
ގެއްލިދިޔަ ހަޔާތް….. 10
ރޭޝަމްއަށް އެހުރި ފިޔަވަޅު މަތީގައި ހުއްޓި ހުރެވުނެވެ. ޒާހިދުގެ އެއަމަލު ސިފަކުރާކަށް ރޭޝަމްއަކަށް ނޭނގުނެވެ. ރޭޝަމް ޒާހިދާ އެކުވެރިކަން ބޭއްވުމުގެ ހަމަ އެކަނި ބޭނުމަކީ ޒާހިދުގެ ކޮޓަރިތެރެއިން ފެނުނު ފައިލްގެ ހަގީގަތް ހޯދުމެވެ. އެހެނަސް ޒާހިދު ކުއްލިއަކަށް އަތް ފޮޅުވާލި ސަބަބު މާބޮޑަށްވެސް ރޭޝަމް އެނގެން ބޭނުންވިއެވެ.
“ކޮބާ ޖަވާބު؟“ ރޭޝަމް ސޯފާ ކައިރީގައި، ޓައިލްސް މަތީގައި އިށީނެވެ. “ސޯފާ ނުފެނުނީތަ ބިންމަތީގަ ތިއިށީނީ؟“ ޒާހިދު އިނީ ޓީވީ ބަލާށެވެ. “މީ އަހަރެންގެ ފެންވަރަކީ… މިފެންވަރުގެ މީހަކާ ރަހުމަތްތެރިކަމުގެ ގުޅުން ބާއްވަފާނަންތަ؟“ ރޭޝަމް ޒާހިދަށް ބަލާލިއެވެ. ޒާހިދު އިނީ ޓީވީއަށް ބަލަހައްޓައިގެންނެވެ. ރޭޝަމް އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލިއެވެ. ޒާހިދު ފުން ނަޒަރަކުން ރޭޝަމްއަށް ބަލާލިއެވެ. އެއާއެކު ޒާހިދުގެ ހިތުގެ ވިންދު އަވަސްވިއެވެ. ރޭޝަމް ފެނުމާއެކު ޒާހިދުގެ ހިތް އާދަޔާ ޚިލާފަށް ތެޅެން ފަށައެވެ. ސަބަބެއް ޚުދު ޒާހިދަކަށް ވެސް ނޭނގެއެވެ. “އެކީއްކުރަން މަށާ ފްރެންޑުވަނީ؟ އައި އެމް ނޮޓް ޔުއަރ ސްޓައިލް“ ޒާހިދު މަޑުމަޑުން ބުނެލިއެވެ. “ބޭނުންނުވަނީ ދޯ އަހަރެން ވީމަ…“ ރޭޝަމް އިސްދަށަށް ޖަހާލަމުން ތެދުވެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ޒާހިދު ފުންމައިގެން ގޮސް ރޭޝަމްގެ އަތުގައި ހިފިއެވެ. ރޭޝަމްގެ ފިޔަވަޅަށް ވަގުތުން ހުއްޓުން އެރިއެވެ. “އަންހެން ކުދިންނަކީ ދެން މާ އިމޯޝަނަލް ބަޔެކޯ… އޯކޭ ދެން ލެޓްސް ބީ ފްރެންޑްސް….. ބަޓް ސީކްރެޓް ފްރެންޑްސް..“ ޒާހިދު ރޭޝަމްއަށް ބަލާލިއެވެ. “ތޭންކްސް.. ޔޫ އާރ ޓޫ ގުޑް، އައި ލައިކް ޔޫ“ ރޭޝަމް ހިނިތުންވެލަމުން ގޮސް ކޮޓަރިއަށް ވަނެވެ. ޒާހިދު ފުން ނެވާއެއް ބޭރުކޮށްލަމުން ސޯފާގައި އޮށޯތެވެ. އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓިގެން ދާހެން ޒާހިދަށް ހީވާން ފެށިއެވެ. “އަހަރެންނަށް މިވަނީ ކިހިނެއްބާ؟ އަނެއްކާވެސް ހަމަ މާޒީގެ ސަފްހާތައް ގުނަން ޖެހެނީބާ؟ ނޫން.. އެދުވަސްތައް ދެނެއް އަނބުރައެއް ނާންނާނެ.. ނުވެސް ގެންނާނަން.. އަހަރެން އަންހެނުންނަށް ނަފަރްތުކުރަން.. ނަފްރަތުކުރަން“ ޒާހިދު އަމިއްލަ ނަފްސަށް ވިސްނައިދެމުންދިޔައެވެ.
ކޮޓަރިއަށް ވަދެވުމާއެކު ފުން ނޭވާއެއް ރޭޝަމްއަށް ބޭރުކޮށްލެވުނެވެ. ރޭޝަމް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ރޭޝަމް ރާވާފައިވާ ގޮތަށް ކަންތައް ވަމުންދާތީއެވެ. ޒާހިދުގެ ބޮލަށް ވަދެވޭތީއެވެ. އެއްވެސް ހާލެއްގަ ޒާހިދާ އެންމެ ކުޑަމިނުން އެކުވެރިކަމުގެ ގުޅުންވެސް ބާއްވާކަށް ރޭޝަމް ބޭނުމެއް ނޫނެވެ. އެކަމަކު މިއަދު އެކްޓު ޖައްސަން މަޖުބޫރުވީއެވެ. ޒާހިދުގެ ކުރިމަތީގައި ޒާހިދަށް ހެޔޮއެދޭ މީހަކަށް ވެގެން އުޅުމީ ރޭޝަމް ބޭނުންވާ ގޮތެވެ. ރޭޝަމް ޒާހިދަށް އޮޅުވާލަނީއެވެ. އެހެނަސް ޒާހިދު ރޭޝަމްއަކަށް އޮޅުވައެއް ނުލައެވެ. ރޭޝަމްއަށްޓަކާ ޒާހިދުގެ ހިތުގައި އާ ވިންދެއް އެބަ ޖަހައެވެ.
”ދައްތާ ތީ ކޮން ފޮތްތަކެއްތަ؟“ ސިޓިންގ ރޫމުގައި ހުރި މޭޒެއްގެ ދޮށުގައި ފޮތްތަކެއް ފޮށިގަނޑަކަށް އަޅަން އިން އާމިރާއަށް ރޭޝަމް ގޮވާލިއެވެ. “އާދެބަލަ މިފޮތްތައް މިފޮށިގަނޑަށް ލައިދޭން… އުކާލަންވެގެން“ އާމިރާ ރޭޝަމްއަށް ގޮވާލިއެވެ. “އުކާލާށޭ.. ތީ ކާކުގެ ފޮތްތަކެއް؟“ ރޭޝަމް އޭގެއިން ފޮތެއް ނަގާ ބަލާލިއެވެ. “ޒާހިދު ކުރީގަ ގެންގުޅުނު ފޮތްތަކެއް.. އުކާލާށޭ ކިޔާފަ ކޮޓަރިން ބޭރަށް ނެރުނީ“ އާމިރާ އެހެން ބުނުމުން ރޭޝަމް ހުރީ ހައިރާންވެފައެވެ. ވަގުތުން އަތުގައި އޮތް ފޮތުގެ ނަމަށް ބަލާލެވުނެވެ. “ލަވް ސްޓޯރީ“ ހިތާ ހިތުން ރޭޝަމްއަށް ކިޔާލެވުނެވެ. “މި ހަމަ އަސްލުވެސް ޒާހިދުގެ ފޮތްތަކެއްތަ؟“ ރޭޝަމްއަށް ގަބޫލުކުރަން ދަތިވިއެވެ. ޒާހިދު ލޯބީގެ ވާހަކަތައް ކިޔާފާނެ ކަމަކަށް ރޭޝަމް ހީވެސް ނުކުރެއެވެ. އާމިރާ ހިނިތުންވެލިއެވެ. އިތުރު ސުވާލެއް ނުކޮށް ފަހަރަކު ފޮތެއް ނަގާ ފޮށިގަނޑަށް ލަމުން ދިޔައެވެ. ކުއްލިއަކަށް މަޑު ޗޮކުލެޓު ކުލައިގެ ފޮތެއްގެ ތެރެއިން އެއްޗެއް ވެއްޓުނެވެ. އެއި ކޯޗެއްތޯ ބަލާލުމަށް ރޭޝަމް އަވަހަށް ޓައިލްސް މަތިން އޭތި ނެގިއެވެ. އެއީ ފޮޓޯ ގަނޑެކެވެ. ރޭޝަމް ވިސްނުންތެރިކަމާއެކު އެފޮޓޯގަނޑަށް ބަލާލިއެވެ. އެއީ އަންހެންކުއްޖެއްގެ ފޮޓޯގަނޑެކެވެ. ރަތް ކުލައިގެ ހެދުމެއްގައި އިން އިރު އެކުއްޖާ ވަރަށް ވެސް ފުރިހަމައެވެ. “މީ ކާކު؟“ ބޭއިޚްތިޔާރުގައި ރޭޝަމްއަށް އަހާލެވުނެވެ. އާމިރާއަށް ރޭޝަމް އެފޮޓޯގަނޑު ދައްކާލިއެވެ. ފުން ނަޒަރަކުން އާމިރާ އެފޮޓޯގަނޑަށް ބަލާލިއެވެ. “ތީ އަސްމާ.. ޒާހިދުގެ ކުރީގެ ލޯބިވެރިޔާ“ އާމިރާ އެހެން ބުނެލަމުން ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.
ރޭޝަމްގެ ހިތުގައި އެތައް ސުވާލުތަކެއް އުތުރިއަރައިގަތެވެ. އެފޮޓޯގައިވާ ކުއްޖަކީ ކާކުތޯ ބެލުމުގެ ޝައުގު ރޭޝަމްގެ ހިތުގައި އުފެދުނެވެ.
ބެލްކަނީގައި މަޑުކޮށްލައިގެން ރޭޝަމް އިނި ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. “ދޮގު ހެދުމަކީ އަހަރެންގެ ސިފައެއް ނޫން.. އެކަމަކު މިއަދު އަހަރެންނަށް މަޖުބޫރު މީހަކަށް ދޮގުހަދާ އޮޅުވާލަން..“ ރޭޝަމްއަށް ވިސްނެމުންދިޔައީ ކަންތައް ވަމުންދާ ގޮތާ ދޭތެރޭގައެވެ. އިރުއިރުކޮޅާ ވިސްނެނީ އެފޮޓޯގައިވާ އަންހެންކުއްޖާއާ މެދުގައެވެ. ރޭޝަމް ހިތުލައިގެން އިނީ ޒާހިދާ ސުވާލުކުރާށެވެ.
ބައި ގަޑ އިރުފަހެވެ. ރޭޝަމް ނިދަން އޮށޯންނަން ބަދިގެއަށް ދިޔައެވެ. އެވަގުތު ޒާހިދު ގެއަށް ވަދެގެން ކޮޓަރިއާ ދިމާލަށް ދިޔައެވެ. “ޒާހިދު.. މަޑުކޮށްބަލަ“ ރޭޝަމް ބާރަށް ގޮވާލިއެވެ. ސިއްސައިގެން ގޮސްފައި ޒާހިދު ފަހަތް ބަލާލިއެވެ. “ކިހިނެއްވީ ދަންވާ އިރުވެސް ނުނިދަންތަ؟“ ޒާހިދު ބޯކަހާލިއެވެ. “ނިންޖެއް ނާދޭ… އިށީންނަންވީނު ވާހަކަދައްކާލަން.. ފްރެންޑެއްނު މިހާރު ދޯ“ ރޭޝަމް ސޯފާގައި އިށީނެވެ. ޒާހިދުވެސް އިށީނެވެ.
މުޅި ތަނަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. އަނގައިން ބުނާކަށް ޒާހިދު ގަސްތެއް ނުކުރިއެވެ. އެހެންކަމުން ވާހަކަދައްކަން ޖެހުނީ ރޭޝަމްއަށެވެ. “ޒާހިދުގެ ލޯބިވެރިއެއް ހުރޭތަ؟“ ރޭޝަމް ޖެހިލުންވެހުރެ ޒާހިދަށް ބަލާލިއެވެ. އެވަގުތު ޒާހިދުގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. “ބުނެބަ.. ހުރޭތަ؟“ ރޭޝަމް އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލިއެވެ. “ތީނަ ބަލަން ޖެހޭ ކަމެއް ނޫން އެއީ…“ ޒާހިދުގެ ރާގު ބަދަލުވިއެވެ. “އަސްމާ އަކީ ކާކު؟؟؟“ ރޭޝަމް ބޭނުންވީ ވަގުތު ބޭކާރުކޮށްނުލާ ވަގުތުން ސީދާ ވާހަކައަށް ދާށެވެ. ރޭޝަމްގެ އެސުވާލުން ޒާހިދަށް ވަގުތުން ސޯފާއިން ތެދުވެވުނެވެ. ޒާހިދުގެ މޫނުމަތިން ފެންނަމުންދިޔައީ ރުޅިވެރިކަމެވެ.
“ރީއްޗަށް ބުނީމަ ކަލެއަށް އަޑު ނީވެނީތަ؟ ކިތައް ފަހަރުތަ ބުނަންވީ މަގޭ ދިރިއުޅުމުގެ ސިއްރުތައް ހޯދަން ނޫޅޭށޭ!! މީ މަގޭ ދިރިއުޅުން.. މި ދިރިއުޅުމުގަ ކަލޭގެ ހިއްސާއެއް ނެތް..“ ޒާހިދުގެ އަޑު ގަދަވެގެންދިޔައެވެ. ރޭޝަމްއަށް ބިރުންގޮސް ފަހަތަށް ޖެހެވުނެވެ. ޒާހިދުގެ ރުޅިވެރި މޫނަށް ރޭޝަމްއަށް ބަލަހައްޓައިގެން ހުރެވުނީ ފެންކަޅިވެފައެވެ. “މާ ހެޔޮ މީހަކަށްވެގެން އުޅޭނެ ތިކަހަލަ އަންހެނުން… ތީ މަކަރުން ފުރިގެންވާ ބައެއް.. ކަލޭމެން ހީކުރާ ކަހަލަ ދޯ ކަލޭމެން ބޭނުންހާ ގޮތެއް ހެދިދާނެޔޭ.. ހަނދާންކުރާތި.. މީގެ ފަހުން އަހަރެންގެ ކަންތައްތަކާ ބެހިގެން ނުވާނެ، އެހެން ނޫނީ ކުޅި ދައްކާލާނަން.. ކަލޭގެ ކިޔެވުން ގެއްލި ކަލޭ ރަށަށް ދާން ޖެހޭ ވަރުކޮށްލާނަން.. މީ ނަސޭހަތެއް ނޫން.. މީ އިންޒާރެއް!!!“ ޒާހިދު ރޭޝަމްއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ރޭޝަމްގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެރެމުން ދިޔައެވެ. ބޭއިޚްތިޔާރުގައި ބެލްކަންޏާ ދިމާލަށް ރޭޝަމްއަށް ދުއްވައިގަނެވުނެވެ. ޒާހިދު އައިސްފައި ހުރި ރުޅިން އަވަހަށް އެތަނުން ދިޔައެވެ.
ދެލޯ ފޮހެލަމުން ރޭޝަމް ބެލްކަނީގައި އިނދެ މައްޗަށް ބަލާލިއެވެ. ވިދާ ބަބުޅާ ތަރިތަކުން މުޅި ޖައްވު ދިއްލާލާފައިވެއެވެ. މި ބިންމައްޗަށް ވުރެ އެތައް ގުނައެއް އެއުޑުމަތި އަމާންކަމަށް ދައްކައެވެ. “އެއީ ޒާހިދުގެ ދިރިއުޅުން… އަހަރެން މީ ކާކު އެދިރިއުޅުމުގެ ހަގީގަތް ހޯދަން…“ ރޭޝަމް އަމިއްލަ ނަފްސާ ވާހަކަދައްކަމުންދިޔައެވެ.
ކޮޓަރިއަށް ވަދެވުމާއެކު ޑްރެސިން ޓޭބަލް މަތީގައި ހުރި އެއްޗެހިތައް ޒާހިދު ބިންމައްޗަށް އުކާލިއެވެ. އެވަގުތު ޒާހިދުގެ ނަޒަރު ގޮސް ހުއްޓުނީ ފާރުގައި ހަރުކޮށްފައި އިން ފްރޭމަކަށެވެ. އޭގައި އިނީ ރާފުޅިތަކެއްގެ ފޮޓޯއެކެވެ. ބާރު ފިޔަވަޅުތަކެއްގައި ގޮސް ޒާހިދު އެފޮޓޯ ފްރޭމް ނަގާ ޓައިލްސް މައްޗަށް ހޫރާލިއެވެ. އެއާއެކު އޭތި ތަޅައިގެންދިޔައެވެ. މުޅި ކޮޓަރިތެރެއަށް ބިއްލޫރި އެތިކޮޅުތައް ބުރައިގެން ދިޔައެވެ. ޒާހިދު މަޑުމަޑުން ފާރަށް ބަލާލިއެވެ. ފްރޭމް ހަރުކޮށްފައި އިން ތަނުގައިވާ ކުރެހުން ފެނުމާއެކު ޒާހިދުގެ ލޮލުން ލޭ ކަރުނަ އޮހެރެންފެށިއެވެ. އެހިނދު ޒާހިދަށް ފަހަތަށް ޖެހެވުނެވެ. އެވަގުތު ޒާހިދުގެ ވާތު ފައިގެ ދަށްފުށަށް ބިއްލޫރި އެތިކޮޅެއް ހެރުނެވެ. ސިހިފައި ޒާހިދަށް ފައި ހިއްލާލެވުނެވެ. ފުންކޮށް ކަނޑައިގެން ދިޔުމުގެ ސަބަބުން އެތަނުން ހޯސްލާފައި ލޭ އޮހެރެމުން ދިޔައެވެ. އެހެނަސް ޒާހިދަށް އެތަދު އިހުސާސްނުވާ ކަހަލައެވެ. އެއަށްވުރެ މާބޮޑަށް ޒާހިދުގެ ހިތުގައި އެބަ ރިއްސައެވެ. މާޔޫސްކަމާއެކު ޒާހިދު އެކުރެހުމަށް ބަލާލިއެވެ. އެއީ މީގެ 2 އަހަރު ކުރިން ޒާހިދުގެ އަތުން ކުރަހާފައިވާ ކުރެހުމެކެވެ. އެއީ އެމީހެއް ދެކެ ޒާހިދު ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވި، އަސްމާއެވެ. އެއީ އެމޫނަކަށްޓަކާ ޒާހިދު ޖާނާއި މާލުން ގުރުބާންވި މޫނެވެ. އެހެނަސް މިއަދު އެމޫނު ފެނުމުން ޒާހިދުގެ ހިތުގައި ހުޅު ރޯވާފަދައެވެ.
“ކަލެއާ ހެދި ހުރިހާ ކަމެއްވެސް މިވީ…. ހަމަ އެކަނި ކަލޭގެ ސަބަބުން… ދުވަހަކުވެސް ކަލެއަކަށް މާފެއް ނެތް… އަހަރެން ނަފްރަތުކުރަން ކަލެއަށް“ ޒާހިދަށް ގިސްލެވެންފެށުނެވެ. މިވޭތުވެދިޔަ 2 އަހަރު ދުވަސް ޒާހިދު ހޭދަކޮށްފައިވަނީ އެހަނދާންތަކާ ދުރުގައެވެ. އެހަނދާންތައް އާކުރާކަށް ޒާހިދު ބޭނުމެއް ނޫނެވެ. އެފުރުސަތު މަގުފަހިވާފަދަ ކޮންމެ ދޮރެއް މިހާތަނަށް ޒާހިދު އައީ ބަންދުކުރަމުންނެވެ. އެހެނަސް މިއަދު އެހަނދާންތައް ވާރޭ ތިކިތަކެއްހެން ޒާހިދުގެ ހަޔާތަށް އޮހެން ފަށައިފިއެވެ. 2 އަހަރު ވަންދެން އެތެރެއަށް ހިންދާލައިގެ އުޅުނު ކަރުނަތައް އެއްވެސް ރަހުމެއް ނެތް ގޮތުގައި މިއަދު ޒާހިދުގެ ލޮލުން އެދަނީ އޮހެމުންނެވެ.
ހެނދުނު އިރު އެރީ ރޭޝަމް ނިދަން އުޅެނިކޮށެވެ. ރޭގަ ހަތަރުދަމު ރޭޝަމްގެ ލޮލަކަށް ނިންޖެއް ނައެވެ. ކޮލެޖަށް ދިޔުމަށް ރޭޝަމް އަވަހަށް ތައްޔާރުވެލިއެވެ.
ކުލާސް ނިންމާލުމަށްފަހު ރޭޝަމް ދިޔައީ ރައްޓެއްސެއްގެ ގެއަށެވެ. ޒާހިދާ ކުރިމަތިލާނެހާ ހިތްވަރެއް ނެތީމައެވެ.
“ދަރިފުޅު ކޯސް ނިންމާފަ އަވަހަށް ރަށަށް އާދެވޭތޯ ބަލާ… ޒާހިދުގެ ދިރިއުޅުމުގެ ތެރެއަށް ބޯވައްދަން ނަހަދާ… ދަރިފުޅަށް ކަމެއް ވެއްޖެއްޔާ މި މަންމައަށް ވާނެގޮތަކާ ދޭތެރޭ އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟“ ނަރީމާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. އާނ. މަންމާ… އަހަރެންނެއް ދެނެއް މީހެއްގެ ދިރިއުޅުމަކާ ނުބެހޭނަން… މިހާރު އަހަރެންވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ރަށަށް ދާން..“ ރޭޝަމް ނަރީމާގެ ބަސް ގަބޫލުކުރިއެވެ.
” ދަތްތަވެސް ދާނަން ދޯ ދަތުރު؟ ވަރަށް މަޖާ ވާނެ“ މާލް ރޭޝަމްގެ އުނގުގައި އިށީނެވެ. “އާނ.. ރޭޝަމްވެސް ދާންވާނެ“ އާމިރާ މާލްއާ އެއްބައިވެލިއެވެ. “ކޮން ބައެއް ދަނީ؟“ ރޭޝަމް އާމިރާއަށް ބަލާލިއެވެ. “އެންމެން ދަނީ… މިހާރު އެއޮށް ދާ ގަޑިޖެހެނީ.. ވިލިގިއްޔަށް ދަނީ..“ ސިޓިންގ ރޫމަށް ވަދެގެން ލަތީފު އައެވެ. “ރޭޝަމް ދޭ އަވަހަށް ތައްޔާރުވެލައިގެން އަންނަން..“ އާމިރާ ރޭޝަމްއަށް އިޝާރާތްކޮށްލިއެވެ. ރޭޝަމްއާއި މާލް ތައްޔާރުވުމަށް ގޮސް ކޮޓަރިއަށް ވަނެވެ.
އެންމެން ތައްޔާރުވެގެން ނިކުންނަން އުޅުނު ވަގުތު ޒާހިދު ގެއަށް ވަދެގެން އައެވެ. “ކޮންއިރެއް ގުޅާތާ.. ޒާހިދުވެސް ޖެހޭނެ ދަތުރު ދާން..“ ޒާހިދު ފެނުމާއެކު ލަތީފް ބުންޏެވެ. “ޕިސް.. ދެން މަށަކަށް ނުދެވޭނެ ފެމިލީ ދަތުރުތަކަށް…“ ޒާހިދު ދާކަށް ބޭނުމެއް ނުވިއެވެ. “އަހަރެންގެ އެއްވެސް ބަހަކަށް އެކަކުވެސް ނޫނެކޭ ބުނުމުގެ ފުރުސަތެއް ނޯންނާނެ.. ދޭ ތައްޔާރުވެލައިގެން އަންނަން… އަހަރުމެން ތިރީގައި މި މަޑުކުރަނީ“ ލަތީފް އަމުރުކޮށްލިއެވެ. ލަތީފުގެ އަމުރަށް ބޯލެނބުން ނޫން ގޮތެއް ނެތްކަން އިނގޭތީ ޒާހިދު އަވަހަށް ގޮސް ތައްޔާރުވެލައިގެން ނިކުތެވެ.
ފެރީއަށް އަރާ އެންމެންވެސް ހަމަޖެހިލިއެވެ. ލީޒާ އިނީ އައްޓަމަހެއްހެން ލަތީފު ގައިގައި ތަތްލަވާފައެވެ. އެމަންޒަރު ފެނުމުން އާމިރާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ރޭޝަމް އިނީ މާލް ކައިރީގައެވެ. ފެރީ ނައްޓާލުމާއެކު މާލް ރޭޝަމްގެ ގައިގައި ލަތްވެލިއެވެ. ޒާހިދު އިނީ މާލްއާ ޖެހިގެންނެވެ. “ޒާހިދުބެގެ އިސްތަށިގަނޑު ހީވަނީ ގާރލް އެއްގެ އިސްތަށިގަނޑުހެން ދޯ ދައްތާ“ މާލް ރޭޝަމްގެ ކަންފަތް ކައިރީގައި ސިއްރުން ބުނެލިއެވެ. އެވަގުތު ޒާހިދު މާލްއަށް ބަލާލިއެވެ. ޒާހިދު ބަލާލި ގޮތުން މާލް ބުނި ވާހަކަ އަޑުއިވުނީކަން ރޭޝަމްއަށް ޔަގީންވިއެވެ. އެއާއެކު ރޭޝަމްއަށް ހީގަނެވުނެވެ. ޒާހިދު އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. “އިސްތަށިގަނޑު ދިގުކޮށް ހުރީމަ ވަރަށް ގުޅޭ ޒާހިދާ“ ރޭޝަމް ހިތާ ހިތާ ބުނެލިއެވެ.
ފެރީ ލެފުމާއެކު އެންމެންވެސް އަވަހަށް ފޭބިއެވެ. ކޮންމެ މީހަކުވެސް ކޮންމެވެސް ކޮތަޅެއް އަތަށް ލައިގެން އަތިރިމައްޗާ ދިމާލަށް ހިނގަމުން ދިޔައެވެ. ގަހެއްގެ ބުޑުގައި އެއްޗެހިތައް ބެހެއްޓުމަށްފަހު އެންމެންވެސް ހަމަޖެހިލިއެވެ. މާލް ބޯޅަ ނަގައިގެން ރޭޝަމްއާ ދިމާލަށް ދުއްވައިގަތެވެ. ރޭޝަމް މާލްއާ އެކު ކުޅެންފެށިއެވެ. ލީޒާ ކިޔާ ވަރުން ލަތީފް ލީޒާއާ އެއްކޮށް މޫދަށް އެރުނެވެ. އެހުރިހާ މަންޒަރެއް ބަލަން ދޮންވެލިގަނޑުގެ މަތީގައި އިށީންދެލައިގެން، ކުޑަދަރިފުޅު އުނގުގައި ބަހައްޓައިގެން އާމިރާ އިނެވެ.
އިރުގަނޑެއް ފަހެވެ. އެންމެންވެސް ކެއުމާއިގެން މަސްއޫލުވިއެވެ. “ވަރަށް މީރު މަސްބަތް… ދައްތަ ކައްކާ އެއްޗެހި ވަރަށް މީރު“ރޭޝަމް އާމިރާއަށް ތައުރީފުކޮށްލިއެވެ. އެވަގުތު ލީޒާ ރޭޝަމްއަށް ލޯއަޅާލިއެވެ. ނުފެންނަ ކަމަށް ހަދާފައި ރޭޝަމް ކެއުމާއިގެން ކުރިއަށް ދިޔައެވެ. ޒާހިދުވެސް ތަންކޮޅެއް ދުރުގައި ކާން އިނެވެ.
ކައި ނިމުމާއެކު މޫދަށް ދާން މާލް ކިޔަންފެށިއެވެ. ފަތަން ނޭނގޭތީ މޫދަށް އެރި އުޅެން ރޭޝަމް އަބަދުވެސް ވަރަށް ބިރުގަނެއެވެ. އެހެނަސް މާލް ކުރުނުކުރާނެކަން އިނގޭތީ ރޭޝަމް މޫދަށް ފޭބިއެވެ. ތަންކޮޅެއް ތިލަ ހިސާބެއްގައި ތިބެ ރޭޝަމްއާއި މާލް ބޯޅަ ކުޅެމުންދިޔައެވެ. ކުއްލިއަކަށް މާލް އެއްލި ބޯޅަ ވަރަށް ދުރަށް ދިޔައެވެ. “ދައްތާ…ބޯޅަ…“ މާލް ހަޅޭއްލަވައިގަތެވެ. “މާލް ދޭ އެއްގަމަށް… ދައްތަ މިއަންނަނީ ބޯޅަ ހިފައިގެން“ ރޭޝަމް ގޮވާލިއެވެ. މާލް އަވަސް އަވަހަށް އެއްގަމަށް އެރިއެވެ.
ރޭޝަމް ބޯޅަ އޮތް ދިމާލަށް ބަލާލިއެވެ. އެއާއެކު ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ. ބޯޅަ އޭރު އޮތީ އޮޔާ ގޮސް ވަރަށް ދުރުގައެވެ. ފުން ހިސާބެއްގައެވެ. ބަލާބެލުމަށް އެހިސާބުގައި އިސްކޮޅުޖެހޭނެހެން ހީވުމުން ރޭޝަމް އެދިމާލަށް ދާންފެށިއެވެ. ވަކި ހިސާބަކަށް ދެވުނުއިރު ރޭޝަމްގެ ކޮނޑާ ހަމައަށް މޫދުގެ ލޮނުގަނޑު އޮތެވެ. އޭރު ބޯޅަ އޮތީ ތަންކޮޅެއް ކައިރީގަކަމުން ފުން ނޭވާއެއް ރޭޝަމްއަށް ބޭރުކޮށްލެވުނެވެ. ހިންދިރުވާލަމުން ރޭޝަމް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ރޭޝަމްއަށް ހަޅޭއްލަވައިގަނެވުނެވެ. (ނުނިމޭ)
96 Comments!
Comments are closed.
Yay me first V nice
When next part
ya dhw
tank
tonight
Alhey hadha reechey mivahaka an me first dhow
sory dear ur 2nd..
tanks
adhi miadhu eh part up kolla dheebala.. please please please…. 🙂
mirey up vaane 10 ge kurin part 11
Salhi❤❤ zahidh dhaane hen heevany reysham salaamaiy kuran???
yageeenehnun
hehehee
tanks
tanks u inaasha u 2
No assu writer beynun gothakah mi story geneveynnu… ehnve ehn buny…like ehn meehaku vx hama ethanah gennan writer beynun vanya annaannu emeehaku…. but in my opinion assu zahidh annaanee??????????
laamu kujjeh tha juma miee..
mirey ge part kyma dhw ingeyny vaane gotheh juma
thanks for thi comment
ebunaahen juma thy laam kuhjeh tha?
No kiyaasha n starfish…. juma mee laamu kujjeh noon…. u both r from laamu tha??????
noon
ekam ma frndun v ginavaane laam atoll ga
Masha Allah, mibaives hama kurin baithanhaa furihama.. V v rythi n ehen story thakaa v thafaathu story eh mee.. Ehenve v kiyaa hiyvey.. Mi story ge khonme part ehves mi kiyany v v kiyaalaa hithun… V baraabarah up kuraa story ehkan v faahaga kohlevey… Thanks alot
I agree with yu shann…story v nys n v baraabarah up vs kurey..keep it up starfish..
ooh shann u commented again.
thanks for thi lovely coment shann
welcome my dear shann
tanks u 2 lalla
Alhe reysham ah dhera gotheh hedhiya nudhehchey..story vv salhi
hihihii
tanks chin
mmm…vrh reethi mi part vc .. vrh kiyaahithun indha e nimuny…zaahidh ah e than feningn dhaany kanneyge reysh salaamai kuran…
hihihihii
tanks unaal
unaal vx mi story ah baraabarah coment kuraakan faahaga kure vey
thanks for that
Kihaa iraku next???
around 10 may be
V thafaathu reethi vaahaka eh.. sifa kurin v furihama…Masha Allah… Waiting for the next part
tanks aimi
V v reethi waiting for the next part??????????????
thanks shai
hear is part 10 enjoy
part 11 mirey up vaany thankoleh lahun, cox im kinda buxy today
ekamah kiunteringe kibain maafah edhen.
namavx vaahaka mirey 10 ge kurin up vaane vaahaka bunelan.
buxy koh ulemun vx vaahaka up kohdheyne vaahaka bunyma v ufaa vejje
hihihih..tanks raufa
masallah mi ba vx vv rythi
tanks raufa
Enme ufavanee gina ginain up ko dheythee. Shukuriyya
welcom sheen
miba vx dhigu kohdhiny thy tanks
welcome black
i feel sad for zaahidh
hihihiii
mi baa vx cute vefa rythi
tanks cuty pie
reehcheyyyyyyyy
tanksssss eyyy ria
hihiihih
bunelan othy mee hama habeys vaahaka ekey
hihhiii thanks ahmed
reehcheyyyyyyyy mi vaahaka
ooh thanks
wow wow
tanks
reeyhi
reethi*
tanks aiham
tanks aiham
Bxy koh ulhemunves story up kohdheyne vaahaka bunyma v v happy vehje.. Thanks alot
ooh tanks shannn…
Wow! Wow!wow! Starfish, rythi kamun hama bunaane ehcheh ves neynge………..
Starfish vareh neh hama mi site ga vaahaka liyun therin thakuge thereinneh……..
Ehaaves best…….Starfish ge mi story kiyany v kiyaalaa hithun…… ??????
Keep it up dhooni gandaa…
thanks…
sana thihen bunyma myni kudakoh blush vefaa..thanks for thi lovely comment sana.
Mihaathanah up v hurihaa baeh vx v reethi.. v kiyaahithun meeni.. mi story kurin up kuri site bunedheeba plz. ?
e site iny uvaalaafa mihaar ehaa hadhaaneh vx neyy sry dear
thanks munn
Reethi…. ?
thanks lulu
Mee kurin genes dhyfa in vaahaka eh hen varah bodah heevey
hmm kurin genes dhinin mi vaahaka..
v reethi
thanks xxxx
loabi vaahaka eh…..
thanks zaina
next baige inthixaaru gai..
thanks nava
mirey up vaane
nice . keep it up
thanks ley
resham an zahidh . made for each other
hihihih dhw ariel
mi vaahaka haadha reehchey
tanks love
next bai vx migothah dhigu koh genes dheyne kamah ummeedh kuran
ok
thanks new
mi vaahaka rythi kamun abathu esfiya load kurevey up vitho balan keyy madhu vegen
ummu abadhu load kuranya data kolu husve dhaane
thanks ummu
data huheh nuvaane v ginain data nagaa gehney miuleni…husvias anehkaa alaany
hehehee
hihihihii
ok ummu
miba ves reethi
thanks sal
dhn mihaaru up kohdheyn v nun im bored plx plx plx plx
avas koh dhyba plx i beg yuh
part 11 jehsin 5 jehi iru
mihaaaru iny pending ga
please please please
madukohla admin kairi mi bune lani avahah up kohdhey shey..
countdown upcoming part. how lon time will take
i dont know
Waiting waiting. Coment nukuriyas baraabarah kiyan mi story. Pls konirakuntha up vaany
admin kairi text kohlaafa bunefin avahah up koh dhey shey
ok