Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(25)

Dhippi Level 4100 Comments10 Stories
October 3, 2017 6 Mins Read
54 Comments

“ޒިއާ ވާހަކައެއް އަހަންތަ؟!” ޒިއާދާޔާ އަލްޔާއާ ދެމީހުން ވާހަކަ ދައްކަން ތިބެފަ އަލްޔާ އަހައިލިއެވެ. “ހޫމް… އަހާބަލަ” ޒިއާދާ ބުނެލިއެވެ. “މިހާރު ވީކެއްވީނުން އިދުރީސަށް އިނގޭންނުން ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެކަން އެހެން ވީމަ ދެން އެހެން ވެފައޭ ވެސް ނުބުނެވޭންނުން؟… އަލް ބޭނުމެއް ނޫން ކޮންމެ ގޮތެއް ވިޔަސް އަލްގެ އިއްފަތް ގެއްލިގެން ދާކަށް އަދި އަމުދުން ބޮޑު ފާފާޔަކަށް އަރާގަންނާކަށް!” އަލްޔާ ދެރަވެފައި ބުނެލިއެވެ. “އާ… ތީވެސް ރަނގަޅު ވާހަކައެން އަނެއްކާ އޭނައަކީ ވަރަށް ރުޅިގަދަ ޖަނަވާރެއް! ދޮގު ހެދި ކަން އިނގިއްޖެއްޔާ މަރާވެސް ލަފާނެ އޭނަ ޖެހިލުމެއް ނުވާނެ މީހެއްގެ ފުރާނަ ދުއްވާލަން ވެސް!” ޒިއާދާ ދެރަޔާ އެއްވަރަށް ރުޅިއިސް ބުނެލިއެވެ. “ޒިއާ ބުނެބަލަ ދެން ކިހިނެއްތަ ހަދާނީ؟” އަލްޔާ ދެރަވެފައި ޒިއާދާގެ ކޮނޑުގައި ދެއަތުން ހިފާ ތަޅުވަމުން ބުނެލިއެވެ. އޭރު އަލްޔާއަށް ހުރީ ރޮވިފައެވެ. ރުވޭނެތާއެވެ. އަންހެނެއްގެ އެންމެ އަގު ބޮޑު ޖަވާހިރަކީ އެމީހެއްގެ އިއްފަތް ވިއްޔާއެވެ. އޭނަގެ މައިން ބަފައިން ގިނަ ރޭރޭ ގެއިން ބޭރު ކުރިއެއް ކަމަކު ވެސް މިއަދާ ހަމަޔަށް ވެސް އަލްޔާ ވަނީ އެ ޖަވާހިރު ރައްކާތެރި ކޮއްފަ ވިއްޔާއެވެ. އެެހެން ވީމަ މިހާ އަނިޔާވެރި ގޮތަކަށް އެ އިއްފަތް ބީވެގެން ދާކަށް އަލްޔާ ބޭނުމެއް ނުވާނެތާއެވެ. “ހިތްވަރު ކުރޭ އަލް! އިރާދަ ކުރެއްވިއްޔާ އަލް ހުންނާނީ ސަލާމަތުން… ކޮންމެވެސް ރަނގަޅު ގޮތެއް މެދުވެރި ކުރަން ވާނެ…” އަލްޔާއަށް ހިތްވަރު ދެމުން ޒިއާދާ ބުނެލިއެވެ. “ކީއްވެތަ އެމީހުން ފޯނުތައް އެނަގަނީ؟ އެއީކީ އެމީހުންގެ އެއްޗެއްވެސް ނޫނެއްނޫން” ފޫހި ގޮތަކަށް އަލްޔާ ބުނެލިއެވެ. “ހެހެ… އަލް މޮޔަތަ؟ އެމީހުންގެ ވިޔަފާރި ބަގުރޫޓް ވާނެއްނުން ފޯނު ނައަތުލަންޏާ؟!” ގޮތް ހުސްވީމަ ހޭގޮތަށް ހެމުން ޒިއާދާ ބުނެލިއެވެ. “ޒިއާ… ބަލަން ހުންނައްޗޭ އިރާދަ ކުރެއްވިއްޔާ މަމިތަނުން ސަލާމަތް ވެއްޖެއްޔާ އެމީހުންނަށް ނިކަން ރަނގަޅަށް މިކަން ކުރެވުނަ ދޭނަމޭ ހަމަ ހުވާ މިބުނީ ދުވަހަކުވެސް މިކަހަލަ ޖާހިލު އަމަލެއް ނުކުރާ ވަރު ކޮއްލާނަން!!” އަލްޔާ މޭ ފުއްޕާލާފަ ބުނެލިއެވެ. އަލްޔާގެ އެ ހިތްވަރު ފެނި ޒިއާދާ ހުރީ ލޮލުން ކަރުނަ ހިލިފައެވެ. އަލްޔާއާ ޒިއާދާޔާ ދެކުދިން އެތައް އިރަކު އެތަނުން ސަލާމަތް ވާނެ ގޮތަކާ އަދި އިދުރީސް ކައިރީގަ ޖަހާނެ މަޅިއެއް ރާވަމުން ދިޔައެވެ.

އެއްބަނޑު އެއްބަފާ ހުރި ހަމަ އެކަނި ބޭބެއާ ދޭތެރޭ ވިސްނާލަން ވަޒުނާއަށް އޮވެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. އެހެން އެތައް ފިކުރެއްގަ އޮއްވާ ވިނާން އެކޮޓަރިއަށް ވަދުނު ކަމެއްވެސް ވަޒުނާޔަކަށް ނޭނގެއެވެ. އިނގޭނީ ވެސް ކިހިނެއް ހެއްޔެވެ؟. އަލްޔާ ފަކީރުގެ ހާލަކާ ދޭތެރޭ ވެސް ވިސްނާ ވިސްނާ އޭނަގެ ސިކުނޑި ވަނީ ފަޅައިގެން ދާން ކައިރި ވެފަ ވިއްޔާއެވެ. ލޯމަތީގަ ބޭބެ އުޅޭ ހާލް ފެނޭ ވިއްޔާއެވެ. ލޮލަށް ނުފެންނަ މީހާގެ ހާލް އަދި ކިހާވަރަކުން ދާނެ ހެއްޔެވެ. މީ ހައްތަހާ ވެސް ވަޒުނާގެ ސިކުނޑީގާ އެބުރެމުންދާ ހިޔާލް ތަކެވެ. “ވަޒޫ!” ވަޒުނާގެ އެނދާ ދިމާލަށް ތިރި ވަމުން ވިނާން ގޮވައިލިއެވެ. އެއަޑަށް ވަޒުނާ ދިޔައީ ސިއްސައިގެންނެވެ. “ކީކޭ ކުޑަބެ؟ ކީއްވެ ކުޑަބެ ތިރޮނީ؟” ވިނާން އެނދަށް ތިރިވި ގޮތަށް ދިޔައީ ފަޅައިގެންނެވެ. އެހާ ބާރަށް ވިނާން ރޯންވީ ސަބަބެއް ނޭނގި ހައިރާންވެ ވަޒުނާ އަހައިލިއެވެ. “ވަޒޫ ދެން އަލްއެއް ނާންނާނެ! ކުޑަބެ އެއްކޮށް މާޔޫސް ވެއްޖެ…” އަޑުން އަޑު ނަގާ ރޮމުން ވިނާން ބުނެލިއެވެ. “ކީކޭ؟؟ ކުޑަބެ ކީކޭތަ ތިކިޔަނީ؟ ތިކިޔާ އެއްޗެއް ސާފުވާ ގޮތަށް ކިޔާބަލަ” ވިނާން ރޯތަން ފެނި ކެތްނުވެގެން ވަޒުނާއަށް ވެސް ރޮވުނެވެ. “ވަޒޫއަށް އިނގޭތަ؟ އަލްއެއް ދެން ނާންނާނެ..! ދުވަހަކު ވެސް ނާންނާނެ ކުޑަބެ ވަރަށް މަސައްކަތް ކޮއްފިން އަލް ހޯދަން އެކަމަކު މިޔޮއް ބޮޑު މާލެއިން ކުޑަބެއަކަށް ނުފެނުނު!” ރޮމުން ރޮމުން ވިނާން ބުނެލިއެވެ. އެވަގުތު ވަޒުނާއަށް ކެތް ނުވެގެން ވިނާން ގައިގަ ވަރަށް ބާރަށް ބައްދާގަތެވެ. ބޭބެއަށް އަބަދު ވެސް ހިތް ވަރު ދެމޭ ބުނާ ފަދައަކުންނެވެ. “ކުޑަބެ ހެޔޮނުވާނެ ތިހެން ނުބުނޭ! އަލް އަދި އަންނާނެ… ކުޑަބެ މާ އަވަހަށް ތި އުންމީދު ކަނޑާލަނީ އަދި ތިހާ އަވަހަށް ހިތްވަރު އެލުވާލާކަށް ނުވެއެއްނުން! ތިވެގެން އުޅޭ ގޮތެއް ސާފު ކޮއްދީބަލަ ޕުލީޒް..!” ވަޒުނާ ރޮމުން ބުނެލިއެވެ. އެވަގުތު ސައުުދުއަށް ވަރަށް މުހިންމު ފޯނެއް އައީތީ ފޯނުން ވާހަކަ ދައްކަން ބޭރަށް ނިކުތް އިރު ވިނާން އާ ވަޒުނާޔާ ދެކުދިން ރޯ އަޑު އިވޭތީ ސައުދު ހުރީ ވަޒުނާގެ ކޮޓަރި ދޮރު ކައިރި މަންޒަރު ބަލައިގެން ފެންކަޅިވެފައެވެ. ވީ ދެރައިން ސައުދު ފޯނެއްވެސް ނުނަގައެވެ. ސައުދު ދޮރު ކައިރި ހުރި ގޮތުން އެ ދެ ކުދިންނަށް އޭނައެއް ނުފެންނާނެއެވެ. “ވަޒޫ ކުޑަބެ ބުނީމަ ގަބޫލް ކުރޭ… އަލް އުމުރަށް މަގޭ ހަޔާތުން ގޮސްފި ވަޒޫއަށް އިނގޭތަ؟ އެހުރިހާ ކަމެއް ވެސް ކުރި މީހަކީ މަންމަ!!” އެހިސާބަށް ބުނެވުނު ތަނާ ވިނާން އިތުރަށް ރޮވޭތީ ވާހަކައެއް ނުދެއްކުނެވެ. “ކީކޭ މަންމައޭ ކުޑަބެ އަޅެ އަދި އެއްފަހަރު ބުނެބަލަ ހަމަ މަންމަތަ؟!” ވަޒުނާއަށް ގަބޫލް ކުރަން ދަތި ވުމުން އިތުރަށް އޮޅުން ފިލުވަން ބޭނުން ވާތީ އަހައިލިއެވެ. “އާއެކޭ ވަޒޫ! މަންމަ އަލް ވިއްކާލީ އެހުރިހާ ތަނެއް ބަލަން ޖަޔާ ހުރީ އޭނަ ކުޑަބެއަށް ކިޔާދިނީ ކުޑަބެއަށް ޔަގީން ޖަޔާ އެވަރުގެ ބޮޑު ވާހަކައެއް އަމިއްލަޔަކަށް ހަދައިގެން ނުކިޔާނެކަން” ވަޒުނާއަށް އޮޅުން ފިލުވައިދެމުން ވިނާން ބުނެލިއެވެ. “ކާކައްތަ ވިއްކީ؟ ކޮންބައެއްކަން ކުޑަބެއަށް އިނގޭތަ؟” ހައިރާންވެފަ ވަޒުނާ އަހައިލިއެވެ. އެހުރިހާ ވާހަކައެއް އަުޑު އަަހަން ސައުދު އިނީ ދެއަތުން މުއްކަވައިގެންނެވެ. “ކުޑަބެ ރެއްޓެހި މާކްއާ ދެމީހުން ވެގެން މުޅި މާލެތެރޭ އެބުރިފަ މިއައީ އެކަމަކު މިހާ ބޮޑު ތަނަކުން ކިހިނެއް ހޯދާނީ ވެސް؟… މާކް ރައްޓެހި ޕޮލިހަކާ ވެސް ހިއްސާ ކޮއްގެން މިއުޅެނީ އަދި ކާމިޔާބުގެ އެއްވެސް އަލިމަގެއް ނުފެނޭ!، ވަޒޫއަށް އިނގޭތަ ވިއްކާލީ ކޮން ކަހަލަ ބަޔަކަށް ކަން؟… އަންހެން ކުދިންގެ ވިޔަފާރި ކުރާ ބަޔަކަށް!” ވިނާން ރޮމުން ހުރިހާ އެއްޗެއް ކިޔާދެމުން ދިޔައެވެ. އިތުރަށް އެންމެ ސިކުންތަކު ވެސް އެތާ ހުުންން ކެތް ނުވުމުން ސައުދު ދިޔައީ ކޮޓަރިއަށެވެ. ވަޒުނާ ހުރީ ވިހާ ބޮޑުކުރި މަންމަ އެފަދަ ދަށު ދަރަޖައަކަށް ވެއްޓުނީތީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ.

“އަފީފާ ކަލޭ ތެދައް ބުނާނީތަ؟ ނޫނީ މަގޭ ގޮއްމުށުގެ ބާރުން ބުނުވާނީތީ؟ ކަލޭ ބޭނުނުން ގޮތެއް އޮތީ…” ސައުދު ކޮޓަރިއަށް ވަދުނު ގޮތަށް ހަޅޭއް ފަޅޭއް ޖަަހައިގަތެވެ. ސައުދު އެހާ ބާރަށް ހަޅޭއްލަވާ ގަތުމުން ނިދިނިދި އޮތް އަފީފާ ދިޔައީ ސިއްސައިގެންނެވެ. “ކީކޭތަ ސައުދު ތިކިޔަނީ؟!” ހައިރާން ވެފަ އެދުން ތެދުވަމުން އަފީފާ ބުނެލިއެވެ. “ކީކޭހޭ މިކިޔަނީ؟! ކަލެއަށް އިނގޭނެ މަބުނަނީ ކީކޭކަން؟!” އެހެން ކިޔާފަ ސައުދު ދިޔަގޮތަށް ހިފީ އަފީފާގެ އިސްތަށިގަޑު ގައެވެ. ސައުދު އޭރު ހުރީ ރުޅިއައިސްގެން ކޮންޓުރޯލުން ނައްޓާފައެވެ. “އައްދިޔޯއި ތަދުވެޔޭ!!!” ވާތަދުން އަފީފާ ހަޅޭއް ލަވާ ގަތެވެ. “ކަލެއަށް ތަދުކުރަންށޭ މިއުޅެނީ! ކަލޭހީކުރީތަ ކަލެއަށް އަރާމު ކޮއްދެންށޭ މިއުޅެނީ؟! ކަލޭގެ ހުންނަ ޖަނަވާރުކަން ބަލާބަލަ… ކަލޭ އަލްޔާއަށް އެހެން ހަދާލި އިރު ހިތަކަށް އެކައްޗެއްވެސް ހަމަ ނޭރިތަ؟ ކަލޭތީ އަންހެނެއްތަ؟ ކަލޭތީ އަންހެނެކޭ ކީއްކުރަން މަގޭ އަންބެކޭ ބުނަންވެސް ލަދުގަނޭ! އެހާ ދަށު ދަރަޖައިގެ މީހެއްތީ!! ޗިއްޗީ..!!” ސައުދު ރުޅި އައިސް ހަޅޭއްލަވަމުން ބުނެލިއެވެ. އަފީފާ ހުރީ އިސްޖަހައިގެން އަނގައިން ވެސް ނުބުނެއެވެ. އޭރު ވިނާންއާ ވަޒުނާޔާ ދެކުދިން އައިސް ސައުދުމެން ކޮޓަރި ދޮރު މައްޗަށް އަރަނީއެވެ. “ކަލޭ ތެދުތެދަށް ބުނަންވީ އަލްޔާއަށް ހެދި ގޮތެއް އެެހެންނޫނީ ކަލޭ މަރާލާފަ ޖަލަށް ދާކަށް ވެސް މަ ބިރެއް ނުގަނޭ!!” ރުޅި އައިސް ސައުދު ބުނެލިއެވެ. “ބައްޕާ ކިހިނެއްތޯވީ؟!” ވިނާން އެތެރެއަށް ވަނދެ އަަހާލިއެވެ. “ދަރިފުޅުމެންނަށް އިނގޭނެ ވެގެން މިއުޅެނީ ކީއްކަން! ބައްޕަ ހުރީ އަޑު އަހަންށޭ ތި ދެކުދިން ދެއްކި ހުރިހާ ވާހަކައެއް..!” ސައުދު ބުނެލިއެވެ.

“އަފީފާ ކަލޭ ބުނާށޭ އަލްޔާއަށް ހެދި ގޮތެއް!” އެެހެން ކިޔާފަ ސައުދު ގޮސް އަފީފާގެ ކަންކަށިމަތީ ބާރު އެތިފަހަރެއް ވިހެލިއެވެ. “ވިނާންއާ ވަޒުނާޔާ ތިބީ މަންޒަރު ބަލައިގެން ކުރަން ވީ ކަމެއް ނޭނގި ހުއްޓުން އަރާފައެވެ. “އާނ… އަހަރެން އަލްޔާ ވިއްކާލީ! އޭނަދެން ދުވަހުކު ވެސް މިގެއަކަށް ނާންނާނޭ ވިނާންގެ މުޅި ހަޔާތުން އޭނަ ބޭރު ކޮއްލަން އަހަރެން ބޭނުންވީ! އޭނަ އެޔަށްވުރެ ރީއްޗައް ވެސް ފޮނުވާލަން ވަރަށް މަސައްކަތް ކުރިން އެކަމަކު އެކަމެއް އަހަރެންނަކަށް ނުވި އެހެންވެ ވިއްކާލީ! މިހާރުއަހަރެންނަށް ހަމަޖެހިގެން ނިދާވެސް އެބަލެވޭ..! ސައުދުއަށް ނޭނގުނަސް ވިނާންއާ އޭނަޔާ ތައް ތެޅޭތާ ކިތަންމެ ދުވަހެއް ވެއްޖެ އެހެންވެ ވިއްކާލީ! ކަލޭމެން އަޑު އަހަން ބޭނުމިއްޔާ އަޑު އަހާ… އޭނައަށް ޓިއުޝަންދޭ ޓީޗަރަށް ލާރި ދީގެން އެދުވަހު ހިނގިކަންތައް ވެސް ކުރުވީ އަހަރެން އެވެސް އޭނަ އަމިއްލަޔަށް ފެނިގެން މިތަނުން ރައްކާވޭތޯ! އަހަރެންނަށް ްވިނާން އައިތާ ދުވަސް ކޮޅަކުން އެނގިއްޖެ މިފައިސާ ގަޑަށް ހޭބަލިވެގެން އޭނަ ވިނާން އަތު އަޅުވާލައިގެން ކަން އެހެންވެ އެހުރިހާ ކަމެއްވެސް ކުރީ..! އޭނަ ކަނޑަށް ވައްޓާ މަރާލަން ވެސް އުޅުނީ އަހަރެން އެވަރުން ވެސް އެމުސީބާތު މަރެއް ނުވި އެކި ގޮއްގޮތަށް މަސައްކަތް ކޮށް ކޮށްވެސް ރައްކާ ނުވީމަ ވިއްކާލީ!، އެކަހަލަ ނިކަމެތިން އުޅެން ޖެހޭނީ އެކަހަލަ ދަށުދަރަޖައިގެ ތަންތާގަ އެހެންވެ އެއޮތީ ފޮނުވާފަ..!” އެއްނޭވާއިން ފެށިގެން ނިޔަލަށް އަފީފާ އަމުނާލިއެވެ.

އަފީފާ ދެއްކި ވާހަކަ އަޑުއިވި ވަޒުނާ ހުރީ ލަދުން ހަލާކު ވެފައެވެ. “މަންމާ ހެޔޮ ނުވާނެ ތިއީ އަންހެނެއްތަ؟ މަންމަޔަށް ހަމަ އަންހެނެއްގެ އިހުސާސްތައް ނޭނގެނީތަ؟ ނޫނީ އެގެއިން ބޭނުން ނުވަނީތަ؟ އޭނަޔަށް ތިހާ އަނިޔާވެރިވާން ކީއްކުރަން އޭނަ ރަށުން ގެނައީ؟ މަންމަޔަށް އިނގޭތަ؟ ތިކަމުން މަންމަޔަށް ލިބޭނެ ފާފަޔާ އެއްޗެހި މަންމަޔަށް އިނގޭތަ؟ އަހަރެން ލަދުވެތިވަން ތި މަންމަޔަށް މަންމަ ކިޔަން ވެސް!!” ވަޒުނާއަށް އެހިސާބަށް ބުނެވުނު ތަނާ ދެފައިން ވާގި ދޫވެގެން ހުރި ތަނަށް ތިރިވިއެވެ. “އަފީފާ ކަލެއަށް އިނގޭތަ؟ ކަލެއަކީތީ އިންސާނުންގެ ތެރޭގަ އުޅެން ހެޔޮވާވަރު މީހެއް ނޫން ކަލޭ ލަދެއް ވެސް ނުގަނޭތަ ތިވާހަކަ ދައްކާކަށް؟ ތިމާ އަމިއްލަ ބަނޑުއަޅާ ވިހާފަ ތިބި ދަރިންނަށް ދޭން އޮތް ފިލާވަޅަކީ ތިއީތަ؟ ކަލޭގެ މިހިރަ އަންހެން ދަރި މާދަން ތިކަން ނަކަލަކަށް ބަލައިގެން އުޅެފިއްޔާ އޭގެ ހުރިހާ ލަދަކާ ފަލީހަތެއް ވާނީ ކާކު؟؟ ހަމަ ކަލޭ މީގެ ކުރިން އަފީފާއަށް ފެނިފަ އޮންނާނީ މަގޭ ރަނގަޅު ކަންތައް އެކަމަކު މީގެ ފަހުން ފެންނަނީ މަގޭ ނުބައިކަން ހަނދާން ކުރާތި ތިކަހަލަ ގޮތެއް ފޮތެއް އިންސާނިއްޔަތު ކަމެއް ނެތް! މީހަކާ ދޭތެރޭ ކަން ކުރަންވާ ގޮތް ވަރަށް ރަނގަޅަށް މަށަށް އިނގޭ!” ސައުދު ފެންކަޅިވެފައި ހުރެ ބުނެލިއެވެ. “ކަލޭގެ އެކަކު މަށާ އަނގައިން ނުބުންޏަސް މަށަށް ވާނެ ކަމެއް ނޯންނާނެ ބޮޑު ވަރަކަށް ސައުދުވެސް ކޮއްލާނީ ވަރު… މަށަށް ހެޔޮ މިހާރު ވަރި ކޮއްލިއަސް އެކަމަކު އަލްޔާއެއް ދެން ނާންނާނެ! ތިހެން ފެލި ފެލި ތިބެން ޖެހޭނީ!!” ކުރެވުނު ކަންތަކާ ފަޙުރުވެރި ވަމުން އަފީފާ ބުނެލިއެވެ. “ކަލޭ ވަރިއެއް ވެސް ނުކުރާނަން ކަލޭ ދެން ޖެހޭނީ ގަން ތެޅެން މަށާއެކު އުޅެން ކަލޭތީ އަމިއްލަ ދަރިގެ އުފަލަށް ޒަހަރު ލީ މީހާ އުމުރުގެ ބާކީ އޮއްތާ އެޒަހަރުގެ ހިތި ހުންނާނީ ކަލޭގެ ކަރު ތެރޭގަ ރަހަ ލާލާ… އެނގިއްޖެތަ؟!” ސައުދު ރުޅި އައިސް އަފީފާގެ ކަންކަށިމަތީ ވިހެލާފަ ބުނެލިއެވެ.

“މަންމާ! މަންމަ އެންމެފަހަރަކު ވެސް އަހަރެން ކައިރީގަ ބުނެލި ނަމަ އެނިކަމެތި އަންހެން ކުއްޖާގެ މުސްތަގުބަލަށްޓަކައި ވެސް އަހަރެން އެކަން ހުއްޓާލީހެއްނުން! މަންމާ މިއީ ތި މަންމަގެ ބަނޑުގައި އަޅާ ވިހި ދަރިއެކޭ އަހަރެން އުޝާޔާ ކައިވެނި ނުކުރިއެއް ކަމަކު އެނިކަމެތި ކުއްޖާޔަށްޓަކައި އެކަން ހުއްޓާނަމޭ… މަންމަ އެންމެ ފަހަރަކުވެސް ވިސްނާލިންތަ އޭނަޔަށް ދެން ވާނެ ގޮތަކާމެދު؟ ތިމަންމަގެ ހިތުގައި ހަމަ އީމާންތެރި ކަމުގެ ޒައްރެއްގެ ވަރު ވެސް ނެތީތަ؟ އެކަމަކު މިއީ މިއަދަށް ފަހު އަލްޔާއަށްޓަކައި އަހަރެން ކުރާ ހުވައެއް! އަަހަރެންގެ އުމުރު މިގޮތަށް ހުންނަން ޖެހުނަސް އަލްޔާ ނުން އެހެން އަންހެނެއް އަހަރެންނަށް ހަރާންވާނެ! އޭނަ ލިބުނު ދުވަހަކުން ނޫނީ ކައިވެންޏެއް ނުކުރާނަން!!” ހިތާމަޔާ ވޭނާ ރުޅިވެރިކަމާ ޔަގީން ކަމާއެކު ވިނާން ބުނެލިއެވެ. އެތަން ފެނި ކެކި ކެކި ހުރި ސައުދުގެ ތުންފަތަށް އައީ އުފާވެރި ކަމުގެ ހިނިތުން ވުމެކެވެ.

“ސާބަސް ދަރިފުޅަށް! ބައްޕަ ހުރިހާ ކަމެއްގަ ވެސް ހުންނާނަން ދަރިފުޅާ އެކު، ވީ އެންމެ އަވަހަކަށް އަލްޔާ ގެނެސް ކައިވެނީގެ ކަންތައް ހަމަޖައްސާ! ހަގީގަތުގައި ބައްޕަ މިއަދު މިހިރީ މިއަދު ވަރަށް ލަދު ގަނެފަ އެއީ ކީއްވެކަން ތިދެކުދިންނަށް އިނގޭތަ؟ މިހިރަ ކަހަލަ ނުބާ ނުލަފާ އަމަޔަކު ތިކަހަލަ ރަނގަޅު ދަރިން ތަކަކަށް ހޯދާދެވުނީތީ!!” ސައުދު ފެންކަޅިވެފަ ބުނެލިއެވެ. އޭރު އޭނަގެ އަޑު ހުރީ ބެދިފައެވެ. “ބައްޕާ އިތުރަށް ތިކަމާ ފިކުރު ނުކުރައްވާ ނިދަން އުޅުއްވާ އެހެން ނޫނީ ބައްޕަ ބަލިވެދާނެ އަޅުގަނޑު މެން ދެން ދަނީ…” އެހެން ކިޔާފަ ސައުދު އެއްފަރާތަކަށް ގެންގޮސްފަ މަންމަޔާ ދިމާލަށް އިތުރު އެއްޗެއް ނުބުނުމަށް އެދިފަ ވިނާންއާ ވަޒުނާޔާ ދެމީހުން ނިކުތީ ބޭރަށެވެ.

…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

އުމުރަށް އެކީގާ ވާނަން..

Next

އީލާމް-09

Next
October 4, 2017

އީލާމް-09

Previews
October 3, 2017

އުމުރަށް އެކީގާ ވާނަން..

54 Comments!

  1. Adam says:
    October 3, 2017 at 8:40 pm

    Hope hurihaa kudhinnavves kamu dhaane kami… plx comment All

  2. Yal says:
    October 3, 2017 at 8:52 pm

    Vadhuny eh nun vany

    1. Adam says:
      October 3, 2017 at 9:06 pm

      Vadhuny a vanee ey Hama eh maana eh ekulevey dhebass dhivehi ahakee ishaaratheh

  3. Mady says:
    October 3, 2017 at 8:54 pm

    V nice v joasga ekam haadha miray

    1. Adam says:
      October 3, 2017 at 9:07 pm

      Thanks mady

  4. Reet says:
    October 3, 2017 at 8:57 pm

    Haadha inthizaar eh kohfeyma mi vaahaka ah v v v Salhi ega thankolheh dhigukon thankolheh avahah up kohdhee bala please please please

    1. Adam says:
      October 3, 2017 at 9:13 pm

      Thanks reet inthizaaraky foni ehchekey miothee mirey ves up vefa maadhan reyah aneh kaa ves inthizaaru kohlaa

  5. Xee says:
    October 3, 2017 at 9:06 pm

    Yey first dhw story vvv salhi whn nxt part?? Plx plx save al and avahah vinaa nd al dimaa kuruvan ulhy nd waiting…….

    1. Adam says:
      October 3, 2017 at 9:10 pm

      Hehe thanks xee Al a vinaayaa AAA dhimaaavaane adhi

    2. Xee says:
      October 3, 2017 at 9:58 pm

      Oh sorry not first dhw ?bt it’s OK good night ? Adam take good care

  6. datha says:
    October 3, 2017 at 9:08 pm

    Vvv reethi

    1. Adam says:
      October 4, 2017 at 3:07 pm

      Thanks datha

  7. rose says:
    October 3, 2017 at 9:12 pm

    v v v v v v v v v v nice

    1. Adam says:
      October 3, 2017 at 9:45 pm

      Thanks ?

  8. yram says:
    October 3, 2017 at 9:18 pm

    oooops vv salhi waiting for next part kon irakun den pls avas adam

    1. Adam says:
      October 3, 2017 at 9:47 pm

      Thanks yram

  9. AFNAN says:
    October 3, 2017 at 9:18 pm

    Woww vvvv salhi masha allah vv kiyaa hithun indha enimuny when is next part waiting for the next part ♥♥

    1. Adam says:
      October 3, 2017 at 9:48 pm

      Thanks afnan

  10. Saalimaa Mohamed says:
    October 3, 2017 at 9:22 pm

    Vv reethi

    1. Adam says:
      October 3, 2017 at 10:33 pm

      Thanks saalimaa mohamed

  11. shabaa says:
    October 3, 2017 at 9:25 pm

    V salhi

    1. Adam says:
      October 3, 2017 at 9:52 pm

      Thanks Shabaa

  12. ipher says:
    October 3, 2017 at 9:39 pm

    V v v nice stry eh….dhn afeefa ah hama nidhi nuvx libeyne thoaccheh…hehehe

    1. Adam says:
      October 3, 2017 at 10:36 pm

      Thanks ipher hehe afaafa ah dhen Kan neyge Hama nidhi nulibeynee

  13. Dhaitha says:
    October 3, 2017 at 9:56 pm

    Mi vahaka liyefa hunnaleh varah over.. kuh bas thah ehaa gina.. vadhunee eh nukiyane hama.. vanee kiyaanee.. kuh gabul kobba furathama aadhanaa.. story reechas v hadi koh liyaa vahaka eh mee.. taslaafa ey ves v kiyaane mivaahakaiga.. ekm reethi dhivehi vahaka egga nama liyaanee kulliakah.. ekahala kithamme baheh hure..

    1. Adam says:
      October 3, 2017 at 10:10 pm

      Shukiriyaa dhaitha huredhaane mistake mistake bunedhineema ragalhu kuran ingenee alhu ganduge kuri erumakee kiyunheringe faadu kiyumaa hiyvaru

  14. Zuvanaa says:
    October 3, 2017 at 10:02 pm

    Mirey haadha kurey

    1. Adam says:
      October 3, 2017 at 10:13 pm

      Thanks zuvaanaa. Dhigu Koh liyevey tho v try kuran assu buxy kamun nulyeveny dhigu Koh Hama neyvaa nulive hure liyanee ey bunnas dhogakah nuvaane sorry kuru Koh Gene’s dheveythee

  15. Yal says:
    October 3, 2017 at 10:13 pm

    Reethi gothakee “vany”dho?Ethankolhu odu v ma bunely hama.story varah reethi keep going

    1. Adam says:
      October 3, 2017 at 10:32 pm

      Thanks yal reethi gothakee vanee vadhunee ves e ey Hama dhivehibahheh

  16. me says:
    October 3, 2017 at 10:25 pm

    there is no vadhuny in dhivehi language……. vany….. rangalhu goii hama bunely….. btw story hama varah reethi…… 😉

    1. Adam says:
      October 3, 2017 at 10:29 pm

      Hehe thanks me MAA Ava’s aruvaalaafa liyunneema vefa huri gothe ey gabaol kuran mistake kamah

  17. annoying reader says:
    October 3, 2017 at 10:30 pm

    finally varah reethi mi haaru story dhaa goiy, yes al thats the spirit salaamah vaa iru idhurys jalah fonuva. afeefa kaley moya vejjeh dhen guraidhu ah dhaan ulhey room ves ready 😀 adam thanks for the lovely story, waiting for the next part

    1. Adam says:
      October 4, 2017 at 1:17 pm

      Hehe thanks annoying reader good afeefage golhi Huss dhw ehenveema golhi Hama jahsadhineethee thanks amihla yah fihunu iloshi gandu lolah here kairei vee

  18. Lam says:
    October 3, 2017 at 10:38 pm

    Salhi..waiting..avahah upkohdeh chay ingey plx

    1. Adam says:
      October 3, 2017 at 10:42 pm

      Thanks lam insha allah maadhan rey up kuraanan

  19. Yum says:
    October 3, 2017 at 10:40 pm

    V reethi mi part ves waiting……?????????

    1. Adam says:
      October 4, 2017 at 3:12 pm

      Thanks yum

  20. khajja says:
    October 3, 2017 at 10:46 pm

    Wow masha allah ?? stry v v sperb vv interesting alhey afeefaa thihurihaa eh chekkiyanves kaley hama ladhunugannanytha?nooney ladhuhayaaiy kudamyhunves dhuniyeyga ulhey ekam thivaru myheh huredhaanekamah hiyennukuran?? kobaatha thikuraa namaadhaai alhukanthah hama evvarakavves jehilumennuveytha? Ohh alyaa ah dheragothevvumuge kurin vinaan ah alyaa fennaanegotheh hadhaidhybala. Thanks adam whn nxt prt avas kolladhechey plx gud nyt ly ???❤❤???????

    1. Adam says:
      October 4, 2017 at 3:17 pm

      Hehe afeefaa ehery moya vefa thanks khajja

  21. Addu manje says:
    October 3, 2017 at 11:00 pm

    Varah reethi mibaives.. ekm mi bai thankolheh kuruhen heevanee..nxt part miah vure dhigu koh genesdheyne kamah ummeedhu kuran..
    Finally Afeefa bust v dhw.
    Poor afeefa..????

    1. Adam says:
      October 3, 2017 at 11:15 pm

      Thanks addu manje abadhu afeefa ah molhu libigen nuvaaneh noon

  22. Mariyam Ubaid says:
    October 3, 2017 at 11:51 pm

    Varah Varah reeeethi

    1. Adam says:
      October 4, 2017 at 3:26 pm

      Thanks Mariyam ubaidha

  23. rym says:
    October 4, 2017 at 1:31 am

    v reethi

    1. Adam says:
      October 4, 2017 at 3:21 pm

      Thanks rym

  24. story addict says:
    October 4, 2017 at 3:16 pm

    please avahah next part…. can’t wait…

    1. Adam says:
      October 4, 2017 at 3:19 pm

      Hehe thanks story addict mirey up kuraanan insha allah

    2. Aki says:
      October 4, 2017 at 6:51 pm

      koba next part

    3. Adam says:
      October 5, 2017 at 11:14 am

      Wait Ali miadhu up kuraanan

  25. Afy says:
    October 4, 2017 at 7:50 pm

    Love koba next
    Nidhan araafa emme furathama ves mibeluny
    Rhehhehe

    1. Adam says:
      October 5, 2017 at 11:10 am

      Hehe thanks afy love miadhu up kuraanan reyga iyye ves reyga ves buxy kamun up nuvee sorry ingey

  26. Maurifa says:
    October 5, 2017 at 7:23 pm

    Nuvi kameh nuvy kamah balamaa
    Mee ihah dhuvahu up kuran buni vaahaka viyyyyyya

  27. Mona says:
    October 5, 2017 at 8:43 pm

    Koba vaahaka…miadhu nimi mirey ves feshifa miothy

Comments are closed.

Next Episodeޢެދެމޭ އުފާ…..(26)←


All Right Reserved!