jahaalaakah nukerunu dho.. saabas esfiya ah
Bala writer kondhogeh mi hadhany vaahaka liyamun nay midhany… mi vaahaka aky nimifa oiy vaahakaeh… meega hana maruvany.. nisaadhu ah hasmaage nubaikan engay iru onnany vaguthu faaithuvefa… hana varikohfa hasma yaa merry kuranyves hasmaa ge nubaikan engi hasma varikohfa hana kairiah dhaairu hana mi dhuniyeagaves nuhunnaane… mee mivaahakaaga vaa gothaky… writer dhoguhedhiyas boduvaru…???… mi comment jahaalan keraynebaa esfiya ah
thibunaa comment kohfa innaany 2014 vana aharu…. ekamaku mihaaru liye nimifa vaany.
V nice
Haadha foohivaa vahtharakah liyefa onna vaahaka gandekeymee.. plane kohgen goss ehen ge ehga thibi iru thibinaa ziyaadhu kairee nuvess buneytha? Gaimu dheiru kaa beyheh hen hanaayah gulhaa adu ivey
Mivaahaka ehkn kiyan libeyni kn site akun tha
Alhe pleex knms meehaku mi story ehkn kiyan libeyne site ehge link eh fonuvabala..
Esfiyain ehkoh kiyen hunnaany