ސިއްރުން މިހިތާ ކުޅެނީހޭ (ފަންސަވީސްވަނަބައި)
“އަހަރެން ބޭނުމެއްނޫން އަޑުއަހާކަށް. އަޑުއަހާނެ އެއްޗެހި އަޑުއިވިއްޖެ. އަހަރެން މިކްޔަން ބޭނުންވިގޮތަށް މިދަނީ މިކްޔަން ދޫކޮށް. ނަޝްވާއަކާ އެކީ ދެން އުފަލުގައި އުޅޭ” ޔާނާ ނިކުތުމަށް ހިނގައިގަތެވެ. މިކްޔަން އަށް އެއްމެ އަސަރު ކުރީ ޔާނާ މިކްޔަންއޭ ކިޔާ މުހާތަބު ކުރުމުންނެވެ. ވީދެރައިން ޔާނާގެ އަތުގައި ހިފާ އެމޫނަށް ބަލާލީ ނުދާށޭ ބުނާފަދައިންނެވެ. އޭރު އެލޯ ވަނީ ކަރުނުން ފުރިފައެވެ. ޔާނާވެސް އެއްމެ ފަހު ފަހަރަށް ކަރުނަވީ ލޮލަކުން މިކްޔަންއަށް ބަލާލިއެވެ. ދެމީހުންގެ ލޮލުން ފެންނަމުންދިޔައީ ލޯތްބާއި ވޭނެވެ. ޔާނާ މަޑުމަޑުން ފަަހަތަށް ދެތިންފިޔަވަޅު އަޅާލިއެވެ. އެއާއެކު ދެމީހުންގެ އަތް މަޑުމަޑުން ދުރުވެގެން ދިޔައެވެ. އެވަގުތު ޖަހާލި ބާރު ގުގުރީގެ އަޑުން ހީވީ މުޅި ކާއިނާތުވެސް އެދެމީހުން ވަކިވުމުން ހިތާމަކުރާހެންނެވެ.
**********************************
ޔާނާ އެގެއިން ނިކުމެގެން ދިޔައީ މިކްޔަން އާދޭސް ކޮށްކޮށް ހުއްޓައެވެ.
*****
ފޮށި ހިފައިގެން ގެއަށް ވަން ޔާނާ ފެނި ޓީވީ ބަލަންއިން ލާރާއަށް ކޮޅަށްތެދުވެވުނު ގޮތެއްވެސް ނޭގެއެވެ. ތެޅެމުން ފޮޅެމުން އޭނާއަށް ލާރާ ކައިރިއަށް ދެވުނެވެ. “ދޮންތާ މީ” ލާރާއަށް މިހާހިސާބަށް ބުނެވުނުތަނާ ޔާނާ ލާރާގެ ގައިގައި ބައްދާލާފަ އަޑުން އަޑުނަގާ ރޯންފެށިއެވެ.
ޔާނާ ރޯއަޑަށް ކޮޓަރީގައި އޮތް ޒިޔާދުވެސް ނިކުތެވެ. “ދަރިފުޅާ ކިހިނެއް ވީ؟” ޒިޔާދުވެސް ހާސްވެފައި އަހާލިއެވެ. އަނެއްކާ މިކްޔަން ޔާނާ ވަރިކުރީ ހެއްޔެވެ. ޒިޔާދު ޔާނާ ގޮވައިގެން ގޮސް ސޯފާގައި ބޭންދިއެވެ. “ޑޭޑް މިކްޔަން އަހަރެން އުއްމީދު ކުރިފަދަ މީހަކަށް ނުވި” ޔާނާ ގިސްލަމުން ބުނެލިއެވެ. އަދި ވީގޮތް ކިޔާދިނެވެ. ލާރާއަށް ހުރީ ގަބޫލުނުކުރެވިފައެވެ. އޭނާއަށް މިކްޔަންގެ ލޮލުން ލޯބިނޫން އިތުރުއެއްޗެއް ޔާނާއަށްޓަކައި ނުފެނެއެވެ. ހަމަ އޭނާގެ ދޮންތަބެ އެޖެއްސީ ހުސް އެކްޓް ހެއްޔެވެ.
ޒިޔާދުގެ ގާތަށް ރުޅިއައިވަރުން އަތްމުއްކަވާލެވުނެވެ. “އަހަރެން މިކްޔަން މަރާލާނަން” ޒިޔާދު ކޮޅަށް ތެދުވެފަ ދާންއުޅުނެވެ. “ނޫން ޑޭޑް ޕްލީޒް” ޔާނާ ކަރުނަވީ ލޮލަކުން ޒިޔާދުއަށް ބަލާލަމުން ބުނެލިއެވެ.
“ޑޭޑް މިކްޔަންއަށް ނަފްރަތު ނުކުރޭ. އޭނަ އެހެން ކަންތައްކުރީ އޭނާގެ ލޯބި ހޯދަން. ހަމަ އަހަރެންވެސް މިކްޔަންގެ ލޯބި ހޯދަން މިކްޔަން އަށް ކައިވެނި ކުރި ފަދައިން. އެކަމް އަހަރެންނަކަށް އޭނާއަކަށް ދުވަހަކު މާފެއް ނުކުރެވޭނެ. އޭނާ އަށް ކޮން ހައްގެއް” ޔާނާ އަށް ރޮވެންފެށުނެވެ.
“ޑޭޑް އަހަރެން ބަނޑުވެސް ބޮޑު.” ޒިޔާދުގެ ލޯބޮޑުވެގެން ދިޔައެވެ. “އަހަރެން ހީކުރީ މިހަބަރު ލިބުމުން އެއްމެ އުފާވާނީ މިކްޔަން ކަމަށް. އެކަމް އަހަރެންނަށް ކުރެވުނީ ކުއްހީއެއް” ޔާނާ ޒިޔާދުގެ ކޮނޑުގައި ބޯއަޅާލީ ހިތްހަމަޖެހުމެއް ލިބޭތޯއެވެ.
“ދަރިފުޅާ ހިތްވަރު ކުރަންވާނެ. ދަރިފުޅުގެ ބަނޑުގައި ތިއޮތް ތުއްތު ދަރިފުޅަށްޓަކައި ވެސް ހިތްވަރު ކުރަން ވާނެ”
“އާން. ބައްޕާ. އަހަރެން މިދަރިފުޅު ބަލާނީ ވަރަށް ލޯބިން. ބައްޕަ އަކާ ނުލައި. އަހަރެން ބޭނުން މިތަނުން ދުރަށްދާން” ޔާނާ ދެލޯ ފޮހެލަމުން ބުނެލިއެވެ.
ލާރާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. “އަހަރެން މާދެން އެގާރާއިގެ ފްލައިޓުން މިއުޅެނީ ލަންޑަނަށް ދާން. ދުވަހަކު މިކޮޅަކަށް ނާންނާނަން” ޔާނާ މިހެން ބުނުމުން ޒިޔާދު އަށް ކީކޭހޭ އަހާލެވުނު އިރު ލާރާ ފުންވިސްނުމަކަށް ގެނބިގެންދިޔައެވެ.
“އެކަމް ދަރިފުޅާ. ޑޭޑް ކިހިނެއް” ޒިޔާދުއަށް މިހިސާބަށް ބުނެވުނުތަނާ ޔާނާ ޒިޔާދުގެ އަތްމަތީ އަތްބާއްވާލިއެވެ. “ޑޭޑް. އަޅުގަނޑު އެކަނި ދާނީ. ޑޭޑް ހަމައެކަނި އަޅުގަނޑު ހުންނާނެ ތަނެއް ހަމަޖައްސާލަދީ”
“އަހަރެންވެސް ދާނަން” ލާރާ ވެސް ބުނެލިއެވެ. “ކޮއްކޮ އަށް މީ ވަރަށް މުހިއްމު އަހަރެއް. ކޮއްކޮ ދާނެ ކަމެއް ނެތް” ޔާނާ ބުނެލިއެވެ.
“ދޮންތަ ކޮންމެ އެއްޗެކޭ ބުންޏަށް އަހަރެން ދާނަން. ދެޓްސް އިޓް. ކޯސް އެކޮޅުންވެސް ފުރިހަމަ ކުރެވޭނެ. އަހަރެން ދޮންތަ އަށް އެހީވާން ބޭނުން” ލާރާ ކުރުނުކޮށް އެހެން ބުނުމުން ޔާނާ އެއްބަސްވިއެވެ.
“އަހަރެން ލަންޑަންއަށް ބަދަލު ވި ވާހަކަ އެކަކު ކައިރިވެސް ނުބުނައްޗޭ ޑޭޑް. ހާއްސަކޮށް މިކްޔަން” ޔާނާ މިހެން ބުނުމުން ޒިޔާދު ބޯޖަހާލިއެވެ. “އަދި އެއްވާހަކަ ޑޭޑް. މިކްޔަން އަޔަސް ޑޭޑް ޖެހޭނެ ރީއްޗަށް ވާހަކަ ދައްކަން. ޕްރޮމިސް މީ ޑޭޑް” ޔާނާ މިހެން ބުނުމުން ޒިޔާދު ދުރު ބަލާލީއެވެ. އަހަރެންގެ ދެލޯފަދަ ނޫރު ގެ ހަޔާތް ބަރުބާދު ކޮށްލީމަވެސް އަހަރެން ވީ އޭނާއާ ރީއްޗަށް ވާހަކަ ދައްކަން ހެއްޔެވެ. މުޅިއުމުރުގައިވެސް ޔާނާގެ ލޮލުން ކަރުނަ ވެއްޓުނަ ނުދީ ބުނިހާ ކަމެއް ކޮށްދިނީ ކިހާލޯބިންހެެއްޔެވެ. މިއަދު އަބަދު ޔާނާ އަށް އެޖެހުނީ ރޯށެވެ. އެކަމަކުވެސް ވީއޭނައަށް ރީއްޗަށް ވާހަކަ ދައްކަން ހެއްޔެވެ. ނޫނެކެވެ. އަހަރެންނަކަށް ނުވާނެއެވެ. ޒިޔާދު ދެފަރާތަށް ބޯހޫރާލީ ރުޅިވެރިކަމާއެކުއެވެ.
“ޑޭޑް ޕްލީޒް އަހަރެން ބުނީތީ. ޕްލީޒް” ޔާނާ އަނެއްކާވެސް ބުނެލިއެވެ. ޒިޔާދު ބޯޖަހާލީ އެހެން ގޮތެއް ނެތުމުންނެވެ.
“ދަރިފުޅު ދެން މިކްޔަންއާއި ވަރިވީތަ؟” ޒިޔާދު އަހާލިއެވެ.
“ނޫން. ކޮންމެ ގޮތެއް ވިޔަސް އަހަރެން ބޭނުން މިކްޔަންގެ އަންބެއްގެ މަގާމުގައި ހުންނަން. އެއަކީ އަހަރެންގެ ހަޔާތުގައި ލޯބިވެވުނު ހަމައެކަނި މީހަކީ” ދުރުބަލާލަމުން ޔާނާ ބުނެލިއެވެ. ޒިޔާދު ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ޔާނާ މިކްޔަންދެކެ އެވަނީ ހާދަހާ ލޯތްބެކެވެ.
“އަހަރެން ބޭނުމެއް ނޫން ދެން މިކްޔަންގެ ވާހަކަ ދައްކާކަށް. އޭނާއާ ބެހޭ އެކަކުގެ ވާހަކަ ދައްކާކަށް. އަހަރެންނަށް މިކްޔަންގެ ހަނދާން އާކުރަންޖެހޭ އެއްވެސް ކަމެއް ނުކުރައްޗޭ” ޔާނާ މިހެން ބުނެ އެތަނުން ދިޔައީ އެވެ. ލާރާ ޔާނާ ދިޔަ ދިމާލަށް ބަލަން ހުއްޓެވެ. ޔާނާ އެއްމެ ފަހުން އެބުނި ޖުމްލަ އެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.
*****
ޒިޔާން ނަޝްވާ ގެއަށް ލާންއާއިރު ފާތުމަ ދެއަތް ހަލުވާފައި ހިނގަމުން ގެއާއި ދިމާލަށް އަންނަނީއެވެ. އެމޫނުމަތީ ވަނީ ނުރުހުންތެރިކަމެވެ. ފާތުމަ އަށް ނަޝްވާ ފެނުމުން ހިނގުން ބާރުކޮށްލާފައި އައިސް ހުއްޓުނެވެ. “ކޮންތާކުން ތިއައީ. މުޅި ހުޅުމާލޭގައި ނަޝްވާ ދާނެ ތަންތަން ބަލާފައި މިއައީ” ރުޅިވެރިކަމާއެކީ ފާތުމަ ބުނެލިއެވެ.
“މާމާ. އޭނަ އަޅުގަނޑާއެކީ މާލެ ގޮއްސަ އެއައީ” ޒިޔާން ބުނެލިއެވެ. ޒިޔާން މިހެން ބުނުމުން ފާތުމަގެ ރުޅިގަނޑު ދިޔަތަނެއް ވެސް ނޭނގުނެވެ. “އެހެންތަ. ނޭނގޭނެއްނު ނުވެސް ބުނެ ވިއްޔަ ދިޔައީ. އަހަރެން ހީކުރީ ނަޒީހް ކައިރި ކަމަށް ހުންނާނީ. އެހެންވެ އެގެއަށް ވެސް ގޮސްލާފައި މިއައީ”
“މާމާ ނަޝްވާ އަހަރެންނާ އިންނަން އެއްބަސް ވެއްޖެ” ޒިޔާން މިހެން ބުނުމުން އިސްޖަހައިގެން ހުރި ނަޝްވާ ޒިޔާންއާ ދިމާލަށް ބަލާލިއެވެ. އަހަރެން މީނައާ އިންނަން އެއްބަސް ވީ ކޮންއިރަކު ހެއްޔެވެ. އިންނަން އެއްބަސް ވެވޭނީވެސް ޒިޔާން އިންނަން އެހި ނަމަނޫންހެއްޔެވެ.
“ނާހަމަ ތެދެއް. ދަރިފުޅަށް ވިސްނުނީތަ. މާމަ ހާދާ އުފާވެއްޖޭ ދަރިފުޅަށް ވިސްނުނީމަ.” ފާތުމަ ނަޝްވާގެ ބޮލުގައި ފިރުމާލިއެވެ. ނަޝްވާގެ ދެލޯ ފެންކަޅިވީ ފާތުމަ އެހާދުވަސް ފަހުން އޭނާއާ ދިމާލަށް ދަރިފުޅާއޭ ކިޔާ ގޮވާލީމައެވެ. ވީއުފަލަކުން ފާތުމަ ގައިގައި ނަޝްވާ ބައްދާލިއެވެ. “ދުވަހަކު މާމަ ރުޅިއަންނަ ވަރު ކަމެއް ދެން ނުކުރާނަން”
“އަލްހަމްދުލިﷲ. ދަރިފުޅު އަވަހަށް އާދޭ އިނގޭ ގެއަށް. ވަރަށް ލަސްވެއްޖެ” ފާތުމަ މިހެން ބުނެ އެތެރެއަށް ވަނެވެ. ނަޝްވާ ޒިޔާންއަށް ބަލާލިއެވެ. އޭރު ޒިޔާންވެސް ހުރީ ނަޝްވާއަށް ބަލާށެވެ. ޒިޔާން މަޑުމަޑުން އެއްކަކޫ މައްޗަށް ތިރިވިއެވެ.
“ވިލް ޔޫ މެރީ މީ؟” އަތްދިއްކޮށްލަމުން ޒިޔާން ބުނެލިއެވެ. އަތްދިއްކޮށްލިހެން ހީނުވެ ނަޝްވާ އެއަތުގައި ހިފާލިއެވެ. “ޔެސް ޔެސް” ޒިޔާން ހިނިގަނޑެއް ޖަހާލާފައި ތެދުވިއެވެ. “އޭ ނަޝް ފޯނު ދީބަ. މާލެ ގޮއްސަ މީހަކަށް ގުޅައިގެނެއްނު އަހަރެން ބަލައި މީހަކުގެންނަންވެސް އިނގޭނީ. މާދެން ފޯނު ގެނެސްދޭނަން” ނަޝްވާ އޯކޭއޭ ބުނެ ފޯނު ޒިޔާންއަށް ދިއްކޮށްލިއެވެ. “ގުޑް ނައިޓް. މާދެން އައިސް ކައިވެނީގެ ވާހަކަ ދައްކާނީ ދޯ. ދެން ދޭ. އައި ލަވް ޔޫ” ޒިޔާން މިހެން ބުނުމުން ނަޝްވާގެ މޫނު ރަތްވެގެން ދިޔައީ ލަދުގަންވަރުންނެވެ. އަވަސް އަވަހަށް އެނބުރި ގެއަށް ވަނީވެސް އެހެންވެއެވެ. ޒިޔާން ހިނިތުންވެލާފައި ނަޝްވާގެ ފޯނާ ކުޅެމުން ހިނގައިގަތެވެ.
******
ލާރާ އޭނާ ކައިރި ނިދިފައި އޮތް ޔާނާއަށް ބަލާލިއެވެ. ރޮއި ރޮއި ޔާނާއަށް ނިދީގެ ތެރެއިންވެސް ދިޔައީ ގިސްލެވެމުންނެވެ. އޭނާގެ ލޯބިވާ ދޮންތަގެ ހާލާ ހިތާމަކުރާ ހާލު ލާރާ ފޯނު ނަގައި ޒާއިން އަށް މެސެޖެއް ކޮށްލިއެވެ.
******
ނުނިދިފައި އޮތް ޒާއިން އަށް މެސެޖެއް އައުމުން ބަލާލިއެވެ. ލާރާގެ މެސެޖެއްކަން އިނގުމުން ފުންމައިގެން ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. ނަމަވެސް ވަރަށް ކުރު މެސެޖެކެވެ. *މާދެން ހެނދުނު ނުވައެއް ޖަހާއިރު ރަސްފަންނަށް އައިސްދީ* ޒާއިންއަށް ހިންދިރުވާލެވުނެވެ. އަނެއްކާ ކީއްވީބާވައެވެ. ޒާއިންގެ ހިތްތެޅެން ފެށުނެވެ.
******
ދެލޯ ހުޅުވާލި މިކްޔަން އަށް އޭނާއަށް އޮވެވުނީ ތަށިމުށި މަތީގައި ކަންވެސް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. އޭނާއަށް ރޭގަ ނިދުންއިރެއް ވެސް ނޭނގެއެވެ. މިކްޔަން ތެދުވެ ގާތުގައި އޮތް ޔާނާގެ ފޮޓޯ ފްރޭމް ނަގައި އޭގައި ފިރުމާލީ އަސަރާއެކީއެވެ. “ބޭބީ ޕްލީޒް ކަމް ބެކް.” ފިރިހެނަކަށް ވިޔަސް އޭނާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. މިކްޔަން ދެލޯފޮހެލާ ތެދުވިއެވެ. މިއަދު އެގެއަށް ޔާނާ ބަލައި ދާނީއެވެ. އަސްލު ހަގީގަތް އިނގުމުން ޔާނާ އަށް ވިސްނޭނެއެވެ.
******
ޒާއިން ތުމުން ލަވައެއްގެ ރާގު އަޅުވާލަމުން ތައްޔާރު ވަމުން ދިޔައީ ލާރާއާ ބައްދަލު ކުރަންދާށެވެ. މިއަދަކީ އޭނާގެ ދިރިއުޅުން ބަދަލުވެގެން ދާނެ ދުވަސްކަން ނޭނގޭހާލުއެވެ.
ޒާއިން ސިޓިންގްރޫމަށް ނިކުން އިރު ޔާނާ ފެންނަން ނެތުމުން ހައިރާންވިއެވެ. އެހެންޏާ މިގަޑީ ކޮންމެވެސް އެއްޗެއް ހެދޭތޯ ބަދިގެ ތެރޭ ޔާނާ އުޅޭނެ ވިއްޔާއެވެ. އެކޮޓަރިއަށް ދާން ހިތަށްއެރިޔަސް ނުވައެއް ޖަހާފައި ހުރުމުން ޒާއިން ހިޔާލު ބަދަލުކޮށްލާފައި ގޭން ނިކުތެވެ.
ޒާއިން ރަސްފަންނަށް ދިޔައިރު ރުކެއްގެ ކައިރި ލާރާ ހުރީ ފުރަގަހަށް އެނބުރި ހަށަން ބަދެލައިގެނެވެ.
“ގަޑި ނުޖެހި އާދެވުނު ދުވަހެއް ދޯ. ބައިދަވޭ. ޖަވާބެއްދޭންތަ ތިއައީ؟” ޒާއިންގެ އަޑުއިވުމުން ލާރާ ފަހަތަށް އެނބުރި ޒާއިންއާ ކުރިމަތި ލިއެވެ. “ހޫމް. ތިހީވީ ރަނގަޅަށް. މިއައީ ޒާއިން އަށް ޖަވާބެއް ދޭން. އެކަމް ފުރަތަމަ ބުނެބަލަ. ކީއްވެ މާކޫލް ކޮށް ތިހިރީ. ތިހިތަށް އަސަރެއް ނުކުރޭތަ ދޮންތަބެ އެގޮތަށް ކަންތައް ކުރީމަވެސް؟” ޒާއިން ހެވިފައި ހުރުމުން ލާރާ ގާތަށް ރުޅިއައެވެ.
“ދޮންބެ ކީއްކުރީތަ؟” ޒާއިންއަށް ހައިރާންވީވަރުން އަހާލެވުނެވެ. “ވާއު. ނުވެސް އިނގޭދޯ. ދެން ބުނޭ އަހަރެންގެ ދޮންތަ ތިގޭން ނިކުން ކަމެއްވެސް ނޭނގެއޭ” ލާރާ މިހެން ބުނުމުން ޒާއިންއަށް ބާރަކަށް ވަޓްއޭ ބުނެލެވުނެވެ. “ހަމައަސްލުވެސް ނޭނގޭ. ތީ ކިހިނެއް” ޒާއިން މިހެން އެހުމުން ލާރާ އަސަރާއެކީ ވީގޮތް ކިޔާދިނެވެ. ޒާއިން އަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ދޮންބެ ހަމައެހާ ގޯހީހެއްޔެވެ.
“އަހަރެން ޒާއިންއާ ގުޅެން ދޮންތަ އޯކޭ ވާނެ. އެކަމާ އަހަރެން ޝައްކެއްވެސް ނުކުރަން. އެކަމް އަހަރެން ބޭނުމެއް ނޫން ދޮންތައަށް ދޮންތަބެ ގެ މަތިން ހަނދާންކުރުވާނޭ ފަދަ އެއްވެސް ކަމެއް ކުރާކަށް. އަހަރެން މިއުޅެނީ މިއަދު މާލެ ދޫކޮށް ދާން.” ލާރާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ބުނަން މިއުޅެނީ އެއްގޮތަކަށްވެސް އޭނާ ބުނަން ބޭނުންވާ އެއްޗެއް ނޫނެވެ. ނަމަވެސް އޭނާ މިއަދު މިވަނީ މަޖުބޫރުވެފައެވެ. މި މަޖުބޫރުކަންނެތް ނަމަ ކިހާހެޔޮހެއްޔެވެ.
“ޒާއިން އައިމް ސޮރީ. އަހަރެންނަށް މިނޫންގޮތެއް ނެތް. އަހަރެންގެ މަތިން ހަނދާން ނައްތާލާފައި ދިރުއުޅުމައިގެން ކުރިއަށްދާނެ ކަމަށް ހީކުރަން” ލާރާ މިހެން ބުނެ ޒާއިންއަށް އެއްޗެކޭ ބުނުމުގެ ފުރުސަތުނުދީ ފަސްއެނބުރި ދިޔުމަށް ހިނގައިގަތެވެ. ހިނގަމުން ދިޔައިރުވެސް ލާރާއަށް ގިސްލެވެމުން ދިޔައެވެ.
ޒާއިން އަމިއްލަ ބޮލުގައި ހިފަހައްޓާލީ އޭނާގެ ބަދުނަސީބްކަން ހިތަށް އެރުމުންނެވެ. އޭނާގެ ފުރަތަމަލޯބި ބީވެގެން ދިޔައީއެވެ. ޒާއިންއަށް ކެތްނުކުރެވިގެން ރޮވުނެވެ.
*******
ލާރާ އާއެކީ ގޭން ނިކުތް ޔާނާ ޒިޔާދުގެ ގައިގައި ބައްދާލިއެވެ. “ކޮންމެ ދުވަަހަކު ގުޅައްޗޭ” ޒިޔާދު މިހެން ބުނުމުން ޔާނާ ބޯޖަހާލިއެވެ. އޭނާގެ ހިތްއެދި ގޮވަމުން ދިޔައީ އެއްފަހަރު މިކްޔަންއާ ބައްދަލު ކުރުމަށެވެ. ނަމަވެސް އޭނާ ދެފަރާތަށް ބޯހޫރުވާލުމަށްފަހު ގޮސް ކާރަށް އެރިއެވެ. އޭނާއަށް މިކްޔަންއާއި ނުލައި އުޅެވޭނެކަން މިކްޔަންއަށް މިފަހަރު އަންގާލާނެއެވެ.
ލާރާވެސް ޒިޔާދުގެ ގައިގައި ބައްދާލާފައި ގޮސް ކާރަށް އެރިއެވެ. ޒިޔާދު ކާރު ދިޔަދިމާލަށް ބަލަންހުރީ ފެންކަޅިވެފައެވެ.
******
ޒާއިން ގެއަށް ވަންއިރު މިކްޔަން އުޅެނީ ބޭރަށް ދާށެވެ. ޒާއިން ފެންނަ ކަމަށްވެސް ނަހަދައި އެތެރެއަށް ދިޔައީ އައިއްސަ ހުރި ރުޅިއެއްގެ ސަބަބުންނެވެ. މިކްޔަންއަށް އެވީގޮތް އިނގުނެވެ. ނަމަވެސް ޒާއިން އަށް ވިސްނޭނެ ނަމައެވެ. މިކްޔަން ސޯފާގައި އިށީއިނދެލީ ހިތަށް ތަދެއް އެރުމުންނެވެ.
“އަން މިއަކީ ދޮންބެދައްތަ އެގާރަ ޖެހީމަ ދޭށޭ ބުނި އެއްޗެއް. އަހަރެންނަށް އިނގޭ އެގާރަ އަދި ނުޖަހާކަން. އެކަމް ކަލޭގެ އެއްޗެއް އަހަރެންގެ އަތުގައި ބާއްވާކަށް ބޭނުމެއް ނޫން” ޒާއިން އައިސް ފައިލް މިކްޔަންގެ އުނގަށް އެއްލާލުމަށްފަހު އެތެރެއަށް ވަނުމަށް ހިނގައިގަތެވެ.
މިކްޔަން ތެޅި ތެޅި އޮތް ހިތަކާއެކީ ފައިލް ހުޅުވާލިއެވެ. އޭގައި އޮތް ޕްރެގްނެންސީ ރިޕޯޓް ފެނި މިކްޔަންއަށް އަނގަމަތީ އަތްއަޅައި ލެވުނީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. އެއްމެ ސިކުންތެއްވެސް ލަސްނުކޮށް މިކްޔަން ބޭނުންވީ ޔާނާ ކައިރިއަށް ދާށެވެ. ނަމަވެސް ތެދުވުމާއެކީ ބިންމައްޗަށް ވެއްޓުނު ގަނޑުކޮޅު ފެނި މިކްޔަން އެނަގައި އަނެއްކާވެސް ސޯފާގައި އިށީއިނދެލިއެވެ.
*އަހަރެން އޮޅުވާލާކަށް ނެތިން. މިހާރު އިނގޭނެ އަހަރެން މިއިނީ ބަލިވެކަން. އަހަރެން ޕްރެގް ވިޔަސް މިކްޔަން ކައިރިއަށް އަނބުރާ އަންނާނެ ކަމަށް ހީނުކުރައްޗޭ. އަހަރެން މިއަދު މި މާލެ ދޫކޮށް މިދަނީ މިކްޔަންއާ ދުރަށް. އައި ވިޝް ޔޫ އަ ހެޕީ ލައިފް. ހާސްނުވޭ. އެއްފަހަރު ވެސް ހަނދާން ނައްތައެއް ނުލާނަން އަހަރެންގެ ބަނޑުގައި މިއޮތީ މިކްޔަންގެ ދަރިއެއްކަމެއް. މި ދަރިފުޅު މިކްޔަން އަކާ ދުރުކުރާކަށް ބޭނުމެއް ނޫން. ކޮންމެ މަހަކު ބޭބީގެ ފޮޓޮއެއް ޑޭޑް ލައްވައި ފޮނުވާނަން. އަދި މަހަކު އެއްފަހަރު ބޭބީ އާއެކު ވީޑިއޯ ކޯލެއްވެސް ކުރާނަން* މިކްޔަން އަށް ފުންމައިގެން ތެދުވެވުނެވެ.
“ނޫން ނޫން ނޫން ޔާނާ ޕްލީޒް ނުދޭ. ކިހިނެއް އަހަރެން ބުނެދޭނީ ލޯބިވާވަރު. އަހަރެމެންގެ ދަރިފުޅަށްޓަކައިވެސް” އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ގިސްލެވޭ ހާލު މިކްޔަން ބިންމައްޗަށް ތިރިވިއެވެ. “ދޮންބޭ” ރޮވިފައިވާ އަޑަކުން ޒާއިން ގޮވާލުމުން މިކްޔަން ބޯހިއްލާލާފައި ބަލާލިއެވެ.
ޒާއިން އަށް އޭނާގެ ދޮންބެ ޔާނާދެކެ ހަގީގަތުގައިވެސް ލޯބިވާކަން އިނގިއްޖެއެވެ. ޒާއިން ގޮވާލުމުން މިކްޔަން ރޮއިރޮއިފައި ސިޓީގައި އޮތް އެތި ކިޔާދިނެވެ. “ދޮންބެ ކިހިނެއް އުޅޭނީ ޔާނާއާ ނުލައި. ދޮންބެ އަށް އިނގެޔޭ ކުރިން ދޮންބެއަށް އުޅެވުނީ ގޯސްކޮށްކަން. އެކަމް އެކަމް” މިކްޔަން ރޮމުން ރޮމުން ކިޔާދިނެވެ. އެއަށްފަހު ކުއްލިއަކަށް ތެދުވިއެވެ. “އަހަރެން ޔާނާ ދިޔަޔަކަ ނުދޭނަން” މިހެން ބުނެ މިކްޔަން ބޭރަށް ދުއްވާގަތީ މޮޔަޔަކު ފަދައިންނެވެ.
ހަމްދަރުދީގެ ނަޒަރަކުން ޒާއިން މިކްޔަން ދިޔަދިމާލަށް ބަލަން ހުއްޓެވެ. އޭނާގެ ހިތަށްވެސް ވަނީ ފުންއަސަރު ތަކެއް ކޮށްފައެވެ.
*****
“ކީއްކުރަން މިތަނަށް ތިއައީ. އަދިވެސް ވީވަރު ކުޑައީތަ؟” ގޭ ދޮރުމަތީ ހުއްޓުން މިކްޔަން ފެނި ޒިޔާދު އަހާލިއެވެ. “ޑޭޑް ޔާނާ” އަސަރާއެކު މިކްޔަން ބުނެލިއެވެ. މިކްޔަންގެ އަޑުން ވެސް އޭނާއަށް އަސަރުކޮށްފައި ހުރިވަރު ޒިޔާދު އަށްވެސް ފާހަގަ ވިއެވެ. ޒިޔާދު މިކްޔަން ކައިރިއަށް ގޮސް ހުއްޓުނެވެ.
“އެމީހުން ގޮއްސި.” ޒިޔާދު ބުނެލިއެވެ. “ކޮންތާކަށްތަ” މިކްޔަން އަވަސް އަވަހަށް އަހާލިއެވެ. “ޑޭޑް އަކަށް ނެތް ތިއެއް ބުނެވޭކަށް ސޮރީ” ޒިޔާދު އެހެން ބުނުމުން މިކްޔަން ފެންކަޅިވެފައި ހުރެ ޒިޔާދުއަށް ބަލާލިއެވެ. “ޕްލީޒް ޔާނާ ހުއްޓުވާ” މިކްޔަންގެ އަޑު ބެދުނެވެ. ޒިޔާދު މިކްޔަންގެ ކޮނޑުގައި ޖަހާލިއެވެ. “ސޮރީ ދަރިފުޅާ” މިކްޔަންއަށް ވެފައި ހުރިވަރުން އެހިތުގައި ހަމްދަރުދީ އުފެދުނެވެ.
މާޔޫސްކަމާއެކީ މިކްޔަން އެގޭން ނިކުތެވެ. ފެންކަޅިވެފައި ހުރެ މިކްޔަން މަގުމައްޗަށް ނިކުމެ މައްޗަށް ބަލާލީ މަތިންދާ ބޯޓެއް އޭނާގެ ބޯމަތިން ދިޔުމުންނެވެ. އޭނާގެ ޔާނާ އޭނާއާ ވަރަށް ދުރަށް ދިޔައީއެވެ. ނުވިސްނި ކުރެވުނު ކަމަކުންނެވެ. މިކްޔަންގެ ލޮލުން ކަރުނަ ފޭބީ އެހެން މައްޗަށް ބަލަން ހުއްޓައެވެ. އަހަރެންނަށް ޔާނާގެ ލޯބި ލިބެން ނެތީ ބާވައެވެ. އަހަރެމެން އެކީގައި އުޅުން ތަގުދީރުގައި ނެތީހެއްޔެވެ.
-1 އަހަރާއި 6 މަސް ފަސް-
=ނުނިމޭ=
113 Comments!
Comments are closed.
Yey me first
Yayy.. yess navii ?
Wow.. Vvvvvvv reethi mi part ves .. Waiting for the next…!..
Thankyou navii.. thanks a lot ??❤
Adhi nukiyan eakam ingey reethi vaane kan
Awww thankyou darl ??❤
Wow
Thankyou darl ???❤
Alheyyyyy ram muuuu noooooo edhekudhin gulhuvaaba plxxxxxxx
Alheyy yal.. v dhera dww ??
Whn is nxt prt ram alheyyy i can’t waittttttt
Maadhen dear ?
First
Alheyy nooney laal ?
its maadhan not maadhen, hurihaa story ehgga ves hama maadhen jahaafa innakan faahaga kurevey, rangalhu kollaa
I know anonymous.. ekm hama hadhaan nethenyy.. dhn ragalhu kohlaanan ?
wow haadha reachey ekam haaha dhera gotheh mi vee
Yeah dww ? thankyou Kylie ?❤
Dhn avahah next part upkohdheeba??
Alheyy awa ?❤
Yayy me first dhw mi faharu
Dhn faharakun vaane first hoadhan igeyy ?
Oooops 3rd dhw..hehe
Hehehe mysh ??
Ram..mi prt ves v rythi as usual?..wen ix the nxt prt..cant wait?
Thankyou so much.. next part maadhan ??
Wow
Nice dhn vaany kihinehbaa dhw
Yeahh dww.. kihinebaa vaany ? lets see.. thankyou lim ??
haadha kureyy…………….. and mihaaru kyhve daily 2 Episode up nukurany…
Nowadays i m bxy eyy darl.. free vaa dhuvehega upkohdheynan igeyy.. ??❤
Wow wow wow ramkolhu, haadha ryhchey mibaives.. Bayakah vure baeh rythi.. Hama ramkolhu ge molhukan fenigen midhany.. Vaahaka liyan molhu kamuge vaahaka dhahkaa husnuvaane.. Thaureef ge gothuga ves bunaany kykey kamehves neyngey.. Ehaaves furihama vefa rythi.. Masha Allah.. Next part avahah up kohdhehchey igey.. Luv u ramkolhu.. ( kobaa fonuvytha)
Awwwn thankyou so so soo much ainthh.. loves ? heii maadhan fonuvaalaanan igeyy.. ?❤
Ziyadhu ekani kollafa dhe dharin dhiyaeetha
Bad option
But vaahaka reethi
Ebai vx adhi annaane dear… thankyou ?
Awww… ???Kihineh thi hedhy.. Dhen part eh ga e myhunge baby ulheyne dhw.. dhen lara aa zain ge kolhun gandu nufennane dhw ??waiting for next part as always.. V dhuvas kohlafa mi comment kohly vxx.. ❤❤❤
Aww happy to see your comment after a long time dear.. lets see dww ? thankyou so much ??
Alhey. .. vv reethi mi part ves. ..whn next part… pls avahah up kurahchey dear. ..
Thankyou navya ? maadhan ? ?❤
Dhen rammmmm ??? dhera vejje ? zaain and laaraa and yaana and mikyan avahah gulhuvaalahchey ? story is amazing ❤️❤️ just love it ? LUV YOU ??
Ehaa dhera nuvahchey igey roo.. thankyou so much dear.. loves more ?❤
oh reethi vrh maasha allah
perfect..
baby kudakoh boduvefa onnany dhw.. so cute ???
zaan n laaraa ????xaain misvaane dhw vrh laaraa mathin
n mikyan ulheyne goiyy I can’t even imagine that sad life .. ?? hope soon yaana will know the truth.. ??
Lets see dww dear.. thankyou so much ??❤
When anehbai up kurani..ram can u tell the time..nice story keep it up dear…n u knw wat i also love to watch Korean drama..tc good nite
Yess korean drama is ❤ thankyou so much.. miadhu noony mireyy.. gadi eh bunaakah neygey dear ??❤
oh .. me too
Same here?
Waaaah haadha reehchey ❤️❤️❤️
Can’t wait for tomorrow’s part ?
Thankyou darl ??❤
Real life aa balaafa Yaana ge reaction ehaa hama nujehey kan faahaga vi, especially when the story fast forwarded to 1.5 yrs later..
Ekm Ramu ge mi story ah abadhuves vrh wait kurevey ingey because you are so molhu molhu, and as usual eagerly waiting to see what will happen next- avahah kiyaalan libeyne kamah heekuran ?❤
Ohhh… thankyou so much rashyy ??❤
Alhey kihinai mivy!!!
But vvvv salhi ???
Waiting for next……
Thankyou rsh ??❤
VvvvvvvvvvVVvvvv sAlHi…
Thankyou rii ☺?
Alhe haadha dhigu leap ekey.. ehaa dhuvas vandhen yaanaa veethan neyngibaa ulheynee… btw story v v reethi… waitting 4 the next part..
Lets see dww ? thankyou dear ??❤
Hi Ramko.. ?Rangalhahvx rovijje ???
Ekamu story hama obiness to the max… Outstanding !!!! ??? kiya kiyaa hutta Nimunu iruvx neynge.. Ehaa bodah vaahakaige therey indhevuniii ? reethi vefa kiyaa hithun invarun part kuruhenvx heevi.. Hehe ekamu kurehnuun aslu?? waiting for the next part ?❤???? love u so much ramko??❤❤?????
Heii thankyou sjk.. hehe loves more ??❤
Thio v gotheh… Ma roe roe halaakuvejje…. Magey dharifulhuvx ahan fashaifi mummi phn ah balaigen indhe thi rony kyhvehoa
Alhey ainth.. nurohcheyy ??
Morning ramuu…
Masha allah stry vvvv salhi….
But mistake vess faahagavi dear so sad… nassvaa maama name change vefa dear….
Waiting 4 next part …upload sooon dear..
Have a nice day ramuu
**Name vess**
Ohh thats a mistake ? thankyou.. have a nice day ?❤
??
Rovihje??.. vaahaka varah reethi. Avahah up kurahchy…
Love yuh ram???
Thankyou dear.. love yuh too yaana ??❤
Awlheyy hama rangalhas rovijje?haadha dhera gothekey dhw mi v..laara hama no dhw buny.. mi part ves hama superb? waiting for the next part☺LY?
Thankyou so much nish.. ly too ??❤
Rammu miadhu kihaa irakun up khdheynyy… waiting ❤❤❤
I think mirey nahuu ??❤
Alhey ram thihen nuhadhabala..he loves her a lot…dhen zaain n laara ge heart ves break kohly ehnu thi ..plyx miadhu avahah up kuracheyy ramu thankolheh dhigukoh ?☺☺☺?loves varah bodah
Thankyou maaya.. loves more ?
Habeys ♥
Thankyou afu ?
Mi part kiyaaafa hama rovihjje….mikyan hadhaa dheravaane yaana dhiyaama…mikyan dhehki hurihaa vaahaka eh yaana ah adu evun nama kihaa ragalhu…akamaku ves mi part vvvvvvvvvvvvvvvvvvvvvvvvvvvv salhi….next part up kohdhehjeh avahah…..☺☺
Yess.. thankyou zaraa ??❤
Seriously.. thaneh dhoreh balaa nulaa mi anhenun ves ulhey vahthareh dw.. yana amilla ah hoadhi dhera eh ei..
Dww.
Hehe.. Xak thee boy eh tha? Mi anhenun eyy bunyma.. ??❤
Nei hama bunaaane ehchei. Hama wooooooowww..????
Mirey vx 10 or 11 ga tha up kurevey varu vaaaneee… ??????
Yess i think so.. ?
Alheyy dhera vejje .. ?? mi vy gotheh dhw ?
Ram ur story is awesome ?
Avahah up khdhehchey ..plx
Thankyou rau darl ??
Heii guyxx sorry.. i will upload maadhamaa mendhuru igeyy… so sorry.. i m little bit busy tonight.. hope you guyz will understand ?
Rammu miadhu kn irakun up khdheymyy.. kihaa iraku
Upkohlaafin ?
Sorry everyone.. ram meege fahun nubunaanan mendhurekeyy habeereyy.. but i will upload knme dhuvahaku.. ram gadieh vx bunany hama readers ahaathy javaabu dheyn vegen.. v bodah sorry..
??anyways , i will wait
Thankyou baboo ??
Dhn maadhamaa 2 parts up kohdheynan dhw..
Hehehe dear..okay ?
Ram koba thr aneh part??? Maadhan 2part up kohdehcheyingeyy …waiting. .waiting
Yess in sha allah 2 parts upkohladheynan..?
Its ok dear….waiting 4 next part… gud nyt.???
Thankyou frnd??❤
varah reethi
Thankyou anonymous ??
Ram knirakuh tha story up kuranii v kiyrlr hithuh mihury plx….
Alhey dear.. mendhurun igeyy.. ?
Kinda irakun.. mihaaru thi vaahaka kiyaa hithun kei madhu vany mioh
Miyoh mendhuru v ey? kon irakun up vaany…ram kolhoo keh kuran dhathj
Hey ram mendhuru v mi… Dhn up kohdheebla avahah… Thihen kiyuntherin thalhuvaakah nuvaaaanun dhw…
ram mendhuru vejje . avahah up kohdheeba
Mihaaru 1:00 o’clock vanee awaha up kodhee bala☺Ram your the best!
Rammu mendhuru nuvey thr adhi ???
mi varah reethi vaahaka eh.. ekm Emmen vaahaka reethi vegen ulheythy emmen fooohi kuruvan ulhey liyuntheriyeh mi noony nudheken.. reygandun mendhuru bunaa iru mihaaru mendhuru vejje. Ekam vaahaka kiyaalan nulibunu. Thivarun dhen vaaahaka liyun huttan v ennu.
Mihaaru haveeru vanee?
Koba next part…wating
up koh nudhevenyaa miveni gadi ehga up kohdheynamey nubune bala ram . mihaaru neynge kithah faharu kameh esfiya open kurevunee vaahaka up vithi balan . but adhivess nuvey .. kiyaahithun mihaaru nuvess hurevey
Ram miadhu up kh nudhey dhuvaheh thr. Mihaaru mi vaahaka kiyaa hithun kithah faharu balaifin up khfa thow.. Ekam kn thrku up khdhen hithah vx naaruvaa thow cheh
Ram kobaa tha next part..? Avas kohla dheebala plxx☺
Ram Aharen miadhu mivaahaka fesigen mihisaabah miky haadha reechey alhe avas up koh bala
Koba adhivess upkohdheykah nuveytha. Mihaaru ae ohgen 3 jehyy
Ram, kameh dhimaa vytha story upload ves nukurany and comments ah reply ves nukurany? normally you reply. Or just not replying cause you havent yet uploaded it?
Aslu Ram varah rangalhu, konme reaku ves part eh upload kohdhey but mihen vaa haalakun faharu Ram bunaa gadi ah vure gina faharah postpone vey.
So, just dont worry ingey. Kameh dhimaa vehjiyya bunelaa upload nukohdheveyne ei and Ram ah faseyhain upload kohdheveyne irakun upload kohla dhy. readers ah las vedhaanethyv Ram ah undhagoo gadi ehga konmehen no need to.
But then yeah, if you want to be a good writer you’ll have to adjust your life wholly to to being a writer and to impress your readers.