“އަހަރެންމީ ފިރިހެންކުއްޖެއްނަމަ މިހާރު މިއުއަށް ލޯބި ހުށައެޅީމުސް.” މިއުޝީނާ ދިމާއަށް އެއްލޯ މަރައިލަމުން މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލައިފައި އިޒާނާ މިއުޝީނާ ދިމާކޮށްލިއެވެ. އޭނާގެ ބޭނުމަކަށްވީ މިއުޝީން ހެއްވައިލުމެވެ. ކަންވީވެސް އިޒާނާ ބޭނުންވިގޮތަށެވެ. ހިނިގަނޑެއް ޖަހައިލަމުން މިއުޝީން އިޒާނާގެ ކޮނޑުގައި ބޮނޑިއެއް އަޅައިލިއެވެ. ދެމީހުން އެކީގައި އެތައް ސަކަރާތެއް ޖެހުމުގައި އެތަނުގައި ތިއްބެވެ.
“އޭ. މިހެން އިނދެވޭކަށް ނެތޭ. މަންމަ މިހާރު އަހަރެން ހޯދާނެ. އަދި މެންދުރަށް ކައްކަންވެސް ޖެހޭނެ.” އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން މިއުޝީން ބުނެލިއެވެ. އިޒާނާވެސް ބޯޖަހައިލަމުން އެކަމަށް އެއްބަސްވީ ހަރީރާގެ ގޮތް ރަނގަޅަށް އެނގޭތީއެވެ. ދެމީހުން ގެއާދިމާއަށް މިސްރާބުޖެހިއެވެ.
ކެއްކުމުގައި މަސްއޫލުވެގެން އުޅުނު މިއުޝީން ސިހުނީ ހަރީރާގެ އަޑަށެވެ. އޭނާ އަތަށް ކޮތަޅެއް ގެނެސް ދިނުމަށްފަހު ހަވީރު ފެންވަރައިގެން އޭގައި އޮތް ހެދުން ލުމަށް ބުންޏެވެ.
“ހަސަން މަނިކު އަންނާނެ މިއަދު ހަވީރު.” ފާޑަކަށް މިއުޝީންގެ މޫނަށް ބަލައިލަމުން ހަރީރާ އެހެން ބުނުމާއެކު މިއުޝީންގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ.
ކަމެއް ކުރާހިތްނުވެފައި އެނދުގައި އޮށޯވެލައިގެން މިއުޝީން އޮތެވެ. ގަޑިއަށް ބަަލައިލަމުން މަޖުބޫރުވެފައިވާ މީހަކުފަދައިން މިއުޝީން އެނދުން ތެދުވެ ފެންވަރަން ދިޔައެވެ. ހަރީރާ ދިން ހެދުން ލައިގެން ކުޑަ ގޮތަކަށް ރީތިވެލައިގެން އެނދުމަތީގައި އިނށީދެލައިގެން އިނީ ހިތްނުތްނަވަސްވެފައިވާ ހާލުގައެވެ.
ހަރީރާ އޭނާއަށް ގޮވައިލިއަޑަށް ލަސްފިޔަވަޅުތަކެއްގައި އިންތަނުން ތެދުވެ ކޮޓަރިން ނުކުނަން ހިނގައިގަތެވެ. ބިރުގަނެފައިހުރެ ބޭރަށް ނުކުތްއިރު ޖޯލިފަތީގައި ހަރީރާ ގާތުގައި އިން ހަސަން މަނިކު ފެނިފައި މިއުޝީންގެ ހިތް ބާރު ބާރަށް ނެގިނެގިފައި ޖެހެން ފެށިއެވެ. ދަހިވެތި ނަޒަރަކުން އޭނާގެ ހަށިގަނޑަށް ބަލަމުންގެންދިޔަ ހަސަން މަނިކުގެ ސަބަބުން މިއުޝީނަށް އުނދަގޫވަމުން ދިޔައެވެ.
“މަންޖޭ. ދެން ތިތާ ދުރު ނުހުރެ އާދެބަލަ އަހަރެން ގާތުގައި އިނށީދެލަން.” ހިނިތުންވެފައި އިނދެ އޭނާއާ ޖެހިގެންއިން ޖޯއްޔަށް އަތުން އިޝާރާތް ކުރަމުން ހަސަން މަނިކު ބުނެލިއެވެ. ބިރުންގޮސް ހަލާކުވާވަރު ވެފައި އިން މިއުޝީން އެއްވެސް ދެކޮޅު ހެދުމެއްނެތި އައިސް އެޖޯލީގައި އިނށީނެވެ. އެތަން ފެނުމުން ހަރީރާގެ ތުންފަތްމަތީގައި ދުވެލީ ލާނެތް ހިނިތުންވުމެކެވެ. އެބަ އަންނަމޭ ކިޔައި އިންތަނުން ތެދުވެ އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ މިއުޝީން ހަސަން މަނިކު ގާތުގައި އެކަނި ބައިންދާފައެވެ.
“ކޮންއިރަކުންތަ މަންޖެ ކައިވެނިކުރަން ބޭނުމީ؟” މިއުޝީންގެ މޫނުގައި ފިރުމައިލަމުން ހަސަން މަނިކު އަހައިލިގޮތުން އުނދަގޫވެފައި މިއުޝީން މޫނު އަނބުރައިލިއެވެ. ދޭނެ ޖަވާބެއް ނޭނގި ހުއްޓުން އަރައިފައިއިން މިއުޝީންގެ ހިތް އުފަލުން ނަށައިގަތީ ކުއްލިއަކަށް ހަސަން މަނިކުގެ ފޯނަށް މީހަކު ގުޅައިލުމަށްފަހު ވަރަށް އަވަހަށް އައިސް ދޭށޭ ބުނި އަޑު އިވުމުންނެވެ.
މޫނު ކުނިކޮށްލަމުން ފޯން ބާވައިފައި ހަސަން މަނިކު މަސްތީ ގޮތަކަށް މިއުޝީންގެ ގަޔަށް ބަލައިލިއެވެ. “ދޫނީ. ވަރަށް ބޮޑަށް ސޮރީ އެނގޭ. ފިހާރައިން އެގުޅީ. ވަރަށް އަވަހަށް ދާން ޖެހިއްޖެ. އަދި އަންނާނަން މާާދަމާ.” މިއުޝީންގެ މޫނުމައްޗަށް ވެއްޓިފައިއޮތް އިސްތަށިކޮޅު ރީތިކޮށްލަމުން އެއްލޯ މަރައިލައިފައި ހަސަން މަނިކު ބުނެލިއެވެ. ވަކި ޖަވާބެއްނުދީ އިން މިއުޝީން އިނީ ރުޅިއައިސްގެން ފަޅައިގެންދާވަރު ވެފައެވެ. މުސްކުޅި ނަމަވެސް ހިތުން އުޅެންވަނީ އެންމެ ޒުވާންކުދިން އުޅޭ ގޮތަށެވެ.
މިއުޝީންގެ ފަރާތުން ޖަވާބެއް ނުލިބުމުން އިންތަނުން ތެދުވެ ގެއަށް ދިއުމަށް ހަސަން މަނިކު ހިނގައިގަތެވެ. މިއުޝީންގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެހިސާބުންނެވެ. އަވަސް އަވަހަށް އިންތަނުން ތެދުވެ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.
** ** **
ސޯނާ ގަޑީގެ ސޯނާއާ އެއްކޮށް ނިދިފައި އޮތް ނިކްޔަލް އަށް ހޭލެވުނެވެ. ސޯނާ އޮފް ކޮށްލަމުން އެނދުން ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށްވަދެ ފެންވަރައިލައިގެން ނުކުމެ ކުޑަ ގޮތަކަށް ރީތިވެލިއެވެ. އިވެންފެށި ފަތިސްނަމާދުގެ ބަންގީގެ އަޑާއެއްކޮށް އަވަސް އަވަހަށް މިސްކިތަށް ދިއުމަށް ހިނގައިގަތެވެ.
ފަތިސްނަމާދަށްފަހު ގުރުއާން ކިޔެވުމުގައި ކުޑަ ވަގުތުކޮޅެއް ނިކްޔަލް ހޭދަކުރިއެވެ. އަދި އެކަމުން އަވަދިވެގެން އޭނާގެ ނިޔާވެފައިވާ މައިންބަފައިންގެ މައްޗަށް ހެޔޮދުޢާ ކުރުމުގައި އިރުއަރަންދެން އިނެވެ.
ނިކްޔަލް އަކީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. އޭނާގެ ހުންނަ ފިރިހެންވަނަތް ރީތި ސިފަތަކުގެ ސަބަބުން އޭނާއަށްޓަކައި ފިދާވޭވެ އެތައް އަންހެންކުދިންނެއް ތިބެއެވެ. ނަމަވެސް އަދި އަދަށް ދާންދެންވެސް އެހިތުން އެއްވެސް އަންހެންކުއްޖަކަށް ޖާގައެއް ދީފައެއް ނުވެއެވެ.
އޭނާގެ އުމުރުން 20 އަހަރުގައި ބޭރު ގައުމަކަށް ކުރި ދަތުރެއްގެ ތެރެއިން ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އޭނާގެ މައިންބަފައިންވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ. އެހާދިސާއިން އޭނާގެ ހިތް ރޮއްވައިލީ އޭނާގެ މަންމައާއި ބައްޕަ ފިޔަވައި އިތުރު މީހަކު މިދުނިޔޭގައި ނެތުމުންނެވެ. މައިންބަފައިންގެ ވަކިވެ ދިއުމަށްފަހު ނިކްޔަލް ވަރަށް އެކަނިވިއެވެ. އެކަނިމައި އެކަނި އެބޮޑު މުއްސަނދި ގޭގައި ދިރިއުޅެންވުމުން ފުރަތަމަ ދުވަސްކޮޅު އުނދަގޫވި ނަމަވެސް މިހާރު އޭނާވަނީ އެ އެކަނިވެރި ދިރިއުޅުމަށް ހޭނިފައެވެ. ބައްޕަގެ ބިޒްނަސްއާއި ހަވާލުވީ ކެރިހުރެއެވެ. މިއަދު އޭނާގެ ހިތްވަރުން ބައްޕަގެ އެ ބިޒްނަސް ވަނީ އެތައް ތަނެއް ކުރިއަރުވައިފައެވެ.
ހޫނު ކޮފީތައްޓެއް ބޮމުންދިޔަ ނިކްޔަލްގެ ސިކުނޑީގައި އެކިއެކި ޚިޔާކު ދައުރުވަމުން ދިޔައެވެ. އިންތަނުން ތެދުވެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ އޮފީހަށް ދާންޖެހޭ ވަގުތު ކުޑަތަންވަމުންދާތީއެވެ.
ހުދު ގަމީހެއްގެ މަތިން ކަޅު ކޯޓަކާއި ތިރިން ކަޅު ފަޓުލޫނެއް ލައިގެން އަތުގައި ގަޑި އަޅަމުން ނުކުތް ނިކްޔަލް ފެނިފައި ސުމަރް އަވަސް އަވަހަށް ގޮސް ގޭގެ ގަރާޖުގައި އޮތް ކަޅު ކާރުގައި އައިސް ގޭޓް ކުރިމައްޗަށް މަޑުކޮށްލިއެވެ. ބާރު ހިނގުމެއްގައި ގޮސް ނިކްޔަލް ކާރަށް އެރުމުން ސުމަރް ކާރު ދުއްވައިލިއެވެ.
އޮފީހަށް ވަދެގެން އައި ނިކްޔަލް ފެނުމާއެކު އެކި ސެކްޝަންތަކުގައި ތިބި މުވައްޒަފުން ހިނިތުންވެތިބެ ހެނދުނުގެ ސަލާމް ކުރަމުން ދިޔައެވެ. ނިކްޔަލްވެސް ހިނިތުންވެލައިފައި ބޯ ޖަހައިލަމުން އެމީހުންގެ ސަލާމުގެ ރައްދު ދެމުން ގޮސް އޭނާގެ ކެބިންއަށް ވަނެވެ. ނިކްޔަލް އަކީ މީހުންނަށް ހެޔޮ އެހެންމީހުންނާއި ގުޅިގެން މަސައްކަތްކުރަމުން ގެންދާ ވެރިއެއްކަމުން ތަނުގެ މުވައްޒިފުން އޭނާއަށްކުރާ ގަދަރާއި އިހުތިރާމް އިތުރުވެފައި ވެއެވެ.
ކެބިންއަށް ވަދެވުމާއެކު މޭޒުމަތީގައި އޮތް ދުވަހުގެ ތާވަލު ލިޔެވިފައިވާ ގަނޑު ނަގައިލަމުން އޭގެއަށް އަވަސް ނަޒަރެއް ހިންގައިލިއެވެ. ހަމަޖެހިލަމުން ގޮނޑީގައި އިނށީދެ މަސައްކަތާއިގެން ކުރިއަށްދާން ފެށިއެވެ.
ބްރޭކް ގަޑި ޖެހުމާއެކު އޭނާގެ ކެބިންގައި ޓަކި ޖަހައިލި އަޑުއިވިފައި ފައިލަކަށް ބަލަންއިން ނިކްޔަލް އިސްއުފުލައިލަމުން ވަންނާށޭ ބުނެލިއެވެ. ދޮރު ހުޅުވައިލުމަށްފަހު ވަތް އާކިލް ފެނުމުން އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“ބްރޭކް ގަޑީގަވެސް މަސައްކަތުގަ ދޯ.” ހިނިތުންވެފައިހުރެ އައިސް މޭޒުގެ އެއްފަރާތުގައިހުރި ދެ ގޮނޑީގެ ތެރެއިން ގޮނޑިއެއްގައި އިނށީދެލަމުން އާކިލް ބުނެލިއެވެ. އާކިލް އަކީ ނިކްޔަލްގެ އެންމެ ގާތް އެކުވެރިޔާއެވެ. އެހަޔާތުގެ ހުރިހައި ސިއްރެއްހެން ދަންނަ ހަމައެކަނި މީހާއެވެ.
“ނޫނޭ. މިދެން ހަމަ އެއްޗެއް ބަލައިލަނީ.” ފައިލް ލައްޕައިލަމުން ނިކްޔަލް ހިނިތުންވެލިއެވެ. “އެހެންވީމަ އޭގެ މާނައަކީ އެހައި މުހިންމު ކަމެއް މިވަގުތަކު ނެތޭ ދޯ. ސޯ ހިނގާ އަހަރެންނާ އެކު ލަންޗަށް. ވަރަށް ބަނޑުހައިވެގެން އަސްލު މިއައީ.” ބަނޑުގައި އަތުން ފިރުމައިލަމުން އާކިލް ބުނެލިގޮތުން ނިކްޔަލް ގާތަށް ހިނިއައެވެ. ހިނގާށޭ ކިޔައި ޖީބުން ފޯނު ނަގައި ސުމަރް އަށް ގުޅައިލުމަށްފަހު ކާރުގައި އޮފީސް ކުރިމައްޗަށް އައުމަށް ބުނަމުން އާކިލްގެ ފަހަތުން ތެދުވެ ހިނގައިގަތެވެ.
** ** **
ގޭދޮށް ކުނިކަހަން އޮތް މިއުޝީންގެ މޫނުމަތީގައި ދާތިކިތައް ވިދައި ބަބުޅަމުން ދިޔައެވެ. ގުދުވެގެން އޮވެ ކުނިކަހަމުން ދިޔަ މިއުޝީން ސިހިފައި ތެދުވެ ފަހަތަށް އެނބުރި ބަލައިލީ އޭނާގެ ބުރަކަށީގައި މީހަކު ފިރުމައިލުމުންނެވެ. ފަހަތުގައި ހުރި ހަސަން މަނިކު ފެނުމާއެކު މިއުޝީންގެ ނިތަށް ރޫއަރައިގެން ދިޔައެވެ.
“ކިހިނެއްވީ ފާޑަކަށް ތިބަލަނީ؟” ހިނިއައިސްފައި ހަސަން މަނިކު އެހެން ބުނުމުން މިއުޝީން އިސްޖަހައިލިއެވެ. “މަންޖެ ހިތްހަމަނުޖެހުނީތަ؟” އަދެގެންހުރި މުންޑަށް ދަމައިލަމުން ހަސަން މަނިކު އަނެއްކާވެސް އަހައިލިއެވެ. އެއްޗެކޭ ނުބުނެ އެއްކޮށްފައިހުރި ކުނިކޮޅު ނަގަމުން އަވަސް އަވަހަށް މިއުޝީން ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ. ތުނބުޅީގައި އަތް ހިންގައިލަމުން ހަސަން މަނިކުވެސް އޭނާގެ ފަހަތުން ވަނެވެ.
ބާރުބާރަށް ގޭތެރެއަށް ވަދެގެންދިޔަ މިއުޝީނާ ދިމާއަށް ޖޯލިފަތީގައި އިން ހަރީރާ ފާޑަކަށް ބަލައިލިއެވެ. ފަހަތުން ވަދެގެން އައި ހަސަން މަނިކު ފެނުމުން ވެގެން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް ހަރީރާއަށް ވިސްނުނުކަހަލައެވެ.
“ހަރީ. ކައިވެނި އަވަސްކޮށްލެވޭކަށް ނެތްތަ؟ މިހާރު އަހަރެންނަށް ކެތްވަނީކީ ނޫނޭ.” މޭގައި ފިރުމަމުން ހަސަން މަނިކު ބުނެލިގޮތުން ހަރީރާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. “ކެތްކޮށްބަލަ. އަހަރެން އެބަ އުޅެމޭ ތިކަމާ.” ދެފަރާތަށް ބޯހޫރުވައިލަމުން ހަރީރާ ޖޯލީގައި ޖައްސައިލިއެވެ. އެންމެ ރަނގަޅޭ ބުނެ ހަސަން މަނިކު ދިއުމުން ހަރީރާ އިންތަނުން ތެދުވެ ހިނގައިގަތެވެ.
“އޭތް އަހަރެން ނުބުނަންތަ ކަލޭގެ ކައިވެނި އޮތީ ހަސަން މަނިކާ ހަމަޖެހިފައޭ. ދެން އޭނަ މިގެއަށް އަންނައިރަށް ކޮންމެ ފަހަރަކު ދުވެފަ ކޮޓަރިއަށްތަ ވަންނަން ޖެހެނީ؟” މިއުޝީންގެ ކޮޓަރިއަށް ވަނުމަށްފަހު ރޯން އޮތް މިއުޝީނާ ދިމާއަށް ހަރީރާ ހަޅޭލަވައިގަތެވެ.
“އެކަމަކު މަންމާ އޭނަ އަހަރެން ގައިގަ އަތްލަނީއޭ.” ހިތުގައި ޖެހިފައި އޮތް މިއުޝީން ގިސްލާ ހާާލު ބުނެލިއެވެ. “ހެވޭ އަހަރެންނަށް. ދެން ކައިވެނިކުރެވެން އުޅޭއިރު އަތްލީމަ ކޮބާތަ މައްސަލައަކީ؟ މީގެ ދެދުވަސްފަހުން ކަލެއާ ހަސަން މަނިކުގެ ކައިވެނި ކުރެވޭނެ.” ތުންއަނބުރައިލަމުން ހަރީރާ އެެހެން ބުނުމަށްފަހު ނުކުމެގެން ދިޔައެވެ. މަންމަ ދިއުމާއެކު މިއުޝީންގެ ގިސްލުންވީ އިތުރެވެ. ހަދާނެ ގޮތެއް ނޭނގި ބޮލުގައި ހިފަހައްޓައިލެވުނީ އޭނާ އެކައިވެނިކުރަން އެއްގޮތަކަށްވެސް ބޭނުންނުވާތީއެވެ.
ޖެހިގެންއައި ދުވަހުވެސް އިރުއެރީ އަތިރިމަތީގައި މިއުޝީން ރޯން އިންދައެވެ. ގޭގައި އެންމެ ހިނދުކޮޅަކުވެސް ކެތްކުރަން އޭނާއަށް މިހާރު އުނދަގުލެވެ. ހަރީރާ ވަރަށް ފޯރިއާއެކު އޭނާގެ ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދަމުން ދިޔައިރު އޭނާ ފެންނަ ކޮންމެ ތަނަކުން ރަށުގެ ޒުވާން ކުދިންތައް އޭނާ މުސްކުޅިއަކާއި ކައިވެނިކުރަން އުޅޭ ވާހަކަދައްކަ ދައްކައިފައި ހީ މަލާމާތްކޮށް ހަދައެވެ. ހަދާނެ ގޮތެއްނޭނގި އިސްޖެހިފައިއިން މިއުޝީން އިސްއުފުލައިލައި ބަލައިލީ އޭނާ ގާތުގައި އިޒާނާ އައިސް އިނށީނުމުންނެވެ.
“ރަށު ތެރޭގަ ކޮންވާހަކައެއްތަ މިދެކެވެނީ؟ މިއު ހަސަން މަނިކާ އިންނަ ވާހަކަ އެއީ ތެދެއްތަ؟” ހަށަން ބަނދެލަމުން ހިތްހަމަނުޖެހިފައި އިޒާނާ އަހައިލިއެވެ. ކަރުނަވީ ދެލޮލުން އިޒާނާގެ މޫނަށް ބަލައިލުމަށްފަހު މިއުޝީން ބޯޖަހައިލިއެވެ. އެއާއެކު އިޒާނާއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.
“ހަރީރާއްތަވެސް ދޯ. މިއު އެ މުސްކުޅިގަނޑާ ދެވަން އުޅުނުއިރު ތިދެމެދުގަ ހުރި އުމުރުގެ ފަރަގުވެސް އޭނައަށް ހަމަ ނުވިސްނެނީތަ؟” ރުޅިއައިސްފައި އިޒާނާ ހަރީރާއާ ދިމާއަށް ކުދިކިޔަމުން ދިޔައެވެ. އެއީ މަޔެއްހެއްޔެވެ؟ އެއްވެސް މަޔަކު އޭނާގެ ދަރިއަކާމެދު އެހައި އިހާނެތިކޮށް ކަންތައްކުރޭހެއްޔެވެ؟
“އިޒާ. އަހަރެން މިކަމުން ސަލާމަތް ކޮށްދީ. އަހަރެން ބިރުގަނޭ. ޕްލީޒް.” އެހެންފަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް މިއުޝީން އެހީއަށް އެދުނީ އިޒާނާގެ ގާތުންނެވެ. މިއުޝީންގެ އަތުގައި ހިފައިލުމަށްފަހު އިޒާނާ ބޯޖަހައިލިއެވެ.
“މިއު ކަންބޮޑުނުވޭ. އަހަރެން މިއައީވެސް މިއު ތިކަމުން ސަލާމަތް ކުރާށޭ. އަހަރެންނާއި މަންމަ މިއުޅެނީ މިރޭ މާލެ ދާން ފުރަން. މާލެއަށް އެއްކޮށް ދިރިއުޅުން ބަދަލުކުރަން. އަހަރެންގެ ބައްޕަ އަހަރެންނަށް ދީފައި ހުންނަ ތިންކޮޓަރީގެ އެޕާރޓްމަންޓެއް ހުންނާނެ މާލޭގަ. ސޯ މިއުއަށްވެސް އުޅެވޭނު އަހަރެމެންނާ އެއްކޮށް ދޯ. ގޭގަ އުޅޭނީ އަހަރެންނާ މަންމަ އެކަނި. ބައްޕަ ގިނައިން އުޅޭނީ ރިސޯޓް ގަ.” އިރުކޮޅަކު ވިސްނައިލުމަށްފަހު އިޒާނާގެ ހުށައެޅުން މިއުޝީން ގަބޫލުކުރިއެވެ.ހަރީރާއަށް ވަގަށް ފިލައިގެންވިއަސް އޭނާ އެމަޅިން ސަލާމަތްވާނެއެވެ. ފުންނޭވައެއްލުމަށްފަހު މިއުޝީން އިޒާނާގެ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ހަރީރާ އޭނާގެ ދަރިންނާއެކު ކައިގެން ދިއުމުން މިއުޝީންވެސް އަވަސްވެގަތީ ކައިނިންމައިލުމަށެވެ. ތަށިތަކާ އެއްޗެހި މޭޒުމަތިން ނެގުމަށްފަހު މިއުޝީން އަވަސްއަރުވައިލައިފައި ކޮޓަރިއަށް ވަނެވެ.
އަލަމާރިތެރެއިން ކުޑަ ދަބަހެއް ނެގުމަށްފަހު އޭނާގެ ސާމާނުތައް އެއަށްއަޅައި ފުރަައިލިއެވެ. ހިންދެމިލަމުން ގަޑިއަށް ބަލައިލވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ވަރަށް މަޑުމަޑުން ޓަކި ޖަހައިލިއަޑު އިވުނެވެ. އަވަސްއަރުވައިލައިފައި ދަބަސް ކޮނޑުގައި އަޅުވައިލަމުން މިއުޝީން ގޮސް ދޮރުހުޅުވައިލިއެވެ.
ކުރިމަތީގައިހުރި އިޒާނާ ފެނުމުން ހިނިތުންވެލަަމުން ވަރަށް ސިއްރުން ކޮޓަރިން ނުކުމެ މަޑުމަޑުން ދޮރުޖަހައިލުމަށްފަހު އިޒާނާގެ ފަހަތުން ހިނގައިގަތެވެ. ހިތްއަވަސްވެފައިހުރި މިއުޝީން އިރުއިރުކޮޅާ ފަހަތްބަލައިލަނީ ދެންމެ ދެންމެ ހަރީރާއައިސްދާނެހެން ހީވާ ވަރުންނެވެ.
ގެއިން ބޭރަށް ނުކުތްއިރު އިޒާނާގެ މަންމަ ފާތުން ދޮރުކައިރީގައި ހުއްޓެވެ. ރޭގަނޑުގެ ވަގުތުކަމުން މަގެއްމަތިންވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އިޒާނާގެ އިރުޝާދުގެ މަތިން ކަރުގައި އޮތް ދޯޕައްޓާ ނެގުމަށްފަހު ބޮލާއި އެއްކޮށް މޫނުގެ ބޮޑުބައެއް ނިވާވާވަރަށް އޮޅައިލިއެވެ. އަދި އެމީހުންގެ ފަހަތުން ބަނދަރާ ދިމާއަށް ހިނގައިގަތެވެ.
މިއުޝީން ހުރިގޮތުން އެއީ ކާކުކަން ދެނެގަތުމަކީ އުނދަގޫކަމަކަށް ވާނެއެވެ. ދޯނިން މާލެ ދާމީހުން މަދު ކަމަށްޓަކައި މިއުޝީން ހިތްހަމަޖެހުނެވެ. އެހެންނޫންނަމަ އެކި މީހުންގެ ސުވާލުތައް ފާތުންނާއި އިޒާނާއަށް ކުރިމަތިވާނެކަން ކަށަވަރެވެ.
ނަސީބަކުން މީހެއްގެ އުނދަގުލަކާއި ނުލައި ދޯންޏަށް އެރުނެވެ. އިޒާނާމެން ތަނެއް ދައްކައިފައި އިނށީންނަން ބުނުމުން އެތަނުގައި އިނށީދެ މިއުޝީން ހަމަޖެހިލިއެވެ. އިޒާނާއާއި ފާތުންވެސް އޭނާ ގާތުގައި އިނށީނެވެ. އެމީހުންތިބީ ދޯންޏަށްއެރި އެހެންމީހުނާއި ތަންކޮޅެއް އެކަހެރި ހިސާބެއްގައެވެ.
މީހުންއަރައި ހަމަޖެހުމުން ދޯނި ދުއްވައިލިއެވެ. ހަނދުގެ ރިއަލިން ދިއްލައި ޖަރީކުރެވިފައިވާ ލޮނުގަނޑު ކަފަމުން ދޯނި ކުރިއަށް ދިޔައެވެ. ދޯޕައްޓާގައި ހިފަހައްޓައިގެން އިނދެ މިއުޝީން އުޑާ ދިމާއަށް ނަޒަރު ހިންގައިލިއެވެ. އެއްވެސް ވިލާކޮޅެއްނުވާ ސާފު އުޑުގައި ފިޔަޖަހަމުންދިޔަ ކުދިކުދި ތަރިތަކުން އެއުޑު އިތުރަށް ފުރިހަމަކޮށްދެއެވެ. ޖެހެމުންދިޔަ މަޑު ވައިރޯޅިތަކާއެކު މިއުޝީން ހީކަރުވަމުން ދިޔައެވެ. އޭނާއަށް ދެލޯމަރައިލަމުން ހަމްދުކޮށްލެވުނެވެ. ހަރީރާގެ އެނުބައި ރޭވުމުން އޭނާ ސަލާމަތްވީ ކަމަކަށްޓަކައެވެ.
މާދަން އޭނާ ގޭގައި ނެތްކަން އެނގުމަށްފަހު ހަރީރާ ވަރަށް ރުޅިގަދަވާނެކަން މިއުޝީނަށް އެނގެއެވެ. ނަމަވެސް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނާއަކީވެސް އިންސާނެކެވެ. ހިލައިގެ ބުދެއް ނޫނިއްޔާއެވެ. އަބަދަކު ހަރީރާގެ އަނިޔާތަކަށް ކެތްކޮށްގެނެއް ނުހުރެވޭނެއެވެ.
މިއަދުން ފެށިގެން އޭނާގެ މަންޒިލް ބަދަލުވެއްޖެއެވެ. އާއުއްމީދު ތަކަކާއި އެއްކޮށް އައު ދިރިއުޅުމެއް ފަށައިގަންނަށް މިއުޝީން ބޭނުންވެއެވެ. މިއީ އެކަމަށްޓަކައި އެޅުނު ފުރަތަމަ ފިޔަވަޅެވެ. ދެން އޮތީ ފަސްއެނބުރި ބެލުމެއްނެތި ކުރިއަށް ދިއުމެވެ. އޭނާގެ ދިރިއުޅުމުގައި ދެން ކަންތައްވެގެން ދާނެގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެނަސް ހެވެވެ. ﷲ އަށް ވަކީލުކޮށްލުމަށްފަހު މިއައު ދިރިއުޅުމާ އޭނާ ކުރިމަތިލާނީއެވެ. ކަންތައް ވާގޮތެއް އެއިރުން އެނގިދާނެތާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.







Salaam all.. Here is the next part of this story.. Tday lil free vyma upkohly ingey.. Hope u guys will like this part too.. Let me knw the mistakes ingey.. N yes.. Free iyyaamun buna day ahvure kurin up kureveythw try kuraanan ingey.. Enjoy.. Ly all my readers..?❤
Me first dho vvvvv reethi
Yes dear.. Thanks❤?
Thank god miu e hareera ge kibain salaamay vi kamah takaa haadha nulafaa manma ekey anyways varah reethi stry and so curious waiting for next part
Ya dhw.. Hehe.. Thanks dear..
Warah reethi mi part wes. Waiting for the next part
Thanks minion
Nice
Thanks
Yess nau?. Yuh r the bxxt.❤ I do read yur stries cmmnt nukuriyas ingey. This stry is awsm. ????
Thanks dear.. Happy to see ur comment.. ?❤
Nice waiting for next part
Thanks shifa
Wooooow warah reethi ingey nau waiting
Thanks kul
HABEYS ????
Thanks afu??
hi nau.. varugadha hassan manikehthaa dhw miulheyyy!! hehe. story hama habbu ingeyy. really love it… 🙂 n love u 🙂 🙂 waiting
Aan dhw.. Hehe.. Thanks sjk.. Luv u too❤
Aslugavx e hassan manikukahala meehun ulheyne dhw….
Btw v habeys ingey mi part
hehehe dhw awa 😀 hassan manik maa zuvaan vefaey dhw adhi ulhenyvx . lol
Yes.. Thanks awa
v ufaa vejje.. miushyn mihaa avahah salaamai vythy…
very heart touching keep it up! 😉 <3
Awwn.. Thanks alot shudha❤
Wow nau, haadha reechey mibaives.. Nau ge mi story fashan ulhuniruves egey bxy n bali nunihyaa gavidhun up kohdheynekan.. Ehenve nau ge khonme story ehves kiyany v hiyhama jehigen indhe.. V v v ves rythi mibaives.. Masha Allah.. Luv u nau
Thanks alot ainth.. Yes.. In sha allah bxy noonihyaa knme day akuvx up koh dheveythw try kuran.. If nt two days in one day ga up kohdheynan.. In sha allah my readers bored viyaka nudheynan.. Luv u dear..❤
Nau vv reethi ingey stry…lov it..e hassan maniku ulhey gothu fakuru gahnanee..baby dhooni ahchi…ladehves nugane ehnun…hehe…stry hama habbu????
Hehe.. Ya dhw lam.. Thanks dear❤
Please aneh part
Will try ingey dear.. Thanks
salhi ❤❤
Thanks dear❤❤
Haadha reehchey… Waiting ?????????
Thanks dear❤❤
Heyy love mirey adhi eh part up kohdhyba.. Plx plx plx plx nau.. Luv yaa
Alhey so sry dear.. Tnyt ga nuvaane.. Bt will try ingey tmrw up kuran.. Thanks mee.. Luv ya too dear❤
❤❤❤
Thanks dear❤❤
V reethi nau thanks love
Thanks any..❤
nau.dhuvas kolhe kolaafa anekaa ves comment kolevige dhw.vahaka hama reethi kamun bunaane eche nethee hama.hehe.comment nukuriyas vahaka kiya ege.v ufaave nau ge vahaka kiyaala libethi.Thank u.?
Thanks alot dear.. V happy vehje comment eh kohlyma.. N comment nukuriyas kiyaakan ingunyma..?
OMG…?? Alhe haadha loabi eyy mi vaahaka.? Nau thee varah telented writer eh..? Masha Allah..? Dhn adhi mi hisaabun heevey vvvv reethi vaane hen..?✨
Eagerly Waiting for the next part…?✨
Good luck dear…. Ly?❤✨
Thanks dear.. Kyp waiting.. Ly too❤❤
vvv reethi vaahaka
Thanks dear
V loabii ??
Thanks dear?
V Reethi mi part ves…?
Thanks rsh?
Aww alhamdhulillah! Neyva hifahattaigen huree filaigen nukunnan ulhunu gadeega.. heekuree Hama hareera ah fenigen izaana men furaigen dhaan jeheynee kamah … Eyrun anekkaa miu ekani v ennu… Ekam thanks happy life eh dhineema e fakeerah.. 🙂
Hehe.. Ya dhw.. Thanks shereen
Wow?
Varah reethi❤❤
I love this story hope to see a new part