ކުށަކީ ކޮބާހެ ލޯބިވާ…. ( ޓްރެއިލަރ)
” އަހަންނަށް މިހެން ދިމާވީ ކީއްވެހެއްޔެވެ. ކުރެވުނީ ކޮން ކުށެއް ހެއްޔެވެ. އެންްމެ ފަހަރަކުވެސް ބުނެބަލާށެވެ. ލޯބިވާއެވެ. ނުހަނު ލޯބިން މިލްކަކަށް ހެދީމު ނޫން ހެއްޔެވެ. އުުމުރަށް ލޯބިދީ އެކީގައި އުޅެން ވައުދުވީމެއްނޫން ހެއްޔެވެ. އެ ހުރިހާ ވައުދުތަށް އުވާލީ ކޮން ކުށެއް އޮވެގެން ހެއްޔެވެ. ލޯބިވާއެވެ. ތި ނަފްރަތަށް ވެސް ކެތްކުރާނަމެވެ. ކޮންމެވެސް ދުވަހަކުން ތި ހިތުން ޖާގައެއް ލިބޭނެ ކަމަށް އުއްމީދުކުރާނަމެވެ. ތި އަނިޔާތަކަށް ކެތްކުރާނަމެވެ. އެހެން ނަމަވެސް … އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ކުށް ބުނެދީ ބަލާށެވެ. ނުރުހުންތިވާ ސަބަބު ބުނެދީ ބަލާށެވެ.” އެދުގައި ބަންޑުން އޮވެ ހިތުގެ ޝަކުވާތަށް ގަލަމުން ބަޔާންކޮށްދެމުން ދިޔައީ އެއަޑު އަހާނެ މީހަކު ހުރިހެން ހީނުވާތީއެވެ.އ ބޮޑު ކޮޓަރީގައި ހިފާފައި ވަނީ އެ އަންހެން ކުއްޖާގެ މަޑު ގިސްލުމުގެ އަޑެވެ. ހިތާމައަކީ އެއަޑު އަހާނެ މީހަކު ނެތްކަމެވެ. އެއަޑު އިވުނަސް އަސަރުކުރާނެ މީހަކު ނެތެވެެ. ޑައިރީ ލައްޕާލަމުން އެ ފޮތް ދުރަށްލީ އިތުރަށް ލިޔަން ބޭނުން ވިޔަސް އެހިތްވަރެއް ނެތުމުންނެވެ. ” މޯމް..ޑޭޑް އައި މިސް ޔޫ ސޯ މަޗް… މަންމަގެ ނަވާރުއަށް މާފްކުރޭ.. ފޮގިވް ޔުއަރ ޕްރިންސެސް ޑޭޑް… އިރާދަކުރެއްވިއްޔާ މިހިތާމަ ތަކަށް ކެތްކުރާނަން.. މަންމަމެން ފަދަ ކެތްތެރި މީހަކަށް ވާނަން.. ” ނަވާރ ކައިރީގައި އޮތް ބާލިސް ގެނެއް އޭގައި ބައްދައިގެން ބޮނޑިވެގަތީ މަންމަ އާއި ބައްޕަގެ ހިމާޔަތަށް ބޭނުންވާފަދައިންނެވެ.
……………………………………………………………………………..
” މޯމް… ޑޭޑް… އައި އޭމް އިން ލަވް..” ސިޓިން ރޫމްގައި އެކީ ޓީވީ ބަލަން ތިއްބާ ލައުހާ އާއި ހައިކަލް ސިހުނީ އެމީހުންގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅު ދުވެފައި އައިސް އެދެމީހުންގެ މެދަށް ވާގޮތަށް އިށީނުމުންނެވެ. ލައުހާއާއި ހައިކަލް އަށް އެއްފަހަރާ ކަހަލަ ގޮތަކަށް ހެވުނީ ލައިލް އެމީހުންނަށް ބަލަން އިންގޮތުންނެވެ. އެދެލޮލުން ތަފާތު ވިދުމެއް ފާހަގަވާން ހުރި ކަހަލައެވެ.
” ކާކު އެއީ.. މަންމަގެ ވާން އުޅޭ… އުހްމް.. އުހްމް..” ލައުހާ ހަމަ ގަސްދުގައި ލައިލްއާއި ދިމާކުރިއެވެ. ” ތެދެއް.. އޭރަށް ނު އެނގޭނީވެސް ޝަގުން ހިފައިގެން ދާން…” ހައިކަލްވެސް ލައުހާއަށް އެއްލޯމަރާލަމުން އެސަމާސާގައި ބައިވެރިވެލިއެވެ. މެދު އުމުރަށް އެޅިފައިވީ އިރުވެސް އެމީހުންގެ ލޯތްބަށް ކުޑަނަމަވެސް ބަދަލެއްނާދެއެވެ. ” ދެން…ޑޭޑް…” ލައިލް ރަކިވި ވަރުން އެހެން ބުނެލީ އިސްތަށިގަނޑާއި ކުޅެމުންނެވެ. ” ސީރިއަސްކޮށް ޑޭޑް… ޝީ ލުކްސް ލައިކް އަ ޑޯލް… ހަަމަ ހީވަނީ ޕްރިންސެސް އެއް ހެން… ރީތީގެ ރާނީއަކަށް ދުލެއް ނުކުރާނެކަން ޔަޤީން…” ލައިލް ހިޔާލީ ދުނިޔެއަކަށް ގެއްލިގެން އިދެ އެހިތުގެ މަލިކާ ސިފަކުރަމުންދިޔައިރު އެމޫނުމަތީ ވަނީ ނުފިލާ ހިނިތުންވުމެކެވެ.
……………………………………………………………………………
” ހެހެހެ… ޔޫ އަރ ނަތިންގް ފޯ މީ… ނަތިންގް … ޖެހޭނީ އަހަރެން ބޭނުން ގޮތަކަށް ހެދިގެން ހުންނަން.. މިނިވަން ވެސް ނުކުރާނަން … އިވިއްޖެ..” ނަވާރުގެ އިސްތަށިގަނޑު އަތަށް ބޮނޑިކޮށްލަމުން ލަޔާން ވާހަކަ ދައްކަމުން ދިޔައިރު އެ ދެލޮލުގައި ކުޑަ ނަމަވެސް ރަހުމެއް ނެތް ފަދައެވެ.
“ތަދުވޭ.. ޕްލީޒް..” ނަވާރް ތަދުވި ވަރުން ލަޔާންގެ އަތް ނެއްޓުވޭތޯ އުޅުމުން އިތުރަށް އިސްތަށިގަނޑުގައި ހިފައި ވާން ކޮށްލިގޮތުން ނަވާރުްއަށް ރޮއެގަނެވުނެވެ.
ނަވާރްއަށް ޓަކައި އެހިތުގައި ލޯބި އެއީ ނެތް އެއްޗެއް ފަދައެވެ. އެގޮތަށް ނަވާރް ރޮވިފައި ހުންނަ އިރު އެހިތަށް ފިނިކަން ލިބޭފަދައެވެ. އެހިތުގެ ޒަހަމްތަކަށް ޝިފާއެއް ލިބޭފަދައެވެ
……………………………………………………………………………
ނޯޓް: މިއީ މިވާހަކައިގެ ޓްރެއިލަރ…މިއީ ދުރުގައިވިޔަސް އަދި ޔާރާއޭ މިދެވާހަކައިގެ މައްޗަށް ބިނާކޮށް ލިޔަމުންގެންދާ ވާހަކައެއް .މި ވާހަކަ އަޕްލޯޑްކުރަން ފަށާނީ ލިޔެ ނިމުމުނު ހާ އަވަހަކަށް… ވާހަކައަށް އިންތިޒާރުކުރާނެކަމަށް އުއްމީދުކުރަން..
23 Comments!
Comments are closed.



Heheh
Waiting…varah salhi trailer..avahah up kohdhechey…??
Woww. Varah salhi trailer eh. Story vx reethi vaane kamah ummeedhu kuran. Good luck ???
thank you SJK…KOREAN… i ll try my best ….
SJK ge stry nereyny kon irakun??
November fahu kolhu, in sha allah ??
reethivaanehen heevey
daily koh up kohdhehchey
writer ge kureege story dhurugaa viyas ves varah reethi
best of luck ❤
Wowww!nice ?????
thank you… mivaahaka ah inthizaaru kuraane kamah ummeedhu kuran
Nice heevanee reethi vaanehen
Nice!Good luck ?
Nice trailer eh.? BEST OF LUCK
BEST OF LUCK
Good luck?
Mashaa Allah beautiful????
Wooooowww ?..trailer awesome.. waiting ingey…
vvvvvvvv salhi
Varah reethi trailer…?
Waitingss ❤
Nd good luck?
Hmm inthizaar ga mihury Mihaar vx kiyaa hih vehje
Hlw writer ? varah salhi trailer.. adhi yaara eyy and dhurugai viyas ah binaakosheyy bunyma ithurah kiyaahiyvejje.. waitings igeyy… ?❤
Wowwww… Vvv nice trailer… Writer ge storythah vv nice.. Hope mi story vx ehaa reethi vaane kamah… Waiting…
Wow??….. Hiivey varah rythi vaanehen ?… Waiting⏰⏳⏳…. Writer miige kurin liyunu dhe vaahaka vess varah rythi??.. So mivess varah rythi vaanekamah unmeedh kuran ??
Alhugandu mathiveri niyaasha ah ves varah kamudhey mi trailer ???