Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަމްސަފަރް 1

Nannu Level 110 Stories
December 17, 2017 2 Mins Read
11 Comments

ބޭރުން ފެންނައިރު ހީވަނީ ބޮޑު ގަނޑުވަރެއްހެއްނެވެ. ސަންގުމަރުމަރު ހިލައިން ހަދާފައިވާއިރު ވަނީ ތިންބުރިއަށް ނަގާފައެވެ. ގެވަށައިގެން ވަށާފާރު ނަގާފައި ވާއިރު ކަޅުކުލައިގެ ބޮޑު ގޭޓެއްލާފައި ވެއެވެ. ގޭޓުން އެތެރެޔަށް ވަދެގެންދާއިރު ފެންނަން އޮތް ބޮޑު ބަގީޗާގައި އެކިކުލަކުލައިގެ މާމެލާމެލި ހައްދާފައިވެއެވެ. އެއީ މީހަކު ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ތަނެއްކަން ބަލާލުމުންވެސް އިނގެއެވެ. ގޭގެ އެތެރެޔަށްވަދެގެން ދާއިރު ފުރަތަމަވަދެވެންއޮންނަނީ ބޮޑު ހޯލެއްކަހަލަ ސިޓިންރޫމްއަކަށެވެ. މުޅިމާހައުލުންވެސް ފެންނަމުން ދަނީ ޒަމާނީ ކުލަތަކެވެ. ސިޓިންރޫމްގެ މެދާކަތްހިސާބުގައި ބޮޑުތަނބެއް ހުއްޓެވެ. އެތަނބުވަށައިގެން ކަޅުކުލައިގެ ސޯފާސެޓެއް ހުއްޓެވެ. ކުރިމަތީ ދެފަޅިއައްވާގޮތަށް ސިޑިބަރިހަދާފައި ހުއްޓެވެ. ބަލާލިކޮންމެ ދިމާއަކުންވެސް ފެންނަމުންދަނީ މޮޅެތި ކުރެހުންތެރިންގެ މަސައްކަތް ތަކުން މުޅިގެ ޒީނަތްތެރި ކުރެވިފައިވާތަނެވެ.

ގޭތެރޭގައި ކޮޅުކޮޅަށް ނޯކަރުން ހަރަކާތް ތެރިވަމުންދެއެވެ. ހީވާގޮތުން ރޭގަނޑުގެ ކެއުމަށް ތައްޔާރީ ވަމުންދަނީ އެވެ. ބާރަ މިހުންނަށް ތިބެވޭވަރުގެ މޭޒުމަތި ފަޅުފިލުވާލައިފައި ވާނީ އެކި ވައްތަރުގެ ކާތަކެތިންނެވެ. ގަޑިން ރޭގަނޑު ހަތްގަޑި ފަންސާސް ފަހެއް ވީއެވެ. ސިޑިން ފައިބައިގެން އަންނަ ދެމަފިރިން ފެނި ހަރަކާތް ތެރިވަމުން ދިޔަ ނޯކަރުންތައް މަޑުޖެހިލީ އެދެމީހުންނަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. އެއީ ރާއްޖޭގެ ނަންމަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ފަތުހީ އާއި އޭނާގެ އަނބިމީހާ އާއިޝަތު ސަލްމާއެވެ. އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުންދާ ފަތުހީ އަކީ ބަލާބެލުމައްވެސް ސަހުސިއްޔަތު ވަރުގަދަ މީހެކެވެ. ލާފައި ހުރި މަޑު ނޫކުލައިގެ ގަމިހާއި ކަޅު ފަޓުލޫނުގައި ހުންނަ އިރު ނުހަނު ސްމާޓެވެ. ބޮލުގަޔާއި ތުނބުޅީގައި މަދުމަދުން ނުރަޖަހާފައި ހުއްޓެއްކަމަކު މޫނުމަތިންނާއި ހަށިގަނޑަކުންނެއް މުސްކުޅިވައްތަރެއް ނުޖަހައެވެ. ހަމަ އެގޮތަށް ސަލްމާއަކީވެސް ނުހަނު ރީތި މީހެކެވެ. ލާފައިހުރި މުށި ކުލައިގެ ބޮޑުހެދުމާއި އަޅާފައި ހުރި ޝޯލްގައި އޭނާ ވަރަށް ޝާހީ ވައްތަރު ޖަހައެވެ.

ދެމަފިރިންގެ ފަހަތުން އެމީހުންގެ ދޮށީދަރިފުޅު ފަޒީން އާއި އެނާގެ އަނބިމީހާ ފައިނާ އައެވެ. ފަޒީން އަކީ އުމުރުން ސައްބީސް އަހަރުގެ ޒުވާނެކެވެ. ލާފައިހުރި ކަޅުކުލައިގެ އަތްދިގު ޓީޝާޓްގައި އޭނާ ވަރަށް ސްމާޓެވެ. ހަމުގެ ކުލައަލިވެފައި ލޮލުގައިވަނީ ކަޅުކުލައެވެ. ފައިނާއަކީ ވެސް ފިރިހެން ކުދިންގެ ހިތް ކަތިލާފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ. އެހެނެއް ކަމަކު ފައިނާ އަކީ އެއްވެސް ވަރަކަށް ބޮޑާކަމެއްނުވާ ހިތްތިރި މަޑުމައިތިރި ކުއްޖެކެވެ. ފަޒީން އައްވެސް އޭނާ ކަމުދިޔައީ އެހެންވެއެވެ. ލާފައިހުރި ކަޅުޖިލްބާބްއާއި ދަނބު ޝޯލް އޭނާއާއި ވަރަށް ގުޅެއެވެ. އެދެމަފިރިންނަކީ ވަރަށް ގުޅޭޖޯޑެކެވެ. ދެމަފިރިންގެ ކައިވެންޏަށް އަހަރެއް ވެފައިވާއިރު އަދި ދަރިޔަކުނުލިބެއެވެ. ހަތަރުމީހުން ކާމޭޒްދޮށުގައި ތިބިއިރު އިންތިޒާރުކުރަމުން އެދަނީ ފަތުހީމެންގެ އެންމެ ހަގު ދަރިފުޅު ސަމާ އަންނަންދެނެވެ. އިރުކޮޅަކުން ސިޑިން ދުވަމުން މީހަކު ފައިބާއަޑަށް ހަތަރުމީހުނަށް އެދިމާ ބަލައިލެވުނެވެ. ސަމާ ދުވަމުން އައިސް މަޑުކޮއްލީ ކާމޭޒްދޮށުގައެވެ. ފަންއިސްތަށިކޮޅު ގަތާލައިފައި އެއްފަޅިން ކޮނޑުމަތީ އޮތް އިރު ލާފައި ހުރި ކަކުލާހަމައަށް އަރާ ހެދުމުގައި އޭނާ ހީވަނީ އުމުރައްވުރެންވެސް ކުޑަހެންނެވެ. ފަނަރަ އަހަރުގެ ސަމާ އަކީ ގޭގެ އެންމެ ހަގުކަމުން އެންމެންވެސް އޭނާ ދެކެ ނުހަނު ލޯބި ވެއެވެ.

“މާއްކޮ ކައިރީ ކިތައްފަހަރު ބުނާނީ ސިޑިމަތީ ނުދުވާށޭ. ވެއްޓިދާނޭ” ސަމާ އައިސް މަޑުކޮއްލާއިރަށް ފަޒީން ބުންޏެވެ. ފަތުހީއާއި ސަލްމާވެސް ތިބީ އެކަމާ ކުޑަކޮއް ހިތްހަމަ ނުޖެހިފައެވެ. “ސޮރީ ދޮންބޭ” ސަމާ މަޑުމައިތިރި ކަމާއެކު އެހެންބުނަމުން ފައިނާއާއި ދިމާ ކުރިމަތީ އިން ގޮނޑީގައި އިށިއިނެވެ. ކަމުން ދިޔައިރު އެކަކުވެސް ވަހަކައެއް ނުދައްކައެވެ. ކާގަޑީގައި ވާހަކަ ދެއްކުމަކީ ފަތުހީއަށް ކަމުދާކަމެއް ނޫނެވެ. ކައިނިމިގެން ހުރިހާ އެންމެންވެސް ސިޓިންރޫމް ގައި މަޑުކޮށްލައިގެން ތިއްބެވެ. ފަތުހީއާއި ފަޒީންގެ މެދުގައި ދެކެވެމުން ދިޔައީ ވިޔަފާރީގެ ކޮންމެސް ވާހަކައެކެވެ. އެއީ އަބަދުވެސް އެދެމީހުންގެ އާދައެވެ. އެދެމީހުން އެއްތަން ވެއްޖެޔާމުން ގިނައިން ދެކެވޭނީ އަބަދުވެސް އެކަހަލަ ކޮންމެވެސް ވާހަކައެކެވެ.”ޑޭޑް، މިއަންނަ ހަފްތާ ޝައިމަން އަންނަ އިރު ޑޭޑް މިކޮޅުގަ ހުންނާންތޯ؟ ޑޭޑް ތި އުޅެނީ ލަންޑަނަށް ބިޒްނަސް މީޓް އަކަށް ދާކަށް ނޫންތޯ؟” އެހެންއިނދެ ފަޒީން އަހާލިއެވެ. “އާނ. އޭރަށް ވާއިރައް އަދި ޑޭޑް ހުންނާނަން މިކޮޅުގަ. އެނެއްކާ ދަރިފުޅު މަންމަމެން ގާތު ބުނީތަ ޝައިމަން އަންނަ ވާހަކަ.” ފަތުހީ ޖަވާބުދެމުން އަހާލިއެވެ. “ނޫނޭ. މަންމަމެނަށް ސަޕްރައިޒްއެއް ދޭވާހަކަ ބުނީމަ އަޅުގަނޑު ނުބުނަން.” ފަޒީން ވެސް ހީލަމުން ޖަވާބު ދިނެވެ. އެންމެން ނިދަން ދިޔައީ އާއިލީ ވަގުތުކޮޅެއް ހޭދަކޮށްލާފައެވެ.

ޖެހިގެން އައި ހަފްތާގެ އަންގާރަ ދުވަހެވެ. ވެލާނާ އިނޓަރނޭޝަނަލް އެއާރޕޯޓްގެ އެރައިވަލް ގޭޓުން ނިކުމެގެން އެ އަންނަ ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓްއަކާއި ނޫކުލައިގެ ޖީންސެއްގައި ހުރި ޒުވާނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. ލޮލުގައި އަޅާލާފައިވާ ރޭބަން އަވިއައިނު އެ ދޮން މޫނާ ނުހަނު ގުޅެއެވެ. އެއްއަތުން ކޮނޑުގައި އޮތް ބެގްޕެކްގައި ހިފަހައްޓާލައިގެން އެނެއްއަތުން ޓްރޯލީ ދުއްވަމުން އަންނަ އެ ޒުވާނާގެ ނަޒަރު ހުއްޓުނީ މީހުންތަކު ތެރޭގައި އޭނަޔަށް ބަލަހައްޓައިގެން ހެވިދިލިފާހުރި ފަޒީންއަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nannu

Level 110 Stories

i have been writing stories for a long time... so i wanted to show my talent to others... I hope everyone will like my works...

Other Articles

Previous

ހާމަ ކުރީމާ ލޯބި މަވާކަން 2

Next

ަތިޔައީ މަގޭ އުފަލަކީ

Next
December 17, 2017

ަތިޔައީ މަގޭ އުފަލަކީ

Previews
December 17, 2017

ހާމަ ކުރީމާ ލޯބި މަވާކަން 2

11 Comments!

  1. Aish_@ says:
    December 17, 2017 at 7:21 am

    Yay me first.veeryyy nice nd interestin…waitin 4 the n3xt part?

  2. Leen says:
    December 17, 2017 at 8:33 am

    Varah reethi.when is next part.waiting..

  3. Xaaaan says:
    December 17, 2017 at 8:38 am

    Reethi

  4. Sham says:
    December 17, 2017 at 8:55 am

    Nice??? when nxt part?

  5. Scarlet says:
    December 17, 2017 at 10:12 am

    Too short…but hope mi vaahaka reethi vaane kamah

  6. ifaa says:
    December 17, 2017 at 4:20 pm

    very nice
    waiting for the next part.

  7. starfish says:
    December 17, 2017 at 5:50 pm

    nice

  8. annoying reader says:
    December 17, 2017 at 7:08 pm

    reethi vaane hen heevey <3 waiting for the next part

  9. Rsh says:
    December 18, 2017 at 1:20 pm

    Nice but v kuru

  10. Nannu says:
    December 18, 2017 at 5:34 pm

    next part madhama ge vaguthehga up kureveytho balaanan.. insha allah..thanks for the motivating comments…

  11. Saamy24 says:
    January 7, 2025 at 11:08 pm

    Masha allah v .reethi

Comments are closed.

Next Episodeހަމްސަފަރް 2←


All Right Reserved!