“ހިނގާ އަހަރެންނާއެކު ދާން. ކާރު އޮންނާނެ އެކޮޅުގަ ޕާރކް ކޮށްފަ.” މަގުގެ އެއްފަރާތަކަށް އިޝާރާތްކޮށްލަމުން ޔައިޝް އަތުގައި އޮތް ކުޑަ ހުޅުވައިލިއެވެ. ހިތްއަވަސްވެފައިވާ ހާލު އަލްކާ ޔައިޝްއާއެކުގައި ހިނގައިގަތެވެ. ކާރުގެ ކުރީ ޝީޓްގެ ދޮރު އަލްކާ އެރުމަށްޓަކައި ހުޅުވައިލަ ދީފައި ޔައިޝް ގޮސް ޑްރައިވަރ ޝީޓްގައި އިނށީދެ ހަމަޖެހިލިއެވެ. ކާރު ސްޓާރޓް ކޮށްލުމާއެކު ދާންވީ މަންޒިލްގެނަން އަލްކާ ބުނެލިއެވެ. އަދި ބޭރުން ފެންނަމުންދިޔަ މަންޒަރުތަކަށް ނަޒަރު ހުއްޓައިލިއެވެ. ކުޑަ އަޅައިގެންތިބެ އެކިމީހުން މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަމުންދިޔަ […]
ރިންގުގެ އަޑު ކަނޑައިގެން ދިޔައިރުވެސް ލާމިހް އަށް ދަބަހާއި ދިމާއަށް ބަލަަހައްޓައިން ހުރެވުނީއެވެ. ހަމަ ގައިމުވެސް އެއީ އީރަމްގެ ދަބަހެވެ. އެ ދަބަސް އެތާ އޮތުމަށް ވުރެ ލާމިހް ހައިރާންވީ އެ ނަމްބަރު ބޭނުން ކުރަނީ އީރަމް ކަން އެނގުނީމައެވެ. އަދިވެސް އެއްފަހަރު ޔަގީން ކުރުމުގެ ގޮތުން ލާމިހް ނަމްބަރަށް ޑައިލް ކޮއްލިއެވެ. ފޯނު ރިންގްވާން ފެށުމާއެކު އަވަސް ހަރަކާތަކާއެކު ދަބަހުގެ ޒިބު ހުޅުވާލިއިރު ހިތުގެ ވިންދު އަވަސް ވެފައިވާމިންވަރު އަމިއްލަ މީހާއަށް ވެސް އިހްސާސްވިއެވެ. އީރަމް […]
މީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ. އަޅުގަނޑުގެ ދިވެހި ވަރަށް ކޮށިވާނެ. ކުޑައިރުއްސުރެ ރާއްޖެއިން ބޭރުގަ އުޅޭތީ ދިވެހި ބަސް ސުކޫލުގައެއް ނުކިޔަވަން އެހެންވެ ބަހުގެ ހަމަތައް (ބޭސިކަލީ ދިވެހި ގްރެމަރ) ވަރަށް ދަށް ވާނެ. ސޯ ދެއަރ ވިލް ބީ ލޮޓްސް އޮފް މިސްޓޭކްސް. ޕްލީސް ޕޮއިންޓް ދެމް އައުޓް. އަސްލު ވާހަކަ މި ލިޔަނީ ވެސް ދިވެހި އިމްޕްރޫވް ކުރަން. އެކަމް ވާހަކަ ރެގިއުލަރ ކޮށް އަޕް ކުރަން ފަށާނީ ޑިސެމްބަރ 1 ގެ ފަހުން. […]
އިޒާން އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލާލަމުން ސޮރީއޭ ބުނެލިއެވެ. އަހަރެންނަށް ހުރެވުނީ އިޒާންގެ އެރީތި މޫނުއެހާ ގާތުން ފެނުމުން އެ މޫނަށް ބަލަހައްޓައިގެން ހުއްޓިފައެވެ. އިޒާން ދެބުމަ ގޮށްޖަހާލަމުން އަހަރެންގެ މޫނު ކުރިމަތީ ފުއްޓަތްކެއް ޖަހާލިއެވެ. “ޔޭ.. އަމް މް އި އިޓްސް އޯކޭ” ހަމަބިމަށް އާދެވުމާއި އެކު ކޮށަކޮށައިގެން އަހަރެންނަށް ބުނެލެވުނެވެ. އިޒާން އެއްމިޔަކަނުން ހީލަމުން ދާން ހިނގައިގަތެވެ. އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ މީހަކު […]
“ޔުޝްތާ އާން ޖޭ ވީ އިނގޭ އެ.” އަރްމާން އަދިވެސް ބަލަމުން ދިޔައީ ޔުއާން އާއި އަފްރީން ލަދު ގަންނަވާލަންށެވެ. *************************** އަރްމާން މިހެން ބުނުމުން އަފްރީން ލަދުގަތަސް ޔުއާން މިފަހަރު އަރްމާން ގައިގަ ބޮނޑިއެއް އެޅީއެވެ. “އޭ މަ މި އިނގޭ ވަލީ ދޭން ހުރި މީހަކީ. މަ މަރާ ލައިފިއްޔާ ނުއެސް އިނދެވޭނެ” ކުރިޔާ ހިލާފަށް މިފަހަރު ހޭން ފެށީ އަފްރީންއެވެ. އަފްރީން ހޭން ފެށުމުން ޔުއާންއަށް އާޝޯހްވެފައި އަފްރީންއާއި ދިމާލަށް ބަލަން ހުރެވުނީއެވެ. […]
“އޯކޭ. އެކަމް މާދަން ޕިކްނިކް ގޮއްސަ ލަދުން ފިލައިގެން ނޫޅޭތި އިނގޭ” ޒިމްޔާގެ ލޮލައް ބަލާލަމުން މީކާއީލް މިހެން ބުނީ ލަދުގަންނުވާލާށެވެ. ޒިމްޔާ މީކާއީލް އައް ލޯ އަޅާލައިފައި ދުވެފައި ގޮސް ކޮޓެރިއައް ވަނެވެ. މީކާއީލް ހުރީ ޒިމްޔާ ދިޔަ ދިމާއަށް ބަލަން ހެވިފައެވެ. ……………………………………………………………………… ހެނދުނު ޒިމްޔާމެން ތައްޔާރުވަމުން ދިޔައީ ކައިރި އޮތް ފަޅު ރަށައް ދާށެވެ. ގޭ އެންމެން ކަހަލައިން ފޯރި ދައްކާލައިފައި އުޅެނީ މިކަމާއެވެ. “އަޅެ އަދިވެސް ކުޑަބެ ނުތެދުވޭތަ؟ އެންމެ ފޯރިލާފައި […]
3 އަހަރު ފަސް… ************* ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓްގައި ބޯޓް ލޭންޑްކުރުމާއެކު ފަސެންޖަރުން ފައިބާންފެށިއެވެ. އެވަގުތު ނިދިފައި އިން ޒުވާނާއަށް ކެބިންކުރޫގެ ކުއްޖަކު އައިސް ގޮވާލުމާއެކު ހިނިތުންވެލާފައި ތެދުވެ ލަގެޖްތަށް ކޮނޑުގައި އަޅުވާލިއެވެ. އަދި ގަމީހުގެ ގިރުވާނުގައި އަޅުވާލާފައިން ރޭބަން ބްރޭންޑްގެ އަވިއައިނު ނަގާ ލޮލަށް ހެޔޮވަރުކޮށްލިއެވެ. ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާއިރު، ލާފައިހުރި ހުދުގަމީހާއި ކްރީމްކުލައިގެ ސްކްނީގެ ސަބަބުން އެޒުވާނާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. އަރައިވަލް ޓާމިނަލްގައި ތިބި ޒުވާން ކިދިންގެ ލޯތަށް […]
ހިތްހަމަ ނުޖެހިފައި ހުރި މިކްޔަން ހުޅުމާލެއަށް ދިޔައެވެ. “ހަލޯ ނަޝް. ފައިބަބަލަ ތިރިއަށް” ނަޝްވާމެން ގޭ ކައިރި ހުރެ ނަޝްވާއަށް މިކްޔަން ގުޅާލިއެވެ. “ކީއްވީ؟” ގޭގެ ދޮރު ލައްޕާލަމުން ނަޝްވާ މިކްޔަންއަށް ބަލާލަމުން އަހާލިއެވެ. “ހިނގާބަ” މިކްޔަން ނަޝްވާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ކީއްވީހޭ އަހާ އަހާވެސް މިކްޔަން ވީގޮތެއް ނުބުންޏެވެ. މިކްޔަން ގޮސް ހުއްޓުނީ މީހުން އެއްގޮތަކަށްވެސް ގޮސް ނޫޅޭ ހިސާބަކަށެވެ. “ކިހިނެއްވީ. ނުވެސް ބުނެލަ ކުއްލިއަކަށް ތިއައީ؟” މިކްޔަން އާ ކުރިމަތިލަމުން ނަޝްވާ ބުނެލިއެވެ. […]