ދެންފެނުނީ އަދިކުރިއަށްވުރެވެސް ހައިރާާންކުރުވަނިވި މަންޒަރެކެވެ. އެހިސާބުން ކުޑަކުޑަ ވައިރޯޅިއެއްހެން ފަތްތައް އެނބުރެމުން މައްޗަށް އަރަން ފެށިއެވެ. މަލާކަށް ދެލޯބޮޑުކޮށްލެވުނެވެ. ފަތްތައް ވަކިހިސާބަކަށް އެރުމަށްފަހު މުޅިތަނަށް ވިހުރިގެންދިޔައެވެ. އެއާއެކު ފަތްތައް އެރިދިމާލުގެ ބިންމަތީގައި އޮތް ފެހިކުލައިގެ ބަނޑޭރިގަނޑެއްލީ ފޮތެއް މަލާކްގެ ލޮލުގައި އަޅައިގަތެވެ. އެއީ ކޮންފޮތެއްބާވައެވެ؟
އިރުކޮޅަކު އެފޮތާ ދިމާއަށް ބަލަން ހުރުމަށްފަހު މަލާކް ހިނގައިގަތެވެ. ކުޑަކޮށް ގުދުވެލުމަށްފަހު އެފޮތް ނަގައި ހައިރާންކަމާއެކު އޭގެއަށް ބަލަމުން ދިޔައެެވެ. ފޮތް ހުޅުވައިލީ އެއީ ކޮންކަހަލަ ފޮތެއްތޯ ބަލައިލުމުގެ ނިޔަތުގައެވެ. ނަމަވެސް ހުޅުވިގެންދިޔަ ފޮތާއެކު މަލާކްގެ ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ފޮތުގެ ފުރަތަމަ ގަނޑުގައި އެވަނީ އޭނާއަށް ވަލުތެރެއިން ފެންނަ ގޮތްނޭނގޭ އަންހެންކުއްޖާގެ ފޮޓޮއެކެވެ. މަލާކަށް އެފޮޓޯގަނޑުގައި ބޭއިޚުތިޔާރުގައި އަތްކާތައިލެވުނެވެ.
ފޮޓޯގެ ތިރީގައި ލިޔެފައިވާ ނަން މަލާކްގެ ލޮލުގައި އަޅައިގަތީ މާފަހުންނެވެ. “މަރިޔަމް ރަންޔާ.” މަލާކަށް މަޑުމަޑުން އެނަން ކިޔައިލެވުނެވެ. އެއާއެކު މަލާކްގެ ސިކުނޑީގައި އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. މިއީ ކާކުބާވައެވެ؟ އެފޮތް މިތަނަށް އައީ ކިހިނެއްހެއްޔެވެ؟ އޭނާއަށް އެފޮތް ފެންނަންވީ ކީއްވެ ހެއްޔެވެ؟ މަލާކަށް ކުޑައިރުކޮޅަކު ވިސްނައިލަން އިނދެވުނެވެ.
ފޮތުގެ ދެންހުރި ގަނޑުތައް ބަލައިލުމުން އެއީ ޑައިރީއެއްކަން މަލާކަށް އެނގުނެވެ. މަޑުމަޑުން ފޮތް ހިފައިގެން މަލާކް ތެދުވެ ހިންދެމިލިއެވެ. މެޔާލައި ފޮތް ބާރުކޮށްލަމުން އެނބުރި ގެއާދިމާއަށް ދިއުމަށްޓަކައި އެހަނިމަގުން މަލާކް ހިނގައިގަތެވެ.
ގެއަށްދިޔައިރު އަދި އައިދުން ގެއަށް ނާންނަކަން އެނގުމުން މަލާކް ދިޔައީ ކޮޓަރިއަށެވެ. މިރަށަށް އައުމަށްފަހު ހިނގައިދިޔަ އެއްވެސް އާދަޔާާ ޚިލާފުކަމެއްގެ ވާހަކައެއް މަލާކް އެކަކުގާތަކުވެސް ނުބުނެއެވެ.ޚުދު އޭނާގެ އަމިއްލަ ފިރިމީހާއަށްވެސް އެހުރިހައި ކަމެއްވަނީ ސިއްރުކުރެވިފައެވެެ. އެއްވެސް މީހަކު އޭނާގެ ވާހަކަ ގަބޫލުނުކޮށްފާނެތީ މަލާކް އެކަން ސިއްރުކުރީއެވެ.
އެނދުމަތީ ހަމަޖެހިލުމަށްފަހު މަލާކް އެފޮތް ހުޅުވައިލިއެވެ. އަނެއްކާވެސް އެފޮޓޮއަށް މަލާކްގެ ނަޒަރު ހުއްޓުނެވެ. ރަންޔާއަކީ ކިތަންމެހައިވެސް ރީތި ކުއްޖެކެވެ. ފިރިހެނުންގެ ހިތްްތައް ލަންބުވައިލާފަދަ އެތައް ސިފައެއް އެއަންހެންކުއްޖާގެ ކިބައިގައި އެބަހުއްޓެވެ. ފޮޓޮއަށްބަލަން އިރުކޮޅަކު އިނުމަށްފަހު މަލާކް ދެންޖެހިގެންއިން ސޮފުހާއަށް އެއްލިއެވެ. އަދި އެސޮފުހާގައި ރީތި ތާނައަކުރުން ލިޔެފައިވާ ލިޔުންކޮޅު ކިޔަން ފެށިއެވެ.
** ** ** **
3 ޑިސެމްބަރ 2013
އެކުވެރިޔާއެވެ. މިއަދު އަހަރެން މިއިނީ ނިކަން އުފާވެފައެވެ. އެނގޭހެއްޔެވެ؟ މިއަދުމީ އަހަރެންނަށް 16 އަހަރު ފުރުނުދުވަހެވެ. އަހަރެންގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ބައްޕަ އަހަރެންނަށް ގެނެސްދިނީ ތިޔަ އެކުވެރިޔާއެވެ. އެނގޭހެއްޔެވެ؟ އެއްދުވަހަކު ފިހާރައިން ތިޔަ އެކުވެރިޔާާ ފެނިގެން އަހަރެން ނިކަން ބޭނުންވެގެން އުޅުނީމެވެ. ނަމަވެސް ބައްޕަ އަތުގައި އެވަގުތު ފައިސާނެތުމުން އަހަރެންނަށް ގަނެނުދެވުނީއެވެ.
އެހެނަސް މިއަދު ބައްޕައަށް އައު ވަޒީފާއެއް ލިބުނީ ކަމުގައި ބައްޕަ ބުންޏެވެ. ކޮންވަޒީފާއެއްކަން ބުނަންހެއްޔެވެ؟ މިރަށުގައި ހުންނަ އެންމެ ރީތި އަދި އެންމެ ބޮޑުގޭގައި ކައްކާއެއްގެ ވަޒީފާއެވެ. ބައްޕަ އަކީ އަބަދީއްސުރެވެސް ކެއްކުމުގައި މާހިރެކެވެ. އެމީހުން ބައްޕައަށް އެވަޒީފާ ދީފައި އެޑްވާންސްކޮށް މުސާރައިގެ އެއްބައި ދިނީކަމުގައި ބައްޕަ ބުންޏެވެ. އަދި މިވަޒީފާއިން ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ވާހަކަ ބައްޕަ ބުނުމުން އަހަރެން ވަރަށް އުފާވިއެވެ. އެގެއަކީ ވަރަށް ރީތި ގެއެކެވެ. އެކަހަލަ ގެއެއްގައި އުޅެލަން ލިބޭނޭނަމައޭ އަހަރެންގެ ހިތަށްވެސް އަރައެވެ. އެނގޭހެއްޔެވެ؟ އެގޭގެ ވެރިމީހާއަކީ ވަރަށް ރީތި ވަރަށް ޒުވާން މީހެއްކަމުގައި ބުނާތީ އަޑުއަހަމެވެ. ނަމަކީ އައިދުން އެވެ. އައިދުން އުޅެނީ އޭނާގެ އެކުވެރިންތަކަކާއެކު ޗުއްޓީހޭދަކޮށްލަން މިރަށަށް އައިސްގެންނޭ ބައްޕަ ބުންޏެވެ. އެކަމަކު އަހަރެން އަދި އެބުނާ އައިދުންއެއް ނުދެކެމެވެ.
އަހަރެންނަކީ ވަރަށް ބޮޑު އެކަނިވެރިއަކީމެވެ. އާާއިލާގައި އަހަރެންނާއި ބައްޕަގެ އިތުރުން ދެން އެއްވެސް މީހަކު ނުހުރެއެވެ.އަހަރެން ޅަފަތުގައި މަންމަވެސް ވަނީ ނިޔާވެފައެވެ. އެންމެ ކުޑައިރުއްސުރެ އަހަރެން ބަލައި ބޮޑުކުރީ އަހަރެންގެ ލޯބިވާ ބައްޕައެވެ. ބައްޕަގެ ބުރަމަސައްކަތުން އަހަރެން ހެޔޮލަފާ ދަރިއެއްގެ ގޮތުގައި ބޮޑުކޮށްފިއެވެ. އެބައްޕައާމެދު އަހަރެން ހާދަ ފަޚުރުވެރިވެއެވެ.
އަހަރެންގެ އެހައި ގިނަ އެކުވެރިންނެއް ނުތިބެއެވެ. ގިނަވަގުތު ގޭގައި ހޭދަކުރާތީ ކަމަށްވެސް ވެދާނެއެވެ. އެހެންކަމުން އަހަރެންގެ އިހުސާސްތައް މިގޮތަށް ހިއްސާކުރާނެ ބައިވެރިއަކު ނެތެވެ. ތިޔައެކުވެރިޔާއަށް އަހަރެން ބޭނުންވީ މިސަބަބަށްޓަކައެވެ. މިކިޔައިދިނީ އަހަރެންގެ ދިރިއުޅުމުގެ ވާހަކަތަކެވެ. އިރާާދަކުރެއްވިއްޔާ އަހަރެންގެ އިހުސާސްތައް މިފަދައިން ތިޔައެކުވެރިޔާއާ ހިއްސާކުރެވޭތޯ ބަލާނަމެވެ.
6 ޑިސެމްބަރ 2013
ބައްޕަހުންނަނީ އެވަޒީފާއާމެދު ވަރަށް ހިތްހަމަޖެހިފައެވެ. މިތަންފެނި އަހަރެންވެސް ވަރަށް ހިތްހަމަޖެހެއެވެ. ބައްޕަ ބުނިގޮތުގައި އެގޭގެ ވެރިފަރާތަކީ ވަރަށް ބޮޑާ އަދި އެހާމެ ފޮނި މީހެކެވެ. އޭނާގެ ރީތިކަމުންނާއި މުއްސަނދިކަމުން ފޮނިވަނީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެމީހާ ބައްޕައަށް ވަރަށް ރަނގަޅުކަމުގައި ބައްޕަ ބުންޏެވެ. އަހަރެންގެ ބައްޕައަށް ދެރައެެއް ނުދޭނަމަ އެވަރުން އަހަރެންނަށް ފުދެއެވެ.
އަހަރެންނަކީ އެކިވައްތަރުގެ ޖަނަވާރާއި ދޫނިފަދަ ތަކެއްޗަށް ނިކަންލޯބިކުރާ ކުއްޖަކީމެވެ. އެހެންވެ އަހަރެންނަށް ބައްޕަވަނީ ވަރަށްކުރިން ދެގުރާ ގެނެސްދީފައެވެ. އެތަކެއްޗަށް ކާންދީ ބަލަހައްޓައި ހަދަނީ އަހަރެންނެވެ. ފޫހިވެއްޖެނަމަ އަހަރެން ގިނަވަގުތު ހޭދަކުރަނީ ގުރާ ކޮށި ކައިރީގައެވެ.
އެނގޭހެއްޔެވެ؟ އެވަޒީފާގެ ގޮތުން ރޭގަނޑުގައިވެސް ބައްޕަ އެގެއަށް ދާންޖެހެއެވެ. އެގޮތަށް ދާރޭރޭގައި އަހަރެން ގެންދަން ބައްޕަ ވަރަށް އުޅެއެވެ. އަންހެންކުއްޖަކަށް ވެފައި އެކަނި ބައިންދާފައި ދާން ނުކެރޭނެކަމަށް ބުނެއެވެ. އެހެނަސް ގަދަހަދާފައި ކޮންމެ ރެއަކުވެސް އަހަރެން ގޭގައި މަޑުކުރަނީއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެގެއަށްދާން އަހަރެން ހަމަ ޖެހިލުންވަނީއެވެ.
އަހަރެން ކޮންމެ ރެއަކު އެގޮތަށް ކަންތައްކުރާތީ ބައްޕަ ހުންނަނީ އެކަމާ ވަރަށް ދެރަވެފައެވެ. ބައްޕަގެ މިލާފައިވާ މޫނު ފެނުމުން އަހަރެން ވަރަށް ދެރަވެއެވެ. އަހަރެންގެ ސަބަބުން ބައްޕަ ކަންބޮޑުވާވަރު ފެނުމުން ހިތުގައިޖެހުނެވެ. އެގެއަށް ދިއުމަށްފަހުވެސް އިރުއިރުކޮޅުން ބައްޕަ އަހަރެންނަށް ގުޅައި ހާލުބަލައި ހަދައެވެ. އެކަމުންވެސް ބައްޕަ އަހަރެންދެކެ ލޯބިވާވަރު އަހަރެންނަށް އިހުސާސުވެއެވެ. އުމުރުން ދުވަސްވެފައިވާ އެބައްޕަގެ ހިތުގައި ޖައްސައި ކަންބޮޑުކުރުވާކަށް އަހަރެންނަކަށް ދެން ނުކެރޭނެއެވެ. އެހެންކަމުން މިރޭގައި އެގެއަށް ދާން އަހަރެން އެއްބަސްވީމެވެ. ބައްޕަގެ އުފަލަށްޓަކައެވެ. އެކަމަކު ބުނަންހެއްޔެވެ؟ އަހަރެން ވަރަށް ބޮޑަށް އެބަ ހާސްވެއެވެ. ނުދަންނަ ބައެއްގެ ތެރެއަށް ދާންޖެހޭތީއެވެ. ދެންމިރޭ ވާނެ ގޮތެއްވެސް އެނގިދާނެތާއެވެ. އެންމެފަހުން އެގެ ބަލައިލުމުގެ ފުރުސަތުވެސް ލިބެނީއެވެ. އަދި އެބުނާ އައިދުންއެއް ދެކިލުމުގެ ފުރުސަތުވެސް މެއެވެ. މީހުން އެސިފަކުރާހައި އައިދުން ރީތިވާނެބާއެވެ؟
** ** ** **
ގޭކައިރިއަށް ކާރެއްމަޑުކޮށްލި އަޑަށް ސިހިފައި މަލާކް ފޮތް ލައްޕައިލިއެވެ. އަދި ކުޑަދޮރުން ބޭރުބަލައިލިއެވެ. އެވަގުތު ކާރުން ފޭބި އައިދުން ފެނުމުން އަވަަސް އަރުވައިލައިފައި ގޮސް މަލާކް ހެދުން އަލަމާރި ހުޅުވައިލިއެވެ. އަދި އެފޮތް އޭނާގެ ހެދުންތަކުގެ ދަށަށްލައި ފޮރުވައިލިއެވެ.
ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު މަލާކް ގޮސް އެނދުގައި އިނށީދެލިއެވެ. “ރަންޔާ” މަލާކަށް އެނަން ކިޔައިލެވުނެވެ. އެއީ ކޮންކުއްޖެއް ހެއްޔެވެ؟ އައިދުން ރަންޔާ ދަނޭބާވައެވެ؟ އެކަމަކު ދުވަހަކުވެސް އަައިދުން ރަންޔާގެ ވާހަކައެއް މަލާކް ގާތަކު ދައްކައިފައެއް ނެތެވެ. ދެން ވާނީ ކިހިނެއްހެއްޔެވެ؟ އަނެއްކާ ރަންޔާއަކީ އައިދުންގެ ކުރީގެ ލޯބިވެރިޔާ ބާވައެވެ؟ އެރޭ އެގެއަށް ދިއުމަށްފަހު ރަންޔާއަށް އައިދުން ދެކެ ލޯބިވެވުނީ ބާވައެނެ؟ މާޒީގެ ހުރިހައި ވާހަކައެއް ކިޔައިދިން އިރުވެސް އައިދުން ރަންޔާގެ ވާހަކަ ސިއްރުކުރީ ކީއްވެހެއްޔެވެ؟ އެދެމެދުގައި ވަނީ ކޮންގުޅުމެއް ހެއްޔެވެ؟ އެކިއެކި ސުވާލުތަކުން މަލާކްގެ ސިކުނޑި ހާސްކުރުވަމުން ދިޔައެވެ. ޚިޔާލުގެ ފުންކަނޑެއްގައި ފީނަމުންދިޔަ މަލާކަށް ހަމަހޭވެރިކަންވީ ކޮޓަރީގެ ދޮރުޖެހުނު އަޑަށެވެ.
ކޮޓަރިއަށްވަތް އައިދުން މަލާކަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. “އައިދު. ހިނގާ ސައިބޯންދާން.” އައިދުންގެ މޫނަށް ބަލައިލަމުން މަލާކް ބުނެލިއެވެ. އޭނާގެ އައިދުންގެ ގައިގައި ރަންޔާ އެސިފަކުރިކަހަލަ ބޮޑާ ކަމާއި ފޮނިގޮތެއް ނުހުރެއެވެ. ނަމަވެސް އެއީ އޭރު އައިދުން އުޅުނު ގޮތްކަމުގައިވެސް ވެދާނެއެވެ. “ވަރަށް ވަރުބަލިވެފަ މިހުރީ. ފެންވަރައިލައިގެން ދާނަން. މަލްދޭ އޭރަށް ސައި ތައްޔާރުކޮށްލަން.” މަލާކްގެ ދޮން ކޯތާފަތައް ބޮސްދިނުމަށްފަހު އައިދުން ބުނެލީ ލޯބިންނެވެ. އެންމެރަނގަޅޭ ބުނުމަށްފަހު މަލާކް ހިނގައިގަތެވެ.
ތުވާލި ހިފައިގެން އައިދުން ފާޚާނާއަށް ވަނެވެ. ލައިގެންހުރި އަންނައުނުތައް ބޭލުމަށްފަހު ގޮސް މާގަނޑުދޮށުގައި އައިދުން ހުއްޓިލިއެވެ. ހަވީރުގެ ވަގުތު އެއްކޮށް ގެސްޓްހައުސްގައި އުޅުމުގެ ސަބަބުން އައިދުންގެ ހަށިގަނޑުވަނީ ވަރަށް ބޮޑަށް ލޮޑުވެފައެވެ. އަރާމުކޮށްލުމަށް އެހިތް އެދިގޮވަމުންދިޔައެވެ.
އިސްތަށިގަނޑުގައި އަތްހިންގައިލުމަށްފަހު އައިދުން މާގަނޑު ދޫކޮށްލިއެވެ. އެއާއެކު މާގަނޑުން ފެނުގެ ބަދަލުގައި އޮހޮރެންފެށީ ހުސް ލެއެވެ. އައިދުންގެ މުޅި ހަށިގަނޑު ލެއިން ފޯވެގެން ދިޔައެވެ. ސިހިފައި އައިދުން މާގަނޑު ބާރުކުރަން އުޅެއުޅެ އެކަމެއް ނުވިއެވެ. މާގަނޑުދަށުން ނުކުތުމަށްފަހު އޮހޮރެމުން ދިގަ ލެއަށް އައިދުން ބަލައިލިއެވެ. އޭނާގެ ގައިގައި އުނގުޅިފައިހުރި ލޭތަށް އަތުން ފުހެ ސާފުކުރަންކުރި މަސައްކަތްވެސްވީ ބޭކާރެވެ. އެހަށިގަނޑުން އެންމެ ލޭކޮޅެއްވެސް ނުފިލިއެވެ.
އޭރު މާގަނޑުން ހޯސްލައިފައި އޮހޮރެމުންދިޔަ ލެއިން ފާޚާނާތެރެ އެއްކޮށް ރަތްކުލައަށް ބަދަލުވަމުން ދިޔައެވެ. އެއާއެކު އަންހެނެއްގެ ނުލަފާ ހުނުމެއްގެ އަޑު އައިދުންގެ ކަންފަތުގައި ޖެހުނެވެ. އައިދުން ވަގުތުން ފެންކަޅިވިއެވެ. ހަދާނެގޮތް ހުސްވެގެން ދިޔައެވެ.
ކުއްލިއަކަށް އިވެންފެށި މަޣުރިބު ނަމާދުގެ ބަންގީގެ އަޑާއެއްކޮށް ފާޚާނަ އިހުހުރިގޮތަށް ބަދަލުވެގެން ދިޔައެވެ. މާގަނޑުން އޮހޮރެމުންދިޔައީ ސާފު ފެނެވެ. އައިދުންއަށް އޭނާގެ ހަށިގަނޑަށް ބަލައިލެވުނެވެ. ލޭގެ ކަންފުޅެއްވެސް އެހަށިގަނޑުގައި ނުވެއެވެ. އައިދުންއަށް ބޭއިޚުތިޔާރުގައި މުޅިގައިގައި އަތްކާތައިލެވުނެވެ. ހަމަޖެހުމެއް ލިބުނީ ދެނެވެ. އަވަސް އަވަހަށް ފެންވަރައިލައިގެން އައިދުން ނުކުތެވެ.
* * *
“ދަރިފުޅާ. މިއަދުވެސް މިތަނުގައިތަ؟” ނިކަގަހެއްގެ ގޮތްޕެއްގައި އިން ބީނިޝްގެ ގާތު އިނށީދެލަމުން ޒަފަރް އަހައިލިއެވެ. ބީނިޝް ބޯޖަހަލިއެވެ. “ކޮބާ ދަރިފުޅު ގެންގުޅޭ ރަންޔާގެ ފޮތް؟” އެހެންނާ ބީނިޝްގެ އަތުގައި އަބަދުވެސް އޮންނަ ފޮތް ނުފެނުމުން ޒަފަރް އަހައިލީ ހައިރާންކަމާއެކުއެވެ. “މަލާކް އަތުގަ” ބީނިޝް ބުނެލި ޖުމުލައިން ޒަފަރްގެ ހައިރާންކަންވީ އިތުރެވެ. “އޭނ. މަލާކް އަތުގައޭ؟ ކިހިނެއް މަލާކްއަށް އެފޮތް ލިބުނީ؟ ދަރިފުޅު ކޮންއިރަކު މަލާކް އަތަށް އެފޮތްދިނީ؟” ޒަފަރުގެ ސުވާލުތަކުން ބީނިޝް ހިނިތުންވެލިއެވެ. އަދި އޭނާ އެފޮތް މަލާކްއާާ ހަވާލުކުރިގޮތް ކުރުގޮތަކަށް ޒަފަރަށް ކިޔައިދިނެވެ.
“ބައްޕާ. ހަގީގަތް އެނގުމުގެކުރިން މަލާކަށް އެބައެނގެންޖެހޭ ރަންޔާ އެއީ ކާކުކަން. އެހެންވެ އަހަރެން އެފޮތް މަލާކާާ ހަވާާލުކުރީ. ރަންޔާ އެއީ ކާކުކަން ނޭނގި އަހަރެން މަލާކަށް ހަގީގަތް ކިޔައި ދިިނަސް އެކަންތައް ގަބޫލުކުރަން މަލާކަށް އުނދަގޫވާނެ. އެހެންވެ އަހަރެން އެގޮތަށް ކަންތައްކުރީ.” ބީނިޝްގެ ވާހައަށް ޒަފަރް ބޯޖަހައިލިއެވެ.
“މަލާކް އެފޮތްކިޔައި ނިމުނީމަ އިރާދަކުރެއްވިއްޔާ އަހަރެން މަލާކަށް އެހުރިހައި މަންޒަރެއް ދައްކައިދޭނަން. އެރޭގަ އެހިނގި ހުރިހައި ކަމެއް. ދެން އައިދުންއަކަށް ސަލާމަތެއް ނުވެވޭނެ. މިރަށަކުން ފުރައިގެނެއްވެސް ނުދެވޭނެ. ދެންހިނގާނީ އަހަރެންގެ ބާރު.” ވަރުގަދަ އަޒުމަކާއެކު ބީނިޝް ބުނެލިއެވެ. ބީނިޝްގެ ވާހަކައިން ޒަފަރް ހިނިތުންވެލިއެވެ. އަދި ލޯތްބާއެކު ބީނިޝްގެ ބޮލުގައި ފިރުމައިލީ އޭނާއަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.
“އިރާދަކުރެއްވިއްޔާ ދަރިފުޅުގެ ތިބުރަ މަސައްކަތް މާތް ﷲ ކާމިޔާބުކޮށްދެއްވާނެ.” އުޑާ ދިމާއަށް ބަލައިލަމުން ޒަފަރް ބުނެލިއެވެ. “ދެން ހިނގާ ގެއަށްދާން. މަންމަ އެބައިން ދަރިފުޅުގެ އިންތިޒާރުގަ. އަދި ނަމާދުވެސް ކުރަން ޖެހޭނު.” ޒަފަރް އެހެން ބުނުމުން ބަސްއަހާ ކުޑަކުއްޖަކު ފަދައިން ބީނިޝް އިންތަނުން ތެދުވިއެވެ. އަދި ފަހަތަށް އެނބުރި އެބޮޑު ހަވޭލީއެއްފަދަ ގެއަށް ބަލައިލިއެވެ. ދެން އައިދުންއަށް ސަލާމަތެއް ނުވެވޭނެއެވެ. މަލާކް އެފޮތްކިޔައި ނިންމައިލިހައި އަވަހަކަށް އޭނާ މަލާކަށް ހުރިހައި ހަގީގަތެއް ކިޔައިދޭނެއެވެ. ފުންނޭވާއެއްލުމަށްފަހު ބީނިޝް އޭނާގެ ބައްޕައާއެކު ގެއަށް ދިއުމަށް އުދުހިގަތެވެ.
* * *
މެންދަމުގެ ހަމަހިމޭން ވަގުތެވެ. އެއްވެސް ދިރޭ އެއްޗެއްގެ ހިމަލެއްހައި ހިސާބުވެސް ނުވެއެވެ.
ފުންނިންޖެއްގެ ތެރޭގައި އޮތް އައިދުންއަށް އޭނާގެ ގައިގައި އެއްޗެއް ބީހޭ އިހުސާސެއް ކުރެވެމުންދިޔައެވެ. ހޫނުނޭވާތަކެއްވެސް އެމޫނަށް އެޅެމުންދިޔަހެން އައިދުންއަށް ހީވާންފެށިއެވެ.
އުނދަގޫ ގޮތަކަށް ދެލޯހުޅުވައިލި އައިދުން އޭނާގެ މަގަތުގައި އިނށީދެގެން އިން ބިރުވެރި ސޫރަފެނިފައި ރޫރޫއަޅައިގަތެވެ. މުޅި ކޮޓަރީގައިވެސް ރަސްކަން ކުރަމުންދިޔައީ ކަނު އަނދިރިކަމެވެ. އަނދިރީގެ ތެރޭގައިވެސް އައިދުންއަށް އެސޫރަ ސާާފުކޮށް ފެންނަމުން ދިޔައެވެ. އެސޫރަ ފެނުމާއެކު ދަަތުރުގައި ހިނގައިދިޔަ ބިރުވެރި ހާދިސާތައް ހަނދާންވެ އައިދުންގެ މުޅި ހިތް ބިރުވެރިކަމުން ވަށައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
55 Comments!
Comments are closed.







Assalaam alaikum all.. Here is the next part of this stry.. Rangalhu kuran jehey kameh innama bunelahchey.. Have a nice day.. Ly all.. ?❤
Varah reethi.. Please next part avahah genesdhejje
Thanks sallu.. Ya in sha allah maadhamaa genesdheveythw try kuraanan.. ?
yeyys, me first.. vvv salhi mi part. keep it up. dhn anna part thankolheu dhigukohlahcheyy. u’re so great! i’m sure u’ll become a faulous writer near future, i wish 🙂 🙂 keep going 🙂 ly 😀
*fabulous
sorry i’m second 🙂
Thank u soooooo much dear.. Ya in sha allah will try ingey.. Ly too.. ❤❤?
INSHA ALLAH
story vrh nice
KEEP IT UP NAU
Thank u sooo much kail.. ?
Wow… varah salhi ingey.. alhugandu atoll thihaa salhi vaahaka eh liyaathee proud vey…. so keep it up.. LY ?
Thanks nappe?
Naape*
so excited to read the next part. 🙂
Thanks.. In sha allah tmrw?
Best best writer nau keep it up you can write more storys I am sure you can When next part? Ly ?????????????
Thank u❤?
Best best writer nau keep it up you can write more storys I am sure you can When next part? Ly ?????????????
Best ??????????
Thank u❤?
varah varah varah rythi mivaahaka…… mee first tha naufa?
Thank u.. No dear❤?
mi part ves vvv salhi …Nau gurimaguga v molhu vaahakaliuntheriyakahvaane inshaa alhaah.alhugahndge duvaayaky ethuru kurierumeh Nau ah dehvun.?????????
Wowwww!nice oh…. What happen next? Waiting for next part????????
Thank u.. Lets see dhw❤?
Wowwww!nice
Thank u..❤?
Habeys????????????????
Thank u..❤?
Nice! Best best writer???????????????????
Thank u..❤?
Nice! ??????
Thank u..❤?
Very small I hope next part will be big ?
Alhey small tha.. Next part in sha allah dhigukohlaanan?❤
Varah reethi vaahaka eh.. dhen anna bayah inthizaaru khllan
Thank u❤?
wow..☺️ varah salhi mi part ves..amazing..?malaak efoi avahah kiyaa..eyrah aidhun ge hageegai ves engeyni…when next part.. waitting..when is your birthday nau..ly dear nau ❤️❤️
Thanks click.. March 25.. Hehe.. Ly too dear❤❤
Warhaka hama warah reethi????❤..
Keep it up?❤
Thank u❤?
Mi part ves vvv salhi musthakbaluga Nau vaane v molhu vaahakalun theriyakah alhugahndge duvaayakyves Nau ah ethuru kurierundehvun.????
Thank u sooo much mamee❤❤??
Very small I hope next part will big waiting for next part ??
Ya in sha allah.. Thanks dear.. ❤?
Alhey haadha rychchey masha allah??? mi stry kiyaa foohinuvey ehaaves amazing whn nxt prt avahah up kolla dhechchey ??❤❤????????????
Thanks khajja.. Ya in sha allah maadhan nyt ga up kureveythw try kuraanan??❤❤
V reethi mi story. Kuri hunna baeh mistakes mihaaru madhukan faahagakuran. Thee mirongun varah avahah kuriah dheveyne kuhjeh. In Shaa ALLAH. Story vvv reethi. Emme ufaavany avas avahah kiyaalan libeythee.
Thanks dear sooooooo much.. ❤?
Esfiyaigai mihaathanah post kuri hurihaa biruveri vaahaka thakevves. Kiyaalevijje.
Mieeves varah reethi vaahakaeh. Namaves sifakohdhinun madhuveema vaahaka kiyaairu annanvaa feel eh naadhey. Anekkamaky Aidhun mennaky ehaa mussandhi bayakah vee iruves mulhi vaahakainves binaa vefaivany varah aadhaige dhiriulhumakah. Vaahaka reality aa vahtharu nuvun shauguverikan kudavaagoiy vey. Then baeh imlaa kuhthahvves faahagavey.
Mi comment aky hivvaru dhinumuge gothun kuri comment eh. Faahaga kollevunu kankamah samaalukan dheefinama vaahaka varah furihama vaanekamah feney. Allah thibaage hunaru ithurukuravvashi. Aameen.
Thanks soooo much jinn.. In sha allah tibuni kanthah dhn huri parts thakun rangalhukohlaanan.. N ya.. Aslu muhsandhi konme konme myhaky ehaa bodaa n foni baeh nun.. Baeh myhun thibey kithanme rich viyas v nrml life eh ulhey myhun.. Mi stry ga miulheny ekala two famailies.. Rich viyas v saadhaa lifestyl eh beynunvaa.. Ehnve egothah genesfa e iny.. N aidhun akee kurin v bodaa n foni myhehkan inge ehnu ranyaa ge diary in.. So may b evee kanthakahfahu he changed.. Ekahala gothakah mi stry aslu mi iny.. Ekmvx v v thanks for the advice.. I appreciate it.. N in sha allah dhn huri stries thakuga thikankamah v v visanaanan.. Thank u..❤❤?
Nice. Waiting ?❤
Thanks jjey?❤
Varah reethi waitting for next part ?❤
Wow.. nice??❤?
Kn irakun next part up warny?
Wowss!! Vrh rythi…
Thanks all?❤