Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުމެދާށޭ ދޫނި މަގޭ (4)

Fathimath Shamha Level 1
November 17, 2017 4 Mins Read
12 Comments

ލިބުނު ސިހުމަކާއެކު އެ ޗާލު އަންހެން ކުއްޖާ ފަހަތަށް އެބުރިލިއެވެ. އިސްޖަހައިގެން ހުރެއެވެ.

“އޭތް! ހެލޯ. ލީ”

އަޔާޒު އެކުއްޖާއާއި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އޭނާގެ ހިތް ބުނަމުން ދަނީ އެއީ ލީޒާ ކަމުގައެވެ.

“ގާތް ނުވާތި! އަހަންނަކަށް ނޭނގެ ތީ ކާކު ކަމެއް.”

މިޔުޒިކެއްފަދަ ރީތި އަޑުން ތުރުތުރުލާ ފަދައިން އެކުއްޖާ ބުންޏެވެ. އެއާއެކު މަޑުމަޑުން ފަހަތަށް ޖެހެން އެކުއްޖާ ފެށިއެވެ. މަޑުކުރަންވެސް އަޔާޒު މަޑުމަޑުން ބުނެލިއެވެ. ހިތުގައި ވަރަށް ބޮޑަށް އަޔާޒު ޖެހުނެވެ. އެވަގުތު އެ އަންހެން ކުއްޖާ އަޔާޒާއި ދިމާލަށް ބަލާލިއެވެ. އަޔާޒަށް ލިބުނީ ސިހުމެކެވެ. ލީޒާއާއި ކިތަންމެ ވައްތަރުވިޔަސް އެއީ ލީޒާއެއް ނޫނެވެ. އަޔާޒު ލަދުގަތެވެ. ފިހާރައެއްގެ ތެރޭ އަމަލު ކުރެވުނު ގޮތުގެ ސަބަބުން އަޔާޒު އިންތިހާއަށް ދެރަވިއެވެ.

“ސޮރީ! އަހަރެން… އަހަރެން ހީކުރީ ތީ އަހަރެންގެ… އަހަރެންގެ ލީޒާ ކަަމަށް. ވައްތަރުވީމަ ގޮވާލެވުނީ. ސޮރީ!”

މޮޅިވެރިކަމުން ފުރިފައިވާ އަޑަކުން އަޔާޒު އެކުއްޖާގެ ކައިރިން މައަފާއަށް އެދުމަށްފަހު ބޯލާނެ ތިން ފުޅި ގަނެގެން އަޔާޒު ފިހާރައިން ނިކުތެވެ. ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުންނެވެ. އަވަސް ހިނގުމެއްގައި އަޔާޒު ހިނގައިގަތީ އަޔާޒު ހިނގައިގަތީ ޝިފާނާއި މައިސަނާއި ދިމާލަށެވެ. އެމީހުން ލަސްވެފައި ތިބޭނެ ވަރު ރޭކާލުމުންނެވެ.

“އޭ އަޔާއްޓޭ! އާދެވިއްޖެ ދޯ؟ އަހަރުމެން ހީކުރީ ބޯނެ އެއްޗެއް ގަންނަން ދިޔަ މީހާ ބޯނެ އެއްޗެއް ހަދައިގެން އަންނާތީ ކަމަށް ލަސްވަނީ.”

ސަމާސާ ކުރަމުން މައިސަން އަޔާޒާއި ދިމާކޮށްލިއެވެ. ބޯ ހޫރާލާފައި ހިނިތުންވެލަމުން އަޔާޒު އެމީހުން ގާތު އިށީނެވެ. ހިތާމައިގެ ކުލަވަރު އެއްވެސް ވަރަކަށް ފައުޅު ކުރާކަށް އަޔާޒު ބޭނުންނުވިއެވެ.

“އޭ ސޮރީ! ކުޑަކަމެއް ދިމާވިއޭ. އަޅާނުލާ އިނގޭ އެކަމާ!”

ބޯކަހާލަމުން އަޔާޒު އެމީހުންނަށް ޖަވާބު ދިނެވެ. ގިނައިރުތަކެއް ވަންދެން މަޖާ ކުރަމުން ސަކަރާތުގެ ތެރެއިން ތިން އެކުވެރިން ވާހަކަ ދަައްކަމުން ދިޔައީ މަސައްކަތް ފެށުމުން ބަހާލައިގެން ކަންތައް ރާވާނެ ގޮތުގެ ވާހަކައެވެ. ކަންތައް ރާވައިގެން ކުރުމަކީ އެންމެ ބުއްދިވެރި ގޮތެއްކަމަށް އެމީހުންނަށް ލަފާކުރެވޭތީއެވެ.

ގަޑިން މެންދުރުން އަނބުރާ 12 ޖަހަނީއެވެ. ވާހަކަތައް މެދުކަނޑާލުމަށްފަހު އަޔާޒާއި އޭނާގެ ބައިވެރިން އަނބުރާ ގެއަށް ދިއުމަށް ހިނގައިގަތެވެ. މެންދުރު ނަމާދަށް ގޮވަން ވަގުތު ކުޑަތަންވެފައިވާތީއެވެ.

“އޭ ޝިފާން. މައިސަން. މަ ބުނީ ނަމާދުކޮށްލައިގެން ކައިހަދައިލައިގެން ތި މީހުން ބޭރަށް ދިޔަޔަސް އޯކޭ އިނގޭ. އަހަރެން ނުދާނަން. ނެތް މޫޑެއް. ކުޑަކޮށް ރެސްޓު ކޮށްލަން ބޭނުން. ބޮލުގައި ހެޓަކަށް އެބަ ރިއްސާ!”

ގެއަށް ވަދެވުމާއެކު އަޔާޒު ކުޑަކުއްޖެއްހެން ބޮޑާހާކަމުން ބުންޏެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ޝިފާނާއި މައިސަނަށް އިހްސާސް ވިނަމަވެސް އަޔާޒަށް އިތުރަށް ސުވާލު ނުކުރުމުގެ ގޮތުން އޯކޭ އޭ ބުނެ އެމީހުން އެގޮތަށް އެއްބަސްވިއެވެ. ނަމާދުކޮށްލައިގެން ކައިހަދައިލައިގެން ދެ މީހުންް ބޭރަށް ދިޔައިރު އަޔާޒު އޮތީ އެނދަށް އަރައެވެ. އާދައިގެ މަތިން އޭނާގެ ހިޔާލީ ދުނިޔެއަށް ގެއްލިފައެވެ. ހީވާ ކަހަލައެވެ. އަޔާޒު ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެހަނދާންތަކާ ދުރުނުވާ ކަހަލައެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިތައް އަޔާޒު ގައިިގައި ބީހިލާއިރު އެކަމުގެ އިހްސާސެއްވެސް އަޔާޒަށް ވާހެނެއް ހީނުވެއެވެ. ހިތުގައި ވަނީ އެންމެ ތަސްވީރެކެވެ. ވިސްނެނީ ހަމަ އެންމެ މީހަކާ ދޭތެރޭގައެވެ. އިތުރު ކަމަކަށް އޭނާގެ މުޅި ނަފުސު އަޅާނުލާ ކަހަލައެވެ. އިހްސާސް ނުވާކަހަލައެވެ. ހިތްއެދި ރޮމުން ދަނީ ލީޒާ ދެކިލުމަށެވެ. މިއަދު ދިމާވި ލީޒާއާ ނަމައޭ އަޔާޒުގެ ހިތަށް އަރަމުން ދެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެެވެ؟ ތަޤްދީރު ނިޔާކުރާ ގޮތަށް އަޔާޒު ޖެހޭނީ ތަބާވާންތާއެވެ. ވިސްނުންތަކުގެ ތެރެއިން ހިޔާލީ ދުނިޔެއަށް ފީނިގެން ދިޔައިރުވެސް އަޔާޒަށް ނޭނގުނެވެ.

“ލީޒާ ކޮންތާކު ތިހުރީ؟ އަހަރެން އައިމަ ފިލީދޯ؟”

އަޔާޒު މަޑުމަޑުން ބުންޏެވެ.

“ޕޮއް!”

ސިއްސުވާލުމުގެ ގޮތުން ފަހަތުން މީހަކު އައިސް ގޮވާލި އަޑަށް އަޔާޒު އެބުރިލިއެވެ. ކައިރީގައި ހުރީ ލީޒާއެވެ.

“ހެޕީ ބާރތްޑޭ ސުވީޓީ”

އަޔާޒުގެ ގަަޔާއި ލީޒާ ކައިރިކޮށްލަމުން ކަންފަތް ދޮށުގައި އަޔާޒުގެ އަޑު އިއްވާލިއެވެ. ލީޒާގެ ގައިގައި ހީބިހި ނެގިކަހަލައެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަޑު އައްޔާއެކުވެސް އަޔާޒަށް ލީޒާގެ ހިނިތުންވުން ނުފޮރުވުނެވެ. ޗާލު ޕަރީއެކެވެ. ފުރިހަމަ ސޫރައެއްގެ ވެރިއެކެވެ.

“އަޔާޒު އަހަރެން ދެކެ ހަމަ އެހާ ލޯބިވޭތަ؟ ޓޭންކްސް.”

ރަކި ހިނިތުންވުމަކާއެކު އަޔާޒު ގައިގައި ބައްދާލަމުން ލީޒާ ބުންޏެވެ.

” އާން. ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ.”

“އަޔާޒު ކާކާ ތި ވާހަކަ ދައްކަނީ؟ ކާކު ދެކެ މާ ލޯބި ވެގެން ތި އުޅެނީ އަނެއްކާ؟ ކިޔާދީބަލަ!”

ކޮޓަރިއަށް ވަންއިރު އަޔާޒު ދެބަދޭތެރޭގައި އޮވެގެން ލޯބިވޭ ގޮވަމުން ދިޔުމުން ޝިފާން އަޔާޒު ގާތު މަޑު ކޮށްލަމުން އެހިއެވެ.

ހިޔާލީ ދުނިޔެ އެއްފަރާތްކޮށް އިށީންނަމުން ކަންތައް ވެގެންދިޔަ ގޮތާ މެދު އަޔާޒު ކުޑަކޮށް ވިސްނާލިއެވެ. އަދި އެއީ އޮޅިގެން ނިދީގައި ބުނެވުނު އެއްޗެއްކަމާ ހަނދާންނެތް ކަމަށް އަޔާޒު ބުނެ ޝިފާންްއަށް ހަގީގަތް ފޮރުވިއެވެ. މިދަނީކަމަށް ބުނެ ޝިފާން ބޭރަށް ފޮނުވާލުމަށް ފަހު އަޔާޒު ކަންތައް ވަމުން އަންނަ ގޮތާއިމެދު ވިސްނާލިއެވެ. އަޔާޒަށް ހަމަ ހަގީގަތުގައިވެސް ލީޒާ ދެކެ ލޯބިވެއްޖެކަމާއި އޭނާގެ ހަޔާތަށް ލީޒާ ގެންނަން ބޭނުންވާ ވަރު ވިސްނުނީ ދެނެވެ. ކިތަންމެ ނޫންކަމުން ހެދުނަސް އަޔާޒަކީވެސް ހަމަ އިންސާނެކެވެ. އަޔާޒުގެ ހިތްވެސް ކޮންމެވެސް މީހަކަށް ދެވޭނެއެވެ. ކޮންމެވެސް މީހެއްގެ ލޮތްބަށް އެދި ރޮމުން ދާނެއެވެ.

އަވަސް އަވަހަށް މޫނުދޮވެ ފެންވަރާލާ ރީތިވެލުމަށްފަހު އަޔާޒު ކޮޓަރިން ނުކުތީ ތިން މީހުން އެކީ ސައިބޯން ދާން ނިންމާފައި އޮތުމުންނެވެ. އަޔާޒަށް ވެފައި ހުންނަ ގޮތާއިމެދު ޝިފާނާއި މައިސަން ކިތަންމެ ހާސްވެ ކަންބޮޑުވިޔަސް އަޔާޒު ނުކިޔަދޭނެކަން އެނގޭތީ އެމީހުންވެސް ކަމެއް އިނގޭ ކަމަށް ނަހަދާ ތިބެނީއެވެ.

“އެއްކަލަ ޕާކަށްދޯ ދާނީ. ދެޓް ޕުލޭސް ލުކްސް ނައިސް. އަނެއްކާ ކުޑަކުދިން ކުޅޭ މަންޒަރު ފެންނާތީ ހިތަށްވެސް ހިތްހަމަޖެހުމާ އުފާވެރިކަން ލިބިގެންދޭ. އަޅެ ނޫންތަ؟”

މައިސަންގެ ހިޔާލު އޭނާ ފައުޅު ކުރިއެވެ. ޝިފާންވެސް އެކަމާ އެއްބަސްވުމުން އަޔާޒުވެސް އެމީހުންނާ ބައިވެރިވެލިއެވެ. ކުދކުދި ބިސްކޯދާއި ބޯލާނެ އެއްޗެއް ގަނެލައިގެން ތިން މީހުން ޕާކާއި ދިމާލަށް މިސްރާބު ޖެހީ ދެންވާނެ ގޮތެއްގެ ކުޑަވެސް ހިލަމެއް ނެތިއެވެ.

މުޅި މާހައުލުގައި ވަނީ ިފެހިކަން ގަދަ ގަސްތަކުން ވަށާލެވިފައެވެ. ކުޑަކުދިން ކުޅޭނެ ސާމާނު މެދުގައި ހުރިއިރު، ގަސްތަކުގެ ހިޔަލުގައި ވަށައިގެން ގޮނޑި ޖަހާފައި ހުއްޓެވެ. އެތަން ފަރުމާ ކޮށްފައިވާ ގޮތުގެ ފުރިހަމަކަން ވަރަށް ރީއްޗަށް ފާހަގަވެގެން ދިޔައެވެ. ވަރަށް ޗާލެވެ. އެހާމެ ހިތްގައިމެވެ.

“އަޔާޒް. އަޔާޒް. ބަލާ އެހެރަ މަންޖެއެއް. އޭނާ ހާދަ ވައްތަރޭ އަޔާޒާއެކު މާލޭގައި އެއްކޮށް އުޅުނު މަންޖެއާ. ސީ.. ލީޒާ ދޯ ކިޔަނީ؟”

ކޮނޑުގައި ކޮއްޓަމުން މައިސަން ބުނި އެއްޗަކުން އަޔާޒަށް ހީވީ ކާން އިން ބިސްކޯދުކޮޅުވެސް ކަރުގައި ތާށިވީހެންނެވެ. އަޔާޒުވެސް އެދިމާ ބަލާލިއެވެ. ތެދެކެވެ. ހާދަ ވައްތަރެވެ. މިފަހަރު އެއީ ހަމަ އަސްލުވެސް ލީޒާ ކަންނޭނގެއެވެ. އެހާ ޒަމާން ކޮށްފައިވެސް އަޔާޒަަށް އެ ސޫރަ ނޯޅޭނެއެވެ. އެ ބެލުމާ ލޮލުގެ އަލިކަމެވެ. އެ ހިނިތުންވުމެއް އަޔާޒަށް އޮޅުވައެއް ނުލެވޭނެއެވެ.

” އޭ އާން. އެއީ ލީ ކަންނޭގެ. މަޑުކުރައްޗޭ . އަހަރެން އެބަ އަންނަން އޭނާ ގާތަށް ގޮސްލާފައި. ޔަގީން ކޮށްލަންވާނެ އެއްނު ދޯ؟”

އަވަސް އަވަހަށް އަޔާޒު ތެދުވެގެން އެ ދިމާލަށް ދިޔައިރު ހީވީ ތަނަކަށް ދާން ލަސްވެގެން އުޅުނު ހެންނެވެ. އަޔާޒުގެ ހިތުގެ ވިންދު ވަނީ އަވަސް ވެފައެވެ. ހިތަށް ބައިވަރު ކަންތައް އަރާ ފައިބަމުން ދިޔައެވެ.

“ލީ… ލީޒާ”

ކައިރިއަށް ގޮސް ހުއްޓުމަށްފަހު އަޔާޒު ގޮވާލިއެވެ. ސިހިފައި ލީޒާ ބަލާލި ވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ފުން ނޭވާއެއް ލުމަށްފަހު އަޔާޒު އިސްޖަހާލިއެވެ.

“ހުުމް.. އަޔާޒް ދޯ! ކީއްކުރަނީ މިތަނަށް އައިސް؟ ކީއްކުރަން އަހަރެން ކައިރިއަށް ތި އައީ؟”

ކުޑަ ހިނިތުންވުމެއް ދިނުމަށްފަހު ކުޑަކޮށް ހިތްހަމަ ނުޖެހިފާވާފަދަ ގޮތަކަށް ލީޒާ އަޔާޒު ގާތު އެހިއެވެ. ފަސްދީފައި އެނބުރި ދާން އުޅުނެވެ.

” ލީ.. މަޑުކޮށްބަލަ. ކިޔާދެވޭނެހޭ މިހިތަށް މިވާ ވަރު ބުނަން، ދަތިވާ އިރުގަ ދުލުން ޔާރާ. ލަފްޒުތައް މަގޭ މިދުލަށް އައިސްފައި ދަނީއޭ، ބުނެދޭނޭ ގޮތެއް ނޭނގިގެން.”

އަޔާޒުގެ ފުރިހަމަ ލަވަކިޔުމުގެ އަޑު ކަންފަތުގައި ޖެހުމުން ލީޒާ އެޅި ފިޔަވަޅު މައްޗަށް ހުއްޓުން އެރިއެވެ. ހަމަ އެވަގުތު ލީޒާގެ ގާތަށް ކުޑަ ފިރިހެން ކުއްޖެއް ދުވެފައި އައިސް މަޑުކުރިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fathimath Shamha

Level 1

Other Articles

Previous

އުމުރަށް ތިޔަ ނަމުގައި

Next

ވޭންތަކުން ދިން ހިތި މާޒީ (19)

Next
November 17, 2017

ވޭންތަކުން ދިން ހިތި މާޒީ (19)

Previews
November 17, 2017

އުމުރަށް ތިޔަ ނަމުގައި

12 Comments!

  1. minion says:
    November 17, 2017 at 3:59 pm

    Mi part wes warah reethi❤❤

    1. Fathimath Shamha says:
      November 17, 2017 at 5:26 pm

      Thankyou ??

  2. ABC says:
    November 17, 2017 at 4:09 pm

    Dn mi story nukiyaanan..ethah dhuvaheh fahun up vany..vaa goi handhaaneh ves nuhurey…thivaru vaahaka nuliye huttaalaa…

    1. Fathimath Shamha says:
      November 17, 2017 at 5:27 pm

      Ok thankyou for the feedback. I did tell that this story will be updated each friday. Thankx ? the next story i write will b updated daily.

  3. Lala says:
    November 17, 2017 at 6:10 pm

    Story varah reethi
    Thy N. Velidhoo kuhjehthaa

    1. Fathimath Shamha says:
      November 17, 2017 at 7:15 pm

      Thankyou ?
      Nop im half K.Male’ anf half ADh.Dhigurah 🙂

  4. Rsh says:
    November 18, 2017 at 12:12 am

    V Reethi ?

    1. Fathimath Shamha says:
      November 18, 2017 at 1:11 am

      Thankyou ❤?

  5. ? says:
    December 27, 2017 at 11:19 pm

    ?????????????☹️???????

    1. Fathimath Shamha says:
      July 19, 2018 at 1:27 pm

      🙂 thankyou

  6. ? says:
    December 27, 2017 at 11:21 pm

    ?????????????????☺️??????????????????????????????????????☹️?????

    1. Fathimath Shamha says:
      July 19, 2018 at 1:27 pm

      🙂

Comments are closed.

Next Episodeނުމެދާށޭ ދޫނި މަގޭ (5)←


All Right Reserved!