ހިތްއެކީ ދެވިއްޖޭ (2)
ވަރުބަލިކަމާއެކު ގެއަށް އައިސް ވަތް ޔައިޝް ކޮޓަރީގެ ދޮރުހުޅުވައިލުމާއެކު ބޮލަށް އެނބުރުންއަރައިގެން ދިޔަކަހަލައެވެ. މުޅި ކޮޓަރިވަނީ އެފުށް މިފުށަށް ޖަހައިފައެވެ. ހެދުން އަލަމާރީގެ ކައިރީ އޭނާގެ ގަމީސްތަކާއި ފަޓުލޫނުތައް ގުޅައަކަށް ޖަހައިފައިއޮތްއިރު އެނދުގެ ބެޓްޝީޓްވެސް އެއްއަރިއަކަށް ސޮހިގެންގޮސްފައި އޮތެވެ. ބަލީސްތައްވެސް ހުރީ އެތަން މިތަނަށް އުކައިފައެވެ. ޑްރެސިންގް ޓޭބަލް ކައިރީ ފަރިވާންއިން މިޒްރާއަށް ޔައިޝް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. ހިތުގައި ރިއްސައިލި ނަމަވެސް ފުންނޭވާއެއްލުމަށްފަހު ޔައިޝް ކޮޓަރިތެރެއަށް ވަނެވެ.
“މިޒޫ މީކޮންކަމެއް؟” ހިތްހަމަނުޖެހިފައި ޔައިޝް އަހައިލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ތުންފަތުގައި ލިޕްސްޓިކް ޖައްސަންއިން މިޒްރާ ކަޅިއަޅައިލަމުން ޔައިޝްއަށް ބަލައިލިއެވެ. “ކިހިނެއްތަވީ؟ މިއީ އަހަރެންގެވެސް ކޮޓަރި. އަހަރެން ބޭނުން ގޮތެއް ބޭނުން އިރަކު މިތަނަށް ހެދޭނެ. ޔައިޝްއާ ކޮންބެހޭކަމެއް؟” ފޫހި ރާގަކަށް މިޒްރާ ބުނެލިއެވެ. އެއާއެކު ޔައިޝްގެ ރުޅިގަނޑު ގަދަވާންފެށިއެވެ.
“ތީތަ ފިރިމީހާއާ ވާހަކަ ދައްކަންޖެހޭ ގޮތަކީ؟ ކޮބާ އަހަރެންނަށް މިޒްރާ ކުރަންޖެހޭ އިހުތިރާމާ ގަދަރު؟” އަތްމުށްކަވައިލަމުން ރުޅިމަޑުކުރަން މަސަތްކަތްކުރަމުންދިޔަ ޔައިޝް ހަރުކަށިގޮތަކަށް ބުނެލިއެވެ. “ހުއް. ވަރަށް ފޫހިވޭ. އަހަރެން ބޭނުން ގޮތަކަށް ހަމަ ވާހަކަދައްކާނީ. ހީވަނީ މިދެން މާމޮޅު މީހެއްހެން. ތަންދައްކާ. އަހަރެން ދާންވެއްޖެ.” ތުންއަނބުރައިލަމުން މިޒްރާ ޔައިޝްގެ ކުރިމަތީގައި ހަށަންބަދެލަމުން ކޮށްލީ އަމުރެވެ. “ކޮންތާކަށް ތިދަނީ މާ ރީތިވެގެން؟” އަޑު މަޑުކުރުމަށްފަހު ޔައިޝް ބޭނުންވީ ކަންތައްތައް ހަމައަކަށް އަޅުވާށެވެ. “ކަލެއަށް ކީއްތަ އަހަރެން ކޮންމެ ތަނަކަށް ދިޔަސް.” ބޯހޫރުވައިލަމުން ޔައިޝްގެ ކުރިމަތިން ހުރަސްކޮށްފައި ދިޔަ މިޒްރާ ދިޔައީ އެތަނުގައި އޮތް ޔައިޝްގެ ގަމީސް މައްޗަށްވެސް ފައިން އަރައިފައެވެ. އެތަންފެނި ރުޅިގަނޑު ކެކިގަތަސް ޔައިޝް އެއްޗެކޭ ނުބުނީ އިތުރަށް ޒުވާބުކުރަން ބޭނުންނުވާތީއެވެ. ކިތަންމެ ވަރަކަށް ހަޅޭލެވި ނަމަވެސް މިޒްރާގެ އެއުޅުން ބަދަލު ނުވާނެކަން ޔައިޝްއަށް އެނގެއެވެ.
މައިންބަފައިންގެ އުފަލަށްޓަކައި އެމީހުންގެ އެދުމަށްކުރި ކައިވެނިން ޔައިޝްއަށް ލިބުނު އެއްވެސް އުފަލެއްނެތެވެ. ލޯބިނުވި ނަމަވެސް ޔައިޝް މިޒްރާއާ ކައިވެނިކުރީ އޭނާގެ ލޯބިވާ ބައްޕަ އެކައިވެނިކުރަން އޭނާ ގާތުގައި އެދުމުންނެވެ. އޭރު އެހިތް ހުސްކޮށް އޮތުމުން ޔައިޝް ހީކުރީ އަލަތު އަނބިމީހާދެކެ އޭނާއަށް ލޯބިވެވޭނެ ކަމަށެވެ. އެހެނަސް ކަންތައްވީ ޔައިޝް ހީކުރިގޮތާ މުޅިން ޚިލާފަށެވެ. މިޒްރާއަކީ އެއްވެސް އުޅުމެއްހުރި ކުއްޖެއްނޫނެވެ. ގޮތްދޫނުކުރާތާނގައި ޔައިޝްއާ ޒުވާބުކުރާކަށްވެސް އޭނާފަހެއް ނުޖެހެއެވެ.
ކައިވެނީގެ ފުރަތަމަރެއިން ފެށިގެން މިޒްރާ ޔައިޝްއާ ދޭތެރޭގައި ކަންތައްކުރަނީ އެގޮތަށެވެ. މީހުންތިބޭ ތަންތާނގައި ހަޅޭލަވާ ޒުވާބުނުކުރި ނަމަވެސް އެކަނިވާ ކޮންމެ ވަގުތަކު މިޒްރާ ހުންނާނީ ފުސްމޫނުޖަހައިގެންނެވެ. އޭނާ ޔައިޝްދެކެ އެހައި ނަފްރަތުކުރާ ސަބަބެއް ޔައިޝްއަކަށް ނޭނގެއެވެ. ކައިވެނިކޮށްގެން ތިންމަސް ވީއިރުވެސް އެދެމެދުގައި އެއްވެސް ގުޅުމެއް ނުހިނގައެވެ. މިޒްރާގެ އަމަލުތައް މައިންބަފައިންނަށް ފަޅާއަރައިފާނެތީ ޔައިޝް މިޒްރާ ގޮވައިގެން މެލޭޝިޔާއަށް ބަދަލުވީއެވެ.
މާޒީގެ ސޮފުހާތައް ހިތުތެރޭގައި އުކަމުން ޔައިޝް އޭނާގެ އަންނައުނުތައް ނަގަންފެށިއެވެ. ހިތުގައި އަޅަމުންދިޔަ ވޭން ކަރުނައިގެ ސިފައިގައި އެލޮލުން އޮހޮރެމުން ދިޔައެވެ. ލޯތްބާއި އޯގާތެރިކަމަށް އެހިތް ފެންބޮވައިގަނެފައިވާ މިންވަރު މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. އެހެނަސް ބައްޕަގެ ހައްގުގައި އަދިވެސް ކެތްކުރަމުން އެކައިވެނި ކާމިޔާބުވޭތޯ ޔައިޝް މަސައްކަތްކުރެއެވެ. މުޅި ކޮޓަރިތެރެ ސާފުކުރުމަށްފަހު ޔައިޝް ހިންދެމިލިއިރު ވަރުބަލިވެގެންގޮސް ގައިގައި ކުރާނެކަމެއް ނެތެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގައިލުމަށްފަހު އޭނާ ފެންވަރަންވަނީ ކަންނެތްވެފައިވާ ހަށިގަނޑު ތާޒާކޮށްލުމަށްޓަކައެވެ.
** ** **
ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުރި އަލްކާގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ކޮލެޖުން ގެއަށް އައިއްސުރެ އެއީ އޭނާގެ ހާލެވެ. ޝަޔާނީ ދޭތެރެއަކުން އަލްކާއާ ދިމާކޮށްލާ ހަދައެވެ.
ހެވިފައި އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ހުރި އަލްކާ ދިޔައީ ކަންފަތްކައިރިން ވެއްޓިފައި އޮތް އިސްތަށިކޮޅެއް ޝަހާދަތް އިނގިއްޔަށް އޮޅަމުންނެވެ. ޔައިޝްގެ ޚިޔާލުތަކަށް ގެއްލިފައި އެގޮތަށް ހުއްޓައި ކުއްލިއަކަށް އިސްތަށިކޮޅަށް ވާންވިބޮނޑީ ހަޅޭލަވައިގެންފައި އޭނާ ހަމަބިމަށް ތިރިވިއެވެ. އިނގިއްޔަށް އޮޅާލެވިފައިވާ އިސްތަށިކޮޅު ފެނުމުން އަލްކާއަށް ހެވުނެވެ.
** ** **
ހަވީރު އެކުވެރިންނާއެކު ހިނގަލާން ގޮސްފައި ގެއަށްދަމުން ކޯކް ފުޅިޔެއް ގަންނަން ނައިރާ ފިހާރައަށް ވަދެފައި ނުކުތްއިރު ކަމަކަދާކަށް ނެތެވެ. ޝިވަން ބޮޑު ގްރޫޕެއް ގެނެސްގެން އޭނާގެ އެންމެ ގާތް އެކުވެރިޔާ މައުރީން ވަށައިލައިިގެންތިބެ އޭނާއާ ދިމާކުރަމުން ދިޔައެވެ. ބިރުންގޮސް ރޮވެން ކައިރިވެފައި އިން މައުރީން ފެނުމުން ނައިރާ އަވަސް އަވަހަށް އެދިމާއަށް ދިޔައެވެ.
“ޝިވަން ޕްލީޒް އޭނަ ދޫކޮށްލާ.” ހާސްވެފައި ނައިރާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. “ހަމަ ދޫކޮށްލަންވީތަ؟ އޫމް. މަގޭ ދޫނި ބުނީމަ ދޫކޮށްލަފާނަން. އެކަމަކު ގޮތެއްގެ މަތިން.” ހަށަންބަދެލަމުން ހިނިއައިސްފައި ޝިވަން ނައިރާއަށް ބަލައިލިއެވެ. އެއާއެކު ނައިރާއަށް ބަލައިލެވުނީ ކުރިމަތީގައި ރޮވިފައިހުރި މައުރީންގެ މޫނަށެވެ.
“ކޮން ގޮތެއް؟” އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު ނައިރާ ބުނެލިއެވެ. “މިރޭ 8 ޖަހާއިރު އަހަރެންނާ ބައްދަލުކޮށްލަން އަންނަންވީ ރަސްފަންނަށް. އަހަރެން ހުންނާނަން ނައިގެ އިންތިޒާރުގަ. އޯކޭ؟” ސީދާ ނައިރާގެ އަސަރުގަދަ ދެލޮލަށް ލޯތްބާއެކު ބަލައިލަމުން ޝިވަން ބުނެލިއެވެ. ނައިރާއަށް އޭނާގެ ތުންފަތުގައި ދަތްއަޅައިލެވުނެވެ. ފުންނޭވައެއްލުމަށްފަހު ނައިރާ ބޯޖަހައިލީ އެކަމާ އެއްބަހޭ ބުނުމުގެ ގޮތުންނެވެ. އެއާއެކު ޝިވަން އޭނާގެ އެކުވެރިންނަށް އިޝާރާތްކޮށްލިއެވެ. އެމީހުން މައުރީން ދޫކޮށްލުމުން ދުވެފައި މައުރީން އައިސް ނައިރާގެ ގައިގައި އޮޅުލައިގަތީ ގެންފައިވާ ބިރެއްގެ ސަބަބުންނެވެ.
“އިޓްސް އޯކޭ މައު. ހިނގާ ދާން.” މައުރީން ހަމައަކަށް އަޅުވައިލަމުން ނައިރާ އޭނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
“ސޮރީ. އަހަރެންނާ ހެދި އެންމެފަހުން ނައި ޝިވަންއާ ބައްދަލުކުރަން ޖެހުނީ ދޯ.” ނުތަނަވަސްވެފައިވާ ނައިރާގެ މޫނަށް މައުރީން ބަލައިލިއެވެ. “ނޫން. ތިހެން ހީނުކުރޭ. މައުއަށްޓަކާ އަހަރެން ކޮންމެ ކަމެއްވެސް ކޮށްފާނަން. އެއީ އެއްވެސް ކަމެއް ނޫން.” ހަމަޖެހެން މަސައްކަތްކުރަމުން ނައިރާ ބުނެލިއެވެ. އެހެނަސް އެއަޑުގައިވާ ކަންބޮޑުވުން މައުރީނަށް ދެނެގަނެވުނެވެ.
“ތޭންކްސް. އެކަމު ދެން ނައި ހަމަ އޭނާއާ ބައްދަލުކުރަން ދާނީތަ؟” ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ކަންފަތް ދަށަށް ލައްވައިލަމުން މައުރީން އަހައިލިއެވެ. އެއަޑުގައިވެސް ވަނީ ކަންބޮޑުވުމެވެ. ނައިރާ މަޑުމަޑުން ބޯޖަހައިލިއެވެ. ބައްދަލުނުކޮށްފިނަމަ ޝިވަންގެ އުނދަގޫ ބޮޑުވާނެކަން ނައިރާއަށް ވިސްނެއެވެ. “އަހަރެންވެސް ދާނަން ނައި އާ އެކު. އެނގޭ.” ދެންވެސް މައުރީންގެ ވާހަކައަށް ބޯޖަހައިލުން ފިޔަވައި ނައިރާ އިތުރު ޖަވާބެއް ނުދެއެވެ.
ރޭގަނޑު 8 ޖަހަންވާއިރަށް ނައިރާ ތައްޔާރުވިއެވެ.މައުރީނާ އެއްކޮށް ބޭރަށްދަނީކަމަށްބުނެ ނައިރާ ގެއިން ނުކުތެވެ. އޭރު ދޮރާށި ކައިރީގައި މައުރީން ހުއްޓުވެ. މަޑު ހިނގުމެއްގައި ދެމީހުން ރަސްފަންނަށް ދިޔައިރު އެތަނުގައި ހުރި ޖޯލިފައްޗެއްގައި ޝިވަން އިނެވެ.
“ދެންދޭ. ނިންމާފަ އަހަރެންނަށް ގުޅާ. އަހަރެން ހުންނާނަން މިތާ ކައިރީ.” ނައިރާގެ ކޮނޑުގައި ފިރުމައިލަމުން މައުރީން ބުނެލިއެވެ. އާނއެކޭ ބުނުމަށްފަހު ނައިރާ ހިނގައިގަތެވެ.
ކުރިމައްޗަށް އައިސް ހުއްޓުނު ނައިރާގެ މޫނަށް ޝިވަން ބަލައިލިއެވެ. އެއާއެކު އެރީތިކަންފެނި ޝިވަންގެ ހިތަށް ބުނެދޭން ނޭނގޭފަދަ އިހުސާސްތަކެއް ކުރެވިގެން ދިޔައެވެ. ކަޅުކުލައިގެ ކަކުލާހަމައަށް އަރާވަރުގެ ދޫ މަތިކޮޅަކާއި ކަޅު ސްކިނީއެއްގައި ހުރި ނައިރާގެ ރީތިކަން މިރޭ އިތުރުވެފައިވާހެން ހީވިއެވެ.
ޝިވަންގެ ބެލުންތަކުން ނައިރާއަށް އުނދަގޫވަމުން ދިޔައެވެ. ދެއަތްދެއަތާ މޮޑެމުން އިސްޖަހައިގެންއިން ނައިރާ އިރުއިރުކޮޅާ ކޮންމެވެސް ދިމާއަކަށް ބަލައިލައެވެ.
“ނައި. މިތާ އިނށީދެބަލަ.” އޭނާ ގާތުގައި ހުރި ޖޯޔަށް އިޝާރާތްކުރަމުން ޝިވަން ބުނެލިއެވެ. އެއާއެކު އެއްވެސް ދެކޮޅުހެދުމެއްނެތި ނައިރާ އެތަނުގައި އިނށީނެވެ.
“ނައި ހާދަ ލޯތްބޭ މިރޭ. ދުވަހަކުވެސް ތިހާ ރީތި އަންހެންކުއްޖެއް އަހަރެން ނުދެކެން.” ނައިރާގެ މޫނުން ނަޒަރު ވަކިކޮށްނުލާއިނދެ ޝިވަން ތައުރީފުކޮށްލިއެވެ.
“ކީކުރަން އަަހަރެންގާތު މިތަނަށް އަންނަން ބުނީ؟” ޝިވަންގެ ވާހަކަތައް ނައިރާ މެދުކަނޑައިލިއެވެ. “ނައި ގާތު ވާހަކަތަކެއް ދައްކަން.” ނައިރާ ގެނައި ބޭނުން ހަނދާންވުމާއެކު ޝިވަންގެ މޫނުމަތި އެއްކޮށް މިލައިގެން ދިޔައެވެ. “ކޮންވާހަކައެއް؟” ހައިރާންވެފައި ނައިރާ ޝިވަންގެ މޫނަށް ބަލައިލީ ޝިވަން އެވަރަކުން އޭނާއާ ދައްކަންއުޅޭ ވާހަކައަކާމެދުގައި ވިސްނަމުންނެވެ.
“އަސްލު ނައި ވަރަށް ފޫހިވޭދޯ އަހަރެން މިހެން އުޅޭތީ. މިގޮތަށް ހުންނާތީ.” ހިތާމަވެރި ރާގަކަށް ޝިވަން ބުނެލިއެވެ. އެއާއެކު ނައިރާ ހިތްހަމަނުޖެހޭ ގޮތްވިއެވެ. “ތިވާހަކަ ދައްކަންތަ އަހަރެން މިތަނަށް ތިގެނައީ؟” ހަރުކަށި ރާގަކަށް ނައިރާ އަހައިލިއެވެ.
“ކޮންމެ މީހަކުވެސް ފޫހިވަނީ އަހަރެން ޕާޓޭއަކަށް ވީމަ. ޑްރަގްސް ބޭނުންކުރާތީ. އެކަމަކު އެކަކުވެސް ބޭނުމެއްނުވޭ އަހަރެން މިހެން އުޅެން ޖެހުނު ސަބަބެއް ބަލާކަށް.” ނައިރާގެ ރާގު ހުރިގޮތުން ދެރަވެފައި ޝިވަން ބުނެލިއެވެ. ޝިވަން އެހެން ބުނުމާއެކު ނައިރާ ހިމޭންވިއެވެ. ބުނާނެ އެއްޗެއްވެސް ސިކުނޑިއަށް ނައީއެވެ.
“އަހަރެންނަށް އެނގޭ ނައި ވެސް އަހަރެން ދެކެ ފޫހިވަނީ އެހެންވެކަން. އެކަމަކު އަހަރެން ނައި ދެކެ ވަރަށް ލޯބިވޭ. ދުވަހަކުވެސް އަންހެންކުއްޖެއް ފެނިގެން އަހަރެންގެ ހިތަށް މިހާ އަސަރެއް ނުކުރޭ. އަހަރެން ބޭނުން ނައިގެ ލޯބި. ތިލޯބި ހޯދަން ކޮންމެ ކަމެއް ކުރަން ޖެހުނަސް އަހަރެން ހަމަ ތައްޔާރު.” ޝިވަން އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. އޭނަގެ ވާހަކަތައް އަޑުއަހަން އެއްވެސް އެއްޗެކޭ ނުބުނެ ނައިރާ އިނެވެ.
“އަހަރެންގެ މައިންބަފައިންނަކީ މަސްތުވާތަކެތިން ވިޔަފާރިކޮށް ނުވިތާކަށް އެބޭނުންވެސް ކުރާ ބައެއް. އަހަރެން ހަނދާން ހުންނަން ފެށީސުރެވެސް އެމީހުންގެ އުޅުން ހުންނަނީ އެހެން. ކުޑައިރުއްސުރެވެސް އަހަރެން ވަރަށް ފޫހިވޭ އެމީހުން އެގޮތަށް އުޅޭތީ. އަބަދުވެސް ޒުވާބުކުރާ އަޑު ގޭތެރެއިން އިވޭނީ. އަހަރެންގެ ބޮލަށް ވަރަށް އުނދަގޫވެސް ވޭ. އެކަމަކު. އަހަރެން އިތުރުކޮންތާކަށް އުޅޭން ދާނީ. އަހަރެންގެ އުމުރުން 17 އަހަރު ވީތަނާ ބައްޕަ އަހަރެން ގޭގައި ބަންދުކުރީ. އެއްވެސް ވަޒީފާއަކަށްވެސް ނުދެވޭ ގޮތަށް. އެކުވެރިއަކާއެކުވެސް ބޭރަށް ދިޔަކަ ނުދޭ. އިތުރަށް ކިޔެވުމުގެ ފުރުސަތުވެސް އެހިސާބުން އަހަރެންނަށް ގެއްލުނީ. އެކަމާ ކިތަންމެ ދެރަވި ނަމަވެސް އަހަރެން އުފާވޭ އެންމެ ކުޑަމިނުން އަހަރެންނަަށް އޯލެވެލްއާ ހަމައަށް ކިޔެވުނީތީ. ދެން އެމީހުން އަހަރެންނާމެދު ކަންތައްކުރަންފެށި ގޮތް އެނގޭތަ؟ ގޭތެރޭގެ ހުރިހައި މަސައްކަތެއްކޮށް އެމީހުންނަށް ކައްކައި ކާންހަދަން ޖެހުނީ އަހަރެންނަށް. މަސްތުވެފަ ހުންނަގަޑީ ބައްޕަ އަހަރެންގެ ހަށިގަނޑުގަ ބޮޑެތި ފަލަ ދަނޑިން ތަޅާ އަހަރެންނަށް އަނިޔާ ކުރޭ. އެންމެ ދެރަވީ މަންމަވެސް ބައްޕަގެ އެއަމަލުތަކުގަ ބައިވެރިވާތީ. އެމީހުންގެ ހިތެއް އެވަރަކުން ނުފުރުނު. އެންމެފަހުން އެއްރެއަކު އަހަރެންނަށް ތަޅާ އަނިޔާކުރުމަށްފަހު ގަދަކަމުން އަހަރެންނަށް ރާ ބޯންދިނީ. އޭގެފަހުން ކޮންމެ ރެއަކުވެސް އަހަރެންނަށް ރާބޯންދޭ. ބިރުދައްކައިގެން. އެގޮތަށް އުޅޭތާ ކުޑަދުވަސްކޮޅެއް ވީއިރަށް އަހަރެން އެކަންކަމަށް ހޭނިއްޖެ. އެއާނުލާ އުޅެން އަހަރެންނަށް އުނދަގޫވާންފެށީ. މިއަދު އަހަރެން މިވަނީ މަންމައާ ބައްޕަ ބޭނުންވިކަހަލަ ނުބައި މީހަކަށްވެފަ. މަގު ގެއްލިފަ. އެކަހަލަ ކަންކަމުތެރެއަށް ވަދެވިފަ. އެކަމަކު ތެދަށް ބުނަންޏާ އަހަރެން މިދެނިޔެމަތީ އެހައި ނަފުރަތުކުރާ ބައެއްނެތް. އެމީހުންގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވީ.” އެހިސާބަށް ވާހަކަ ދިޔައިރު ޝިވަންއަށް ވަނީ ރޮވިފައެވެ. އޭނާގެ މައިންބަފައިން އޭނާއާމެދު ކަންތައްކުރި އިހާނެތިގޮތް ދުވަހަކުވެސް އެހިތަކުން ނުފިލާނެއެވެ.
ނައިރާ އިނީ ހައިރާންވެގެން ގޮސް ދެލޯ ބޮޑުވެފައެވެ. ދުވަހަކުވެސް މިނޫނީ މައިންބަފައިން ދަރިއަކާމެދު އެހައި އިހާނެތިކޮށް ކަންތައްކުރި ވާހަކައެއް އޭނާ އަޑެއް ނާހައެވެ. ޝިވަންގެ ހާލާމެދުގައި ނައިރާ ހަމްދަރުދީވިއެވެ.
“އަހަރެންގެ މިވިޔާނުދާ އުޅުމާމެދު ފުރަތަމަ ފަހަރަށް ވިސްނައިލެވުނީ އަހަރެންނަށް ނައި ފެނުނު ދުވަހު. އެދުވަހުއްސުރެ އަހަރެން ދެރަވެ ހިތާމަނުކުރާ އެންމެ ދުވަހެއްވެސް ނުދޭ. އަހަރެންގެ އުޅުންދެކެ ނައި ނަފުރަތު ކުރާކަން އެނގޭތީ އެންމެ ހިތުގައި ޖެހުނީ. ނައި. މިއީ އަހަރެން އަމިއްލައަށް ހޯދައިގަތް އުޅުމެއްނޫން. އަހަރެންނަށް މައާފު ކުރާތި. އަހަރެން ހަގީގަތުގަވެސް ނައިދެކެ ވަރަށް ބޮޑަށް ލޯބިވޭ. އަހަރެން ބޭނުން ކުރެވުނު ނުބައި ކުށްތަކަށް ތައުބާވެ ރަނގަޅު މީހަކަށްވާން. އެކަމަކު ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް މަސްތުވާތަކެއްޗާ ދުރުވާން އަހަރެންނަށް ހަމަ އުނދަގޫވަނީ. ޕްލީޒް ނައި. އަހަރެންނަށް އެހީވެދީ. އަހަރެން ބޭނުން ހެޔޮމަގަށް އެޅެން. ޕްލީޒް. ނައިގެ ލޯތްބާއި ހިތްވަރާ އޯގާތެރިކަން ލިބިއްޖެނަމަ އަހަރެންނަށް ނުވާނެ އެއްވެސްކަމެއް ނޯނާނެ. ސޯ ޕްލީޒް އަހަރެންނަށް އެހީވެދީ. އަހަރެން ވައުދުވަން. ﷲ އިރާދަކުރެއްވިއްޔާ އަހަރެން މަސައްކަތްކުރާނަން. ނައި ހިތްހަމަޖެހޭ ކަހަލަ ރިވެތި އުޅުމެއްހުރި މީހަކަށް ވާނަން. މުޖުތަމައު އަހަރެން ބަލައިގަންނަފަދަ ހަރުދަނާ އިންސާނަކަށް ވާނަން.” ނައިރާާގެ މަޑު ކަފަކޮޅެއްފަދަ އަތްތިލައިގައި ހިފައިލަމުން އާދޭހާއެކު ޝިވަން ބުނެލިއެވެ.
ޝިވަންގެ ވާހަކަތަކުން ނައިރާގެ ހިތުގައި ރިއްސައިލީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. ޝިވަންއަށް އެހީވުމަށްއެދި އެހިތް ގޮވަންފެށުމުން ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު ނައިރާ ބޯޖަހައިލިއެވެ.
“އަހަރެން އެހީވެދޭނަން. އެކަމަކު.. އަހަރެންނަކަށް ހިޔެއްނުވޭ ދުވަހަކުވެސް ޝިވަންދެކެ ލޯބިވެވޭނެހެނެއް. އެހެންވީމަ އަހަރެންގެ ފަރާތުން ލޯތްބަށް ނޭދޭނެކަމަށް އަހަރެން އުއްމީދުކުރަން.” ވަރަށް ހިތްވަރުކޮށްލައިފައި ނައިރާ ބުނެލިއެވެ. އެއާއެކު ޝިވަންގެ ހިތްހީވީ ތޫނު ހަންޖަރަކުން މީހަކު ޒަހަމް ކޮށްލިހެންނެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއަރައިފައި ނައިރާގެ މޫނަށް ބަލަން ޝިވަންއަށް އިނދެވުނީއެވެ. ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތީ އިތުރަށް ކެތްކުރަން އުނދަގޫވުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.







Good morning and assalaam alaikum all.. Saturday ey bunyas avahah liye ninunyma avahah up kohly ingey.. Hope u guys will like this part too.. If there is a mistake let me knw..?
V reethi when next part
Thankolheh dhigu Koh genesdhybala… V reethi mivaahaka ?
Salhi
Thanks all.. Next part in sha allah write koh nimunuhaa avahakah genesdheynan..
Nau story hama best as always… Vv reethi… Waiting waiting…
Varah reethi.. Keep going.? waiting ??
Alhe malasiya ga rasfannu oveytha???
Alhe rangalhah vhk kiyafa comment kba dhw shau vxx..
naira lives in male
Aaa haadha kurey adhi ves dhigu kohlaa
Thanks dears.. Hey shau.. Alkaa ekanyey malay ah dhiyaee.. Her family nudheyey.. They r in male’.. So naira vx male’ ga ulheny.. ?
Oops sorry ?
This part is also nice 😀
Vrh reethi …
Shivan ah haadha dhera gotheh mi v … Nai plx help him ..
V.v.v reethi ? vaahakaeh
I think he will firght he’s love ? story very nice
Varah loabi mi part ves…waiting for next part..❤️?
wooooow….v salhi vaahakaeh Nau theehama v bes vaahakaliuntheriyeh.???
friend…. malashiya ah diyaee naira menehnuny alka ekani diyavaahakaennu bunee.rangalhahkiyaala enge.
???
Thank u everyone?
vvvv rythi mi part ves naufa…
Masha Allah ❤❤❤❤
V.reethi..waiting,?
Thank u all❤