Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުމެދާށޭ ދޫނި މަގޭ (2)

Fathimath Shamha Level 1
November 3, 2017 3 Mins Read
4 Comments

ކަންފަތުގައި އަޑު ޖެހުނު ލަވައިގެ ސަބަބުން އަޔާޒުގެ މުޅި ނަފްސަށް އަސަރުކުރި ފަދައެވެ. އެ ހިޔާލުތަކެވެ. އޭރުގެ އުފާވެރި ދުވަސްތަކުގެ މަތިންނެވެ. ފަނޑުކަމެއް ނެތި ލިބެމުން ދިޔަ ލޮތްބަށެވެ. މާޒީގެ ހަނދާންތަކަށް އޭނާ ގެއްލި ހުސްވެފައިވީ އިރު އެ މަންޒަރުތައް އޭނާގެ ކުރިމަތީގައި ދިޔައީ ސިފަވަމުންނެވެ. އެ ހަނދާންތައް އާވެލުމުން އަޔާޒު ލޯ މަރާލިއެވެ. އޮހެރެމުން އައި ކަރުނަތަކަށް ލުޔެއް ލިބޭތޯ އާވެސް އެކީގައެވެ. ހަމަ އެވަގުތު ހިޔާލުތަކުގެ ފުން ކަނޑަކަށް އަޔާޒަށް ފީނައިގަނެވުނު ކަހަލައެވެ.

“އަޔާޒް! އަޔާޒް! ކޮންތާކަށް ތިދަނީ؟” ލީޒާގެ މިޔުޒިކެއް ފަދަ ރީތި އަންހެން އަޑުން އަޔާޒާއި ވާހަކަ ދެއްކި އަޑު އިވުނެވެ. އަނެއްކާވެސް މިދަނީ އޮފީހަށް ކަމަށް ބުނެ އާދައިގެ މަތިން ކުރު ކުރު ޖަވާބެއް އަޔާޒް ދިނެވެ. އެއާއި އެކު އަޔާޒު ބޭރަށް ދިއުމަށް ހިނގައިގަތުމާއި އެކު މަޑުމަޑު އަތަކުން އޭނާގެ އަތުގައި ހިފައި އަޔާޒު މަޑުކުރުވިއެވެ.

“އަބަދުވެސް އަބަދުވެސް އަޔާޒުގެ ހާލަކީތީ! ދުވަހަކުވެސް އަހަރެންނާއެކު ވަގުތު ހޭދަކުރެވޭ ކަމަކަށް ނުވޭ. ގެޔަށް ވަންނަކަމެއް ނޭނގި ނިކުމެގެން ދާނެ. އަހަރެން އުޅޭތީ އުނދަގޫ ވަންޏާ ބުނެބަލަ. ނިކުމެގެން ގޮސްފާނަމޭ!”

“ދެން ދޭބަލަ ނިކުމެގެން!” ލީޒާގެ ވާހަކަ ނުނިމެނީސް ޖަވާބުދީ އަޔާޒު ނިކުމެގެން ދިޔައީ ދެން އަޔާޒުގެ ހަޔާތަށް އަންނަން އުޅޭ ތޫފާނުގެ އެއްވެސް ހިލަމެއް ނެތިއެވެ. އަޔާޒަށް ނޭނގުނު އެއްޗަކީ އަބަދު ބޭއިންސާފުން ކަންތައް ހިނގާތަން ބަލަން ލިޒާވެސް ނުހުންނާނެކަމެވެ.

“އޭ އަޔާޒް ނުކަނީތަ؟” އަޔާޒަށް ސިހުމެއް ލިބި ހިޔާލުތަކާ ދުރަށް ޖެހިލެވުނީ ކައިރި އިން އޮފީހުގެ ބައިވެރިޔަކު ކަމަށްވާ މައިސަން ގޮވާލި އަޑަށެވެ. ކާއެއްޗެހިން ދުވި މީރުވަހާއިއެކު ބަނޑުހައިވެފައި ހުރިކަން ހަނދާންވީވެސް ދެނެވެ. ލޮލުން ފައިބައިފައިވާ ކަރުނަތަށް ފޮހެލުމަށްފަހު އަވަސް އަވަހަށް ބަނޑުހައި ހޫނުކަން ފިލުވާލުމަށް އަޔާޒު އަވަސްވެގަތެވެ. ހާސްކަމާއި މާޒީގެ ހިޔާލުތަކާއި ހަނދާންތަކާއި ވަގުތުކޮޅަކަށް ނަމަވެސް ދުރަށް ދިއުމުގެ ނިޔަތުގައިވެސް އެކީގައެވެ. ބޯޓު މަތީގައި ތައްޔާރު ކޮށްފައިވާ މީރު ކާއެއްޗެހީގެ ރަހައިން އަޔާޒުގެ ބަނޑު ފުރިގެންދިޔައެވެ.

ކައި ނިމުމާއިއެކު އަޔާޒު އަވަސްވެގަތީ އޮފީހުގެ އެޖެންޑާ ބަލާލުމަށެވެ. އަދިވެސް ގަޑީގައި ތަން އޮތުމާއެކު އަޔާޒު ސީޓުގައި ލެނގިލާ ހަމަޖެހިލިއެވެ. ރޭގައި ހަމަ ނދި ނުލިބުމުގެ ސަބަބުން މާ ގިނަ އިރުތަކެއް ނުވެ ނިދީގެ އާލަމަށް އަޔާޒު ދަތުރުކުރިއެވެ.

“އަޔޫ! ލޯ ނުހުޅުވައްޗޭ އިނގޭ!” ފޮނި ފޮނި މިޔުޒިކެއް ކަންފަތުގައި ވިރިގެންދާ ފަދައިން ލީޒާގެ އަންހެންވަންތަ އަޑު އިވުނެވެ. އެއިރުވެސް ލީޒާ ދިޔައީ އަޔާޒުގެ ލޯމަތީގައި އަތް އަޅައިގެން ހުރެ ކޮޓަރިއާއި ދިމާލަށް ހިނގަމުންނެވެ.

“އޯކޭ! ދެން ލޯ ހުޅުވާ!” އަޔާޒުގެ ލޯމަތިން އަތް ނަގަމުން ލީޒާ ބުންޏެވެ. މަޑުމަޑުން ލޯ ހުޅުވާލިއިރު އަޔާޒަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެެވެ. މުޅި ކޮޓަރި ޒީނަތްތެރި ވެފައިވަނީ ފުއްޕާހަމުންނެވެ. ކޮޓަރިތެރެ އިތުރަށް ފުރިހަމަ ކޮށްދެމުން ދިޔައީ އުއްބަތިން ދިއްލިފައިވާ އޮރެންޖު އަލިންނެވެ. ވެގެން މިއުޅެނީ ކިހިނެއް ކަމެއް އޭނާއަކަށް އަދިވެސް ހުރީ ނޭނގިފައެވެ. އަޔާޒު ހުރީ ހައިރާންކަމުން ފުރިފައެވެ.

“ހެޕީ ބާރތްޑޭ” މަޑުމަޑުން ކަންފަތް ދޮށުގައި ލީޒާ ބުނެލުމާއެކު އަޔާޒުގެ މޫނު މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެއީ އޭނާގެ އުފަންދުވަސް ކަން ހަނދާންވީ ވެސް ދެނެވެ.

ކުއްލިއަކަށް ފިނިފެންމަލުގެ ފިޔަތަކެއް އޭނާގެ ގަޔަށް ވެރެންފެށިއެވެ. އަޔާޒަށް ލިބިގެން ދިޔައީ އިތުރު ހައިރާން ކަމެކެވެ. ލީޒާ ކުޑަކޮށް އެވަގުތު ދުރަށް ޖެހިލުމާއެކު ކުރިމަތީ އިން ކޭކު ލޮލުގައި އަޅައިގަތީ ދެނެވެ. ކައިރީ ހުރި ލީޒާ ގައިގައި ބައްދާލުމަށްފަހު ދެމީހުން ކޭކު ފެޅުމަށް އަވަސް ވެގަތެވެ. މަޑުމަޑުން ލީޒާ ގަޔާއި ކައިރި ކޮށްލުމަށްފަހު ކޭކު ކޮޅެއް ދިއްކޮށް ލުމަށް އަޔާޒު އަތް ދިއްކޮށްލިއެވެ. އެވަގުތު ލީޒާ ހެމުން ދުއްވައިގަތެވެ. އަޔާޒުވެސް ލީޒާ ފަހަތުން ކޭކުކޮޅު ހިފައިގެން ދުއްވައިގަތެެވެ. ސަކަރާތުން ފުރިފައިވާ މާހައުލަކަށް ބަދަލުވުމަށް ސިކުންތެއްވެސް ނުނެގިއެވެ. އިރުއިރު ކޮޅުން ލީޒާގެ ހުނުމުގެ އަޑު ނަލަ ނަލަ މިޔުޒިކެއް ފަދައިން ކަންފަތުގައި ގުގުމާލަމުން ދިޔައެވެ.

“އޭ ނުފައިބަނީތަ؟ މިހާރު މިއޮއް އާދެވުނީއޭ! ދެން ނުފައިބަންޏާ ތިތާ އިނދޭ!” އަޔާޒު ގާތުގައި އިން މައިސަން ހެމުން ހެމުން ބުންޏެވެ. ހިޔާލީ ހުވެފެނީ ދުނިޔެއިން އޭނާއަށް ބޭރުވެވުނީ ދެނެވެ. އަދިވެސް ލީޒާގެ ހުނުމުގެ އަޑު ކަންފަތުގައި ގުގުމާހެން އަޔާޒަށް ހީވެއެވެ.

އަޔާޒު އަވަސްވެގަތީ އޭނާގެ ރަހުމަތްތެރިންނާއެކު ބޯޓުން ފޭބުމަށެވެ. އަވަސް އަވަހަށް ހުރިހާ ތަކެއްޗެއް ހަމަކޮށް ނިމި އެއާޕޯޓުން ނިކުންއިރު ކުރިމަތީ އަޔާޒު ދުއްވުމަށް އޮފީހުން ހަމަޖައްސައިފައި އޮތް ކާރު އޮތެެވެ. އަތުގައި އޮތް ފައިލްގައިވާ ފަދައިން މަސައްކަތައިގެން ކުރިއަށް ދިއުމަށް ފައިލް ބަލައިލުމަށް ފަހު އަޔާޒު އޭނާގެ ބައިވެރިންނާއި އެކު ކާރަށް އެރިއެވެ. “އަވަހަށް ދާން އޮތް ހޮޓަލަށް ދަމާ ދޯ!” ކާރު ސްޓާރޓު ކޮށްލަމުން އަޔާޒު ބުނެލިއެވެ. ދާން ބޭނުންވާ މަންޒިލަށް ދިއުމަށް އަވަހަށް ރާސްތާ ފެށިއެވެ.

މަޑު ދުވެއްޔެއްގައި ކާރު ދުއްވާލައިފައި އަޔާޒު ދިޔައީ ކައިރިން ފެންނަމުން ދިޔަ މަންޒަރުތައްވެސް ބަލާލުމުގެ ނިޔަތުގައެވެ. ކުއްލިއަކަށް އޭނާ ލޮލުގައި އަޅައިގަތީ ކައިރިން ލާފައި ދިޔަ އަންހެން ކުއްޖެކެވެ. ރީތި އަންހެންވަންތަ ބައްޓަމެއްގެ ވެރިއެކެވެ
ދުއްވަމުން ދިޔަ ކާރު ކައިރިން ލާފައި އަންހެން ކުއްޖާ ދިޔައިރު އަޔާޒަށް ހުރެވުނީ ބަލާށެވެ. ކާރު ކުޑަކޮށް މަޑުކޮށްލުމަށްފަހު އަލުން ދުއްވާލި ނަމަވެސް އޭނާގެ ހިޔާލު މުޅިން އެނބުރުނު ކަހަލައެވެ. ކުރިން އަޑު އިވުމުން މަލާމަތް ކޮށް ޖޯކު ޖެހި ލަވައިގެ ފުން މާނައަކާއި އަސަރުވީ ލަފުޒުތަކަށް ވިސްނާލެވުނީ ދެނެވެ. “މީބާ އެބުނާ ލޮތްބަކީ ދާހާ ތާކުން ފެންނަހެން ހީވޭ މޮޔަވަނީބާ. ކީއްބާ މިވަނީ މިހިތަށް މަގޭ، ތިޔަ ހިޔާލުގަ ނޫން ވަގުތެއް ގައިމޭ ނުދޭ.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fathimath Shamha

Level 1

Other Articles

Previous

ލޯތްބެއްނެތް ގުޅުން (3 ބަނަ ބައި)

Next

ހިތްއެކީ ދެވިއްޖޭ (3)

Next
November 3, 2017

ހިތްއެކީ ދެވިއްޖޭ (3)

Previews
November 3, 2017

ލޯތްބެއްނެތް ގުޅުން (3 ބަނަ ބައި)

4 Comments!

  1. Pinky shifoo says:
    November 3, 2017 at 4:02 pm

    Shamm.. Story reethi… Plxx try to upload at soon… Keep it up

    1. Fathimath Shamha says:
      November 3, 2017 at 11:59 pm

      Thankyou ❤ yes will do my best to upload soon. ?

  2. minnie says:
    November 3, 2017 at 4:55 pm

    varah reethi..ekm haadha kurey..when next part..avahah up kohdhehchey..miah vure dhigu koh ingey ekm..waiting 🙂

    1. Fathimath Shamha says:
      November 4, 2017 at 12:00 am

      Thankyou ❤ yes will make it longer. In sha allah soon the next part will be out ?

Comments are closed.

Next Episodeނުމެދާށޭ ދޫނި މަގޭ (3)←


All Right Reserved!