“މަންމަ ކާކާ އިންނާށޭ ކިޔާފަ ވާހަކަ ދެއްކީ؟؟”ހައިރާންވެ ހުރެ ޔައިކް އަހާލިއެވެ. “ޝާމް އާއި އިންނާށޭ މަންމަ ބުނީ.” އެހެން ބުނުމުން ޔައިކްގެ ހައިރާންކަންވީ އިތުރެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެ ބުނާ ޝާމްގެ ގޮތް މަންމައަށް ރަނގަޅަށް އެނގިހުރެ ކޮއްކޮ އެވަރުގެ ފުން ވަޅުގަނޑަކަށް ވައްޓާލަން އުޅުމުން ޔައިކް އަށް ބޭ އިޚްތިޔާރުގައި އޭނާގެ މަންމަ ދެކެ ރުޅި އާދެވުނެވެ.ނަމަވެސް އެވަގުތުގެ ހާލަތަށް ބަލައި އެކަން ދޫކޮށްލީއެވެ.އަދި އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވުމުން ޒިވާމް […]
އަހަންނށް މާފު ކުރޭ ….އުމުރު ދުވަހު މަންމަ ދިން ތަރުބިއްޔަތާއި ހިލާފް އަމަލެއް މި ހިންގަން ޖެހުނީ ހަމަ އެ މަންމަ ސަލާމަތް ކުރަން …. އަހަރެން ބޭނުން އީލާމް އަހަރެންގެ މީހަކަށް ހަދަން …. ވަރަށް ލޯބިވޭ … ޝާމް ….. އީލާމް އޭނާގެ ސިޓީ ކިޔަމުން ދިޔައިރު ދެލޮލުން ކަރުނަ އަންނަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. ނަމަވެސް މިއަދު މި ސިޓީއަކުން ވާނެ އިތުރު ފައިދާ އެއް ނެތެވެ . ޝާމް އަށް ގަސްތުގައި […]
ވެހެމުން ދިޔަ ވާރެއަކަށްބެލުމެއްނެތި ވަކި މަންޒިލެއްނެތި ހިނގަމުން ދިޔަ އަންހެންކުއްޖާ ދިޔައީ ގިސްލާ ރޮމުންނެވެ.އޭނާގެ ރުއިމުގެ އަޑު ކޮންމެފަހަރަކުވެސް ފަނޑުވެގެން ދަނީ ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުންނެވެ.އޭނާގެ މޫނު މިވަގުތު ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެކަން ހަމަ ޔަގީނެވެ. ބޯ ވާރެތެރޭގައި ދުއްވާލަން ނިކުމެ އުޅުނު ޒިވާމް އަށާއި އޭނާގެ ރައްޓެހި މައިޝާން އަށް މިއަންހެން ކުއްޖާ ފެނުނީ ވަރަށް ވެސް ކައިރި ވެފައި ހުއްޓައެވެ.ވަގުތުން ބުރަކި ޖެއްސި ނަމަވެސް މާ ކައިރިވެފައި ވުމުންނާއިއެކު […]
މީޝާއަށް ހޭލެވުނީ 5.30ވީފަހުންނެވެ. އަވަހަށް ތެދުވެ ފެންވަރައިގެން ނަމާދު ކޮށްލިއެވެ. ޔަނާލް އަށް ގޮވަން އުޅެފައި ހިޔާލު ބަދަލުވީ މިއަދު ސްކޫލު ބަންދު ދުވަހަކަށް ވެފައި ޔަނާލް އަށް ނަމާދު ނުކުރެވޭކަން ހަނދާވީމައެވެ. ކޮޓަރިން ނިކުމެ ބަގިގެއަށް ވަނީ ކޮފީއެއް ބޯން ބޭނުން ވީތީއެވެ. ބަދިގެއަށް ވަން އިރު ޔުނާން ކޮފީ ހަދަން ހުއްޓެވެ. “މޯނިން… “މީޝާ ކޮފީއެއް ހަދަން ޖޯޑުނަގަމުން ބުންޏެވެ. “މޯނިން…ހާދަ ހެނދުނަކާ” ޔުނާން ކޮފީހިފައިގެން ކާމޭޒް ކައިރީ އިށީނެވެ. “ޔަރ..މީޝް އަބަދުވެސް ހޭލަމޭ […]
ސިއްރު ފިޔަވަޅުތަކެއް އަޅަމުން ކޮޓެރިއައް ވަންނަން ދިޔައެވެ. ނަމަވެސް ކޮޓެރި ދޮރު ހުޅުވާފަ ހުރުމުން ސިއްރުން ގޮސް އެތެރެ ބަލާލިއެވެ. ފެނުން މަންޒަރަކުން ޒިމްޔާ އަވަހައް ފަރާއި ނިވާވެލިއެވެ. …………………………………………… އަނެއްކާވެސް ކޮޓެރިތެރެ ބަލާލިއެވެ. ޒައްޔާ ހުރީ ޒިމްޔާގެ އަލަމާރި ހާވާށެވެ. ޒައްޔާ ނިކުންނަން އަންނަހެން ހީވުމުން ކާގެއައް ދުވެފަ ގޮސް ވަނެވެ. ޒައްޔާ ސިއްރު ސިއްރުން ނިކުމެގެން ދިޔައިރު ޒިމްޔާ ބަލަން ހުރިކަމެއް ނޭނގުނެވެ. އަތުގައި ރުފިޔާ ތަކެއް ހުރުމުން ޒިމްޔާގެ ރުފިޔާތައް ކަން އިނގުނެވެ. […]
އެދުމަތީ އެކެއް އަނެކެއްގެ އަތުގެ ހިމާޔަތް ލިބިގެން ނިދާލާފައި ތިބި މަހުދީ އާއި އަވްލީން ފެނުމުން ލަޔާންއަށް މޮޅު ހިޔާލެއްއައިސްގެން ފޯނު ނަގާ ކެމެރާއަށްލުމަށްފަހު ދެމީހުންގައިން ދެތިން ފޮޓޯ ނަގައިގެން އެނބުރި ދިޔައީ އެ ދެމީހުންގެ އަރާމު ނިދި ހަލާކުކޮށްނުލުމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ފަތިހު ފަތިސް ނަމާދަށް ތެދުވަން އާދަކޮށްފައިވާ އަވްލީންއަށް ހޭލެވުނީ ލަޔާން ނިކުމެގެންދިޔަތާ އިރުކޮޅެއްފަހުންނެވެ. ހޭލެވުމާއެކު އަވްލީންއަށް އޮވެވުނުގޮތާމެދު ވިސްނާލެވުނެވެ. އަދި މި އޮވެވުނީ ހުވަފެނެއްގައި ނޫންކަން އިނގުމުން ކުއްލިއަކަށް އިސްއުފުލާ މަހުދީގެ […]
ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުންދިޔަ ޒިޔާދުގެ އާއިލާގެތެރޭގައި ދެކެވެމުންދިޔައީ މިއަދުގެ މެޗެގެ ވާހަކައެވެ. “މިއަދުގެ މޭން އޮފްދަ މެޗް އޭނަޔަށް ހަމަޑިޒާވް.. ” ޒިޔާދު އެހެން ބުނުމާއެކު ހަފީޒާވެސް ބޯޖަހާލީ އެކަމަށް އެއްބަސްވަމުންނެވެ. “ބައްޕައަށް އެނގިލައްވާތޯ އެބޭބެ އާ ދެން ލަނޑުޖެހިބޭބެ އެއީ ނާލްމެންގެ ފްރެންޑްސްއޭ ދޯ ދޮން.. ” ނާލް އެހެން ބުނުމާއެކު ނަވާރު ލޯހަނިކޮށްލިއެވެ. “އެތެދެއް ދަރިފުޅު އެއީ ރައްޓެހިންތަ.. އެކަމަކު ކިހިނެއް ދަރިފުޅުމެންނާދިމާވީ.. ” ” އަސްލު ރައްޓެއްސެއްނޫން ބައްޕާ.. އެކަމަކު މިއަދު މޮޅުކުޅުންތެރިޔާ […]
އެ މެސެޖުން ނަގަންވީ މާނައެއް ލާމިހް އަކަށް ނޭނގުނެވެ. ނުވެސް ދަންނަ ނަމްބަރަކުން އޭނާ އަށް މެސެޖްކުރާނީ ކާކުހެއްޔެވެ. އޭނާ ދަންނަ މީހަކު ސަމާސާ ކުރަނީ ކަމުގައި ލާމިހް ނިންމިއެވެ. އިތުުރަށް ވިސްނަން ނުހަދާ އެ މެސެޖްގެ ޖަވާބުގައި ލާމިހް ވެސް ހިތެއް ފޮނުވައިލައިފިއެވެ. އިތުރު މެސެޖެއް އަންނާނެ ކަމުގައި އުއްމީދުގައި އިރުކޮޅަކު މަޑުކޮއްލިއެވެ. ޖަވާބެއް ނައުމުން އެއްޗެހި ބައްދަލުކޮއްލައިން ލާމިހް އޮށޯވެލިއެވެ. ހަމަ އެއާއި އެކު އަނެއްކާ ވެސް ފޯނުން މެސެެޖެއް ލިއެލިއެވެ. އުއްމީދުނުކޮށް […]
ދޮރުމަތީ މީޝާއާއި ޔަނާލް އަށް ހެވިފައި ބަލަން ހުރި މީހާ ފެނިފައި ދެކުދިންނަށް ލިބުނީ ޝޮކެކެވެ. ޔަނާލް ދޮންބޭ ކިޔާ ހަޅޭއްލަވައި ގަނެ ޔުނާންގެ ގައިގައި އޮޅުލާގަތެވެ. ޔަނާލް ހެދިގޮތުން މީޝާއަށް ވެސް ހެވުނެވެ. ޔުނާން އަކީ ޔަނާލް ގެ އެއްބަނޑު އެއްއަބަފާ ހުރި ހަމަ އެކަނި ބޭބެއެވެ. ދެބެންގެ މެދުގައި އަބަދުވެސް ވަރަށް ގާތް ގުޅުމެއް އުފެދިފައި ވެއެވެ. ” ދޮންބެ އަންގާވެސް ނުލާ .. ކޮން އިރަކު އައީ؟ ޔަނާ މިހިރީ ވަރަށް ހެޕީވެފަ..” […]