Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވޭންތަކުން ދިން ހިތި މާޒީ (9)

Mau Level 2100 Comments10 Stories
November 3, 2017 7 Mins Read
38 Comments

“މަންމާ އަޅުގަނޑުމެން ޒިމްޔާ މިގެއައް ގެނެއްސިން” އާލާ މަންމަ ކައިރި މިހެން ބުނި އިރު މީކާއީލް މެން މަންމަވެސް އެތާއިނެވެ. އަޑި ތަފްސީލްކޮއް ހުރިހާ ވާހަކައެއް ކިޔައި ދިނުމުން އާލާ މަންމަމެން ވެސް އެކަމާ އެއްބަސްވިއެވެ.

……………………………………………

އެކަމަކު ދަރިފުޅާ ވާފިރުމެން އެއީ މިކަހަލަ ކަމެއް އިނގިއްޖެއްޔާ މީހަކު މަރާލާންވެސް ފަހަކަށް ޖެހޭނެ ބައެއް ނޫން” އާޒްމެން ދާން ހިނގައިގަތުމުން އާލިމާ ކަންބޮޑުވެފައި ބުނެލިއެވެ.

“މަންމާ އަޅުގަނޑުމެންނަށް އިނގޭ. އެކަމަކު ހާޅުގައި އުޅޭ ކުއްޖަކައް އެހީ ވުމަކީ ގޯސް ކަމެއް ނޫނެއްނު.” އާޒް ބުނެލިއެވެ.

“މަންމަ ނުބުނަމެއްނު އެހީ ނުވާށެކޭ ދަރިފުޅުމެން ބަލައިގެން އުޅޭށޭ މިބުނީ ދޯ ޒުހޭރު” އާޒްމެންގެ ބައްޕައައް ދޯ ދެމުން އާލިމާ ބުނެލިއެވެ.

“އާން، ވަރަށް ރަގަޅު ކަމެއްތީ. އެހާ ވިޔާނުދާ ބަޔަކު ނުވާނެ އެހެން ދޫކޮއްލައިގެންނެއް” ޒުހޭރުވެސް އެކަމާ އެއްބަސްވިއެވެ.

“މިހާރުވެސް މާލަސް ވެއްޖެ ތިކަންތައް ރިޕޯޓް ކުރަން” މީކާއީލް މަންމަ ޝަބާނާވެސް އެއްބައިވިއެވެ.

“މަންމަމެން ކައިރި ދެން ބުނާނަށް ވާނުވާ ބަލާފަ އިނގޭ، އިހައް މިދަނީ އެންމެން އެކީ މަޖާ ކޮއްލަން. ގްރޫޕް ބޮޑުވީނު” އާޒް މިހެން ބުނެ އެންމެން ގޮވައިގެން ޒިމްޔާ ކައިރިއައް ދިޔައެވެ.

“އަޅޭ ވަރަށް ބިރުގަނޭ އަދިވެސް އެބަ، ޒިމް ފިލިކަން އިނގެއްޖިއްޔާ ވަރަށް ކަޑަ ވާނެއޭ” އާޒް މެން އައުމުން ޒިމްޔާ ބުނެލިއެވެ. އަދިވެސް ޒިމްޔާ ހާސް ވަނީ އެކަމާއެވެ.

“ޒިމް ބިރު ނުގަނެބަ. އިނގެއޭ ސިއްރު ނުވާނެކަން އެކަމް ޒިމް ސޭވް ކުރަންށޭ ކަޔާންބެ މެން މިތިބީ. ޒިމް ދެން ނުޖެހޭނެ އެގެއައް ދާކަށެއް” ކަޔާން ޒިމްޔާ ގަޔާ ކައިރި ކޮއްލަމުން ބުންޏެވެ.

“ދެން ތިކަމާ ނުވިސްނަބަލަ އިހައް އުޅެބަ މަޖާ ކޮއްލަން، އަބަދު ސީރިއަސް ވެފަ ނުތިބެވޭނެއެއްނު” މިޒްނާ މިހެން ބުނީ އެންމެން އަބަދުވެސް މާ ސީރިއަސް ވެފަ ތިބޭތީއެވެ.

“މިޒޫ އެބުނީ ރަގަޅު ވާހަކައެއް ހިނގާ މާދަން ދަތުރުދާން ދޯ” މީކާއީލް މިޒްނާއަށް ބަލާލަމުން ބުންޏެވެ. އެންމެން މަޖާ ވާހަކަ ދައްކަމުން ދިޔައިރުވެސް ޒިމްޔާއަށް އިނދެވެނީ ވާފިރުމެންނާ ދޭތެރޭ ވިސްނާށެވެ.

“ސޯ އެންމެންވެސް ހެނދުނު ސިކްސް ތާޓީ އައް ޖެހޭނެ ރެޑީވާން.” އާލާ މިހެން ބުނުމުން އެންމެން އެއްބަސްވެ ދިޔައީ ހަވީރު ސައި ބޯށެވެ.

“އަޅޭ ހަވީރު ނުދެވުނީދޯ މި ތަނަކަށްވެސް” މިޒްނާ ފޫހި ގޮތަކައް ބުނެލިއެވެ

“ނޫނޭ ހިނގާދާން. ދިޔައީމަ ދެވޭނެ.” ފަޔާޒް ބުންޏެވެ.

“ނޯ. ބަލާ ރީތިވެސް ނުވެ މިހުރީ” މިޒްނާ ލޯ އަޅާލަމުން ބުނެލިއެވެ.

“ތީ ވާނެ ވަރަކީ. މުޅި މޫނުގަ އެންޓަފޯލިން ހާކައިގެން މި ކުދިންނަށް ދެވޭނީ. ހިންގާ އަހަރެމެން ބުރެއް ޖަހާލާފަ ދާން” އާޒް މިހެން ބުނުމުން ތިން ފިރިހެން ކުދިން އެކީ ބޭރަށް ހިނގައިގަތެވެ.

“ހުއް ވަރަށް ފޫހިވޭ އެދިޔައީނު” މިޒްނާ ތުން އޫކޮއްލަމުން މިހެން ބުނުމުން ޒިމްޔާއަށް ހެވުނެވެ.

“ހިނގާ ރޫމް އަށް ދާން އެމީހުންނަށް އުޅެ މާދަން ޕިކްނިކް ގެންދާނެ އެއްޗިހީގެ ލިސްޓް ފޮނުވަން. ވާފިރުމެންނަށް ޒިމް ފެނެއްޖިއްޔާ ކަޑަވާނެ އެއްނު. ޒިމް އެކަނިކޮއްފަ އަހަރެމެން ނުވާނެ ދާކަށް” އާލާ މިހެން ބުނުމުން މިޒްނާ ލިސްޓް ފޮޓޯ ނަގާފަ އާޒް އަށް ފޮނުވިއެވެ. އާޒް އެކަމައް އެއްބަސް ވުމުން ތިން މީހުން ވެގެން ތިބީ އެކި ވާހަކަ ދައްކާށާ ކުޑައިރުގެ ވާހަކަތައް ދައްކާށެވެ. ޒިމްޔާއައް އެގެއައް އައިފަހުން އެނގުނީ މީކާއީލް އަކީ މިޒްނާގެ ބޭބެއެއް ކަމެވެ. ޒިމްޔާއަށް ވިސްނުންގޮތާއި ދޭތެރޭ ހިނިވެސް އައެވެ.

………………………………………

އާޒްމެން ގެއައް އައީ ޕިކްނިކް ގެންދާ އެއްޗިހި ގަނެގެންނެވެ. ގެއައް އައި އިރު އިރުވެސް އޮއްސިއްޖެއެވެ. މީކާއީލް ހުރީ ޒިމްޔާ ދެކިލުމަށް ކެއްމަދުވެފައެވެ. ކާގެއައް ވަތް އިރު ތިން އަންހެން ކުދިން އުޅެނީ ސްޕެގެޓީ ހަދާށެވެ.

“ހާދަ ވަސް ގަނޑު ރަގަޅޭ” ފަޔާޒް ބަނޑުގަ އަތް ކާއްތާލަމުން ބުނެލިއެވެ.

“ޒިމްއޭ ސްޕެގެޓީ ހަދަނީ މިއަދު” މިޒްނާ މީކާއީލްއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“ތިކަން އިނގޭ. މިޒޫ އާއީ އާލާ ތީ ބަދިގެއައް ވަންނަން ލަދުން އުޅޭބައެއް. ނިކަން ޒިމްހެން މުރާލިވެބަލަ.” މީކާއީލް މިހެން ބުނުމުން އާލާއި މިޒްނާ ލޯހަނިކޮއްލިއެވެ. އޭރު ޒިމްޔާ ސްޕެގެޓީ ހަދައި ނިންމާ ކާން ހަދަނީއެވެ.

“ހިނގާ ކާން. ދެން މިޒޫމެންނާ ދިމާ ނުކޮއްބަލަ ތިވަރަށް” ޒިމްޔާ ހީލަމުން މިހެން ބުނެލިއެވެ. ޒިމްޔާ ރަކިވީ މީކާއީލް ކަޅި ޖަހާ ނުލާ ބަލަން އިނުމުންނެވެ. މީކާއީލްއަށް ޒިމްޔާ ލަދުން އިސްޖެހުމުން ހިނިތުންވެވުނެވެ. މިހާ ހަމަޖެހިފަ ހުއްޓަ ފެނުންމީ ފުރަތަމަ ފަހަރެވެ. ޒިމްޔާއަށްވެސް އިދެވުނީ ލަދުން އިސް ނަގަން ނުކެރިފައެވެ. އެހެންޏާ ބަލާވަރަށް ވުރެ ގިނައިން މީކާއީލް އޭނާ އާއި ދިމާއަށް ބަލާކަން ފާހަގަވިއެވެ. އެހެންޏާ ނުހުންނަ ތަފާތު ކަމެއް އެދެލޮލުން ސިފަވިއެވެ.

………………………………………………..

ވާފިރުހުރީ އަދިވެސް ޒިމްޔާ ގެއައް ނާންނާތީ ދެކޮޅައް ހިނގާލަ ހިނގާލައެވެ. މެންދުރުގެ ފަހުން އެއްގޮތަކަށްވެސް ވާފިރުއައް ޒިމްޔާ ފެނިފައެއް ނެތެވެ. އައެއްކާ ޒިމްޔާއަށް މީހަކު ކަމެއް ކުރީބާއޭ ހިތައް އަރަ އަރާ ހުރިއެވެ. ޒިމްޔާ ފިލައިގެން ގޮސްދާނެއޭ އެކަކުވެސް ހިތަކަށް ނާރައެވެ. ވާފިރު ގޮތް ހުސްވުމުން ޒުހުރާއަށް ގުޅާ އެވާހަކަ ބުންޏެވެ.

“ޔަގީނޭ އެ ފިލީކަން.ވާފިރުވެސް ޖެހޭނެއެއްނު ބަލަން އޭތި އުޅޭ ގޮތް. އެހެން ހުއްޓަސް ނިކަން މަކަރުވެސް ގަދައެއްޗެއް އެއީ” ޒުބޭދާ ހަޅޭއްލަވައިގަތް ވަރުން ވާފިރު ކަންފަތާ ފޯނުވެސް ދުރު ކޮއްލެވުނެވެ.

“ހަމަޖެހިބަލަ އޭނާ ފޮރުވާ ދޭނެ އިތުރު ބަޔަކު ނުތިބޭނެ. އެޔަކަށް ނުފިލޭނެ. މަ ހޯދާނައް އޭނާ ތަނެއް ފަޅާފަވެސް.” ވާފިރު ވެސް ރުޅިއައިސްގެން މިހެން ބުނެ ފޯނު ކަޑާލިއެވެ.

“ކިހިނެއްވީ މަންމާ؟” ޒަޔާންއައް ނުހުރެވިގެން އަހާލިއެވެ.

“އެ ޒިމްޔާ މެންދުރުއްސުރެ ދިޔަ ތާކުން ނާދެޔޯ. ޔަގީނޭ ވަގުތުބަލާފަ ބެޗީއެ އޭއްޗަކު.” ޒުބޭދާ ރުންކުރު ގޮތަކައް މިހެން ބުނެލިއެވެ. އޭރުވެސް ޒައްޔާ ހުރީ ވިސްނުމެއްގެ ތެރޭގައެވެ. އޭނާއައް ވާނުވާ ރޭކާލާން ފެށިކަހަލައެވެ. ނައުޝާދް ގެއިން ނިކުތުމުން އެމީހުން ޒިމްޔާ ގެންދިޔައީބާވައެވެ.

“މަށައް އިނގޭ. މަންމަ މެންގޭ ސަރަފިއްޔާގެ ކަޔާންއަށް އިނގޭނެ އޭނަ ވީތަން. މަގޭ ރައްޓެއްސެއް މެންދުރު ގުޅާފަ ބުނި” ޒައްޔާ ކަންވީ ގޮތް އޮޅުވާލީ އޭނާވެސް ކުރި ކަންތައް ރަގަޅު ނޫންވީމައެވެ.

“އޭއްޗަކު މަރުވާނެ މަގޭ އަތުން އަދި. އޭނަ ނަންބަރު އިނގޭތަ؟” ޒައްޔާއައް ބަލާލަމުން ބުންޏެވެ.

“ޒިމްޔާ ނަންބަރެއް ނޭނގެ. އޭނާ އަތުގަ އޮވޭ ފައިސާވެސް އެވަރަށް ނޭނގެ އެއެއްޗިހިދޭ މީހެއްވެސް މަށަކަށް” ޒައްޔާ ޖޯލީގަ އޯވެންނަމުން ބުންޏެވެ.

“ކިހާ ދެރަކަމެއް. ތި ކިޔާ ކަޔާނެއް” ޒައްޔާއާއި ދިމާއަށް ހަޅޭއްލަވައިގަންނަމުން ޒުބޭދާ ބުނެލިއެވެ.

“ނޭނގެ މަށަކަށް މަ ގޯތި މީހެއް ނޫން. މަންމަމެން ގޯތި މީހުންނެއްނު އެއީ” ޒައްޔާ ރައްދުގައި ބުނެލިއެވެ.

“ހެވެއްނު ކަލޭމެން ދެންވެސް ތިހެން ނުތިބެ ކަޔާން ނަންބަރު ހޯދަބަލަ. ކަލޭމެން ބަފާއަކައް ނުވާނެ އެއްކަމެއްވެސް. މަ ހީކުރީ ދެމީހުން އެކަނި ތިބީމާ އެޔައް  ނުތެދުވެވެވޭނެ ވަރު ކޮއްލާނެ ކަމައް. ވީކަމެއް ހަރާން” ޒުބޭދާ އައް ހީވަނީ އޭނާ އަތުން އަގުބޮޑު މުދަލެއް ގެއްލިގެން އުޅޭހެންނެވެ. ޒިމްޔާއަކީ އެކަހަލަ ކުއްޖެކެވެ. ނަމަވެސް މިމީހުން މިއަދު އެކުއްޖާ ފަކީރައް ނުދޭ އަނިޔާއެއް ނެތެވެ.

“ހަލޯ. ކާކު؟” ނުދަންނަ ނަންބަރަކުން މިހާ ދަންވަރު ގުޅުމުން ނުނަގަން އޮވެފަވެސް މާވަރަކަށް ގުޅާތީ ކަޔާން ނެގިއެވެ.

“ކާކުހޯ. ކޮބާ ޒިމްޔާ. ހުރިތާކުން އޭނަ ގެއައް ފޮނުވާލާ.” ޒުބޭދާ ހަޅޭއްލަވައިގަންނަމުން ބުނެލިއެވެ.

“މަށަކަށް ނޭނގެ.” ކަޔާންއަށް ވާނުވާ ރޭކާލަން ފެށުމުން ބުންޏެވެ.

“އިނގޭނެ ކަލެއާ ކަލޭގެ އުވާނުންތަކާގޮސް ޒިމްޔާ ގޮވައިގެން ދިޔައީ.” ޒުބޭދާ އަނެއްކާވެސް ބުންޏެވެ. މިހާ ނުބައިކޮއް ހަޅޭއްމިލަވަނީ ޒުބޭދާއަށް ބޮޑުދައިތަ ކިޔާ ކުއްޖަކަށެވެ.

“މަށަކަށް ނޭނގެ ޒިމްޔާވީ ތަނެއް. ތި ނައުޝާދްއެއް ތިގެއައް ވަނީމަ އަހަރެމެން ވަނީ ކީއްކުރަންތޯ ބަލަން. މަށަށް އިނގޭ ދައްތަމެން ރަށުގަ ނޫޅޭކަން. ދެން ޒިމްޔާ ގަޔައް އަރާ އޮތީމަ އޭނަ ދުރުކުރީ އަހަރެމެން. ” ކަޔާން ނުރުހިފައި ބުންޏެވެ.

“އޭ ކީކޭ ނައުޝާދުތަ ހަމަ. އޭރު ކޮބާ ވާފިރު” ޒުބޭދާ އިވުނު ވާހަކަ ތަކުން ދުރުގައި ހުރި ޒައްޔާއަށް ބަލާލިއެވެ. ޒައްޔާކީ މުޅިން އޮޅުވައިލައިގެންނެވެ.

“ނޭނގެ މަށަކަށް. ހުއްޓަސް ސަލާމަތް ކުރާނެ މީހެއް ވާހަކަތަ ތިބުނީ” ކަޔާން މަލާމާތުގެ ރާގަކަށް ބުންޏެވެ.

“ޒިމްޔާއެއް އެހެން ނޫޅޭނެ. އެހެންވެ ބޭރުންވެސް މީހުންނެއް ނުވައްދަން އެ މަންޖެ ގާތަކަށް. ޔަގީނޭ ޒައްޔާގެ ކަމެއްކަން” ޒުބޭދާ ވިސްނުމަކު އިނދެގެން މިހެން ބުންޏެވެ.

“ބަލަ ކަލޭމެން ގޭތެރޭ އޭނަ ބަފަޔާ ބޭބެމެން ގަޔައް އަރާއިރު ނުވޭ ދޯ މައްސަލައަކަށް. ބޭރުން މީހެއް ކަމެއް ކުރީމަ ގޯސް. ވާވާ ނޫނޭވާ ރަގަޅު. ތީހަމަ އިންސާނުން ތެރޭ އުޅޭ ޖަނަވާރުންތަކެއް. ޒިމްޔާވެސް ދާނެ ދޯ ކެއްނުވާވަރުވީމަ” ކަޔާން މިހެން ބުނެ ފޯނު ކަނޑާލިއެވެ. އޭރު މީހާ ހުރީ ރުޅިއައިސްގެން ފަޅައިގެންދާވަރުވެފައެވެ. މީކާއީލްމެނައް ގުޅަން އުޅެފަވެސް އަޅާ ނުލީ ބާރަ ޖަހައި ބޮޑުވީމައެވެ. މާދަން ދަތުރުދާންވެސް ކުރިން ހޭލަން ޖެހޭނެތީއެވެ.

ޒިމްޔާއަށް ނުނިދިފަ އޮތީ ތަންބަދަލުވީމައެވެ. ދެކޮޅަށް ފުރޮޅި ފުރޯޅި އޮވެގެން އެއްފަހަރުހީލައެވެ. ލޯމަރާލިޔަސް ފެންނަނީ މީކާއީލްގެ ސޫރައެވެ. މީރޭ މިއޮތީ އޭނާގެ ހިތުގެ ވެރިޔާއާއި އެއްފުރާޅެއްގެ ދަށުގައެވެ. އެހެން ރޭރޭ ތަކާ ހިލާފަށް މިރޭ އޭނާ ހުރީ ވަރަށް ހިންހަމަ ޖެހިފައެވެ. ވާނީވެސް އެހެންތާއެވެ. އެހެންޏާ ކޮންމެވެސް ބިރުވެރިކަމެއް ތެރޭ އޭނާ ޖެހޭނީ ނިދާށެވެ. އެންމެ ފަހުން ނުނިދިގެން ކޮޓެރިން ނިކުމެ ސިޓިންރޫމް ސޯފާގަ އިށީނެވެ. އޭނާ ހުރީ ނިދަންލާ ޓީޝާޓާއެކީ ކުރު ސޯޓެއްލައިގެންނެވެ. މިގަޑި އެކަކުވެސް ނުނިކުންނާނެކަން އިނގޭތީ ސޯފާގައި އިށީންދެ ހަމަޖެހިލިއެވެ.

މީކާއީލްއަށްވެސް އޮތީ ނުނިދިފައެވެ. ނިދަން އުޅުނަސް ފެންނަނީ ޒިމްޔާގެ ފަރި ސޫރައެވެ. ލޯމަރައިލައިގެން އޮތް އިރު އެހިތް ބޭގަރާރުވަނީ ޒިމްޔާގެ ސޫރަ ދެކިލުމަށެވެ. އެތައް ފަހަރު ފޯނު ނަގައި ޒިމްޔާއަށް ގުޅަންވެސް އުޅުނެވެ. ނަމަވެސް ޒިމްޔާއަށް އުނދަގޫ ނުކުރަން ނުގުޅީއެވެ. ނުނިދިގެން އޮވެފަ ފެންބޯންތެދުވިއިރު ފުޅީގަ ފެންނެތުމުން ފެން އަޅަން ނިކުތެވެ. ކާގެއައްދާން އުޅެނިކޮއް ސިޓިންރޫން ދިއްލާފަހުރީމަ އެދިމާއައް ދިޔައެވެ. ސޯފާގައި އިށީންގެ އިނދެގެން ލޯމަރައިގެން އެއިނީ އިތުރު އެހެން މީހެއް ނޫނެވެ. އޭނާގެ ހިތުގެ މަލިކާއެވެ. ކުޑަކޮއް ހީލަމުން ގޮސް ސޯފާ ކުރިމައްޗައް ހުއްޓުނެވެ. އޭރުވެސް ޒިމްޔާއިނީ ލޯމަރައިގެންނެވެ. މީކާއީލްއައް ހުއްޓެން މަޖުބޫރުވީ ޒިމްޔާ ލައިގެން ހުރި އެއްޗިހިންނެވެ. ދޮން އޮމާން ރީތިފަޔަށް ބެލެން ހުރީ ބޭއިހްތިޔާރުގައެވެ. ޒިމްޔާއަށް މީހެއް ހުރި ކަމުގެ އިހުސާސް ވެގެން ލޯ ހުޅުވާލިއިރު ކައިރި ހުރި މީކާއީލް ފެނި ދެލޯ ބޮޑިު ކޮއްލެވުނެވެ. އޭނާއައް އިނދެވުން ހާލަތު އިނގުމުން އަވަހައް ކޮޓެރިއަށް ދާން އުޅުނެވެ.

“ޒިމް މަޑުކޮއްބަލަ” ޒިމްޔާގެ އަތުގައި ހިފާ އަނބުރާލަމުން މީކާއީލް ބުންޏެވެ. އެހާ އަވަހަށް ޒިމްޔާ ފޮނުވާލާކަށް މީކާއީލް ބޭނުމެއްނޫނެވެ.

“ހުމް ކީއްވީ” އިސް ޖަހައިގެން ހުރެ ޒިމްޔާ އަހާލިއެވެ.

“ކީއްވެ ތިގޮތަށް ބޭރައް ނިކުމެ ތީނީ؟” މީކާއީލް އަހާލިއެވެ.

“ނުނިދިގެން ނިކުމެލީ، މީހެއް ނިކުންނާނެ ކަމައް ހިޔެއް ނުކުރަން” ޒިމްޔާ މިހެން ބުނުމުން މީކާއީލް ދެން ތިހެން ނުނިކުންނައްޗޭ ބުނެލިއެވެ.

“މީކް ކީއްކުނަނީ ނުނިދާ؟”

“ފެން ފުޅިއައް ފެން އަޅަން ނިކުތީ ޒިމް އިނީމަ މިއައީ” މީކާއީލް ޒިމްޔާ މޫނައް ބަލާލަމުން ބުންޏެވެ.

“ހޫމް. ދަނީ އިނގޭ ނިދަން” މީކާއީލްއަށް ބަލާލަމުން ޒިމްޔާ މިހެން ބުނެދާން ހިނގައިގަތެވެ. ނަމަވެސް މީކާއީލް ޒިމްޔާ އަތުގައި ހިފާ އޭނާއާއި ވީކޮޅައް ދަމާލިއެވެ. އޭރު ޒިމްޔާ ހުރީ މީކާއީލް މޭގައި ކޖެހިފައެވެ. ދެވަނަ ސިކުންތުގަ މީކާއީލް ޒިމްޔާ ގައިގަ ބައްދާލިއެވެ. ޒިމްޔާ ހުރީ ހުއްޓުން އަރާފައެވެ. ނަމަވެސް ހިތައް އުފާވެރިކަމެއް ލިބުނެވެ.

“ޒިމް ސޭވް ކުރާނަން އިނގޭ ކޮންމެ ގޮތެއް ހަދާފަވެސް ، ޒިމް ބިރު ނުގަންނައްޗޭ. އެކަކު ނުހުއްޓަސް މީކް ހުންނާނަން ޒިމްއާއި އެކީ އޯކޭ؟” ޒިމްޔާގެ ދަތް ދޮޅީގައި ހިފާ ބަލާލަމުން ބުންޏެވެ.

“ކީއްވެ ޒިމްއަށް ތިހާ ކެއާތި ކުރަނީ؟ ޒިމް މީ ކިހާ ގޯސް މީހެއްކަން އިނގެއެއްނު” ޒިމްޔާ މީކާއީލްއަށް ފުރަގަސް ދެމުން ބުނެލިއެވެ.

“ޒިމް ލޯބިގަނޑާ ތީ ގޯސް ކުއްޖެއް ނޫނޭ. އެކަކަށް ހަގީގަތް ނޭނގުނަސް މީކް މެންނައް އިނގެޔޭ ޒިމްގެ ހާލަތު” ފަހަތުން ޒިމްޔާ ގައިގަ ބައްދާލަމުން ބުންޏެވެ.

“ޒިމް ކީއްކޮއްދެންވީ، އަސްލު ވަރަށް ބޮޑު ކަމެއް މީކްމެން ތިކޮއްދެނީ” ޒިމްޔާ މިހެން ބުނެލި އިރުވެސް ހުރީ ކުޑަކޮއް ލަދުގަނެފައެވެ. އެއީ މީކާއީލް ޒިމްޔާ މާ ގަތް ކޮއްގެން ހުރީމައެވެ.

“ވަރަށް ބޭނުން ކަމެއް އެބޮތް. ޒިމް ޖެހޭނެ އެކަންތައް ކޮއްދެން” މީކާއީލް ހީލަމުން މިހެން ބުނެލިއެވެ.

“ކޮންކަމެއް؟” މީކާއީލްއާއި ދިމާއައް އެނބުރެމުން ޒިމްޔާ އަހާލިއެވެ.

“އަބަދުވެސް ޒިމްގެ ލޯބި ސްމައިލްދީގެން ހުންނަންވީ. ތީ މިހާރު ސޭޑްވާން ޖެހޭ ކުއްޖެއް ނޫނެއްނު.” މީކާއީލް މިހެން ބުނުމުން ޒިމްޔާއައް ހީލެވުމެވެ. ދެން ދިޔައީ ހިމޭން ކަމުގެ ވަގުތުކޮޅެކެވެ. އެހާ ކައިރީގަ ހުރުމުން ދެމީހުންގެ ހިތްވެސް ދިޔައީ ތެޅެމުންނެވެ. މީކާއީލްއަށް ބެލެނީ ޒިމްޔާގެ ކުޑަކުޑަ ތުންފަތަށެވެ. ކެއްކުރެވުނީ ކުޑަވަގުތުކޮޅަކަށެވެ. ޒިމްޔާގެ ތުންފަތުގަ ބޮސްދޭން ފެށިއެވެ. ޒިމްޔާއަށްވެސް މިކަމުގަ ފުރިހަމައަށް ބައިވެރިވެވުނެވެ. ޒިމްޔާ އުރާލައިގެންގޮސް ސޯފާ ގަ ބޭއްވިއެވެ. އޭރުވެސް ޒިމްޔާ އޮތީ ލޯމަރައިގެންނެވެ. މީކާއީލް އަނެއްކާ ޒިމްޔާގެ ތުންފަތަށް ބޮސްދޭން ފެށިއެވެ. ހާމައައް އިތް ޒިމްޔާގެ ބަނޑުގަ އަތް ހިނގާއެވުނެވެ. ނަމަވެސް ކުއްލިއަކަށް ޒިމްޔާ މީކާއީލްގެ މޭގައި އަޅާ ކޮއްޕާލެވުނެވެ. ތެދުވެ މީކާއީލް އާއި ދިމާއަށް ބަލަން އިނދެވުނެވެ.

“އައިމް ސޯ ސޮރީ ޒިމް. މީކް ގަސްތަކު ނޫން.” މީކާއީލް ޒިމްޔާ ރުޅިއައީ ކަމަށް ހީކޮއް އެހެން ބުނެލިއެވެ. ޒިމްޔާއަށް ރޮވެން ފެށިއެވެ. އޭނާ ހިތުގައި ޖެހުނީ މީކާއީލް އެހެން ބުނުމުންނެވެ. އޭނާ ހީކުރީ މީކާއީލްވެސް އޭނޭއާއިދޭތެރޭ ކޮންމެސް އިހުސާސް ތަކެއް ވާނެކަމަށެވެ.

“ހޭ ޒިމް ކީއްވެ ތިރޮނީ؟ ގޯސް އެއްޗެއް ބުނެވުނީތަ؟” މީކާއީލް ހިތައް ހީވީ ތޫނު ހަންޖަރެއް މީހަކު ހަރާލިހެންނެވެ އޭނާ އެންމެ ލޯބިވާ ކުއްޖާ ގެ ލޮލުން ކަރުނަ އަންނާކަށް ބޭނުމެއް ނޫނެވެ. މީކާއީލް ޒިމްޔާ އޭނާއާއިވީ ދިމާއަށް އަނބުރާލިއެވެ.

“އަތް ނުލާ. ތި ހުރިހާ ފިރިހެނުންވެސް ބޭނުންވަނީ އެންމެ ކަމެއް އަހަރެން ކައިރިން. ކުރާނެ ކަންތައް ކޮއްފަ ސޮރީއޭ ބުނާނެ” އޭރުވެސް ޒިމްޔާ ރުއިމަކަށް ބަދަލެއް ނާދެއެވެ.

“ލުކް ޒިމް އަހަރެން އެކަހަލަ ކޮތަކަށް ނުވިސްނަން އެކަހަލަ ކަމެއް ކުރާކަށް ނުވެސް އުޅެމެންނު. ދެން ކީއްވެ ތިހެން ތިބުނީ. ވީ ޖަސްޓް އޮންލީ ކިސްޑް” މީކާއީލް ޒިމްޔާއާއި ކައިރިވެލަމުން ބުންޏެވެ.

“ޒިމް ޕްލީޒް ހުއްޓާލަބަލަ. އިނގެޔޭ ޒިމް އަށް ތިހެންކަން ފީލް ވާނީ އެކަމަކު އަހަރެން ޒިމް އަކަށް އެކަހަލަ ކަމެއް ނުކުރާނަށް.” މީކާއިލް ފުން ނޭވާއެއްލަމުން ބުނެލިއެވެ. ޒިމްޔާއަށް ވާނެވަރު މީކާއީލް އަށް ވިސްނުނެވެ. އެކަހަލަ ކަންތައްތަކުގަ ޒިމްޔާއަށް ވިސްނޭނީ އެހެން ކަމެވެ. އެހެން ނުވާންވީ ސްބަބެއް ނެތެވެ. އޭނާ އައް ވަނީ އެފަދަ ކިތައް އަނިޔާ ލިބިފަހެއްޔެވެ؟ އޭރު ޒިމްޔާ ރުއިން މަޑުވެ ގިސް ޖެހި ޖެހި އިނެވެ.

“ޒިމް އަހަރެން ވާހަކައެއް ބުނަންތަ؟” މީކާއީލް އާއި ދޭތެރޭ އެފަދަ ގޮތަކަށް ދެކުމުން ނުހަނު ދެރަވިއެވެ.

“ހުމް.” ޒިމްޔާ މީކާއީލް އަށް ބަލާލަމުން ބުންޏެވެ.

“އައި ލަވްޔޫ” ލޯ މަރާލަމުން މީކާއީލް މިހެން ބުނެލިއެވެ. ޒިމްޔާއައް އިނީ ގަބޫލް ނުކުރެވިފައެވެ. މީކާއީލް ބަލާލީ ޒިމްޔާ އެއްޗެއް ނުބުނެ ހުރުމުންނެވެ.

“ޒިމް ކޮންމެސް އެއްޗެއް ބުނެބަލަ؟” މީކާއީލް އާދޭސް ކުރާ ކަހަލަ ގޮތަކަށް ބުންޏެވެ.

“އަހަރެން އަތަކު ނެތް މީހަކަށް ދޭނެ އެއްޗެއް” ޒިމްޔާ ފެންކަޅިވެފަ އިނދެ ބުނެލިއެވެ. އޭނާ ކިތަންމެ ލޯބިވިޔަސް އޭނަ އަކީ ކާކުކަމެއް ހަނދާނެއް ނުނެތެއެވެ. އަންހެން ކުއްޖެއްގެ އެންމެ އަގުބޮޑު މުދާ ވަނީ އޭނާ އަތުން ބަޔަކު ފޭރިގަނެފައެވެ.

“ޒިމް މީކް އައް އިނގޭ ޖަވާބެއް ދޭން އުދަގޫވާނެކަން. އެކަމް މީކް މިހެން މިބުނީ ޒިމް އިނގެހުރެ. ހުރިހާ ކަމެއްވެސް އިނގޭ. އެކަމް ތި ހިތް ދެވިދާނެއެއްނު. މީކް ނެތިން ޒިމް ލައްވަ ގަދަ ކަމުން ކަމެއް ކުރުވާކަށް. ” މީކާއީލް ޒިމްޔާގެ ލޮލައް ބަލާލަމުން ބުންޏެވެ. ޒިމްޔާ އައް ރޮވެން ފެށުމުން މީކާއީލް ޒިމްޔާ ގެނެސް އަތުތެރަށް ލިއެވެ.

“ޝޫ. ހުއްޓާލާ. ކޮންމެ ޖަވާބެއް ދިނަސް ޒިމް ބަލާންން. އޭޒް އަ ފްރެންޑް ވިޔަސް” ޒިމްޔާގެ ކަރުނަތައް ފުހެދެމުން މީކާއީލް ބުންޏެވެ. މީހެއްގެ މިހާ ގާތްކަން ފެނި އަދި ލޯބިވާ މީހާކައިރި ޒިމްޔާ އެއްކޮއް ބަލިކަށިވެއްޖެއެވެ.

“ޒިމްއައް ހާދަ ތަދުވިއޭ ހާދަ އަނިޔާއެއް ކުރިއޭ، މުޅިގައިގަވެސް އެމީހުން ކުރި އަނިޔާގެ ނިޝާންތަށް ހުންނާނެ. ގައިގަ އެޅޭ ކޫރު ފިލިއަސް ހިތަކުން އެހަނދާން ތަކެއް ނުފިލާނެ” ޒިމްޔާއައް ކެއްވީ އެހިސާބަށެވެ. ހިތުގެ އުދާސްތަށް މީކާއީލް އަތުތެރޭ އިނދެގެން ބަންޑުން ކުރަން ފެށިއެވެ.

“ހުއްޓާލަބަލަ ބޭބީ. ރޯގާ ޖެހިދާނެ. މީކް މިބުނީނު މީކް ހުއްޓައެއް އެމީހުންނަކަށްދެން ޒިމްއާއި ކައިރިއެއް ނުވެވޭނެއޭ” މީކާއީލް އެތައް ވާހަކައެއް ދައްކައިގެން ޒިމްޔާ ހުއްޓާލިއެވެ.

“ދެން ސްމައިލް އެއްދީބަ. ތިހިރީ ޕްރޮމިސް ކޮއްފަ ސްމައިލްދީގެން ހުއްނަން” މީކާއީލް މިހެން ބުނުމުން ޒިމްޔާ ހީލިއެވެ. ޒިމްޔާގެ ނިއްކުރިޔައް ބޮސްދެމުން އަތުތެރޭ ފޮރުވާލިއެވެ.

“ދެން ކޮން އިރަކުން ޖަވާބެއް ދޭނީ؟” މީކާއީލް ޒިމްޔާގެ އިސްތަށިގަނޑުގަ ތުންފަތް ޖައްސާލަމުން އަހާލިއެވެ.

“ވިސްނާލާފަ” ޒިމްޔާ މަޑުމަޑުން ބުނެލިއެވެ.

“ވިސްނާ ވިސްނާ ބޯ ނުގޮއްވައްޗޭ އަނެއްކާ. ދެން އޯކޭ ޖަވާބެއް ނުދިނަސް އޯކޭ ތިހެން މި އަތުތެރޭ އަބަދު އޮންނަންޏާ” މީކާއީލް ލާނެތް ގޮތަކަށް ބުނެލިއެވެ.

“ދެން ނޫޅެން” މިހެން ކިޔައި ޒިމްޔާ ދުރުވާން އުޅުނެވެ. މީކާއީލް އިނީ ދުރު ނުވެވޭ ވަރަށް ޒިމްޔާ ގައިގަ ބައްދައިގަނެގެންނެވެ.

“ދެން މީކް ނިދަންދާން ވެއްޖެ. މިހާރު މާ ދަންވެސް ވެއްޖެ.” ޒިމްޔާ ދުރު ނުވެވުމުން ބުނެލިއެވެ.

“އޯކޭ. އެކަމް މާދަން ޕިކްނިކް ގޮއަސަ ލަދުން ފިލައިގެން ނޫޅޭތި އިނގޭ” ޒިމްޔާގެ ލޮލައް ބަލާލަމުން މީކާއީލް މިހެން ބުނީ ލަދުގަންނުވާލާށެވެ. ޒިމްޔާ މީކާއީލް އައް ލޯ އަޅާލައިފައި ދުވެފައި ގޮސް ކޮޓެރިއައް ވަނެވެ. މީކާއީލް ހުރީ ޒިމްޔާ ދިޔަ ދިމާއަށް ބަލަން ހެވިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mau

Level 2100 Comments10 Stories

??

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (25)

Next

ލޯތްބެއްނެތް ގުޅުން (3 ބަނަ ބައި)

Next
November 3, 2017

ލޯތްބެއްނެތް ގުޅުން (3 ބަނަ ބައި)

Previews
November 3, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (25)

38 Comments!

  1. Malsha says:
    November 3, 2017 at 12:32 pm

    Wow v v v nyc…Dhen next part knirakun upkohlaany? ? Avas kohlahchey dhooni gandaa. .BYE ly

    1. Kukoo says:
      November 3, 2017 at 12:35 pm

      Hehe. Mirey or Maadhama ge vaguthaku iraadha kurehvihya? Btw thakyou Malsha dhooni gandaa hehes ??

  2. Kittiy. says:
    November 3, 2017 at 12:33 pm

    Wow v salhi….❤❤❤

    1. Kukoo says:
      November 3, 2017 at 12:38 pm

      Thankyou Kitty?

  3. Juma says:
    November 3, 2017 at 12:36 pm

    Zim n meek … vrh gulhey …. kukoo. … story vrh reethi…. zubeydhaa jahan v thanah eba in zuhuraa jehifa…. hope mistake thah faahaga kuryma hiyy hama nujehifa nuhunnaanekamah…. when nxt prt?????

    1. Kukoo says:
      November 3, 2017 at 12:40 pm

      Thankyou. Mistake eh faahaga kollevehjihyaa buneliyyaa rangalhy 🙂 Cuz eyrun dhevana faharah ves rangalhu kolleveyny. Insha allah mirey or maaadhamaa upload kohdheynahi ? Btw Thankyou Juma?

    2. Juma says:
      November 3, 2017 at 12:43 pm

      Thanks kukoo…. thi kahala writer’s ge story vrh kiyaa hiyy vey…
      Readers innah reply kuryma assu vrh happy vey….. I’m proud of u kukoo… ????

    3. Kukoo says:
      November 3, 2017 at 12:46 pm

      Same here juma. Vaahaka ah comment kureema aslu varah happy veyh.? Welcome?

    4. Juma says:
      November 3, 2017 at 12:53 pm

      Kukoo can u plx tell me whether u r a girl o boy???? I wanna frnd with u….

    5. Kukoo says:
      November 3, 2017 at 1:23 pm

      Hehe. I am a girl?

    6. Juma says:
      November 4, 2017 at 3:38 pm

      Kukoooooo…. where is the 10th part?????? Mihaaru vaahaka kiyaalaa hithun hama hureveny eh noon….. whnnnn????????????

  4. Kukoo says:
    November 3, 2017 at 12:43 pm

    So here is the part 9. I hope you guys will love it. And mistake eh inihyaa faahaga kolladhehchey. Story kiyaafa konme kuhjeh ves comment kohlahchey????

  5. Hau says:
    November 3, 2017 at 12:54 pm

    Woww v nic

    1. Kukoo says:
      November 4, 2017 at 12:59 am

      Thankyou Hau 🙂

  6. Riz says:
    November 3, 2017 at 1:40 pm

    Wow.. V nice mi part vx.. When next part?? Kukoo

    1. Kukoo says:
      November 3, 2017 at 1:57 pm

      Thankyou? Mirey or maadhan insha allah 🙂

  7. sana says:
    November 3, 2017 at 1:49 pm

    Plx update this night plx plx very very very nice best writer keep it up KUKOO ????????????????????

    1. Kukoo says:
      November 3, 2017 at 1:59 pm

      Hehe. Insha allah i’ll try inge sana 🙂 Thankyou 😀

  8. samahaa says:
    November 3, 2017 at 1:51 pm

    Very very nice ???

    1. Kukoo says:
      November 3, 2017 at 2:02 pm

      Thaanks samahaaa 🙂

  9. Axka says:
    November 3, 2017 at 1:53 pm

    Wowwww! Very very nice

    1. Kukoo says:
      November 3, 2017 at 2:05 pm

      Thankss Axkaa 😀 ?

  10. Elisha says:
    November 3, 2017 at 1:54 pm

    Wowwww!

    1. Kukoo says:
      November 4, 2017 at 12:56 am

      Thankss..

  11. sama says:
    November 3, 2017 at 1:55 pm

    Hey, this is real story ?
    Story is very nice???

    1. Kukoo says:
      November 3, 2017 at 2:06 pm

      Hehe. Miee hama Kukoo amilla hiyaal akah liyaa vaahakaeh. Ekam mihaaru mihen ulhey meehunves ulhey dhw 🙂 Btw Thanks Sama 🙂 😉

  12. Alisha says:
    November 3, 2017 at 1:56 pm

    Very nice ????

    1. Kukoo says:
      November 3, 2017 at 2:07 pm

      Thanks Alisha 😉

  13. Pinky shifoo says:
    November 3, 2017 at 1:58 pm

    Wow kukoo… Mi Story vvv reethi… Vv furihama… Loved it… Keep it up… Waiting for next part…

    1. Kukoo says:
      November 4, 2017 at 12:55 am

      Thanks Pinky Shifoo 😉

  14. unaal says:
    November 3, 2017 at 3:20 pm

    alhe so cute … meek n zim ???????

    1. Kukoo says:
      November 3, 2017 at 6:38 pm

      Hehe 😉

  15. Aisha says:
    November 3, 2017 at 9:51 pm

    ZimMee <3
    stry nicee

    1. Kukoo says:
      November 4, 2017 at 12:51 am

      Thankyou 🙂

  16. miniiiion says:
    November 4, 2017 at 12:49 am

    reethi. will wait for the next part. all the best girl. 🙂

    1. Kukoo says:
      November 4, 2017 at 12:54 am

      Thankyou so much 😀

  17. Nahu says:
    November 4, 2017 at 12:53 pm

    V reethi story… Miadhu kn iraku up kh dheynyy… Waiting Waiting

    1. Kukoo says:
      November 4, 2017 at 2:17 pm

      Hehe. Will upload soon. Thankyou Nahu 🙂

Comments are closed.

Next Episodeވޭންތަކުން ދިން ހިތި މާޒީ (10)←


All Right Reserved!