Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްއެކީ ދެވިއްޖޭ (1)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
November 2, 2017 6 Mins Read
31 Comments

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ޗެކިން ނިންމައިލުމަށްފަހު ހުޅުލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި ރެސްޓޯރެންޓްގައި އަލްކާ އާއި އޭނާގެ އާއިލާ ސަޔަށް އިންސާފުކުރުމުގައި ތިއްބެވެ. “ދަރިފުޅާ ބޭރު ޤައުމަކަށް ކިޔަވާން ދެވުނަސް ބައްޕަމެން ދިން ތަރުބިއްޔަތު ހަނދާން ނައްތައިނުލާތި. ބަރާބަރަށް ނަމާދުކޮށް އަބަދުވެސް ދުޢާކުރަން ވާނެ. އޭރުން ދަރިފުޅުގެ ކިޔެވުމުގައި މާތް ﷲ ބަރަކާތްލައްވާނީ.” ލޯތްބާއެކު އަލްކާގެ ބޮލުގައި ފިރުމައިލަމުން އަޖުވަދު ބުނެލިއެވެ. އެއާއެކު ކޮފީ ޖޯޑު ނަގަމުން އަލްކާ ބޯޖަހައިލިއެވެ. “ދޮންތަ ދިޔާމަ ވަރަށް އެކަނިވާނެ. ވަރަށް މިސްވާނެ ދޮނޭ މަތިން. އަހަރެންނަށް ޖެހޭނެ އަބަދުވެސް ގުޅަން އެނގޭ. އެހެންނޫނީ އަހަރެންގެ އުނދަގޫ ނިކަންބޮޑުވާނެ.” އެއްލޯ މަރައިލަމުން ހިނިތުންވެލައިފައި އަލްކާގެ ކޮއްކޮ ނައިރާ ބުނެލިއެވެ. “ސާބަހޭ ދަރިފުޅާ. ދޮންތަ މެލޭޝިޔާއަށް އެދަނީ ކިޔަވާށޭ. އެހެންވީމަ ބުރަވާނު އުޅޭލެއްވެސް ދޯ. އެކަަމަކު ދޮންތައަށް ވަގުތުވީ ވަރަކުން މަންމައަށް ޔަޤީން ދަރިފުޅަށް ގުޅާނެކަން.” ނައިރާގެ ވާހަކައިން ހިނިއައިސްފައި އިން ހާމިދާ ބުނެލިއެވެ. އެއާއެކު އަލްކާއަށް ބަލައިލަމުން ނައިރާ ތުންކޮޅު އޫކޮށްލީ ޅަކުއްޖެއްފަދައިންނެވެ. މިތަންފެނި އެންމެން ގާތަށް ހިނިއައެވެ.

“އެއްކަލަ ބޭބީގަނޑު. ދޮންތަވެސް ނުލާހިކު މިސްވާނެ މި ބޭބީ ގަނޑުމަތިން. ޕްރޮމިސް ވަގުތުވީ ވަރަކުން ޔައިއަށް ގުޅާނަން. އޯކޭ އެއްނު.” ލޯތްބާއެކު ނައިރާގެ ކޮލުގައި ހިފައިލަމުން އަލްކާ ބުނެލިއެވެ.

އަލްކާ އާއި ނައިރާ އަކީ އެއްބަނޑު އެއްބަފާ ދެކުދިން ނަމަވެސް އެދެމެދުގައި އުފެދިފައިވަނީ ވަރަށް ގާތް ރަހުމަތްތެރިކަމެކެވެ. އެދެކުދިން ފެންނަބަޔަކަށް އެއްބަނޑު އެއްބަފާ ބަޔަކަށްވުރެ އެކުދިން ސިފަވާނީ ބެސްޓްފްރެންޑްސް ގޮތުގައެވެ. އެހައިވެސް އެގުޅުން ގާތްވެފައި ވަރުގަދައެވެ. ދެކުދިންގެ އުމުރުގައި ހުންނަނީ އެންމެ ދެއަހަރުގެ ތަފާތެވެ. އަލްކާއަށް ވިހި އަހަރު ވީއިރު ނައިރާ އަށް ވީ އަށާރަ އަހަރެވެ. އެހެނަސް ނައިރާގެ އެހުންނަ ކުޑަކުދިންގެ ގޮތްގަނޑު އަދިވެސް ފިލައިގެން ނުދެއެވެ. އަލްކާ ނައިރާ އަށް “ބޭބީ” ގެ ނަމުން މުޚާތަބުކުރަނީވެސް އެހެންވެއެވެ.

* * *

އާއިލާއާއެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެމީހުންނާ ވަދާއީ ސަލާމްކޮށް ހަދައިގެން އަލްކާާ މަތިންދާ ބޯޓަށް އަރައި އޭނާގެ ޝީޓްގައި ހަމަޖެހިލިއެވެ. ބޯޓް ނައްޓައިލުމާއެކު ކުޑަދޮރުން ފެންނަމުންދިޔަ ހިތްގައިމު މަންޒަރުތަކަށް ހިތާ ސިކުނޑި ދޫކޮށްލައިގެން އަލްކާ އިނެވެ. ހިނިތުންވެލެވުނީ އޭނާގެ ހުވަފެންތަކުގައި ހަގީގީ ކުލަޖެހެން އުޅޭތީއެވެ. މަންމައާ ބައްޕައަށްޓަކައި ކިޔަވައި މޮޅު ކުއްޖަކަށްވާން އަލްކާ އަބަދުވެސް ބޭނުންވެއެވެ. ސްކޫލް ދައުރުއްސުރެ ކިޔެވުމާއި މަޝްއޫލުވެގެން އުޅެވުނުވަރުން އޭނާގެ ހަޔާތަށް ބައިވެރިއަކު ގެނައުމާމެދުގައި އަލްކާ އަދިއަދަށް ދާންދެންވެސް ވިސްނާފައެއްނެތެވެ.

މެލޭޝިޔާގެ އެއަރޕޯޓްގައި ބޯޓް ޖެއްސުމާއެކު ދަތުރުވެރިން ބޯޓުން ފައިބަަމުން ދިޔައެވެ. އަލްކާވެސް އޭނާގެ އަތްދަބަސް ކޮނޑުގައި އަޅުވައިލަމުން ބޯޓުން ފައިބައި އެކި ފަރާތް ފަރާތް ހޯދަމުންދިޔައެވެ. ހޯދަމުންދިޔަ ފަރާތް ލޮލުގައި އަޅައިގަތުމުން ހިނިތުންވެލައިފައި އޭނާ އެދިމާއަށް ހިނގައިގަތެވެ. ލަގެޖްތައް ހިފައިގެން އަވަސް އަވަހަށް ގޮސް ކާރަށް އެރީ ވެފައިހުރި ވަރުބަލީގެ ސަބަބުންނެވެ.

“އަހްސަންބެ ކިހިނެއްތަ؟” ކާރުގެ ޝީޓްގައި ބުރަކަށި ޖައްސައިލަމުން ކާރު ދުއްވަންއިން އޭނާގެ ބައްޕަގެ އެންމެ ގާތް އެކުވެރިޔާ ގާތުގައި އަލްކާ އަހައިލިއެވެ. އަހްސަނަކީ ކުޑައިރުއްސުރެ އަޖުވަދުގެ އެންމެ ގާތް އޭނާގެ ހުރިހައި ސިއްރެއްކަހަލަ ގޮތަކަށް ދަންނަ ފަރާތެވެ. މީހަކާ އިނުމަށްފަހު މެލޭޝިޔާއަށް ދިރިއުޅުން ބަދަލު ކުރިނަމަވެސް އެދެމެދުގައި އޮންނަ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

“ބޭބެ ހަމަ ރަނގަޅު. އަލްކާ ހާދަ ބޮޑުވެއްޖޭދޯ މިހާރު. ބައްޕަ ބުންޏޭ ކޮއްކޮ ކިޔަވަން މިކޮޅަށް އަންނަންއުޅޭ ވާހަކަ. އެހެންވެ އަހްސަންބެ ބުނީ ބައްޕަ ގާތުގައި ކޮއްކޮ ބޭބެމެން ގާތު ބަހައްޓަން. ނުލާހިކު ބޮޑު ގެއެއްވިއްޔަ. ބޭބެމެންގެވެސް އެއިނީ އެންމެ ކުއްޖެއް. އަލްކާ އަށްވުރެ އެންމެ އަހަރެއް ހަގުވާނީ. ޝަޔާނީ ކިޔަނީ. ނިކަން ފޯރި އެބަހުރި ކޮއްކޮ އަންނަވާހަކަ ބުނެގެން. އާ އެކުވެރިއެއް ލިބޭނެދޯއޭ ކިޔާފަ.” ހިނިތުންވެފައިހުރެ އަހްސަނު އެކިއެކި ވާހަކަ ދައްކަމުން ދިޔައެވެ.

ގެ ކައިރިއަށް ކާރު މަޑުކޮށްލުމާއެކު އަލްކާ އަތްދަބަސް ކޮނޑުގައި އަޅުވައިލަމުން ކާރުން ފައިބައި ގެއާ ދިމާއަށް ހިނގައިގަތެވެ. ބޮޑު ރީތި ގެއެކެވެ. ވަށައިގެން ފެންނަމުންދަނީ ފެހިކަމެވެ. އެކި ބާވަތުގެ މައު ގަސްތައް ވަންނަ ދޮރުކައިރީގައި އޮތް ބަގީޗާގައި ހައްދާފައި ހުއްޓެވެ.

އެކިއެކިފަރާތް ފަރާތް ބަލަމުން އަހްސަނުގެ ފަހަތުން ގޮސް އަލްކާ ގެއަށް ވަނެވެ. ތަނަވަސް ބޮޑު ސިޓިންރޫމްގައި ހުރި ސޯފާގައި އިނށީދެލައިގެން އަހްސަނުގެ އަނބިމީހާ ފަރީދާ އާއި އެދެމަފިރިންގެ ދަރި ޝަޔާނީ އިނެވެ.

“މީތަ އަލްކާ އަކީ؟ ހާދަ ބޮޑު ވެއްޖޭދޯ. ހިނގާ އަވަހަށް ސައިބޯންދާން. ޝަޔާނީވެސް އެއިނީ އަލްކާގެ އިންތިޒާރުގަ.” ހިނިތުންވެލަމުން ފަރީދާ އަލްކާގެ ބޮލުގައި ފިރުމައިލިއެވެ.

ސައިބޮއެގެން އަހްސަނު ދެއްކި ކޮޓަރިއަށް އަލްކާ އައިސް ވަނެވެ. އޭރު އޭނާގެ ފޮށިތައް ކޮޓަރީގައިހުރި އަލަމާރި ކައިރީގައި ބަހައްޓާފައި ހުއްޓެވެ. ވަރުބަލުވެފައި ހުރުމުން އޭނާ ބޭނުންވީ ކުޑަކޮށް އަރާމުކޮށްލާށެވެ. އެނދުގައި ޖައްސައިލިތަނާ މީހަކު ކޮޓަރީ ދޮރުގައި ޓަކި ޖަހާއަަޑަށް ފުންމައިގެން އަލްކާ ތެދުވިއެވެ.

“ވަދޭ.” އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން އަލްކާ ބުނެލިއެވެ. އެއާއެކު ދޮރު ހުޅުވައިލައިފައި ވަތް ޝަޔާނީ ފެނުމުން އަލްކާ ހިނިތުންވެލިއެވެ. “ބިޒީ ގަޑިއެއްގަތަ މިއާދެވުނީ؟ ފޫހި ވާތީ ހަމަ އައީ އަލް އާ ވާހަކަދައްކާލަން. އޯކޭ ދޯ އަލް ކިޔަސް. އެންޑް ޔޫ ކެން ކޯލް މީ ޔާނީ.” ކޮޓަރިއަށް ވަނީއްސުރެ އަނގަތަޅަމުން އައިސް ޝަޔާނީ އަލްކާ ގާތުގައި އިނށީދެލިއެވެ. ހިނިތުންވެފައި އަލްކާވެސް ޝަޔާނީގެ ވާހަކަތަކުގައި ބައިވެރިވަމުން ދިޔައެވެ. ޝަޔާނީގެ ސަބަބުން އޭނާ ޔައިނީ މަތިން ވަރަށް ހަނދާންވިއެވެ. ޔައިނީ އަކީވެސް ވާހަކަ ދައްކަންފެށުމަށްފަހު ހުއްޓައިލާ ކުއްޖެއްނޫނެވެ. ރޭޑިޔޯއެއް ގާތުގައި ހުރުމެކޭ ހަމަ އެއްފަދައެވެ.

** ** **

ސްކޫލްގެ ބެލް ޖެއްސުމާއެކު ހުރިހާކުދިން ގޭޓުން ނުކުންނަމުން ދިޔައެވެ. ނައިރާވެސް ކޮނޑުގައި ދަބަސް އަޅުވައިލައިގެން ހުރެ އޭނާގެ އެކުވެރިންނާއެކު ގޭޓުން ނުކުތެވެ. އެކިއެކި ސަކަރާތް ޖަހަމުން ހިނގަމުން ދިޔަކުދިންކޮޅު ވަކި ހިސާބަކުން ނައިރާއާާ ވަކިވީ އެމީހުންގެ ގެއަށް ދިއުމުގެ ގޮތުންނެވެ. މިއަދު އަޖުވަދު އޮފީހުގައި ބުރަކޮށް އުޅުމުގެ ސަބަބުން ނައިރާއަށް ޖެހުނީ ހިނގައިފައި ގެއަށްދާށެވެ.

މަޑުހިނގުމެއްގައިދިޔަ ނައިރާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމަތީގައި އޭނާއާ ދިމާއަށް ބަލަން ހުރި ފިރިހެންކުއްޖާ ފެނުމުންނެވެ. ކޮނޑާ ހަމައަށް އެފިރިހެންކުއްޖާގެ ފަން އިސްތަށިގަނޑު ދިގުކޮށްލައިފައި ވީއިރު ކަރުގަޔާއި ހަތަރެސްފައިގައި އެކި ވައްތަރުގެ ފަށްތައް އަޅާފައި ވެއެވެ. އަތްކެނޑި ހުދު ޓީޝާރޓެއް ލައިގެން ހުރިއިރު ލައިފައިހުރި ޖިންސް ސޮހިގެންގޮސް ހީވަނީ ދެންމެ ދެންމެ ބޭލިދާނެހެންނެވެ.

އިސްޖަހައިލި ނައިރާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އޭނާއާ ދިމާއަށް ބަލައިނުލާ ނައިރާ ކުރިއަށް ހިނގައިގަތީ ފޮތްތައް މެޔާލައި ބާރުކޮށްލަމުންނެވެ.

“ދޫނީ.. އަޅެ ހާދަ ލޯތްބޭ ދޫނި މިއަދު.” އެއްޗެކޭ ނުބުނެ ހިނގައިގަތް ނައިރާގެ ފަހަތުން ހިނގައިގަންނަމުން ޝިވަން ބުނެލިއެވެ. ތުންފަތުގައި ދައިގަންނަމުން ނައިރާ ހިނގުން ބާރުކޮށްލިއެވެ. “އަޅެ ނައި ކީތްވެތަ އަހަރެންނާ ވާހަކަ ނުދައްކަނީ؟ މިހާރު ނައި ފަހަތުން އުޅޭތާ ދެ ހަފްތާ މިވަނީ. އަހަރެންނަށް ނައި ވަރަށް ރީތި. ވަރަށް ލޯބި.” ނައިރާއާ އެއްވަރަކަށް ފައިހަމަކުރަން މަސައްކަތްކުރަމުން ޝިވަން އަނެއްކާވެސް ބުނެލިއެވެ. މިފަހަރު އޭނާގެ އަޑުގައި ރިހުން އެކުލެވިގެން ދިޔައެވެ.

“ޝިވަން ތިހެން އަހާއިރުވެސް އެނގޭނެ އަހަރެން ޝިވަން ދެކެ ފޫހިވަނީ އަދި ވާހަކަ ނުދައްކަނީ ކީއްވެގެންކަން.” އިސްޖަހައިގެންހުރި ނައިރާ މަޑުމަޑުން ބުނެލިއެވެ. “ކީއްވެ؟ އަހަރެން މިހެން ހުންނާތީތަ؟ ޕާޓޭއަކަށް ވީމަތަ؟ އަހަރެން ގަބޫލުކުރަމޭ އަހަރެންނަށް އުޅެވެނީ ވަރަށް ގޯސްކޮށްކަން. އެކަމަކު އަހަރެން ޑްރަގްސް ނެގިޔަސް ދުވަހަކުވެސް މާރާމާރިއެއް ހިންގާފައެއް ނޯނާނެ.” އެއްމިޔަކަނުން ހީލަމުން ޝިވަން ބުނެލިއެވެ. “މާރާމާރީ ނުހިންގީމަ ނިމުނީތަ؟ ދެން އޮތް ހުރިހައި ނުބައިކަމެއް ކުރިޔަސް؟” ނައިރާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. “ދެން ނައި ބުނެބަލަ އަހަރެން އުޅެންވީ ގޮތެއް؟” ނައިރާގެ ދޮން މޫނަށް ނަޒަރުހިންގައިލަމުން ޝިވަން ބުނެލީ ހިތްގައިމު ގޮތަކަށެވެ.

ޝިވަންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ނައިރާ ހިނގުން އިހުނަށްވުރެ ބާރުކޮށްލިއެވެ. އެއާއެކު ޝިވަން ނައިރާގެ އަތުގައި ހިފިއެވެ. ދެލޯބޮޑުކޮށްލަމުން ނައިރާ ޝިވަންގެ މޫނަށް ބަލައިލީ ބިރުގެންފައި ހުރެއެވެ. “މިއަދު ނައިރާ އަށް ދެވޭނީ އަހަރެންގެ ވާހަކަތައް އަޑުއަހާފަ.” އަމުރުވެރި ރާގަކަށް ޝިވަން ބުނެލިއެވެ. “ނޫން. މިވަގުތަކު ނޫން. އަހަރެންގެ އަތުން ދޫކޮށްލާ. ޕްލީޒް.” މީހުންގެ ނަޒަރުތައް އެދިމާއަށް ހުއްޓިދާނެތީ ބިރުންހުރި ނައިރާ ރޮވިފައި ބުނެލިއެވެ. އެއާއެކު ޝިވަންގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރުކޮށްގެން ދިޔައެވެ. އަވަސް އަވަހަށް ނައިރާގެ އަތުން ދޫކޮށްލީ އޭނާ ރޯމަންޒަރު ބަލަން ޝިވަންގެ ހިތަށް ކެތްނުވާނެކަން އެނގޭތީއެވެ.

“އަހަރެން ނޫޅެން ނައިއަށް އަނިޔާއެއް ކުރާކަށް. ގެއްލުމެއް ދޭކަށް. އަހަރެން ބޭނުންވަނީ ހަމަ އެންމެ ފަހަރަކު ނަމަވެސް ނައި އަހަރެން ދައްކާ ވާހަކަތައް އަޑުއެހުން.” އިސްޖަހައިލަމުން ޝިވަން ބުނެލީ ދެރަވެފައި ހުރެއެވެ. ނަމަވެސް ޝިވަންގެ ވާހަކަތަކަށް ވަކި ޖަވާބެއް ނުދީ ނައިރާ ދުއްވައިގަތީ ދެވުނު އެންމެ އަވަހަކަށް ގެއަށްދާން ބޭނުންވެފައި ހުރިވަރުންނެވެ. މިތަން ބަލަންހުރި ޝިވަން ފުންނޭވައެއް ދޫކޮށްލުމަށްފަހު އެނބުރި އައި ކޮޅަށް ހިނގައިގަތެވެ.

** ** **

ފޯނުގެ އެލާމާއެކު ކަންނެތްގޮތަކަށް އަލްކާ ދެލޯ ހުޅުވައިލިއެވެ. އަދި ބާލިސްދަށުގައި އޮތް ފޯނު ނަގައި އެލާމް ކަނޑާލިއެވެ. އޭރު ގަޑިން ފަތިހު 5 ޖެހީއެވެ. ކަންނެތްގޮތަކަށް އެނދުން ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެެވެ. ފަތިސްވަގުތު ނަމަވެސް އަލްކާ ފެންވަރައިލީ ނިދި ފިލުވައިލައި ތާޒާވެލަން ބޭނުންވެފައި ހުރުމުންނެވެ.

ފެންވަރައިގެން ނުކުތް އަލްކާ ކުޑަ ގޮތަކަށް ރީތިވެލުމަށްފަހު އަލަމާރިތެރެއިން މުޞައްލަ ނަގައި ފަތިސްނަމާދު ކޮށްލައި ހަދައިގެން ތިރިއަށް ފޭބިއެވެ. އޭރު ބަދިގޭގައި ހޫނު ކޮފީ ތައްޓެއް ބޯން ޝަޔާނީ އިނެވެ. އަލްކާ ފެނުމާއެކު ހިނިތުންވުމެއް ދިނުނަށްފަހު ވާހަކަދައްކަން ފެށިއެވެ. އަލްކާވެސް ކޮފީ ތައްޓެއް ގިރައިގެން އައިސް ޝަޔާނީ ގާތުގައި އިނށީނެވެ. ދެމީހުން އެތައްއިރަކު އެކި ވާހަކައިގައި ތިބެފައި ކޮލެޖަށް ދާގަޑި ކައިރިވަމުން ދާތީ ތައްޔާރުވާން ދިޔައެވެ.

އެކީގައި ކޮލެޖަށް ވަދެގެން އައި ޝަޔާނީ އާއި އަލްކާއަށް އެކިމީހުންގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. ދެކުދީން އެކީގައިގޮސް ކްލާހަށް ވަނެވެ. ދެކުދިންވެސް ހަދަނީ އެއް ކޯހެއްކަމުން ޝަޔާނީ އާއި އަލްކާ ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

ފުރަތަމަ އޮތް ސަބްޖެކްޓްގެ ލެކްޗަރާރ ކްލާހަށް ވަނުމާއެކު ހަލަބޮލިވެފައިވާ ކްލާސް އެއްކޮށް އަޑުމަޑުވެގެން ދިޔައެވެ. އިސްޖަހައިގެން ނޯޓް ފޮތުގައި ކުރަހަން އިން އަލްކާ ވެސް އިސްއުފުލާލައި ބަލައިލިއެވެ. އެއާއެކު މުޅި މީހާ ގަނޑުވިކަހަލައެވެ. ކްލާހަށް ވަދެގެން އައި ޒުވާން ރީތި ފިރިހެން ލެކްޗަރާރ ފެނިފައި އޭނާ އާޝޯޚުވިކަހަލައެވެ.ދުވަހަކުވެސް އަދި އެހައި ރީތި ފިރިހެނެއް އޭނާ ނުދެކެއެވެ. ދެލޯ ބޮޑުކޮށްގެން އެދިމާއަށް ބަލަހައްޓައިގެންއިން އަލްކާގެ ހިތުގައި އައު ވިންދެއްޖަހައިލިއެވެ.

“ގުޑްމޯރނިންގް އޯލް. އަހަރެންގެ ނަމަކީ ޔައިޝް. އަހަރެން މިއީ ތިކުދިންގެ އާ ބިޒްނަސް ޓީޗަރ އެނގޭ. އެހެންވީމަ ހުރިހާކުދިންވެސް އެކުއްޖެއްގެ ކުޑަ ތައާރަފެއް ދޭންވީނު ދޯ. ފުރަތަމަ ދުވަސްވީމަ. ސޯ މިކޮޅުން ފަށާ.” އިނގިރޭސި ބަހުން ޔައިޝް ބުނެލިއެވެ. ޔައިޝް އިޝާރާތްކުރި ފަރާތުގައި އިން ކުއްޖާ ކޮޅަށް ތެދުވެ އަމިއްލަ ނަން ބުނެލައި އޭނާގެ ކުޑަ ތައާރަފެއް ދިނެވެ. ފަހަރަކު ކުއްޖަކު ތެދުވަމުން ގޮސް އަލްކާއާާ ޖެހުނު އިރުވެސް ހުއްޓުން އަރައިފައި ޔައިޝްގެ މޫނަށް ބަލަން އަލްކާއަށް އިނދެވުނީއެވެ. އަލްކާ އިންގޮތްފެނި ޝަޔާނީ މަޑުމަޑުން އަލްކާގެ ފައިގައި ކޮށްޓައިލިއެވެ. އެއާއެކު ސިހިފައި އަލްކާ ޝަޔާނީގެ މޫނަށް ބަލައިލިއެވެ.

މަޑުމަޑުން ޝަޔާނީ އެއްޗެކޭ ބުނުމުން އިންގޮނޑިން ތެދުވެ އަލްކާ މުޅި ކްލާހަށް ނަޒަރު ހިންގައިލިއެވެ. އޭރު އޭނާއާ ދިމާއަށް ސީދާވެފައިވާ ހުރިހައި ލޯތައް ފެނުމުން އަލްކާ ރަކިވިއެވެ. މޫނަށް ޖަންބުކުލަ ވެރިވެގެންދިޔައީ ބަސްބުނާހައި ކުޑަ ހިނދުކޮޅެއްގެތެރޭގައެވެ.

“އަޅުގަނޑުގެ ނަމަކީ މަރިޔަމް އަލްކާ އަޖުވަދު.” އިސްޖަހައިލައިގެން ހުރެ އަލްކާ ބުނެލިއެވެ. އޭނާއަށް ވަމުންދިޔަ ގޮތްތައްފެނި ޔައިޝް ކުޑަކޮށް ހީލީ ދުވަހަކުވެސް އަންހެންކުއްޖަކު އެގޮތަށް އުޅޭ މަންޒަރު ފެނިފައިނުވާތީއެވެ.

ހުރިހައި ކުދިން ތައާރަފްވެ ނިމުމުން މުޅި އަހަރަށް ޔައިޝް އެކުލަވާލި ޕްލޭން ކުޑަކޮށް ކުދިންނާ ހިއްސާކޮށްލިއެވެ. ވާހަކަދައްކަމުން އަލްކާގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކު ހުވަފެނީ ގޮތަކަށް އޭނާއާ ދިމާއަށް ބަލަން ހެވިފައި އިންނަ އަލްކާ ފެނި ޔައިޝް ގާތަށް ހިނިއަންނަ ގޮތް ވެއެވެ. ނަމަވެސް ކްލާހުގައި އޭނާގެ އަގު ދަމަހައްޓަން ބޭނުންވާތީ އެކަން މާބޮޑު ކަމަކަށް ޔައިޝް ނުހަދައެވެ.

“އަލް މިއަދު ކިހިނެއްވެފަ ހުރި ދުވަހެއް؟ ފާޑަކަށް ޔައިޝް ސަރގެ މޫނަށް ބަލަން އިނީވެސް. އަސްލުވެސް.އަހަރެންނަށް ހީނުގަނެ ހަމަ ކިރިޔާ ކެތްކޮށްގެން އިނދެވުނީ.” އަލްކާގެ ކޮނޑުގައި ޖަހައިލަމުން ހެވިފައި ޝަޔާނީ ދިމާކޮށްލިއެވެ.

“އޭނ. ކީކޭ؟ އަހަރެންތަ؟ ނޭނގެ.” ލަދުގަތްވަރުން އަލްކާއަށް ކިޔޭ ނުކިޔޭ އެއްވެސް ނޭނގެއެވެ.”އޭތް އޭތް. ހާދަވަރެއް ވެފައޭދޯ. ސާބަސް އަލް އަށް އެނގޭ.” އަލްކާގެ ހަމަނުޖެހޭ ވާހަކަތައް އަޑުއިވިފައި ޝަޔާނީގެ ހުނުން އިހުނަށްވުރެ ބާރުވިއެވެ. ޝަޔާނީ ދިމާކުރަން ހެދުމުން އަލްކާ އިތުރަށް ރަކިވިއެވެ.

** ** **

ހާމިދާ ބުނެގެން ޓޮމާޓޯ ކޮޅެއް ގަންނަން ގޮސް ފިހާރާގައި ހުރި ނައިރާ ސިހުނީ އޭނާގެ ކޮނޑުގައި މީހަކު ކޮށްޓައިލުމުންނެވެ. ފަހަތްބަލައިލި އިރު ފަހަތުގައި ހެވިފައި ހުރި ޝިވަން ފެނި ނައިރާގެ ނިތަށް ރޫއަރައިގެން ދިޔައެވެ.

“ކޯޗެއްތި ގަނެލަނީ؟” ނިތްއަރުވައިލަމުން ޝިވަން އަހައިލިއެވެ. ނައިރާ ވަކި ޖަވާބެއްނުދީ ދެތިން ޓޮމާޓޯ ކޮތަޅަށް ލައިގެން ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ. ގަތް ތަކެއްޗަށް ފައިސާ ދެއްކުމަށްފަހު ނައިރާ ފިހާރައިން ނުކުތެވެ. ފަހަތުން ޝިވަންވެސް ނުކުތެވެ.

“ޖަންބުކުލައިގާ ވާ ފަރިމޫން، މަސްތުވީއޭ ފެނިފާ ރީތިކަމުން..” ރާގު ލައިފައި ލަވަކިޔަމުން ޝިވަން ނައިރާގެ ފަހަތުން ހިނގަމުންދިޔައެވެ. އޭރު ނައިރާ ހުރީ އެކަމާ ލަދުންގޮސް ބޯފަޅައިގެންދާވަރު ވެފައެވެ. އިސްޖަހައިލައިގެން އިނދެ ނައިރާ ހިގަމުންދިޔައިރު، އޭނާގެ ކޮންމެ ހަރަކާތަކަށް ހިނިތުންވެފައި ބަލަމުން ޝިވަންވެސް ނައިރާއާ އެއްވަރަށް ހިނގަމުންދިޔައެވެ.

** ** **

ވަރުބަލިކަމާއެކު ގެއަށް އައިސް ވަތް ޔައިޝް ކޮޓަރީގެ ދޮރުހުޅުވައިލުމާއެކު ބޮލަށް އެނބުރުންއަރައިގެން ދިޔަކަހަލައެވެ. މުޅި ކޮޓަރިވަނީ އެފުށް މިފުށަށް ޖަހައިފައެވެ. ހެދުން އަލަމާރީގެ ކައިރީ އޭނާގެ ގަމީސްތަކާއި ފަޓުލޫނުތައް ގުޅައަކަށް ޖަހައިފައިއޮތްއިރު އެނދުގެ ބެޓްޝީޓްވެސް އެއްއަރިއަކަށް ސޮހިގެންގޮސްފައި އޮތެވެ. ބަލީސްތައްވެސް ހުރީ އެތަން މިތަނަށް އުކައިފައެވެ. ޑްރެސިންގް ޓޭބަލް ކައިރީ ފަރިވާންއިން މިޒްރާއަށް ޔައިޝް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. ހިތުގައި ރިއްސައިލި ނަމަވެސް ފުންނޭވާއެއްލުމަށްފަހު ޔައިޝް ކޮޓަރިތެރެއަށް ވަނެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ސޫރަ 2

Next

ސިއްރުން މިހިތާ ކުޅެނީހޭ (ނުވަވަނަބައި)

Next
November 2, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ނުވަވަނަބައި)

Previews
November 2, 2017

ސޫރަ 2

31 Comments!

  1. Naufa says:
    November 2, 2017 at 2:53 pm

    Hey all.. Assalaam alaikum.. Buni day ah vure avahah up koh dhevihje dhw.. Hope u all will like this story too.. ?

  2. Nai says:
    November 2, 2017 at 3:03 pm

    Nice…..waiting for next episodes…

  3. Nai says:
    November 2, 2017 at 3:05 pm

    Me first dhoa… yaaaaaaaay

  4. Anonymous says:
    November 2, 2017 at 3:06 pm

    kiyaafa in story akaa vahtharu story ge name ves

  5. Naufa says:
    November 2, 2017 at 3:07 pm

    Hey all sry ingey.. Ethaag ebain kuda mistake eh.. Naira jahan jehey thanakah yainy jehifa iny.. Sry for that.. Aslu stry liyan feshy yainy jahaagen fahun name change kohly.. Ethankolhu check kuri iru nufenifa e iny.. Sry for that..

  6. siy says:
    November 2, 2017 at 3:08 pm

    kiyaafa in story akaa vahtharu story ge name ves

  7. MiNe says:
    November 2, 2017 at 3:09 pm

    Naufa thy Varah best writer eh..vaaahaka tah vs Varah reethi..keep up the good work luv..waiting for the next part????

  8. minnie says:
    November 2, 2017 at 3:09 pm

    varah varah reethi mi story..masha allah..whwn next part?waitingggg………avahah up kolla dhehchey pleasss..tvgc

  9. TCgirl says:
    November 2, 2017 at 3:11 pm

    Lovely.,…!!!!
    When izz the nextt part???

  10. Rishu says:
    November 2, 2017 at 3:12 pm

    Wow…v v intresting…i lik it

  11. mal says:
    November 2, 2017 at 3:17 pm

    wow…… its very nice story..thy hama ehmeh best writer

  12. Mary says:
    November 2, 2017 at 3:21 pm

    Hmmm ..hee vey reethivaanehen..me tha first?

  13. Naufa says:
    November 2, 2017 at 3:23 pm

    Thanks all.. Next part in sha allah on saturday.. ?

  14. zaam says:
    November 2, 2017 at 5:04 pm

    feshun vvv rythi…

  15. Any says:
    November 2, 2017 at 6:19 pm

    Reethi

  16. click a shot ? says:
    November 2, 2017 at 6:33 pm

    Varah salhi vaahaka eh..mi part ves varah reethi…interesting…first part kiyaalaafa ves mihaaru ehaa interested vehje…waitting ??❤️

  17. Teacher says:
    November 2, 2017 at 7:02 pm

    V nice…. Waiting for the next part….

  18. SJK...KOREAN says:
    November 2, 2017 at 7:10 pm

    Vvv salhi. ?????waiting for the next part

  19. jjey ? says:
    November 2, 2017 at 7:13 pm

    Nau kive vellana international airport use nukuree?
    Bte v nice. Waiting. It seems like v v different concept akah genna story eh hen. Unteresting?❤️?

    1. jjey ? says:
      November 2, 2017 at 7:14 pm

      Btw*
      Interesting*

  20. Naufa says:
    November 2, 2017 at 7:20 pm

    Thanks all.. Aan dhw.. Hehe.. Sry egady handhaan nethuny ehn jahan.. Ekm dhn handhaanuga bahahtaanan.. Thanks for telling jjey.. ?

  21. Lam says:
    November 2, 2017 at 7:34 pm

    Waiting ????

  22. Mai says:
    November 2, 2017 at 7:49 pm

    Vara reethe mi vaahaka

  23. Magolaa says:
    November 2, 2017 at 10:32 pm

    Kurin up kuri vaahaka eh dhw? Mi vaahaka keen

  24. Naufa says:
    November 2, 2017 at 10:38 pm

    Thanks all.. No dear.. Kurin up nukuran.. Trailer up kurin.. Eyga hunnaany mi part ge thanthankolhu.. May b thats y thihen hyvy.. Bt its a new story ingey.. Thanks mi story ah comment kuri hurihaa kudhinnahvx.. ?

  25. yaany says:
    November 2, 2017 at 11:54 pm

    Mee ryn ge Hiyy key dhevihjey ge copy eh tha??? Kiyaali iru v hyvi ehenve mi ahaaly. .plx reply

    1. Naufa says:
      November 3, 2017 at 3:13 am

      Hey dear no its not ingey.. God promise.. Plx do blv me.. I didnt evn knw mi name ge ehn stry eh inkameh.. Adhi nus kiyan mi name kiyaa vaahaka eh.. Its a god promise.. So i dunno..

    2. Naufa says:
      November 3, 2017 at 3:16 am

      Mee alhugandu amihla ah visanaafa liyan feshi story eh.. Mi name kiyaa ehn story eh inkan ingunu nama i will never use that name also.. But i dunno.. Sry dear.. Bt i didnt copy from anywhere..

  26. Kukoo says:
    November 3, 2017 at 5:27 am

    You go girl. Keep it up. And waiting!?

  27. Mudharrisaa says:
    November 3, 2017 at 4:43 pm

    Nauge liyumugai gavaaidhuge massalatha ebahuri. “Inun” beynunkurumugai visnanjehey. Higamundhaa meehaku hunnaanee kolha. Efadha thnathaagai inun beynun nukureveyne. Liyamundhaairu mifadha kankama samaalukan dheefinama , liyuntha v furihamavaane.

    1. Naufa says:
      November 3, 2017 at 10:45 pm

      Thnak u sooo much.. Aslu v balaagen liyany.. Bt baeh faharu ehn confuse vefa hunnany.. Hehe.. Bt thank u sooooo much.. In sha allah thifadha kankan rangalhu kuraanana.. ?

Comments are closed.


All Right Reserved!