Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވޭނުގައި ކުރަމޭ ދުޢާ

Amaya Level 1
January 20, 2018 2 Mins Read
3 Comments

ކޮޓަރިތެރޭގެ ހޫނުކަން އަހަރެން ފޫހިކުރުވަމުން ދިޔައެވެ. މި “ހިތި” ދިރިއުޅުމުން އަހަރެންނަށް ސަލާމަށްވެވޭނީ ކޮން ދުވަހަކުން ބާވައެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮއްސިއެވެ.  އެކަނިވެރިކަން އަހަރެން ބަރުބާދުކޮށްފިއެވެ. މުޅި ދިރިއުޅުން އަދިރިކޮށްލައިފިއެވެ. މުސްތަޤްބަލް ބަނަވެއްޖެއެވެ. މާދަމާ ވާނެ ގޮތަކަށް ވިސްނެނީ ދާނެ މަގު ފެންނަންނެތީމައެވެ. ދިރިއުޅުމުގެ ފަނާރުގެ ހުޅުކޮޅު ކުޑަވަމުން ކުޑަވަމުން އައިސް ނިވެނީ ނޫންބާއޭވެސް ހީވެއެވެ. އަގަތަޅާލާ މަޖާކޮށްލަން ތިބެނީ އެކަކު ދެމީހަކުއެވެ. ދެން މުޅި ދުނިޔެވެސް ވަނީ “ތުންފިއްތާ ބާރުކޮށްގެން” ތިބޭ ނުރުހުމުގެ ލޮލުން ބަލާ މީހުންހެން ހީވަނީ މިއަދު އަހަރެންނަށް އުޅެންޖެހިފައިވާ ގޮތުންނެވެ. ނިޔާމަ އޮމާން ކަނޑެއްގައި ދަތުރު ކުރަމުން އައި ނަވުން އަހަރެން ކަނޑަށް ބޭލީކަމެއް ނުވަތަ ފުއްމާލީ ކަމެއްވެސް ނޭނގެއެވެ. އަހަރެންނަށް އިނގޭހާވެސް ކަމަކީ މާސިންގާ ބޮޑު ކަނޑެއްގައި ސަލާމަތުގެ އައްސޭރި އަކަށް އެދި އަހަރެންގެ ނަފްސު ގޮވާކަމެވެ. އަހަރެން ފަތަމުން ދަނީ އެކަންޏެވެ. ކަނޑުގެ ފުންމިން ނޭނގޭތީ އަހަރެން ބިރުގަނެއެވެ. ވަރުބަލިވެ ހަކަތަ ހުސްވެދާނެތީ އަހަރެން ސިހެއެވެ. ހަނދާންތައް ގޮސް ބީއްސާލަނީ އަހަރެންގެ ރަށަށެވެ. ރަށުގެ އުފާވެރި ދިރިއުޅުމަށެވެ.

ދުވަސް ފެށެނީ ދުވާލުގެ ރާޖާއަށް އުދަރެސް މަރުހަބާ ކިޔަން ތައްޔާރުވަމުން ދަނިކޮށެވެ. ލޯހުޅުވައި ލެވެނީ ލޭފަވެތި މަންމަގެ އަޑު ޖެހުމުންނެވެ. ކުޑައިރުއްސުރެވެސް ހިތުގައި ފެވިފައިވާ ކުލުނާއި އޯގާތެރިކަމުގެ ލާމަސީލު މިސާލެކެވެ. ލޯބިވެތިކަމުން ފުރިފައިވާ މޫނެކެވެ. ބުނާ ކޮންމެ ކަމެއް، ބޭނުންޖެހިފައިވާ ކޮންމެ ބޭނުމެއް ފުއްދައި ދިނުމަށް އަބަދުވެސް މަންމަގެ ދެއަތް އޮންނަނީ ތައްޔާރަށެވެ. އަހަރެންނަށް ދިމާވާ ކޮންމެ ހިތާމައެއްގައި ބައިވެރިވެ ބޮލުގައި ފިރުމައިލަދޭން އިންނަނީ މަންމަވެސް އެހިތާމައިގައި ބައިވެރިވާކަން އެންގުމަށެވެ. އަހަރެން ދެކެ މަންމަ ހާދަ ލޯއްބެއް ވެއެވެ. މިހުރިހާ ކަމެއް އަހަރެންނަށް އިހްސާސްވަނީ އަދި ކިރިޔާއެވެ. އަހަރެން އެކަނިވުމުންނެވެ. ލޯބިވެތި ފިރުމުންތަކުން މަހްރޫމްވީމައެވެ. މަންމަ އަހަންނަށްޓަކައި ކޮން ނުދެނީ ކޮންކަމެއް ހެއްޔެވެ؟ މަންމަޔަށް ކާއެއްޗެއް ނުލިބުނަސް އަހަރެންގެ ބަނޑު ފުރާލަދޭނެއެވެ. ނަމަވެސް މިއަދު…. މިއަދު އަހަރެންގެ ކައިރީގައި ހުރީ ކާކު ހެއްޔެވެ؟ ލޮލުން ކިތަންމެ ކަރުނައެއް އޮހޮރިއަސް ފުހެދޭކަށް މަންމައެއް ނާންނާނެކަން އިގެއެވެ. ބުރަކަށީގައި ފިރުމާލައިފައި “ދަރިފުޅާއޭ ކެތްތެރި ވާށޭ” ބުނާނެ ނަމައޭ ހިތަށް އަރައެވެ.

އަހަރެންގެ ނިޔަނެތި މަންމައެވެ. މަންމަ މަތިން އަހަރެން ހާދަ ހަނދާންވެއެވެ. މަންމަ ދޫކޮށްފައި ނާދެވުނު ނަމައޭވެސް ހިތައް އަރައެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އަހަރެންނަށް މަޖުބޫރުކުރީ ކިޔެވުމެވެ. ބައްޕަގެ ހުވަފެންތަކާއި އަހަރެންގެ އުއްމީދެވެ. ރަށުގެ މަޖާ ދިރިއުޅުން ދޫކޮށް މަޑުމޮޅި ދިރިއުޅުމެއްގެ ތެރެއަށް ވަންނަން އަހަރެންނަށް މަޖުބޫރުވީއެވެ. އަވަށުގެ ހީސަމާސާ މާހައުލާއި މިތަން ހާދަ ތަފާތެވެ. މަޖާކޮށް ދުވެކުޅެ ހަދާނެ ޖާގައެއް މިތާކު ނެތެވެ. ފިނިވައިރޯޅި އާއި ހަމަހިމޭން ގޮނޑުދޮށް މަތިން ހަދާންވެއެވެ. ޚާއްސަކޮށް ކޮންމެ ދުވަހެއްގެ ހަވީރު ރައްޓެހި ކުދިންނާއި އެކު ވާހަކަދައްކަން ތިބޭ ޖޯލިތައް މަތިން މާބޮޑަށް ހަނދާންވެއެވެ. މިހާރުވެސް އެސަކަ ހުނުންތަކާއި ދިމާކުރުންތައް އިވޭކަހަލައެވެ. ކުޅިކޮށް މަޖާހަދައިގެން މޫދުގެ ލޮނުގަނޑާއި ތޮޅެމުން ކިރުދޫންޏެއް ކަހަލަ ވެލިގަނޑުމަތީގައި މިހާރުވެސް ހުރެވޭ ނަމައޭ ހިތަށް އަރައެވެ.

ނިމުނީ

Share Article

Follow Me Written By

Amaya

Level 1

Other Articles

Previous

ޝީން

Next

ތިޔަ އަސަރު 6

Next
January 20, 2018

ތިޔަ އަސަރު 6

Previews
January 20, 2018

ޝީން

3 Comments!

  1. shaan says:
    January 20, 2018 at 1:27 pm

    not bad gud??

  2. aakko says:
    January 20, 2018 at 3:00 pm

    Ibaaraih kurun varah salhi.I think u can do it..haadhisaaeh in nama mivaahaka varah reethivees

  3. Jeyz says:
    January 24, 2018 at 12:02 pm

    Varah salhi kuru veema varah dhera heekuran sissy ge reethi vaahaka eh
    .fennaanekamah. Me third dho

Comments are closed.



All Right Reserved!