Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ގެއްލިދިޔަ ހަޔާތް…..9

cheesemoosa Level 210 Stories100 Comments
December 16, 2017 5 Mins Read
81 Comments

ތަކުރާރުކޮށް މިންހާގެ ފޯނަށް ގުޅުމުންވެސް ޖަވާބެއް ނުލިބުނެވެ. “އަނެއްކާ މިންހާއަށް ކަމެއް ވީބާ؟“ ރޭޝަމްއަށް ހަދާނެ ގޮތް ހުސްވިކަހަލައެވެ. މިންހާ ހުރިތޯ ވަށައިގެން ހޯދެން ފެށުނެވެ. ބަނދަރުމައްޗަކީ ހަލަބޮލި ސަރަހައްދަކަށް ވުމުން މީހުން ގިނަވެފައި ބާރު ބޮޑެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތާއިގެން ކުރިއަށް ދާތަން ފެނެއެވެ. ކުއްލިއަކަށް ރޭޝަމްގެ ކޮނޑުމަތީގައި މީހަކު އަތް ބައްވާލިއެވެ. ސިއްސައިގެން ގޮސް ރޭޝަމްއަށް ފަހަތް ބަލާލެވުނެވެ. ރޭޝަމްގެ ކުރިމަތީގައި ހުއްޓިލައިގެން އިނީ މިންހާއެވެ. ލިބުނު ހިތްހަމަޖެހުމާއެކު ރޭޝަމްއަށް ބޭއިޚްތިޔާރުގައި މިންހާގެ ގައިގައި އޮޅުލައިގަނެވުނެވެ.

ބައި ގަޑިއިރު ފަހެވެ. މިހާރު ގަޑިން 12 ޖަހަނީއެވެ. ބަނދަރުމަތީގައި ތިބި ގިނަ މީހުންތައްވެސް އެމީހެއްގެ ގެއަށް ދިޔުމަށް މިސްރާބުޖަހަމުންދިޔައެވެ. ދަތުތުވެރިންނާ ދޯނިތަކުގެ ފަޅުވެރިން ދޯނިތަކަށް އަރަމުން ދިޔައެވެ. ބާރު ހިނގުމެއްގައި ރޭޝަމްވެސް އަވަހަށް ގެއަށް ދިޔުމަށް ހިނގައިގަތެވެ. އެގަޑީގައި އެކަނި ގެއަށް ދާންޖެހުމުން ރޭޝަމް ހުރީ ކިތަންމެހާ ވެސް ބިރުގެންފައެވެ. “ހާދަ ބާރަކަށް ތިދަނީ…“ ފަހަތުން މީހަކު ގޮވާލި އަޑަށް ރޭޝަމްގެ ހިތް ބާރަށް ތެޅިގަތެވެ. ދަންނަ އަޑަކަށް ނުވުމާއެކު، އެގަޑީގެ ގޮތުން އެއީ ފަހަތުން އަޅުވާލި މީހެއްކަން ރޭޝަމްއަށް ޔަގީންވިއެވެ. ފަސްއެނބުރި ބަލާލުމެއްނެތި ރޭޝަމް ކުރިއަށް ފިޔަވަޅު އަޅަމުންދިޔައެވެ. އެއާއެކު އެޒުވާނާ ގޮސް ރޭޝަމްއާ އަރާ ހަމަކުރިއެވެ. ބިރުންގޮސް ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ. ޖެހިލުންވެހުރެ ރޭޝަމް ހިނގަމުންދިޔައެވެ. ކުއްލިއަކަށް އެޒުވާނާ ރޭޝަމްގެ އަތުގައި ހިފިއެވެ. ސިހިފައި ވަގުތުން ރޭޝަމް އަތް ފޮޅުވާލިއެވެ. “ހާދަ ޗާލު މަންޖެއެކޭ… މިގަޑީގަ އެކަނި ބޭރުގަ އުޅޭކަށް ނުވާނެ،ހިނގާ އަހަރެންނާ އެކު ތަނަކަށް ޖައްސާލަން“ އަނެއްކާވެސް އޭނަ ރޭޝަމްގެ އަތުގައި ހިފިއެވެ. މިފަހަރު ކުރިއަށްވުރެ ބާރަށެވެ. ތަދު އިހުސާސްވުމާއެކު ބިރުންގޮސް ރޭޝަމްގެ އަތްފައި ތުރުތުރުއަޅަންފެށިއެވެ. ހަޅޭއްލަވައިގަންނަން ބޭނުންވިކަމުގައިވިޔަސް ދުލުން އެންމެ ބަހެއްވެސް ބޭރެއް ނުވިއެވެ. އެވަގުތު ރޭޝަމްއަށް ހުރެވުނީ އަނދިރި ގޯޅިގަނޑެއްގެ ތެރޭގައެވެ. ފިހާރަތަކާ ތަންތަން ބަންދުކޮށްފައި ހުރުމުން މަގުމަތި ފެންނަމުންދިޔައީ އަނދިރިކޮށެވެ.

އޭނަގެ ކިބައިން ސަލާމަތްވެވޭތޯ ރޭޝަމް މަސައްކަތްކުރަމުންދިޔައެވެ. އެވަގުތު މީހަކު އައިސް އެޒުވާނާގެ އަތް ފޮޅުވާލިއެވެ. އެއާއެކު އެޒުވާނާ ބިރެއް ފެނިގެން ދާހެން ދުވެ ފިލައިފިއެވެ. ރޭޝަމްއަށް ޝުކުރުގެ ނަޒަރަކުން ކައިރީގައި ހުރި މީހާއަށް ބަލާލެވުނެވެ. އެވަގުތު ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ. އެއީ އެވަގުތު އެތަނުން ފެންނާނެ ކަމަކަށް ރޭޝަމް އުއްމީދުކުރި މޫނެއް ނޫނެވެ. އަދި ހަމައެހެންމެ ރޭޝަމްއަށް އެހީތެރިވެދޭނެ ކަމަކަށް ހިޔެއްވެސް ނުކުރާ އަތެކެވެ. “ނުރޮއި ދެންވެސް އަރާބަލަ ސައިކަލު ފަހަތަށް“ ޒާހިދުގެ އަޑު ތަފާތުވެފައި މަޑުމައިތިރިއެވެ .ބަސް ހުއްޓިފައި ރޭޝަމްއަށް ހުރެވުނީ ޒާހިދަށް ބަލާށެވެ. ރޭޝަމްއަށް ހޭވެރިކަންވީ ޒާހިދު އަނެއްކާވެސް ގޮވާލުމުންނެވެ. ވިސްނުންތެރިކަމާއެކު ރޭޝަމް ޒާހިދަށް ބަލާލިއެވެ. އެއްވެސް ހާލެއްގައި ޒާހިދާއެކު ދާކަށް ރޭޝަމް ބޭނުމެއް ނުވެއެވެ. އެހެނަސް އިތުރު ގޮތެއް ނެތުމުން މަޑުމަޑުން ގޮސް ސައިކަލު ފަހަތަށް އެރިއެވެ. އެއާއެކު ޒާހިދު ބާރަށް ސައިކަލު ދުއްވާލިއެވެ. ރޭޝަމް އިނީ ސައިކަލުގެ އެންމެ ފަހަތުގައެވެ. ޒާހިދުގެ ގައިގައި ކުޑަކޮށްވެސް ޖެހޭގޮތް ވާކަށް ރޭޝަމް ބޭނުމެއް ނޫނެވެ. ރޭޝަމް ދެކޭގޮތުގައި ޒާހިދަކީ އަނިޔާވެރިއެވެ.

ވަކި ހިސާބަކަށް ދެވުނުތަނާ ޒާހިދު އިހުނަށްވުރެ ސްޕީޑް ބާރުކޮށްލިއެވެ. ކުއްލިއަކަށް ލައިޓުގައި ޖެހުމާއެކު ޒާހިދު ސައިކަލު މަޑުކޮށްލިއެވެ. އެވަގުތު ކިތަންމެ ބޭނުން ނުވިޔަސް ރޭޝަމްއަށް ޒާހިދުގެ ގައިގައި ލަތްވެވުނެވެ. ޖެހިލުންވުމާއެކު އަވަސް އަވަހަށް ރޭޝަމް ފަހަތަށް ޖެހުނެވެ. ނަމަވެސް ރޭޝަމްގެ އެބީހިލުމުން ޒާހިދުގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ވިއެވެ. މިހާތަނަށް އެތައް އަންހެން ކުދިންނަކާ ޒާހިދު ގާތްވެފައިވެއެވެ. އެހެނަސް ރޭޝަމްއާ ގާތްވެވުމުން އެވީ ކަހަލަ ގޮތެއް މީގެ ކުރިއަކުން ދުވަހަކުވެސް ނުވެއެވެ. ސުވާލުގެ ނަޒަރަކުން ލޯގަނޑުން ޒާހިދު ރޭޝަމްއަށް ބަލާލިއެވެ. ރޭޝަމްއަށް އެކަން ފާހަގަ ވުމާއެކު ޒާހިދު އަވަހަށް ދުރަށް ބަލާލިއެވެ.

ގެއަށް ވަދެވުމާއެކު ރޭޝަމް އަވަހަށް ކޮޓަރިއަށް ގޮސް ވަނެވެ. ޒާހިދުވެސް ނިދުމަށްޓަކައި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެހެނަސް ހިތް އެދުނީ އެގޮތަކަށް ނޫނެވެ. އެހެންކަމުން އަނބުރާ ގޮސް ސިޓިންގ ރޫމުގައި ސޯފާގައި ޖައްސާލިއެވެ.

އިރުގަނޑެއް ފަހުން ރޭޝަމް ރަޖާގަނޑަކާއި ބާލީހެއް ހިފައިގެން ގޮސް ބަދިގެއަށް ވަނެވެ. އެމަންޒަރު ބަލަން ޒާހިދު ސޯފާގައި އޮތް ކަމެއް ރޭޝަމްއަކަށް ނޭނގެއެވެ. ރަޖާގަނޑު ބިންމަތީގައި ފަތުރާލަމުން ރޭޝަމް އަވަހަށް އޮށޯތެވެ. ކުއްލިއަކަށް އެއްޗެއް ވެއްޓުނު އަޑަށް ރޭޝަމްއަށް ތެދުވެވުނެވެ. އެވަގުތު ސިޓިންގ ރޫމުތެރެއިން ފޯނެއްގެ އަލި ފެނުނެވެ. އެއީ ޒާހިދުގެ ފޯނެވެ. ރޭޝަމްއަށް ބަލަން ހަދައިގެން އަތުގައި އޮތް ފޯނު ވެއްޓުނީއެވެ. ޒާހިދު އަވަހަށް ފޯނު ނަގާ މޭޒުމަތީގައި ބޭއްވިއެވެ. ޒާހިދު ނޫން މީހަކު އެގަޑީގައި އެތާނގަ ނުހުންނާނެކަން ރޭޝަމްއަށް ޔަގީންވުމާއެކު ތެދުވެ އެދިމާލަށް ހިނގައިގަތެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް ރޭޝަމް ޒާހިދާ ކުރިމައްޗަށް ވާގޮތަށް އިން ސޯފާގައި އިށީނެވެ. ސިޓިންގ ރޫމު ތެރެއަށް ވެރިވެފައިވާ ފަނޑު އަނދިރީގެ ތެރެއިންވެސް އެކަކު އަނެކަކުގެ މޫނު ފެންނަން ހުއްޓެވެ. “ތޭންކްސް ވަރަށް ބޮޑަށް ހެލްޕް ވެދިނީތީ..“ ރޭޝަމް އިސްދަށަށް ޖަހާލިއެވެ. ހައިރާންކަމާއެކު ޒާހިދު ރޭޝަމްއަށް ބަލާލިއެވެ. އެގޮތަށް އިސްވެ ރޭޝަމް ވާހަކަދެއްކުން ވެގެންދިޔައީ ޒާހިދަށް ގަބޫލުކުރަން ދަތި ކަމަކަށެވެ. އާނއެކެވެ. ހިތުން ރުހުމުންނެއް ރޭޝަމް ޒާހިދަކާ އަނގައިންނެއް ނުބުނާނެއެވެ. ރޭޝަމް ޒާހިދާ ވާހަކަދައްކަން އެއައީ ޒާހިދުގެ ފަރާތުން އިތުރު ކަމެއް އޮޅުންފިލުވޭތޯއެވެ. އެކަމެއް ޒާހިދަކަށް ނޭނގެއެވެ.

“ތޭންކްސް ދެން ނުބުންޏަސް ހެޔޮ.. އެކަމަކު ބުނެދީފާނަންތަ އެގަޑީގަ ރޭޝަމް ކޮންތާކަށް ގޮސްފަ އައީ؟“ ޒާހިދު ހުރީ ޝައްކެއްގެ މަތީގައެވެ. “އެ..އީ.. ރައްޓިއްސެއްގެ ގެއަށް ގޮސް..ފަ..“ ރޭޝަމް ހަމަޖެހިލަމުން ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ. “ޒާހިދު ޖޮބަކަށް ނުދަންތަ؟“ ރޭޝަމް ވާހަކަ އޮޅުވާލިއެވެ. “ހެ..ހެ، ޖޮބަށް ނުދިޔަސް ލާރި ލިބެޔޭ“ ޒާހިދު ހިނިގަނޑެއް ޖަހާލިއެވެ. “އެއީ ކިހިނެއް؟ ޑްރަގް ވިއްކައިގެންތަ؟“ ރޭޝަމްގެ ސުވާލު ސީދާ އަމާޒުކޮށްލީ ޒާހިދަށެވެ. ޒާހިދުގެ މޫނުމައްޗަށް ހާސްކަން ވެރިވެގެންދިޔަތަން ރޭޝަމްއަށް ރަނގަޅަށްވެސް ފާހަގަ ކުރެވުނެވެ. “ކިހިނެއްވީ އަނގައިން ނުބުނީ؟“ ރޭޝަމް އަނެއްކާވެސް ވާހަކަދެއްކިއެވެ. “ވާހަކައެއްނު މިދައްކަނީ.. ދެން ދަނީ ނިދަން“ ޒާހިދު ސޯފާއިން ތެދުވިއެވެ. އަދި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. “އަނެއްކާ ރޭޝަމް މިކޮޓަރިއަށް ވަނީބާ؟ ކަމެއް ނުވަނީސް އެގޮތަށް ސީދާ އެސުވާލެއް ނުކުރާނެ“ ޒާހިދަށް ކުރެވެމުން ދިޔަ ޝައްކު ޔަގީންވާންފެށިއެވެ.

ފުން ނޭވާއެއް ބޭރުކޮށްލަމުން ރޭޝަމް ނިދަން އޮށޯތެވެ. މިރޭ ރޭޝަމްއަށް ހަމަޖެހިގެން ނިދާލެވޭނެއެވެ. އެހެނަސް އިރުއެރުމާއެކު މަންމައަށް ގުޅާފައި ކިޔައިދޭންޖެހޭ ވާހަކަތަކެއް އެބަހުއްޓެވެ. ކިޔައިދޭން ބޭނުން ނުވިޔަސް ޖެހޭނީ ކިޔައިދޭށެވެ. ސަބަބަކީ މިންހާއެވެ. މިންހާ މަންމަ ކައިރިއަށް ރަށަށް ފޮނުވާލެވުނީތީއެވެ. ބަނދަރުމައްޗަށް މިންހާ ގެންދިޔައީ ރަށަށް ފުރާ ދޯނިން މިންހާ ފޮނުވާލުމަށެވެ. އެނޫން ގޮތެއް ނެތުމުންނެވެ.

ރޭޝަމްއަށް ފުން ނިންޖަކުން ނިދާލެވުނަސް ޒާހިދަކަށް ނުނިދުނެވެ. ރޭޝަމް އަކީ ޒާހިދު ވާހަކަދައްކާ ހިތުން ވާހަކަދެއްކި ފުރަތަމަ އަންހެން ކުއްޖާއެވެ. ޒާހިދު ދެކޭގޮތުގައި އަންހެނުންނަކީ ފިރިހެނުން ފޫހިފިލުވަން، ހިތްހަމަޖައްސާލަން ތިބޭ ބައެކެވެ. އެހެނަސް މިއަދު ފުރަތަމަ ފަހަރަށް އަންހެންކުއްޖަކު ޒާހިދަށް ހާއްސަ ވެއްޖެކަހަލައެވެ.

ކުއްލިއަކަށް ކޮތަރީގެ ކުޑަދޮރުން އެތެރެއަށް ފިނި ވައިރޯޅިއެއް ޖެހިލިއެވެ. އެއާއެކު ގެނބެމުންދިޔަ ފުން ޚިޔާލީ ދުނިޔެއިން ބޭރަށް ޒާހިދަށް ނިކުމެވުނެވެ. ޒާހިދަށް ހޭވެރިކަންވީ ދެނެވެ. ފުންމައިގެން ތެދުވެ ޑްރެސިންގ ޓޭބަލް ކައިރިއަށް ޒާހިދަށް ދެވުނެވެ. ފުން ނަޒަރަކުން ލޯގަނޑުން އަމިއްލަ ސޫރައަށް ޒާހިދު ކަޅިޖަހާ ނުލާ ބަލަންހުއްޓެވެ. “ނޫން… އަހަރެން އަންހެނުންނަށް ނަފްރަތުކުރަން… އެއީ މަކަރުވެރި ބައެއް، އެއްވެސް ހާލެއްގަ ރޭޝަމް އަހަރެންގެ ބަލި ފަޔަށް ވިޔަކަ ނުދޭނަން“ ޒާހިދު އަމިއްލަ ނަފްސާ ވާހަކަދައްކަމުންދިޔައެވެ.

“މަންމައަށް ހުރިހާ ހަގީގަތެއް މިންހާ ކިޔައިދޭނެ……. އަހަރެންގެ ވަރަށް ބޮޑު އެދުމެއް މަންމަ މިންހާއަށް އަޅާލުމަކީ…“ ރޭޝަމް ނަރީމާ ކައިރީ އެދުނެވެ. “އެކަމަކު މަންމަގެ ހިތް ބުނަނީ ކަމެއް ގޯސްވާން އުޅެނީއޭ.. ދަރިފުޅަށް ދެރައެއް ލިބިއްޖެއްޔާ މަންމަ މޮޔަވެދާނެ“ ނަރީމާގެ އަޑުގައި މާޔޫސްކަމެއް އެކުލެވިފައިވިއެވެ. “ދެން މަންމާ.. އަހަރެންނަކަށް ނުވާނެޔޭ ކަމެއް.. މަންމަ އަބަދުވެސް ބުނަމެއްނު ރަނގަޅަށް އުޅޭ މީހުންނަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނޭ…“ ނަރީމާ ހިތްހަމަޖައްސައިދެވޭތޯ ރޭޝަމް މަސައްކަތްކުރިއެވެ.

“ ޒާހިދަށް ސައި ހަދާދީ!!!“ ލީޒާ ރޭޝަމްއަށް އަމުރުކޮށްލަމުން ސޯފާގައި ޓީވީ ބަލަން އިށީނެވެ. ރޭޝަމް އަވަސް އަވަހަށް ޒާހިދަށް ސައި ހަދައިދިނެވެ. އިރުކޮޅަކުން ޒާހިދު އައިސް ކާމޭޒުދޮށުގައި އިށީނެވެ. ރޭޝަމް ފެނުމާއެކު ޒާހިދުގެ ހިތުގެ ވިންދު އަވަސްވިކަހަލައެވެ. ރޭޝަމްއަށް ބަލަން ބޭނުންނުވިޔަސް ހިތް އެދެމުންދިޔައީ ބެލުމަށެވެ. އެންމެ ފަހަރަކު ނަމަވެސް އެމޫނު ދެކިލުމަށެވެ. ރޭޝަމްއާ ދިމާލަށް ބަލާލުމަށް ޒާހިދު އިސްއުފުލާލިއެވެ. އެވަގުތު ޒާހިދުގެ ފޯނު ރިންގުވާންފެށިއެވެ. ހަމައެއާއެކު ރޭޝަމް އެފޯނު މޭޒުމަތިން ނެގިއެވެ. ހައިރާންވެފައިހުރެ ރޭޝަމްއާ ދިމާލަށް ޒާހިދަށް ބަލާލެވުނެވެ. ޒާހިދު ހައިރާންވީ ރޭޝަމްއަށް އެގޮތަށް ކަންތައް ކުރަން ކެރުމުންނެވެ. އެންމެ ބޮޑަށް ނަފްސާ މެދު ސުވާލު އުފެދުނީ ރޭޝަމްގެ އެއަމަލުން ޒާހިދަށް ރުޅި އިސްނުކުރެވުނީމައެވެ. މިހާތަނަށް އެހެން އެއްވެސް މީހަކު ޒާހިދުގެ ފޯނު ނަގާފައެއް ނޯންނާނެއެވެ.

ފުން ނޭވާއެއް ބޭރުކޮށްލަމުން ޒާހިދު ގޮނޑިން ތެދުވިއެވެ. އަދި ރޭޝަމްއާ ދިމާލަށް ދެތިން ފިޔަވަޅު އަޅާލިއެވެ.

އެއާއެކު ރޭޝަމް ފޯނަށް ބަލާލުމަށްފަހު އަވަސް އަވަހަށް ޒާހިދަށް ފޯނު ދިއްކޮށްލިއެވެ. އަވަސް ހަރަކާތަކާއެކު ޒާހިދު ވަގުތުން ފޯނު ޖަހައިގަތެވެ. “އަހަރެންގެ އެއްވެސް އެއްޗެއްގެ މައްޗަށް އެކަކަށްވެސް ބާރުފޯރުވުމުގެ ހައްޤެއް މިއަދާ ހަމައަށް ދީފައެއް ނޯންނާނެ!!! ރޭޝަމްއަކަށް ވެސް ނުލިބޭނެ… މަގޭ އަތުން ފައިން ގޯހެއް ނެހެދެނީސް މަގޭ ކަންތައްތަކަށް ފާރަލާން މަސައްކަތް ކުރުން ހުއްޓާލާ!!“ ޒާހިދު ވައި އަޑަކުން ބުންޏެވެ. ރޭޝަމް ހުރީ ޒާހިދުގެ ދުލުން ބޭރުވެދާނެ ހޫނު ބަސްތަކަކަށް ތައްޔާރުވެގެންނެވެ. އެހެންކަމުން އެބަސްތަކުން ރޭޝަމްގެ ހިތަކަށް ބިރުވެރިކަމެއް ނުވަނެވެ. ޒާހިދު ބަދިގެއިން ނިކުމެގެން ދިޔުމާއެކު ރޭޝަމް އަވަސް އަވަހަށް ފޯނު ނެގުމަށްފަހު،ޒާހިދުގެ ފޯނަށް ގުޅި ނަންބަރު ސޭވްކޮށްލިއެވެ.

“މިންހާ ހިތްހަމަޖެހޭތަ އަނެއްކާ ތިރަށުގަ ހުންނަން؟ “ރޭޝަމް ވާހަކަދެއްކީ ސިއްރުންނެވެ. “އާނ.. ކީއްވެ ހިތްހަމަނުޖެހެންވީ؟ ރަނގަޅު މީހުންވެސް މިދުނިޔޭގައި އުޅޭކަން އަހަރެންނަށް ވެސް ގަބޫލުކުރެވިއްޖެ… ރޭޝަމްއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގެ އަހަރެންނަކަށް“ މިންހާގެ އަޑުގައި އުފާވެރިކަމެއް އެކުލެވިފައިވިއެވެ. “ތިހާ ޝުކުރު އަދާ ކުރަން ބޭނުމިއްޔާ އަހަރެންގެ މަންމަގެ ދެވަނަ ދަރިއަކަށް ވެގެން އުޅެންވީނު އަހަރެމެންނާއެކު…… އެގޮތް އެންމެ ރަނގަޅުތަ؟ “ރޭޝަމް ބޭނުންވީ ވެވުނު ހުރިހާ ގޮތަކުންވެސް މިންހާއަށް އެހީތެރިވާށެވެ. “އާނ.. ނަރީމައްތަ ވަރަށް ހެޔޮ އަހަރެންނަށް.. އެކަމަކު އަހަރެން ވަރަށް ބިރުގަނޭ އެބަ.. ރޭޝަމްއަށް ކަމެއް ވެދާނެތީ… އަނެއްކާ ޒާހިދު ކަމެއް ނުކުރޭތަ؟“ މިންހާ ހުރީ ހާސްވެފައެވެ. “ޒާހިދު ދޯ… އަހަރެން ކުޑަ ކުޑަ ހިތްވަރެއް ކޮށްލައިފިއްޔާ މިންހާ ސަލާމަތްކުރި ގޮތަށް އަދި އެތައް ކުދިންނެއް ސަލާމަތްކުރެވިދާނެ ޒާހިދުގެ ބޮލަށް ވަދެގެން…… ޒާހިދު ދެކެ މިހާރު ނުވޭ ޖެހިލުމެއް.. ނޭނގެ ކީއްވެ ކަމެއް“ ރޭޝަމް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. “އައްދެ… އެއީ ކީއްވެ ޖެހިލުން ނުވާންވީ؟ އެއީ ރޭޝަމްގެ ނަޒަރުގަ އަނިޔާވެރިއެއްނު“ މިންހާ ހުރީ ހައިރާންވެފައެވެ. “ކޮންމެ އަނިޔާވެރިއެއް އަދި ކުށްވެރިއެއްގެ ފަހަތުގައި ވެސް ކޮންމެވެސް ސިއްރުތަކެއް އަދި ހަގީގަތެއް ވާނެ… ކިތަންމެ ގޯސް މީހެއްގެ ވެސް ބަލި ފަޔެއް ވާނެ… ޒާހިދުގެ ވެސް ބަލި ފަޔެއް ވާނެ…“ ރޭޝަމް ވިސްނާލިއެވެ. “ދެން ތި ބަލި ފަޔެއް ހޯދަން އުޅެގެން އަނެއްކާ ޒާހިދު ރޭޝަމްގެ ބަލި ފަޔަށް ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު“ މިންހާ ސަމާސާކޮށްލިއެވެ. “އައްޗި… ތިހެން ވިޔަކަ ނުދޭނަން މަށެއް..ހެ..ހެ“ ރޭޝަމް ހުވާކުރިއެވެ.

”އޭނަ ހޯދުމަކީ އަހަރެންގެ ޒިންމާއެއްކަން އިނގެޔޭ.. މަވެސް މަސައްކަތް ދޯ މިކުރަނީ… އޭނަ ގެ ގެއަށްވެސް ދެވިއްޖެ އެއްނު…. މަށަށް ހީވަނީ އޭނަ މާލޭގަ ނެތީހެން“ ޒާހިދު ފޯނު ކަންފަތުގަ ޖަހާލައިގެން ހުރެ ސިޑިން މައްޗަށް އަރަމުންދިޔައެވެ. “އޭނަގެ ބައްޕަ މަރުވެއްޖެއެއްނު… ދެން އޭނަ މާލެ ދޫކޮށް ދާނީ އޭނަގެ ބައްޕަގެ ރަށަށްތަ އަނެއްކާ؟ ކޮންމެ ގޮތެއް ވިޔަސް ކަލޭގެ ފަރުވާކުޑަ ކަމުން އޭނަ ފިލީ.. ކަލެއަށް ޖެހޭނީ އޭނަ ހޯދަން“ އެކޮޅުން ވާހަކަދެއްކީ ޒާހިދުގެ ބޮޑަށް މަސައްކަތްކުރާ މީހެކެވެ. “އޭނަ ހޯދައިފިއްޔާ މަށަށް ލިބެންޖެހޭ އެއްޗެއް ވެސް އޮންނާނެ… އެކަމަކު..“ ސިޑިން ތިރިއަށް ފައިބަމުން އައި ރޭޝަމް ފެނުމާއެކު ޒާހިދުގެ ވާހަކަ މެދުކެނޑުނެވެ. ރޭޝަމް ހިނިތުންވެލިއެވެ. “ތީ ގޭމެއް…. އަހަރެން ކުޅޭ ގޭމު މާ މޮޅުވާނެ“ ޒާހިދު ރޭޝަމްގެ ކުރިމައްޗަށް އެރިއެވެ. “ކޮން ގޭމެއްގެ ވާހަކަ ތިދައްކަނީ؟“ ރޭޝަމް ފަހަތަށް ޖެހުނެވެ.“ ތީނަ ކުޅޭ ގޭމު އިނގޭނީ ތީނައަކަށްނު …..“ ޒާހިދު ރޭޝަމްއާ ގާތްވެލިއެވެ. ރޭޝަމްގެ ހިތުގެ ވިންދު އަވަސްވިއެވެ. ޒާހިދުގެ ހިތުގެ ހާލު މާ ބޮޑެވެ. ހިތް ތެޅެމުންދިޔަލެއް ބާރުކަމުން ބޭއިޚްތިޔާރުގައި ޒާހިދަށް މޭގައި އަތް އަޅާލެވުނެވެ. އަދި ފަހަތަށް ޖެހިލެވުނެވެ. “ދެންވެސް ބުނާނީ ބާރެއް ނުފޯރުވޭނެއޭތަ؟ލެޓްސް ބީ ފްރެންޑްސް“ ރޭޝަމް ހިނިތުންވެލަމުން ސަލާން ކޮށްލުމަށް އަތް ދިއްކޮށްލިއެވެ. ދެވިސްނުމެއްގައި ހުރެ ޒާހިދު ރޭޝަމްގެ އަތުގައި ހިފާލިއެވެ. އަދި ރޭޝަމްގެ ދެލޮލަށް ބަލާލިއެވެ. އެދެލޮލުގައި ވަނީ މައުސޫމުކަމެވެ. ސިހިފައި ރޭޝަމްގެ އަތް ޒާހިދުއަށް ފޮޅާލެވުނެވެ. އަދި ލޯ އަޅާލަމުން ސިޑިން މައްޗަށް ދުއްވައިގަތެވެ. ރޭޝަމްއަށް އެހުރި ފިޔަވަޅު މަތީގައި ހުއްޓި ހުރެވުނެވެ. ޒާހިދުގެ އެއަމަލު ސިފަކުރާކަށް ރޭޝަމްއަކަށް ނޭނގުނެވެ. ރޭޝަމް ޒާހިދާ އެކުވެރިކަން ބޭއްވުމުގެ ހަމަ އެކަނި ބޭނުމަކީ ޒާހިދުގެ ކޮޓަރިތެރެއިން ފެނުނު ފައިލްގެ ހަގީގަތް ހޯދުމެވެ. އެހެނަސް ޒާހިދު ކުއްލިއަކަށް އަތް ފޮޅުވާލި ސަބަބު މާބޮޑަށްވެސް ރޭޝަމް އެނގެން ބޭނުންވިއެވެ.(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cheesemoosa

Level 210 Stories100 Comments

Other Articles

Previous

ނޭންގިހިތޭ ގެންދެވީމާ މިތުރާ…. (1)

Next

ނޫރު (އެގާރަވަނަ ބައި)

Next
December 16, 2017

ނޫރު (އެގާރަވަނަ ބައި)

Previews
December 16, 2017

ނޭންގިހިތޭ ގެންދެވީމާ މިތުރާ…. (1)

81 Comments!

  1. Lam? says:
    December 16, 2017 at 7:01 pm

    Me first
    Mibai v nice when is next part

    1. cheesemoosa says:
      December 16, 2017 at 7:09 pm

      ya dhw
      2morow mornin

  2. sana says:
    December 16, 2017 at 7:02 pm

    Alhey you are best writer …
    Thank you for updateing two parts thank you so so much keep it up ….????????

    1. cheesemoosa says:
      December 16, 2017 at 7:10 pm

      tanks..hihihii

  3. Elisha says:
    December 16, 2017 at 7:05 pm

    Wowwwwwww!??
    Me first……… And thanks for update two parts………

    1. cheesemoosa says:
      December 16, 2017 at 7:11 pm

      no ur 3rd
      welcome

  4. shaba says:
    December 16, 2017 at 7:07 pm

    yeah im first the story is awesome btw

    1. cheesemoosa says:
      December 16, 2017 at 7:11 pm

      no ur 4rd hihihi
      tanks

  5. cheesemoosa says:
    December 16, 2017 at 7:13 pm

    hear is part 9
    gina kiunteringe edhumuge mathin miba kudakoh dhigukohlaafa miothy
    enjoy

    1. beauty says:
      December 16, 2017 at 7:14 pm

      tanks miba dhigukoh dhiny thy

    2. ahmed says:
      December 16, 2017 at 7:18 pm

      miba dhigukoh genes dhinythy v ufaavehjje..kiunteringe bunaagothah kanthah thah cheesemoosa kuraathy v ufaavey..dhn huri baathah vx migothah dhigukoh genesdheeyne kamah ummeed kuran.

    3. ahmed says:
      December 16, 2017 at 7:18 pm

      adhi bunelan hadhaan nethuni.mi baa vx v reethi

    4. ria says:
      December 16, 2017 at 7:20 pm

      haadha rangalu auther eh..

    5. ria says:
      December 16, 2017 at 7:21 pm

      haadha rangalu auther or writer mi ba vx nice

    6. cheesemoosa says:
      December 16, 2017 at 7:24 pm

      tanks all
      beauty
      ahmed
      ria

  6. beauty says:
    December 16, 2017 at 7:15 pm

    miba vx v reethi…….im so happy

    1. cheesemoosa says:
      December 16, 2017 at 7:25 pm

      tanks beauty

  7. Paree says:
    December 16, 2017 at 7:20 pm

    Alhe haadha kurey thivarah inthizaaru nukuruvaba v reethi mi vaahaka ????

    1. starfish says:
      December 17, 2017 at 12:52 pm

      eyyy

  8. black says:
    December 16, 2017 at 7:22 pm

    kurihaa part thakekey ehfadhain miba vx rythi. 2morow monin ge inthixaaaaaaaarugai..kikikikikiki

    1. cheesemoosa says:
      December 16, 2017 at 7:25 pm

      miba vx reethi veethy v ufaa vejje

    2. black says:
      December 16, 2017 at 7:27 pm

      aslu mihaaru vaahaka kuriah dhaagoyy v reethi.. ehkoh mi vaahaka kiyaalaa hiyvany huvaa..

    3. cheesemoosa says:
      December 16, 2017 at 7:30 pm

      ohhhh black keykohla v avahah iraadha kurehvythy mivaahaka nimeyne
      10 varakah part iny baaky
      adhi ehvaahaka ehaa ginain huvaa kuraakah nuvaane

  9. Shann says:
    December 16, 2017 at 7:32 pm

    Masha Allah, miyoh furihama kameh dhw.. Mihira rythi shifa kohdhinumeh dhw.. Jumla thakuge ethurunves ehaa rythi.. Beynun kohfa hunna bas bas ves hama ehaa rythi.. Mee mihaaru mi site ga liyaa enme enme rythi n enme enme kiyaa hiyvaa story.. Mi story mi kiyany v v kiyaalaa hithun

    1. cheesemoosa says:
      December 16, 2017 at 7:38 pm

      thanks my dear shann
      v faahaga vey shann kohme part akah vx coment kuraa kan. tanks for that..

    2. cheesemoosa says:
      December 16, 2017 at 7:38 pm

      shann ge comment kiyaafa v happy vefa myny
      tanks v bodah shannn

    3. Shann says:
      December 16, 2017 at 8:04 pm

      Welcome cheesemoosa,

    4. starfish says:
      December 16, 2017 at 8:20 pm

      hihihii

  10. Shann says:
    December 16, 2017 at 8:06 pm

    Welcome cheesemoosa,

  11. Shann says:
    December 16, 2017 at 8:06 pm

    Welcome cheesemoosa, n v bodah thanks

    1. starfish says:
      December 16, 2017 at 8:21 pm

      hihihii
      welcome shann

  12. Aysha says:
    December 16, 2017 at 8:18 pm

    Wow!! mi partvx vvvv reethi ??

    1. starfish says:
      December 17, 2017 at 12:53 pm

      tanks

  13. kyaara says:
    December 16, 2017 at 8:21 pm

    Mi part ves vrh nice…. N enme salhi than kolhaky komme partehves avahah up kuraathy…. Keep it up…. Ummeedu kuran mivaahaka nimendhen mihen part thah avahah up kuraane kamah…??

    1. cuty pie says:
      December 16, 2017 at 8:23 pm

      miba vx cute vefa v rythi

    2. starfish says:
      December 16, 2017 at 8:56 pm

      iraadhakurehviya hurihaa baeh vx medhunukendi nere dheynan
      tanks

    3. starfish says:
      December 16, 2017 at 8:56 pm

      cuty pie tanks

  14. white says:
    December 16, 2017 at 8:23 pm

    haadha reehchey

    1. starfish says:
      December 16, 2017 at 8:57 pm

      tnkyou

  15. JUMA says:
    December 16, 2017 at 8:27 pm

    Salhi??????❤❤ n thee girl eh tha???

    1. starfish says:
      December 16, 2017 at 8:57 pm

      ya me girl eh.
      tanks

    2. JUMA says:
      December 16, 2017 at 10:10 pm

      Dhn ehnviyyaa bunedhevidhaanetha cheesemoosa aky koahcheh kan????????

    3. starfish says:
      December 16, 2017 at 11:09 pm

      no …aey secreteh..

  16. unaal says:
    December 16, 2017 at 8:42 pm

    omg…zaahidh is in love…❤❤
    mi part vc vrh reethi..
    vrh furihama kuriyah gendhaa goiyy
    aslu vrh kiyaa hiyy ve mi stry knmme dhuvahaku 2 part genes dhey thy…

    1. starfish says:
      December 16, 2017 at 8:58 pm

      thanks unaal
      next part hyvani adhi ma reethi vaane hen.

    2. unaal says:
      December 16, 2017 at 9:43 pm

      welcome dear starfish

    3. starfish says:
      December 16, 2017 at 11:14 pm

      hihhii

  17. ayya says:
    December 16, 2017 at 8:54 pm

    miba ves habeys

    1. starfish says:
      December 16, 2017 at 8:59 pm

      ayyaa tanks

  18. anthu says:
    December 16, 2017 at 9:00 pm

    dhn vaane gothaka medhu myni v curius vefa

    1. starfish says:
      December 16, 2017 at 9:41 pm

      ohh..
      tanks anthu

  19. xxxx says:
    December 16, 2017 at 9:04 pm

    now best story in esfiya………

    1. starfish says:
      December 16, 2017 at 9:42 pm

      tanks xxxx

  20. Any says:
    December 16, 2017 at 9:08 pm

    Thanks migotha mivahaka genaisdheythy

    1. starfish says:
      December 16, 2017 at 9:42 pm

      welcom any

  21. Shai says:
    December 16, 2017 at 9:15 pm

    V v salhi thanx thihaa furihamakoh thi vaahaka genes dhythee waitihg for next part??????????????????

    1. starfish says:
      December 16, 2017 at 9:43 pm

      ur most welcome shai

  22. you me says:
    December 16, 2017 at 9:21 pm

    wow. i don’t see that coming.

    1. starfish says:
      December 16, 2017 at 9:43 pm

      hihihihihihhihii

    2. starfish says:
      December 16, 2017 at 9:54 pm

      thanks ingey you me

  23. lol says:
    December 16, 2017 at 9:22 pm

    zahid nd reysham .. this is geting intresting

    1. starfish says:
      December 16, 2017 at 9:43 pm

      ya dhw

  24. kai says:
    December 16, 2017 at 9:23 pm

    mipart kiyaafa myni moya vefa reethi kamun

    1. starfish says:
      December 16, 2017 at 9:44 pm

      hihihi
      aslah vx moya nuvahchey anehkaa
      tanks kai

  25. rifu says:
    December 16, 2017 at 9:36 pm

    masha allah…vv reethi mi part vxx. ..

    1. starfish says:
      December 16, 2017 at 9:44 pm

      rifu thanks

  26. raufa says:
    December 16, 2017 at 9:39 pm

    vvvvvvvvvvvv intresting story eh

    1. starfish says:
      December 17, 2017 at 5:47 pm

      thanks raufa

  27. Aesthetic says:
    December 16, 2017 at 9:39 pm

    Wow varah rythi.. ekam pls pls zaahidh aa reysham nugulhuvaathi.

    1. starfish says:
      December 16, 2017 at 9:45 pm

      tanks
      nyge dhw dhemyhun gulivx dhaane nuguli vx dhaane

  28. chumpu says:
    December 16, 2017 at 9:51 pm

    Mivaahaka v v v reethi kiyamun dhaairu hama meygadu agayah annan ulheyhen heevany hithah thadhuvey hiy biru gannany reysham ah dhera gotheh vedhaanethy

    1. starfish says:
      December 16, 2017 at 9:53 pm

      hihihihiii..
      thanks for the lovely comment chumpu

  29. starfish says:
    December 16, 2017 at 9:52 pm

    to all readers:
    v bodah sukuriya thiha reethi comment kuraathy, ehenve v hiy vey medhunukendi vaahaka nere dhey hiyy.. mahsala eh jehigen dhuvahaku 2 part up nukohdhevenya dhen up kuraa dhuvahaku up nukurevey dhuvas thakuge part thakaa ehkoh up kohdhe veyne vaahaka dhanvan..
    aslu mihen mibuny alugandu kudakoh balive uleythy baeh dhuvas dhuvahu up nukurevi dhaane thy. ekam vx balaanan up kohdhe vey thoo
    again thanks to all readerss

  30. chumpu says:
    December 16, 2017 at 9:55 pm

    Minhaa moonu burugaa alhuvaa avaha

    1. starfish says:
      December 16, 2017 at 11:11 pm

      hihihii..
      ebunaahen eyrun dhw eyna vakikuran nygeyny..

  31. Aisha says:
    December 16, 2017 at 10:34 pm

    Haadha salhiey neyvaa ves nulaa mikiaa nimmee dhen anna baehves adhi thankolheh dhigu kohtheythi

    1. starfish says:
      December 16, 2017 at 11:12 pm

      hmm next baa vx dhigu kohdheynan
      thanks aisha

  32. aakko says:
    December 16, 2017 at 11:53 pm

    Omg zahidh and reysham is getting closer ..I think it’s gonna be super hit..n I like the way u update the parts..with loads of love thank you

    1. starfish says:
      December 16, 2017 at 11:55 pm

      welcome aakko
      and thanks for the lovely comment

  33. Youme says:
    December 17, 2017 at 2:18 am

    Dear alhe edhemyhun gulhigen zaahid ge ulhun ragalhuve reysham aa dhemyhun ragalhu rythi life eh ulheythan dheken varah beynun. Adhi Ziyaadh ge faraathun aniyaa libunu myhun kibain maafah edhi aniyaa Libemun dhaa myhunnah emyhunge haggu ziyaadhu hoadha dhey dhuvaheh dheken beynun. Heheh
    Vaahaka varah thafaathu vefa rythi
    Dhn GWS love bird. Bliyya ragalhah beys kaathi igehhh. Dhen ginain dhiyaa ecchehi ves. Hehehhe ??

    1. starfish says:
      December 17, 2017 at 2:48 am

      tanks youme..
      bali vias daily koh up kohdheynan vaahaka
      and again tanks youme

Comments are closed.

Next Episodeގެއްލިދިޔަ ހަޔާތް….. 10←


All Right Reserved!