ކަންފަތުގައި އަޑު ޖެހުނު ލަވައިގެ ސަބަބުން އަޔާޒުގެ މުޅި ނަފްސަށް އަސަރުކުރި ފަދައެވެ. އެ ހިޔާލުތަކެވެ. އޭރުގެ އުފާވެރި ދުވަސްތަކުގެ މަތިންނެވެ. ފަނޑުކަމެއް ނެތި ލިބެމުން ދިޔަ ލޮތްބަށެވެ. މާޒީގެ ހަނދާންތަކަށް އޭނާ ގެއްލި ހުސްވެފައިވީ އިރު އެ މަންޒަރުތައް އޭނާގެ ކުރިމަތީގައި ދިޔައީ ސިފަވަމުންނެވެ. އެ ހަނދާންތައް އާވެލުމުން އަޔާޒު ލޯ މަރާލިއެވެ. އޮހެރެމުން އައި ކަރުނަތަކަށް ލުޔެއް ލިބޭތޯ އާވެސް އެކީގައެވެ. ހަމަ އެވަގުތު ހިޔާލުތަކުގެ ފުން ކަނޑަކަށް އަޔާޒަށް ފީނައިގަނެވުނު ކަހަލައެވެ. “އަޔާޒް! […]
މައިޝާ ހަމަޔަގީނުންވެސް މީހަކުދެކެ ލޯބިވީއެވެ. ކިޔާން އިންދައިގެން ލޯބިން ހައްދަމުންދިޔަ މަލުން މާބުރެއް އައިސް ފޮނިބޮމުން ދިޔަކަން އޭނާއަށް އެނގުނީއެވެ. “އޮހް! ސޮރީ! މައި ހަނދާނެއްވެސް ނެތް ކިޔާންކައިރި ބުނާކަށް! އެނގޭތަ؟ މައިގެ ބޯއީ ފްރެންޑްއެއް ހުރެއޭ! ދެންމެ އެގުޅީ އޭނަ!” ކަންބޮޑުވެ މާޔޫސްވެފައިހުރި ކިޔާން ފެނި މައިޝާ ކުއްލިއަކަށް ހަނދާންވީ އޭނާއާއި ދިމާވެގެން އުޅޭ ކަންތައް އަދި ކިޔާންއަށް ކިޔައިނުދެވިއޮތްކަމެވެ. “އޯ ކިޔާން! ކިޔާން! ޔޫ ޝުޑް މީޓްހިމް! ހީ އިޒް ސަޗްއަ ޕްރިންސް! އަދި […]
“މަންމާ އަޅުގަނޑުމެން ޒިމްޔާ މިގެއައް ގެނެއްސިން” އާލާ މަންމަ ކައިރި މިހެން ބުނި އިރު މީކާއީލް މެން މަންމަވެސް އެތާއިނެވެ. އަޑި ތަފްސީލްކޮއް ހުރިހާ ވާހަކައެއް ކިޔައި ދިނުމުން އާލާ މަންމަމެން ވެސް އެކަމާ އެއްބަސްވިއެވެ. …………………………………………… އެކަމަކު ދަރިފުޅާ ވާފިރުމެން އެއީ މިކަހަލަ ކަމެއް އިނގިއްޖެއްޔާ މީހަކު މަރާލާންވެސް ފަހަކަށް ޖެހޭނެ ބައެއް ނޫން” އާޒްމެން ދާން ހިނގައިގަތުމުން އާލިމާ ކަންބޮޑުވެފައި ބުނެލިއެވެ. “މަންމާ އަޅުގަނޑުމެންނަށް އިނގޭ. އެކަމަކު ހާޅުގައި އުޅޭ ކުއްޖަކައް އެހީ ވުމަކީ […]
މިޝާލް ފަސޭހަ ކަމާއެކު ޔުމްނާ ލައިގެން އޮތް ހެދުން ވީދާލިއެވެ. ޔުމްނާގެ ދޮން ހަށިގަނޑު އެއްކޮށް ހާމަވުމުން އެ މޫނުމައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭރުވެސް ޔުމްނާ ގެންދިޔައީ ސަލާމަތަށް އެދި އާދޭސްކުރަމުންނެވެ. އަތްފައި ތަޅުވައި، ތެޅިފޮޅެމުންނެވެ. ނަމަވެސް މިޝާލް އެއަށްވުރެ މާ ހުށިޔާރެވެ. އެނދުމަތީގައި އޮތް ބެޑުޝީޓުން އޭނާ ޔުމްނާގެ އަތްފައި ބަނދެލީ އެފަކީރަށް ގުޑިވެސް ނުލެވޭހާ ބާރަށެވެ. “މީހެކޭ!” މިޝާލް އޭނާ ލައިގެން ހުރި ޖެކެޓު ތަޅުންގަނޑު މައްޗަށް ހޫރާލުމާއެކު ޔުމްނާ ހަޅޭއްލަވަން ފެށިއެވެ. […]
ވަރުބަލިކަމާއެކު ގެއަށް އައިސް ވަތް ޔައިޝް ކޮޓަރީގެ ދޮރުހުޅުވައިލުމާއެކު ބޮލަށް އެނބުރުންއަރައިގެން ދިޔަކަހަލައެވެ. މުޅި ކޮޓަރިވަނީ އެފުށް މިފުށަށް ޖަހައިފައެވެ. ހެދުން އަލަމާރީގެ ކައިރީ އޭނާގެ ގަމީސްތަކާއި ފަޓުލޫނުތައް ގުޅައަކަށް ޖަހައިފައިއޮތްއިރު އެނދުގެ ބެޓްޝީޓްވެސް އެއްއަރިއަކަށް ސޮހިގެންގޮސްފައި އޮތެވެ. ބަލީސްތައްވެސް ހުރީ އެތަން މިތަނަށް އުކައިފައެވެ. ޑްރެސިންގް ޓޭބަލް ކައިރީ ފަރިވާންއިން މިޒްރާއަށް ޔައިޝް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. ހިތުގައި ރިއްސައިލި ނަމަވެސް ފުންނޭވާއެއްލުމަށްފަހު ޔައިޝް ކޮޓަރިތެރެއަށް ވަނެވެ. “މިޒޫ މީކޮންކަމެއް؟” ހިތްހަމަނުޖެހިފައި ޔައިޝް އަހައިލީ ތަންކޮޅެއް […]
” އަހަންނަށް މިހެން ދިމާވީ ކީއްވެހެއްޔެވެ. ކުރެވުނީ ކޮން ކުށެއް ހެއްޔެވެ. އެންްމެ ފަހަރަކުވެސް ބުނެބަލާށެވެ. ލޯބިވާއެވެ. ނުހަނު ލޯބިން މިލްކަކަށް ހެދީމު ނޫން ހެއްޔެވެ. އުުމުރަށް ލޯބިދީ އެކީގައި އުޅެން ވައުދުވީމެއްނޫން ހެއްޔެވެ. އެ ހުރިހާ ވައުދުތަށް އުވާލީ ކޮން ކުށެއް އޮވެގެން ހެއްޔެވެ. ލޯބިވާއެވެ. ތި ނަފްރަތަށް ވެސް ކެތްކުރާނަމެވެ. ކޮންމެވެސް ދުވަހަކުން ތި ހިތުން ޖާގައެއް ލިބޭނެ ކަމަށް އުއްމީދުކުރާނަމެވެ. ތި އަނިޔާތަކަށް ކެތްކުރާނަމެވެ. އެހެން ނަމަވެސް … އެންމެ ފަހަރަކު […]
އަޅުގަނޑުގެ ވާހަކައިގައި ބޭނުން ކޮށްފައި ހުރި ނަންތައް ކިޔަން އުނދަގޫ ކަމަށް ބައެއް ކިޔުންތެރިން ބުނެފައިވާތީ އަޅުގަނޑުގެ ވާހަކައިގައ ހުރި އުނދަގޫ ނަންތައް ފާހަގަ ކޮށް އިތުރު ނަންތަކެއް އަޅުގަނޑަށް ބުނެދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ކިޔުންތެރިން ތިދެއްވާ ތަރުހީބަށް ފަށްފަށުން ހުރިހާ ކިޔުންތެރިންނަށް ޝުކުރު ދަންނަވަން. ކިޔުންތެރިންގެ ފާޑުކިޔުމަކީ އަޅުގަނޑުގެ ކުރިއެރުން. ވީމާ އަޅުގަނޑުގެ ވާހަކައިގެ އެޕިސޯޑުތަކުގައި ތިޔަ ކިޔުންތެރިން ހިތްހަމަނުޖެހޭ ކަމެއް ވާނަމަ ފާހަނގަ ކޮށްދިނުމުން އަޅުގަނޑު އެކަމެއް ރަނގަޅު ކުރާނަން. […]
“މިކްޔަން” ޓީވީ ބަލަން އިން މިކްޔަން އަށް ކޮޓަރީގައި ހުރި އާލިމާ ގޮވާލިއެވެ. މިކްޔަންވެސް އެ ބާރުމުނުގައި ކީއްވީހޭ އެހުމުން އާލިމާއެދުނީ އެކޮޓަރިއަށް އައުމަށެވެ. ޗޮކެއް ކަނޑާލުމަށްފަހު މިކްޔަން އާލިމާގެ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ. އާލިމާގެ ކޮޓަރިއަށް ވަންނަން ދިޔަ މިކްޔަން ސިކުންތަކަށް ހުއްޓުންއެރީ އެކޮޓަރިން ނިކުމެގެން އައި ޒާއިން ފެނިފައެވެ. ޒާއިން މިކްޔަން އަށް ބަލާލުމެއްވެސް ނެތި އެތަނުން ދިޔައެވެ. “މިތާ އިށީއިނެބަލަ” އެނދަށް އިޝާރަތް ކުރަމުން އާލިމާ ބުނެލިއެވެ. އެތާ ގޮނޑިއެއްގައި ނާސިހްވެސް އިށީއިނދެލައިގެން […]
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ޗެކިން ނިންމައިލުމަށްފަހު ހުޅުލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި ރެސްޓޯރެންޓްގައި އަލްކާ އާއި އޭނާގެ އާއިލާ ސަޔަށް އިންސާފުކުރުމުގައި ތިއްބެވެ. “ދަރިފުޅާ ބޭރު ޤައުމަކަށް ކިޔަވާން ދެވުނަސް ބައްޕަމެން ދިން ތަރުބިއްޔަތު ހަނދާން ނައްތައިނުލާތި. ބަރާބަރަށް ނަމާދުކޮށް އަބަދުވެސް ދުޢާކުރަން ވާނެ. އޭރުން ދަރިފުޅުގެ ކިޔެވުމުގައި މާތް ﷲ ބަރަކާތްލައްވާނީ.” ލޯތްބާއެކު އަލްކާގެ ބޮލުގައި ފިރުމައިލަމުން އަޖުވަދު ބުނެލިއެވެ. އެއާއެކު ކޮފީ ޖޯޑު ނަގަމުން އަލްކާ ބޯޖަހައިލިއެވެ. “ދޮންތަ ދިޔާމަ ވަރަށް އެކަނިވާނެ. ވަރަށް […]