Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 17

Star Level 310 Stories100 Comments100 Login
December 17, 2017 4 Mins Read
38 Comments

ދެން ފެނުނީ މައުވަން އައިސް މަލާކް އަތުގައި ހިފައި ކޮޅަށް ނެގިތަނެވެ. އަދި އަނގައިން ބުނުމަކާނުލާ އަތުގައި ހިފައި ގަދަކަމުން ކޮޓަރިއަށް ވެއްދިއެވެ. އަދި މައުވަން ގޮސް އޮށޯތީ އެނދުގައެވެ. ހައިރާން ކަމާއެކު މަލާކް ހުރީ ކޮޅަށް ބަލާށެވެ. އިރުކޮޅަކުން ގޮސް ކުރީން މައުވަން އޮތްތަނުގައި އޭނަގޮސް ޖައްސާލިއެވެ.

ޖެހިގެން އައި ދުވަހު ދެމީހުން ޑިއުޓީއަށް ދާން ނިކުތީ އެކީގައެވެ. މައުވަން ސައިކަލަށް އެރުމަށް ބުނުމާއެކު މަލާކް ދެބަހެއްނެތި އެރިއެވެ. މަލާކްގެ މި އަމަލުން މައުވަން ހިތްހަމަ ޖެހުނެވެ. އޭނައަށް ނޭންގުނީ އެއީ އަމީނާ ފަހަރެއްގައިވެސް މަތީގައި ބަލަށް ހުރެދާނެކަމަށް މަލާކް ކުރިކަމެއްކަމެވެ.

ވަކިހިސާބަކަށް ދުއްވާފައި މަލާކް އެންގީ މައުވަންއަށް ސައިކަލު ހުއްޓުމަށެވެ. ވާނުވާ ނޭނގިހުރެ މައުވަން އެކަން ކުރިއެވެ. މަލާކް ސައިކަލުން ފައިބައިފައި ބުނެލީ އޭނަގެ ސައިކަލު އެތަނުގައި ހުރީ ކަމަށާއި ދެން ދާނީ އޭގައިކަމަށެވެ. މައުވަންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެން ހުރެފައި އޭނަވެސް ސައިކަލު ދުއްވާލިއެވެ. މަލާކްގެ ސައިކަލު ފަހަތުންނެވެ.

އާދައިގެ މަތީން ބްރޭކް ގަޑީގައި މައުވަން އާއި ނިއަމް ބައްދަލުކުރިއެވެ. މައުވަން ބުނި ގޮތުގައި ނިއަމް ކަހަލަ ބައިވެރިއަކު އޭނަގެ ކޮއްކޮއަށް ލިބުނު ކަމަށްޓަކައި އުފާވެއެވެ. އަދި އޭނަ ނުގަބޫލް ވެދާނެތީ  ލައިހާގެ ލޯތްބަށް ފުރަގަސް ދިނީ ނިއަމްގެ މޮޔަކަމުން ކަމަށް ބުނެލިއެވެ. އެވަގުތު އިތުރު ޑޮކްޓަރުންތަކަކާއެކު ކެންޓީނަން ވަދެގެން އައި މަލާކް ފެނިފައި ނިއަމް އަތުން ހަނާއަޅާލައިފައި އައުމަށް އަންގާލިއެވެ. މަލާކް މިސްރާބް އެދިމާލަށް ބަދަލު ކޮށްލިއެވެ. މަލާކް އައުމުން ނިއަމް އެދުނީ އެމީހުންނާއެކު ކޮފީގައި ބައިވެރި ވުމަށެވެ. “ހާދަ ދިމާނުވެއޭ މިހާރު ދޯ! ކިހިނެއްތަ ކަންތައްތައް؟ ނިއަމް އަހާލިއެވެ. މަލާކް ރަނގަޅޭބުނެ ޖަވާބްދިނެވެ. “އޭ ހިނގާބަލަ ތިންމީހުން ވެގެން މިރޭ ދިމާވެލަން. އަބަދު މިތަނުން ވިއްޔަ މި ދިމާވަނީ.” ނިއަމް ޚިޔާލެއް ހުށައެޅިއެވެ. މަލާކް މަޑުކުރީ މައުވަން އެއްޗެއް ބުނޭތޯއެވެ. އެކަމަކު އޭނަ އެއްޗެއް ނުބުނުމުން މަލާކް ބުނެލީ އެއީ ރަނގަޅު ޚިޔާލެއް ކަމުގައެވެ. އެއާއެކު މައުވަންއަށް ބަލާލެވުނީ މަލާކްގެ މޫނަށޭވެ. މައުވަން ބުނެލީ މިރޭގޭގައި މުހިއްމު ކަމެއް އޮންނަކަމުގައެވެ.

ޑިއުޓީނިންމާފައި އަކްޔަން ގެއަށް އައިއިރު ގޭތެރޭގައި މީހުންގަނޑު އުޅެނީ ހަލަބޮލި ކޮށްލައިގެންނެވެ. މިރެއަށް ރަނގަޅު ކާއެއްޗެއް ތައްޔާރު ކުރުމާއި ގޭތެރެ ފޮޅުމާއި އެކިކަން ކަމުގައެވެ. އެހެން މީހުން އަވަދިނެތި އުޅުނެއް ކަމަކު އަކްޔަން ގެ މިލާފައިވާމޫނުން ބަސްބުނުމަކާ ނުލާ އޭނަގެ ހުރިހާ އިހްސާސެއް އެހެން މީހުންނަން ބުނެދޭފަދައެވެ. އަކްޔަން ކޮޓަރިއަށް ވަނުމުން އެތަން ބަލަން ހުރެފައި ޒާނާ ވެސް އެކޮޓަރިއަށް ވަނެވެ. ޒާނާ ބޭނުންވީ އަކްޔަންގެ މޫނުމަތީން އެއްވެސް އުފާވެރިކަމެއް ފެންނަން ނެތް ސަބަބު އޮޅުން ފިލުވާށެވެ. ޒާނާ އަހާލުމާއެކު އަކްޔަން ހުރިހާވާހަކައެއް ކިޔާދިނެވެ. އޭރު ހަޤީޤަތިގައިވެސް އަކްޔަން ހުރީ ވާހަކަ ދައްކާލާނެ މީހަކަށް ބޭނުންވެފައެވެ. މަލާކްވެސް ގޭގައި ނޫޅޭތީއާއި އެކުގައެވެ. ޒާނާ ވެސް ހިތްހަމަ ނުޖެހުނީ އޭނަގެ މަންމަ އާއި ނަސީމާދެކެއެވެ. އަދި އެދެމީހުންނާ ވާހަކަ ދައްކާނެ ކަމަށް ބުނެ ނިކުމެގެން ދިޔައެވެ.

ގަޑިން ރޭގަނޑު ނުވައެއް ޖެހިއިރު މަޒްހަރުމެން ގޭގެ އެއްމެން ތިބީ ސިޓިންރޫމްގައެވެ. ޔަޒާން ފިޔަވައެވެ. އޭނަ މުހިއްމު ކަމެއްގައި ބޭރަށް ދިޔައީއެވެ. ހަމައެވަގުތު އަކްޔަން އިންނަން ހަމަޖައްސާފައިވާ އަންހެންކުއްޖާ އާއި އޭނަގެ އާއިލާ އައެވެ. ގެއަށް ވަދެގެން އައި އަންހެން ކުއްޖާފެނި ސިހުމެއް ލިބުނީ މައުވަންއަށެވެ. އެ ކުއްޖާއާއި ހަތަރު ކަޅިހަމަވެގެން ދިޔަވަގުތު ނުލަފާ ގޮތަކަށް މައުވަން އާދިމާލަށް އޭނަ ހީލިއެވެ.  ނަސީމާ އެމީހުން އިށީނަން ތަންދެއްކިއެވެ. އަދި ގޭގެ އެއްމެން ތަޢާރަފް ކޮށްދިނެވެ. އެއާއިލާއިން ވާހަކަ ދެއްކީ އަންހެން ކުއްޖާގެ ބައްޕަ އަލީއެވެ. އަދި ދެން އެއިނީ އޭނަގެ އަންހެނުން ފަހީމާ އާއި ދަރިފުޅު ރަފާ ކަމުގައި ބުނެލިއެވެ. އެކިވާހަކަ ދެއްކުމަށް އިރުކޮޅެއް ހޭދަކޮށްލުމަށް ފަހު އެއްމެން ދިޔައީ ކާށެވެ. އަދި އެއަށްފަހު އަކްޔަން ދިޔައީ ރަފާ ގޮވައިގެން ގޯތިތެރޭގައިވާ ބަގީޗާއަށެވެ. ނަސީމާ ބުނެގެންނެވެ.

“އަހަރެން މިކައިވެނި ކުރަން މިއުޅެނީ މަންމަ އަހަންނަން މަޖްބޫރު ކޮށްގެން. އަދި އަހަރެން ލޯބިވާ އެހެން ކުއްޖަކު ހުރޭ” އަކްޔަން އިއްވާލިއެވެ. ރަފާ ބުނެލީ އޭނަ އަކްޔަން އާއި އިންނަން މިއުޅެނީ ލޯބިން ކަމުގައެވެ. އަދި އަކްޔަންގެ ތި ލޯބި ހަނދާންނެތޭވަރަށް ލޯބި ދޭނަންކަމަށް ރަފާ ބުނެލިއެވެ. އަކްޔަންއަށް ކައިވެނި ހުއްޓުވަން ބުނާކަށް ގަސްދެއްނުކުރިއެވެ. އަދި އޭނަ ދެއަތްބަންވިއަސް އޭނަ ލޯބިވާ ކުއްޖާއާއި އިންނާނެ ކަމުގައި ބުނެލިއެވެ. ރަފާ ބުނެލީ ރަފާއާއި އިނދެފިނަމަ އަކްޔަން ތި ޚިޔާލު ކުރަން ހިތަށްވެސް ނާރާނެ ކަމުގައެވެ. އެވަގުތު އަކްޔަން އަށް ގޮވަމުން މައުވަން އެތަނަށް އައެވެ. އަދި އަލީ ގޮވާކަމަށް ބުނުމުން އަކްޔަން ވަނީ ގޭތެރެއަށެވެ. “ހައެ މައިލަވް” އަކްޔަން އެތެރެއަށް ވަނުމާއެކު ރަފާބުނެލިއެވެ. ރަފާ އަކީ މައުވަން ކިޔަވަން އުޅުނު ދުވަސްވަރު ރައްޓެހިވެގެން އުޅުނު ކުއްޖެކެވެ. ދެމީހުންއެކީ އަހަރަކަށްވުރެ ގިނަދުވަސް އުޅުނެވެ. ރަފާއާއި މައުވަން ރުޅިވީ ލޯބި ނުވާތީ އާއި އަދި ރަފާގެ އުޅުންވެސް މައުވަންއަށް ކަމުނުދާތީއެވެ. ރަފާ މައުވަން އާއި ރައްޓެހިވެގެން ހުރެ އެހެން ކުދިންނާއި ގުޅުން ބާއްވައެވެ. ރަފާ ބުނާގޮތުން ނަމަ އެއީ މައުވަންވެސް އުޅޭގޮތެވެ. އެހެންވެ އެ ގޮތަށް އުޅުމުގެ ހައްގު އޭނައަށްވެސް އޮންނާނެއެވެ. އެކަހަލަ ކޫސަނި މައްސަލަ ޖައްސައި މައުވަން ރަފާއާއި ރުޅިވީއެވެ. ރަފާ އަކީ އެދުވަސްވަރު މުޅި ކޮލެޖަށްވެސް މަޝްހޫރު ކުއްޖެކެވެ. ފިރިހެން ކުދިންނާއި ހެދި ހުންނަނީ މޮޔަވެފައެވެ. އަދި އެދުވަސްރު އެތަނުގައި ކިޔަވަން ހުރި ރަފާގެ ކަޒިން ބޭބެއަކަށް އެވާހަކަތަށް މައުވަން ކިޔާދިނެވެ. އަދި އޭނަ ރުޅިވީވެސް އެކަމުގައި ނަސޭހަތްދީ ހައްލު ނުވެގެން ކަމުގައި މައުވަން ބުންޏެވެ. އެކަމުގެ ސަބަބުން އާއިލާ ތެރޭގައި ރަފާގެ އަގުވެއްޓި ފަހުން ކިޔަވަންވެސް ދާންޖެހުނީ އެހެން ޤައުމަކަށެވެ. އަދި އެވެސް މަންމައާއި އެކީއެވެ. އޭގެ އިތުރުން އޭނަގެ ބައްޕަ އެތަން ޒަމާނެއް ވަންދެން އޭނައާއި ވާހަކަ ނުދައްކައި ހުއްޓެވެ.އެކަމުގެ ބަދަލު މައުވަންގެ ކިބައިން ހިފާނެ ވާހަކަ ރަފާވަނީ ބުނެފައެވެ. މިއޮތީ އެދުވަސް އައިސްސަކަމަށް މައުވަންއަށް ޤަބޫލް ކުރަންޖެހުނެވެ. ނޭނގި ހުއްޓައި މި ޖެހުނީ އަނެއްކާ އަނެއް ކަންތައް ގަނޑެވެ. މައުވަން އެއްމެ ކަންބޮޑުވީ މިކަމުގެ ތެރެއަށް އަކްޔަން ރަފާ ވައްދާފައިވާތީއެވެ. “ކަލޭ ކީއްކުރާނަމޭ ހިތާތަ ތި އުޅެނީ” މައުވަން ރަފާއަށް ބުނެލިއެވެ. “އަހަރެން މީގެ ތިން އަހަރު ކުރިން ކުރާނެކަމަށް ބުނެފަ އޮތްކަމެއް ކުރަން މިއުޅެނީ” ރަފާ ޖަވާބު ދިނީ ނުލަފާ ފާޑަކަން ހެވިލާފައެވެ. “އެކަމަކު ކަލޭ ނުޖެހެ މިކަމުގެ ތެރެއަށް މަގޭ ފެމެލީ ވައްދާކަން” ކިތައްމެ ރުޅި އައިސް ހުއްޓެއްކަމަކު މައުވަން ވާހަކަ ދެއްކީ މަޑުންނެވެ. “އަހަރެމެން ދެމީހުންގެ ތެރެއަށް ފުރަތަމަ ފެމެލީ ވެއްދީ ކެލޭ. އެކަން ހަނދާންކުރާތި” މައުވަން މޫނުގައި ޖެހޭނުޖެހޭ ހިސާބަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ރަފާ އިއްވާލިއެވެ. އަދި މައުވަން އަށް އިތުރު އެއްޗެއްބުނާނެ ފުރުސަތެއް ނުދީ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

އެރޭ ދެ އާއިލާ ވަކިވީ އެއްމަސް ފަހުން ކައިވެނި ކުރަން ނިންމާފައެވެ. އެވަރުވެސް ލަސްކަމަށް ބުނެ ރަފާ ޝަކުވާކުރިއެވެ. އެކަމަކު ދެ އާއިލާއިންވެސް ރަނގަޅު ފެންވަރުގެ ޕާޓީ އެއް ބާއްވަން ބޭނުންވާތީވެ މަސްދުވަސް ފަހުން ކުރަން ނިންމީއެވެ. އެކި އެކި ތައްޔާރީތަށް ވުމަށްޓަކައެވެ. އެވާހަކަތަކުގައި އަކްޔަން ބައިވެރިއެއް ނުވެއެވެ. ކޮންމެ އެއްޗެއް އަހާލިއަސް އަކްޔަން ބުނަނޫ ނަސީމާއަށް ފެންނަ ގޮތެއް ނިންމުމަށެވެ.

ކުރީރޭ ގެ ހާދިސާއަށްފަހު މައުވަން މަލާކްއާއި މާބޮޑަކަށް ވާހަކައެއް ނުދައްކައެވެ. ހަމައެކަނި އަމީނާގެ ކުރިމަތީގައި ބުނެލާއެއްޗެއް ބުނަނީއެވެ. މިކަމުގެ ސަބަބުން މަލާކަށް އުނދަގޫ ވަމުން ދިއައެވެ. މައުވަންގެ އެ ހިމޭންކަމުން މަލާކަށް ނޭނގި އޭނަގެ ހިތުގައި ފޮރުވިފައިވާ އިހްސާސްތަކެއް ހޭލިކަހަލައެވެ. މައުވަން އޭނައާ ވާހަކަ ދައްކާތޯ އިންތިޒާރު ކުރެވެއެވެ. ރުޅި އައިސްގެން ނަމަވެސް އެއްޗެއް ބުނޭތޯއެވެ. އެކަމަކު ތިން ދުވަސް ވެގެން ދިޔައިރުވެސް މައުވަންގެ އުޅުމަކަށް ބަދަލެއް ނައެވެ. މަލާކް ގަސްތުކުރީ ޒާދު އާއެކު ގިނަވަގުތު ހޭދަކުރާށެވެ. މައުވަން އެއްޗެއް ބުނޭތޯއެވެ. ކުރީފަހަރުވެސް ޒާދު އާއެކީ އުޅުމުން މައުވަން ވަނީ ރުޅިއައިސްގެން އޭނައާދިމާލަށް އެއްޗެހި ކިޔާފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

ނޫރު (އެގާރަވަނަ ބައި)

Next

ވަންހަނާ (ފަސްވަނަބައި)

Next
December 17, 2017

ވަންހަނާ (ފަސްވަނަބައި)

Previews
December 16, 2017

ނޫރު (އެގާރަވަނަ ބައި)

38 Comments!

  1. Maa says:
    December 17, 2017 at 1:07 am

    Yay… me first

    1. Star says:
      December 17, 2017 at 8:09 am

      yes

  2. Nax. says:
    December 17, 2017 at 1:14 am

    Alhey haadhakurey.alhe esfiya mihaaru hadha vaey.plx thankolhen ragalhu konlaba

    1. Star says:
      December 17, 2017 at 8:10 am

      i agree with you

  3. starfish says:
    December 17, 2017 at 1:15 am

    v reethi miba vx

    1. Star says:
      December 17, 2017 at 8:11 am

      thank you 🙂

  4. Ryn says:
    December 17, 2017 at 1:16 am

    Nuves kiyan. Mathin mibalaaly dhigu minnn. Haekka bai up vyma ehen stories ge ebbai varu vaany. Edhuvahakun dhen kiyaany

    1. Star says:
      December 17, 2017 at 8:11 am

      dhigu kohleveythw balaaanan next part

  5. Jehsun kuriyas bodu varu says:
    December 17, 2017 at 1:18 am

    Haadha dhigey dhw

    1. Star says:
      December 17, 2017 at 8:12 am

      hehehe sorry. by the way that names is nice 🙂

  6. Youme says:
    December 17, 2017 at 1:19 am

    Hey dear varah salhi mi bai ves. Ekam miii 18th. Dear ah olhigen 17th ehhh jehifa iny

    1. Star says:
      December 17, 2017 at 8:24 am

      YAH. THANKS 🙂

  7. Mai says:
    December 17, 2017 at 2:09 am

    Varah varah varah varah…………….reeeethi…….love it dear

    1. Star says:
      December 17, 2017 at 8:24 am

      thanks 🙂

  8. Naxy says:
    December 17, 2017 at 6:10 am

    Varah salhi…. ekam maa kuree

    1. Star says:
      December 17, 2017 at 8:25 am

      thanks. dheh ahnna bai dhigu kohleveythw balaanan

  9. Xaaaan says:
    December 17, 2017 at 8:18 am

    V reethi ekamaku haadha kurey

    1. Star says:
      December 17, 2017 at 8:26 am

      thanks. dheh ahna bai shigu kohleveythw balaanan

  10. Star says:
    December 17, 2017 at 8:31 am

    mi part ves i uploaded around 11. but admin published it late. so im sorry. may be next part will be on tomorrow. miadhaa mirey vaahaka up vaane kamah inthixaar nukuraathi igey.

  11. Malaa says:
    December 17, 2017 at 8:34 am

    Star one more part today plllzzzzz……. eagerly waiting

  12. Aisha says:
    December 17, 2017 at 8:37 am

    Wow salhi ekameki haadha kurey

  13. Zuam says:
    December 17, 2017 at 10:13 am

    Wow… varah reethi… waiting

  14. Kia says:
    December 17, 2017 at 11:16 am

    Maii kalaakooo mi thankolheh dhigu koh genes bala haadha kurey

  15. for ur kind information says:
    December 17, 2017 at 12:04 pm

    Thedhekey mi dhigukoh genes dhebala…..

  16. Shimy says:
    December 17, 2017 at 1:25 pm

    Superb ????luv u star .. but kudakon kuree..

  17. Mysh says:
    December 17, 2017 at 2:33 pm

    Ommmgg..mi bai ves vvvvvvv ryyythiii…nxt prt thankolheh dhigu kohladhehchey..luv thix stwry

  18. Su ha says:
    December 17, 2017 at 4:39 pm

    Haadha dhigey!
    I got a heart attack dhigu kamunn.. really !

  19. Shaya says:
    December 17, 2017 at 4:54 pm

    Varah reethi mi vaahaka… Ekam maa kuree aslu

  20. Thooo says:
    December 17, 2017 at 5:53 pm

    V intresting story eh.. Aharin abadhuvex v shauguverivey mi kahala story kiyan..so finally v ufaavejje mi story liyathy..

  21. Blue beauty says:
    December 17, 2017 at 6:32 pm

    Wow varah reethi akam kuree konirkun up kohdheynee

  22. Rish says:
    December 17, 2017 at 9:08 pm

    V reethi i live it. Next part ah inthixaaru kuran …

  23. Lyn says:
    December 18, 2017 at 1:41 pm

    When is the next part??

  24. Naaz says:
    December 18, 2017 at 3:41 pm

    Kon iraku vaahaka genes dheynee???

  25. Nees says:
    December 18, 2017 at 4:13 pm

    Haadha inthizaarekey.. adhives up nukuraneetha.. star ge ans. Eh beynun pls

  26. yaina says:
    December 18, 2017 at 5:14 pm

    Alheyyy star intixaar ge guiter kulheniiii mi heheheh ekm vvvv reeethi mi stryy dear….Love itt ??

  27. Shimy says:
    December 18, 2017 at 7:47 pm

    Star when is the next part.. eagerly waiting ???

  28. Xeeee says:
    December 18, 2017 at 9:49 pm

    Koba adhivess vaahaka upkohdhevey vareh nuveytha

  29. Star says:
    December 19, 2017 at 8:42 am

    thank you ALL

Comments are closed.

Next Episodeނޭނގި ހިތޭ ތި އަތުލީ 19←


All Right Reserved!