ވާހަކަ ނުގެނެސްދެވި މެދުކެނޑުނީތީ މާފަށް އެދެމެވެ. އަޅުގަނޑު ރަށުން ބޭރަށް ދާނަ ޖެހުމާއި ވަރަށް ބޮޑަށް ބަލިވުމުގެ ސަބަބުން ވާހަކަ ނުލިޔެވުނީއެވެ. ވަރަށް އަވަހަށް ވާހަކަ ގެނެސްދޭނަ ފަށާނަމެވެ.
“ސުބުހާނައްﷲ.. އަޝްވާ އެކަނިވީމަ ފަލަ ކުލަބަށް އެހެންމީހުންވެސް ވައްދަން ދޯ ތިއުޅެނީ” އެވަގުތު އެތަނަށް އައި ކާއިންއަށް މޭޒުމަތި ފެނުމުން ހައިރާން ކަމާއި އެކީ ބުނެލިއެވެ. އޭނާއަށް ހުރިހާ އެއްޗެއް ހުސްނުވާނެތީ ކާއިން އައުމުން ޝަނުމް އޭނާއާއި އެކީ ބައިވެރިވެލުމަށް ދައުވަތު ދިނެވެ. ޝަނުމް ކާއިން ކެއުމުގައި ބައިވެރިކުރުވި ނަމަވެސް އަޝްވާ ކާއިން އެތަނަށް އައުމުން ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ޝަނުމް ހުންނަ ތަންތަނުގައި ކާއިން އޭނާއަށް ކުރާ މަލާމާތް އިތުރުވާތީއެވެ. އަދި މިހާރު ޝަނުމްއާއި ކާއިންގެ އޮންނަ […]
ކައިއާގެ ދަބަހުން ނެގި ދެދަޅު ކޮފީއިން އެއްދަޅު ކޮފީ ޔާނިސްއަށް އެއްލަމުން އޭނާގެ ސީޑީ ދިނުމަށް އެދުނެވެ. “މިމީހުން ކޮފީއަށް ޕްރޮމިސްކުރާ ގޮތްތަ؟” ޔާނިސް ބޭނުން ގޮތަށް ކަންތައް ނުވުމުން ހިތްހަމަނުޖެހިގެންހުރެ ބުނެލިއެވެ. ދެމީހުން ތިބީ އެކަނިކަން އެނގުނު ހިނދު ބުނެދޭން ނޭނގޭ ގޮތްތަކެއް ޔާނިސް އަށް ވެގެންދިޔަ އެވެ، “އަހަރެންގެ އެއްޗެއް އަހަރެންނަށް ނުދީ މިތާގައި މަޑުކުރުވުމުގެ ބޭނުމަކީ ކޮބައިތަ؟” ކައިއާ ހިތްހަމަ ނުޖެހޭގޮތް ދައްކާލަމުން ބުނެލި އެވެ. ހަގީގަތުގައި އޭނައަށް ވެސް އޭނަގެ އަމިއްލަ […]
“ފާތުން ހާދަ ސަޅި ބިޓެއް އެއޮށް އަންނަނީ ” ޔޫހާ މެން ތިބި މޭޒާ ދިމައިން އާހިލް އަންނަ ތަން ފެނުމުން ޔޫހާ ސިއްރުން ފާތުން ގާތު ބުންޔެވެ.. ދޮން ރީތި ފިރިހެނެކެވެ. އިސްތަށިގަނޑު ހުންނަނީ ރީތި ވަރަކަށް ދިގު ކޮށްފައެވެ.. ބޮލުގެ ރީތި ކަން ގެނުވާފައި ވަނީ ރީތި ބުޅި އަކުންނެވެ.. ކަޅު ސޯޓަކާ ފެހި ގަމީހެއް ލައިގެން ހުރުމުން އާހިލް ގެ ފިރިހެންވަންތަކަން ދައްކުވައިދެ އެވެ. އާހިލް ފެނުމުން ހިތް ކިޔާނެ ކިތަންމެ […]
އޭގެ އަނެއް ދުވަހެވެ. ޝަނުމްއާއި ޝައިމް ގޭގެ މަރާމާތައި ކުލަލުމުގައި ހެނދުނުއްސުރެ އަވަދިނެތި އުޅުނެވެ. މަލަކާ ވީ ޑިޔުޓީގައި ކަމުން އަޝްވާ އެމީހުންނަށް އެހީތެރިވެދިނުމުގައި އެކަނި އުޅުނެވެ. “މީތަ މަގޭ ޗެރީގެ ހިތް ވަގަށް ނަގައިގެން އުޅޭ މީހަކީ” ސިޓިންރޫމުގައި ހުރި މޭޒު ދޮށުގައި އިން އަޝްވާގެ ކަންފަތުގައި ޖެހުނީ ދެވަނަ އެހެން އަޑެއް ނޫނެވެ. އެއަޑު އިވުމާއި އެކީ އަޝްވާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކާއިން.. ކޮން އިރަކު އައީ.. ނުވެސް ބުނެ… ޓެސްޓުތައް ނިމުނީތަ” […]
ކޮޓަރިތެރޭގެ ހޫނުކަން އަހަރެން ފޫހިކުރުވަމުން ދިޔައެވެ. މި “ހިތި” ދިރިއުޅުމުން އަހަރެންނަށް ސަލާމަށްވެވޭނީ ކޮން ދުވަހަކުން ބާވައެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮއްސިއެވެ. އެކަނިވެރިކަން އަހަރެން ބަރުބާދުކޮށްފިއެވެ. މުޅި ދިރިއުޅުން އަދިރިކޮށްލައިފިއެވެ. މުސްތަޤްބަލް ބަނަވެއްޖެއެވެ. މާދަމާ ވާނެ ގޮތަކަށް ވިސްނެނީ ދާނެ މަގު ފެންނަންނެތީމައެވެ. ދިރިއުޅުމުގެ ފަނާރުގެ ހުޅުކޮޅު ކުޑަވަމުން ކުޑަވަމުން އައިސް ނިވެނީ ނޫންބާއޭވެސް ހީވެއެވެ. އަގަތަޅާލާ މަޖާކޮށްލަން ތިބެނީ އެކަކު ދެމީހަކުއެވެ. ދެން މުޅި ދުނިޔެވެސް ވަނީ “ތުންފިއްތާ ބާރުކޮށްގެން” ތިބޭ ނުރުހުމުގެ […]
ޝީން (ތިންވަނަ ބައި ) އަޔާޒް ކައިރީވެސް މިހާރު ބުނެފީމޭ އަވަހައް މީހަކާ އިންނާށޭ…. ހަމަ ބުނާއިރައް ބުނާނެ ރަގަޅު ކުއްޖެއް ނުފެނޭ… ފެނުނީމަ މަންމަ ކައިރިއައް ގެންނާނަމޭ….. ދުވަހަކު އެދުވަހެއްނާދެ……. ނަފީސާ ވާހަކަ ދެއްކި އިރު ޝީން އިނީ ވަރައް ގަޔާވެ އަޑުއަހާށެވެ……… ދުވަސް ތަށް މާޒީއާއި އެކުވަމުން ދެއެވެ…. މިއަދަކީ ޝީން މާލެ އައިތާ ހަފްތާއެއްވީ ދުވަހެވެ……. ހެދުނު ހޭލިން ސުރެ ޝީން ތައްޔާރު ވަމުން ދިޔައީ ކޮލެޖް އައް ދިއުމައްޓަކައެވެ…. ފުރަތަމަ ދުވަސް […]
އަރަމުން ދިޔަ އިރުގެ ރަންދޯދިތައް ގަސްތަކުގެ ތެރެއިން ފުރޭނިގެން ބިންމަތީގައި ހަނާ އަޅަމުން ދިޔައިރު ޖެހެމުން ދިޔަ ނަލަ ވައިރޯޅި ތަކާއި އެއްވަރަށް ގަސްތަކުގެ ފަތްތައް ވެސް ފައި ހަމަ ކުރަމުން ދިޔައެވެ. އެ ފިނި ފިނި ވައިރޯޅިތަކުން ނިވްޔާއަށް ތާޒާ ކަން އިޙްސާސް ކުރެވުނަސް އެހިތް ވަނީ ނުތަނަވަސް ވެފައެވެ. މިއަދު ފަތިސް ނަމާދު ކޮށްގެން ޒިކުރު ތައް ކިޔަން އިންދާ ނިދި ޖެހުނު ގޮތަށް ހޭލެވުނީ ދާދި ދެންމެއަކު ކަމުން ބޮޑުބޭބެގެ އަންހެނުން ވަސީމާއްތަ […]
ޖެހިލުންވެފައި ހުރެގެން މަޑުހިނގުމެއްގައި ފަތާފެންގަނޑު ކައިރިއަށް ދެވުނުއިރު އަލްޔަން ނޫނީ ޒީކް ދަންނަ ޒުވާނަކު ނެތެވެ. ފެންގަނޑުގެ އެއްފަރާތެއްގައި ޖަހާފައިވާ ކުޑައިގެ ދަށުގައި ހުރި ހުދުކުލައިގެ މޭޒުމަތީގައި ތަބަށް ބެހެއްޓުމަށްފަހު ޒީކް އެތަނުން ދިއުމަށް އަވަސްވެގަތެވެ. ނަމަވެސް އެވަގުތު ނަދީމްގެ ފަހަތުން ދުވެފައި އައި އާހިލްއަށް ޒީކްގެ ގައިން ނުނެއްޓުވުނެވެ. އާހިލް އައީ ބާރަށް ދުވެފައި ކަމުން ޒީކްގެ ގައިގައި ޖެހުނުލެއް ބާރުކަމުން ޒީކް ވެއްޓުނީ ފެންގަނޑުގެ ތެރެއަށެވެ. ޒީކްއަކީ ފަތަން ދަންނަ ކުއްޖެއްނޫން ކަމުންނާއި އޭނާ […]