
ޔުމްނާ ފިނިފެންމަލުން ވަސް ބަލާލަން އުޅެނިކޮށް އެމާ އޭނާއަތުން ދޫވެގެން ބިން މައްޗަށް ވެއްޓެން ދިޔައެވެ. އެއާއެކު މިޝާލް ހީވީ ފޫކޮޅަށް ކަށްޓެއް ހެރިގެން އުޅުނު މީހެއް ހެންނެވެ. އަވަސް ހަރަކާތަކާއެކު ގުދުވެފައި އޭނާ އެމާ ޔުމްނާއަށް ނަގައިދޭން އުޅުނެވެ. ނަމަވެސް އޭނާއަށް އެމަލުގެ ތަނޑީގައި ހިފުނު ވަގުތަކީ އާރިކްވެސް އެ މަލުގެ ތަނޑީގައި ހިފި ވަގުތެވެ. މިޝާލް ދެމުބަ ގޮށްޖަހާލަމުން އާރިކްގެ މޫނަށް ބަލާލިއެވެ. ލާނެތް ގޮތަކަށް ހިނިތުންވެލައިގެން ހުރި އާރިކް ފެނުމުން އޭނާއަށް ދަތްކުނޑި ވިކާލެވުނެވެ.
އަވަސް ހަރަކާތަކާއެކު މިޝާލް އެ ފިނިފެންމާ އާރިކް އަތުން ދަމައިގަތެވެ. އަދި ޔުމްނާ އަށް އެ މާ ދިއްކޮށްލިއެވެ.
“މިޝާލް އަތުގަ ބާއްވާ އިނގޭ ދެން ތި މާ. އަހަރެން މި ދަނީ ދެން ގޭތެރެއަށް.” ޔުމްނާ އެ މަލުގައި ހިފަން އިންކާރުކުރިއެވެ. އަދި އެހެން ބުނުމަށްފަހު އޭނާ އިން ބެންޗުން ތެދުވިއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ ގޭތެރެއަށް ވަދެގެން ދިޔަ މަންޒަރު ބަލަން އާރިކް އާއި މިޝާލް އިނެވެ.
ޔުމްނާ އެ މަލުގައި ނުހިފުމުން މިޝާލްގެ ހިތް ދެރަވިއެވެ. އޭނާ ދެބުމަ ގޮށްޖަހާލަމުން އެ މަލުގެ ފިޔަތައް ނޮޅާލިއެވެ. އާރިކް އެ މާ ދިން އިރު ޔުމްނާއަށް ހިފިއްޖެއެވެ. ނަމަވެސް އޭނާ ދިނުމުން ޔުމްނާ އެ މަލުގައި ހިފަން އިންކާރުކުރީ ކީއްވެގެން ހެއްޔެވެ؟
“ތި ލޯބި މަލަށް ކޮން ވަރެއް ތި ބާލަނީ؟” މިޝާލްގެ ހަރަކާތްތަކަށް ބަލަން އިން އާރިކް ލާނެތް ގޮތަކަށް އަހާލިއެވެ.
“ބުނަން! ކަލޭ އޭނައާ މާ ގާތް ވެގެން އުޅެންޏާ ބޮނޑިއެއް ލިބޭނެ!” އާރިކްއަށް ބަލާލަމުން މިޝާލް އެހެން ބުނެލީ ނުރައްކާތެރި ގޮތަކަށެވެ. އަދި އެއަށްފަހު އާރިކްއަށް ވާހަކަދައްކާނެ ފުރުސަތެއް ނުދީ އޭނާ ގޭތެރެއަށް ވަންނަން ދިޔައެވެ. އާރިކްވެސް އިރުކޮޅެއް ވަންދެން މިޝާލް ދިޔަދިމާއަށް ބަލަން ހުރެފައި އެގޭ ގޭޓާ ދިމާއަށް ހިނގައިގަތީ އެގެއިން ނިކުތުމަށެވެ.
** **
ބަދިގެތެރޭގެ ގޮނޑިއެއްގައި ޖުވައިރިޔާ އިންއިރު އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އަތުގައި އޮތް ސްމާޓް ފޯނަށެވެ. އުނދުންމަތީގައި ފިޔާ މީރުކުރަން ތެލި އުދާފައި ވީއިރު އޭނާ އޭގެ މަތިން އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ. އިރުކޮޅެއް ނުވެ ސީމާ ބަދިގެއަށް އައިސް އުނދުނާ ދިމާއަށް ދުވެފައި ކަހަލަ ގޮތަކަށް ދިޔައެވެ. އޭނާއަށް ފިޔާގަނޑު އަނދާ ވަސް ދުވީއެވެ.
“ދައްތާ! ފިޔާގަނޑު މިއޮއްގެން އެނދީނު؟” ސީމާ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އެއާއެކު ޖުވައިރިޔާ ސީމާއާ ދިމާއަށް ބަލާލީ ފާޑަކަށެވެ.
“އިންޓަރނެޓު ސްޕީޑް ހާދަ ސްލޯއޭ މިރަށުގަ.” ސީމާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޖުވައިރިޔާ ދެއްކީ މުޅިން އެހެން ވާހަކައެކެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިން ޖުވައިރިޔާއަށް ބަލާލަމުން ސީމާ ދެފަރާތަށް ބޯ ހޫރާލިއެވެ.
“ދައްތާ! އަހަރެން ވާހަކައެއް އަހައިލަންތަ؟” ތެލީގައިވާ އެއްޗެހި ހަލަމުން ސީމާ ވާހަކަދެއްކިއެވެ.
“އަހާބަލަ.” ފޯނަށް ގެއްލިފައި އިނދެ ޖުވައިރިޔާ ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ.
“އެހާ ގިނަ ދުވަހަށްފަހު އަޒްކާ އެ ފެނުނީ. އަޅެ ދައްތަ އަޒްކާ ދެކިލާކަށްވެސް ބޭނުމެއް ނުވޭތަ؟ ކީއްވެތަ އަޒްކާ ދެކިލަން ނުގޮސް ތިއުޅެނީ؟” ސީމާ އޭނާގެ ހިތުގައިވާ ސުވާލުކޮށްލިއެވެ. އެއާއެކު ޖުވައިރިޔާގެ ހަރަކާތްތައް މަޑުޖެހުނެވެ. އޭނާގެ ލޮލުގެ ކަޅި ދެކޮޅު ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔައިރު އޭނާ ގެންދިޔައީ ދައްކާނެ މޮޅު ވާހަކައަކާމެދު ވިސްނަމުންނެވެ.
“އަހަރެންނަށް އަޒްކާ ފެނިއްޖިއްޔާ އެނބުރި އަންނަން އުނދަގޫވާނެ. ރަޝީދު އަހަރެން ވަރިކުރީމަ އަހަރެން ކިހިނެއް އަޒްކާ ކައިރީގަ އުޅޭނީ؟” ޖުވައިރިޔާ އަވަސް އަވަހަށް ބުނެލިއެވެ. ސީމާއަށް އެ ވާހަކަ ޤަބޫލުކުރަން ދަތިވިއެވެ. ޖުވައިރިޔާގެ ބަނޑުން ވިހޭ ދަރިފުޅު އެ ފެނުނީ ފަސް އަހަރު ފަހުންނެވެ. ވީއިރު އެ ދަރިފުޅު ގައިގައި ލޯބިން ބައްދާނުލާހާ ހިނދަކު ޖުވައިރިޔާއަށް ހަމަޖެހިގެން ނިދޭ ބާވައޭ ސީމާގެ ހިތަށް އެރިއެވެ.
“އަސްލު ކީއްވެގެން ރަޝީދު ދައްތަ ވަރިކުރީ؟” ސީމާ އަހާލިއެވެ. އޭނާ އެތަށް ދުވަހެއްގެ މަތިން ތަކުރާރުކޮށް އެ ސުވާލު އެހި ނަމަވެސް ޖުވައިރިޔާގެ ކިބައިން އެދެވޭ ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
“ކިހާ ދެރަކަމެއްތަ؟ ދުވާލަކު ހައްސަ ފަހަރު ސީމާ ތި ސުވާލު މަށާ އެބަ ކުރޭ! ކިހިނެއްވީތަ؟ އެއީ މަގޭ އަމިއްލަ ދިރއުޅުމޭ! އެކަމާ ބެހޭގޮތުން ސުވާލު ނުކުރާށޭ ކިތަށް ފަހަރު ބުނެފިންތަ؟ އަނެއްކާ ކަލޭމެންނަށް އުނދަގުލީތަ މަ މިގޭގައި އުޅުނީމަ؟ އެހެންވެ ދޯ ތިއުޅެނީ؟ މަށާ ހެދި އުނދަގޫ ވާތީ!؟” ޖުވައިރިޔާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ. އަދި އެހެން ބުނުމަށްފަހު އޭނާ ބަދިގެއިން ނިކުމެގެން ދިޔައީ ސީމާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތިއެވެ.
ސިޓިންގްރޫމު ސޯފާގައި އިން އަޝްފާންގެ ލޮލުގައި ބަދިގެއިން ނިކުތް ޖުވައިރިޔާ އަޅައިގަތުމާއެކު އޭނާގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ބާރުބާރަށް ހިނގާފައި ދިޔައިރު ޖުވައިރިޔާ ދިޔައީ ދެފަރާތައް އަތް ހޫރުވަމުންނެވެ. ކޮޓަރިއަށް ވަދެ އޭނާ ބަން ލާފައި ދޮރު ޖެހި އަޑު މުޅި ގޭގައި ގުގުމާލިއެވެ. އެއަޑާއެކު އަޝްފާންއަށް މޫނަށް ގޮތެއް ހަދާލެވުނެވެ. ޖުވައިރިޔާގެ އެ ހުންނަ ގޮތަކުން އޭނާ މިހާރު ޖުވައިރިޔަ ދެކެ ފޫހިވެއެވެ.
“މަންމައާ އަރާރުންވީ ކަންނޭނގެ ދޯ؟” ގޭތެރެއަށް ވަދެގެން އައި ހާރޫން އަޝްފާންއަށް ދޯ ދެމުން ވާހަކަދެއްކިއެވެ. އެއާއެކު އަޝްފާން ހީލަމުން ބޯ ޖަހާލިއެވެ. ހާރޫން އައިސް އަޝްފާންއާ ޖެހިގެން އިން ސޯފާގައި އިށީނެވެ. އަދި ކުރިމަތީގައިވާ މޭޒުމަތީގައި އޮތް ރިމޯޓު ނަގައި ޓީވީ އަޅުވާލިއެވެ. އަޝްފާންވެސް ފޫހިކަމާއެކު ޓީވީއިން ދައްކަމުން ދިޔަ 2 ގެ ޚަބަރު ބަލަން އިނެވެ.
އިރުކޮޅެއް ފަހުން މީހަކު ސަލާން ގޮވާލި އަޑު އިވިގެން ދިޔައެވެ. ހާރޫން ޓީވީގެ އަޑު މަޑުކޮށްލަމުން ސަލާން ބަލައިގަތެވެ. އެއާއެކު އެ އަތޮޅު ފެރީގައި މަސައްކަތްކުރާ މީހެއް ކަމުގައިވާ، އެރަށު އާދަންފުޅު ގޭތެރެއަށް ވަދެގެން އައެވެ. އާދަންފުޅު އައިސް ހާރޫންއަށް ދިއްކޮށްލީ ސިޓީ އުރައެކެވެ. ހާރޫން އެ ސިޓީގައި ހިފީ މާބޮޑު ވިސްނުމަކާ ނުލައެވެ.
“މިއީ އުނގޫފާރުން ހާރޫނަށް އައި ސިޓީއެއް.” އާދަންފުޅު އެހެން ބުނުމާއެކު ހާރޫން ލޮލުގައިވާ ނަންބަރު އައިނު ހެޔޮވަރުކޮށްލަމުން އެ ސިޓީގެ ބޭރު ރަނގަޅަށް ކިޔާލިއެވެ. އެއާއެކު އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މުޅި މޫނުމަތިން އޮށްދާ ހިއްލަން ފެށިއެވެ. އާދަންފުޅަށް ޝުކުރު އަދާކުރުމަށްފަހު އޭނާ އަވަސް އަވަހަށް އެ ސިޓީ ހިފައިގެން ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. މިއޮއް ހުރިހާ އިރަކު ހާރޫންގެ ހަރަކާތްތަކަށް ބަލަން އިން އަޝްފާންއަށް ދެލޯ ހަނިކޮށްލެވުނީ ބައްޕައަށް އައި ބަދަލު ފެނިފައެވެ.
ހާރޫން ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. ހިނގާފައި ގޮސް އޭނާ އެނދުމަތީގައި އިށީންދެ، އަދިވެސް އެއްފަހަރު އެ ސިޓީގެ ބޭރަށް ނަޒަރު ހިންގާލިއެވެ. ތުރުތުރު އަޅާ އަތަކުން އޭނާ އެ ސިޓީ ކަނޑާލިއެވެ. އެތެރޭގައި އޮތީ ފަތްޖަހާފައިވާ ގަނޑެކެވެ. ހާރޫން އެ ގަނޑު ނިއުޅައި އެތެރޭގައިވާ އެއްޗެއް ކިޔަން ފެށިއެވެ. ސިޓީ ކިޔަމުން ދިޔައިރު ހާރޫންގެ ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. ލިބިގެން ދިޔަ ޚަބަރަކުން އޭނާގެ ހިތް ކުދިކުދި ވެގެން ދިޔަ ކަހަލައެވެ.
** **
ޑްރެސިންގް ޓޭބަލް ކުރިމަތީގައި އިން ނަސްރީންގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. އެއްއަތުން ފޯނު ކަންފަތުގައި ޖައްސައިގެން އިންއިރު އޭނާ ގެންދިޔައީ އަނެއް އަތުން އިސްތަށިގަނޑުގައި ފުނާއަޅަމުންނެވެ. ލާފައިވާ އަތް ކުރު ޓީޝާޓުގެ ސަބަބުން ނަސްރީންގެ ދޮން ދެއަތް އޮތީ ހާމައަށެވެ.
“އަހަންނަކަށް ނޭނގެ ދެން ހަދަންވީ ގޮތެއް. އެ ސުންޕާގަނޑު ދަރިއެއް ހޯދަން އެއުޅެނީވެސް ހަމަ ފަރީދުގެ މުދާގަނޑު ހޯދަންކަން މަށަށް އެނގެއޭ!” ނަސްރީން ހިތްހަމަނުޖެހިފައި ދައްކަމުން ދިޔައީ ޔުމްނާގެ ވާހަކައެވެ. ޔުމްނާ ފަރީދުގެ ދަރިއަކަށް ބަނޑުބޮޑުކަން އެނގުނު ހިސާބުން ފެށިގެން ނަސްރީންގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ.
“ކިހިނެއްތަ އޭނާ މިގެއިން ބޭރުކުރެވޭނީ ވެސް؟ އޭނަ ބަނޑުބޮޑުކަން އެނގުނު ހިސާބުން ފެށިގެން ފަރީދު އޭނަ ދެކެ މާ ލޯބިވާހެން އަހަންނަށް ހީވަނީ. ހަމަ ތެދެއް، އޭނަ އަހަރެމެންގެ ދިރިއުޅުން ހަލާކުކޮށްފި!” ނަސްރީން މުއްކެވި އަތުން ޑްރެސިންގް ޓޭބަލްގައި ބާރަކަށް ޖަހާލަމުން ބުނެލިއެވެ. އެއާއެކު މޭޒުމަތީގައި ބަހައްޓާފައިވާ އެއްޗެއްސަށް ލޮޅުމެއް އަރައިގެން ދިޔައެވެ.
“ކާކު އަހަރެމެންގެ ދިރިއުޅުން ހަލާކުކޮށްލީ؟” މިޝާލްގެ އަޑަށް ނަސްރީން ސިހިފައި ފޯނު ބޭއްވިއެވެ. އޭރު ދޮރު ކުރިމަތީގައި ދެ ޖީބަށް އަތް ޖަހާލައިގެން މިޝާލް ހުއްޓެވެ.
“ދަރިފުޅާ. ތި ދޮރު ލައްޕާފަ އާދެބަލަ މިކޮޅަށް.” ނަސްރީން އެހެން ބުނުމުން މިޝާލް މަޑު ހިނގުމެއްގައި އައިސް އެ ކޮޓަރީގައިވާ ސޯފާގޮނޑިތަކުގައި ހަމަޖެހިލައިގެން އިށީނެވެ. ނަސްރީންވެސް ޑްރެސިންގް ޓޭބަލް ދޮށުން ތެދުވެގެން އައިސް މިޝާލް ގާތުގައި އިށީންދެ ވާހަކަ ދައްކަން ފެށިއެވެ.
“މަންމަ މި ދައްކަނީ އެ ޔުމްނާގެ ވާހަކަ. ދަރިފުޅަށް ނުވިސްނުނަސް، އޭނަ ބައްޕައާ އިނދެގެން އެއުޅެނީ ލާރިތަކުގެ ބޭނުމުގައިކަން މަންމައަށް އެނގެއޭ. އަނެއްކާ މިހާރު އޭނަ ބަނޑުބޮޑު. ކިހިނެއް އެނގެނީ ބައްޕަގެ ބޮލަށް އެރިގެން އޭނަ ބައްޕަގެ ހުރިހާ މުދާތައް އޭނާގެ ދަރިއަށް ލިބޭގޮތް ނުހަދާނެކަމެއް؟ އޭރުން އަހަރެމެން ބިކަވާނީ!” ނަސްރީން ބުނެލިއެވެ. އޭނާ ބޭނުންވީ މިޝާލްގެ ހިތުގައިވެސް ޔުމްނާއާ މެދު ނަފުރަތު އުފައްދާށެވެ. މިޝްކާ ފަސޭހައިން ހައްލާނުލެވުނަސް މިޝާލްގެ ބޮލަށް އެރުމަކީ އޭނާއަށް އެހާ އުނދަގޫ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.
“ދޮންމަމް އެފަދަ ގޮތަކަށް ހަދައިފާނެތަ މަންމާ؟ އަހަންނަކަށް ހިޔެއްނުވެ..” ނަސްރީން ދެއްކި ވާހަކައާމެދު ފުންކޮށް ވިސްނާލަމުން މިޝާލް ބުނެލިއެވެ.
“ބޭރުފުށުން ހެޔޮވެގެން އުޅޭކަމަށް ދެއްކިޔަސް، އޭނާ އަކީ ހުރިގޮތަށް ހުރި މަކަރުވެރިއެއް!” ނަސްރީން ދެބުމަ ގޮށް ޖަހާލަމުން ބުނެލިއެވެ.
“އެކަމަކު މަންމާ. އަހަރެން ކިހިނެއް ޔުމްނާއަށް ނަފުރަތު ކުރާނީ؟ އަހަރެން ޔުމްނާ ދެކެ ވަރަށް ވަރަށް ލޯބިވެޔޭ. އަހަންނަށް ޔުމްނާ ކަމުދެޔޭ.” މިޝާލް އެހެން ބުނުމުން ނަސްރީންއަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި އެތިގަނޑަކުން ޖެހިހެންނެވެ. އޭނާ މިޝާލްއަށް ބަލާލީ ޤަބޫލުކުރަން ދަތިވެފައި އިނދެއެވެ.
“އެ ދުވަހު…. ކުއްޖަކު ދެކެ ލޯބިވެޔޭ ބުނީ…. އެ ދުވަހު ދެއްކީ ޔުމްނާގެ ވާހަކަތަ؟” ނަސްރީން ދެލޯ ބޮޑުކޮށްލަމުން އަހާލިއެވެ. މިޝާލް ބޯ ޖަހާލުމާއެކު ނަސްރީން ދެފަރާތައް ބޯ ހޫރަން ފެށިއެވެ.
“މިޝާލް މޮޔަވީތަ؟ އެއީ މިޝާލްގެ މަންމަގެ މަޤާމުގަ އިން މީހެކޭ!” ނަސްރީން މިޝާލްގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ބުނެލިއެވެ.
“އެކަމަކު އޭނަ އަހަންނަށްވުރެ ކުޑައޭ މަންމާ. ހަމަ ލޯބިވެވިދާނެ ދޯ!” މިޝާލް ބުނެލިއެވެ.
“ލޯބިވިޔަސް މިޝާލްއަށް އެ އަންހެނާއެއް ދުވަހަކުވެސް ނުލިބޭނެ. އެހެންވީމަ ތި ޚިޔާލު އެއްކޮށް ދޫކޮށްލާ!” ނަސްރީން ނުރުހިފައި ބުނެލިއެވެ.
“ކީއްވެތަ މަންމާ؟ ހަމަ އަހަންނަށް ކޮންމެވެސް ދުވަހަކުން ޔުމްނާގެ ލޯބި ލިބިދާނެއެއްނު؟ އަހަރެން އެ ލޯތްބަށް އިންތިޒާރު ކުރާނަމޭ.. ހެޔޮ ބައްޕަ މަރުވަންދެން އިންތިޒާރު ކުރަން ޖެހުނަސް.” މިޝާލް އިނީ ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އޭނާ ޔުމްނާ ދެކެ އެއަށްވުރެ ބޮޑަށް ލޯބިވެއެވެ.
“އެހެނެއްނޫނޭ މަންމަ މި ބުނީކީ! ދުވަހަކުވެސް މިޝާލްއާ ޔުމްނާ ކައިވެނިކުރުން ހަލާލެއް ނުވާނެ. ބައްޕަ އިން މީހުންނާ ކައިވެނި ހަރާމްވާނެ! ވިސްނާލަބަލަ ރަނގަޅަށް!” ނަސްރީން އެހެން ބުނުމާއެކު މިޝާލްގެ ހަރަކާތްތައް ގަނޑުވިއެވެ. ނަސްރީން ދެއްކި ވާހަކައާމެދު އޭނާއަށް ވިސްނާލެވުނީ އަދިކިރިޔާއެވެ. ނަސްރީން އެބުނީ ތެދެއްކަން އޭނާއަށް އެނގުނު ހިނދު އޭނާއަށް މުޅި ދުނިޔެ އެނބުރިގަތް ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. ޤަބޫލުނުކުރަން އުޅޭ ފަދަ ގޮތަކަށް އޭނާ ދެފަރާތަށް ބޯ ހޫރަން ފެށިއެވެ.
“މަންމާ.. ދެން އަހަރެން ކިހިނެއް ހަދާނީ..؟” މިޝާލް ރިހުން އެކުލެވިގެންވާ އަޑަކުން އަހާލިއެވެ. އޭރު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ކަރުނަތައް އޭގެ މަޤާމް ދޫކޮށް ފައިބައިގަތީ އިރުކޮޅެއް ފަހުންނެވެ. އޭނާއަށް ވެފައިވާ ވަރު ފެނި ނަސްރީން މިޝާލްގެ ގައިގައި ބައްދާލިއެވެ. ނަސްރީންގެ ހަށިގަނޑުގައި އޮޅުލައިގެން އިނދެ މިޝާލް ގިސްލަގިސްލާފައި ރޮމުން ގެންދިޔައީ ކުޑަ ކުއްޖެއް ފަދައިންނެވެ.
** **
އެނދުގެ ފަޑީގައި ލެނގިލައިގެން އިން ޔުމްނާގެ މޫނުމަތިން އޭނާ ކޮންމެވެސް ކަމަކާ ފިކުރުކުރާކަން ހާމަވެއެވެ. ކުރުގެޅިގެން ދެފައި މޭގައި ޖައްސައިގެން އިން އިރު އޭނާގެ ނަޒަރު ހުއްޓިފައިވީ މައްޗަށެވެ. މަޑު ފިޔާތޮށި ކުލައިގެ ދެތުންފަތް ކުޑަކޮށް ދުރުވެލާފައި ވިއެވެ. ކޮޓަރީގައި އޭސީގެ ފިނިކަން ހިފާލާފައި ވީއިރު އެތަނުގައިވާ މޭޒެއްގެ މަތީގައި ރީތިކޮށް ފަރުމާކޮށްފައިވާ ބިއްލޫރި ވާސްއެއްވިއެވެ. އެ ވާސްތެރޭގައި ވަނީ ތަޒާ އޯކިޑް މަލުގެ މާގަނޑެކެވެ. މުޅި ކޮޓަރިތެރެ އެއްވަސްކޮށްލާފައި ވަނީ އެ މާތަކުގެ ހިތްގައިމު ލުއިލުއި މީރުވަހުންނެވެ.
“މަންމާ… އަހަރެން ކިހިނެއް ހަދާނީ؟” ރިހުން އެކުލެވިގެންވާ އަޑަކުން ޔުމްނާ ވާހަކަދެއްކިއެވެ. އެވަގުތު އޭނާ ބޭނުންވީ އާބިދާގެ ގާތަށް ދާށެވެ. އާބިދާގެ އުނގުގައި ބޯ އަޅާލައިގެން ހިތްފުރޭވަރަށް ރޮއިލާށެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތު ލިބޭކަށް ނެތެވެ. މާލެ އައި ފަހުން އޭނާއަށް އާބިދާގެ އެއްވެސް ޚަބަރެއް ނުވެއެވެ.
ޔުމްނާގެ ދެލޮލުން ރޮނގަކަށް ކަރުނަ ފައިބަން ފެށުމުން އޭނާ ދެލޯ މަރާ ފިއްތާލިއެވެ. އޭރުވެސް އޭނާގެ ބޯ އެސްފިޔަތައް ފޫދުއްވާފައި ކަރުނަތައް އޮހެމުން ދިޔައެވެ. މޭގައި އަތް އަޅާލައިގެން އިނދެ އޭނާ ގިސްލަމުން ދިޔައިރު އެ މަންޒަރު ފެންނަ ކޮންމެ އިންސާނެއްގެ ހިތަށްވެސް އަސަރުކުރާނެކަން ޔަޤީނެވެ.
އެކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް ޔުމްނާ ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް އޭނާ ދެލޮލުން ފޭބި ކަރުނަތައް ފުހެލަމުން ހަމަޖެހެން މަސައްކަތްކުރިއެވެ.
“ވަދޭ!” ޔުމްނާ އެހެން ގޮވާލުމާއެކު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އެތެރެއަށް ވަތް އާލިމާ ފެނުމުން ޔުމްނާ ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. އާލިމާ އައިސް ޔުމްނާއާ ދާދި ގާތުގައި އިށީންނަމުން ޔުމްނާގެ ބޮލުގައި ފިރުމާލިއެވެ.
“މިޔަދު ކާކަށްވެސް ނުނިކުންނަމެއްނު؟ މާ ބޮޑަށް ބަލީތަ؟” އާލިމާ ލޯތްބާއެކު އަހާލިއެވެ.
“ހުމްމް.. ދޭތެރެ ދޭތެރެއިން ބޮލަށް އެނބުރުން އަރާ.. ވަރަށް އުނދަގޫވޭ..” ޔުމްނާ މަޑުމަޑުން ބުނެލިއެވެ.
“އެއީ ފުރަތަމަ ދުވަސްކޮޅުވީމަ. ބަނޑަށް ފަސް މަސް ހަމަސް ވަރު ވީމަ ތި ކަހަލަ އުނދަގޫތަށް ފިލައިފާނެ..” އާލިމާ ޔުމްނާއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ.
“އެކަމަކު ކައިގެން ހުންނަށްޗޭ އިނގޭ.. މިހާރު ޔުމްނާ ޖެހޭނެ ބަނޑުގައިވާ ދަރިފުޅާ މެދުވެސް ވިސްނަން. އެ ދަރިފުޅުގެ ސިއްހަތާ މެދު..” އާލިމާ އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ.
“އަހަރެން ހުންނަނީ ކައިގެންނޭ އާލިމައްތާ.. ފަރީދު ބަހައްޓަނީ އަހަންނަށް މީރުހެން ހީވާ އެއްޗެހި ގެނަސްފަ.” ޔުމްނާ އެހެން ބުނެފައި އެނދާއި ޖެހިގެން ހުރި ސައިޑް ޓޭބަލް ދައްކާލިއެވެ. އާލިމާ އެދިމާއަށް ބަލާލިއެވެ. ތެދެކެވެ. އެ މޭޒުމަތީގައިވާ ވަށިގަނޑުގައި އާފަލާއި، މޭބިސްކަދުރާއި ދޮންކެޔޮ ފަދަ މޭވާތައް ވިއެވެ.
“ދެން އަރާމުކޮށްލާ އިނގޭ.. ކަމެއް ބޭނުން ވެއްޖިއްޔާ ލަސް ނުކޮށް އާލިމައްތަ ގާތު ބުނައްޗޭ..” އާލިމާ އެހެން ބުނުމާއެކު ޔުމްނާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. މަޑު ހިނގުމެއްގައި އާލިމާ އެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
އާލިމާ ދިއުމާއެކު ޔުމްނާ އެނދުގައި ހަމަޖެހިގެން އޮށޯވެލިއެވެ. ބާލީހުގައި ބައްދާލައިގެން އޮވެ އޭނާ ދެލޯ މަރާލި ނަމަވެސް ނިދި ވަނީ އޭނާއާ އެތަށް ހާސް މޭލެއް ދުރުގައެވެ. އިރުކޮޅެއްފަހުން އެ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވިގެން ދިޔައެވެ. ކިތަންމެ މަޑުން ހުޅުވުނު ނަމަވެސް އެއަޑާއެކު ޔުމްނާގެ ދެލޯ ހުޅުވިގެން ދިޔައެވެ. ފަރީދު އައީކަން އެނގުމާއެކު އޭނާ ތެދުވެ އަނެއް ފަރާތަށް އެނބުރެން މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ ކުރިން ބާރުގަދަ އަތަކުން އޭނާގެ އަނގަމަތީގައި އަތް އަޅައިފިއެވެ.
“ޝްޝްޝް.. ހަޅޭނުލަވައްޗޭ..” އެމީހާގެ އަޑާއެކު ޔުމްނާގެ ގައިގައިވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. އެމީހާ އޭނާގެ އަނގަމަތިން އަތް ނެގުމާކު ޔުމްނާ އަވަސް ނޭވާތަކެއް ލަމުން އެދިމާ ބަލާލިއެވެ. އެއީ ކާކުކަން އެނގުމާއެކު ޔުމްނާއަށް ދެބުމަ ގޮށްޖަހާލެވުނެވެ.
(ނުނިމޭ)
42 Comments!
Comments are closed.
Hey guys. Ummeedhu kuran mipart ves kamudhaane kamah 🙂
And Liaa v gina faharu bunefa innaanee ANDHIRIFARAAI vaahakaige Season2 mi story nimuneema genas dheynamey.. 🙂
Next part on FRIDAY!
Loves <3
Kaakubaa kaakubaa? Kaakubaa yumna ge room ah vanee??
liaa mihaaru comments ah reply ves nukurey :C!!!
Me first .yayyyy
Friday haadha lahey dhoonyaa ???
Maa kuru up vaaleh ves maa las
Alhey liaa friday ah vuren avaheh nuvaanetha
Mishalhen heevanee ? Alhe komme dhuvahaku prteh genesdhey nama
Mi dhen vaahaka genesdhey goiy tha? Miyahthuren ekkoh liyefa knme duhuku genesba!! Mi part kii iru midhiya part handhainneh! Ehaa sulowww!!! Adhi ehaa lahun genna iru es ehaa kuru!! ?? swrii to say thxx!
Wow!nice liaa plx change the days plx plx change ????????
Aee aarik dhoooo
Liaa. Alhe Friday ah vureh thankolheh kurin nugenesdheveyne tha? Mi part v kuru. Mihaaru vaaahaka genesdhenee kurukoh kan faahaga kurevey. Kurukoh genes dhinas thankolheh avahah genesdhenya okay. Hope you will think about this. ?
Masha Allah v reethi mi part ves, alhey kihineh thihedhee, can’t wait for Friday, dhen abadhu hithuga ohnaanee kihineh baaey vaanee
Reethi ❤❤
Vahaka v reethi…
Ekm liaa v fake..up vaaleh lasvefa, genesdheny vx ehaa kurkoh…
Friday ey… eyrun haadha lahey dhw
Mi part ves hama varah reethi..?
Heevany mishaal hen e vany?
Waitingss ❤❤❤
yumna dad Dho eayeee hyvany ehen
Varah reethi vahaka eh.. waiting4 next part.. ?
Mi part ves hama kamudheyeyrr Liaa.hama superrrb. dhen oiy part kiyaa hithun moyavey eba. :=D
vaahaka varah reethi but haadha lahun ey story up kurany please story avaha up kohdeeba .
asluves varah lahun story up kurany……
Konmme dhuvahaku part eh update kohbba… Maa las vany mihaaru..
eulhey Mishaal gandu dho evenay Yumna ge room ah!!! varah heevay eynaa hen!!?????
Waiting for the next part!!???
nice
Hey guys! Liaa v balikoh miulhenii.. So miyadhu hiyeh nuvey up kohla dheveyne heneh. Hope u guys will understand.. Rangalhuveehaa avahakah next part genasdheynan 🙁
Alheyyy..aarik aai yumna gulhuvadhyba plxx..e dhemyhun v loabi❤
Get well soon, Liaa! ??
Alheyyr. Liaa baliveetha? Gws darling ?
Get Well Soon liaa Darling.
alhey get well soon liaa.. ekam avhah up kohladhehchey
Ep 23 Up vaany kon irakun ?
nuvaane up eh meen zamaanakun ves 😛
not only liaa but mi site ga vaahaka liyaa gina kudhin hunany bali vefa mihaaraka aissa and thats the reason vaahaka nuliyevey kamuge. anyways gws liaa
Vaahaka eha gina dhuvas kohfa update kuraa iru kiyun therin eha inthizaaru ga baithibaafa dhuvas aema mi bunany Bali v ey kameh kuraa iru kuran vaani ekan rangalhah kurewenya Hama update kura dhuvas ais jehunyma balivefa mi vaahaka eha madhun update kuraa iruves huhnany warah kurukoh update kohfa thi gothah kanthah kurewenya vaahaka kiya hithun kiya kuliutherin ves warah foohi vaane vaahaka kiyan mikanthah thah rangalhu kohlun edhen ok balives vedhaane tha dho anyways getwellsoon ?
Alhey liaa……friday vess faaithuve dhiyaee….saturday vess dhiyaee….dhn ais sunday ah vy iruvess vaahaka update eh nuveyy….haadha kiyaa hithunney mi hunnany…..ekam vaahakaige aneh bai handhaan nethey iru vess vaahaka update eh nuveyy… dhn adhi update kuraa part thah vess hama ehaa kuru……plx…ethankolhu rangalhu kohdheeba…..ehen vaahaka thah vess eba libey dhe dhuvahun eh dhuvahu…..???
Liya varah kada.heevanee baliveemahvure bodah fakehhen e ee jahsaa .foohivejje mivaahaka kiyan feshuneethives
same
Liaa adhi kithah dhuvas vaane tha
Dhn bunaanee aahsa reethi vaahakaeh ?
liaa dhen mi vaahaka mihisaabun nimaaly aa ves buneba eyrun dho ingeyny wait nukuraan…..
Liaaa konmes ehchekey bune bala haadha inthizaary ekey mikure veny
Kada meeheh mi vaahaka miliyaanamey hithaa ulhenee nuvanyaa kuran noolhebala