އެއް ނަރުސްކުއްޖަކު ގޮސް އަނެއް ބަލިމީހާގެ ފަރުދާގެ އަނެއްފަރާތުގައި ތިބި މީހުން ގާތު އެވާހަކަ އަންގާލުމުން އެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް އާނއެކޭ ބުނެލި އަޑުއިވުނެވެ. އޭގެ އިރުކޮޅެއްފަހުން އެތަނުން ނިކުމެގެން އައީ ދެ ޒުވާނުންނެވެ. ދެ ޒުވާނުންގެ ތެރެއިން އެއްޒުވާނެއްގެ ސޫރަ ފެނިގެން ދިޔުމުން ޝަރަފްގެ ދެލޯ ބޮޑުވެ އޭނަގެ މޫނު ހުދުވެގެން ދިޔައެވެ. އެއީ ޝަރަފް ފަދައިން ބިޔަ ހަށިގަނޑެއްގެ ވެރި، ބާރުގަދަ ގޮތްގަނޑެއް ހުރި ޒުވާނެކެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރިގޮތުން އޭނަގެ ހައިބަތު ދައްކައެވެ. ހަތަރެސްކަން ބައްޓަމަށް ހުރި އަލި މޫނާއި، ކަނދުރައާއި ހަމައަށް އޮތް ފަން އިސްތަށިގަނޑުގެ ސަބަބުން އަޅައިގަންނަ ގޮތެއް ހުއްޓެވެ.
ޝަރަފް އެ ޒުވާނާއަށް ބަލަބަލާ ހުއްޓާ އެ ޒުވާނާއާއި އޭނަގެ ހަތަރުކަޅި ހަމަވިއެވެ. ހަމަ އެއާއެކު އެ ޒުވާނާ ހުއްޓުން އަރާފައި ޝަރަފަށް ފުރިހަމަ ހިނިތުންވުމެއް ދައްކާލިއެވެ.
“އަނހަ! ޝަރަފްތަ ތިއީ؟ ނޯ ވޭއި!” ޒުވާނާ ހެވިފައިހުރެ ޝަރަފްގެ ގާތަށް އަންނަންފެށީ އޭނަގެ ދުވަސްވީ އެކުވެރިއެއް ފެނިގެން އުޅޭ ފަދައަކުންނެވެ. އެހެނަސް އޭރުވެސް ޝަރަފްގެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމާއި ނުތަނަވަސްކަމެއް އެކުލެވޭ ފަދަ އަސަރެކެވެ.
“ކިހިނެއްތަ ޑޫޑް؟ ހާދަ ދުވަހެއް ފަހުންނޭ މިފެނުނީދޯ؟” ޒުވާނާ ދެންވެސް ޝަރަފާއި ހަމަކޮށްލަމުން ވާހަކަ ދެއްކީ ގާތް އެކުވެރިއަކު ފަދައިންނެވެ. އެވަގުތު ބޮކި ނިއްވަން އައި ނަރުސް ކުއްޖާ އޭނަ ގާތު ނިކުންނަން އަނެއްކާވެސް ހަނދާންކޮށްލަދިނެވެ.
“ސޮރީ ސިސްޓާރ، އަދި ޝަރަފްއާ ވާހަކަ ނުދައްކާ ދެވޭކަށެއްނެތް……..ވޮހް! ހާދަ ސަޅި ބޮޑީއެކޭ މިހާރު ހަދައިގެން ތިއުޅެނީވެސް.” ޒުވާނާ ބުނެލިއެވެ. ޝަރަފް ދެންވެސް އިނީ ބުމަގޮށްޖެހިފައި އޭނައަށް ބަލަހައްޓައިގެންނެވެ. ޝަރަފްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޒުވާނާ ހީލިއެވެ.
“ހެހެހެ……އެނީވޭސް…..ޝައްޕެ ލައިފްގަ ކިހާ ހިސާބަކަށް ގޮއްސި؟ ކިތައް ރިސޯޓުތަކާ ކިތައް ފިހާރަތަކެއްގެ ވެރިއަކަށްވެއްޖެތަ މިހާރު؟” ޒުވާނާ މިފަހަރުގެ އެ ސުވާލުކޮށްލީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް އެ ސުވާލު ކޮށްލެވުނީ މަލާމާތުގެ ރާގަކަށެވެ. އެކަން ފާހަގަވި ޝަރަފްގެ ގޮށްމުއްކެވިގެން ދިޔައެވެ. އޭނަ ދެންވެސް ޖަވާބެއް ނުދީ އިންދާ އެ ޒުވާނާ ވާހަކަ ދެއްކިއެވެ.
“އޯ ވެއިޓް! ރިސޯޓެއްގެ ވެރިއެއްވެއްޖެއްޔާ….މި..ކަހަލަ ވޯޑެއްގަ ނޯންނާނެ ކަންނޭނގެދޯ؟” ޒުވާނާ ވޯޑުގެ ތެރެއަށް ނަޒަރެއް ދެމުން އެހެން ވެސް ބުނެލީ ހަމަ އެ މަލާމާތުގެ ރާގުގައެވެ.
“ހަމަ ބައްޕަގެ ނަޞޭޙަތުގަ ހިފައިގެން ބަސްއަހާ ކުއްޖެއްގެ ގޮތުގަ ފިހާރަ ބަލައިގެންދޯ ހުރީ؟ ވެރީ ގުޑް ބޯއި!” ޒުވާނާ އެހެން ބުނިތަނާހެން އެތާހުރި ނަރުސް ކުއްޖާ އަނެއްކާވެސް އޭނަގާތު ދިޔުމަށް ހަނދާން ކޮށްދިނެވެ. އެވަގުތު އޭނަ އަތުގެ ޢިޝާރާތުން ނަރުސް ކުއްޖާ ހުއްޓުވަމުން ޝަރަފާއި ދިމާލަށް ޗޮއްކަނޑަން ފެށިއެވެ. އަދި އޭނަގެ ކޯޓުގެ ތެރެއިން ކާޑެއް ނަގައި ޝަރަފަށް ދިއްކޮށްލިއެވެ.
“ވިޔާމް އަޙްމަދު، ސަންޝައިން ރިސޯޓްސް އެންޑް ސްޕާ ގެ ވެރިޔާ.” ވިޔާމް އޭނަގެ ކާޑު ދައްކާލަމުން އޭގައި އޮތް އެއްޗެއް ކިޔާލިއެވެ. ޝަރަފަށް އެއްފަހަރަ އެ ކާޑަށް އަނެއްފަހަރު ވިޔާމަށް ބަލާލެވުނެވެ.
“އެއްދުވަހު އަހަރުމެން ރިސޯޓަށް ޖައްސާލައްޗޭ. އެ ދަތުރަށްޓަކައި ކުރާ ހޭދައިން ބައްޕަގެ ފިހާރަ ހުލި ނުވާނެކަމަށްވާނަމަ އިނގޭ؟” ވިޔާމް އެހެން ބުނެ ޝަރަފާއި ދިމާލަށް އެ ކާޑު އުކާލާފައި ދިޔުމަށްޓަކައި އޭނައަށް ފަސްދިނެވެ. އެހެނަސް އޭނަ އަނެއްކާވެސް އެނބުރި ޝަރަފަށް ބަލާލީ ކަމެއް ހަނދާންވެގެން އުޅޭ ފަދައަކުންނެވެ.
“އޯ އެންޑް ބާއި ދަ ވޭއި……އަހަރެން އަޑުއެހިން އެއްކަލަ ކުއްޖާއަކީ ވެސް މިހާރު ކޮންމެވެސް ކުންފުންޏެއްގެ ވެރިއެކޭ ބުނާއަޑު. ވަރަށް ހިއެއްނުވޭ ދޯ ކުންފުންޏެއްގެ ވެރިއަކަށް އުޅޭ އަންހެން ކުއްޖަކަށް ފިހާރައެއްގެ ސޭޓަކު ކަމުދާނެހެނެއް؟ ކުންފުނިތަކުގެ ވެރިން ލޯބިވާނީ ހަމަ……..އެހެން ތަންތާނގެ ވެރިންދެކެ.” ވިޔާމް ނުލަފާ ހިނިތުންވުމަކާއެކީ އެހެން ބުނެލި ވަގުތު ޝަރަފް ދަތްކުނޑި ވިކަމުން އޭނައަށް ލޯ އަޅާލިއެވެ. ވިޔާމްގެ މޫނުމައްޗަށް ވެސް އެފަދަ ކުލަވަރެއް ވެރިވީ ވަގުތު އޭނަގެ ފަރާތުން ޝަރަފަށް ނުބައި ބަސްތަކެއް އަމާޒުވެގެން ދިޔައެވެ. އެއަށްފަހު އޭނަ މަޑުކުރުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ. އޭނަގެ ފަހަތުން އޭނައާއި އެކީގައި ހުރި ޒުވާނާވެސް ވޯޑުން ނިކުތް ވަގުތު ނަރުސް ކުދިން އެ ވޯޑުގެ ބޮކިތައް ނިވައި ފަނޑު ބޮކިތައް ދިއްލާލިއެވެ.
ބޮކިތައް ނިވާލެވުނުތާ މާ ގިނައިރެއްނުވެ ޝަބާ ފެންފުޅިއަކާއިގެން ވަދެގެންއައެވެ. އަލި ފަނޑުކަމުން ޝަބާއަށް ޝަރަފްގެ މޫނުމަތީގައިވި ކުލަވަރު ފާހަގަ ނުވީ ކަންނޭނގެއެވެ. އޭނަ އެކަމާމެދު ވާހަކަ ދެއްކުމެއްނެތި މިހިރީ ފެނޭ ކިޔައި ޝަރަފަށް ބޭސްދޭން އަވަސްވެގަތެވެ. ޝަރަފް ދެންވެސް އަމިއްލަ ޚިޔާލުތަކުގައި އިނދެ ބޭސް ކެއީ އޭނަގެ މޫޑު ޚަރާބުވެފައިވިކަން ދޮންތައަށް ނޭންގުމަށްޓަކައެވެ. ދޮންތައަށް ނޭނގުމުން ދޮންތަ އަވަހަށް ދާނެ ކަމުގެ އުއްމީދުގައެވެ. އޭނަގެ އެ އުއްމީދު ފުރިހަމަވިއެވެ.
“ދޮންތަ އެބަ އަންނަން އިނގޭ ގެއަށް ގޮއްސަ. އާހިލްއަށް ކިޔައިދިނީމަވެސް އޭނަ އެބައުޅޭ ބައްޕައަށް މިގަޑީގަ ދޭންޖެހޭ ބޭހެއް ނޭނގގެން. ބައްޕަ ވަރަށް އެބަ ކެއްސައޭ އާހިލް ބުނީވެސް. އެހެންވީމަ އެބަ އަންނަން އިނގޭ؟ އޯކޭތަ؟” ޝަބާ އަހާލިއެވެ. އެވާހަކައަށް ޝަރަފް ބޯޖަހާލުމުން އޭނަ އޮށޯތުމަށް ޝަބާ އެހީވެދިނެވެ. ޝަރަފް ހަމަޖެހިލުމާއެކު ޝަބާ އަވަސް ހިނގުމެއްގައި ވޯޑުން ނިކުމެގެން ދިޔައެވެ.
ދޮންތަ ނިކުމެގެން ދިޔުމާއެކު ޝަރަފް އޭނަގެ އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް ގެއްލުނެވެ. ވިޔާމްގެ ސޫރަ އޭނަގެ ލޮލަށް ސިފަވެގެން ދިޔުމުން ވެސް އޭނަގެ ހިތަށް ސިހުން ލިބެމުން ދިޔައެވެ. އެތައް އަހަރެއް ފަހުން ވިޔާމް މިފަދަ ގޮތަކަށް ފެނިދާނެކަމަށް އޭނަ ހިއެއްވެސް ނުކުރެއެވެ. އޭނަ ހީކުރީ މީގެ އަހަރުތަކެއް ކުރިން އޭނަގެ ޙަޔާތުގައި އައި އެންމެ ނުބައި ބާބުގެ ނިމުމަށްފަހު އޭނަ ދެން ވިޔާމްގެ ކުރިމައްޗަށްވެސް ނާރާނެ ކަމަށެވެ. އެހެނަސް އޭނައަށް ހީވެފައި އޮތީ ކުށްހީއެއްތާއެވެ.
ވިޔާމްގެ ބަސްތައް އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔަދިޔަހެން ޝަރަފްގެ ލޯ މަތިން މީގެ އެތައް އަހަރެއް ކުރީގެ ހަނދާންތައް ސިފަވާން ފެށިއެވެ. އޭނަ މައުސޫމް ކުޑަކުއްޖެއްގެ ގޮތުގައި ބޮޑުވަމުން އައިސް އޭނަގެ ޙަޔާތަށް އައި އެތައް ބަދަލެއްގެ މަތިން ހަނދާންވާން ފެށި ވަގުތު އޭނަ މާޒީގެ ފުން ކަނޑަށް ގެނބުނެވެ.
**10 އަހަރު ކުރިން**
ހަވީރު 5:30 ވާން ގާތްވެފައިވަނިކޮށް ތިނަދޫގައި ހުރި ކުޑަ މިސްކިތެއްގެ ތެރެއިން އިވެމުން ދިޔައީ ކުޑަ ފިރިހެން ކުއްޖެއްގެ ކިޔެވުމުގެ އަޑެވެ. މިސްކިތުގެ އެތެރޭގައި ތިބީ 14 ވަރަކަށް ކުޑަކުދިންނާއި މުދައްރިސެކެވެ. މުދައްރިސް ފެންނާނެހެން ހުރިހާ ކުދިން ވަށްބުރަކަށް ރޭވިގެން ތިބިއިރު އެންމެންގެ ނަޒަރު ވެސް ހުއްޓިފައިވީ އެވަގުތު ކިޔަވަމުން ދިޔަ 13 އަހަރުގެ ޝަރަފާއި ދިމާލަށެވެ. މަޝްހޫރު ޤާރީއެއްގެ ކިޔެވުން ނަކަލު ކުރަމުން ސޫރަތުލް ޙާއްޤާ ކިޔަވަމުން ދިޔައިރު އެންމެން ވެސް ތިބީ ކަނުލައި އަޑުއަހައިގެންނެވެ. މިއީ އެހެން ކުއްޖަކު ކިޔަވާ ކަމަށްވާނަމަ މިސްކިތް ތެރެއިން ފެންނަ މަންޒަރެއް ނޫނެވެ. އެހެން ކުދިން ކިޔަވާއިރު ބައެއް ކުދިންނަށް ވާހަކަ ދެކެވޭ ގޮތްވެސްވެއެވެ. އެހެނަސް ޝަރަފް ކިޔަވަމުން ދިޔައިރު ގިނަ ކުދިން އަޑުއަހައިގެން ތިބީ އެ ކިޔެވުން ރީތިކަމުންނެވެ. އަނެއްބައި ކުދިން އަޑުއަހަން ތިބީ އޭނައަށް ތަޖުވީދުގެ ކުށެއް ކިޔޭތޯއެވެ. އެހެނީ ޝަރަފަކީ މަދު ފަހަރެއްގައި ނޫނީ ތަޖުވީދުގެ ކުށެއް ޖެހުނު ކުއްޖެއް ނޫނެވެ. އެކަމާހެދި މުދައްރިސް ޝަރަފްދެކެ މާ ބޮޑު ލޯތްބެއް ވާހެން ހީވާތީ އޭނައަށް ޙަސަދަވެރިވާ ކުދިން ވެސް އޭގެ ތެރޭގައިވިއެވެ.
އެދުވަހުވެސް ޝަރަފް ކިޔަވައި ނިންމާލީ ހަމަ އެންމެ ފަހަރަކު ވެސް މުދައްރިސް އޭނަ ހުއްޓުވަން ނުޖެހިއެވެ. އެކަމަށްޓަކައި މުދައްރިސް އޭނައަށް ތަޢުރީފުކޮށް ދެން އޮތް ސޫރަތް އެހެން ކުދިންނަށް ނަގައިދިނުމަށް ޝަރަފް ގާތު އެދުނެވެ. އެކަމާމެދު ކުޑަކުޑަ ޝަރަފް ފަޚުރުވެރިކަމާއެކީ ހިނިތުންވެލީ ވަގުތު ބައެއް ކުދިންގެ މޫނުމަތިން ރުޅިވެރިކަން ފެނިގެން ދިޔައެވެ.
ފިލާވަޅު ނަގައި ނިމުމަށްފަހު މިސްކިތުން ނިކުތްއިރު ވެސް ޝަރަފް އެ ފަޚުރުވެރިކަމާއި ކިބުރުވެރިކަމުގެ އަސަރުތައް ޝަރަފްގެ ގައިން ނުފިލައެވެ. އޭނަގެ އެކުވެރިއަކު އޭނަ ކައިރިއަށް އައުމުން ވެސް މިއަދު ތީނައަށް ކިތައް ކުށް ކިޔުނުތޯ އަހާލެވުނެވެ. ޖަވާބުގައި އޭނަގެ އެކުވެރިޔާ އެއްޗެކޭ ނުބުނެ އޭނައަށްވުރެ ކުރިއަރައިގެން ދާންފެށުމުން ޝަރަފަށް ހީލެވުނީ، އެންމެ މޮޅީ ހަމަ އޭނަތާއޭ އަމިއްލަ ނަފްސުގާތު ބުނަމުންނެވެ.
ޤުރުއާން ކިޔެވުމަކީ ޝަރަފަށް ލިބިފައިވާ ހުނަރެކެވެ. އެހެނަސް ޤުރުއާން ކިޔެވުމަކީ ޙަޤީޤަތުގައި ޝަރަފް އެއްގޮތަކަށް ވެސް ކުރާ ހިތްވާ ކަމެއްނޫނެވެ. ޤުރުއާނަށްޓަކައި ކިރިޔާ ވެސް ޝައުޤުވެރިކަމެއް އުފެދިގެން ދިޔައީ ސްކޫލް ތެރެއިން ޤުރުއާން މުބާރާތްތަކެއްގެ ވާހަކަ ދެކެވެން ފެށި ހިސާބުންނެވެ. ސްކޫލްގައި ބޭއްވުނު އެފަދަ މުބާރާތެއްގައި ޝަރަފް އެންމެ ފުރަތަމަ ބައިވެރިވީ ހަމައެކަނި އޭނަގެ މަންމައާއި ބައްޕަގެ އެދުމުގެ މަތިންނެވެ. އޭނަ އެ މުބާރާތަށްޓަކައި ތައްޔާރުވީ ހަމައެކަނި ދަސްކުރަން ޖެހޭ ސޫރަތްތައް އަޑުއަހައިގެންނެވެ. އޭނައަކީ އަޑުއަހާ އެއްޗެއް ނުހަނު ރަނގަޅަށް ނަކަލު ކުރެވޭ ކުއްޖަކަށްވުމުން އޭނައަށް މުޅި އެ މުބާރާތުން އެއްވަނަ ލިބުނެވެ. އެއަށްފަހު އެކި އަތޮޅު މުބާރާތްތަކުން ވަނަތައް ލިބި ޤައުމީ މުބާރާތަކުން ވެސް އެއްފަހަރެއްގައި ޝަރަފަށް އެއްވަނަ ލިބިފައިވެއެވެ. މީގެ ސަބަބުން ޝަރަފް މުޅި އަވަށަށް ވެސް މަޝްހޫރުވިއެވެ. އޭނަގެ މަންމަ ވަރުދާ ވެސް ފަޚުރުވެރިކަމާއެކީ ޝަރަފްގެ ކިޔެވުމުގެ ވާހަކަ އެހެން މީހުން ކައިރި ދައްކަން ފެށިއެވެ. އަދި ޤުރުއާން މުބާރާތްތަކުން ވަނަތައް ލިބުނު ކަމަށްޓަކައި އޭނަ އޭނަގެ ބޭބެ ޝިނާޒަށްވުރެ ވެސް އެތައް ގުނައެއް ރަނގަޅު ކުއްޖެއްގެ ގޮތުގައި ދެކެން ފެށިއެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ޝަރަފް ޤުރުއާނާއިމެދު ދެކެން ފެށީ އޭނަގެ މަޝްހޫރުކަން އިތުރުކުރުވާނެ ވަޞީލަތެއްގެ ގޮތުގައެވެ. އޭނަ ތަޖުވީދުގެ ޤަވާޢިދުތައް ތަފްޞީލުކޮށް ދެނެގަންނަން ބޭނުންވީ ވަކި ﷲ ގެ ބަސްފުޅު އެންމެ ރަނގަޅަށް ކިޔެވުމުގެ ނިޔަތުގައެއްނޫނެވެ. އެހެނެއްކަމަކު އޭނަގެ ކިޔެވުމުގެ ފެންވަރު އިތުރުކޮށް އޭގެ ސަބަބުން އޭނަގެ ނަން އެހެން މީހުންގެ ދޫމަތިން ގިނަގިނައިން ނަންގަނެވޭނެ ކަމުގެ އުއްމީދުގައެވެ. އޭނަގެ އެ ނިޔަތުގެ ސަބަބުން، ޤުރުއާނަކީ އޭނަގެ މުޅި ޙަޔާތް އެންމެ ބާއްޖަވެރިވެގެން ދާނެފަދަ ގޮތަކަށް ބަދަލުކޮށްލަން ބާވައިލެއްވުނު ފޮތެއްކަން ދެނެގަންނަން އޭނަ ނުކުޅެދުނެވެ. ޤުރުއާނުގެ އާޔަތެއްގެ މާނަ ދެނެގަންނަން ޖެހޭނެހެން އޭނައަށް ހީވެސް ނުވީ އޭނަގެ ވަށައިގެންވި އެއްވެސް އެހެން މީހަކުވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ދޭތަން ނުފެނުނީތީވެއެވެ.
އެދުވަހުވެސް ގެއަށް ގޮސް ޝަރަފް އޭނަގެ މަންމަ ކައިރީގައި އެންމެ ފުރަތަމަވެސް ބުނެލީ އެދުވަހު ފިލާވަޅު ކިޔައިދިންއިރު ވެސް އޭނައަށް ކުށެއްނުޖެހޭ ވާހަކައެވެ. އަދި އެހެން ކުދިންނަށް ފިލާވަޅު ނަގައިދޭން މުދައްރިސް އޭނައާއި ޙަވާލުކުރި ވާހަކައެވެ.
“ސާބަހޭ ކޮޔާ! ތިއެއްނު މަގޭ ދަރިއަކީ؟ މިހާރުވެސް މި ޝިނާޒަކަށް ނުވާނެއޭ ތިހާވަރެއް. އޭނައަށް އެނގޭނީ އިރުއެރީއްސުރެ އިރުއޮއްސެންދެން އެ ޓީވީ ކުރިމަތީގަ އިންނަން.” ވަރުދާ ބަދިގެ ތެރޭގައި ހުރެ ބަދިގެއާއި ޖެހިގެން ހުރި ސިޓިންގް ރޫމުގައި އިން ޝިނާޒަށް އިވޭނެ ވަރަށް ބުނެލިއެވެ.
“ހުނ! މަ ނުވެސް އުޅެން ކިޔަވާ ހިތަކުންނެއް.” 15 އަހަރުގެ ޝިނާޒް އިންގޮތަށް ސޯފާގައި އިނދެ ނުރުހުންތެރިކަމާއެކީ ބުނެލިއެވެ. އެއަށް ވަރުދާ އިތުރު އެއްޗެކޭ ބުނަން އުޅުނު ވަގުތު މަޣްރިބު ނަމާދަށް ބަންގި ގޮވަން ފެށިއެވެ. ހަމަ އެއާއެކު ޝަރަފް ތިމަންނަ މި ދަނީ ނަމާދަށޭ ބުނެލީ ވެސް ވަކި އޭނަ ނަމާދު ކުރާ ހިތްވާތީވެއެއްނޫނެވެ. އޭނަ ނަމާދުވެސް ކުރަމުން ދިޔައީ ހަމައެކަނި ދެއްކުންތެރިކަމަށްޓަކައެވެ. އޭނަގެ މަންމަ އެހެން މީހުން ކައިރީ އޭނަ ނަމާދު ކުރާ ވާހަކަ ދައްކާނެ ކަމުގެ އުއްމީދުގައެވެ. ވަރުދާ ކިތަންމެ ދުވަހެއްގެ މަތިން ޝަރަފްގެ އެ ނުބައި އެދުން ފުރިހަމަ ކޮށްދީފައިވެއެވެ. ވަރުދާއަށް މުހިއްމީ އޭނަގެ ކުދިންގެ ހިދާޔަތަށްވުރެ އެކުދިންނަކީ ޞާލިޙް ބައެއްކަން އެހެން މީހުންނަށް ދެއްކުން ފަދައެވެ.
ޝަރަފް ނަމާދަށް ދިޔަ މަގުމަތީގައި ޝިނާޒް އޭނައަށް ނުރުހުންތެރިކަމުގެ ނަޒަރެއްދިނެވެ. ޝަރަފް ބިރުގަންނަ ކަމަށް ހެދެމުން ގޮސް އޭނަގެ ކޮޓަރިއަށްވަނެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ކޮންމެ ދުވަހަކުވެސް އެ ދެބެއިންގެ މަންމަ އެ ދެބެއިން އަޅައި ކިޔުމުން އެދެމެދުގައި ހިނދުކޮޅަކަށް ހިތްހަމަނުޖެހުމެއް އުފެދިގެން ދެއެވެ. އެހެނަސް މާ ގިނައިރެއްނުވެ ދެމީހުން އެކީގައި ބަލާހިތްވާ ކަހަލަ އެއްޗެއް ޓީވީއިން ދައްކަން ފަށާއިރަށް އެދެމީހުންގެ ގުޅުން ބަދަހިވެގެންދެއެވެ. އެރޭވެސް ދެމީހުން އެންމެ ބަލާހިތްވާ ޖާދޫ ހަދާ ޝޯވްއެއް ފެށުނު އަޑު ޝަރަފަށް އިވުނީ އޭނަ މަޣްރިބު ނަމާދަށް ހުއްޓައެވެ. އޭނަ ވަގުތުން އަވަސްއަވަހަށް ނަމާދު ނިންމާލުމަށްފަހު ދުވެފައި ގޮސް ޝިނާޒް ކައިރީގައި ޖައްސާލިއެވެ. އެ މަންޒަރު ވަރުދާއަށް ވެސް ފެނުނެއްކަމަކު ވަރުދާ އެކަމާމެދު މާ ބޮޑު މައްސަލައެއް ނުޖައްސައެވެ. އޭނަގެ ނަޒަރުން އަދިވެސް އޭނަގެ އެ ދެކުދިންނަކީ ކުޑަކުދިންނެވެ. އެމީހުން ވެސް އޭނަގެ އެންމެ ދޮށީ ދަރިފުޅު ކަމަށްވާ ޝަބާގެ ޢުމުރަށް ދިޔުމުން އެމީހުންވެސް އަދި ޒިންމާދާރުވާނެއެވެ. އެހެނަސް ވަރުދާއަށް ނޭނގުނު ކަމަކީ ޝަބާ ބޮޑުވެގެން އައީ ޝިނާޒާއި ޝަރަފްގެ ހިތުގައިވި އެދުންތަކާއި ނިޔަތްތަކާއި އެކީގައި ނޫންކަމެވެ. ޝަބާއަކީ ޝަރަފްމެންގެ ޢުމުރުގައި ވެސް އެއަށްވުރެ ޒިންމާދާރުކޮށް ވިސްނި ކުއްޖެއްކަމެވެ. އޭނަ މިއަދު 23 އަހަރުގެ ޢުމުރަށް އައިސްފައިވީއިރު މީހަކާ އިނދެ، ދަރިއަކު ވެސް ލިބި މާލޭގެ ގެއެއްގައި ފިރިމީހާއާއެކީ އުފަލުގައި އުޅެމުން ދަނީ އެހެންވެކަމެވެ. ޝަރަފްމެން މުސްތަޤްބަލުގައި އެހެން ނުވެދާނެ ކަމަކަށް ވަރުދާއަށް ޤަބޫލުކުރަން ދައްޗެވެ.
ޝަރަފާއި ޝިނާޒްގެ އުޅުމާއި، ވަރުދާ ކުދިން ބެލުމުގައި ގެންގުޅޭ ނޭދެވޭ ގޮތްތަކާއި އެކީގައި ވެސް އެއީ އުފާވެރި ޢާއިލާއެއްނޫންކަމަށް އެއްވެސް މީހެއް ނުބުނާނެއެވެ. މަންމައާއި ބައްޕަ މުސްކުޅިވިޔަސް ފުރާވަރުގެ އެ ދެ ފިރިހެން ކުދިންނާއި އެމީހުންގެ މައިންބަފައިންނާ ދެމެދު އޮންނަ ގާތް ގުޅުމަކީ، މުޅި ރަށުގެ އެންމެންވެސް ލާމަސީލު ކަމެއްގެ ގޮތުގައި ދެކޭ ކަމެކެވެ. ޝަރަފްމެންގެ ބައްޕަ ޢައްބާސް ކައިރި ރަށެއްގެ ރިސޯޓެއްގައި ވަޒީފާ އަދާ ކުރަމުން ދާތީ އެމީހުން އުޅެމުން ދަނީ ފުދޭވަރެއްގެ ތަނަވަސް ދިރިއުޅުމެކެވެ. އެމީހުންގެ ޙަޔާތަށް އެއްވެސް އުނިކަމެއް އައިސްދާނެ ކަމަށް އޭގެ ތެރެއިން އެއްވެސް މީހެއްގެ ހިތަކަށް ނާރައެވެ. އެހެނަސް މަހެއްހާ ދުވަސްފަހުން އަނެއްކާވެސް ޢައްބާސް ރަށަށް އައުމުން އަންނަން އުޅޭ ޠޫފާނެއްގެ އިންޒާރު އެމީހުންނަށް ލިބުނެވެ.
ޢައްބާސް އެރޭ އައިއިރު އެހެން ދުވަސްތަކާއި ޚިލާފަށް އެމޫނުމަތީގައި ހިނިތުންވުމެއް ނެތެވެ. ރޭގަނޑު އެންމެން އެކީގައި ކެއި ގަޑީގައިވެސް އޭނަ ހިނިތުންވުންތަކެއް ދައްކާލިއެއްކަމަކު މާ ގިނަ ވާހަކައެއް ނުދައްކައެވެ. އެކަމާމެދު ވަރުދާ ސުވާލު ކުރިއެއްކަމަކު އެ ގަޑީގައި ޢައްބާސް ޖަވާބެއް ނުދީ ވާހަކަ އޮޅުވާލިއެވެ. ބައްޕަގެ ތަބީޢަތު ގޯސްވެފައިވި ގޮތުން ޝިނާޒާއި ޝަރަފްގެ ހިތްހަމަޖެހުން ވެސް ނެތޭ ގޮތްވިއެވެ. ވަރަށް ބޮޑު ކަމެއްވެގެން ނޫނީ ބައްޕަ އެގޮތަށް އޮޅުވައެއްނުލާނެކަން ޔަޤީންވީތީވެއެވެ. އެހެނަސް ދެމީހުން އެކީގައި ނިދަން އަރައި ކުރި ސައްލާއިން ވެސް ބައްޕައަށް ބަދަލެއް އަންނަންވީ ސަބަބެއް އެދެބެއިންނަކަށް ނުވިސްނުނެވެ.
އެރޭ 12:00 ޖަހަން ގާތްވެފައި ވަނިކޮށް ޝަރަފް ކަރު ހިއްކައިގެން ކޮޓަރިން ނިކުތް ވަގުތު މަންމައާއި ބައްޕަގެ ކޮޓަރި ތެރެއިން ޒުވާބު ކުރާ އަޑު އިވުނެވެ. ފުރަތަމަ ފަހަރަށް މަންމައާއި ބައްޕަ ޒުވާބު ކުރާ އަޑު އިވިފައި ޝަރަފްގެ މެއަށް ނުބައި ގޮތެއްވިއެވެ. ވަގުތުން ބޭނުންވީ އެތަނުން ދުރަށް ދާށެވެ. އެހެނަސް ޒުވާބު ކުރަންވީ ސަބަބު ދެނެގަންނަން ބޭނުންވި ވަރުން ޝަރަފް ލަސް ފިޔަވަޅުތަކެއްގައި ގޮސް އެ ކޮޓަރީގެ ދޮރު ކައިރިއަށް ޖެހިލިއެވެ.
“ޢައްބާސް އުޅެނީ މޮޔަވެގެންތަ؟! އެ ވަޒީފާ ދޫކޮށްލައިގެން އަހަރުމެން އުޅޭނީ ކިހިނެއް؟” މަންމަ ހަރު އަޑުން ކުރި ސުވާލުން ޝަރަފް އިތުރަށް މޭ ނުބައި ކުރިއެވެ. އޭނަގެ ހަނދާނަށް އައީ ގެއަށް އައިއިރު ބައްޕަގެ މޫނުމަތީގައި ހުރި ކުލަވަރެވެ. އޭގެ ފަހަތުގައިވި ސަބަބަކީ މިއީތާއޭ ހިތަށްއެރިއެވެ.
“ﷲ އަށްޓަކައި ރަނގަޅު ގޮތެއް ޚިޔާރުކޮށްގެން އަހަރުމެންނަށް ލިބޭނެ ގެއްލުމެއް ނޯންނާނެ. އަހުމަދު ހަމަ ޤަޞްދުގަ އަހަރެން ރާގެ ޚިދުމަތްދޭ މީހުންގެ ތެރެއަށް ބަދަލުކުރީ. އަހަރެން އެދުނީމަވެސް އޭނަ ބަދަލުކޮށް ނުދިން!” ބައްޕަ ހަރުއަޑުން ކިޔައިދިން އަޑު ޝަރަފަށް އިވުނެވެ.
“ދެން އެއީ މާ ބޮޑު މައްސަލައެއްނޫނެއްނު؟ އެ ޚިދުމަތް ދީގެން ވެސް މުސާރަ ލިބުނީމަ އެ ނިމުނީއެއްނު؟” މަންމަ ބުނެލީ ޝަރަފްގެ ހިތުގައިވެސް އޮތް ވާހަކައެވެ.
“ހެޔޮ ނުވާނެ ތިހެން ވާހަކަ ދައްކާކަށް ވަރުދާ! އަހަރުމެންނާ ސުވާލުކުރެވޭނެ އަހަރުމެން ލާރި ހޯދަން ކުރި މަސައްކަތާމެދު.” ބައްޕަ އެހެން ބުނެލުމުން މަންމަ ޗޮއްކަނޑާލި އަޑު އިވުނެވެ.
“ދެން ތިހާވަރަށް ވިސްނަންވެއްޖެއްޔާ އަހަރުމެން ދަންޖެހިގެން މަރުވާންވީ! ތިހެން ތިވީ ވެސް ޢައްބާސް ހެދި ޅަ އެއްޗަކުން. ވަކި ނުޖެހޭ ދޯ އެކި މީހުން ކައިރި ކިޔަން އެއްވެސް ވަރަކަށް ރާ ނުވިއްކާ ރިސޯޓެއް ހިންގޭނެނަމައޭ. އެވާހަކަ އިވިފަ އަހުމަދު އެ ރުޅިއެއް އައީ. ދެން އަހަރުމެން ކިހިނެއް ހަދާނީ؟ މި ރަށަކުން ފަސޭހައިން ވަޒީފާއެއް ލިބޭނީއެއްނޫން. ކިހިނެއް ޝަރަފްއަށާއި ޝިނާޒަށް ކިޔަވަދޭނީ؟” ވަރުދާ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ. އެ ސުވާލަކީ ޝަރަފްގެ ހިތުގައި ވެސް އޮތް ބޮޑު ސުވާލެވެ. ބައްޕަ ފުން ނޭވައެއް ދޫކޮށްލުމުން ބައްޕަ ދޭނެ ޖަވާބަށްޓަކައި އޭނަ ކެތްމަދުވިއެވެ.
“ހަދާނެ ގޮތަކާމެދު އަހަރެން ވިސްނައިފިން. މިހާރު ރައްކާކުރެވިފަ ހުރި ވަރެއް ބޭނުން ކޮށްގެން އަހަރުމެން މާލެއަށް ބަދަލުވާނީ. މާލެއިން ވަޒީފާއެއް ހޯދަން ފަސޭހަވާނެ.” ޢައްބާސް ބުނެލިއެވެ. އެއާއެކު ބޭރުގައި ހުރި ޝަރަފްގެ ހިތަށް ޖޯޝެއް ވެރިވިއެވެ. މާލެއަށް ދިޔުމުގެ ޚިޔާލުން އޭނައަށް ހަމަ އެވަގުތުން އެވަގުތަށް ވެސް ހިނިތުންވެލެވުނެވެ. އެހެނީ އޭނަ މިހާތަނަށް ދުވަހަކުވެސް މާލެއަށް ގޮސްފައެއް ނުވެއެވެ. އެހެނަސް އޭނަ އަޑުއަހާފައިވާ ގޮތުގައި މާލޭގައި ކުދިން އުޅެނީ ވަރަށް މިނިވަންކަމާއި އެކީގައެވެ. ވަކިން ޚާއްޞަކޮށް ފުރާވަރުގެ ކުދިންނެވެ. މާލޭގެ ސްކޫލްތައް ޓީވީއިން ދައްކާއިރު އޭނަ އެފަދަ ސްކޫލަކަށް ވަރަށް ވެސް ދާ ހިތްވެއެވެ. އެފަދަ ސްކޫލެއްގައި ކުދިން އުޅެނީ ވެސް ހާދަ ‘މިނިވަން’ކޮށޭ ހިތަށްއަރައެވެ. ޝަރަފަށް ވަގުތުން އޭނަ މާލެއަށް ގޮސް އުޅޭނެ ގޮތުގެ ޚިޔާލީ ފޮލާ ކައްކަން ފެށިއެވެ. އަދި ވަގުތުން އަނބުރާ ކޮޓަރިއަށް ދާން ދުއްވައިގަތީ އެ އުފާވެރި ޚަބަރު ޝިނާޒަށް ދިނުމަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.







Assalaam’alaikum. mi baives kuree bayaa gaaigandakah evvaru. ehenveema dhen oiy bai dhigu kureveytho balaanan In Sha Allah. dhen oiy bai monday ga In Sha Allah. kureege baige fb postaai mibaige fb post maadhamaa ge vaguthegga genesdheynan In Sha Allah 🙂
Vr Vr rythi. Ma sha Allah. Jazakillah Khair jana. LYSM ❤️
Alhamdhulillah! (All praise and thanks belong to Allah) 🙂 Baarakallah Laka!
V reethi vahaka masha allah ❤❤.. Varudha visnaa goeh v goas.. Ekamaku e mi society mihaaru kanthah vvamun dhaa goeh dhw jana
aan dho gorgeous….e visnun badhalukureveytho mi masakkaiy kurany In Sha Allah 🙂 Alhamdhulillah!
Salhi.
Alhamdhulillah! 🙂
masha alla….varah kiyaalaa hithun mihury nxt part….???
Alhamdhulillah! 🙂 next part monday ga In Sha Allah 🙂
Vr intresting. Thanks. ????
Alhamdhulillah! 🙂
Maasha allah??
Ehaa kiyaa hithun inyma kanneynge v kuru hen heevany mi part..?
Ly???
hehe….mi part jana genesdhey mega episode vareh nuvaane ingey. hehe…love you too sis <3
Masha Allah v reethi❤??
Alhamdhulillah!
Masha Allah v reethi..jana thikura masakkathugai allah barakaai lavvaashi
Aameen
Ameen! Alhamdhulillah! 🙂
Ma shaa allah.. Vv reethi mibaives.. Sharaf elli galakun jehifakanneyge dho afaafge loa andhiri v..vaahaka ekkoh kiyaalaa hihvanee mihaaru..
Baarakallah feeki jana..
Jazakillaahi khairan
ehen dho heevany xish? balamaa vaagotheh In Sha Allah. 😀 Baarakallah Laki! Alhamdhulillah!
Varah reethi adhi hadi vaahaka eh
hehe…..reethivefa hadivaanvy sababeh kiyaidhiniyya dho jana ahves rangalhu kuran engeyny In Sha Allah? 🙂
Hadi eh noon aslu . Jana bunaa ehcheh balaaly . Hehehe. Varah reethi . Kiyaahithun kiyaalevey vaahaka eh mee . Mashallah
I was just kidding . Dont mind jana sis.
Its ok no name 😀 actually thank you for helping me practice my sabr 🙂
FB Post:
How ironic is the fact that we take the very Book that was sent down to teach us humility, and make it a means of boosting our arrogance? How disturbing is the fact that even in a gathering where that Book is recited, all that runs through the hearts of that gathering are jealousy and hatred? How sad is the fact that most people who are in touch with this Book, have absolutely no idea what it says, and thus have no value for it, when it is this Book that changed the entire face of this Earth for the better?
وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَـٰذَا الْقُرْآنَ مَهْجُورًا
And the Messenger has said, “O my Lord, indeed my people have taken this Qur’an as [a thing] abandoned.” Suratul Furqaan, ayah 30
This is a complaint that Rasool (SAW) will make on the Day of Judgement. As scary as this complaint will be on that Day, I want you to imagine the pain in these words. If you know even the least bit about Rasool (SAW), you would know about what he went through because of this message. About how worried he was about the fact that he may not be able to deliver this message to the entire ummah. The torture he and his companions (May Allah be pleased with them all) suffered. The sacrifices that they made just so that the people that will come after them will have the guidance of the Quran.
And here we are, with that Book in our hands, only because of those sacrifices they made, but all we are worried about is whether we can recite it with perfect tajweed. All we are thinking about is whether we can recite it better than others around us. All we aspire is to say that we have memorized more than the other person or that we have made more khathims in Ramadan than the others. Little do we think of seeking guidance from this miraculous word. Little do we even bother to know what this incredible message is telling us. Little do we realize the responsibility and burden that we have upon us, to learn this message and pass it to the next generation.
May Allah not make us of those who abandon the Quran, and make us of those who love this Book with an intense love. Ameen!
https://www.youtube.com/watch?v=Pd8lTK_5Dyw
FB Post: (Dhivehi)
އަހަރުމެންނަށް ހިތްތިރި ކަމަކީ ކޮބައިކަން އުނގަންނައިދިނުމަށް ބާވައިލެއްވުނު ފޮތް ބޭނުންކޮށްގެން އަހަރުމެންގެ ހިތްތަކުގައި ކިބުރުވެރިކަން އަށަގަންނަވާ ގޮތާއިމެދު ޙައިރާނެއްނުވޭ ހެއްޔެވެ؟ އެ ފޮތް ކިޔެވިގެންދާ މަޖިލީހެއްގެ ތެރޭގައިވި ހިތްތަކަކީ އެކަކު އަނެކަކަށްޓަކައި ޙަސަދަވެރިކަމާއި ނަފްރަތު އުފެދިފައިވި ހިތްތަކެއްކަން އެނގި ތިބާގެ ހިތަށް އުނދަގުލެއް ނުވޭ ހެއްޔެވެ؟ އަދި މި ފޮތަކީ މުޅި މި ދުނިޔެވެސް އެންމެ ރަނގަޅު ގޮތަށް ބަދަލުކޮށްލި ފޮތަށްވެފައި ވެސް، މި ފޮތާއި ގާތްގުޅުމެއް އޮންނަ ގިނަ މީހުންނަކީ މި ފޮތުގައިވި ބަސްތަކުގެ މާނަ ނޭނގޭ، އަދި އޭގެ ސަބަބުން މިފޮތަށް މާ ބޮޑު އަހަމިއްޔަތުކަމެއް ނުދޭ ބަޔަކަށްވީތި ހިތާމަ ނުކުރެވޭ ހެއްޔެވެ؟
وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَـٰذَا الْقُرْآنَ مَهْجُورًا
‘رسول އާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ قوم ގެމީހުން، މި قرآن އަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފިއެވެ.’ ސޫރަތުލް ފުރްޤާން، 30
މިއީ ޤިޔާމަތް ދުވަހު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ﷲ ގެ ޙަޟްރަތުގައި ދަންނަވާނެ ޝަކުވާއެކެވެ. އެދުވަހުގައި މި ބަސްތައް ކިތަންމެހާ ވެސް ބިރުވެރިވާނެއެވެ. އެހެނަސް މިއަދު ތިބާ އެ ބަސްތަކުގައިވި ހިތާމަ ތަޞައްވުރު ކުރާށެވެ. ﷲ ބާވައިލެއްވި މި ބަސްފުޅުގެ ސަބަބުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ތަޙައްމަލު ކުރައްވަން ޖެހިވަޑައިގަތް ކަންތައް އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. އެކަލޭގެފާނު މުޅި އުއްމަތާއި ހަމައަށް މި ބަސްފުޅު ފޯރުކޮށްނުދެވިދާނެތީ ހާސްވެވަޑައިގަތް މިންވަރެވެ. އެބޭކަލުންގެ ފަހުން އަންނާނެ މީހުންނަށް ޤުރުއާނުގެ ހިދާޔަތް ފޯރުކޮށްދިނުމަށްޓަކައި އެކަލޭގެފާނާއި އެކަލޭގެފާނުގެ ޞަޙާބީން ތަޙައްމަލު ކުރެއްވި ވޭންތަކެވެ.
މިއަދު އަހަރުމެންގެ އަތުގައި އެ ފޮތް އޮތީ އެބޭކަލުން ތަޙައްމަލު އެ ކުރެއްވި ވޭންތަކާއި ކުރެއްވި ޤުރުބާނީތަކެއްގެ ސަބަބުންނެވެ. އެހެނަސް މިއަދުގެ މި ތާރީޚުގައި އަހަރުމެން އެންމެ ކަންބޮޑުވަނީ ހަމައެކަނި އެ ޤުރުއާން ކިޔެވޭ ހިނދު އެ އިވޭ ތަޖުވީދާއި މެދުގައެވެ. އަހަރުމެންނަށް އެންމެ ބޮޑަށް ވިސްނެނީ އަހަރުމެންނަށް ދެން ހުރި މީހަކަށްވުރެ ރީއްޗަށް ކިޔެވޭތޯއެވެ. އަހަރުމެން މި ފޮތާއިމެދު ދައްކަން ބޭނުންވާހާވެސް ވާހަކައަކީ އަހަރުމެންނަށް ނުބަލައި ދަސްކުރެވިފައިވަނީ ކިތައް އާޔަތް ކަމެވެ. އެހެންނޫނީ ރޯދަމަހު ކުރެވުނީ ކިތައް ޚަތިމްކަމާއި ބެހޭގޮތުންނެވެ. މި ފޮތަކީ އެއިން ހިދާޔަތް ލިބިގަންނަން ޖެހޭ ފޮތެއްކަން އެއްގޮތަކަށް ވެސް ހިތަކަށް ނާރައެވެ. އެހާ ވަރަށް ކިޔަވައި ނުބަލައި ދަސްކުރެވޭ ބަސްތަކެއްގެ މާނަ ދެނެގަތުން އެއްގޮތަކަށް ވެސް މުހިއްމެއްނުވެއެވެ. މި ފޮތުން ލިބޭ ފިލާވަޅުތައް ކުރިއަށް ހުރި ޖީލުތަކަށް ދަސްކޮށްދިނުމަކީ އަހަރުމެންގެ ޒިންމާއެއްކަން އެއްގޮތަކަށް ވެސް އިޙްޞާޞެއް ނުކުރެވެއެވެ.
މާތް ﷲ އަޅަމެންނަކީ ޤުރުއާން އެއްކިބާކުރާ ބައެއްކަމުގައި ނުލައްވާށި! އަދި އަޅަމެންނަކީ މި ފޮތްދެކެ އިންތިހާއަށް ލޯބިވާ ބައެއް ކަމުގައި ލައްވާށި! އާމީން!
https://www.youtube.com/watch?v=Pd8lTK_5Dyw
Varah reethi
Alhamdhulillah! 🙂