Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރިން އެނގުނުނަމަ (ފަސްވަނަ ބައި)

riya Level 3100 Comments10 Stories
January 19, 2018 3 Mins Read
5 Comments

ޖެހިލުންވެފައި ހުރެގެން މަޑުހިނގުމެއްގައި ފަތާފެންގަނޑު ކައިރިއަށް ދެވުނުއިރު އަލްޔަން ނޫނީ ޒީކް ދަންނަ ޒުވާނަކު ނެތެވެ. ފެންގަނޑުގެ އެއްފަރާތެއްގައި ޖަހާފައިވާ ކުޑައިގެ ދަށުގައި ހުރި ހުދުކުލައިގެ މޭޒުމަތީގައި ތަބަށް ބެހެއްޓުމަށްފަހު ޒީކް އެތަނުން ދިއުމަށް އަވަސްވެގަތެވެ. ނަމަވެސް އެވަގުތު ނަދީމްގެ ފަހަތުން ދުވެފައި އައި އާހިލްއަށް ޒީކްގެ ގައިން ނުނެއްޓުވުނެވެ. އާހިލް އައީ ބާރަށް ދުވެފައި ކަމުން ޒީކްގެ ގައިގައި ޖެހުނުލެއް ބާރުކަމުން ޒީކް ވެއްޓުނީ ފެންގަނޑުގެ ތެރެއަށެވެ. ޒީކްއަކީ ފަތަން ދަންނަ ކުއްޖެއްނޫން ކަމުންނާއި އޭނާ ވެއްޓުނީ ފެންގަނޑުގެ އެންމެ ފުންދިމާލަށް ކަމުން ޒީކް ދިޔައީ އަޑިއަށެވެ. ނޭވާހާސްވުމާއެކު ސަލާމަތްވެވޭތޯ ޒީކް ތެޅިގަތުމުން ފެންތަން ބުރަބުރައިގެން ދިޔައެވެ. ސަލާމަތްވެވޭތޯ ކުރަމުންދިޔަ މަންޒަރު ބަލަން އަލްޔަން އަށް ކުޅަދާނައެއްނުވިއެވެ. ވަގުތުން ފެންގަނޑުގެ ތެރެއަށް ފުންމާލައި އެހެން މީހުންގެ އެހީތެރިކަމާއެކު ފެންގަޑުން މައްޗައް ނަގައިފިއެވެ. ޒީކް ފެންގަޑުން މައްޗަށް ނެގުނު ވަގުތުވީ ބާބަކިޔު ހަދަންވެގެން ކުކުޅާއި ސޮސެޖް ގަންނަން ދިޔަ އިޔާން އަށް އެތަނަށް އާދެވުނު ވަގުތަށެވެ. އަތުގައި ހުރި ކޮތަޅުތައް އެތަނަށް އެއްލާލުމަށްފަހު ޒީކްގެ ކައިރިއަށް ދުވެލާފައި އައިސް ކުޑަކަކޫ ޖަހައިގެން އިށީދެއްޖެއެވެ. އެވަގުތު ދެތިން ފަހަރަކު ކޮށިއަރާ ކަހަލަ ގޮތަކަށް ކެއްސާލުމަށްފަހު ޒީކް ތެދުވެ އިށީދެއްޖެއެވެ. އަދި އެންމެން އޭނާގެ ކައިރިއަށް ޖަމާވެފައި ވާތަން ފެނުމުން ކަންބޮޑުވެއްޖެއެވެ. އަދި އަވަހަށް ތެދުވެ އެތަނުން ދިޔުމަށް ގަސްތުކުރިއެވެ. ނަމަވެސް އިޔާން އެއަށްވުރެ މާ ހުށިޔާރެވެ.

“ކިހެނެއްތަ؟” ޒީކްގެ އަތުގައި ހިފަހައްޓައިގެން ހުރެ އިޔާން އަހާލިއެވެ. ޒީކް އަނގައިން ނުބެނެ އިޔާންގެ އަތުތެރޭގައި ވާ އަތް ފޮޅުވާލެވޭތޯ ބަލަމުންދިޔައެވެ.

“ޒީކް” އިޔާން ތެދުވެ ޒީކް އާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެތާގައި ތިބި އެންމެންގެ ލޯތައް އެދެމީހުންނަން އަމާޒުވެފައިވީއިރުވެސް އިޔާންއަށް އެތާގައި ބަޔަކު ތިބިހެން ވެސް ހީނުވެއެވެ. އެންމެންގެ ނަޒަރުތަކުން ސަލާމަތްވުމަށް ޒީކް އަނެއްފަރާތައް އެނބުރުނެވެ.

“އިޔާން ތި ދެން ކޮންކަމެއް. އޭނަ ކިހެނެއްކަން ބަލާލާފަވެސް އެނގެއެއްނު. އެހެން ނޫނަސް އޭނައަށް ކަމެއް ވިއްޔާ އަހަރެމެންނަން ކީއް. މިހާރުވެސް އަހަރެމެން ދިނީމަ ކައިގެން އެއުޅެނީ. ކަމެއް ވިޔަސް ދެރަވާނެ މީހަކުވެސް ހުރީކީ ނޫން” އަލްޔަންގެ ވާހަކަތައް އަޑުއިވެމުން ދިޔަވަރަކަށް ޒީކްގެ ލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ. އަދި އިޔާން ނުވިސްނާ ހުއްޓާ ކުއްލިއަކަށް ޒީކް އަތްދަމައިގަނެ ދުއްވައި ގަންނަމުން އަލްޔަންގެ މޫނަށް ބަލާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ޒީކްގެ އެ ކަރުނަވީ ދެލޯ ފެނުމުން އަލްޔަންއަށް ބުނެދޭން ނޭނގޭ އިހްސާސެއް ކުރެވިގެންދިޔައެވެ.

 

“އިޔާ! ހާދަ އެހެން ގޮތެއްހެން ހީވެޔޭ” އަލްޔަން ކުކުޅުތައް ފިހަން ލަމުން ބުނެލިއެވެ.

“އިޔާން އިޝްގުގަ ޖެހިފައި” އާހިލް ލާނެއް ރާގެއްގައި ބުނެލިއެވެ.

“ރޯމިއޯ އެންޑް ޖޫލިއަޓްއަށް ނުވެވިގެންނޯ އެއުޅެނީ” ނަދީމް ބުނެލި އަޑު އިވުނެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ.

“އޭ އިޔާންއަށް ނޫނަކަސް އެމަންޖެ ވަރަށް ރީތި. ހިތަށްއަރާ އެއްރެއަށް ވިޔަސް ލިބޭނެ ….” ހުނައިފްގެ ވާހަކަ ފުރިހަމަނުކޮށް ހުއްޓާލީ އިޔާންގެ ރުޅިވެރި ނަޒަރު އަމާޒުވުމުންނެވެ.

 

އާދުވަހެކެވެ. ޒީކް ތައްޔާރުވަމުން ދިޔައީ ޔުނިވަރސިޓީއަށް ދިޔުމަށެވެ. ފިޔާތޮށި ކުލައިގެ މައްޗަކާއި ހުދުކުލައިގެ ޖީންސުގައި ޒީކު ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. މަގުން ދާ ކޮންމެ މީހަކުވެސް ނީލާގެ އިންތިޒާރުގައި ހުރި ޒީކްއަށް ބަލާލައެވެ. ޒުވާން ފިރިހެން ކުދިންތައް ޒީކްގެ ރީތި ކަމާމެދު ހިތުން ތައުރީފް ކުރަމުންދާއިރު ޒުވާން އަންހެން ކުދިން ޒީކްގެ ރީތި ކަމާއި މެދު ހަސަދަވެރިވާ ކަހަލައެވެ. ކާރުއައިސް މަޑުކޮށްލުމާއެކު ޒީކު ފަހަތު ސީޓަށް އަރައި އިށީދެއްޖެއެވެ.

 

ފުރަތަމަ އޮތީ އިޔާންގެ ކްލާސް ކަމުން ނީލާއާއި ޒީކް މިސްރާބުޖެހީ ލެބާއި ދިމާލަށެވެ. އިޔާން މިއަދު ހުރީ މަޑު ފެހިކުލައިގެ އަތްދިގުގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެއްގައެވެ. ތިއަރީބައި ކިޔަވައިދީ ނިމުމަށްފަހު ޕްރެކްޓިކަލް ބައި ކުރިއަށް ދަނީއެވެ. އިޔާން މަޑުކޮށްލީ ޒީކްގެ ގޮނޑީގެ ފުރަގަހުގައެވެ. ޒީކް ކުރަމުންދާ މަސައްކަތް ބަލަމުންދިޔައީ ނުހަނު ޝައުގުވެރިކަމާއެކުގައެވެ. އަދި އެވަގުތު ޒީކްއަށް ގޯސްކޮށް ހެދުނުތަންކޮޅު ރަނގަޅު ކުރަން ބުނެދެމުން ޖީބުން ނެގި ކަރުދާސްކޮޅު ޒީކްގެ އަތުގެ ތެރެއަށް ލައިދީފިއެވެ. އެކަކަށްވެސް އެނގުމެއް ނުވާފަދަ ސިއްރުވެރި ގޮތަކަށެވެ. އިޔާންގެ ފަރާތުން ލޯބީގެ މެސެޖްތައް ލިބޭތާ ހަފްތާއަކަށް ވުރެ ގިނަވަނީއެވެ. ލޯބީގެ ފޮނިފޮނި ޖުމްލަތަކަކުން ފުރިގެންވާ އެނޯޓްތަކަށް ޒީކް ޖަވާބެއްނުދެއެވެ.

 

ޒީކް ބަލިވެ ޔުނިވަރސިޓީއަށް ނާންނަ ދުވަހެއް ކަމުން ނީލާ ހިނގަމުން ދިޔައީ އެކަންޏެވެ. ރުއާން އައިސް ނީލާއާއި އަރާ ހަމަކުރަމުން އަތުގައި އޮތް ރަތްކުލައިގެ ފިނިފެންމާ ނީލާއަށް ދިނެވެ. އެއީ މިހާރަކަށް އައިސް ނީލާއަށް ކޮންމެ ދުވަހަކު ކަހަލައިން ލިބޭ ރަތްފިނިފެންމަލެކެވެ. ރުއާންގެ ކެތްތެރިކަމާއި ދެގޮތެއްނުވެ އެގޮތުގައި ދެމިހުރުން ވެގެންދިޔައީ ނީލާގެ ހިތްލަންބުވާލި ކަންތައްތަކަކަށެވެ. ލޯބިވެރިންގެ ލިސްޓަށް އެދެމީހުންގެ ނަން އިތުރުވެގެން ދިޔުން ވެގެން ދިޔައީ ރުއާންއަށް ލިބުނު ކާމިޔާބީއަކަށެވެ. ރުއާންގެ ފަރާތުން ލިބެމުންދިޔަ ލޮއެއްބާއި އެހީތެރިކަމުގެ ސަބަބުން ރުއާންއާއި ދުރުގައި އުޅުމަކީ ނީލާއަށް ކެތްވާވަރުގެ ކަމެއްނޫނެވެ.

 

އާދައިގެމަތިން ނީލާއާއި ރުއާން ބައްދަލުކުރީ ޑައިނަމޯގެ ހިތްގައިމު މާހައުލުންނެވެ.

“ނީ.. އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި” ރުއާން ނީލާގެ މަޑު އަތްތިލާގައި ހިފައިގެން އިނދެ ވާހަކަ ދެއްކިއެވެ.

“ބުނެބަލަ” ނީލާގެ ވާހަކަ ކުރެވެ.

“ކީއްވެތަ ޒީކް މާގާތްކޮށްގެން ގުޅެނީ” ރުއާން ނީލާގެ މޫނަށް ބަލާލިއެވެ.

“ޒީކް އެއީ އަހަރެންގެ ބެސްޓް ފްރެންޑް ކަހަލަ ކުއްޖެއް. އޭނަ ވަރަށް ރަނގަޅުވާނެ” ނީލާ ބުނެލިއެވެ.

“ޒީކް އެއީ އެހާ ރަނގަޅު ކުއްޖެއް ނޫން. ވަރަށް ވިޔާނުދާ ކުއްޖެއް އެއީ.. ފިރިހެނުން ހިތި ކުއްޖެއް. އަހަރެން ގަބޫލެއްނޫން ނީލާ އޭނައާ އެއްވެސް ގުޅުމެއް ބާއްވާކަށް” ރުއާން ވާހަކަ ދެއްކީ މަޑުންނެވެ.

“ކީކޭ” ނީލާއަށް ރުއާންގެ ވާހަކަތައް ގަބޫލެއް ނުކުރެވުނެވެ.

“ނީލާ ގަބޫލު ނުކުރާނެކަން އެނގޭތީ އަހަރެން މިއައީ ނީ އަށް ދައްކާލަން އެއްޗެއް ހިފައިގެން” އެހެން ބުނުމަށްފަހު ރުއާންގެ އެޕަލް އައި ފޯން ނަގައި ފޮޓޯ ގެލެރީ ހުޅުވާލިއެވެ. އަދި ނީލާ އާއި ދިމާއަށް ފޯން ދިއްކޮށްލިއެވެ. ފެންނަ ކޮންމެ ފޮޓޯ އަކުން ނީލާގެ ދެލޯ ބޮޑުވެގެން ދެއެވެ. ފިރިހެނުންނާއި އެކުގައި ނަގާފައިވާ ގައިގޯޅި ފޮޓޯތައް ފެނުމުން ނީލާ އިތުރަށް ނުބަލަންވެގެން ލޯމަރާލެވުނެވެ. ރުއާންގެ މޫނަން ނީލާ ބަލާލީ ފޮޓޯ ތަކުގައި ހުރީ ދޮގެކޭ ބުނާފަދަ ގޮތަކަށެވެ.

“ނީ ދެން އިތުރަށް ޒީކްއާ ގުޅުން ނުބާއްވައްޗޭ. އެކަހަލަ މީހުންނާއި އެކުގައި އުޅޭ މީހުންގެ ނަންވެސް ހަޑިވާނެ” ރުއާން ނީލާގެ މޫނުގައި މަޑުމަޑުން ފިރުމާލިއެވެ. ނީލާއަށް އެވަގުތު ރުއާންގެ މޫނަށް ބަލާލެވުނު ނަމަ އެމޫނުމަތީގައިވާ މަކަރުވެރި ހިނިތުންވުން ފެނުނީހެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ބީނިޝް… 06

Next

ކަމަނަ ކުއްޖާ

Next
January 19, 2018

ކަމަނަ ކުއްޖާ

Previews
January 19, 2018

ބީނިޝް… 06

5 Comments!

  1. R says:
    January 20, 2018 at 5:41 am

    Haadha kurey. Dhen kon irakun next part kiyaalan libeyvaru vaanee

  2. im says:
    January 20, 2018 at 9:05 am

    Haadha dhigei dhw

  3. Firoo says:
    January 20, 2018 at 9:29 am

    Very nice ☺

  4. Pinky shifoo says:
    January 20, 2018 at 10:39 am

    Nice bt haadha kurey… Next part dhigukoh genesdhehchey riya..

  5. Lily says:
    January 20, 2018 at 10:55 am

    Varah reethi…but miahvure dhigukhola dhybaa❤❤❤????

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ހަވަނަ ބައި)←


All Right Reserved!