ނޭންގިހިތޭ ގެންދެވީމާ މިތުރާ…. (1)
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ، އެމް. އެން. ޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަން، އެފް. އީގެ އޮޑިޓޭރިއަމްގެތެރެ ހަލަބޮލިވެފައިވަނީ އޮރިއެންޓޭޝަނަށް އައިކުދިންގެ އަދަދު ގިނަކަމުންނެވެ. ބައެއްކުދިން ދުވަސްވީ ރައްޓެހިންނާއި ދިމާވުމުން ސަލާންކޮށް ހީލާ ވާހަކަދައްކާލުމަށް ހުއްޓިލައިގެން ތިބިއިރު، އަނެއްބައިކުދިން އުޅެނީ ބައްދަލްވުން ފެށުމުގެ ކުރިން އަވަހަށް ޝީޓެއްހޯދާ ގާތް އެކުވެރިޔާ ނުވަތަ ނުދަންނަމީހަކު ކައިރީގަ ނަމަވެސް އިށީންދެލެވޭތޯއެވެ. އަލޫކްވެސް ހޯލަށް ވަތްގޮތަށް ގޮނޑިބަރިއާދިމާއަށް ދިޔައީ ދަންނަމޫނެއްވެސް ނެތޭހިތާ އިސްޖަހާލައިގެންނެވެ. އޭނާއަށް ޖެނުއަރީ އިންޓޭކް އިން ޖާގަލިބި ކިޔެވުމަށް މާލެ އައީ އަލަށްކަމުން ދަންނަމީހަކުވެސް ނުހުންނާނެތާއެވެ.
ހަލަބޮލިވެފައިވާ ހޯލްގައި ކޮޅަށްތިބިކުދިންވެސް ކުއްލިއަކަށް ގޮސް އެންމެފަސޭހައިން ކައިރީގައި ހުރި ޝީޓެއްގައި އިށީންދެލީ އޮފިޝަލްކޮށް ހުރި ތިންމީހުން އައިސްވަނުމުންނެވެ. ހުރިހާކުދިންވެސް އެދިމާއަށް ބަލާލުމާއެކު އިސްކޮށްހުރިމީހާ ވާހަކަދައްކަން ފެށިއެވެ. ” އައްސަލާމް އަލައިކުމް.. އަޅުގަނޑަކީ ގައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ރައީސް.. ޢަލީ ރަޝީދު.. ދެން މިތިއްބެވީ ސްޓޫޑެންޓް ޔޫނިއަންގެ ކައުންސިލްމެމްބަރ އަރުޝަދު އަޝްރަފް އަދި ޔޫނިއަންގެ ސެެކެޓްރީ އައިޝަތު ލޫޔާ…”ކުޑަ ތައާރަފެއްދެމުން އަލީ ވާހަކަދައްކަމުން ދިޔަނަމަވެސް އަލޫކްއަށް ބޭއިހްތިޔާރުގައި ލީޔާއަށް ބަލަހަށްޓައިގެން ހުރެވުނީ އެރީތިމޫނުގައިވި ހިނިތުންވުމުގެ ޖާދޫގައި ޖެހިފައެވެ. އެވަގުތު އަލޫކްގެ ހިތަށް އާދަޔާހިލާފް ގޮތެއްވެގެންދިޔަ ނަމަވެސް މާލެ އެހާވަރުން އައި ބޭނުން ހަނދާންވުމުން އަވަހަށް ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދޭފެށިއެވެ. ނަމަވެސް އިރު އިރުކޮޅާ ލޫޔާއަށް ބަލާލެވެނީ ބަސްނާހާ ހިތް އެކަމަށް އެދޭވަރުންނެވެ.
އޮރިއެންޓޭޝަން ނިމުމާއެކު އެކިފެކަލްޓީ ތަކުން ވަކިން ބާއްވާ އޮރިއެންޓޭޝަންތަކަށް އަނެއްކާވެސް ދާންޖެހުމުން އަލޫކް ބަލާލީ ލޫޔާގެ ހަބަރެއްވޭތޯއެވެ. އޭރު ޢަލީ އާއި އަރުޝަދުގެ ފަހަތުން ލޫޔާވެސް ލައިބްރަރީއާ ދިމާއަށް ދަނީއެވެ. ލިބިފައިވާ ފަސްމިނެޓްތެރޭ އަލޫކް ކިޔަވާ ފެކަލްޓީގެ އޮރިއެންޓޭޝަން އޮތުމުން ހިތާދެކޮޅަށް އަވަހަށް އެދިމާއަށް ދިޔައީ ލޫޔާގެ އެސޫރަ އަދި އެއްފަހަރު ދެކެލަން ހިތުގައި އަޒުމް ކަނޑައަޅަމުންނެވެ. ނޯޓިސްބޯޑު ކައިރިޔަށް ދިޔައިރު އެތަނުގައި ކުދިންތަށް ތޮއްޖެހިފައިވުމުން އެއްޗެއް ފެންނަވަރެއްނޫނެވެ. ނަމަވެސް އެވަގުތު ކައިރީގައި ހުރި ކުއްޖަކު “ކޮންފެކަލްޓީއެއްހޭ” އަހާލުމުން “ފެކަލްޓީ އޮފް ޝަރީއާ އިން ލޯ..” އޭބުނުމުން އެކުއްޖާވެސް އެފެކަލްޓީ ކަމުގައި ބުންޏެވެ. އަދި ދާންޖެހެނީ ކުރީގެ މަންދު ކޮލެޖް ހިންގި އިމާރާތަށް ކަމަށްބުނެ ހިގާށޭ ކިޔާ ނިކުންނަން ދިޔައެވެ. އަލޫކްވެސް އެކުއްޖާޔާއެކު ދިޔައީ ރައްޓެއްސަކު ލިބޭނީވެސް ވާހަކަ ދައްކައިގެން ގަބޫލުކުރާތީއެވެ. ދެކުދިން އެކީގައި މައިގޭޓުން ނިކުމެގެން ދަމުން އިސްވެ ވާހަކަ ދެއްކީ އަލޫކްއެވެ. ” އަހަންނަށް ކިޔަނީ އަލޫކް ބިން ޝަކީބް.. އަލަށް މާލެ މިއައީ އެހެންވެ ރައްޓެއްސަކުވެސް އަދި ނެތް.. ކޮންނަމެއްތަ ކިޔަނީ..” “އެހެންތަ.. އަހަންނަށްކިޔަނީ އަހުމަދު ފަރޫން.. އެންމެންވެސް ކިޔަނީ ފަރޫން.. އަހަރެންވެސް އަލަށް އަދި މިތަނަށް މި ޖޮއިންވީ.. އެކަމަކު މީ އަހަރެންގެ ރަށްވީމަ ރައްޓެހިން އެބަތިބި… އަލޫކް.. އޫމް.. އޯކޭދޯ ލޫކް ކިޔަސް.. އެހެންވީމަ ލޫކްވެސް ހާސްނުވޭ.. އަހަރެންމިހުރީނު ދޯ.. ” އަލޫކއ އެހެންބުނުމާއެކު ފަރޫން ލުއި ހިނިތުން ވުމަކާއެކު ޖަވާބު ދިނެވެ. ދެކުދިން ވާހަކައިގަ ތިބެގެންގޮސް ބައްދަލްވުން އޮތް ކުލާހަށް ވަތް އިރު ބައްދަލްވުންވެސް ފެށެނީއެވެ.
އެދުވަހަށް ފަހު ކޮންމެދުވަހަކުވެސް އަލޫކް އާއި ފަރޫން ދިމާވެއެވެ. އިއްތިފާގުން އަލޫކް ކިޔަވަން ފައިބައިހުރިގެއާއި ފަރޫންގެ ގެވެސް ހުރީ ދާދިކައިރީގައިއެވެ. ފަރޫން އަކީ މާލޭގެ މުއްސަނދި އާއިލާއެއްގެ ހަމައެކަނި ހުރި ދަރިއަށްވުމުން ހަމަޖެހިލައިގެން ކިޔެވުމަށް ހުރިހާ ވަގުތެއް ހުސްކުރިނަމަވެސް އަލޫކް ކިޔެވުން ފެށުން އިރު ވަނީ އެތަށްތަނަކަށް ވަޒީފާއަށް އެޕްލައިކޮށްފައެވެ. ހުންނަ ގެއަށް ކޮންމެ މަހަކު ދެހާސް ރުފިޔާ ދައްކަން ޖެހޭތީ ވަޒީފާއަކަށް ނުގޮސް އޭނައަކަށް ނުވާނެއެވެ. ކިޔެވުމުގެ ހަރާދާއި ގެއަށްދާ ހަރަދު ކޮންމެ ފަހަރަކު ބައްޕަމެންލައްވާ ހޯދަން އޭނައަކަށް ނުކެރޭނެއެވެ. އަލޫކްގެ ކުޑަޔަށް އަދި އަންހެން ކޮއްކޮއެއް ހުރުމުން އެކޮއްކޮއަށް ވެސް ހުރިހާ ހަރަދެއް ކުރަނީ އޭނާގެ ބައްޕަޝަކީބެވެ. ޝަކީބަކީ ފ.ނިލަންދޫ ކައުންސިލް އިދާރާގެ ފައިނެންސް އޮފިސަރ އެވެ. ނަމަވެސް މިރްޒާވެސް ބޭނުންވަނީ އޭނާގެ ބައްޕަ ފަދައިން ހަރުދަނާމީހާކަށް ވާން ކަމުން އަމިއްލަ މަސައްކަތުން އުޅެން ބޭނުންވީއެވެ.
އަލޫކް އާއި ފަރޫންވެސް ކިޔަވަން ދަނީ ރޭގަނޑުގައި ކަމުން ކޮންމެ ރެއަކުވެސް ކާރުގައި އަލޫކް ކޮލެޖްއަަށް ގެންގޮސް ގެންނެސްދީ ހަދަނީ ފަރޫންއެވެ. ފަރޫންގެ އަމިއްލަ ކާރާއި ސައިކަލް ހުރުމުން އެއީ މާބޮޑުކަމަކަށް ފަރޫންއަކަށް ނުވެއެވެ. ނަމަވެސް މަދުން ނަމަވެސް ފަރޫން އާއެކުގައި އެގެއަށްދެވޭތީ އަލޫކްއަށް ފާހަގަވީ އެއްކަމެއް އޮތެވެ. ފަރޫންގެ މައިންބަފައިންނަށް ފަރޫން ބޭނުންވާވަރަށް ވަގުތުނުދެވޭކަމެވެ. މަންމައާއި ބައްޕަވެސް އަވަދިނެތި އުޅެމުންދަނީ ވިޔަފާރިއާއިވެގެންނެވެ.ގެއަށް ވަދެވުމާއެކު ފަރޫންގެ ހުރިހާކަމެއްހެން ކޮށްދީ ހަދަނީ އެގޭގައި ގެންގުޅޭ ބޭރުމީހާއެވެ. ކިތަންމެ ފޫހިވިނަމަވެސް ފަރޫން ކަމެއްބޭނުންނަމަވެސް ބުނަންވެސް ޖެހެނީ ހަމައެމީހާ ގާތުގައެވެ.
ދުވަސްތަށް ފާއިތުވަމުންގޮސް ކިޔެވުން ފެށުންތާ ހަފްތާއެއް ވީއިރުވެސް އަލޫކްއަށް ލޫޔާ ފެންނަގޮތެއްނުވެއެވެ. ނަމަވެސް އެއީ އަދި އާދައިގެ ކަމެއްކަމަށް އަލޫކްދެކެއެވެ. އަލޫކްގެ ނަޒަރުގައި އެހެން އަދި އެންމެފަހަރަކު ފެންނައިރަށް ލޯތްބެއް ނުވެވޭނެއެެެވެ. އަދި އެހެން ފެންނަ ކޮންމެ ކޮންމެ މީހަކަށް އަލޫކްގެ އެހިތް ނުވެސްލަނބާނެއެވެ. އެއަށްވުރެ މިރްޒާމާ ހުށިޔާރުވާނެކަމުގައި އޭނާދެކެއެވެ. ފަހުން ފަހުން ލޫޔާހޯދަން ނޫޅުނީވެސް އެހެންވެއެެވެ.
އެންމެފުރަތަމަ އަލޫކްއަށް އިންޓަވިއުއަށް ގުޅީ އޭނާ ކުލާސް ނިންމާފައި ނިކުތްގަޑީގައެވެ. ގުޅާފައި އެންގީ މާދަމާގެ ހެނދުނު ނުވައެއް ޖަހާއިރަށް ޕީ.ޖީ އޮފީހަށް ތައުލީމީ ސެޓްފިކެޓްތަށް ހިފައިގެން އިންޓަވިއުއަށް އައުމަށެވެ. އެއީ އެންމެ ފަހުން އަލޫކް އެޕްލައިކުރިތަނެވެ. އޭގެ ކުރިން އެޕްލައިކުރި ތަންތަނުން އަދިވެސް އެއްވެސް ހަބަރެއްނުވެއެވެ. ފަރޫން ކައިރީގައި މާދަމާ އިންޓަވިއު އޮންނަ ވާހަކަ ބުނުމުން އޭނަ މިރްޒާއަށް ހިތްވަރުދިނެވެ. އަދި ގެއަށްދިޔަ މަގުމަތީގައި މާދަމާ އަލޫކް ގޮވައިގެން ދާނެކަމުގައިބުނީ ފަރޫން އަމިއްލަޔަށެވެ. ފަރޫންގެ އެހުންނަ ހިތްހެޔޮކަމުގެ ސަބަބުން އަލޫކް އަބަދުވެސް ޝުކުރުވެރިވެއެވެ. އަދި ފަރޫންބޭނުންވާ ކޮންމެކަމެއްވެސް އުފަލާއެކު ކޮށްދެވެނީވެސް އެހެންވެއެވެ.
ލޫޔާތޯއެވެ. އެދުވަހު އޮޑިޓޭރިއަމް އިން އެނުދަންނަޒުވާނާ އޭނައަށް އެހާވަރަށް ބެލުމުން ހިތްނުތަނަވަސްވީ އެކަން އޭނާގެ ލޯބިވެރިޔާ ފަރޫން އަށް އެނގިދާނެތީއެވެ. އަދި ހަމައެދުވަހު އެޒުވާނާ އާއި ފަރޫންއާއެކުގައި ދިޔަތަން ފެނި ލޫޔާގެ ހިތުގައި ނޭންގޭ ބިރުވެރިކަމެއް އުފެދިގެން ދިޔައީ ނޭންގިނަމަވެސް އެދެމީހުންގެ ދެމެދުގައި ލޫޔާގެ ވާހަކަ ދެއްކިދާނެތީއެވެ. އޭރުން އެދުވަހު އެފެނުން އެކުވެރިކަމުގެ ބަދަލުގައި އެޒުވާނާއަށް ފެންނާނީ އެކުވެރި ފަރޫން އެއްނޫންކަން ލޫޔާއަށް އެނގެއެވެ. އެެެހެންވެ އެދުވަހަށްފަހު ލޫޔާ ބެލީ އެއްގޮތަކަށްވެސް ފަރޫންއަށް ލިބުން އާއެކުވެރިޔާއަށް ނުފެނިވޭތޯއެވެ. އަދި ފަރޫންއާއި ބައްދަލުކޮށް ކުރިއެކޭ އެއްގޮތަށް އޭނަގެ ވާހަކަ ރައްޓެހިންނާއި ޝެއަރނުކުރުމަށް އެދުނީ ގޮތްނޭންގޭ ޒުވާނާގެ އެޖާދުވީ ބެލުމުގެ ފަހަތުވައި އެެެހެންކަމެއް ވާކަމަށް ލޫޔާއަށް ފާހަގަކުރެވުމުންނެވެ. އަދި ލޫޔާއަށް ނޭންގިނަމަވެސް ދޭތެރެއަކުން އެޒުވާނާއަށް ބެލުނީމައެވެ.
ފަތިހު ފަތިސްނަމާދަށް ހޭލުމަށްފަހު އަލޫކް ނުނިދާއުޅުނީ ފިލާވަޅުތަށް ދަސްކުރުމުގައެވެ. އެގޭގައި ކޮފީއެވެސް ލިބޭނީ ހައެއްޖަހާއިރުކަމުން އެކަމަށްވެސް ޖެހޭނީ ކުޑައިންތިޒާރެއް ކޮށްލާށެވެ. ނަމަވެސް ރަނގަޅުކަމަކީ އެގޭގައި ގަޑިއަށް ކެއުން ތައްޔާރުކޮށްފައި ހުންނާނެއެވެ. އެކަމަށް އެގޭގައި އުޅޭ އެއްވެސްކުއްޖަކު ވިސްނާކަށްނުޖެހެއެެެވެ. ކޮންމެ މަހަކުވެސް ދައްކަންޖެހޭ ކުލި (ދެހާސް ރުފިޔާ) ދެއްކީމަ ނިމުނީއެވެ. ފިލާވަޅަށް ގެއްލިފައި އިން އަލޫކް އަށް ޖެހިގެންހުރި ކޮޓަރީގައިއުޅޭ ކުއްޖަކު ގޮވާލުމުން ދިޔައިރު އޭނަ ކޮފީގިރާފައި ހުއްޓެވެ. އޭރު ހަގަޑިބައިވަނީއެވެ. ފޮތުތެރެއަށް ވަދެވިފައި އިންވަރުން ގަޑިދިޔަގޮތްވެސް އަލޫކްއަށް ނޭންގުނީއެވެ. ކޮފީ ބޯލައިގެން އަލޫކް ކޮޓަރިއަށް ވަނީ ވަގުތު ކުޑަތަންވަމުން އަންނަވަރަކަށް ހިތްނުތަނަވަސް ވާކަން އިހްސާސްވުމުންނެވެ. ހަމަޖެހިލައިގެން އޮށީވެލީވެސް އެކަމުން ސަލާމަތްވެވޭތޯއެވެ.
ނަމަވެސް މާގިނައިރަކު އެހެންނޯވެވުނެވެ. ފަރޫން ގުޅާފައި އަށެއްޖަހާއިރަށް ބަލާދާނެކަމާއި ހެނދުނުގެ ސައިބޯން ބޭރަށްދާން އެދުނެވެ. އެހެންވެ އަވަހަށް ފެންވަރާ ތައްޔާރުވެލައިގެން ފައިލްހިފައިގެން ނިކުތީ އަށެއްޖަހަންވެފައި ހުރުމުންނެވެ. އަލޫކްއަށް ބޭރަށް ނިކުމެވުންއިރު ފަރޫން ކާރުގައި އައިސް ގާތްކޮށްލަނީއެވެ. ނަމަވެސް މިއަދު ފަރޫންގެ ކާރުގެ ކުރީގައި އަންހެންކުއްޖަކު އިންކަން އަލޫކްއަށް ފާހަގަވީ ކާރަށް އަރަން އައި ވަގުތު ފަރޫން ފަހަތުޝީޓަށް އިޝާރާތްކޮށްލުމުން ބަލާލީމައެވެ. އެންމެފުރަތަމަ ނަޒަރުންވެސް އެއީ ލޫޔާކަން އަލޫކްއަށް އެނގުންނަމަވެސް އެކަމަށް މާބޮޑުސަމާލުކަމެއް ނުދީ އަވަހަށް ކާރަށް އަރާ ހަމަޖެހިލީ ފަރޫންގެފަރާތުން އަދި އެއްވެސް އަންހެންކުއްޖަކަށް ޝައުގުވެރިކަން ހުންނަވާހަކަ އިވިފައިނުވާތީއެވެ.
ލޫޔާގެ ހިތްނެގިނެގިފައި ޖެހެމުންދިޔައީ އެހާފިލައިގެން އުޅެނިކޮށް އަނެއްކާ އެޒުވާނާގެ ކުރިމައްޗަށް އަންނަންޖެހުމުންނެވެ. ފަރޫން ރައްޓެއްސަކާއެކު ބްރެކްފާސްޓައަށޭ ބުނިނަމަވެސް އެއީ އެނުދަންނަ ޒުވާނާއަށް ވެދާނެކަމަށް ލޫޔާހިތަކަށް ނާރައެވެ. އެނޫނަސް ފަރޫންގެ ގާތްއެތަކެއް ރައްޓެހިންނެއް ތިބޭކަން ލޫޔާއަށް ދަނެއެވެ. ނަމަވެސް މިވީގޮތުން މިޖެހުނީ މިއަދު އެޒުވާނާގެ ކުރިމައްޗަށްވެސް އަރާށެވެ. ލޫޔާ ކަންބޮޑުވެ ދެއަތް ދެއަތާއި މޮޑެމޮޑެމުން ދަނިކޮށް ފަރޫން ކާރު މަޑުކޮށްލީ ސީހައުސް ރެސްޓޯރަންޓް ކައިރިއަށެވެ.
” ހިނގާ އަވަހަށް ގަޑިޖެހުމުގެ ފަނަރަމިނެޓްކުރިން އެތަނަަށް ދާންވާނެ.. ” ކާރުން ނިކުތް ލޫޔާގެ އަތުގައި ހިފާލަމުން ފަރޫން އަލޫކްއާ ވާހަކަދެއްކިއެވެ. ތިންމީހުން އެކީގައި ގޮސް ހުސްމޭޒެއްހޯދާ ބުފޭއިން އެމީހަކުބޭނުންވާ އެއްޗެހި ނަައިގެން އިޝީނުމާ ހަމަޔަށް އެދެމެދުގައި ވަނީ ހަމަހިމޭންކަމެެވެ. އަލޫކްގެ ހިތުގައި ސުވާލު އުފެދުން ނަމަވެސް އެއްވެސް އެއްޗެއް އަހާލާކަށް ނުކެރުނެވެ. ” ހާދަމަޑުން.. އަނެއްކާ ބިރުންތަ ތީނީ.. ” އަލޫކްގެ އެހިމޭންކަން ފަރޫންއަށް ކަމުނުދިއުމުން އަހާލިއެވެ. ބޯހޫރާލުން ފިޔަވާ އެއްވެސް ކަމެއް އަލޫކްއަކަށް ނުވިއެވެ.
“ހޫމް އަދި މީނީ ހަނދާން ނެތިފައޭ.. ލޫ.. މީ އަހަންނަށް އެންމެފަހުން ލިބުން ބެސްޓްބަޑީ.. އަލޫކް.. ފްރެންޑްލީ ނަމުންނަމަ ލޫކް.. މިއަދުއޭނަ އެއުޅެނީ އިންޓަވިއުއަކަށްދާން.. ވަރަށް ސްޓްރޯންގެވާނެ.. ހަމަ ހީރޯއެއް.. ” އެއްލޯ މަރާލަމުން ފަރޫން އެހެންބުނުމުން އަލޫކްއަށްވެސް ހެވުނެވެ. ” ބަޑީ.. މީ ލޫ.. އަހަރެންގެ ގަރލް ފްރެންޑް.. އިނެއްނުދޯ އެއްކަލަ އޮރިއެންޓޭޝަން އޮތްދުވަހު އެތާންގަ.. ” ހަނދާންކޮށްދޭފަދައަކުން ފަރޫން އެހެންބުނިނަމަވެސް އަލޫކްއަށް ލޫޔާ އޮޅޭނެ ހެއްޔެވެ. ހަމައެކަނި ނޭންގިއޮތްކަމަކީ އޭރުވެސް އެއީ ފަރޫން ރައްޓެހިވެގެން އުޅޭ ކުއްޖާކަމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
50 Comments!
Comments are closed.






me 1st..v reethi ingey..next part kohn irakun.
Hei cheesemoosa … yes ur first mydear .. next part rmmrw .. insha allah .. btw thank you dear ..??
next partah inthixaaruga..hihihiii
welcome.
Assalaam alaikum .. mee vess Layaa misite ah hama alah liyaa vaahakeh .. unmeedhukuran mivaahaka akeevess thihurihaa kiuntherinnahvess kamidhaane vaahaka akah vaanekamah .. ??? ly all
layaa liyunu hurihaa vaahakaeh kyn..hurihaa vaahaka eh vx v reethi. haahsakon fahun liyunu vaahaka. mi vaahaka vx reethi vaane kamah umeedhu kuran.
Varah reethi?
Thank you dear eyra ???
layaaaa haadha undhagoo nanthakrkry liyefa othy mirzaa eiyy boy eh dw namun heevanee girl ehen if you dont mind enan change kohlevidhaanetha???layaage ehen story thah gothah mi storyves vv reathi ??? bt vv undhagoo nanthakeh hureee this part is gorges hehe?? love you❤❤❤❤waiting……..
Hehe mirza kiyaanetha grl akah dhoonya .. alhe hama ehaaundhagutha enan.. vaahakaige bodubaeh liyefa ineema v undhaguvaane name change kohlanvess.. ekamakuvess v happyvejje kiyaaleema .. ? thank you dear.. xee ??
Maves heekury miruza ei girl ehkamah
V Reethi..
Ekm v kuru…
Aww hama ehaakuru? ?.. btw thank you dear rsh ???
Reethi…. waiting…..
Thank you zuam ???
You are from nilandhoo?
This part hama super???
Thedheh layaa nilandhoo tha????btw vaahaka v nala layaa dhoonii..waiting ingey next epi ah???
Hei awa dhooni thikahala vaahaka naahaa ? btw thank you Dhoonya .. ??? ly
Hehe vedhaane dhw ? btw thank you dear sana sana?
Aww vv kiyaahithun kiya kiyaa huhtta mi nimuny??ekamuvs vvvv reethi❤?gud luck???
Hehe ehentha shafa. ? ehenves vaane .. btw thank you my dear. ???
V Reethi v furihama.. beynun kofa huri name tha vx rangalhu.. Masha kiyan vx fasheyha.. keep going ❤
Aww thankyou so much ainth dhooni ???
varah reethi vaane hen heevey <3 ! mirza kiyathi aslu i thought ei girl eko hehehe maa fahun mi enguni adhi ei boy eh kan! waiting for the next part
Hehe Ehentha .. btw thank you dear annoying reader ???
Wow sis v salhi….waiting… Love u
Thank you ximmikolhaa .. ? ? ly
Mirza varah undhagoo enan can u change it pls.. Look like a girls name..
Aww love ?
Feshun vrh reethi..?? mirza kiyaa boys ah… yh but mihen story eh ga mirza kiyan v ma hithah annany girl ekey ? alhe e name change kohleveyne tha? Waiting for next part!! Goodluck dear!!?
Awn hehe thank you sham ???
stry vrh reethi..mirza eii girl ekey first hykurevuny….e name bodah gulheny girl s aa..
e name change kohlla dhinihyya vrh ranghalhu
Aww thank you dear unaal ???
Varah Salhi feshumeh asslu Mirza akee firihen nameh Adam ah ehaa udhaguleh noon Mirza kiayaakah
Assluvess dhw adam keehkuraanee dhw mizamaanu kudhinnah neyngenee reethi maana ekulevey reethi firihen names keehkuraanee .. hehe btw thank you dear adam ???
Mirzaa aee aee boy name eh Adhi miveehaathanah girl akah enan kiyaafaoikameh neynge, laya ename change ukuraathi aee v reethinameh. Varah reethi vaahaka
Thank you miruza ???
Story hama v rythi…bt layaa,,mirza kiyan v v v undhagoo mal ah.at first i thought ae girl kamah..hehehe..alhe plx enan change kohlevidhaanetha??
Hehe ekamakuvaa malvess dh!? aee boy name Bt ebavissnan ingey btw thank you ..???
Miruzaaaa hadi..
Undhagu..
Girl feel vany..
Pls change it..
Vaahaka varah reethi
Hehe thank you dear reem ???
Layaa ge mi stry vxs varah rythi akam Mirza heevani girl nameh hen
Ehentha fathu ? btw thank you dear fathu ???
Yh mirza ey kyma vrh kamu nudhey … btw story iss suprbbbbbbb
Awwn thank you dear sumaaa ???
Vaahaka v reethi ❤❤? but please Mirza name change kohlabh e nan varah hadii
Thank you dear ixu .. ? ebavissnan ingey ??
Miruzaa ekaakuckameh kiyaa kiyaaves olhumeh nufili.. Kommeves Kujjaku bunedheebala ekaaku???
Hehe kiuntheriya ah thi kiyaalevunee vaahaka update kohlifahun ehenve thineyngunee miraza akee alook btw thank you so much dear ??
Nice
Student union meehun badhal vehjje now.. Mihaaru arushadh eyi raees akee.. Hehe..btw story v habeys ❤